gaanoon_logo
-
ކަނޑުމަހުގެ ބާވަތްތައް

"ކަނޑުމަހުގެ ބާވަތްތައް" ނުވަތަ  "ކަނޑުމަސް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.

ބަންޑާރަ މަގު

"ބަންޑާރަ މަގު" ކަމަށް ބުނެފައިއެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.

ޓޯވކުރުން

"ޓޯވކުރުން" ކަމަށް ބުނެފައިއެވަނީ މިގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދު ހުރިތަނުން ނަގައިގެން ގެންދާ ގެންދިއުމަށެވެ.

ފުރޮޅުތައް

"ފުރޮޅުތައް" ކަމަށް ބުނެފައިއެވަނީ އެއުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.

ޕާކުކުރުން

"ޕާކުކުރުން" ކަމަށް ބުނެފައިއެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި، އިންޖީނު ނިއްވާފައި ޑްރައިވަރެއްނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.

ސައިން ބޯޑު

"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން، ތަސްވީރެއް ނު ވަތަ ލިޔުމެއް ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.

އާންމު ތަންތަން

"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ އުޅޭ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ނުވަތަ އެހެން ބޭނުންތަކުގައި ވެސް އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.

މަރުކަޒު

"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށެވެ.

ރެގިއުލޭޓަރީ ބޮޑީ

"ރެގިއުލޭޓަރީ ބޮޑީ" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަ ދާއިރާތަކެއްގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ލައިސަންސް ދިނުމަށް އުފައްދައިފައިވާ ގާނޫނީ ށަހްސުތަކަށެވެ.

ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު

"ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހު އާންމުކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ލިސްޓަށެވެ.

ކޮލެޖް ހިންގާ އިސްވެރިޔާ

"ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ

"އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.

ކެމްޕަސް

"ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ކޮލެޖްތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރާ ގޮތްޕަށެވެ.

ކޮލެޖް

"ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ދައުލަތުގެ އިދާރާއަކުން ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ، މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ތަންތަނަށެވެ.

އައުޓްރީޗް ސެންޓަރު

"އައުޓްރީޗް ސެންޓަރު" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި، އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރާ ގޮތްޕަށެވެ.