ކުންފުނީގެ ގާނޫނު
(ގާނޫނު ނަންބަރު 2023-07)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 1 ޖެނުއަރީ 2024 ގައި)
(މި ގާނޫނުގެ 241 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1996-10 އުވާލެވިފައި)
އެއްވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫންވެސް އުސޫ ލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ކުންފުނީގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު ތައް
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އިގްތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގްތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސްމާލު އިންވެސްޓްކޮށް، އިގްތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގްތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، ވިޔަފާރި ށަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެ ކަންކަމުގައި އަމަލުކުރެވޭނެ އުސޫ ލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން؛
(ށ) ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގައި އާންމު، ފަސޭހަ އަދި ފަހި ށަރުތުތަކާއި އިލްތިޒާމުތައް ކަނޑައެޅުން؛
(ނ) ކުންފުނީގެ ގާނޫނީ ހައިސިއްޔަތާއި، ކުންފުންޏާއި ކުންފުނީގެ ޑިރެކްޓަރުންނާއި މެންބަރުންނާ ދެމެދު އޮންނަ ގުޅުން ކަނޑައެޅުމާއި، މެންބަރުންގެ ހައްގުތައް ހިމާޔަތްކުރުމާއެކު ކުންފުނި ހިންގުމުގައި ޑިރެކްޓަރުންގެ ބާރުތަކާއި އިލްތިޒާމުތަކާއި ށަރުތުތައް ކަނޑައެޅުން؛ އަދި
(ރ) އިގްތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އާންމުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
ކުންފުނީގެ ބާވަތްތައް
3 ވަނަ މާއްދާ - ކުންފުނީގެ ބާވަތްތައް
މި ގާނޫނުގެ ދަށުން އަންނަނިވި ބާވަތްތަކުގެ ކުންފުނި އުފެއްދިދާނެއެވެ.
(ހ) ޕްރައިވެޓް ކުންފުނި؛
(ށ) ޕަބްލިކް ކުންފުނި؛
(ނ) ސަރުކާރުގެ ކުންފުނި؛
(ރ) ލޯކަލް އޮތޯރިޓީ ކުންފުނި.
4 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނި
ޕްރައިވެޓް ކުންފުންޏަކީ، ޕަބްލިކް ކުންފުންޏަކަށްނުވާ، އެކަކު ނުވަތަ އެއަށްވުރެ ގިނަ ފަރާތްތައް އެކުވެގެން، މި ގާނޫނުގެ 9 ވަނަ މާއްދާއިން ފެށިގެން 11 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އުފައްދާ، ނުވަތަ މި ގާނޫނުގެ 29 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެކެވެ.
5 ވަނަ މާއްދާ - ޕަބްލިކް ކުންފުނި
ޕަބްލިކް ކުންފުންޏަކީ، ޕްރައިވެޓް ކުންފުންޏަކަށްނުވާ، އާންމުންނަށް ހިއްސާ، ނުވަތަ ޑިބެންޗަރ އަދ/ިނުވަތަ ބޮންޑު ވިއްކުމުގެ ހުއްދަ ލިބިފައިވާ، ނުވަތަ ހުއްދަ ހޯދުމަށް އެދި، މި ގާނޫނުގެ 12 ވަނަ މާއްދާއިން ފެށިގެން 14 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އުފައްދާ، ނުވަތަ މި ގާނޫނުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެކެވެ.
6 ވަނަ މާއްދާ - ސަރުކާރުގެ ކުންފުނި
ސަރުކާރުގެ ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހުރިހާ ހިއްސާއަކީ ސަރުކާރުގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ހިއްސާގެ ގޮތުގައި ކަނޑައަޅައި އުފައްދާ، މި ގާނޫނުގެ 22 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެކެވެ.
7 ވަނަ މާއްދާ - ލޯކަލް އޮތޯރިޓީ ކުންފުނި
ލޯކަލް އޮތޯރިޓީ ކުންފުންޏަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރ،ާ ލޯކަލް ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި ލޯކަލް ކައުންސިލްތަކުން އިގްތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި، އެއް ކައުންސިލް ނުވަތަ އެއަށްވުރެ ގިނަ ކައުންސިލް އެކުވެގެން އުފައްދާ ކުންފުންޏެވެ.
8 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓް ކުންފުނި
(ހ) ފޮރިން އިންވެސްޓްމަންޓް ކުންފުންޏަކީ، ޕްރައިވެޓް ކުންފުންޏެއްކަމުގައިވީ ނަމަވެސް ނުވަތަ ޕަބްލިކް ކުންފުންޏެއްކަމުގައިވީ ނަމަވެސް.
- އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް ހިއްސާއެއް، ބިދޭސީ މީހެއްގެ ނުވަތަ ބިދޭސީ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏެއް؛ ނުވަތަ
- އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް ހިއްސާއެއް، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏެއް؛ ނުވަތަ
- އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް ހިއްސާއެއް، ބިދޭސީ މީހެއް ނުވަތަ ބިދޭސީ ފަރާތެއްގެ މަސްލަހަތު އޮންނަ ޕާޓްނަރށިޕެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏެކެވެ.
(ށ) ކުންފުނި ރަޖިސްޓަރީކުރުމާ ބެހޭގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތައް އެފަދައިން ކަނޑައަޅާފައިވީ ނަމަވެސް، ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއް ރަޖިސްޓަރީކުރެވޭނީ، ނުވަތަ ކުންފުންޏެއްގެ މެންބަރެއްގެ ގޮތުގައި ބިދޭސީ މީހަކު ނުވަތަ ބިދޭސީ ފަރާތެއް ރަޖިސްޓަރީކުރެވޭނީ، ނުވަތަ ކުންފުންޏެއްގެ މެންބަރެއްގެ ގޮތުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުންފުންޏެއް ނުވަތަ އެ އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ޕާޓްނަރށިޕެއް ރަޖިސްޓަރީކުރެވޭނީ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގައި ކަނޑައަޅައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެންނެވެ.
ޕްރައިވެޓް ކުންފުނި
9 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ސިފަތައް
ޕްރައިވެޓް ކުންފުންޏަކީ އަންނަނިވި ސިފަތައް ފުރިހަމަވާ ކޮންމެ ކުންފުންޏެކެވެ.
(ހ) ކުންފުނީގެ ހިއްސާގެ ރައުސްމާލު ކަނޑައެޅިފައިވާ، އަދި 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ހިއްސާ އެކުލެވޭ؛ އަދި
(ށ) ކުންފުނީގެ މެންބަރުންގެ ގޮތުގައި މަދުވެގެން 1 (އެކެއް)، އަދި 50 (ފަންސާސް) އަށްވުރެ ގިނަނުވާނެހެން މެންބަރުން ކަނޑައެޅިފައިވާ؛ އަދި
(ނ) ކުންފުނީގެ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ޑިރެކްޓަރުން ހިމެނޭ؛ އަދި
(ރ) ކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއްކަމަށާއި، ކުންފުނީގެ ހިއްސާ އާންމުންނަށް ނުވިއްކޭނެކަމަށް ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާފައިވާ ކުންފުނި.
10 ވަނަ މާއްދާ - ކުންފުނީގެ މެންބަރުން
ގާނޫނަކުން މަނާނުކުރާހާ ހިނދަކު، އަދި ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، ޕްރައިވެޓް ޕްރައިވެޓް ކުންފުންޏެއްގެ މެންބަރަކަށް ވެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
(ހ) ފަރުދުން؛
(ށ) ސަރުކާރު؛
(ނ) ގާނޫނީ ށަހްސު (އެއީ ކުންފުންޏެއްކަމަށްވީ ނަމަވެސް، ނުވަތަ ޕާޓްނަރށިޕެއްކަމަށްވީ ނަމަވެސް، ނުވަތަ ދައުލަތުގެ މުއައްސަސާއެއްކަމަށްވީ ނަމަވެސް، ނުވަތަ ލޯކަލް ކައުންސިލެއްކަމަށްވީ ނަމަވެސް، ނުވަތަ ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދާފައިވާ ޖަމްއިއްޔާއެއްކަމަށްވީ ނަމަވެސްއެވެ)
11 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވުން
ޕްރައިވެޓް ކުންފުންޏެއްގެ މެންބަރުން ދަރަންޏަށް ޒިންމާވާންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެ، އެ މެންބަރަކަށް ކުންފުނިން އެކަށައަޅާފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް އެ ކުންފުންޏަށް ނުދައްކާ އޮތްނަމަ، އެ މިންވަރަކަށެވެ.
ޕަބްލިކް ކުންފުނި
12 ޕަބްލިކް ކުންފުނީގެ ސިފަތައް
ޕަބްލިކް ކުންފުންޏަކީ އަންނަނިވި ސިފަތައް ފުރިހަމަވާ ކޮންމެ ކުންފުންޏެކެވެ.
(ހ) ކުންފުނީގެ މެންބަރުންގެ އަދަދު 1 (އެކެއް) ނުވަތަ އެއަށްވުރެ އިތުރުވާ؛ އަދި
(ށ) އާންމުންނަށް ހިއްސާ، ނުވަތަ ޑިބެންޗަރ، ނުވަތަ ބޮންޑު ނުވަތަ އެނޫންވެސް ސެކިއުރިޓީއެއް ވިއްކުމުގެ ހުއްދަ ލިބިފައިވާ ނުވަތަ އެ ހުއްދަ ހޯދުމަށް އެދި އުފައްދާފައިވާ؛ އަދި
(ނ) ކުންފުނީގެ ދުސްތޫރުގައި އެ ކުންފުންޏަކީ ޕަބްލިކް ކުންފުންޏެއްކަމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކުންފުނި.
13 ވަނަ މާއްދާ - ޕަބްލިކް ކުންފުނީގެ މެންބަރުން
ގާނޫނަކުން މަނާނުކުރާހާ ހިނދަކު، އަދި ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، މި ގާނޫނުގެ 10 ވަނަ މާއްދާގައި ޕްރައިވެޓް ކުންފުންޏެއްގެ މެންބަރަކަށް ވެވޭނެކަމަށް ބަޔާންކުރާ އެންމެހައި ފަރާތްތަކަށް، ޕަބްލިކް ކުންފުނީގެ މެންބަރަކަށް ވެވިދާނެއެވެ.
14 ވަނަ މާއްދާ - ޕަބްލިކް ކުންފުނީގެ ދަރަންޏަށް މެންބަރުން ޒިންމާވުން
ޕަބްލިކް ކުންފުންޏެއްގެ މެންބަރުން ދަރަންޏަށް ޒިންމާވާންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެ އެ މެންބަރަކަށް ކުންފުނިން އެކަށައަޅާފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް އެ ކުންފުންޏަށް ނުދައްކާ އޮތްނަމަ، އެ މިންވަރަކަށެވެ.
ސަރުކާރުގެ ކުންފުނި
15 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާ ސަރުކާރުގެ ކުންފުނި
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސަރުކާރުގެ ކުންފުންޏެއް އުފައްދާ ހާލަތުގައި، އެ ކުންފުންޏެއްގެ ނަމާއި، މަގްސަދާއި، ރައުސްމާލުގެ އަދަދާއި، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަން، ކުންފުނި އުފައްދާ ގަރާރުގައި ބަޔާންކުރަންވާނެއެވެ. އަދި ކުންފުނީގެ އަސާސީ ގަވާއިދު، އެ ގަރާރުގައި ހިމަނަންވާނެއެވެ.
16 ވަނަ މާއްދާ - ގާނޫނަކުން އުފައްދާ ސަރުކާރުގެ ކުންފުނި
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކުންފުނިތަކުގެ މައްޗަށް ހިނގާނީ، އެ ކުންފުނި އުފައްދާ ގާނޫނެއްގައި ބަޔާންކުރާ އު ސޫލުތަކެކެވެ. އަދި އެ ގާނޫނުގައި ކުންފުނި ހިންގުމާގުޅޭ ވަކި އުސޫލުތަކެއް ކަނޑައަޅާފައިނުވާ ހާލަތްތަކުގައި، އެ ކުންފުންޏެއްގެ މައްޗަށް ހިނގާނީ، ގާނޫނަކުން މަނާނުކުރާހާ ހިނދަކު، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ.
17 ވަނަ މާއްދާ - ސަރުކާރުން ދަރަންޏަށް ޒިންމާވުން
ސަރުކާރުގެ ކުންފުންޏެއްގެ ދަރަންޏަށް ސަރުކާރުން ޒިންމާވާންޖެހޭނީ، އެ ކުންފުންޏެއް އުފައްދާ ގާނޫނުގައި، ނުވަތަ އެ ކުންފުންޏެއް އުފައްދާ ގަރާރުގައި، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުން އެ ކުންފުންޏަކަށް ދައްކާފައިނުވާނަމަ، އެ މިންވަރަކަށް، ނުވަތަ އެނޫން ގޮތަކަށް އެ ގާނޫނުގައި ނުވަތަ އެ ގަރާރުގައި އެ ކުންފުންޏެއްގެ ދަރަންޏަށް ސަރުކާރުން ޒިންމާވާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެގޮތަކަށެވެ.
18 ވަނަ މާއްދާ - ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހާލަތްތަކުގައި ޕްރައިވެޓް ކުންފުނިތަކުގެ އުސޫލު ހިނގުން
މި ގާނޫނުގައި، ސަރުކާރުގެ ކުންފުނިތަކަށް ވަކި ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިނުވާ ހާލަތުގައި، އަދި އެހެން ގާނޫނަކުން މަނާނުކުރާހާ ހިނދަކު،ޕްރައިވެޓް ކުންފުނިތަކުގެ މައްޗަށް ހިނގާނެކަމަށް މި ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުސޫލުތައް، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް ހިނގާނެއެވެ.
ލޯކަލް އޮތޯރިޓީ ކުންފުނި
19 ވަނަ މާއްދާ - ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ހާލަތްތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ އުސޫލު ހިނގުން
(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާ ހާލަތްތަކުގައި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގައާއި، ރަޖިސްޓަރީކުރުމުގައާއި، ހިންގުމުގައި އަމަލުކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނުގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ވަކި ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިނުވާ ހާލަތުގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ މައްޗަށް ހިނގާނީ، ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް މި ގާނޫނުގައި ކަނޑައަޅައި ބަޔާންކުރާ އުސޫލުތަކެވެ.
ތިންވަނަ ބާބު
ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުން
ކުންފުނި ރަޖިސްޓަރީކުރުން
20 ވަނަ މާއްދާ - ރަޖިސްޓަރީކުރުން ލާޒިމުވުން
މި ގާނޫނުގެ ދަށުން ކުންފުންޏެއް އުފެއްދޭނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، މި ގާނޫނުގެ މާއްދާތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށް، ކުންފުނި ރަޖިސްޓަރީކުރަން ހުށަހަޅައި ރަޖިސްޓަރީކުރުމުންނެވެ.
(ހ) ގާނޫނަކުން ނުވަތަ ގަރާރަކުން އުފައްދާ ކުންފުންޏެއްނަމަ، އެ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން؛ ނުވަތަ
(ށ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ މެންބަރުން ކުންފުނީގެ އަސާސީ ގަވާއިދު އެކުލަވާލައި ތަސްދީގުކުރުމުން.
21 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން ކުންފުންޏެއް ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުފައްދައިފިނަމަ، ކުންފުނި ރަޖިސްޓަރީކުރުމަށްޓަކައި އަންނަނިވި ލިޔެކިޔުން ފުރިހަމަކޮށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
- އަންނަނިވި މައުލޫމާތު ހިމެނޭގޮތަށް ކުންފުނި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު:
- ކުންފުންޏަށް ކިޔުމަށް ހުށަހަޅާ ނަން (މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރިޒަރވްކޮށްފައިވާ)؛
- ކުންފުނީގެ ބާވަތް؛
- ދިވެހިރާއްޖޭގެ ކުންފުނީގެ ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް؛ އަދި
- ކުންފުނީގެ ރައުސްމާލުގެ އަދަދާއި، ހިއްސާގެ އަދަދާއި، ހިއްސާ ބެހިފައިވާ ގޮތާއި، ކޮންމެ މެންބަރަކު ނެގުމަށް އެއްބަސްވެފައިވާ ހިއްސާގެ އަދަދާއި ނިސްބަތް.
- މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ހިމެނޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ، އަދި ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ މެންބަރުން ސޮއިކޮށް ތަސްދީގުކޮށްފައިވާ، ކުންފުނީގެ ދުސްތޫރު؛
- ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ މައުލޫމާތު؛
- މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ރަޖިސްޓަރީ ފީ؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ލިޔެކިޔުން.
22 ވަނަ މާއްދާ - ސަރުކާރުގެ ކުންފުނި ރަޖިސްޓަރީކުރަން ހުށަހެޅުން
(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސަރުކާރުގެ ކުންފުންޏެއް އުފައްދައިފިނަމަ ނުވަތަ މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ގާނޫނަކުން ސަރުކާރުގެ ކުންފުންޏެއް އުފައްދައިފިނަމަ، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސްއިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ނުވަތަ ކުންފުނި އުފައްދާ ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުންޏެއް މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ނުވަތަ ކަމާބެހޭ ގާނޫނެއްގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
23 ވަނަ މާއްދާ - ކުންފުނި ރަޖިސްޓަރީކޮށްދިނުން
މި ގާނޫނުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުފައްދައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމުން، ކުންފުންޏެއް ރަޖިސްޓަރީކުރުމަށް މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ރަޖިސްޓަރީކޮށް، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމަނަންވާނެއެވެ.
24 ވަނަ މާއްދާ - ރަޖިސްޓަރީ ސެޓްފިކެޓު
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނި ރަޖިސްޓަރީކުރުމާއެކު، ރަޖިސްޓްރާރގެ ނަމުގައި އަދި ރަޖިސްޓްރާރގެ ރަސްމީ ސިއްކައިގެ ދަށުން ކުންފުންޏަށް ރަޖިސްޓަރީ ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.
(ށ) ކުންފުނީގެ ރަޖިސްޓަރީ ސެޓްފިކެޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ ނަން؛
- ކުންފުނީގެ ރަޖިސްޓަރީ ނަންބަރު؛
- ކުންފުނީގެ ބާވަތް؛ އަދި
- ރަޖިސްޓަރީކުރެވުނު ތާރީހް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސެޓްފިކެޓަކީ، ކުންފުންޏެއް އުފައްދައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާކަން ބަޔާންކުރާ އަންނަނިވި ކަންކަން ސާބިތުކޮށްދޭ ހެއްކެކެވެ.
- ކުންފުނި ރަޖިސްޓަރީކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަން؛
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނި ރަޖިސްޓަރީކުރެވިފައިވާކަން؛ އަދި
- ކުންފުނި ރަޖިސްޓަރީކުރެވިފައިވަނީ، ސެޓްފިކެޓުގައި ކުންފުނި ރަޖިސްޓަރީކޮށްފައިވާ ތާރީހުކަމަށް ބަޔާންކުރާ ތާރީހުގައިކަން.
25 ވަނަ މާއްދާ - ރަޖިސްޓަރީވުމުގެ ނަތީޖާ
ކުންފުންޏެއް ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން އަންނަނިވި ކަންކަން ފުރިހަމަވީކަމުގައި ބެލެވޭނެއެވެ.
(ހ) ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ ރަޖިސްޓަރީ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ ނަމުގައި، އެ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ގާނޫނީ ށަހްސެއްގެ ގޮތުގައި އެ ކުންފުންޏެއް ވެގެންދިޔުން؛
(ށ) ކުންފުނީގެ ދުސްތޫރުގައި ބަޔާންކޮށްފައިވާ އެންމެހައި ބާރާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އުފުލުމުގެ ގާބިލުކަން އެ ކުންފުންޏަށް ލިބުން؛
(ނ) މި ގާނޫނުގެ ތޭރަވަނަ ބާބުގައި ހިމެނޭ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، ދެމިގެންދިޔުމުގެ ހައްގު ކުންފުންޏަށް ލިބިގެންވުން؛
(ރ) ކުންފުނީގެ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިގެންދިޔުން؛
(ބ) ގާނޫނު ހުއްދަކުރާ ގޮތުގެމަތިން، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ލިބިގަތުމުގެ ބާރު ކުންފުންޏަށް ލިބިގެންވުން؛
(ޅ) ކުންފުނީގެ އެންމެހައި އާމްދަނީއާއި މުދަލުގެ ވެރިފަރާތްކަމުގައި އެ ކުންފުނި ކަނޑައެޅިގެން ދިޔުން؛ އަދި
(ކ) ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެމަތިން، ކުންފުނީގެ މެންބަރުންނަށް ކުންފުނީގެ ފައިދާގައި ބައިވެރިވުމުގެ ހައްގު ލިބިގެންދިޔުން.
ކުންފުނީގެ ބާވަތް ބަދަލުކުރުން
26 ވަނަ މާއްދާ - ކުންފުނީގެ ބާވަތް ބަދަލުކުރުމުން އަލުން ރަޖިސްޓަރީކުރުން
މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް، އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުކުރެވޭނީ، މި ބާބުގައި ހިމެނޭ މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ކުންފުނީގެ ބާވަތުން އެހެން ބާވަތަކަށް ބަދަލުކުރުމަށް ކުންފުނިން ނިންމައި، ކުންފުނި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުންފުނީގެ ބާވަތް ބަދަލުކޮށް ރަޖިސްޓަރީކުރުމުންނެވެ.
27 ވަނަ މާއްދާ - ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުން
(ހ) ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ ބަދަލު ގެނައުމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ފާސްކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމަށްފަހު،މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުންނެވެ.
(ށ) ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށް، އެ ކުންފުނިން ފާސްކުރި ހާއްސަ ގަރާރު؛
- ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްޓަކައި، މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ދުސްތޫރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ކުންފުނީގެ މެންބަރުން ފާސްކޮށްފައިވާ ދުސްތޫރު؛
- މި ގާނޫނުގެ 228 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް.
(ނ) ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާއިރު، މި ގާނޫނުގައި ބަޔާންކުރާ އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- ކުންފުނީގެ ސެކްރެޓަރީއެއް، މި ގާނޫނުގެ 145 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ރަޖިސްޓްރާރގެ ދަފްތަރުގައިރަޖިސްޓަރީކުރުން؛ އަދި
- މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ރަޖިސްޓަރީ ފީ ދެއްކުން.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމުން، ޕަބްލިކް ކުންފުންޏެއް ރަޖިސްޓަރީކުރުމަށް މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓްފިކެޓެއް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. އެގޮތުން ދޫކުރާ ސެޓްފިކެޓުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ކުންފުންޏަކީ، ޕްރައިވެޓް ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުން، ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނު ކުންފުންޏެއްކަން؛
- ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނު ތާރީހް؛
- ކުންފުނީގެ ބާވަތް ބަދަލުކުރުމުގެ ސަބަބުން، މި ގާނޫނުގެ 67 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒު ބަދަލުވެފައިވާނަމަ، އެކަން.
28 ވަނަ މާއްދާ - ސަރުކާރުގެ ކުންފުނި ނުވަތަ ލޯކަލް އޮތޯރިޓީ ކުންފުނި، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުން
އެހެން ގާނޫނަކުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ސަރުކާރުގެ ކުންފުންޏެއް ނުވަތަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
29 ވަނަ މާއްދާ - ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުން
(ހ) ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ ބަދަލު ގެނައުމަށް ކުންފުނީގެ ހާއްސަ ގަރާރަކުން ފާސްކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމަށްފަހު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުންނެވެ.
