ގާނޫނީ ރަދީފު
"މުވައްޒަފަކާ އާއިލީގޮތުން ގުޅުންހުރި ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، އެއްބަފާ މީހުން އަދި ށަރުއީ އަދީ/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭގޮތުންނެވެ.
"ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލާއި، ލީގަލް ސަރވިސްއާއި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަށެވެ.
"ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ނޭށަނަލް ޕޭ ކޮމިށަން" އަށެވެ.
"ބަންޑާރަނައިބު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަންޑާރަނައިބަށެވެ.
"ކުޅިވަރާބެހޭ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
"އެތްލީޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމަށް ހޮވޭ ފަރާތްތައްކަމަށްވާ ކުޅުންތެރީންނާއި، ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ޓެކްނިކަލް އޮފިށަލުން ހިމެނޭ ގޮތަށެވެ.
"ގައުމީ ކުޅިވަރު އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ގައުމީ ހައިސިއްޔަތު ދީފައިވާ އެސޯސިއޭށަންތަކަށެވެ.
"ކުޅިވަރާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހަށެވެ.
"ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި އެ ފަރާތުގެ އެންމެހައި އިދާރާތައް ހިމެނޭ ގޮތުގެ މަތީންނެވެ.
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ އެތުލީޓެއްގެ މަންމަ/ބައްޕަ ނުވަތަ ގާނޫނީ ބަލަދުވެރިޔާއަށެވެ.
"ދިވެހިރާއްޖޭގެ ރަސްމީ ޗާޓު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ތައްޔާރުކޮށް ށާއިއުކުރާ ރަށްތަކާއި، ފަޅުތަކާއި، އެފަދަ އެހެނިހެން ތަންތަނުގެ ޗާޓަށެވެ.
"ޖިއޮގުރަފިކް ތަނެއް" ނުވަތަ "ޖިއޮގުރަފިކް ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅާއި، ފަރުފަރާއި، ހާހަލާއި، ގިރިގިރިއާ އަދި މި ނޫން ވެސް ގުދުރަތީ މިފަދަ ތަންތަނާއި، އުފައްދައިފައިވާ ތަންތަނާއި ސަރަހައްދުތަކަށެވެ.
"ފަންނީ އަދި ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެ ވަނީ، އިންސްޓިޓިއުޓުން، ނުވަތަ އިންސްޓިޓިއުޓުން ބަލައިގަންނަ ބައިނަލްއަގުވާމީ ވެލުއޭށަނާ ގުޅޭ ޖަމުއިއްޔާތަކުން ނުވަތަ އެސޯސިއޭށަންތަކުން ނުވަތަ އެހެނިހެން ގައުމުތަކުގެ ވެލުއޭށަން އިންސްޓިޓިއުޓްތަކުން، ނުވަތަ އެފަދަ އެހެން އެއްވެސް ތަނަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށެވެ.
"ދިވެހިރާއްޖޭގައި ވަޒަންވެރިވުން" ކަމަށް ބުނެފައި އެ ވަނީ، މީލާދީ އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި 183 (އެއްސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގައި ހުރުމަށެވެ.
"ޕާޓްނަރ" ކަމަށް ބުނެފައި އެ ވަނީ، ކުންފުންޏެއް ނަމަ، އެ ކުންފުނީގެ ޑިރެކްޓަރުން، ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުން، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔާއަށެވެ.