ގާނޫނީ ރަދީފު
"ލިޔެކިޔުން" ކަމަށް ބުނެފައިއެވަނީ، އޯޑިއޯ، ވީޑިއޯ، އިލެކްޓްރޯނިން އަދި ޑިޖޓަލް މީޑިއާވެސް ހިމެނޭގޮތުންނެވެ.
"ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ކޮންމެވެސް މައުލޫމާތެއް ދޭހަކޮށްދޭ ގޮތަށް ނެގޭ އަދަދުތަކަށެވެ.
"އެނަރޖީ އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ގަވާއިދުތަކާއި މިންގަނޑުތައް ހަދައި، ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް، ސަރުކާރުން ކަނޑައަޅާފައިވާ މުއައްސަސާއަށެވެ.
"ރާއްޖެއިން ބޭރަށް މުދާ އަނބުރާ ފޮނުވުން" ކަމަށް ދޭހަވާގޮތަށް ގަވާއިދުގައި ބުނެފައި އެވަނީ، މުދަލެއް ރާއްޖެއަށް ފޮނުވި ފަރާތަށް އެ މުދާ އަނބުރާ ފޮނުވާ ފޮނުވުމަށެވެ. އެހެން ފަރާތަކަށް އެ މުދާ ފޮނުވާނަމަ، ބެލެވޭނީ އެކްސްޕޯޓް ކުރުން ނުވަތަ ރީއެކްސްޕޯޓް ކުރުން ކަމުގައެވެ.
"ރީއެކްސްޕޯޓް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ގަވާއިދުން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ތަކެތި، އެ ތަކެތީގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދުން ގެންދިއުމަށެވެ.
"އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތްތައް" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި މަދުކުރުމަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރެވޭ ތަކެތި އިތުރުކުރުމަށް ތަކެތި އުފެއްދުމަށެވެ. މީގެ ތެރޭގައި ހިދުމަތެއް ނުހިމެނޭނެއެވެ.
"މުދަލެއް ރާއްޖެއަށް އިމްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، "ކަސްޓަމްސްގެ އާންމު ގަވާއިދު" ގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކަސްޓަމްސްއިން މުދާ ކްލިއަރކޮށް އެ މުދާ ނެރުމަށެވެ.
"މުދަލެއް ރާއްޖެއަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދަލެއްގެ ގޮތުގައި ކޮންސައިންކޮށްގެން ގެންނަ މުދާ، ރާއްޖޭގެ ބަނދަރަކަށް ބޭލުމާ ހަމަޔަށެވެ.
"ހުއްދަ" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށް ނުވަތަ ދިވެހިރާއްޖެއިން މުދާ ރީއެކްސްޕޯޓް ކުރުމަށް ނުވަތަ ޑިއުޓީ މައާފުކުރުމަށް ހުއްދަކޮށް ފަރާތަކަށް ދޫކުރާ ލިޔުމަށާއި، މިއިން ކަމެއް ބަޔާންކޮށް ސަރުކާރުގެ މުއައްސަސާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ ކަމެއް ހުއްދަކޮށް ފޮނުވާ ލިޔުމެއްގައި ނުވަތަ ލިސްޓުގައި އެ ފަރާތެއްގެ ނަން ހިމެނިފައިވާ ހިމެނުމަށެވެ. މި ގަވާއިދުގެ ދަށުން ދޫކުރާ "ލައިސަންސް" ވެސް ހިމެނޭނީ މި މާނައިގައެވެ.
"ލުއި" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމެއް އަދާކުރުމުގައި ދެވޭ މާލީ ފައިދާ ނޫން އެހެނިހެން ފައިދާތަކަށެވެ.
"މަންފާ" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމަކާ ގުޅިގެން ހޯދައިދެވޭ މާލީ ފައިދާއަށެވެ.
"މައާފުކުރުން" ކަމަށް ބުނެފައި އެވަނީ، އެ މީހަކު ނުވަތަ އެ ފަރާތަކުން އަދާކުރަންޖެހޭ ފައިސާއެއް ނުވަތަ މާލީ އިލްތިޒާމެއް ނުވަތަ މާލީ ކަމަކާ ގުޅޭ އިލްތިޒާމެއް އެކުއެކީގައި ނުވަތަ އެއިން ބައެއް ދައްކަން ނުޖެހޭގޮތަށް ނުވަތަ އަދާކުރަން ނުޖެހޭގޮތަށް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ ކަނޑައެޅުމަށެވެ.
"އަޕްފްރަންޓް ޕޭމަންޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގަތުމަށް ޓަކައި ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މަޢާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 8 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށްވާ އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ކުލި ދައްކަންޖެހޭ ފަރާތުން އެކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއަށެވެ.
"ކަރެކްށަނަލް މަރުކަޒު" ނުވަތަ "މަރުކަޒު" ނުވަތަ "މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގުމަށް ގާއިމުކޮށްފައިވާ މަރުކަޒުތަކަށެވެ.
"ޑައިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ މަގްސަދުތައް ހާސިލުކުރުމަށް އެ މަރުކަޒެއްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އައްޔަނުކުރާ މީހަކަށެވެ.