(ށ) ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުމަށް، އެ ކުންފުނިން ފާސްކުރި ހާއްސަ ގަރާރު؛
- ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް
ބަދަލުކުރުމަށްޓަކައި، މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ދުސްތޫރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު، ކުންފުނީގެ މެންބަރުން ފާސްކޮށްފައިވާ ދުސްތޫރު؛ - މި ގާނޫނުގެ 228 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް.
(ނ) ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާއިރު، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ރަޖިސްޓަރީ ފީ ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމުން، ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓްފިކެޓެއް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. އެގޮތުން ދޫކުރާ ސެޓްފިކެޓުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެ ކުންފުންޏަކީ، ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުމުން، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނު ކުންފުންޏެއްކަން؛
- ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުނު ތާރީހް؛
- ކުންފުނީގެ ބާވަތް ބަދަލުކުރުމުގެ ސަބަބުން، މި ގާނޫނުގެ 67 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒު ބަދަލުވެފައިވާނަމަ އެކަން.
30 ވަނަ މާއްދާ - ސަރުކާރުގެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުން
(ހ) ސަރުކާރުގެ ކުންފުންޏެއް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް ހިއްސާއެއް، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ސަރުކާރު ނޫން ފަރާތަކަށް ބަދަލުކޮށް، މި ގާނޫނުގެ 163 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ސަރުކާރުގެ ކުންފުންޏެއްގެ ހިއްސާ، ސަރުކާރު ނޫން މެންބަރަކަށް ބަދަލުވުމާ ގުޅިގެން، ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ކުންފުންޏެއްގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓްފިކެޓެއް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. އެގޮތުން ދޫކުރާ ސެޓްފިކެޓުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ހިމަނަންވާނެއެވެ.
31 ވަނަ މާއްދާ - ލޯކަލް އޮތޯރިޓީ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރުން
(ހ) ލޯކަލް އޮތޯރިޓީ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކޮށް، ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް ހިއްސާއެއް، ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ލޯކަލް އޮތޯރިޓީ ކައުންސިލް ނޫން އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް، އެކަން މި ގާނޫނުގެ 163 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ހިއްސާ، ލޯކަލް އޮތޯރިޓީ ކައުންސިލް ނޫން މެންބަރަކަށް ބަދަލުވުމާ ގުޅިގެން، މި ގާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ކުންފުންޏެއްގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓްފިކެޓެއް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ސެޓްފިކެޓުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ހިމަނަންވާނެއެވެ.
32 ވަނަ މާއްދާ - ކުންފުނީގެ ބާވަތް ބަދަލުވުމުން ނުކުންނަ ނަތީޖާ
މި ގާނޫނުގެ 26 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުންޏެއް އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުވުމަކުން، އެ ކުންފުންޏެއްގެ ހައްގަކަށް، ނުވަތަ އިލްތިޒާމަކަށް، ނުވަތަ އެ ކުންފުންޏަކުން ކުރާ ނުވަތަ ކޮށްފައިވާ މުއާމަލާތަކަށް، ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ނުވަތަ ކޮށްފައިވާ ދައުވާއަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރުން
33 ވަނަ މާއްދާ - ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރުން ލާޒިމުވުން
(ހ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން މެނުވީ، ބޭރުގެ އެއްވެސް ކުންފުންޏަކުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމަކީ
މަނާކަމެކެވެ.
(ށ) މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ފޮރިން އިންވެސްޓްމަންޓް ކުންފުނި ފިޔަވައި، ބޭރުގެ ކުންފުންޏަކުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާންވާނީ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގައި ކަނޑައަޅައި ބަޔާންކުރާ ގޮތެއްގެމަތިން ހުއްދަ ހޯދައި، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ކުންފުނި ރީރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅައި، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްފަހުއެވެ.
(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި، "ބޭރުގެ ކުންފުނި" ގެ މާނައިގައި، އެ ގައުމެއްގެ ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހިންގާ ޖަމްއިއްޔާ ނުވަތަ ޗެރިޓީ ނުވަތަ ފައުންޑޭށަން ނުވަތަ އެނޫންވެސް ގާނޫނީ ށަހްސު ހިމެނޭނެއެވެ.
34 ވަނަ މާއްދާ - ބޭރުގެ ކުންފުނި ރީރަޖިސްޓަރީކުރަން ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން ބޭރުގެ ކުންފުންޏެއް ރީރަޖިސްޓަރީކުރުމަށްޓަކައި، އަންނަނިވި ލިޔެކިޔުން ފުރިހަމަކޮށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
- އެ ކުންފުންޏަކުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާނެ ދާއިރާ ނުވަތަ ވިޔަފާރިއަކަށް، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހޯދާފައިވާ ހުއްދަ؛
- ބޭރުގެ ކުންފުނީގެ އަންނަނިވި މައުލޫމާތު؛
- ކުންފުނީގެ ނަން، ރަޖިސްޓަރީ ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި ވިޔަފާރި ހިންގާ އެޑްރެސް
- ކުންފުނީގެ މެންބަރުންގެ މައުލޫމާތު، އަދި ii.އެއްވެސް މެންބަރަކީ ގާނޫނީ ށަހްސެއްނަމަ، އެ ފަރާތްތަކުގެ މެންބަރުންގެ މައުލޫމާތު؛
- ކުންފުނީގެ ހުރިހާ ޑިރެކްޓަރުންގެ މައުލޫމާތު، އަދި
- އެއްވެސް ޑިރެކްޓަރަކީ ގާނޫނީ ށަހްސެއްނަމަ، އެ ފަރާތްތަކުގެ މެންބަރުންގެ މައުލޫމާތު؛ކުންފުނީގެ ރައުސްމާލާއި ހިއްސާގެ މައުލޫމާތު؛
- ކުންފުނީގެ ދުސްތޫރު.
- މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އައްޔަންކުރ،ާ ދިވެހިރާއްޖޭގައި ހުންނަ ކުންފުނީގެ އެޖެންޓުގެ މައުލޫމާތު؛
- ދިވެހިރާއްޖޭގައި ހުންނަ ކުންފުނީގެ ސަރވިސް އެޑްރެސް؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ބޭރުގެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމުން،މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއް ރީރަޖިސްޓަރީކޮށް، އެ ކުންފުންޏަކަށް ރަޖިސްޓަރީ ސެޓްފިކެޓެއް ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. މިގޮތުން ދޫކުރާ ސެޓްފިކެޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ ނަން، ރަޖިސްޓަރީ ނަންބަރު، ރަޖިސްޓަރީކުރެވިފައިވާ ގައުމު؛
- އެ ކުންފުންޏަކީ، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރެވިފައިވާ ބޭރުގެ ކުންފުންޏެއްކަމާއި، ރީރަޖިސްޓަރީކުރެވުނު ތާރީހް؛
- ރީރަޖިސްޓަރީ ނަންބަރު؛ އަދި
- ކުންފުނިން ދިވެހިރާއްޖޭގައި ހަރަކާތްތެރިވުމަށް ދޫކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ މުއްދަތު.
35 ވަނަ މާއްދާ - ބޭރުގެ ކުންފުނީގެ އެޖެންޓެއް ހުރުން
(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރާ ކޮންމެ ބޭރުގެ ކުންފުންޏަކުން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެ ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި މީހަކު އައްޔަންކޮށްފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އައްޔަންކުރާ އެޖެންޓެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، ފަރުދަކަށްވުން؛
- މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ ފަރާތަކަށް ނުވުން؛
- އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއްކަމުގައިވުން.
(ނ) މި ގާނޫނުގެ ދަށުން ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުންޏެއްގެ އެޖެންޓަކަށް އައްޔަންކުރާ ފަރާތަކީ، އެޖެންޓުކަމަށް އައްޔަންކުރުމަށް އޭނާ ރުހި ގަބޫލުވާ ފަރާތެއްކަމަށާއި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވީ، ކުންފުނީގެ އެޖެންޓެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެން ނުވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުންޏެއްގެ އެޖެންޓަކަށް އައްޔަންކުރާ ފަރާތަކީ:
- ކުންފުނިން އެނޫން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުމާއި ނޯޓިސް ކުންފުނީގެ ފަރާތުން ބަލައިގަންނާނެ ފަރާތް؛
- ބޭރުގެ ކުންފުނިން، މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް ފުރިހަމަކުރުމުގައި، ރަޖިސްޓްރާރަށް ޖަވާބުދާރީވުމުގެ ޒިންމާ އޮތް ފަރާތް؛ އަދި
- މި ގާނޫނުގެ އެއްވެސް މާއްދާއަކާ ކުންފުނިން ހިލާފުވެގެން މި ގާނޫނުގެ ދަށުން އެ ކުންފުންޏަކަށް އަޅާ އެއްވެސް ފިޔަވަޅަކަށް ފަރުދީގޮތުން ޒިންމާވާނެ ފަރާތެވެ.
36 ވަނަ މާއްދާ - މައުލޫމާތު ރަޖިސްޓްޓްރާރަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުނީގެ އެއްވެސް މައުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ އެޖެންޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަމުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ އަކުރުތަކުގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް އެ މައުލޫމާތު ހުށަހަޅާފައިނުވާނަމަ، އެ ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
37 ވަނަ މާއްދާ - ރީރަޖިސްޓަރީ ބާތިލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް ކުންފުނިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
- ކުންފުނިން ދިވެހިރާއްޖޭގައި ކުރަމުން ގެންދިޔަ ވިޔަފާރި ހުއްޓާލުން؛
- އެ ކުންފުންޏަށް ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ހުއްދަ ބާތިލުވުން ނުވަތަ ހުއްދައިގެ މުއްދަތު ހަމަވުން؛ ނުވަތަ
- އެ ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން.
(ށ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް ރަޖިސްޓްރާރަށް ކަނޑައެޅިދާނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާފައި ނުވުން؛ ނުވަތަ
- އެ ކުންފުންޏަކީ، ހަރަކާތްތެރިނުވާ ކުންފުންޏެއްކަމަށް، މި ގާނޫނުގެ 208 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކަނޑައަޅައި، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި އެ ކުންފުންޏެއްގެ ނަން އޮތުން.
(ނ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ ރީރަޖިސްޓަރީ ބާތިލުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ކުންފުނީގެ ދުސްތޫރު
38 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރު
ކުންފުނީގެ ދުސްތޫރަކީ، މި ބާބުގައި ހިމެނޭ މާއްދާތަކުގައި ބަޔާންކުރާ، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދެވެ.
39 ވަނަ މާއްދާ - އަސާސީ ގަވާއިދު
(ހ) ކޮންމެ ކުންފުންޏެއްގައިވެސް އަސާސީ ގަވާއިދެއް އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނުގައި ނުވަތަ ގަރާރުގައި، އަސާސީ ގަވާއިދުގައި ހިމަނަންޖެހޭކަމަށް މި ގާނޫނުގައި ބަޔާންކުރާ މައުލޫމާތު ހިމެނޭނަމަ، އެއީ ކުންފުނީގެ އަސާސީ ގަވާއިދުގެ ގޮތުގައި ބަލައިގަނެ،ކުންފުނީގައި ވަކިން އަސާސީ ގަވާއިދެއް އޮތުން ލާޒިމެއް ނޫނެވެ.
40 ވަނަ މާއްދާ - އަސާސީ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) ކުންފުނީގެ އަސާސީ ގަވާއިދުގައި އަންނަނިވި މައުލޫމާތު ބަޔާންކުރަންވާނެއެވެ.
- ކުންފުނީގެ ނަން؛
- ކުންފުނި ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް؛
- ކުންފުނީގެ ބާވަތް؛
- ކުންފުނި ރަޖިސްޓަރީކުރާއިރު، ކުންފުނީގެ ހިއްސާގެ ރައުސްމާލު އެކުލެވިގެންވާ ގޮތާއި، ހިއްސާގެ އަދަދާއި، އެކި ގިންތިތަކުގެ ހިއްސާ ހިމެނޭނަމަ، އެ މައުލޫމާތު؛
- ކުންފުނި ރަޖިސްޓަރީކުރާއިރު، ކުންފުނީގެ މެންބަރުންގެ ގޮތުގައި ހިއްސާ އެކަށައަޅާފައިވާ މެންބަރުންގެ މައުލޫމާތާއި،ކޮންމެ މެންބަރަކަށް އެކަށައަޅާފައިވާ ނުވަތަ ކޮންމެ މެންބަރަކު ނަގަން އެއްބަސްވެފައިވާ ހިއްސާގެ އަދަދާއި ނިސްބަތް؛
- މެންބަރުން ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އެ ކުންފުނީގެ ހިންގާ ގަވާއިދަކީ، މި ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އެކުލަވާލާފައިވާ ނަމޫނާ ހިންގާ ގަވާއިދުކަމަށް މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކުންފުނިން ކަނޑައަޅާފައިވާނަމަ، އެކަން؛
- ކުންފުނީގެ މަގްސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ކަނޑައެޅުމަށް މި ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ ދަށުން އިހްތިޔާރުކޮށްފައިވާނަމަ، އެ މަގްސަދުތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކޮންމެ ޕަބްލިކް ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ކުންފުނިން ދޫކުރަން ގަސްދުކުރާ ސެކިއުރިޓީޒްގެ ބާވަތްތައް؛
- ކުންފުނީގެ މެންބަރުންގެ ދަފްތަރު ބަލަހައްޓާނެ ގޮތް؛
- ކުންފުނީގެ މަގްސަދުތައް؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު ތަންފީޒުކުރާ އިދާރާއިން ކަނޑައަޅާ އެހެނިހެން މައުލޫމާތު؛ އަދި
- ބޭރުގެ ފަރާތްތަކަށް ސެކިއުރިޓީޒް ސަބްސްކްރައިބްކުރެވޭ ކުންފުންޏެއްތޯ ނުވަތަ ނޫންތޯ.
41 ވަނަ މާއްދާ - ކުންފުނީގެ މަގްސަދުތައް
(ހ) ކުންފުނީގެ އަސާސީ ގަވާއިދުގައި އެ ކުންފުނީގެ މަގްސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ބަޔާންކޮށްފައިނުވާހާ ހިނދަކު، ނުވަތަ ވަކި މަގްސަދުތަކެއް މަނާކޮށްފައިނުވާހާ ހިނދަކު، ކުންފުނީގެ މަގްސަދުތަކުގެ ގޮތުގައި ގާނޫނު މަނާނުކުރާ ކޮންމެ ކަމެއް ކުރުމަށް ހުއްދަ ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ މަގްސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް ކުންފުނީގެ އަސާސީ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރުމުގެ އިހްތިޔާރު ކޮންމެ ކުންފުންޏަކަށްވެސް ލިބިގެންވެއެވެ.
(ނ) ކުންފުނީގެ މަގްސަދުތަކުގެ ގޮތުގައި އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ވަކި ކަންތައްތަކެއް ބަޔާންކޮށްފައިވާނަމަ، ކުންފުނީގެ މަގްސަދުތައް ބަދަލުކުރެވޭނީ، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ކުންފުނިތަކާއި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ މަގްސަދުތަކުގެ ގޮތުގައި ވަކި ކަންތައްތަކެއް، އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުގެ މަގްސަދުތަކުގެ ގޮތުގައި، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން އެ ކުންފުންޏަކަށް ހުއްދަކޮށްފައިވާ މަސައްކަތްތަކާއި ހަރަކާތްތައް، އެ ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
42 ވަނަ މާއްދާ - އަސާސީ ގަވާއިދަށް ބަދަލު ގެނައުން
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅައި ބަޔާންކޮށްފައިނުވާހާ ހިނދަކު،ކުންފުނީގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން އަސާސީ ގަވާއިދަށް ބަދަލެއް ގެނައުމަށް ހުއްދަކުރާ ގޮތެއްގެމަތިންނެވެ.
43 ވަނަ މާއްދާ - ހިންގާ ގަވާއިދު
މި ބާބުގެ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، ކޮންމެ ކުންފުންޏެއްގައިވެސް ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ.
44 ވަނަ މާއްދާ - ހިންގާ ގަވާއިދުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅާފައިވާ ޕްރައިވެޓް ކުންފުނި ފިޔަވައި، އެހެން ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި، އަންނަނިވި މައުލޫމާތު ބަޔާންކުރަންވާނެއެވެ.
- ކުންފުނީގެ ހިއްސާ އަދި ބޮންޑު ހިމެނޭގޮތުން، ރަޖިސްޓަރީކޮށްފައިވާ ސެކިއުރިޓީޒް، އެ ކުންފުނިން އާންމުންނަށް ނުވިއްކޭނެކަން؛
- ކުންފުނީގެ މެންބަރުންގެ އަދަދު 50 (ފަންސާސް) އަށްވުރެ އިތުރުވެގެން ނުވާނެކަން؛
- ބައްދަލުވުމުގެ ނޯޓިސް މެންބަރުންނަށް ދޭންޖެހޭނެ ގޮތާއި،އެ ބައްދަލުވުންތަކުގައި ވޯޓުލާނެ ގޮތާއި، ނިންމުންތައް ނިންމާނެ ގޮތާއި، ގަރާރު ފާސްކުރާނެ ގޮތް؛
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި، ޑިރެކްޓަރުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް، ވަކިކުރާނެ ގޮތާއި، ޑިރެކްޓަރުންގެ ބައްދަލުވުން ބާއްވާނެ ގޮތް؛
- ކުންފުނީގެ ޑިރެކްޓަރުންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް؛
- ކުންފުނީގެ ފައިދާ ބެހުމުގައި އަމަލުކުރާނެ ގޮތް؛
- ކުންފުނީގެ މާލީ ހިސާބުތަކާއި މާލީ ރިކޯޑުތައް ބަލަހައްޓާނެ ގޮތް؛
- ކުންފުނީގެ އޮޑިޓަރު އައްޔަންކުރާނެ ގޮތާއި، ވަކިކުރާނެ ގޮތާއި، އޮޑިޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް؛
- ކުންފުނި އުވާލެވޭނެ ގޮތް؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، ކޮންމެ ޕަބްލިކް ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ކުންފުނީގެ ހިއްސާ، ޑިބެންޗަރ، ބޮންޑު ނުވަތަ އެހެނިހެން ސެކިއުރިޓީޒް މެންބަރުންނަށް ދޫކުރުމާއި ދަފްތަރުކުރުމުގައި އަމަލުކުރާނެ ގޮތް؛
- ކުންފުނީގެ ހިއްސާ، ޑިބެންޗަރ، ބޮންޑު ނުވަތަ އެހެނިހެން ސެކިއުރިޓީޒްއާ ގުޅޭގޮތުން މެންބަރުންނަށް ލިބިދޭ ހައްގުތައް؛
- ޑިރެކްޓަރުން އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތް؛
- ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާތަކާއި ބާރުތައް؛
- ކުންފުނިން ޑިވިޑެންޑް ނުވަތަ ފައިދާ ބެހުމުގައި އަމަލުކުރާނެ ގޮތް؛
- މެންބަރުންގެ ދަފްތަރަށް ބަދަލު ގެނެސް ރިކޯޑުކުރުމުގައި އަމަލުކުރާނެ އިޖުރާއަތު؛
- މެންބަރުންގެ ޖަލްސާތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތް؛
- ހިއްސާގެ އަގު ދެއްކުމަށް ކުންފުނިން އެންގުމުގައި އަމަލުކުރާނެ ގޮތް؛
- ކުންފުންޏަށް ނޯޓިސް ދިނުމުގައި އަމަލުކުރާނެ ގޮތް އަދި ކުންފުނިން މެންބަރުންނަށް ނޯޓިސް ދިނުމުގައި އަމަލުކުރާނެ ގޮތް؛
- ކުންފުނިން ނޯޓިސް ރައްދުކުރަން މަސައްކަތްކޮށް، ނޯޓިސް ރައްދުނުވާކަމަށް ގަބޫލުކުރެވޭ މެންބަރުންނާމެދު އަމަލުކުރާނެ ގޮތް.
45 ވަނަ މާއްދާ - ހިންގާ ގަވާއިދަށް ބަދަލު ގެނައުން
މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ހިންގާ ގަވާއިދަށް ބަދަލެއް ގެނައުމަށް ހުއްދަކުރާ ގޮތެއްގެމަތިންނެވެ.
46 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދު އެކުލަވާލުން
(ހ) ޕްރައިވެޓް ކުންފުނީގެ ހިންގާ ގަވާއިދުގެ ނަމޫނާ ހިންގާ ގަވާއިދެއް ރަޖިސްޓްރާރ އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) ޕްރައިވެޓް ކުންފުންޏެއް ރަޖިސްޓަރީކުރާއިރު، ނުވަތަ ރަޖިސްޓަރީކުރުމުގެ ފަހުން ނަމަވެސް، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދަކީ މި މާއްދާގައި ބަޔާންކުރާ ނަމޫނާ ހިންގާ ގަވާއިދުކަމަށް އެ ކުންފުންޏަކުން ކަނޑައަޅައި އިހްތިޔާރުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަނޑައެޅުމެއް ކުންފުނިން ކަނޑައެޅޭނީ އަންނަނިވި ގޮތުގެމަތިންނެވެ.
- ކުންފުނި ރަޖިސްޓަރީކުރާއިރު، އެ ކުންފުނީގެ ހިންގާ ގަވާއިދަކީ މި މާއްދާގައި ބަޔާންކުރާ ނަމޫނާ ހިންގާ ގަވާއިދުކަމަށް ކުންފުނީގެ އަސާސީ ގަވާއިދުގައި ލިޔެ ކަނޑައެޅުމުން؛ ނުވަތަ
- ކުންފުނި ރަޖިސްޓަރީކުރުމަށްފަހު، އެއްވެސް ވަގުތެއްގައި، އެ ކުންފުނީގެ ހިންގާ ގަވާއިދަކީ މި މާއްދާގައި ބަޔާންކުރާ ނަމޫނާ ހިންގާ ގަވާއިދުކަމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ކަނޑައަޅައި، ރަޖިސްޓްރާރަށް ހުށަހެޅުމުން.
47 ވަނަ މާއްދާ - ނަމޫނާ ހިންގާ ގަވާއިދު ކުންފުނީގެ މައްޗަށް ހިންގުން
(ހ) މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅާފައިވާ ކޮންމެ ކުންފުންޏެއްގެ މައްޗަށް ހިނގާނީ، މި ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ ހަދާ ގަވާއިދުގައި ބަޔާންކުރާ ނަމޫނާ ހިންގާ ގަވާއިދުގެ މާއްދާތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުނިތައް ފިޔަވައި އެހެނިހެން ކުންފުނިތަކުގެ މައްޗަށް ހިނގާނީ، މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާފައިވާ، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދެވެ.
(ނ) މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅާފައިވާ ކުންފުންޏަކުން، ކޮންމެ ވަގުތެއްގައިވެސް، އެ މާއްދާގައި ބަޔާންކުރާ އިހްތިޔާރުކުރުން ދޫކޮށްލައި، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވާލުމަށް ކުންފުންޏަށް ނިންމިދާނެއެވެ. ކުންފުންޏަކަށް އެފަދައިން ނިންމޭނީ، މި ގާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަނޑައެޅުން ކުންފުނިން އުވާލައި، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވާލުމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި، މި ގާނޫނުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ހިންގާ ގަވާއިދު އެކުލަވާލައި، އެކަން ރަޖިސްޓްރާރަށް ހުށަހަޅައި ކުންފުނިތަކުގެ ދަފްތަރުގައި ރަޖިސްޓަރީކުރުމުން، އެ ތާރީހަކުން ފެށިގެންނެވެ.
48 ވަނަ މާއްދާ - ނަމޫނާ ހިންގާ ގަވާއިދަށް ބަދަލު ގެނައުން
(ހ) މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ނަމޫނާ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު، މި މާއްދާއާ ހިލާފުނުވާނެ ގޮތެއްގެމަތިން ރަޖިސްޓްރާރ އިސްލާހުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، މި ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދަށް ގެންނަ އެއްވެސް އިސްލާހަކަށް އަމަލުކުރަން ފަށާނީ، އެ ގަވާއިދު އިސްލާހުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ނަމޫނާ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭ ހިނދު، މި ގާނޫނުގެ46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅާފައިވާ އެއްވެސް ކުންފުންޏަކުން، އެ ބަދަލު ގެނެސް އިސްލާހުކުރެވިފައިވާ ނަމޫނާ ހިންގާ ގަވާއިދު އެ ކުންފުންޏެއްގެ މައްޗަށް ހިންގުމަށް ނޭދޭނަމަ، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކޮށް، އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވާލައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކޮށް އެ ކުންފުނީގެ އަމިއްލަ ހިންގާ ގަވާއިދެއް އެކުލަވާލައި ރަޖިސްޓަރީކޮށްފައިނުވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުން އެ ކުންފުންޏެއްގެ މައްޗަށް، އިސްލާހުކުރެވުނު ނަމޫނާ ހިންގާ ގަވާއިދުގެ މާއްދާތައް ހިނގާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ އަކުރު ނިސްބަތްވާ އެއްވެސް ކުންފުންޏަކުން، ކޮންމެ ވަގުތެއްގައިވެސް،މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އަށް އަމަލުކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ލޯކަލް އޮތޯރިޓީ ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދު އެކުލަވާލުން
ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިންގާ ގަވާއިދުގެ ނަމޫނާ ހިންގާ ގަވާއިދެއް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ރަޖިސްޓްރާރ އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. މި ގާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާ އަދި 48 ވަނަ މާއްދާގައި ޕްރައިވެޓް ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދާ ގުޅޭގޮތުން ބަޔާންކުރާ އު ސޫލުތައް، ލޯކަލް އޮތޯރިޓީ ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދާގުޅޭ ކަންކަމުގައި ހިނގާނެއެވެ.
50 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރަށް ގެންނަ ބަދަލު ރަޖިސްޓްޓްރާރަށް ހުށަހެޅުން
(ހ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި ބަދަލު ގެނެވުނު އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން،ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ އަސާސީ ގަވާއިދެއް ނުވަތަ ހިންގާ ގަވާއިދެއް ރަޖިސްޓްރާރަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ބަދަލުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ހާއްސަ ގަރާރު؛
- ބަދަލު ގެނެވުނު އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު؛
- މި ގާނޫނުގެ 228 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް؛
- މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފީ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލ،ު މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން،އެކަށީގެންވާ މުއްދަތެއް، ކުންފުންޏަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަނޭޅުމަކީ ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަނޭޅުމަކީ، ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެއީ، މި ގާނޫނުގެ މާއްދާތަކާއި،ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށްވާނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.
51 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅުން
(ހ) ކުންފުނީގެ ދުސްތޫރަށް ބަދަލު ގެނައުމަށް މި ގާނޫނާއި ކުންފުނީގެ ދުސްތޫރުގައި ބަޔާންކުރާ އު ސޫލުތަކުގެ ތެރެއިން ބަދަލެއް ގެނެވެން ނެތްނަމަ، ކުންފުނީގެ ދުސްތޫރަށް ބަދަލެއް ގެނައުމަށް އެދި، ކުންފުނީގެ މެންބަރަކަށް ނުވަތަ ޑިރެކްޓަރަކަށް، ކޯޓަށް ހުށަހެޅިދާނެއެވެ. އެފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި، ކުންފުނީގެ ދުސްތޫރަށް ބަދަލު ގެނައުމުގެ އަމުރެއް، ކޯޓަށް ފެންނަ ގޮތަކަށް ނުވަތަ ފެންނަ ށަރުތުތަކެއްގެ މަތިން، ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ކޯޓުން ނެރޭ އަމުރެއް، އެ އަމުރެއް ނެރޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހެޅި ފަރާތުން، ރަޖިސްޓްރާރަށް ފޮނުވަންވާނެއެވެ.
52 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރަށް އަމަލުކުރުން ލާޒިމުވުން
(ހ) ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ މާއްދާތަކަށް އަމަލުކުރުމަކީ އެ ކުންފުންޏެއްގެ މައްޗަށާއި، ކުންފުނީގެ މެންބަރުންގެ މައްޗަށާއި، ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް، އެ ފަރާތްތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއް ފަދައިން، ލާޒިމުވެގެންވާ ކަމެކެވެ. ވަކިން ހާއްސަކޮށް، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ދަށުން ކުންފުންޏަށް މެންބަރަކު ދައްކަންޖެހޭ ފައިސާއަކީ، އެ މެންބަރަކު ކުންފުންޏަށް އަދާކުރަންޖެހޭ ދަރަންޏެކެވެ.
(ށ) ކުންފުނި ހިންގުމުގެ އެންމެހައި ކަންކަން ކުރަންވާނީ، އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
53 ވަނަ މާއްދާ - ކުންފުނީގެ ދުސްތޫރު، މެންބަރުންނަށް ލިބުން
(ހ) ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ހޯދުމަށް އެދި، ކޮންމެ ވަގުތެއްގައިވެސް، ލިޔުމުން ކުންފުންޏަށް ހުށަހެޅުމުގެ ހައްގު، ކުންފުނީގެ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރަކު ކުންފުނީގައި އެދުމުން، ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ކުންފުނިން އެ މެންބަރަކަށް ފޯރުކޮށްނުދޭ ހާލަތްތަކުގައި، ކުންފުނިތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް ހޯދުމަށް އެދި ރަޖިސްޓްރާރަށް ހުށަހެޅުމުގެ ހައްގު، ކޮންމެ މެންބަރަކަށްވެސް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބިއްޖެނަމަ، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފީ ދެއްކުމުން،އެ ހުށަހެޅުމުގައި އެދޭ ލިޔެކިޔުމެއް ރަޖިސްޓްރާރ އެ ފަރާތަކަށް ދޫކުރަންވާނެއެވެ.
ފަސްވަނަ ބާބު
ކުންފުނީގެ ހައިސިއްޔަތާއި ބާރުތައް
54 ވަނަ މާއްދާ - ކުންފުނީގެ ހައިސިއްޔަތާއި ބާރު
(ހ) މި ގާނޫނުގެ މާއްދާތަކާ އަދި އެހެން ގާނޫނެއްގެ މާއްދާއަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް، ދިވެހިރާއްޖޭގައާއި ދިވެހިރާއްޖެއިން ބޭރުގައި، ވިޔަފާރި ހަރަކާތް ހިންގުމާއި، މުއާމަލާތްކުރުމާއި، ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ ހައިސިއްޔަތާއި ގާނޫނީ ބާރު ލިބިގެންވެއެވެ. އަދި އެ ބޭނުމަށްޓަކައި،ކުންފުންޏަކުން އަމަލުކުރުމުގެ ފުރިހަމަ ހައްގާއި ބާރާއި އިހްތިޔާރު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ހައިސިއްޔަތާއި، ބާރުތަކާއި، ހައްގުތައް ހަނިކުރާ މާއްދާއެއް ނުވަތަ މާއްދާތަކެއް، ކުންފުނީގެ ދުސްތޫރުގައި ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
55 ވަނަ މާއްދާ - ކުންފުނީގެ އަމަލުތަކުގެ ގާނޫނީ ސައްހަކަން
(ހ) ކުންފުންޏެއްގެ އެއްވެސް އަމަލަކީ، އެ ކުންފުންޏެއްގެ ދުސްތޫރުން ހުއްދަނުކުރާ ކަމެއްގެ މައްޗަށް އެކަނި ބަލައި، ކުންފުންޏެއްގެ އެއްވެސް އަމަލެއްގެ ސައްހަކަމާމެދު އެއްވެސް ފަރާތަކަށް ސުވާލު އުފެއްދޭނެ އަމަލެއް ނޫނެވެ.
(ށ) ކުންފުންޏަކުން ކުރާ އެއްވެސް އަމަލަކީ، ނުވަތަ ކުރާ އެއްވެސް މުއާމަލާތަކީ، އެ އަމަލެއް ނުވަތަ މުއާމަލާތެއް ކުރުމަށް ކުންފުންޏަށް ހައިސިއްޔަތެއް، ނުވަތަ ހައްގެއް، ނުވަތަ ބާރެއް ނެތްކަމަށް އެކަނި ބަލައި، ގާނޫނީ ގޮތުން ސައްހަނޫން ނުވަތަ ބާތިލު އަމަލެއް ނުވަތަ މުއާމަލާތެއްކަމަށް ބަލައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަން، އެ އަކުރުގައި ބަޔާންކުރާ ކަންކަމުގެ މައްޗަކަށް ނުހިނގާނެއެވެ.
- މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމަށް ލިބިގެންވާ ހައްގު؛
- މި ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމަށް ލިބިގެންވާ ހައްގުގެ ބޭނުން ހިފުން.
(ރ) ކުންފުންޏަކުން ކުރާ އެއްވެސް އަމަލަކީ ނުވަތަ މުއާމަލާތަކީ، ކުންފުންޏަށް އެންމެ ފައިދާހުރި ނުވަތަ ކުންފުނީގެ މަސްލަހަތާ އެއްގޮތް އަމަލެއް ނުވަތަ މުއާމަލާތެއްކަމަށްނުވި ނަމަވެސް، އެކަމަކީ އެ އަމަލު ނުވަތަ މުއާމަލާތް ކުންފުނިން ކުރުމުގެ ހައިސިއްޔަތު ނެތް ކަމެއްކަމަށް ބަލައިގެން ނުވާނެއެވެ.
56 ވަނަ މާއްދާ - ކުންފުންޏާ އެހެން ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތަކުގެ ސައްހަކަން
(ހ) އަންނަނިވި ސަބަބުތަކަށް އެކަނި ބަލައި، ކުންފުންޏާއެކު މުއާމަލާތްކުރާ އެއްވެސް ފަރާތަކާ ދެކޮޅަށް، ކުންފުނީގެ އެއްވެސް އަމަލަކީ ނުވަތަ މުއާމަލާތަކީ ސައްހަނޫން، ނުވަތަ ބާތިލ،ު ނުވަތަ ކުންފުނިން އެ އަމަލު ނުވަތަ މުއާމަލާތްކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް އަމަލެއް ނުވަތަ މުއާމަލާތެއްކަމަކަށް ނުނިންމޭނެއެވެ.
- އެ އަމަލު ނުވަތަ މުއާމަލާތްކުރުމުގައި، މި ގާނޫނާއި ނުވަތަ ކުންފުނީގެ ދުސްތޫރާ އެއްގޮތަށް އަމަލުކޮށްފައި ނުވުން؛
- މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި، ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތަކީ:
- ކުންފުނީގެ ޑިރެކްޓަރެއްކަމުގައި ނުވުން؛ ނުވަތަ
- ސައްހަ އިޖުރާއަތެއްގެ ތެރެއިން ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތެއްކަމުގައި ނުވުން؛ ނުވަތަ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، އާންމު ގޮތެއްގައި
- ކުންފުންޏެއްގެ ޑިރެކްޓަރަކަށް ލިބިގެންވާ ބާރުތައް،ލިބިދީފައިވާ ފަރާތެއްކަމުގައި ނުވުން.
- ކުންފުނީގެ ޑިރެކްޓަރެއް، ނުވަތަ އެޖެންޓެއް، ނުވަތަ މުވައްޒަފެއްގެ ގޮތުގައި ކުންފުނިން ދައްކާ ފަރާތަކީ:
- މި ގާނޫނުގައި ބަޔާންކުރާ ސައްހަ އިޖުރާއަތެއްގެ ތެރެއިން އައްޔަންކޮށްފައިވާ ފަރާތެއްކަމުގައި ނުވުން؛ ނުވަތަ، ނުވަތަ އެޖެންޓެއް ނުވަތަ
- ޑިރެކްޓަރެއް މުވައްޒަފެއްގެ ހައިސިއްޔަތުން، އާންމު ގޮތެއްގައި ކުންފުންޏެއްގެ ޑިރެކްޓަރަކަށް، ނުވަތަ އެޖެންޓަކަށް، ނުވަތަ މުވައްޒަފަކަށް ލިބިގެންވާ ބާރުތައް، ލިބިދީފައިވާ ފަރާތެއްކަމުގައި ނުވުން.
- ކުންފުނީގެ ޑިރެކްޓަރެއް، ނުވަތަ އެޖެންޓެއް، ނުވަތަ މުވައްޒަފެއްގެ ގޮތުގައި، އެ ފަރާތްތަކުން އަމަލުކުރަނީ ނުވަތަ މުއާމަލާތްކުރަނީ އެ ފަރާތަށް އެ ބާރުތައް ލިބިގެންކަމަށް ކުންފުނިން ދައްކާ ފަރާތަކީ، ޑިރެކްޓަރެއް، ނުވަތަ އެޖެންޓެއް ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތުން، އާންމު ގޮތެއްގައި ކުންފުންޏެއްގެ ޑިރެކްޓަރަކަށް، ނުވަތަ އެޖެންޓަކަށް، ނުވަތަ މުވައްޒަފަކަށް ލިބިގެންވާ ބާރުތައް،ލިބިދީފައިވާ ފަރާތެއްކަމުގައި ނުވުން؛
- ކުންފުނީގެ ފަރާތުން، އެ ކުންފުނީގެ ޑިރެކްޓަރަކު، ނުވަތަ އެޖެންޓަކު، ނުވަތަ މުވައްޒަފަކު ދޫކޮށްފައިވާ އެއްވެސް ލިޔުމަކީ، ޑިރެކްޓަރެއްގ،ެ ނުވަތަ އެޖެންޓެއްގ،ެ ނުވަތަ މުވައްޒަފެއްގެ ހައިސިއްޔަތުން އާންމު ގޮތެއްގައި ލިބިދޭ ބާރެއްގެ ތެރެއިން ނަމަވެސް ނުވަތަ އަސްލު ބާރު ލިބިގެން ނަމަވެސް، ސައްހަނޫން ނުވަތަ ގާނޫނީ ހައިސިއްޔަތެއް ނެތް ލިޔުމެއްކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުންޏާއެކު މުއާމަލާތްކުރާ ފަރާތަކީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަން އެނގޭ ފަރާތެއްނަމަ، ނުވަތަ ކުންފުނީގެ މަގާމެއްގެ ހައިސިއްޔަތުން ނުވަތަ ކުންފުންޏާ އޮތް ގުޅުމެއްގެ ސަބަބުން އެ ކަންކަން އެނގެންޖެހޭ ފަރާތެއްނަމަ، އެ މުއާމަލާތުގެ މައްޗަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމެއް ނުހިނގާނެއެވެ.
57 ވަނަ މާއްދާ - ކުންފުނި ބަނދެވުމަށް ޑިރެކްޓަރުންނަށް ލިބިދޭ ބާރު
(ހ) ކުންފުންޏާއެކު ކުރާ މުއާމަލާތެއްގައި، ކުންފުނި ބަނދެވުމަށް ޑިރެކްޓަރުންނަށް ލިބިގެންވާ ބާރު، ނުވަތަ ކުންފުނި ބަނދެވުމަށް ޑިރެކްޓަރުން އެހެން ފަރާތަކަށް ހުއްދަދިނުމުގެ ބާރުގެ ދަށުން ކޮށްފައިވާ އެއްވެސް އަމަލަކީ، އެ ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބަލައިގަތުމުގެ ހައްގު، ކުންފުންޏާއެކު ހެޔޮ ނިޔަތުގައި މުއާމަލާތްކުރާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުންފުންޏާއެކު ހެޔޮ ނިޔަތުގައި މުއާމަލާތްކުރާ ފަރާތުން، ކުންފުނީގެ ޑިރެކްޓަރަކު ކުރި އެ އަމަލަކީ، އެ ކުންފުނީގެ ދުސްތޫރުގެ ދަށުން ހުއްދަކުރާ އަމަލެއްތޯ ހޯދައި ދެނެގަތުމުގެ ޒިންމާއެއް ނޯންނާނެއެވެ. އަދި އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، ކުންފުންޏާއެކު މުއާމަލާތްކުރީ ހެޔޮ ނިޔަތުގައިކަމަށް ބަލަންވާނެއެވެ.
(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޑިރެކްޓަރުންގެ ބާރުގެ ތެރެއިން ހުއްދަނުކުރާ އަމަލެއް ކުރުން ހުއްޓުވުމަށް ނުވަތަ މަނާކުރުމަށް ކޯޓުން އަމުރެއް ހޯދުމަށް ކުންފުނީގެ މެންބަރުންނަށް ލިބިގެންވާ ހައްގަކަށް އެއްވެސް އުނިކަމެއް ލިބިގެނެއްނުވެއެވެ. އެހެންނަމަވެސް، އެފަދައިން ހުއްޓުވުމަށް ހުށަހަޅާ ޑިރެކްޓަރުންގެ އަމަލަކީ، ކުންފުނީގެ އަމަލެއްގެ ސަބަބުން ނުވަތަ ނަތީޖާއެއްގެ ގޮތުން ކުންފުންޏަށް ގާނޫނީ ގޮތުން ލާޒިމުކުރާ އިލްތިޒާމެއް ފުރިހަމަކުރުން ކަމުގައި ވެގެންނުވާނެއެވެ.
58 ވަނަ މާއްދާ - ކުންފުނީގެ އެއްބަސްވުންތައް
(ހ) ކުންފުނިން އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއްވާ ހިނދު، ކުންފުނީގެ ނަމުގައި ލިޔުމުން އެއްބަސްވުމެއް ވެފައިވާނަމަ، ނުވަތަ ކުންފުނީގެ ފަރާތުން އެއްވެސް މީހަކު ނުވަތަ ފަރާތެއް، ކުންފުނީގެ ހުއްދައާއެކު، އެ ހުއްދައަކީ ސަރީހަ ނައްސުން ނުވަތަ ދޭހަކުރުވަނިވި ހުއްދައެއްކަމަށްވީ ނަމަވެސް، އެއްބަސްވުމެއް ވެފައިވާނަމަ، އެއީ ކުންފުނިން ވެފައިވާ ސައްހަ އެއްބަސްވުމެއް ކަމުގައިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެއްބަސްވުމެއް ވަކި ގޮތަކަށް އޮތުމަށް އެހެން އެއްވެސް ގާނޫނަކުން ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެފަދަ ށަރުތުތަކަކުން މި މާއްދާ އިސްތިސްނާވެގެނެއް ނުވެއެވެ.
59 ވަނަ މާއްދާ - ކުންފުނިން ލިޔެކިޔުން ތަސްދީގުކުރުން
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުންފުނީގެ އެއްވެސް ލިޔުމެއް އެއީ ކުންފުނިން ތަސްދީގުކޮށްފައިވާ ލިޔުމެއްކަމަށްވާނީ، އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
- ކުންފުނީގެ ސިއްކައެއް އޮތް ކުންފުންޏެއްނަމަ، ސޮއިކުރުމުގެ ހުއްދަ އޮތް 1 (އެކެއް) ފަރާތުން އެ ލިޔުމެއްގައި
ސޮއިކުރުމާއެކު ކުންފުނީގެ ސިއްކަ ޖަހާފައިވުން؛ ނުވަތަ - އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެ ލިޔުމުގައި ސޮއިކޮށްފައިވުން:
- ސޮއިކުރުމުގެ ހުއްދަ އޮތް 2 (ދޭއް) ފަރާތުން ސޮއިކޮށްފައިވުން؛ ނުވަތަ
- ހެއްކެއްގެ ހާޒިރުގައި ކުންފުނީގެ 1 (އެކެއް) ޑިރެކްޓަރު ސޮއިކޮށް، ހެކީގެ ސޮއިކޮށްފައިވުން؛ނުވަތަ
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށްފައިވުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ފަރާތްތަކަކީ، ކުންފުނީގެ ފަރާތުން ސޮއިކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއްކަމަށް ބެލޭނެއެވެ.
- ކުންފުނީގެ ކޮންމެ ޑިރެކްޓަރެއް؛
- ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏެއްގެ ސެކްރެޓަރީ؛
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ސޮއިކުރުމުގެ ހުއްދަ އެ ފަރާތަކަށް ދީފައިވާ ކޮންމެ ފަރާތެއް.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުނީގެ ފަރާތުން ހުއްދަ ލިބިގެން ސޮއިކުރާ އެއްވެސް ފަރާތަކުން، އެއް ހައިސިއްޔަތަށްވުރެ ގިނަ ހައިސިއްޔަތުން ސޮއިކުރާނަމަ، އެއިން ކޮންމެ ހައިސިއްޔަތަކުން ވަކިވަކިން ސޮއިކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކީ، ފަރމެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްނަމަ، އެ ފަރމް ނުވަތަ ގާނޫނީ ށަހްސުގެ ފަރާތުން، އެ ފަރާތުގެ ނަމުގައި، ސޮއިކުރުމުގެ ހުއްދަ އޮތް 1 (އެކެއް) ފަރާތުގެ ސޮއިކުރުމުން ފުދޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުންފުނީގެ ސިއްކައެއް އޮތް ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވަނީ، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ސިއްކަ ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށެވެ.
60 ވަނަ މާއްދާ - ކުންފުނީގެ ސިއްކަ
(ހ) ކުންފުނީގެ ސިއްކައިގެ ގޮތުގައި ސިއްކައެއް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް ކުންފުންޏެއްގައި ސިއްކައެއް އޮތުން ލާޒިމެއް ނޫނެވެ.
(ށ) ކުންފުންޏެއްގައި ސިއްކައެއް ބޭނުންކުރާނަމަ، އެ ސިއްކަ ބޭނުންކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ.
ކުންފުނީގެ ގާނޫނީ ށަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން
61 ވަނަ މާއްދާ - ކުންފުނި ހިންގުމުގައި ނަހަމަ ގޮތުގައި ބާރު ފޯރުވުން
(ހ) ކުންފުނީގެ ފަރާތުން ކުރާ ކަމަކާ ނުވަތަ ނުކޮށްދޫކޮށްލާ ކަމަކާ ގުޅޭގޮތުން އަންނަނިވި ހާލަތްތަކުގައި ކޯޓު އަމުރަކަށް އެދެވިދާނެއެވެ.
- ކުންފުނިން އަމަލުކުރާ ގޮތުގެ ސަބަބުން ޖުމްލަ ގޮތެއްގައި މެންބަރުންގެ މަސްލަހަތަށް އުނިކަމެއް ލިބުން؛ ނުވަތަ
- މެންބަރަކަށް ނުވަތަ މެންބަރުންނަށް އެ ހައިސިއްޔަތުން ނުވަތަ އެނޫން ހައިސިއްޔަތަކުން ނަމަވެސް އަނިޔާވެރި، އަދި އެ ފަރާތުގެ ހައްގަށް ހީނަރުކަމެއް އަތުވެދާނެފަދަ ނުވަތަ ތަފާތުކުރުން އޭގައި ހިމެނޭފަދަ ގޮތަކަށް ކުންފުނިން އަމަލުކުރާ ހާލަތްތަކުގައ.ި
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ފަރާތުން ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ދެނެގަތުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- ކުންފުނި ހިންގާ ގޮތް؛
- ކުންފުނީގެ ފަރާތުން ކޮށްފައިވާ، ނުވަތަ ކުރަން ހުށަހަޅާފައިވާ ކަމެއް، ނުވަތަ ކުންފުނީގެ ފަރާތުން ނުކޮށް ދޫކޮށްލާފައިވާ، ނުވަތަ ނުކޮށް ދޫކޮށްލުމަށް ހުށަހަޅާފައިވާ ކަމެއް؛ ނުވަތަ
- ކުންފުނީގެ މެންބަރުން، ނުވަތަ މެންބަރުންގެ ތެރެއިން ވަކި ކްލާހެއްގެ ބަޔަކު ފާސްކޮށްފައިވާ، ނުވަތަ ފާސްކުރަން ހުށަހަޅާފައިވާ ގަރާރެއް.
