ގާނޫނީ ރަދީފު
"ދަރަޖަ" ކަމުގައި ބުނެފައި އެވަނީ، ވަޒީފާގެ ކުރިއެރުމެއް ދިނުމުގެ ގޮތުން މަގާމުގެ ނަމުގެ ފަހަތަށް އިތުރު ކުރެވޭ ދަރަޖައިގެ މިންވަރަކަށެވެ.
"ދަޅު" ނުވަތަ ފުޅި، ނުވަތަ ޕެކެޓް، ނުވަތަ ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ދައުވާ" ކަމަށް ބުނެފައި އެވަނީ، އިސްތިއުނާފު ކުރެވޭ މައްސަލަތަކާއި ފުރަތަމަ މަރްހަލާގައި ހައިކޯޓުން ބަލާ މައްސަލަތަކާއި، ބަލަމުންދާ މައްސަލައަކާއި ގުޅުވައިގެން ހުށަހެޅޭ ރައްދު އިސްތިއުނާފްތަކާއި ތަދައްހުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހިމެނޭ ގޮތުންނެވެ.
"ދައުވާ އަނބުރާ ގެނައުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއް، އެ ދައުވާކުރާ ފަރާތުން އަނބުރާ ގެނައުމަށެވެ.
"ދައުވާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ދައުވާ އުފުލާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ދައުވާއެއް ފުރަތަމަ އުފުލާ ފަރާތާއި، ރައްދު ދައުވާއެއް އުފުލާ ފަރާތާއި، އިތުރު ދައުވާ އުފުލާ ފަރާތްވެސް ހިމެނެއެވެ.
"ދައުވާއަށް ރައްދުދިނުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، އެ ދައުވާލިބޭ ފަރާތުން އެއްބަސްވުމާއި، އެ ދައުވާ ދިފާއުކުރުމާއި، ރައްދު ދައުވާއެއް ކުރުން ހިމެނޭ ގޮތުން، ދައުވާލިބޭ ފަރާތުން އެ ދައުވާއަށް ރައްދު ދިނުމަށެވެ.