ގާނޫނީ ރަދީފު
"މަހުގެ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، ފިނިކޮށްފައިވާ، ނު ވަތަ ފިނިކޮށް ގަނޑުކޮށްފައިވާ، ނުވަތަ ދަޅުގައި ބަންދުކޮށްފައިވާ، ނުވަތަ ހިއްކައިފައިވާ، ނުވަތަ ލޮނު އަޅައިފައިވާ، ނުވަތަ އެނޫން އެހެން ގޮތަކަށް އުފައްދައިފައިވާ މަހުގެ ނުވަތަ އެކުއަކަލްޗަރގެ އުފެއްދުމަށެވެ.
"މަށްހޫރު މާރކެއް" ކަމަށް ބުނެފައި އެވަނ،ީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައި ނުވިނަމަވެސ،ް އެ މާރކަކީ ދިވެހިރާއްޖޭގައި މަށްހޫރު މާރކަކަށްވެފައި، އެ މާރކްގެ ވެރިފަރާތަކީ ޕެރިސް ކޮންވެންށަންގެ ނުވަތަ ވަރލްޑް ޓްރޭޑް އޯގަނައިޒޭށަންގެ މެންބަރު ޤައުމެއްގެ ރައްޔިތެއް ނުވަތަ އެފަދަ ޤައުމެއްގައި ޢާންމުކޮށް ވަޒަންވެރިވެ ދިރިއުޅ،ޭ ނުވަތަ އެފަދަ ޤައުމެއްގައި އެ ފަރާތުގެ ވިޔަފާރި ޤާއިމުކޮށް ހިންގާ ފަރާތެއް ކަމުގައިވުމަށެވެ.
"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން، ވަކި މަށްރޫއުއެއްގެ ގޮތުގއި ކަނޑައަޅައި، ޑިއުޓީ މައާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ހުއްދަ ދީފައިވާ ކަންކަމަށެވެ.
"މަށްރޫއު" ކަމަށް ބުނެފައި އެވަނީ، ކުރިޔަށް ރާވައިގެން ހިންގާ ޓޫރިޒަމް ސިނާއަތުގެ ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، ނުވަތަ ޔޮޓް މެރިނާ ތަރައްގީ ކުރުމުގެ މަސައްކަތްތަކަށެވެ.
"މަށްރޫއުގެ ހުލާސާ" ކަމަށް ބުނެފައި އެވަނީ، އެދިޔާރަކު ނުވަތަ އެފަރާތުގެ ކޮންސަލްޓަންޓަކު، މަށްރޫއުގައި ހިމެނޭ މުހިންމު ސިފަތައް ހިމަނައިގެން އެ މަށްރޫއު މީޒާންކުރުމަށް ބާއްވާ ބައްދަލުވުމަށް، ތައްޔާރުކުރާ ލިޔުމަށެވެ. މި ލިޔުމުގައި ތަރައްގީގެ ހުށަހެޅުން އޮންނާނެ ގޮތުގެ ތައާރަފަކާއި ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މަށްރޫއާބެހޭ މުހިންމު ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެކަމަށް ލަފާކުރެވޭ އަސަރުތަކާއި އެ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ކަމަށް ފެންނަ ފިޔަވަޅުތައް ހިމެނޭނެއެވެ.
"މަނާކުރެވިފައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، މަނާކޮށްފައިވާ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެ އްޗެހީގެ ތެރެއިން މަނާކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.