62 ވަނަ މާއްދާ - ކޯޓު އަމުރަކަށް އެދެވޭނެ ފަރާތްތައް
މި ގާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ފަރާތްތަކަށް ކޯޓު އަމުރަކަށް އެދެވިދާނެއެވެ.
(ހ) ކުންފުނިން ކުރި ކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން،އަންނަނިވި ހައިސިއްޔަތުން، ކުންފުނީގެ މެންބަރަކ:ު
- މެންބަރުކަމުގެ ހައިސިއްޔަތު ނޫން އެހެން ހައިސިއްޔަތަކުން؛ ނުވަތަ
- މެންބަރުކަމުގެ ހައިސިއްޔަތުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދޭ މެންބަރު ފިޔަވައި އެހެން މެންބަރަކު؛
(ނ) މެންބަރެއްގެ މަގާމުން ވަކިވި ހާލަތާގުޅޭ ކަމެއްގައި ކޯޓު އަމުރަކަށް އެދޭނަމަ، ކުންފުނީގެ މެންބަރެއްގެ މަގާމުން ވަކިވެފައިވާ ފަރާތެއް؛
(ރ) ވަސިއްޔަތަކުން، ތަރިކަ މުދަލެއްގެ ގޮތުގައި ނުވަތަ ގާނޫނެއްގެ ޒަރީއާއިން އެ މީހަކަށް ކުންފުނީގެ ހިއްސާ ލިބިފައިވާ މީހ.ާ
63 ވަނަ މާއްދާ - ކޯޓުން އަމުރުކުރުން
މި ގާނޫނުގެ 61 ވަނަ މާއްދާއާއި 62 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ކުންފުންޏަކާ ގުޅޭގޮތުން ވަކި ގޮތަކަށް އަމަލުކުރުމަށް ލާޒިމުކުރަން ކޯޓަށް ފެނިއްޖެ ހިނދެއްގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
(ހ) ވަކި ގޮތަކަށް އަމަލުކުރުމަށް ވަކި މީހަކަށް އަމުރުކުރުން؛
(ށ) ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް އަމުރުކުރުން؛
(ނ) ކުންފުނީގެ ކަންތައްތައް މުސްތަގުބަލުގައި ވަކި ގޮތަކަށް ހިންގުމަށް ކަނޑައަޅާ އަމުރު؛
(ރ) ވަސިއްޔަތަކުން، ނުވަތަ ތަރިކައިގެ ގޮތުގައި، ނުވަތަ ގާނޫނެއް ހިނގުމުގެ ސަބަބުން ހިއްސާއެއް ލިބިފައިވާ މެންބަރެއްގެ ހިއްސާ ގަތުމުގެ އަމުރު؛
(ބ) ކުންފުނީގެ ހިއްސާގެ ރައުސްމާލު އެކަށީގެންވާ މިންވަރަކުން މަދުވާނެ ފަދައިން ހިއްސާ ގަތުމުގެ އަމުރު؛
(ޅ) ކުންފުނީގެ މުދަލުން ބައެއް ނުވަތަ ހުރިހާ މުދަލަކާ ގުޅޭގޮތުން ރިސީވަރެއް ނުވަތަ ލިކުއިޑޭޓަރެއް، ނުވަތަ މެނޭޖަރެއް އައްޔަންކުރުމުގެ އަމުރު؛
(ކ) މީހަކު ވަކި ހާއްސަ ކަމެއް ނުވަތަ އަމަލެއް ނުކުރުމަށް އަންގާ ކުރާ އަމުރު؛
(އ) ކުންފުނި އުވާލުމުގެ އަމުރު.
64 ވަނަ މާއްދާ - ކޯޓު އަމުރު ރަޖިސްޓްޓްރާރަށް ހުށަހެޅުން
މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓުން އަމުރެއް ނެރެފިނަމަ، އެ އަމުރު ނެރޭ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އަމުރަށް އެދުނު ފަރާތުން އަމުރުގެ ކޮޕީއެއް، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
65 ވަނަ މާއްދާ - ކުންފުނީގެ ކޯޕަރޭޓް ވެއިލް ނެގުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް މަކަރާއި ހީލަތުން އަމަލެއް ހިންގައިފިނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރުން، ނުވަތަ މެންބަރުން، ނުވަތަ އޮފިސަރުންގެ އަމިއްލަ މަންފާއަށް އެކަނި ކުންފުނި ބޭނުންކޮށްފިނަމަ ކުންފުނީގެ ކޯޕަރޭޓް ވެއިލް ކޯޓަކަށް ނެގިދާނެއެވެ. އަދި އެ ހާލަތުގައި ކުންފުންޏަކީ ވަކި ގާނޫނީ ށަހްސެއް ކަމުގައިވީ ނަމަވެސް، އެފަދައިން އަމަލުކުރާ ކުންފުނީގެ ޑިރެކްޓަރުން، ނުވަތަ މެންބަރުން ނުވަތަ އޮފިސަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރި ކަންކަމަށް ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި، ކުންފުނީގެ ކޯޕަރޭޓް ވެއިލް ނަގައި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، މެންބަރުންނާއި، އޮފިސަރުން ކުންފުނީގެ ކަންކަމަށް ފަރުދީގޮތުން ޒިންމާވާންޖެހޭނެކަމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
- ކުންފުންޏާއި ކުންފުނީގެ ވެރިންނަކީ ވަކިން ހަރަކާތްތެރިވާ ފަރާތްތަކަކަށް ނުވުން؛
- ކުންފުނީގެ އަމަލުތަކަކީ މަކަރާއި ހީލަތުން ކޮށްފައިވާ ނުރަނގަޅު އަމަލުތަކަކަށްވުމާއެކު އެ އަމަލުތައް ފޮރުވުމަށާއި ޒިންމާއިން ބަރީއަ ވުމަށް ކުންފުނި ބޭނުންކޮށްފައިވުން؛ އަދި
- ކުންފުނި ނުހައްގުން ބޭނުންކުރުމުގެ ސަބަބުން ސީދާ ގޮތެއްގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވުމާއި،އެކަމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމަށްޓަކައި ކުންފުނީގެ ށަހްސިއްޔަތުގެ ބޭނުންކުރުން.
(ނ) ކުންފުނީގެ ކޯޕަރޭޓް ވެއިލް ނެގުމުގައި ތިރީގައިވާ ކަންކަމަކީ މަކަރާއި ހީލަތުގެ އަމަލެއްކަމުގައި ނުވަތަ ނުރަނގަޅު އަމަލެއްގެ ގޮތުގައި ކޯޓަށް ބެލިދާނެއެވެ.
- މަކަރާއި ހީލަތުގެ އަމަލެއްކަމުގައި ބެލެވިދާނެ ކަމެއް ކުރުން؛
- ކުންފުނީގެ މުދާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން؛
- އެ އަމަލު ހިންގި ފަރާތަށް ނުވަތަ އެހެން ފަރާތަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ފައިދާއެއް ލިބޭގޮތަށް، ގަސްދުގައި ކުންފުނީގެ ގާނޫނީ ށަހްސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އެކަމުގެ ސަބަބުން ކުންފުނީގެ މަސްލަހަތަށް އުނިކަމެއް އައިސްފައިވުން؛ އަދި
- ކުންފުނީގެ ދަރަނި އަދާނުކުރެވޭ ވަރަށް ހިއްސާތަކަށް ފައިދާ ބަހަން ނިންމުން.
(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި، ކުންފުނީގެ އެ ވަގުތެއްގައި ތިބި ޑިރެކްޓަރުންނާއި، މެންބަރުންނާއި، އޮފިސަރުން ފަރުދީގޮތުން، އެކުގައި ނުވަތަ ވަކިވަކިން، އެއްވެސް ގައިދުކުރުމެއް ނެތި ކުންފުނީގެ އަމަލަކަށް ޒިންމާވާންޖެހޭނެކަމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންނާއި، މެންބަރުންނާއި، އޮފިސަރުން ފަރުދީގޮތުން، އެކުގައި ނުވަތަ ވަކިވަކިން ޒިންމާވާންޖެހޭނެކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އަންނަނިވި އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
- ކުންފުނި އުވާލުމުގެ އަމުރު؛ ނުވަތަ
- ކުންފުނީގެ ކަންކަން ކުރިއަށް އޮތް ތަނުގައި ވަކި ގޮތަކަށް ހިންގުމަށް ކަނޑައަޅާ އަމުރު.
ހަވަނަ ބާބު
ކުންފުނީގެ ނަން، ރަޖިސްޓަރީ ނަންބަރު އަދި އެޑްރެސް
ކުންފުނީގެ ނަން
66 ވަނަ މާއްދާ - ކުންފުނީގެ ނަން
ކުންފުންޏެއް އުފައްދަން ބޭނުންވާ ފަރާތަކުން ނުވަތަ ފަރާތްތަކަކުން، ކުންފުނީގެ ނަމުގެ ގޮތުގައި ލިބެންހުރި ނަންތަކުގެ ތެރެއިން، ކުންފުނީގެ އަސްލު ތަބީއަތާ ހިލާފުނުވާފަދަ ނުވަތަ އޮޅުންނާރާފަދ،ަ ނުވަތަ އެހެން ގާނޫނަކުން މަނާކޮށްފައިނުވާ، ނުވަތަ މި ބާބުގެ ދަށުން މަނާކޮށްފައިނުވާ ކޮންމެ ނަމެއް،ކުންފުނީގެ ނަމުގެ ގޮތުގައި އިހްތިޔާރުކުރެވިދާނެއެވެ.
67 ވަނަ މާއްދާ - ކުންފުނީގެ ހައިސިއްޔަތާއި ބާވަތް އަންގައިދޭ ރަމްޒު
ކުންފުނީގެ ބާވަތާއި ގާނޫނީ ހައިސިއްޔަތު ދޭހަކޮށްދިނުމުގެ ގޮތުން ކުންފުނީގެ ނަމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
(ހ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ޕްރައިވެޓް ލިމިޓެޑް" ނުވަތަ މި އިބާރާތުގެ ރަމްޒު ކަމުގައިވާ "ޕވޓ ލޓޑ"، އެ ނަމުގެ ބައެއްގެ ގޮތުގައި ލިޔަންވާނެއެވެ. މި ރަމްޒު އިނގިރޭސި އަކުރުން ލިޔާނީ "LTD PVT "މިގޮތަށެވެ.
(ށ) ކޮންމެ ޕަބްލިކް ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ޕަބްލިކް ލިމިޓެޑް ކޮމްޕެނީ" ނުވަތަ މި އިބާރާތުގެ ރަމްޒު ކަމުގައިވާ "ޕލކ"،އެ ނަމުގެ ބައެއްގެ ގޮތުގައި ލިޔަންވާނެއެވެ. މި ރަމްޒު އިނގިރޭސި އަކުރުން ލިޔާނީ "PLC "މިގޮތަށެވެ.
(ނ) ސަރުކާރުގެ ކޮންމެ ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ލިމިޓެޑް" ނުވަތަ މި އިބާރާތުގެ ރަމްޒު ކަމުގައިވާ "ލޓޑ"، އެ ނަމުގެ ބައެއްގެ ގޮތުގައި ލިޔަންވާނެއެވެ. މި ރަމްޒު އިނގިރޭސި އަކުރުން ލިޔާނީ "LTD "މިގޮތަށެވެ.
(ރ) ކޮންމެ ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ނުވަތަ މި އިބާރާތުގެ ރަމްޒު ކަމުގައިވާ "ލއކ ލޓޑ"، އެ ނަމުގެ ބައެއްގެ ގޮތުގައި ލިޔަންވާނެއެވެ. މި ރަމްޒު އިނގިރޭސި އަކުރުން ލިޔާނީ "LTD LAC "މިގޮތަށެވެ.
68 ވަނަ މާއްދާ - ހުއްދަނޫން ނަން
(ހ) އަންނަނިވި ބާވަތްތަކުގެ ނަން، ކުންފުނީގެ ނަމުގެ ގޮތުގައި ރަޖިސްޓަރީކޮށް ނުދިނުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
- ރަޖިސްޓަރީކޮށްފައިވާ އެހެން ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްވައްތަރުގެ ނުވަތަ އެއްގޮތް ނަން؛
- ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ބިދޭސީ މުއައްސަސާއެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްގޮތް ނަން؛
- އެހެން ކުންފުންޏަކަށް ނުވަތަ ވިޔަފާރިއަކަށް ރިޒަރވްކޮށްފައިވާ ނަމާ އެއްވައްތަރުގެ ނަން؛
- ސަރުކާރު ނުވަތަ ދައުލަތުގެ ވަކި އިދާރާއަކާ ގުޅުމެއްވާކަން ދޭހަކޮށްދޭފަދަ ނަން؛
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ނަމެއް؛
- މި ގާނޫނުގެ 215 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، އުވާލެވިފައިވާ ކުންފުންޏެއްގެ ނަން، އުވާލެވުނު ތާރީހުން ފެށިގެން 12 )ބާރަ( މަސްދުވަހުގެ މުއްދަތަށް؛ ނުވަތަ
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން ހުއްދަނޫން ނަން.
(ށ) ކުންފުންޏަށް ކިޔަން ހުށަހަޅާ ނަމަކީ، އެހެން ގާނޫނެއްގެ ދަށުން ވަކި ހުއްދައެއް ހޯދަންޖެހޭ ނަމެއްކަމުގައިވާނަމަ، އެ ގާނޫނެއްގައި ބަޔާންކުރާ ހުއްދަ ހޯދުމަށްފަހުގައި މެނުވީ، އެ ނަމެއް އެ ކުންފުންޏަކަށް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.
69 ވަނަ މާއްދާ - ނަން ރިޒަރވްކުރުން
ކުންފުންޏެއް ރަޖިސްޓަރީކުރަން އެދޭ ފަރާތަކުން، ކުންފުންޏަށް ކިޔަން ބޭނުންވާ ނަމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ރިޒަރވްކުރެވިދާނެއެވެ. އެފަދައިން ނަން ރިޒަރވްކުރެވޭނެ މުއްދަތާއި، ނަން ރިޒަރވްކުރާ މުއްދަތު އިތުރުކުރެވޭނެ އުސޫލުތަކާއި، ނަން ރިޒަރވްކުރުމަށާއި ނަން ރިޒަރވްކުރެވޭ މުއްދަތު އިތުރުކުރުމަށް ފީ ދައްކާނެ ގޮތުގެ އުސޫލުތައް، އެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
70 ވަނަ މާއްދާ - ނަން ބަދަލުކުރުން
(ހ) ކުންފުންޏެއްގެ ނަން ބަދަލުކުރެވޭނީ، އެ ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި،މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އާ ނަން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅައި، އާ ނަން ރަޖިސްޓްރާރ ރަޖިސްޓަރީކޮށް، ދަފްތަރުގައި ހިމެނުމުންނެވެ.
(ށ) ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅާ އާ ނަމަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ނަމަކަށް ވާންވާނެއެވެ.
- މި ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ހުއްދަނޫން ނަމަކަށް ނުވުން؛
- މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، ރިޒަރވްކޮށްފައިވާ ނަމަކަށްވުން.
(ނ) ކުންފުނީގެ ނަން ބަދަލުކުރުން ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަހަޅާއިރު، ކުންފުނީގެ ނަން ބަދަލުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ހާއްސަ ގަރާރު ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތްވާ ގޮތުގެމަތިން، ކުންފުނީގެ ނަން ބަދަލުކުރުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހެޅުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއްގެ ނަން ބަދަލުކޮށް، އާ ނަން ރަޖިސްޓަރީކޮށް، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމަނަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ އާ ނަން ރަޖިސްޓަރީކުރުމާއެކު، ކުންފުންޏަށް ރަޖިސްޓަރީ ސެޓްފިކެޓެއް، ރަޖިސްޓްރާރ ދޫކުރަންވާނެއެވެ. އެފަދައިން ދޫކުރާ ރަޖިސްޓަރީ ސެޓްފިކެޓުގައި، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ އާ ނަން؛
- ކުންފުންޏަށް ކުރިން ކިޔުނު ނަން؛ އަދި
- ނަން ބަދަލުކޮށް ރަޖިސްޓަރީކުރެވުނު ތާރީހް.
71 ވަނަ މާއްދާ - ނަމަށް އިއުތިރާޒު ކުރުން
(ހ) އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ކުންފުންޏެއްގެ ނަމަށް އިއުތިރާޒުކޮށް، ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.
- ރަޖިސްޓަރީކުރެވިފައިވާ ކުންފުންޏެއްގެ ނަމަކާ ނުވަތަ ރަޖިސްޓަރިކުރެވިފައިވާ ވިޔަފާރި ނަމަކާ، އިއުތިރާޒުކުރާ ފަރާތުގެ ވިޔަފާރި ނަމަކާ އެއްގޮތްކަން ބޮޑުކަމުން، އިއުތިރާޒުކުރާ ފަރާތުގެ ވިޔަފާރިއަކާ ގުޅުން އޮތްކަމަށް އާންމުންނަށް ދޭހަވެދާނެފަދަ ހާލަތެއް އޮތުން؛ ނުވަތަ
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ އެއްވެސް މާއްދާއަކާ ހިލާފު ނަމެއްކަމަށް ގަބޫލުކުރެވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ ނަމަށް އިއުތިރާޒުކޮށް ރަޖިސްޓްރާރަށް ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާ އެކުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުނީގެ ނަމަކަށް އިއުތިރާޒުކޮށް ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓްރާރަށް ލިބިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ނަމަކަށް އިއުތިރާޒުކުރި ސަބަބުތަކަށް ޖަވާބުދާރީވުމަށް، އެ ނަން ނިސްބަތްވާ ކުންފުންޏަށް ރަޖިސްޓްރާރ ފުރުސަތު ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ ނަން ނިސްބަތްވާ ކުންފުނިން ރަޖިސްޓްރާރަށް ހުށަހަޅާ މައުލޫމާތުގެ އަލީގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، އެ ނަމެއް ބަދަލުކުރުމަށް ރަޖިސްޓްރާރަށް އެންގިދާނެއެވެ.
- އިއުތިރާޒު ހުށަހަޅާ ފަރާތުގެ ނަން ރަޖިސްޓަރީކުރި ތާރީހް ނުވަތަ އެ ނަން ނިސްބަތްވާ ވިޔަފާރީގެ ހަރަކާތްތައް ހިންގަން ފަށާފައިވާ ތާރީހާއި، އިއުތިރާޒުކުރާ ނަން ރަޖިސްޓަރީކޮށްފައިވާ ތާރީހާ ދެމެދު ހިނގާފައިވާ މުއްދަތުގެ ފަރަގު؛
- އިއުތިރާޒުކުރާ ނަން ރަޖިސްޓަރީކުރި ފަހުން ހިނގާފައިވާ މުއްދަތާއި، އެ ނަމުގައި ވިޔަފާރީގެ ހަރަކާތްތައް ފެށުމަށް ހަރަދުތަކެއް ކޮށްފައިވާނަމަ އެކަން؛
- އިއުތިރާޒުކުރާ ނަން ރަޖިސްޓަރީކޮށްފައިވަނީ، ނުވަތަ ބޭނުންކުރަނީ، ހެޔޮ ނިޔަތުގައިކަން ނުވަތަ ނޫންކަން؛ އަދި
- އިއުތިރާޒު ހުށަހަޅާ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް، ނުވަތަ ވިޔަފާރީގެ ނަމާއި އަބުރަށް ނުރަނގަޅު އަސަރު ކުރިކަން ނުވަތަ ކުރާނެކަން ނުވަތަ ނޫންކަން.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އަންގާނަމަ، އަމަލުކުރާނީ، މި ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތެއް، އެ ނިންމުން ބާތިލުކުރުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
72 ވަނަ މާއްދާ - ނަން ބަދަލުކުރަން ރަޖިސްޓްޓްރާރ އެންގުން
(ހ) އަންނަނިވި ހާލަތްތަކުގައި، ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރަށް އެންގިދާނެއެވެ.
- ކުންފުނީގެ ރަޖިސްޓަރީކުރެވިފައިވާ ނަމަކީ، އެއްވެސް ސަބަބަކާހުރ،ެ މި ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ ނަމެއްކަމުގައިވުން؛ ނުވަތަ
- މި ގާނޫނުގެ 71 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ ނިންމުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރ އެ ކުންފުންޏަކަށް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ނުވަތަ އެ މުއްދަތު އިތުރުކޮށްދިނުމަށް ކުންފުނިން އެދިގެން އެ މުއްދަތު އިތުރުކޮށްދީފައިވާނަމަ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ އެންގުމަކަށް ކުންފުނިން އަމަލުކޮށް، ކުންފުނީގެ ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށްޓަކައި މި ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، އެ ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ކުންފުންޏެއްގެ ނަން، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ނަންބަރަށް، ނުވަތަ ރަޖިސްޓަރީ ނަންބަރު ދޭހަވާފަދަ އެހެން ނަމަކަށް ބަދަލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
73 ވަނަ މާއްދާ - ނަން ބަދަލުކުރުމުގެ ނަތީޖާ
(ހ) ކުންފުންޏެއްގެ ނަން ބަދަލުކުރުމަކުން، އެ ކުންފުނީގެ ގާނޫނީ ހައިސިއްޔަތަށް، ނުވަތަ ކުންފުނީގެ ދަރަންޏާއި އެހެނިހެން ޒިންމާއަކަށް ނުވަތަ އެ ކުންފުންޏަކުން ކުރާ ދައުވާއަކަށް ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާއަކަށް ބަދަލެއް ނާންނާނެއެވެ.
(ށ) ކުންފުނީގެ ކުރީގެ ނަމުގައި ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ނުވަތަ ހުށަހެޅި ހިނގަމުންދާ ދައުވާއެއް، ކުންފުނީގެ އާ ނަމުގައި އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅައި ކުރިއަށް ގެންދެވިދާނެއެވެ.
74 ވަނަ މާއްދާ - ނަމާގުޅޭ ގަވާއިދު ހެދުން
ކުންފުނީގެ ނަމާގުޅޭ އުސޫ ލުތަކާއި، އެހެން ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ނަމާ އެއްވައްތަރުގެ ނުވަތަ އެއްގޮތް ނަން ކަނޑައެޅުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
75 ވަނަ މާއްދާ - ކުންފުނީގެ ނަން ބޭނުންކުރުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، އަންނަނިވި ހާލަތްތަކުގައި އެ ކުންފުނީގެ ނަން، އުނިއިތުރެއް ގެނައުމަކާ ނުލައި، ބޭނުންކުރަންވާނެއެވެ. ނުވަތަ ހާމަކުރަންވާނެއެވެ.
- ކުންފުނީގެ ރަސްމީ ސިޓީ ނުވަތަ ރަސްމީ ލިޔެކިޔުމުގައި؛
- ކުންފުނިން ފޮނުވާ ހުރިހާ ނޯޓިހެއްގައި އަދި ކުންފުނިން ރަސްމީކޮށް ށާއިއުކުރާ ހުރިހާ ލިޔުމެއްގައި؛
- ބިލް އޮފް އެކްސްޗޭންޖް، ޕްރޮމިސަރީ ނޯޓް، އެންޑޯސްމަންޓް، ޗެކު އަދި ފައިސާ ނުވަތަ މުދާ ދޫކުރުމަށް ކުންފުނީގެ ފަރާތުން ސޮއިކޮށް ދޫކުރާ ހުރިހާ ލިޔުންތަކުގައި؛
- ކުންފުނީގެ އެންމެހައި އިންވޮއިސް، ރަސީދު އަދި ކްރެޑިޓް ލެޓަރއެއްގައި؛
- ކުންފުނީގެ ފަރާތުން ދޫކޮށްފައިވާ ނުވަތަ ސޮއިކޮށްފައިވާ ލިޔެކިޔުމުގެ ތެރެއިން އެ ކުންފުނިން ގާނޫނީ ގޮތުން ޒިންމާ ނެގުމަށް ލާޒިމުކުރާ ނުވަތަ ލާޒިމުކުރާކަން ހެކިކޮށްދޭ އެހެނިހެން ހުރިހާ ލިޔެކިޔުމުގައި؛
- ކުންފުނިން ސިއްކައެއް ބޭނުންކުރާނަމަ، ކުންފުނީގެ ސިއްކައިގައި؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ އޮފީހުގައި، ކުންފުނީގެ އޮފީހަށް ވަދެނުކުންނަ އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ސާފުކޮށް ފެންނާނެ ގޮތަކަށް ހާމަކޮށްފައި ހުރުން.
(ށ) މި ގާނޫނުގެ ތޭރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށަނީ، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ނަން ބަދަލުކުރާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައިނަމަ، ކުންފުންޏެއް އުވާލުމުގެ ގޮތުން ދޫކުރެވޭ ހުރިހާ ނޯޓިހެއްގައިވެސް ކުންފުނީގެ ކުރީގެ ނަން ބަޔާންކުރަންވާނެއެވެ.
76 ވަނަ މާއްދާ - ކުންފުނީގެ ރަޖިސްޓަރީ ނަންބަރު ރަޖިސްޓަރީ ނަންބަރު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏަކަށްވެސް، ކުންފުނިތަކުގެ ދަފްތަރުގައި އެ ކުންފުނި ރަޖިސްޓަރީކުރެވުމާއެކު، ރަޖިސްޓަރީ ނަންބަރެއް ރަޖިސްޓްރާރ ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނިތަކުގެ ދަފްތަރުގައި ކުންފުނި ރަޖިސްޓަރީކުރާއިރު، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް ކުންފުންޏަށް ވަކި ރަޖިސްޓަރީ ސީރިއަލް ނަންބަރެއް ދޭންވާނެއެވެ.
- މި އަކުރުގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި މެނުވީ، ކޮންމެ ކުންފުންޏެއްގެ ރަޖިސްޓަރީ ސީރިއަލް ނަންބަރުގެ ކުރިއަށް "C "މި އަކުރު ހިމެނުން؛
- ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީ ސީރިއަލް ނަންބަރުގެ ކުރިއަށް "FC "މި އަކުރު ހިމެނުން؛
- މި ގާނޫނުގެ ދަށުން ރީރަޖިސްޓަރީކުރެވިފައިވާ ބޭރުގެ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީ ސީރިއަލް ނަންބަރުގެ ކުރިއަށް "FCR "މި އަކުރު ހިމެނުން.ކުންފުނީގެ އެޑްރެސް
77 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ އެޑްރެސް
(ހ) ކޮންމެ ކުންފުންޏެއްގައިވެސް، ކޮންމެ ވަގުތެއްގައިވެސް،ރަޖިސްޓަރީކޮށްފައިވާ ދިވެހިރާއްޖޭގެ އެޑްރެހެއް އޮންނަންވާނެއެވެ.
(ށ) ކުންފުނީގެ ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް ބަދަލުކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް ބަދަލުކުރާނަމަ، އެކަން ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން،ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
78 ވަނަ މާއްދާ - ސަރވިސް އެޑްރެސް
(ހ) ކުންފުނީގެ ރަޖިސްޓަރީކުރެވިފައިވާ އެޑްރެހުގެ އިތުރުން، ކުންފުނީގެ ސަރވިސް އެޑްރެހެއް ކުންފުންޏަށް ގާއިމުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ގާއިމުކުރާ ކުންފުނީގެ ސަރވިސް އެޑްރެހަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން ކުންފުންޏަށް ފޮނުވަންޖެހޭ ނޯޓިހާއި، ގާނޫނީ ލިޔެކިޔުމާއި، އެހެނިހެން މުއާމަލާތްތައް ކުރުމަށާއި، އަދި ކުންފުންޏާއެކު މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން ކުންފުންޏަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް، ކުންފުނިން ކަނޑައަޅައި، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ އެޑްރެހެކެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ސަރވިސް އެޑްރެހެއް ގާއިމުކޮށް، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާނަމަ، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން ކުންފުންޏަށް ފޮނުވަންޖެހޭ ނޯޓިހާއި، ގާނޫނީ ލިޔެކިޔުމާއި،އެހެނިހެން މުއާމަލާތްތައް ކުރާނީ، ކުންފުނީގެ ސަރވިސް އެޑްރެސް މެދުވެރިކޮށެވެ.
(ރ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ސަރވިސް އެޑްރެހެއް ގާއިމުކޮށް، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިނުވާނަމަ، ކުންފުނީގެ ސަރވިސް އެޑްރެހެއްގެ ގޮތުގައި، ހުރިހާ ބޭނުމަކަށްވެސް ބަލާނީ، މި ގާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކުރާ، ކުންފުނީގެ ރަޖިސްޓަރީކުރެވިފައިވާ އެޑްރެހެވެ.
(ބ) މި މާއްދާގެ ދަށުން ކުންފުނިން ކަނޑައަޅާ ސަރވިސް އެޑްރެހުގެ ގޮތުގައި އަންނަނިވި މައުލޫމާތު، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ފޮނުވަންވާނެއެވެ.
- އެޑްރެސް (ބިލްޑިންގ/އިމާރާތ،ް ފްލޯރ، މަގު، އަތޮޅާއި ރަށް)، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް؛
- ސަރވިސް އެޑްރެހަކީ ފަރމެއް ނަމަ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން،ފަރމްގެ ނަމާއި، ފަރމްގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމާއި މަގާމު.
79 ވަނަ މާއްދާ - ސަރވިސް އެޑްރެސް ބަދަލުކުރާކުރުން ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކުރާ ސަރވިސް އެޑްރެސް ބަދަލުކުރާނަމަ، އެކަން ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން، މި ގާނޫނުގެ ބޭނުމަށްޓަކައި ކުންފުނީގެ ސަރވިސް އެޑްރެސް ބަދަލުވި ތާރީހުކަމަށް ބަލާނީ އަންނަނިވި ތާރީހަށެވެ.
- ސަރވިސް އެޑްރެސް ބަދަލުވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހަޅާފައިވާނަމަ، ސަރވިސް އެޑްރެސް ބަދަލުވިކަމަށް ކުންފުނިން ކަނޑައަޅާ ތާރީހް؛ ނުވަތަ
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު ނޫން އެހެން ކޮންމެ ހާލަތެއްގައި، ރަޖިސްޓްރާރގެ ދަފްތަރުގައި އާ ސަރވިސް އެޑްރެސް ރަޖިސްޓަރީކުރާ ތާރީހުގައ.ި
ހަތްވަނަ ބާބު
ކުންފުނީގެ މެންބަރުން
80 ވަނަ މާއްދާ - ކުންފުނީގެ މެންބަރުން
(ހ) ކުންފުންޏެއްގެ އަސާސީ ގަވާއިދުގައި، އެ ކުންފުންޏެއްގެ ހިއްސާ ނެގުމަށް އެއްބަސްވެ، ނަން ލިޔެ ސޮއިކޮށްފައިވާ ކޮންމެ ފަރާތެއް،އެ ކުންފުނި ރަޖިސްޓަރީވުމާއެކު އެއީ އެ ކުންފުންޏެއްގެ މެންބަރުންގެ ގޮތުގައި ބަލަންވާނެއެވެ. އަދި އެ ފަރާތްތައް، ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ހިމަނަންވާނެއެވެ.
(ށ) ކުންފުންޏެއް ރަޖިސްޓަރީވުމަށްފަހު، އެ ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެ، މި ގާނޫނާއި ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ހިއްސާ ނަގައި ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި އެ ފަރާތެއްގެ ނަން ހިމެނޭ ކޮންމެ ފަރާތަކީ، ކުންފުނީގެ މެންބަރުންނެވެ.
81 ވަނަ މާއްދާ - މެންބަރުންގެ ދަފްތަރު
(ހ) ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނި ފިޔަވައި ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުނީގެ މެންބަރުންގެ ދަފްތަރެއް، ކުންފުނީގެ އޮފީހުގައި ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ނުވަތަ ދިވެހި ރައްޔިތެއް ނޫންނަމަ، ގައުމީ ނިސްބަތާއި ޕާސްޕޯޓް ނަންބަރު، ނުވަތަ ގާނޫނީ ށަހްސެއްނަމަ، ރަޖިސްޓަރީ ނަންބަރު؛
- މެންބަރެއްގެ ގޮތުގައި، މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީކުރެވުނު ތާރީހް؛
- ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން: އެ މެންބަރެއްގެ ހިއްސާގެ އަދަދާއި، ކޮންމެ
- ހިއްސާއަކަށް ސީރިއަލް ނަންބަރެއް ދެވިފައިވާނަމަ،ސީރިއަލް ނަންބަރު؛
- ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ ތަފާތު ގިންތި ހިމެނޭނަމަ، އެ މެންބަރެއްގެ ހިއްސާގެ ގިންތި؛ އަދި
- އެ މެންބަރެއްގެ ހިއްސާގެ އަގަށް ކުންފުންޏަށް ދައްކާފައިވާ ފައިސާގެ އަދަދު ނުވަތަ ދައްކާފައިވާކަމަށް ކުންފުނިން އެއްބަސްވެފައިވާ ފައިސާގެ އަދަދު:
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިއްސާ ނަގާފައިވާ ނުވަތަ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ އެންމެހައި މެންބަރުންނާގުޅޭ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ މައުލޫމާތާއި، މެންބަރުންގެ ދަފްތަރުން އެ މެންބަރުން އުނިކުރެވިފައިވާނަމަ އުނިކުރެވުނު ތާރީހް.
(ނ) ކުންފުންޏެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތެއްގެ ހިއްސާއަކީ އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ހިއްސާއެއްނަމަ، އެ ހުރިހާ ފަރާތްތަކާގުޅޭ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު، މެންބަރުންގެ ދަފްތަރުގައި ހިމަނަންވާނެއެވެ.
(ރ) ކުންފުންޏަކީ، އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއް ކަމަށްވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ދަފްތަރުގައި، ކުންފުނީގެ ހަމައެކަނި މެންބަރުގެ މައުލޫމާތުގެ އިތުރުން، އެ ކުންފުންޏަކީ ހަމައެކަނި އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއްކަމަށް ބަޔާންކުރަންވާނެއެވެ.
82 ވަނަ މާއްދާ - މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ
(ހ) މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން،ކުންފުނީގެ މެންބަރުންގެ ދަފްތަރެއް ބަލަހައްޓައި، އެ މެންބަރުންނަށް އަންނަ ބަދަލުތައް، އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދަފްތަރުގައި ރަޖިސްޓަރީކޮށް ބެލެހެއްޓުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވެއްޖެނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދިއެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
84 ވަނަ މާއްދާ - މެންބަރުންގެ ދަފްތަރު ބެލުމުގެ ހައްގު
މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ މެންބަރުންގެ ދަފްތަރު،ކުންފުނީގެ އޮފީހުގައި، ނުވަތަ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އެހެން ތަނެއްގައި، ކުންފުނީގެ މެންބަރުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެ ގޮތަކަށް، ނުވަތަ ބެލޭނެ އިންތިޒާމު، ހަމަޖައްސާފައި އޮންނަންވާނެއެވެ.
84 ވަނަ މާއްދާ - މެންބަރުންގެ ދަފްތަރު އިސްލާހުކުރުމަށް އެދި ކޯޓަށް ހުށަހެޅުން
(ހ) ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި، ކުންފުނީގެ ހިއްސާ ނަގާފައިވާ މެންބަރަކާ ގުޅޭގޮތުން ނުވަތަ ހިއްސާއަކާ ގުޅޭގޮތުން ސައްހަނޫން މައުލޫމާތެއް ހިމެނޭނަމަ، ނުވަތަ ހިމެނެންޖެހޭ މައުލޫމާތެއް ނުހިމެނޭނަމަ، އެ މެންބަރަކަށް، ނުވަތަ އެކަމުގެ ސަބަބުން ގެއްލުން ލިބުނު އެހެންވެސް ފަރާތަކަށް، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އެދި ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
- މެންބަރުންގެ ދަފްތަރުގައި ހިމެނޭ ރަނގަޅުނޫން މައުލޫމާތު އިސްލާހުކުރުމަށް؛ ނުވަތަ
- އެކަމުގެ ސަބަބުން އެ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލ،ު ކުންފުނިން ހޯދުމަށް؛ ނުވަތަ
- މެންބަރުންގެ ދަފްތަރުގައި ހިމެނޭ ކުށް މައުލޫމާތު އިސްލާހުކުރުމާއެކު އެކަމުގެ ސަބަބުން އެ ފަރާތަށް ލިބުނު
ގެއްލުމުގެ ބަދަލ،ު ކުންފުނިން ހޯދުމަށް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ލިބިއްޖެނަމަ، އެ ހުށަހެޅުމަކާމެދު ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓަށް ފެންނަ ގޮތެއް ނިންމުން.
- ކުންފުނީގެ މެންބަރެއްގެ ގޮތުގައި އެ ފަރާތެއްގެ ނަން ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ހިމެނުމާމެދު ނުވަތަ ނުހިމެނުމާމެދު ކޯޓަށް ފެންނަ ގޮތެއް ނިންމުން.
85 ވަނަ މާއްދާ - މެންބަރުންގެ ދަފްތަރަކީ ހެއްކެއްގެ ގޮތުގައި ބެލުން
(ހ) މި ގާނޫނުގެ 84 ވަނަ މާއްދާއާ ހިލާފުނުވާނެ ގޮތެއްގެމަތިންކުންފުނީގެ މެންބަރުންގެ ދަފްތަރުގައި، ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތެއްގެ ގޮތުގައި މެންބަރެއްގެ ނަން ހިމެނުމަކީ، އެ ހިއްސާގެ މިލްކުވެރި ފަރާތަކީ އެ މެންބަރުކަމަށް ގާނޫނީ ގޮތުން ބެލުމުގައި ހެއްކަކަށް ފުދޭނެ ކަމެކެވެ.
(ށ) ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި، ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތެއްގެ ގޮތުގައި މެންބަރެއްގެ ނަން ހިމެނުމުގެ ނަތީޖާއަކީ، އެ ހިއްސާއާ ގުޅޭގޮތުން ލިބިދޭ އަންނަނިވި ހައްގުތަކާއި އިހްތިޔާރުތަކަކީ، ހަމައެކަނި އެ މެންބަރަކަށް ލިބިގެންވާ ހައްގުތަކަކާއި އިހްތިޔާރުތަކެއް ކަމުގައި ވެގެންދިޔުމެވެ.
- އެ ހިއްސާއާ ގުޅިގެން ލިބިދޭ ވޯޓުލުމުގެ ހައްގު؛
- މެންބަރެއްގެ ހައިސިއްޔަތުން ނޯޓިސް ލިބުމުގެ ހައްގު؛
- ހިއްސާއާ ގުޅިގެން ލިބޭ ޑިވިޑެންޑް ނުވަތަ އެނޫންވެސް ފައިދާއެއް ލިބުމުގެ ހައްގު؛ އަދި
- އެ ހިއްސާއާ ގުޅިގެން ލިބިދެވޭ އެހެނިހެން ހައްގުތަކާއި ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު.
86 ވަނަ މާއްދާ - ހިއްސާގެ ސެޓްފިކެޓު
(ހ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ކޮންމެ މެންބަރަކަށް ހިއްސާގެ ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއްސާގެ ސެޓްފިކެޓަކީ އޭގައި ކަނޑައަޅާފައިވާ ހިއްސާ، އެ މެންބަރަކަށް މިލްކުވެގެންވާކަން ސާބިތުކޮށްދޭ ލިޔުމެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއްސާގެ ސެޓްފިކެޓުގައި އަންނަނިވި މައުލޫމާތު ބަޔާންކުރަންވާނެއެވެ.
- ހިއްސާގެ މިލްކުވެރި ފަރާތުގ،ެ ނުވަތަ އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ ރަޖިސްޓަރީކުރެވިފައިވާ ހިއްސާއެއްނަމަ، އެ ހުރިހާ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް؛
- ހިއްސާގެ އަދަދު؛
- ހިއްސާގެ ތަފާތު ގިންތި ހިމެނޭނަމަ، އެ ހިއްސާގެ ގިންތި؛
- ހިއްސާގެ އަގު؛
- ހިއްސާގެ އަގު އަދާކޮށްފައިވާކަން ނުވަތަ ނޫންކަން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުންވެސް އިތުރު މައުލޫމާތު ސެޓްފިކެޓުގައި ހިމެނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޮންމެ ކުންފުންޏަކުންވެސް، ލައިސަންސްކޮށްފައިވާ ޑިޕޮސިޓަރީއަކަށް ހިއްސާ ނުވަތަ ޑިބެންޗަރ ނުވަތަ ބޮންޑު ނުވަތަ ސެކިއުރިޓީޒް ޑިޕޮސިޓްކޮށްފައިވާނަމަ، ޑިޕޮސިޓަރީން ދޫކުރާ ޑިޕޮސިޓަރީ ސްޓޭޓްމަންޓަކީ އެ ކުންފުނީގެ ހިއްސާގެ ނުވަތަ ސެކިއުރިޓީޒްގެ މިލްކުވެރިކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ގަބޫލުކުރެވޭނެއެވެ. އަދި، މި ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ހިއްސާގެ ސެޓްފިކެޓު ދޫކުރާކަށް ނުޖެހޭނެއެވެ.
ކުންފުނީގެ މެންބަރުންގެ ހައްގުތަކާއި، ބާރުތަކާއި، ޒިންމާ
87 ވަނަ މާއްދާ - ކުންފުނީގެ މެންބަރުންގެ ގާނޫނީ ޒިންމާ
(ހ) މި މާއްދާގެ (ށ) އާ ހިލާފުނުވާނެ ގޮތެއްގެމަތިން، ކުންފުނީގެ އެއްވެސް މެންބަރަކު، ހަމައެކަނި އެ ސަބަބަށްޓަކައި، ކުންފުންޏެއްގެ އެއްވެސް ގާނޫނީ އިލްތިޒާމަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ.
(ށ) ކުންފުނީގެ އެއްވެސް މެންބަރަކު ކުންފުންޏަށް ޒިންމާވާންޖެހޭނީ:
- އެ މެންބަރަކު ގަނެފައިވާ ނުވަތަ ނަގާފައިވާ އެއްވެސް ހިއްސާއަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ކުންފުންޏަށް ނުދައްކާ އޮވެއްޖެނަމަ، އެ އަދަދަކަށް؛
- ކުންފުނީގެ ދުސްތޫރުގައި ސަރީހަ ނައްސުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން؛ އަދި
- މި ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ގޮތެއްގެމަތިންނެވެ.
88 ވަނަ މާއްދާ - ހިއްސާއަކާ ގުޅޭގޮތުން އެ ވަގުތަކު ހުރި މެންބަރަކު ޒިންމާވުން
(ހ) ކުންފުނީގެ އެއްވެސް ހިއްސާއަކާ ގުޅޭގޮތުން، އެ ހިއްސާއެއްގެ އަގު އަނބުރާ ދެއްކުމުގެ އިލްތިޒާމެއް އޮންނަ ހާލަތެއްގައި، ނުވަތަ އެނޫންވެސް އިލްތިޒާމެއް އޮންނަ ހާލަތެއްގައި، އެ ހިއްސާގެ އަގު އަނބުރާ ދެއްކުމުގެ ނުވަތަ އެނޫންވެސް އިލްތިޒާމެއް އުފުލުމުގެ ޒިންމާ އޮންނާނީ، އެ ވަގުތަކު އެ ހިއްސާއެއްގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ. އެއީ، އެ އިލްތިޒާމު އުފަންވީ، އެ އިލްތިޒާމު ނިސްބަތްވާ ހިއްސާ އެ މެންބަރަކު ނެގި ތާރީހުގެ ކުރިންކަމަށްވީ ނަމަވެސްމެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 160 ވަނަ މާއްދާއާއި 161 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ހިއްސާއަކާ ގުޅޭ އިލްތިޒާމު ކުރީގެ މެންބަރު އަދާނުކޮށް، އެ މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން ހިއްސާ ދޫކޮށްލާފައިވާނަމަ ނުވަތަ ކުންފުނިން ހިއްސާ އަނބުރާ އަތުލާފައިވާނަމަ، އެ ހިއްސާއަކާ ގުޅޭ އެ އިލްތިޒާމުތައް އަދާކުރުމުގެ ޒިންމާ އޮންނާނީ، ކުރީގެ މެންބަރުގެ މައްޗަށެވެ.
89 ވަނަ މާއްދާ - ދުސްތޫރަށް ގެންނަ ބަދަލަކާ ގުޅިގެން އިތުރު އިލްތިޒާމެއް ނެތުން
ކުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަދި ދުސްތޫރަށް ބަދަލު ގެންނަ ތާރީހުގެ ކުރިން ނުވަތަ ފަހުން ނަމަވެސް، އެ މެންބަރަކު ލިޔުމުން އެއްބަސްވާ ގޮތެއްގެމަތިން މެނުވީ، ކުންފުނީގެ ދުސްތޫރަށް ގެންނަ ބަދަލަކާ ގުޅިގެން އެ މެންބަރެއްގެ މައްޗަށް އަލަށް އުފަންކުރުވާ އަންނަނިވި އިލްތިޒާމުތަކުގެ ޒިންމާ އެ މެންބަރަކު އުފުލާކަށް ނުޖެހޭނެއެވެ.
(ހ) ކުންފުނީގެ ދުސްތޫރަށް ބަދަލު ގެންނަ ތާރީހާ ހަމައަށް އެ މެންބަރަކު ނަގާފައިވާ ހިއްސާގެ އިތުރުން، އިތުރު ހިއްސާ ނެގުމަށް ނުވަތަ ގަތުމަށް އޮންނަ އިލްތިޒާމެއް؛ ނުވަތަ
(ށ) ކުންފުންޏަށް އެ މެންބަރަކު ޒިންމާވާންޖެހޭ މިންވަރު އިތުރުވާ އިލްތިޒާމެއް.
90 ވަނަ މާއްދާ - މެންބަރުންގެ ހައްގުތަކަށް ބަދަލު ގެނައުން
(ހ) ކުންފުނީގެ ހިއްސާއާ ގުޅޭގޮތުން މެންބަރުންނަށް ލިބިގެންވާ ހައްގުތަކަށް އެއްވެސް ބަދަލެއް ގެންނަ ނިންމުމެއް ކުންފުންޏަކަށް ނިންމޭނީ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ފާސްކޮށްގެން އެކަމަކަށް ހުއްދަ ލިބިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހިއްސާއާ ގުޅޭގޮތުން މެންބަރުންނަށް ލިބިގެންވާ ހައްގުތަކުގެ މާނައިގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ހިއްސާއާ ގުޅޭގޮތުން ލިބިދޭ ވޯޓުލުމުގެ ހައްގު؛
- ހިއްސާއާ ގުޅޭގޮތުން ލިބިދ،ޭ ކުންފުނީގެ ފައިދާ ލިބުމުގެ ހައްގު؛
- ކުންފުނީގެ ދުސްތޫރު ބަދަލުކުރުމާ ގުޅޭގޮތުން، ނުވަތަ
މި މާއްދާގައި ބަޔާންކުރާ މެންބަރުންގެ ހައްގުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިޖުރާއަތު އެގޮތަށް ހިންގުމުގެ ހައްގު.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏަކީ، އެކި ގިންތިތަކަށް ބެހިފައިވާ ހިއްސާ ހިމެނޭ ކުންފުންޏެއްނަމަ، އެ ގިންތިއެއްގެ ހިއްސާ ނަގާފައިވާ މެންބަރުންގެ ހައްގުތަކަށް އެއްވެސް ބަދަލެއް ގެންނަ ނިންމުމެއް ކުންފުންޏަކަށް ނިންމޭނީ، ކުންފުނީގެ އެ ގިންތިއެއްގެ ހިއްސާ ނަގާފައިވާ މެންބަރުންގެ ހާއްސަ ގަރާރެއް ފާސްކުރުމަށް ކަނޑައަޅާފައިވާ ނިސްބަތުން، ހުއްދަ ލިބިގެންނެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ވަކި ގިންތިއެއްގެ ހިއްސާ ކަމަށް ބަޔާންކޮށްފައި އެވަނީ، އެ ގިންތިއެއްގެ ހުރިހާ ހިއްސާއަކާ ގުޅިގެން ލިބިދެވޭ ހައްގުތަކާއި، އިނާޔަތްތަކާއި، ށަރުތުތަކަކީ އެއް ހައްގުތަކަކާއި، އިނާޔަތްތަކަކާއި، ށަރުތުތަކެއްކަމަށް ވާނަމައެވެ.
(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ވަކި އެއް ގިންތިއެއްގެ ހިއްސާ ނަގާފައިވާ މެންބަރުންކަމަށް ބަޔާންކޮށްފައި އެވަނީ، މި މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވާ ވަކި ގިންތިއެއްގެ ހިއްސާ ނަގާފައިވާ މެންބަރުން ކަމަށްވުމުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- ހައްގުތައް ބަދަލުކުރުމަށް ހުށަހަޅާފައިވާ ނިންމުން ނިސްބަތްވާ ހައްގުތަކަކީ، އެއް ހައްގުތަކެއް ކަމަށްވުން؛ އަދި
- ހައްގުތައް ބަދަލުކުރުމަށް ހުށަހަޅާފައިވާ ނިންމުމުގެ ސަބަބުން، ހައްގުތަކަށް އަންނަ ބަދަލަކީ، ހުރިހާ މެންބަރުންނަށްވެސް އެއްގޮތް ބަދަލުތަކެއް ކަމަށްވުން.
މެންބަރުންގެ އާންމު ޖަލްސާ
91 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ
އެންމެ މެންބަރަކު ހިމެނޭ ކުންފުނިތައް ފިޔަވައި، އެހެން ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއް، ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަންވާނެއެވެ.
92 ވަނަ މާއްދާ - އެންމެ މެންބަރަކު ހިމެނޭ ކުންފުނިތަކު ގެ އާންމު ޖަލްސާ
(ހ) އެންމެ މެންބަރަކު ހިމެނޭ ކުންފުންޏެއްގެ ހަމައެކަނި މެންބަރު، އަހަރީ އާންމު ޖަލްސާއާ ގުޅޭގޮތުން ނިންމާ ނިންމުންތައް، އެ މެންބަރު ސޮއިކޮށް ލިޔުމުން ކުންފުންޏަށް ފޮނުވުމުން، އެ ނިންމުމަކީ، އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއް ބޭއްވުމަށާއި، އަހަރީ އާންމު ޖަލްސާގައި ނިންމަންޖެހޭ ކަންކަން ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ބެލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެންމެ މެންބަރަކު ހިމެނޭ ކުންފުނި، މި ގާނޫނުގެ 94 ވަނަ މާއްދާއާއި، 96 ވަނަ މާއްދާއާއި 106 ވަނަ މާއްދާއާއި، 107 ވަނަ މާއްދާއާއި، 108 ވަނަ މާއްދާއިން އިސްތިސްނާވެގެންވެއެވެ.
93 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގައި ފުރިހަމަކުރަންޖެހޭ ކަންކަން
ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) އަހަރީ ހިސާބުތަކާއި، އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭނަމަ އެ އޮޑިޓް
ރިޕޯޓުތަކާއި، ޑިރެކްޓަރުންގެ ފަރާތުން ހުށަހަޅަންޖެހޭ ކުންފުނީގެ އަހަރީ ރިޕޯޓު ޖަލްސާއަށް ހުށަހަޅައި ފާސްކުރުން؛
(ށ) ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަންކުރަންޖެހޭނަމަ ނުވަތަ އިންތިހާބު ކުރަންޖެހޭނަމަ ޑިރެކްޓަރުން އައްޔަންކުރުން ނުވަތަ އިންތިހާބުކުރުން؛
(ނ) އޮޑިޓަރުން އައްޔަންކުރަންޖެހޭނަމަ، އޮޑިޓަރުން އައްޔަންކޮށް، އެ ފަރާތަށް ދޭނެ އުޖޫރަ ކަނޑައެޅުން؛ އަދި
(ރ) އެ އަހަރެއްގައި މެންބަރުންނަށް ހިއްސާއިން ބަހަންވާ ފައިދާއެއްވާނަމަ (ޑިވިޑެންޑް) އެކަން ކަނޑައެޅުން.
94 ވަނަ މާއްދާ - ޕްރައިވެޓް ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް
ޕްރައިވެޓް ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، އެ ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވަންވާނެއެވެ. އަދި އެ ނޯޓިހާ ގުޅިގެން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) އެ ނޯޓިހުގައި އެ ޖަލްސާއެއްގެ މަގްސަދާއި، ޖަލްސާ ބާއްވާ ތާރީހާއި، ގަޑިއާއި، ތަނާއި، ޖަލްސާގެ އެޖެންޑާ ބަޔާންކުރުން؛ އަދި
(ށ) ނޯޓިހާއެކު ކުންފުނީގެ އަހަރީ ރިޕޯޓާއި، އަހަރީ ހިސާބުތަކާއި،އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭނަމަ އެ ރިޕޯޓ،ު ކޮންމެ މެންބަރަކަށްވެސް ފޮނުވައި، އަހަރީ ޖަލްސާއަށް ހުށަހެޅުން.
95 ވަނަ މާއްދާ - ޕަބްލިކް ކުންފުނީގެ އަހަރީ އާންމު ޖަލްސާ
ޕަބްލިކް ކުންފުންޏެއް ރަޖިސްޓަރީކުރާ އަހަރުގައި 3 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ބާކީ އޮތްނަމަ، އެ މުއްދަތުގައި، ނުވަތަ އެނޫން ހާލަތެއްގައިނަމަ ކުންފުނި އުފައްދާތާ ގިނަވެގެން 15 (ފަނަރަ) މަސްދުވަހުގެ ތެރޭގައި، އެ ކުންފުންޏެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވަންވާނެއެވެ. އަދި ފުރަތަމަ އަހަރީ އާންމު ޖަލްސާއަށްފަހު ކޮންމެ މާލީ އަހަރެއްގައިވެސް، މަދުވެގެން އަހަރަކު އެއް ފަހަރު އަހަރީ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.
96 ވަނަ މާއްދާ - ޕަބްލިކް ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް
ޕަބްލިކް ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުގެ 14 (ސާދަ) ދުވަހުގެ ކުރިން އެ ޖަލްސާގެ ނޯޓިސް އާންމު އިއުލާނެއްގައި ށާއިއުކުރަންވާނެއެވެ. އަދި އެ ނޯޓިހާ ގުޅިގެން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) އާންމު އިއުލާންގައި އެ ޖަލްސާއެއް ބާއްވާނެ ތަނާއި، ތާރީހާއި، ގަޑި ހިމެނުން؛ އަދި
(ށ) ކުންފުނީގެ އަހަރީ މާލީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަންވާނެއެވެ. އަދި އިއުލާނާއެކު ކުންފުނީގެ އަހަރީ މާލީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު އާންމުކޮށް އެނގޭނެހެން ށާއިއުކުރުން.
97 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އިތުރުކުރުން
(ހ) ލައިސަންސް ދެވިފައިވާ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރެވިފައިނުވާ ޕަބްލިކް ކުންފުންޏަކަށް، އެ ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ ތާރީހް، މި ގާނޫނުގެ 95 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށްވުރެ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދި ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.
(ށ) އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ލިސްޓްކޮށްފައިނުވާ ޕަބްލިކް ކުންފުންޏަކުން އެ މުއްދަތު އިތުރުކުރުމަށް ހުށަހަޅައިފިނަމަ، ރަޖިސްޓްރާރަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
(ނ) ލިސްޓްކޮށްފައިނުވާ ޕަބްލިކް ކުންފުންޏަކަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އިތުރުކޮށްދީފިނަމަ އެ މުއްދަތުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަންވާނެއެވެ.
(ރ) ލިސްޓްކޮށްފައިނުވާ ޕަބްލިކް ކުންފުންޏަކުން މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އިތުރުކުރާއިރު ރަޖިސްޓްރާރަށް ވަކި ށަރުތުތަކެއް ކަނޑައެޅިދާނެއެވެ. އަދި އެ ކުންފުންޏަކުން އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.
(ބ) ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުންޏަކުން އަހަރީ އާންމު ޖަލްސާ ބޭއްވުމުގައި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަމަލުކުރަން ލާޒިމުވާނެއެވެ.
98 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާ
އެންމެ މެންބަރަކު ހިމެނޭ ކުންފުނިތައް ފިޔަވައި، އެހެން ކޮންމެ ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އަންނަނިވި ފަރާތްތަކުން އެދެފިނަމަ،އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހަމަޖައްސަންވާނެއެވެ.
(ހ) ޕްރައިވެޓް ކުންފުންޏެއްނަމަ، އާންމު ޖަލްސާއެއްގައި ވޯޓުލެވޭ މެންބަރުންގެ ތެރެއިން %10 (ދިހައެއް އިންސައްތަ) ހިއްސާއަށްވުރެ މަދުނޫން އަދަދެއްގެ ވޯޓުލެވޭ މެންބަރުން އެދިއްޖެނަމަ؛ ނުވަތަ
(ށ) ޕަބްލިކް ކުންފުންޏެއްނަމަ، އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތެރެއިން މަދުވެގެން %10 (ދިހައެއް އިންސައްތަ) މެންބަރުން އެދިއްޖެނަމ.ަ
99 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދުން
މި ގާނޫނުގެ 98 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ހާއްސަ އާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދޭއިރު އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ޖަލްސާ ބޭއްވުމަށް އެދި ލިޔުމުން ހުށަހެޅުން؛
(ށ) ޖަލްސާގައި އެއްވެސް ނިންމުމެއް ނިންމުމަށް ނުވަތަ ގަރާރެއް ފާސްކުރަން ހުށަހަޅާނަމަ، އެކަމެއް ބަޔާންކުރުން؛
(ނ) ޖަލްސާ ބޭއްވުމަށް އެދޭ ހުރިހާ މެންބަރުންގެ ސޮއި ހުށަހެޅުން؛ އަދި (ރ) ޕްރައިވެޓް ކުންފުންޏެއްނަމަ ޖަލްސާ ބޭއްވުމަށް އެދޭ ލިޔުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް،އަދި ޕަބްލިކް ކުންފުންޏެއްނަމަ އެ ކުންފުނީގެ ސެކްރެޓަރީއަށް ފޮނުވުން.
100 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާގެ ނޯޓިސް
(ހ) ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އެދި މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏަކަށް ހުށަހަޅައިފިނަމަ،ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުން؛
- ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުން.
(ށ) ކޮންމެ ކުންފުންޏަކުންވެސް ހާއްސަ އާންމު ޖަލްސާއެއް ބާއްވާނަމަ އެ ޖަލްސާއެއް ބޭއްވުމުގެ މަގްސަދާއި، އެޖެންޑާއާއި، ތަނާއި، ތާރީހް، އަދި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ގަޑި އެނގޭނެފަދަ ނޯޓިހެއް ކުންފުނީގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. އެގޮތުން އެ ނޯޓިސް ފޮނުވުމުގައި އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- ޕްރައިވެޓް ކުންފުންޏެއްނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުން؛ އަދި
- ޕަބްލިކް ކުންފުންޏެއްނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުން.
101 ވަނަ މާއްދާ - އާންމު ޖަލްސާއެއް ބޭއްވުމަށް ރަޖިސްޓްރާރ އެންގުން
(ހ) އެއްވެސް ސަބަބަކާހުރެ ކުންފުނީގެ އާންމު ޖަލްސާއެއް، ކަނޑައެޅިފައިވާ މުއްދަތުގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނުބޭއްވިއްޖެނަމަ ނުވަތަ ކުރިއަށް ނުގެންދެވިއްޖެނަމަ، ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދި، ކުންފުނީގެ ކޮންމެ މެންބަރަކަށްވެސް ރަޖިސްޓްރާރަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ލިބޭ ހުށަހެޅުމަކާ ގުޅިގެން، ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރަށް އެންގިދާނެއެވެ.
(ނ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރަޖިސްޓްރާރ އަންގާ އެންގުމާ އެއްގޮތަށް އެ ކުންފުންޏަކުން އާންމު ޖަލްސާއެއް ނުބާއްވައިފިނަމަ ނުވަތަ ނުބޭއްވިއްޖެނަމަ، ރަޖިސްޓްރާރގެ ބެލެމުގެ ދަށުން ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އެގޮތުން ބާއްވާ އާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.
(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ ދަށުން ރަޖިސްޓްރާރ ބާއްވާ ޖަލްސާއަށް ކުންފުނީގެ އެންމެ މެންބަރަކު ނުވަތަ ބަދަލުގައި ފޮނުވާ އެންމެ މީހަކު ހާޒިރުވިޔަސް އެ ޖަލްސާއެއް ކުރިއަށް ގެންދެވިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން ރަޖިސްޓްރާރގެ ބެލުމުގެ ދަށުން ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅުމާއި، އެ ހުށަހެޅުންތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި، ރަޖިސްޓްރާރގެ ބެލުމުގެ ދަށުން ބާއްވާ އާންމު ޖަލްސާގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
102 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާ ބޭއްވުން
(ހ) ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި އެކަށީގެންވާ ގޮތެއްގެމަތިން ބައިވެރިވުމުގެ ފުރުސަތު، އެ ޖަލްސާގައި ބައިވެރިވެ، އެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވުމަށް ބޭނުންވާ އަދަދުގެ މެންބަރުންނަށް ލިބޭނަމަ، އެ ޖަލްސާއެއް ބާއްވާ ތަނަށް ހާޒިރުވެ ބައިވެރިވުމުގެ ފުރުސަތު މެންބަރުންނަށް ލިބިދިނުމާއެކު، އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މެންބަރުންނަށް ދެވިދާނެއެވެ.
(ށ) އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާ ބޭއްވުމުގައި ކުންފުނީގެ މެންބަރުންގެ އަގުލަބިއްޔަތުގެ ރުހުން އޮންނަންވާނެއެވެ. އަދި ރުހުން އަނބުރާ ނުގެންދާހާ ހިނދަކު، އެ ރުހުން އޮތް ކަމުގައި ބެލެވޭނެއެވެ. އެއްވެސް މެންބަރަކު ރުހުން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގެ އެކަށީގެންވާ ވަގުތެއްގެ ކުރިން އެކަން ކުންފުންޏަށް އަންގަންވާނެއެ ވެ.
103 ވަނަ މާއްދާ - އާންމު ޖަލްސާގައި ބައިވެރިވުމުގެ ހައްގު
ކުންފުނީގެ ކޮންމެ މެންބަރަކަށް ނުވަތަ އޭނާގެ ބަދަލުގައި އައްޔަންކުރެވިފައިވާ ފަރާތަކަށް، ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައިވެސް ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.
104 ވަނަ މާއްދާ - ޕްރޮކްސީ އައްޔަން ކުރުން
(ހ) ކުންފުނީގެ މެންބަރަކު އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް، ކުންފުނީގެ މެންބަރުންގެ ޖަލްސާއަކަށް ހާޒިރުވުމަށް ހަމަޖެއްސިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ދަށުން އެހެން ފަރާތެއް ހަމަޖައްސާނަމަ، އެކަން ސައްހަވާނީ، ބަދަލުގައި އެ މީހަކު ކަނޑައަޅާފައިވާކަމުގެ ލިޔުމުގައި ސޮއިކޮށްފައިވާނަމަ، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެންބަރެއްގެ ބަދަލުގައި އެހެން ފަރާތެއް ކަނޑައަޅާފައިވާ ލިޔުމުގެ ސައްހަކަން ސާބިތުކޮށް، އަންނަނިވި މައުލޫމާތު އެ ލިޔުމުގައި ހިމެނޭނަމައެވެ.
- މެންބަރުގެ ނަމާއި އެޑްރެސް؛
- ކުންފުނީގެ ނަން؛
- ބަދަލުގައި އައްޔަންކުރާ ފަރާތުގެ ނަމާއި އެޑްރެސް؛
- ބަދަލުގައި އައްޔަންކުރާ ފަރާތް ބައިވެރިކުރަން ކަނޑައެޅި ޖަލްސާތައް.
(ނ) ޕަބްލިކް ކުންފުންޏެއްގައިނަމަ، މެންބަރެއްގެ ބަދަލުގައި އެހެން ފަރާތެއް އައްޔަންކުރަން ބޭނުންވާނަމަ، ޖަލްސާ ފެށުމުގެ މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ކުރިން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުން ކުންފުނީގެ ސެކްރެޓަރީއަށް ހުށަހަޅަންވާނެއެވެ.
105 ވަނަ މާއްދާ - ޕްރޮކްސީއަށް ލިބިދޭ ހައްގުތައް
މެންބަރުންގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓުދިނުމަށް ޕްރޮކްސީންގެ ގޮތުގައި އައްޔަންކުރެވޭ ފަރާތްތަކަށްވެސް މެންބަރަކަށް ލިބިގެންވާ ހައްގުތައް ލިބިގެންވެއެވެ. އެގޮތުން ޕްރޮކްސީންގެ ގޮތުގައި އައްޔަންކުރާ ފަރާތްތަކަށް އަންނަނިވި ހައްގުތައް ލިބިދެވޭނެއެވެ.
(ހ) މެންބަރުންގެ ފަރާތުން ޖަލްސާއެއްގައި ވާހަކަދެއްކުމުގެ ހައްގު؛ އަދި
(ށ) މި ގާނޫނުގެ 108 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ވޯޓުދިނުމުގެ ހައްގު.
106 ވަނަ މާއްދާ - ޖަލްސާގެ ގާނޫނީ އަދަދު
(ހ) ކުންފުނީގެ މެންބަރުންގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަވާނީ މަދުވެގެން އަންނަނިވި އަދަދަށް މެންބަރުން ހާޒިރުވުމުންނެވެ.
- ޕްރައިވެޓް ކުންފުންޏެއްނަމަ، ހިއްސާގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު އަދަދެއްގެ ހިއްސާ ތަމްސީލުކުރާ މެންބަރުން؛ ނުވަތަ
- ޕަބްލިކް ކުންފުންޏެއްނަމަ، ހިއްސާގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރު އަދަދެއްގެ ހިއްސާ ތަމްސީލުކުރާ މަދުވެގެން 3 (ތިނެއް) މެންބަރުން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މެންބަރަކު ބަދަލުގައި އައްޔަންކުރާ ޕްރޮކްސީއަކީވެސް ގާނޫނީ އަދަދު ހަމަކުރުމަށްޓަކައި މެންބަރެއް ކަމުގައި ބެލޭނެއެވެ.
107 ވަނަ މާއްދާ - ވޯޓުދިނުމުގެ ހައްގު
(ހ) ކުންފުނީގެ ހިއްސާގެ ބާވަތަށް ބަލައި ކަނޑައެޅިފައިވާ ހައްގުތަކާއި ގައިދުތައް ފިޔަވައި، ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި ކޮންމެ
މެންބަރަކަށްވެސް ވޯޓުދެވޭނީ، އޭނާއަށް ލިބިގެންވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓެވެ. އަދި ބައްދަލުވުމުގައި ވޯޓުދޭއިރު އަތްއުފުލައިގެން، ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް ގޮތަކަށް ވޯޓުދެވިދާނެއެވެ.
(ށ) ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އެއް ފަރާތަށްވުރެ ގިނަ ފަރާތުން ބައިވެރިވާ ހިއްސާއެއްނަމަ، އެ ހިއްސާގެ ބައިވެރިންގެ ތެރެއިން ވޯޓުދެވޭނީ، އެ ބައިވެރިންގެ ތެރެއިން ކަނޑައަޅާ ފަރާތެއް ނުވަތަ އެ ހިއްސާއަކާ ގުޅިގެން މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުންގެ ދަފްތަރުގައި އެންމެ ފުރަތަމަ ނަން ހިމެނިފައިވާ މެންބަރަށެވެ.
(ނ) ހިއްސާއިން ވާ ފައިދާ ބެހުމަށް ނުވަތަ ކުންފުނި އުވާލުމަށް ބޭއްވޭ އާންމު ޖަލްސާތަކުގައި، އެކި ބާވަތްތަކުގެ ހިއްސާއާއި އެއާ ގުޅިފައިވާ ހައްގުތަކަށް ބަލައި، ވޯޓުދިނުމާގުޅޭ ތަފާތު އުސޫ ލުތައް، ކުންފުންޏެއްގެ ހިންގާ ގަވާއިދުގައި ހިމެނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
108 ވަނަ މާއްދާ - މެންބަރުން ކަނޑައަޅާ ގޮތަކަށް ޕްރޮކްސީން ވޯޓުދިނުން
މެންބަރެއްގެ ފަރާތުން ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ވޯޓުދޭންވާނީ، އެ ޕްރޮކްސީއެއް ތަމްސީލުކުރާ މެންބަރަކު ކަނޑައަޅައި އިރުށާދުދީފައިވާ ގޮތަކަށެވެ.
އާންމު ޖަލްސާގެ ޔައުމިއްޔާއާއި ރިކޯޑުތައް
109 ވަނަ މާއްދާ - ޔައުމިއްޔާ
(ހ) ކޮންމެ ކުންފުންޏަކުންވެސް އަންނަނިވި ހާލަތްތަކުގައި، އެ ކުންފުންޏެއްގެ އަންނަނިވި ހަރަކާތްތަކުގެ ޔައުމިއްޔ،ާ އެކަމެއް ހިނގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ރިކޯޑުކުރަންވާނެއެވެ.
- ކުންފުނީގެ މެންބަރުންގެ ޖަލްސާތައް ކުރިއަށްދާ ގޮތާއި ފާސްކުރާ ގަރާރުތައް؛ އަދި
- ޖަލްސާއަކާ ނުލައި ފާސްކުރެވޭ މެންބަރުންގެ ގަރާރު.
(ށ) ކުންފުނީގެ ޖަލްސާތަކުގެ ޔައުމިއްޔާތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތަކުންކުރެ ފަރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސޮއިކޮށްފައިވާކަން ކުންފުނިން ކަށަވަރުކުރަންވާނެއެވެ.
- އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓި ފަރާތް؛ ނުވަތަ
- އެ ޖަލްސާއަށްފަހު ބޭއްވި ޖަލްސާގައި ރިޔާސަތު ބެލެހެއްޓި ފަރާތް.
(ނ) ކުންފުންޏަކުން ޖަލްސާއަކާ ނުލައި މެންބަރުން ފާސްކުރާ ގަރާރު ފާސްވުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ގަރާރުގައި މެންބަރުން ސޮއިކޮށްފައިވާކަން ކުންފުނިން ކަށަވަރުކުރަންވާނެއެވެ.
(ރ) ލިޔުމުން ރިކޯޑުކޮށް ސޮއިކުރެވިފައިވާ ޔައުމިއްޔާއަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދެއްގައި، ޖަލްސާއެއްގައި ހިނގައިދިޔަ ކަންކަމާއި، ގަރާރުތަކާއި އެ ކަންކަމާ ގުޅުންހުރި ނިންމުންތައް، އެގޮތަށް ހިނގާފައިވާކަމަށް ބެލެވޭނެ ހެއްކެކެވެ.
110 ވަނަ މާއްދާ - ޖަލްސާގެ ޔައުމިއްޔާއާއި ލިޔެކިޔުން މެންބަރުންނަށް ލިބުން
ކުންފުނީގެ މެންބަރުންގެ ޖަލްސާތަކާއި މެންބަރުންގެ ޖަލްސާތަކާ ނުލައި ފާސްކުރެވޭ ގަރާރުތަކާގުޅޭ ޔައުމިއްޔާތަކާއި ލިޔެކިޔުން، އެއްވެސް އަގެއް ދިނުމެއް ނެތި މެންބަރުންނަށް ބެލޭނެ އިންތިޒާމެއް ކުންފުނިން ކަށަވަރުކުރަންވާނެއެވެ. މިގޮތުން:
(ހ) ކުންފުނީގެ މެންބަރަކަށް އަންނަނިވި ލިޔެކިޔުމުގެ ކޮޕީއެއް ހޯދުމަށް އެދި ލިޔުމުން ހުށަހެޅިދާނެއެވެ.
- ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގެ ޔައުމިއްޔާ ނުވަތަ ޖަލްސާއެއްގެ ޔައުމިއްޔާގެ ބައެއް؛ އަދ/ިނުވަތަ
- ޖަލްސާއަކާ ނުލައި މެންބަރުން ފާސްކޮށްފައިވާ ގަރާރެއްގެ ޔައުމިއްޔާ.
(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ލިޔުމެއް މެންބަރަކު ހޯދުމަށް އެދިއްޖެނަމަ އަންނަނިވި މުއްދަތުގެ ތެރޭގައި ކުންފުނިން އެ ލިޔުން އެ މެންބަރަކަށް ފޯރުކޮށްދޭންވާނެއެވެ.
- މެންބަރަކު ލިޔުމަކަށް އެދޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި؛ ނުވަތަ
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ކަނޑައަޅާ އެއަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައ.ި
މެންބަރުންގެ ގަރާރު
111 ވަނަ މާއްދާ - އާންމު ގަރާރު
(ހ) މި ގާނޫނުގެ ދަށުން ނުވަތަ ކުންފުނީގެ ދުސްތޫރުގެ ދަށުން،ކުންފުނީގެ މެންބަރުން ނިންމަންޖެހޭ ކަންކަން ނިންމާނީ، މި ގާނޫނުގެ މާއްދާތަކާއި ކުންފުނީގެ ދުސްތޫރުގައި ބަޔާންކުރާ ގޮތުގެމަތިން ފާސްކުރ،ާ އަންނަނިވި ފަދަ ގަރާރަކުންނެވެ.
- މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ އާންމު ގަރާރަކުން؛ ނުވަތަ
- ޖަލްސާއެއް ބޭއްވުމަކާ ނުލައި މެންބަރުން ފާސްކުރާ އާންމު ގަރާރަކުން.
(ށ) މި ގާނޫނުގައި، މެންބަރުންގެ އާންމު ގަރާރުކަމަށް ބަޔާންކޮށްފައި އެވަނީ، ވޯޓުދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވާ މެންބަރުންގެ ހިއްސާގެ %50 )ފަންސާސް އިންސައްތަ) ހިއްސާއަށްވުރެ އިތުރު އަދަދެއްގެ ހިއްސާ ނިސްބަތްވާ މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ. ނުވަތަ ޖަލްސާއެއް ބޭއްވުމަކާ ނުލައި މެންބަރުން ފާސްކުރާ އާންމު ގަރާރެއްނަމަ، ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ ހިއްސާގެ މަދުވެގެން %50 )ފަންސާސް އިންސައްތަ) ހިއްސާއަށްވުރެ އިތުރު އަދަދެއްގެ ހިއްސާ ނިސްބަތްވާ މެންބަރުންގެ ތާ އީދާއެކު ނިންމާ ނިންމުމަކަށެވެ.
112 ވަނަ މާއްދާ - ހާއްސަ ގަރާރު
(ހ) މި ގާނޫނުގެ 111 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގައި ނުވަތަ ކުންފުނީގެ ދުސްތޫރުގައި، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމުމަށް ލާޒިމުކުރާ ކަންކަން ނިންމާނީ، މި ގާނޫނުގެ މާއްދާތަކާއި ކުންފުނީގެ ދުސްތޫރުގައި ބަޔާންކުރާ ގޮތުގެމަތިން، ފާސްކުރާ އަންނަނިވި ފަދަ ގަރާރަކުންނެވެ.
- މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުން؛ ނުވަތަ
- ޖަލްސާއެއް ބޭއްވުމަކާ ނުލައި މެންބަރުން ފާސްކުރާ ހާއްސަ ގަރާރަކުން.
(ށ) މި ގާނޫނުގައި، މެންބަރުންގެ ހާއްސަ ގަރާރުކަމަށް ބަޔާންކޮށްފައި އެވަނީ، ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ހިއްސާގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހިއްސާއަށްވުރެ މަދުނޫން އަދަދެއްގެ ހިއްސާ ނިސްބަތްވާ މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
(ނ) މި ގާނޫނުގެ 111 ވަނަ މާއްދާގެ (ށ) އާއި މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ މެންބަރުންގެ ނިންމުމެއް ނިންމުމަށް، އެ އަކުރުތަކުގައި ބަޔާންކުރާ އަގުލަބިއްޔަތަށްވުރެ ބޮޑު އަގުލަބިއްޔަތަކުން އެ ނިންމުމެއް ނިންމުމަށް ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
އަށްވަނަ ބާބު
ކުންފުނީގެ ޑިރެކްޓަރުން
113 ވަނަ މާއްދާ - ޑިރެކްޓަރުން ތިބުން ލާޒިމުވުން
(ހ) ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް،މަދުވެގެން 1 (އެކެއް) ޑިރެކްޓަރަކު ހުންނަންވާނެއެވެ.
(ށ) ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 (ދޭއް) ޑިރެކްޓަރުން ތިބެންވާނެއެވެ.
(ނ) ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 (ތިނެއް) ޑިރެކްޓަރުން ތިބެންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
114 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރ
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ކުންފުންޏެއްގައިވެސް މެނޭޖިންގ ޑިރެކްޓަރެއް ހުންނަންވާނެއެވެ.
(ށ) މެނޭޖިންގ ޑިރެކްޓަރަކީ، ކުންފުނީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި، ފުލްޓައިމް އޮފިސަރެއްގެ ގޮތުން ކަނޑައެޅޭ، ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރެކެވެ. މެނޭޖިންގ ޑިރެކްޓަރަކީ، ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޑިރެކްޓަރުންނަށް ލިބިގެންވާ އާންމު ބާރުތަކާއި، ހައްގުތަކާއި، މަސްއޫލިއްޔަތުތަކާއި، ޒިންމާތަކުގެ އިތުރުން، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާ ގޮތެއްގެމަތިން، ނުވަތަ ކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، ނުވަތަ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާ ގޮތެއްގެމަތިން، ކުންފުނީގެ ހިންގުމުގެ މައިގަނޑު ބާރުތަކާއި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިގެންވާ، އަދި ޑިރެކްޓަރުންގެ ބޯޑުގެ އިރުށާދާއި ކޮންޓްރޯލްގެ ދަށުން އެ ބާރުތަކާއި ހައްގުތަކުގެ ބޭނުންކުރުމަށާއި، ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަނޑައެޅޭ ފަރާތެކެވެ.
(ނ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަނޑައެޅުމުގައާއި ވަކިކުރުމުގައި އަމަލުކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ގާނޫނުގެ 120 ވަނަ މާއްދާއާއި 121 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
115 ވަނަ މާއްދާ - ޑިރެކްޓަރުންގެ ށަރުތުތައް
(ހ) ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ތިބެވޭނީ، މި މާއްދާގެ (ށ) ގެ ދަށުން ޑިސްކޮލިފައިކުރެވިފައިނުވާ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، ފަރުދުންނަށެވެ.
(ށ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކު އެ ހާލަތު މެދުވެރިވެފައިވާ މުއްދަތަކަށް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނެއް ނުކުރެވޭނެއެވެ. އަދި ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ޑިރެކްޓަރުކަމުން ވަކިވާނެއެވެ.
- އިފްލާސްކުރުމާބެހޭ ގާނޫނެއްގެ ދަށުން، އިފްލާސްކުރެވިފައިވާ ފަރާތެއް، އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް؛
- އިފްލާސްކުރުމާބެހޭ ނުވަތަ އިންސޮލްވެންސީއާބެހޭ ގާނޫނެއްގެ ދަށުން އިފްލާސްކުރެވިފައިވާ ކުންފުންޏެއްގެ ޑިރެކްޓަރެއް، ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރެއް، އިފްލާސްކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް؛
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ މަކަރާއި ހީލަތުގެ ކުށުގެ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް، ނުވަތަ އެ ގާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތުގެ ކުށުގެ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެއް ނުވަތަ މަނީ ލޯންޑްރިންގއާބެހޭ ގާނޫނެއްގައި ބަޔާންކުރާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުނަމަ، ހުކުމް ފުރިހަމަކޮށް ނިމުނުތާ ނުވަތަ މައާފުދެވުނުތާ 5 (ފަހެއް) އަހަރު ވެފައި ނުވުން؛
- މި ގާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ދެއްކުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެ ޖޫރިމަނާ ނުދައްކާތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވެފައިވުން؛
- ކުންފުނީގެ އޮޑިޓަރު؛
- ކުންފުނީގެ ލިކުއިޑޭޓަރު؛
- އެހެން ގާނޫނެއްގެ ދަށުން، ނުވަތަ އެއްބަސްވުމެއްގެ ދަށުން، ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރުން މަނާކޮށްފައިވާ ފަރާތެއް، އެފަދައިން މަނާކޮށްފައިވާ މުއްދަތަށް.
(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ފޮރިން އިންވެސްޓްމަންޓް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ސަރުކާރުގެ ހިއްސާއެއް އޮންނަ ޕަބްލިކް ކުންފުނި ފިޔަވައި، އެހެން އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރެވޭނީ، ހަމައެކަނި ދިވެހި ރައްޔިތަކަށެވެ.
116 ވަނަ މާއްދާ - އާންމު ކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ޑިރެކްޓަރަކު ހުރުން
ކޮންމެ ކުންފުންޏެއްގައިވެސް، ހުރިހާ ވަގުތެއްގައިވެސް، ޑިރެކްޓަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޑިރެކްޓަރަކީ އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއްކަމުގައި ވާންވާނެއެވެ.
117 ވަނަ މާއްދާ - ޑިރެކްޓަރުކަމަށް އައްޔަން ކުރުމަށް ރުހުން އޮތުން
ކުންފުންޏެއްގެ ޑިރެކްޓަރުކަމަށް އައްޔަންކުރާ ފަރާތަކީ، ޑިރެކްޓަރުކަމަށް އައްޔަންކުރުމަށް އޭނާ ރުހި ގަބޫލުވާކަމަށާއި، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ މީހެއް ނޫންކަމަށް ލިޔުމުން ބަޔާންކޮށް ކުންފުންޏަށް ހުށަހެޅުމުން މެނުވީ،ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް ފަރާތެއް ހަމަޖައްސައިގެންނުވާނެއެވެ.
118 ވަނަ މާއްދާ - ޑިރެކްޓަރުކަމުން ޑިސްކޮލިފައިވިކަން ރަޖިސްޓްޓްރާރ ކަނޑައެޅުން
މި ގާނޫނުގައި ނުވަތަ ކުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ އެއްވެސް މީހަކު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރެއްޖެނަމަ، އެ ފަރާތެއްގެ ނަން، މި ގާނޫނުގެ 231ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުން އުނިކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
119 ވަނަ މާއްދާ - ޑިރެކްޓަރުންގެ އަމަލުތަކުގެ ގާނޫނީ ހައިސިއްޔަތާއި ނަތީޖާ
ކުންފުނީގެ ޑިރެކްޓަރަކީ، އޭނާ އައްޔަންކުރުމުގައި ސައްހަނޫން އިޖުރާއަތެއްގެ ތެރެއިން ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތެއްކަމުގައިވީ ނަމަވެސް، ނުވަތަ އޭނާއަކީ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރުމަށް ށަރުތު ފުރިހަމަވާ ފަރާތެއްކަމުގައިނުވި ނަމަވެސް، އޭނާ އެ ކުރި އަމަލަކީ، ޑިރެކްޓަރެއްގެ ގޮތުގައި، ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުރި ސައްހަ އަމަލުތަކެއްކަމަށް ބެލޭނެއެވެ.
ޑިރެކްޓަރުން އައްޔަންކުރުމާއި ވަކިކުރުން
120 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަން ކުރުން
(ހ) ކުންފުނީގެ ޑިރެކްޓަރުން އައްޔަންކޮށް ނުވަތަ އިންތިހާބުކުރާނީ،ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން،ކުންފުނީގެ މެންބަރުންގެ ނިންމުމަކުންނެވެ.
(ށ) ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކަކީ ކުންފުނި ރަޖިސްޓަރީކުރެވޭ ހިނދުން ފެށިގެން އެ ފަރާތެއް އައްޔަންކުރާ މުއްދަތު ހަމަވަންދެން، ނުވަތަ ޑިރެކްޓަރުކަމުން ވަކިކުރެވެންދެން ނުވަތަ
ވަކިވަންދެން، ކުންފުނީގެ ސައްހަ ޑިރެކްޓަރުންގެ ގޮތުގައި ބެލެވޭނެއެވެ.
(ނ) ކުންފުނި ރަޖިސްޓަރީކުރުމަށްފަހު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އެއްވެސް މީހަކު އައްޔަންކުރަންވާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުންފުނީގެ މެންބަރުންގެ ޖަލްސާއަކުން ނުވަތަ މެންބަރުންގެ ގަރާރަކުން ނިންމާ ނިންމުމަކުންނެވެ.
(ރ) ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށް، ކުންފުނީގެ ވަކި މެންބަރެއްގެ ފަރާތުން ޑިރެކްޓަރެއް ނުވަތަ ޑިރެކްޓަރުންތަކެއް އައްޔަންކުރުމަށް އެ މެންބަރަކަށް އިހްތިޔާރު ދީފައިވާނަމަ، އެ މެންބަރެއްގެ ނިންމުމަކުން ކުންފުނީގެ ޑިރެކްޓަރަކު އައްޔަންކުރެވިދާނެއެވެ.
121 ވަނަ މާއްދާ - ޑިރެކްޓަރުން ވަކިކުރުން
ކުންފުނީގެ ޑިރެކްޓަރުން ވަކިކުރުމުގައި އަމަލުކުރަންވާނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.
122 ވަނަ މާއްދާ - ޑިރެކްޓަރުކަމުގެ މަގާމު ހުސްވުން
(ހ) މި މާއްދާގެ (ނ) އާ ހިލާފުނުވާނެ ގޮތެއްގެމަތިން، އަންނަނިވި ހާލަތްތަކުގައި، ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމު ހުސްވީކަމުގައި ބެލޭނެއެވެ.
- މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އިސްތިއުފާ ދިނުން؛
- މި ގާނޫނުގެ މާއްދާތަކާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރަކު ވަކިކުރުން؛
- މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތެއް މެދުވެރިވުމުގެ ސަބަބުން، މި ގާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރުކަމުން ޑިސްކޮލިފައިކުރެވުން؛
- މަރުވުން؛
- އެނޫންވެސް ގޮތަކަށް ކުންފުނީގެ ދުސްތޫރުގައި ބަޔާންކުރާ ގޮތެއްގެމަތިން ޑިރެކްޓަރުކަމުގެ މަގާމު ހުސްވުން.
(ށ) މި މާއްދާގެ (ނ) އާ ހިލާފުނުވާނެ ގޮތެއްގެމަތިން، ކުންފުނީގެ ޑިރެކްޓަރަކު، ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ކުންފުނީގެ ސަރވިސް އެޑްރެހަށް ފޮނުވައި އެ ނޯޓިސް ކުންފުންޏަށް ލިބުމުން، ނުވަތަ އެ ނޯޓިހުގައި އެހެން މުއްދަތެއް ބަޔާންކޮށްފައިވާނަމަ އެ މުއްދަތެއް ހަމަވުމުން، އެ މީހަކު ޑިރެކްޓަރުކަމުގެ މަގާމުން ވަކިވީއެވެ.
(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެންމެ ޑިރެކްޓަރަކު ހުންނަ ކުންފުންޏެއްނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އެ ވަގުތަކު ހުރީ ހަމައެކަނި އެންމެ ޑިރެކްޓަރެއްނަމަ، ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކުރުމަށްޓަކައި ކުންފުނީގެ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް މެންބަރުންނަށް ފޮނުވައި، އާންމު ޖަލްސާގައި އެ ޑިރެކްޓަރެއްގެ އިސްތިއުފާގެ ނޯޓިސް ހުށަހެޅުމަށްފަހު، ނުވަތަ އެ ޖަލްސާގެ ނޯޓިހުގެ މުއްދަތު ހަމަވާ ތާރީހުގައި މެނުވީ، އެ ޑިރެކްޓަރަކަށް މަގާމުން އިސްތިއުފާއެއް ނުދެވޭނެއެވެ.
(ރ) ކުންފުނީގެ ހަމައެކަނި ޑިރެކްޓަރަކީ، އެ ކުންފުނީގެ ހަމައެކަނި މެންބަރުކަމަށްވީ ނަމަވެސް، މި މާއްދާގެ (ނ) އާ ހިލާފުވެގެން ނުވާނެއެވެ.
(ބ) އެންމެ ޑިރެކްޓަރަކު ހުންނަ ކުންފުންޏެއްނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އެ ވަގުތަކު ހުރީ ހަމައެކަނި އެންމެ ޑިރެކްޓަރެއްނަމަ، އަދި އެ ޑިރެކްޓަރަކު މަގާމުން ވަކިވީ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރު ނުވަތަ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތެއްގައިކަމަށްވާނަމަ، ކުންފުނީގެ މެންބަރުން، ނުވަތަ ކުންފުނީގެ ހަމައެކަނި ޑިރެކްޓަރަކީ އެ ކުންފުނީގެ ހަމައެކަނި މެންބަރުނަމަ، އެ ފަރާތެއްގެ ވާރިސުންގެ ފަރާތުން، ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވައި، ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރުމަށް ނުކުޅެދި، ކުންފުނީގެ ޑިރެކްޓަރަކު ނެތި 3 (ތިނެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، މި ގާނޫނުގެ 208 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ. ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމު ހުސްވިކަމުގައިވީ ނަމަވެސް، (ކ) އެ މީހަކު ޑިރެކްޓަރުކަމުގެ މަގާމުގައި ހުރި މުއްދަތުގައި ކުރި ކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލި ކަމަކަށް، މި ގާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން ޒިންމާވާންވާނެއެވެ.
123 ވަނަ މާއްދާ - ޑިރެކްޓަރުންގެ ދަފްތަރު
(ހ) ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރެއް، ކުންފުނީގެ އޮފީހުގައި ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ޑިރެކްޓަރުންގެ ނަމާއި، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ނުވަތަ ދިވެހި ރައްޔިތެއް ނޫންނަމަ، ގައުމީ ނިސްބަތާއި ޕާސްޕޯޓްނަންބަރު؛
- ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރެވުނު ތާރީހް؛
- ކުންފުނީގެ އެއްވެސް ހިއްސާއެއް އޮތް ފަރާތެއްނަމަ، އެކަމުގެ މައުލޫމާތު؛
- ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރެވުނު ނުވަތަ އިންތިހާބުކުރެވުނު ތާރީހާއި، މަގާމުން ވަކިކުރެވުނު ނުވަތަ ވަކިވި ތާރީހް؛ އަދި
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކުރެވުނު އެންމެހައި ފަރާތްތަކުގ،ެ މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ މައުލޫމާތު.
(ނ) ކުންފުންޏަކީ، އެންމެ ޑިރެކްޓަރަކު ހިމެނޭ ކުންފުންޏެއް ކަމަށްވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ދަފްތަރުގައި، ކުންފުނީގެ ހަމައެކަނި ޑިރެކްޓަރުގެ މައުލޫމާތުގެ އިތުރުން، އެ ކުންފުންޏަކީ ހަމައެކަނި އެންމެ ޑިރެކްޓަރެއް ހިމެނޭ ކުންފުންޏެއްކަމަށް ބަޔާންކުރަންވާނެއެވެ.
124 ވަނަ މާއްދާ - ޑިރެކްޓަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ
(ހ) މި ގާނޫނުގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން،ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރެއް ބަލަހައްޓައި، ކުންފުނީގެ ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް، އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދަފްތަރުގައި ރަޖިސްޓަރީކޮށް ބެލެހެއްޓުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވެއްޖެނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
125 ވަނަ މާއްދާ - ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް ރަޖިސްޓްޓްރާރަށް އެންގުން
(ހ) ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުރި ފަރާތަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ،އެ ބަދަލެއް ގެންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި ބަދަލު ގެނެވުނު ފަރާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅުމެއް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އަލަށް އައްޔަންކުރެވުނު ނުވަތަ ކަނޑައެޅުނު ފަރާތްތަކުގެ ނަން، ދާއިމީ އެޑްރެސް، ސަރވިސް އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ދިވެހި ރައްޔިތެއް ނޫންނަމަ، ގައުމީ ނިސްބަތާއި އެ ގައުމަކުން ދޫކޮށްފައިވާ ޕާސްޕޯޓް ނަންބަރު ނުވަތަ ނޭށަނަލް އައިޑެންޓިފިކޭށަން ނަންބަރު؛
- ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެނޭޖިންގ ޑިރެކްޓަރު އައްޔަންކުރުމަށް، ނުވަތަ ކަނޑައެޅުމަށް، ނުވަތަ ވަކިކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ގަރާރު؛
- ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އަލަށް އައްޔަންކުރެވުނު ނުވަތަ ކަނޑައެޅުނު ފަރާތ،ް އެ މަގާމު ގަބޫލުކުރާކަމަށާއި، އޭނާއަކީ މި ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރުކަމުގެ ށަރުތު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިގުރާރު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ގެނެވުނު ބަދަލ،ު މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެކަށީގެންވާ މުއްދަތެއް، ކުންފުންޏަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ ޑިރެކްޓަރުންނަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި މި ގާނޫނުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށްވާނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.
126 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަންކުރުމަށް ރަޖިސްޓްރާރ އެންގުން
(ހ) އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި، މި ގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން އައްޔަންކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓްރާރ ކުންފުންޏަށް އެންގުމެއް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުންޏަށް ޑިރެކްޓަރުން އައްޔަންކޮށް، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.
