gaanoon_logo
-
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމަށާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި ހާއްސަވެގެން މަސައްކަތްކުރުމަށެވެ.

ޗައިލްޑް އެސެސްމަންޓް
"ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން އަލުން އާއިލާއާ ހަވާލުކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.
ޗައިލްޑް އެސެސްމަންޓް

"ޗައިލްޑް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ފޮސްޓަރކުރާ ކުއްޖާގެ ވަނަވަރާއި ކުއްޖާގެ ހާލަތު ބަޔާންކޮށް ހަދާއެސެސްމަންޓަށެވެ.

 

ޗައިލްޑް އެސެސްމަންޓް (ކުޑަކުދިންނާ ބެހޭ)
"ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ރީ-އިންޓެގްރޭޓް ކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.
ޗާންސެލަރ
"ޗާންސެލަރ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީގެ ޗާންސެލަރަށެވެ.
ޗާންސެލަރ

"ޗާންސެލަރ" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރއަށެވެ.

ޗާޓަރ

"ޗާޓަރ" ކަމުގައި ބުނެފައި އެވަނީ ގަވާއިދުގެ ދަށުން ހުއްދަދޭ  އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަގެން އެއުޅަނދެއް ދުއްވުން ނުވަތަ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމެވެ.

ޗާޓަރ ލައިސަންސް

"ޗާޓަރ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރުގައި ފަތުރުވެރިން އުފުލުމަށް މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސަށެވެ.

ޗާޓަރ ލައިސެންސް

"ޗާޓަރ ލައިސެންސް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު ބައިތިއްބައިގެން އެ އުޅަނދެއް ދުއްވުމަށް، ނުވަތަ ފަޅުވެރިން (ކްރޫން) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމަށް ދެވޭ ލައިސަންސަށެވެ.

ޗާޓަރޑް އެކައުންޓެންޓް
"ޗާޓަރޑް އެކައުންޓެންޓް" ކަމަށް ބުނެފައި އެވަނީ، "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކަށެވެ.
ޗާޓަރު

"ޗާޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދެއް ކުއްޔަށް ހިފުން ނުވަތަ ސްލޮޓް ޗާޓަރ (ޗާޓަރު ކުރާ ފަރާތް ބޯޓުގެ ސްލޮޓެއް އެހެން ފަރާތަކަށް ޗާޓަރަށް ދިނުން) އުސޫލުން ކުއްޔަށް ހިފުމަށެވެ.

ޗާޓަރު (ށިޕިންގއާއި ގުޅޭ)

"ޗާޓަރު" ކަމަށް ބަޔާންކޮށްފައި އެވަނީ، ކަނޑު އުޅަނދެއް ކުއްޔަށް ހިފުން ނުވަތަ ސްލޮޓް ޗާޓަރ (ޗާޓަރު ކުރާ ފަރާތް ބޯޓުގެ ސްލޮޓެއް އެހެންފަރާތަކަށް ޗާޓަރަށް ދިނުން) އުސޫލުން ކުއްޔަށް ހިފުމަށެވެ.

ޗާޓު

"ޗާޓު" ކަމަށް ބުނެފައި އެވަނީ، ޖިއޯރިފަރެންސްޑް ސްކޭލް ޗާޓަށެވެ.

ޗާޕުކުރެވިފައިވާ

"ޗާޕުކުރެވިފައިވާ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މެކެނިކަލް އިމްޕްރެށަނެއް އުފެއްދުމުގެގޮތުން އެއްވެސްބާވަތެއްގެ އެއްޗެއްގައި އަކުރުތަކެއް ނުވަތަ ރޮނގުތަކެއް ފެންނަން ހުންނާނެގޮތަށް ހެދުމަށެވެ. 

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން

"ޗިލްޑްރަންސް އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާޗިލްޑްރަންސް އޮމްބަޑްސްޕަރސަނަ ށެވެ.