-

ޕްރައިވެޓް އެންޓިޓީ

"ޕްރައިވެޓް އެންޓިޓީ" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގައިދުނުވާ ގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ށަހުސުތަކަށެވެ.

  1. ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ވިޔަފާރި ހިންގާ ފަރާތްތައް؛
  2. ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތައް؛
  3. ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތައް؛
  4. ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތައް؛
  5. ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު) ގެ ދަށުން ހުއްދަ އަދި ލައިސަންސް ލިބިގެން ވިޔަފާރި ހިންގާ ފަރާތްތައް؛
  6. ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާތައް.