ގާނޫނީ ރަދީފު
"ގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ގާނޫނީ ށަހްސުތައް ހިމެނޭގޮތުން އެއްމެދު އިމާރާތެއްގެ ޔުނިޓެއް ގަތުމަށް އެދޭ ފަރާތަށެވެ.
"ގައިރު ހާޒިރުގައި ކުރާ ހުކުމް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއްގެ ލިޔެކިޔުމާ ދައުވާލިބޭ ފަރާތުން ހަވާލުވުމަށްފަހު، ދައުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދައުވާއަށް ރައްދުދީފައިނުވާ ހާލަތުގައި، މައްސަލައިގެ ށަރީއަތް ހިންގުމަކާ ނުލައި، ދައުވާލިބޭ ފަރާތާ ދެކޮޅަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ނިންމައި ކުރާ ހުކުމަށެވެ.
"ގައުމީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ، ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭގޮތަށް ބާއްވާ ބައްދަލުވުމަށެވެ.
"ގައުމީ ކުތުބުހާނާގައި ޖަމާކުރެވޭ ތަކެތި" ކަމަށް ބުނެފައި އެވަނީ، މައްލޫމާތު ލިޔެވި ރެކޯޑު ކުރެވިފައިހުރި ނުވަތަ ރައްކާކުރެވިފައިހުރި، ނުވަތަ ފެންނަގޮތަށްހުރި، ނުވަތަ އެފަދަ ގޮތަކަށް އުފައްދާފައިހުރި ހުރިހާ ވައްތަރެއްގެ ޗާޕުކުރި، ގްރެފިކް، އޯޑިއޯވިޒުއަލް އަދި މިނޫންވެސް އެހެން ޓެކްނޯލޮޖީގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ވަސީލަތްތަކަށެވެ.