gaanoon_logo
-
ވަޒީ ފާދޭ ފަރާތް

"ވަޒީ ފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަޒީ ފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ.

ކޮމްޕަލްސަރީ އިންށުއަރަންސް އޭޖެންޓުން

"ކޮމްޕަލްސަރީ އިންށުއަރަންސް އޭޖެންޓުން" ކަމަށް ބުނެފައި އެވަނީ، އިންށުއަރަންސް ކުންފުންޏެއްގެ ފަރާތުން ހަމައެކަނި ކޮމްޕަލްސަރީ އިންށުއަރަންސްއަށް ކޮންޓްރެކްޓް ވިއްކުމަށާއި، އުފެއްދުމަށާއި، ބަދަލުގެނައުމަށާއި، ބާޠިލު ކުރުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ފަރާތްތަކެވެ.

އެނުއަލް ގްރޮސް ޕްރިމިއަމް

"އެނުއަލް ގްރޮސް ޕްރިމިއަމް" ކަމަށް ބުނެފައި އެވަނީ، އަހަރުގެ ތެރޭގައި ލިބިފައިވާ ޖުމުލަ ޕްރިމިއަމް އަށެވެ. މި ގަވާއިދުގެ ބޭނުމަށްޓަކައި އެނުއަލް ގްރޮސް ޕްރިމިއަމްގެ އަދަދު ބިނާ ވާންވާނީ ފީ ދައްކާ އަހަރުގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތަކަށެވެ.

ރަސްމީކޮށް ރީބްރޯޑްކާސްޓްކުރަން ފެށުން

"ރަސްމީކޮށް ރީބްރޯޑްކާސްޓްކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ދޫކުރާ ރީބްރޯޑްކާސްޓްކުރާ ލައިސަންސެއް ލިބިގެން، ކޮމިށަނުން ފާސްކޮށްދީފައިވާ ޕެކޭޖެއްގެ ހިދުމަތްދޭން ފެށުމަށެވެ. 

ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓް

"ޑިޖިޓަލް ޓެރެސްޓީރިއަލް ރީބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ބޭނުންކޮށްގެން އަދި ކޮމިއުނިކޭ ށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ކަނޑައަޅައިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމަށެވެ.

ކޮންވެންށަނަލް ރީބްރޯޑްކާސްޓް

"ކޮންވެންށަނަލް ރީބްރޯޑްކާސްޓް" ކަމަށް ބުނެފައި އެވަނީ، ފްރީކުއެންސީގެ ވަސީލަތް ފިޔަވައި، އެހެން އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމަށެވެ.

ރީބްރޯޑްކާސްޓްކުރާ ފަރާތް

"ރީބްރޯޑްކާސްޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގ ނުވަތަ މިހާރުވެސް ފޯރުކޮށްދޭ އެހެނިހެން ޓެކްނޮލޮޖީ (ކޮންވެންށަނަލް) ގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށެވެ.

ށޯ އެކްސްކާރށަން

"ށޯ އެކްސްކާރށަން" ކަމުގައި ބުނެފައި އެވަނީ، ފަތުރު ވެރިކަމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ޕެސެންޖަރުން ގޮވައިގެން ކުރާ ދަތުރުތަކަށެވެ.

ޕެސެންޖަރުން

"ޕެސެންޖަރުން" ކަމުގައި ބުނެފައި އެވަނީ، އުޅަނދުގެ ފަޅުވެރިން ފިޔަވައި، ފަތުރުވެރިކަމުގެ ބޭނުމަށް އުޅަނދަށް އަރުވައި ބާލާ މީހުންނަށެވެ.

ފަޅުވެރިން

"ފަޅުވެރިން" ކަމުގައި ބުނެފައި އެވަނީ، އުޅަނދު ދުއްވައި، ބަނދަރުކޮށް ހެދުމުގެ މަސައްކަތް ކުރުމަށް އުޅޭ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ގައި ފަޅުވެރިންގެ ގޮތުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ.

ޕެސެންޖަރ ލައިސެންސް

"ޕެސެންޖަރ ލައިސެންސް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ފިޔަވައި ޕެސެންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމަށް ދެވޭ ލައިސަންސަށެވެ.

ކްރޫޒް ލައިނަރ

"ކްރޫޒް ލައިނަރ" ކަމުގައި ބުނެފައި އެވަނީ، 50 (ފަންސާސް) އަށް ވުރެ ގިނަ ޕެސެންޖަރުން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ.

ޓްރާންސްށިޕްމަންޓް ސިލް

"ޓްރާންސްށިޕްމަންޓް ސިލް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަދެވޭ މުދަލުގައި ކަސްޓަމްސްގެ އާންމު ގަވާއިދުގެ ޖަދުވަލު 36 ގެ 24 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ނެގުމަށްފަހު ޖަހާ ސިލަށެވެ.

ޓްރާންސްށިޕްމަންޓް ސްޓިކަރ

"ޓްރާންސްށިޕްމަންޓް ސްޓިކަރ" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަދެވޭ މުދަލުގައި ސިލް ޖެހެން ނެތް ހާލަތުގައި ޖެހުމަށް މި އުސޫލުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ކަސްޓަމްސްއިން ޖަހާ ސްޓިކަރއަށެވެ.

ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމް

"ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅައިފައިވާ ޕްރޮގްރާމަށެވެ.