ގާނޫނީ ރަދީފު
"ބަދަލުވަމުންދާ ގާބިލިއްޔަތު" ކަމަށް ބުނެފައި އެވަނީ، މަރުކަޒަށް ގެނައި އިރު ކުއްޖާ ހުރި ހާލަތުން ކުއްޖާގެ އުޅުމާއި އަހްލާގަށާއި ވިސްނުމަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ.
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
"ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެސްފައި ވަނިކޮށް ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިފައިވާ މީހުންނަށެވެ.
"ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެސްފައި ވަނިކޮށް ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިފައިވާ މީހުންނަށެވެ.
"ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެސްފައި ވަނިކޮށް ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިފައިވާ މީހުންނަށެވެ.
"ކުދިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެސްފައި ވަނިކޮށް ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިފައިވާ މީހުންނަށެވެ.
"އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ހުވާކޮށްގެން ތިބި ޔުނީފޯމު އެޅި އޮފިސަރުންގެ ތެރެއިން ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންގެ މަރުކަޒެއްގައި މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މުވައްޒަފުންނަށެވެ.
"ޕެޓްޑައުން ސާރޗް" ކަމަށް ބުނެފައި އެވަނީ، ލައިގެންހުރި ހެދުމުގެ މަތީން އަތްކާތައިލައިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.
"ސްޓްރިޕް ސާރޗް" ކަމަށް ބުނެފައި އެވަނީ، ލައިގެންހުރި އަންނައުނުތައް ބާލައިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.
"ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒުކުރަމުންދާ ކުދިންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.
"ނުރައްކާތެރި އަނިޔާއެއް" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ އެއްވެސް ހިއްސަކަށް، ބޮޑު އަނިޔާއެއް ލިބުމެވެ.
"އާއިލާގެ ގޮތުގައި ބެލުން" ކަމަށް ބުނެފައި އެވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭ ގޮތުންނެވެ.
- އަނބިމީހާއާއި ފިރިމީހާ؛
- މަންމަ، ބައްޕަ / މާމައާއި ކާފަ؛
- މަންމަގެ ފިރިމީހާ، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
- މައިދައިތައާއި ބަފައިބެ؛
- އެއްބަނޑުއެއްބަފާ މީހުން، އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
- ބޮޑުދައިތައިންނާއި ބޮޑުބޭބެއިން؛
- ބޮޑުދައިތައިންނާއި ބޮޑުބޭބެއިން ކިޔާ ކުދިން؛
- ޅިޔަނުން/ފަހަރިން؛
- ށަރުއީ ބަލަދުވެރިޔާއާއި ބެލެނިވެރިޔާ.
"ވަގުތީގޮތުން މަރުކަޒުން ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2025-64) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ކުދިން މަރުކަޒުން ދޫކުރާ ދޫކުރުމަށެވެ.
"މަރުކަޒުގެ ހެލްތު ސެންޓަރ" ކަމަށް ބުނެވިފައި އެވަނީ، މަރުކަޒުތަކުގައި ކުދިންނަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރަށެވެ.
"ބާރުގެ ބޭނުންކުރުން" ކަމަށް ބުނެވިފައި އެވަނީ، އެއްވެސް ހާލަތެއްގައި ކުއްޖާއަށް ޖިސްމާނީ އަނިޔާއެއް ނުވާގޮތަށް، ކުއްޖާ ކޮންޓްރޯލްކުރާ ކުރުމަށެވެ.