(ށ) އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި، މި ގާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖިންގ ޑިރެކްޓަރެއް ނެތްނަމަ، ނުވަތަ މެނޭޖިންގ ޑިރެކްޓަރެއް ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ މެނޭޖިންގ ޑިރެކްޓަރު އައްޔަންކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި ރަޖިސްޓްރާރ އެފަދައިން ކުންފުންޏަށް އެންގުމެއް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށް، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
127 ވަނަ މާއްދާ - ޑިރެކްޓަރުން އައްޔަންކުރުމަށް ކޯޓަށް ހުށަހެޅުން
(ހ) އެއްވެސް ކުންފުންޏެއްގައި، މި ގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، އަދި މި ގާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތަށް ޑިރެކްޓަރުން އައްޔަންކުރެވެން ނެތްނަމަ، ކުންފުނީގެ ކޮންމެ މެންބަރަކަށް، ނުވަތަ ކްރެޑިޓަރަކަށް، ކުންފުނީގެ ޑިރެކްޓަރަކު އައްޔަންކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި، ކުންފުނީގެ މެންބަރަކު ނުވަތަ ކްރެޑިޓަރަކު، ކޯޓަށް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެކަމަކީ ކުންފުނީގެ މަސްލަހަތުގައިވާ ކަމެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެގޮތުން ކޯޓުން ކުންފުންޏަށް ޑިރެކްޓަރަކު އައްޔަންކުރާއިރު، ކޯޓުން ކަނޑައަޅާ
މުއްދަތަކަށް، ނުވަތަ ށަރުތުތަކަކާއެކު ޑިރެކްޓަރަކު އައްޔަންކުރުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
ޑިރެކްޓަރުންގެ ބާރާއި، ގާނޫނީ ޒިންމާއާއި، މަސްއޫލިއްޔަތު
128 ވަނަ މާއްދާ - ކުންފުނި ހިންގުން
(ހ) ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، މި ގާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންގެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި ގާނޫނާއި، ކުންފުނީގެ ދުސްތޫރުން ލާޒިމުކުރާ ބާރުތައް ފިޔަވައި،ކުންފުނީގެ އެންމެހައި ބާރުތައް ޑިރެކްޓަރަކު ތަންފީޒުކުރަންވާނީ،ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އެ ދުސްތޫރުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައެވެ.
129 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެހެން ފަރާތަކާ ހަވާލުކުރުން
(ހ) ކުންފުނީގެ ދުސްތޫރުން މަނާނުކުރާހާ ހިނދަކު، ކުންފުނީގެ ޑިރެކްޓަރުންގެ ބާރުތަކާއި، ޒިންމާތަކާއި، މަސްއޫލިއްޔަތުތައް،ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، ޑިރެކްޓަރުންގެ ކޮމިޓީއަކާ، ނުވަތަ ވަކި ޑިރެކްޓަރަކާ، ނުވަތަ ކުންފުނީގެ މުވައްޒަފަކާ ހަވާލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރުންގެ ބާރުތަކާއި، ޒިންމާތަކާއި، މަސްއޫލިއްޔަތުތައް، ވަކި ފަރާތަކާ ހަވާލުކުރެވުނުކަމުގައިވީ ނަމަވެސް، އެ ފަރާތަކުން ކުރި އަމަލުތަކަކީ، ޑިރެކްޓަރުންގެ އަމަލުތަކެކޭ އެއްފަދައިން ޑިރެކްޓަރުން އެ އަމަލުތަކަށް ޒިންމާވާންޖެހޭނެ އަމަލުތަކެކެވެ.
130 ވަނަ މާއްދާ - ޑިރެކްޓަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނެ ގޮތް
(ހ) ކުންފުނީގެ ޑިރެކްޓަރުން އެ މީހުންގެ ބާރުތަކާއި ޒިންމާތައް އަދާކުރަންވާނީ، އެއާ އެއްފަދަ ހާލަތްތަކުގައި ސަބަބުވެރި އިންސާނަކު އެފަދަ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންކުރާނެފަދަ ހުނަރާއި ފަރުވާތެރިކަން ބަހައްޓައިގެންނެވެ. އަދި ކުންފުނީގެ ޑިރެކްޓަރުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- ޖުމްލަކޮށް ކުންފުނީގެ އެންމެހައި މެންބަރުންގެ ލާބަޔާއި މަންފާއަށްޓަކައި، ހެޔޮ ނިޔަތާއެކު، ކުންފުންޏަށް އެންމެ ފައިދާހުރި ގޮތުގައި ކުންފުނި ކުރިއެރުވުމަށް މަސައްކަތްކުރުން؛
- އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު ނިންމުންތައް ނިންމުން؛
- މަސްލަހަތު ފުށުއަރާފަދަ އެންމެހައި ކަންކަމާ ދުރުހެލިވުން؛
- ތިންވަނަ ފަރާތަކުން އެއްވެސް މަންފާއެއް ލިބިގަނެގެން ނުވުން؛
- ކުންފުނީގެ ފަރާތުން ކުރާ އެއްވެސް މުއާމަލާތެއްގައި އަމިއްލަ މަސްލަހަތެއްވާނަމަ އެކަން ހާމަކުރުން؛
- ގުޅުންހުރި އެންމެހައި ފަރާތްތަކުގެ (ސްޓޭކްހޯލްޑަރުން) މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު އަމަލުކުރުން؛
- ހާމަކުރުން މުހިންމު މައުލޫމާތު ސައްހަކަމާއެކުގައި އެކަށީގެންވާ އަވަސް މިނެއްގައި ހާމަކުރުން؛
- ކުންފުނީގެ މެންބަރުންނަށް ޖަވާބުދާރީވުން؛ އަދި
- ކުންފުންޏާގުޅޭ އެންމެހައި ނިންމުންތައް ނިންމުމުގައި އަމަލުކުރަންޖެހޭ އަހްލާގީ އަދި ސުލޫކީ މިންގަނޑަށް ރިއާޔަތްކުރުން.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ތިންވަނަ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ކުންފުނި ފިޔަވައި އެހެން ގާނޫނީ ށަހްސެއް، ނުވަތަ ކުންފުނި، ނުވަތަ ގާނޫނީ ށަހްސު ތަމްސީލުކުރާ އެއްވެސް ފަރާތަކަށެވެ.
131 ވަނަ މާއްދާ - ނަހަމަ ގޮތުގައި މައުލޫމާތު ބޭނުންނުކުރުން
ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު އެ ފަރާތަށް ނުވަތަ އެހެން ފަރާތަކަށްވެސް ފައިދާއެއް ހޯދުމަށް ނުވަތަ ކުންފުންޏަށް ގެއްލުމެއްދިނުމުގެ ގޮތުން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ. އެ ޒިންމ،ާ އެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުކަމުން ވަކިވުމަށްފަހުގައިވެސް ދެމިގެންދާނެއެވެ.
132 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގެ ޒިންމާ
ކުންފުނީގެ ޑިރެކްޓަރަކީ ކުންފުންޏާ ގުޅުންހުރި އެހެން އެއްވެސް ކުންފުންޏެއްގެ މެންބަރެއްގެ ހައިސިއްޔަތުން އެކަށީގެންވާ މަސްލަހަތެއް އޮތްކަމަށް ބެލެވޭ ފަރާތެއްނަމަ، މަސްލަހަތު ފުށުއެރުމުން އެއްކިބާވުމުގެ ގޮތުން އެކަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހާމަކުރަންވާނެއެވެ.
133 ވަނަ މާއްދާ - ދެމިގެންދާ ޒިންމާ
މި ގާނޫނުގެ ތޭރަވަނަ ބާބުގެ ދަށުން ކުންފުންޏެއް އުވާލެވުނުކަމުގައިވީ ނަމަވެސް، އެ ކުންފުންޏެއްގެ ޑިރެކްޓަރުން އަދާކުރަން އޮތް ޒިންމާއެއް ދެމިގެންދާނެއެވެ. އަދި، އެފަދަ ހާލަތްތަކުގައި އެ ޑިރެކްޓަރަކު ފުރިހަމަކުރަންޖެހޭ ޒިންމާތައް ފުރިހަމަކުރަންދެން އެ ފަރާތެއްގެ އެ ޒިންމާ ދެމިގެންދާނެއެވެ.
134 ވަނަ މާއްދާ - ލޯނާއި ގެރެންޓީ ދޫނުކުރުން
(ހ) ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏަކުން، އެ ކުންފުނީގެ ޑިރެކްޓަރަކަށް ނުވަތަ ޑިރެކްޓަރެއްގެ ހިއްސާ އޮތް ކުންފުންޏަކަށް، ނުވަތަ އެހެން ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަގާމު ފުރާ އެއްވެސް ޑިރެކްޓަރަކަށް، އެއްވެސް ބާވަތެއްގެ ލޯނެއް ނުވަތަ ލޯނަކަށް ގެރެންޓީއެއް ދޫކޮށްގެން ނުވާނެއެވެ.
(ށ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކިންގ ނުވަތަ މާލީ ހިދުމަތް ދިނުމަށް ދޫކުރާ ހުއްދަ ލިބިގެން ހިންގާ ކުންފުނިތައް، މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.
135 ވަނަ މާއްދާ - ޑިރެކްޓަރުގެ މަގާމު ގެއްލުމުގެ ސަބަބުން ބަދަލުދިނުން މަނާވުން
(ހ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، ކުންފުނީގެ ޑިރެކްޓަރަކު އެއްވެސް ސަބަބަކާހުރ،ެ މަގާމުން ވަކިކުރުމުގެ ސަބަބުން ނުވަތަ ވަކިވުމުގެ ސަބަބުން، އެކަމުގެ ނުވަތަ އެކަމާ ގުޅުންހުރި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ނުވަތަ އެކަމުގެ މުގާބިލެއްގެ
ގޮތުގައި، ކުންފުނިން ނުވަތަ ކުންފުނީގެ އެއްވެސް ސަބްސިޑިއަރީ ކުންފުންޏަކުން، އެ ފަރާތަކަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ މަންފާއެއް ދިނުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ މެންބަރުންގެ ޖަލްސާއެއްގައި، އެ އަކުރުގައި ބަޔާންކުރާ ގެއްލުމުގެ ބަދަލު ނުވަތަ އެނޫންވެސް މުގާބިލެއްގެ މައުލޫމާތާއި، ފައިސާގެ އަދަދާއި އެނޫންވެސް ތަފްސީލު މެންބަރުންނަށް ދިނުމަށްފަހު، މެންބަރުންގެ ރުހުން ހޯދައި، އެފަދަ ފައިސާއެއް ނުވަތަ މާލީ މަންފާއެއް ޑިރެކްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށް ދެވިދާނެއެވެ.
(ނ) އަންނަނިވި ކަންކަން، މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.
- ކުންފުނީގެ މެންބަރުންނަށް އެ އެއްބަސްވުމެއްގެ ތަފްސީލު ހުށަހަޅައި، މެންބަރުންގެ ހާއްސަ ގަރާރަކުން ފާސްކޮށްގެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެވޭ ފައިސާ؛
- ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން،އެ ފަރާތެއް ކުންފުންޏަށް ހިދުމަތްކުރި ނިސްބަތަށް ރިއާޔަތްކުރެވިގެން ދެވޭ ޕެންށަން، ނުވަތަ ރިޓަޔަރމަންޓް އެލަވަންސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފުނުވާނަމަ، އެ ފައިސާ؛ ނުވަތަ
- ކުންފުނީގެ ޑިރެކްޓަރަކަށްވުމުގެ ކުރިން، ކުންފުންޏާއި އެ ފަރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކުރުމުގެ މުގާބިލެއްގެ ގޮތުން ދެވޭ ފައިސާ.
ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި ނިންމުންތައް
136 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް
(ހ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް، ކޮންމެ އަހަރަކު މަދުވެގެން 4 (ހަތަރެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ޑިރެކްޓަރެއްގެ އެދުމުގެމަތިން ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކަށް ކިޔަންވާނީ ކުންފުނީގެ އެހެން ޑިރެކްޓަރުންނަށް ވަކިވަކިން އެކަށީގެންވާ މުއްދަތަކަށް ނުވަތަ ހިންގާ ގަވާއިދުގައި ބަޔާންކުރާ މުއްދަތަށް ނޯޓިސްދިނުމަށް އެދި އެ ޑިރެކްޓަރަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަނަށް ހުށަހެޅުމަށް ފަހުގައެވެ.
137 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން
(ހ) ކުންފުނީގެ ދުސްތޫރުން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމަށްޓަކައި، މެނޭޖިންގ ޑިރެކްޓަރު ފިޔަވައި އެހެން ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރަކު، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި، ކުންފުނީގެ މެންބަރުންގެ ނިންމުމަކުން ކަނޑައެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންއަކީ، ކުންފުނީގެ މެންބަރުންގެ ބައްދަލުވުންތަކުގެވެސް ރިޔާސަތު ބަލަހައްޓާ ފަރާތެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗެއަރޕަރސަންގެ ޒިންމާއަކީ، ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެނޭޖިންގ ޑިރެކްޓަރު ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، މެންބަރުންގެ ޖަލްސާތައް ބޭއްވުމާއި، ޖަލްސާތަކުގެ އެޖެންޑާއާ އެއްގޮތަށް ކަންކަން ކުރިއަށްދާކަމާއި، ޖަލްސާގައި ޑިރެކްޓަރުންނަށް މަށްވަރާކުރުމުގެ ފުރުސަތު ކަށަވަރުކުރުމެވެ.
(ރ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި ޗެއަރޕަރސަން ހާޒިރުވެ ހުރިނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ ޗެއަރޕަރސަނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކަށް ޗެއަރޕަރސަން ހާޒިރުވެ ނެތްނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށްޓަކައި ހާޒިރުވެ ތިބި ޑިރެކްޓަރުންގެ ތެރެއިން ޑިރެކްޓަރެއް އައްޔަންކުރެވިދާނެއެވެ.
(ބ) އެންމެ ޑިރެކްޓަރެއްގެ މައްޗަށް އެކުލެވޭ ކުންފުނި، މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.
138 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ގާނޫނީ އަދަދު
(ހ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގެ ގާނޫނީ އަދަދަކީ، އެ ވަގުތަކު ކުންފުނީގައި ތިބި ޑިރެކްޓަރުންގެ އަދަދުގެ 50%)ފަންސާސް އިންސައްތަ( އަށްވުރެ އިތުރު އަދަދެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގާނޫނީ އަދަދުގެ ގޮތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށްވުރެ އިތުރު އަދަދެއް ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ) އެންމެ ޑިރެކްޓަރެއްގެ މައްޗަށް އެކުލެވޭ ކުންފުނި، މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.
139 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ނިންމުންތައް
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި، ހާޒިރުވެ ތިބި ކޮންމެ ޑިރެކްޓަރަކަށް ދެވޭނީ 1 (އެކެއް) ވޯޓެވެ.
(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި، ޑިރެކްޓަރުންގެ ނިންމުމެއް ނިންމޭނީ، އެ ޖަލްސާއަށް ހާޒިރުވި ޑިރެކްޓަރުންގެ އަގުލަބިއްޔަތުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގައި ނޫންގޮތަކަށް، ކުންފުނީގައި އެ ވަގުތަކު ތިބި ޑިރެކްޓަރުންގެ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު ޑިރެކްޓަރުންގެ އަގުލަބިއްޔަތުން، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނިންމިދާނެއެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއް ނިންމުމަށް ބޭނުންވާ އެންމެ މަދު އަދަދުގެ ގޮތުގައި، އެ އަކުރުތަކުގައި ބަޔާންކުރާ އަދަދަށްވުރެ އިތުރު އަދަދެއް، ކުންފުނީގެ ހިންގާ ގަވާއިދުގައި ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) މި ގާނޫނުގައި ޑިރެކްޓަރުން ނިންމަންޖެހޭ ކަމެއްކަމަށް ބަޔާންކުރާ ކޮންމެ ކަމެއްގައި، އެންމެ ޑިރެކްޓަރަކު ހުންނަ ކުންފުންޏަކުން، އެ ޑިރެކްޓަރަކު ސޮއިކުރާ ގަރާރަކީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމެއްކަމަށް ބެލެވޭނެއެވެ.
140 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ޖަލްސާ ބޭއްވުމާއި ނިންމުންތައް ނިންމުން
ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅައި ބަޔާންކުރާ ގޮތެއްގެމަތިން، އިލެކްޓްރޯނިކް ޒަރީއާއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް ބޭއްވުމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުންތައް ނިންމުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ނުވަވަނަ ބާބު
ކުންފުނީގެ ސެކްރެޓަރީ
141 ވަނަ މާއްދާ - ކުންފުނީގެ ސެކްރެޓަރީ
(ހ) ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް، ސެކްރެޓަރީއެއް ހުންނަންވާނެއެވެ.
(ށ) ކުންފުނީގެ ސެކްރެޓަރީއަކީ ކުންފުނީގެ އޮފިސަރެކެވެ. އަދި ކުންފުނީގެ ސެކްރެޓަރ،ީ މި ގާނޫނުގެ ދަށުން ސެކްރެޓަރީގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންތައްތަކަށް ތަބާވާންވާނެއެވެ.
142 ވަނަ މާއްދާ - ސެކްރެޓަރީގެ ށަރުތުތައް
ކުންފުނީގެ ސެކްރެޓަރީގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ކުންފުނީގެ ސެކްރެޓަރީއަކީ ފަރުދެއްނަމަ، އަންނަނިވި ކަންކަން ފުރިހަމަވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛
- އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއްކަމުގައިވުން؛
- ކުންފުނީގެ ޑިރެކްޓަރެއްކަމުގައި ނުވުން؛ އަދި
- މި ގާނޫނުގެ 115 ވަނަ މާއްދާގައި، ކުންފުނީގެ ޑިރެކްޓަރުންގެ ށަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހެއްކަމުގައިވުން.
(ށ) ކުންފުނީގެ ސެކްރެޓަރީއަކީ ފަރމެއްނަމަ، އަންނަނިވި ކަންކަން ފުރިހަމަވުން؛
- ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ލޯ ފަރމެއް ނުވަތަ އެކައުންޓެންސީ ފަރމެއް ނުވަތަ އޮޑިޓް ފަރމެއްކަމުގައިވުން؛
- ބޭންކްރަޕްސީ އިއުލާންކޮށްފައިވާ ފަރމެއް ނުވަތަ އުވާލުމަށް ކަނޑައަޅާފައިވާ ފަރމެއްކަމުގައި ނުވުން.
143 ވަނަ މާއްދާ - ސެކްރެޓަރީގެ ޒިންމާތައް
އަންނަނިވި ކަންކަން ކުރުމަކީ ކުންފުނީގެ ސެކްރެޓަރީގެ ޒިންމާއެކެވެ.
(ހ) ކުންފުނި ހިނގަމުންދަނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ކުންފުނީގެ ދުސްތޫރާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން؛
(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ގާނޫނީ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން އަންގައިދިނުމާއި އެކަމަށް މަގުދައްކައިދީފައިވާކަން ކަށަވަރުކުރުން؛
(ނ) ޑިރެކްޓަރުންގެ ބޯޑުގެ އަދި، ޑިރެކްޓަރުންގެ ބޯޑުގެ އިރުށާދުގެ ދަށުން، އާންމު ޖަލްސާތައް އިންތިޒާމުކޮށް، ރާވައި، ހިންގައި، ބެލެހެއްޓުން؛
(ރ) ޑިރެކްޓަރުންގެ ބޯޑުގ،ެ އަދި އާންމު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
(ބ) ކުންފުނީގ،ެ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގ،ެ ނުވަތަ މެންބަރުންގެ ނިންމުމެއް ސާބިތުކޮށްދިނުމަށް، ނުވަތަ ކަށަވަރުކުރުމަށް، ނުވަތަ ކަނޑައެޅުމަށް ކޮންމެހެން ބޭނުންވާ އެހެނިހެން ލިޔެކިޔުމުގައި ސޮއިކޮށް ފޯރުކޮށްދިނުން؛
(ޅ) ރަޖިސްޓްރާރަށް ހުށަހެޅުމަށް ގާނޫނުން ލާޒިމުކުރާ ލިޔެކިޔުން ތައްޔާރުކޮށް، ޑިރެކްޓަރުންގެ ބޯޑުގެ އިރުށާދުގެ ދަށުން ހުށަހެޅުން؛
(ކ) ކުންފުންޏާ ގުޅޭގޮތުން، މި ގާނޫނުގައި ބަޔާންކުރާ ކަންކަމުގައި، ރަޖިސްޓްރާރާ މުއާމަލާތްކުރުން؛
(އ) މި ގާނޫނުގެ ދަށުން ބަލަހައްޓަންޖެހޭ ކުންފުނީގެ ދަފްތަރުތަކާއި ރިކޯޑުތައް، އަދި އެހެނިހެން ލިޔެކިޔުން ތައްޔާރުކޮށް ބެލެހެއްޓުން.
144 ވަނަ މާއްދާ - ސެކްރެޓަރީ އައްޔަން ކުރުމާއި ވަކިކުރުން
(ހ) ކުންފުނީގެ ސެކްރެޓަރީ އައްޔަންކޮށް، ވަކިކުރާނީ، ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
(ށ) ކުންފުނީގެ ފުރަތަމަ ސެކްރެޓަރީ އައްޔަންކުރެވޭނީ، ކުންފުނި ރަޖިސްޓަރީކުރެވޭ ވަގުތުން ފެށިގެންނެވެ. އެފަދައިން ކުންފުނި ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި އައްޔަންކުރާކަމަށް ބަޔާންކުރާ ފަރާތ،ް ކުންފުނި ރަޖިސްޓަރީވުމާއެކު ކުންފުނީގެ ފުރަތަމަ ސެކްރެޓަރީގެ ގޮތުގައި އައްޔަންކުރެވުނީކަމުގައި ބެލެވޭނެއެވެ.
145 ވަނަ މާއްދާ - ސެކްރެޓަރީ ބަދަލުވުމުން ރަޖިސްޓްޓްރާރަށް އެންގުން
(ހ) ކުންފުނީގެ ސެކްރެޓަރީއަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް ގެންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި ގެނެވުނު ބަދަލުގެ މައުލޫމާތު،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން،ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް މައުލޫމާތު ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ސެކްރެޓަރީގެ ގޮތުގައި އަލަށް އައްޔަންކުރެވުނު ފަރާތުގެ ނަން، ދާއިމީ އެޑްރެސް، ސަރވިސް އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރު، ނުވަތަ ދިވެހި ރައްޔިތެއް ނޫންނަމަ، ގައުމީ ނިސްބަތާއި އެ ގައުމަކުން ދޫކޮށްފައިވާ ޕާސްޕޯޓް ނަންބަރު ނުވަތަ ނޭށަނަލް އައިޑެންޓިފިކޭށަން ނަންބަރު؛
- ކުންފުނީގެ ސެކްރެޓަރީ ބަދަލުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުން އެކުލެވޭ ގަރާރު؛
- ސެކްރެޓަރީގެ ގޮތުގައި އަލަށް އައްޔަންކުރެވުނު ފަރާތ،ް އެ މަގާމު ގަބޫލުކުރާކަމަށާއި، އެއީ މި ގާނޫނުގެ 115 ވަނަ މާއްދާގައި ބަޔާންކުރާ ޑިރެކްޓަރުކަމުގެ ށަރުތު ފުރިހަމަވާ މީހެއްކަމަށް ބަޔާންކޮށް، ނޯޓަރައިޒްކޮށްފައިވާ އިގުރާރު؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއްގެ ސެކްރެޓަރީއަށް ގެނެވުނު ބަދަލ،ު މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެކަށީގެންވާ މުއްދަތެއް، ކުންފުންޏަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެ މުއްދަތުގައި އަމަލު ކޮށްފައިނުވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް،ސެކްރެޓަރީއަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެ ބަދަލަކީ މި ގާނޫނުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށްވާނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.
146 ވަނަ މާއްދާ - ސެކްރެޓަރީ އައްޔަންކުރުމަށް ރަޖިސްޓްޓްރާރ އެންގުން
(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގައި ސެކްރެޓަރީއެއް ނެތްނަމަ، ނުވަތަ ސެކްރެޓަރީއެއް ނެތްކަން އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފިނަމަ، ސެކްރެޓަރީއެއް އައްޔަންކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓްރާރ ކުންފުންޏަށް އެންގުމެއް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ސެކްރެޓަރީއެއް އައްޔަންކޮށް، މި ގާނޫނުގެ 145 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
ދިހަވަނަ ބާބު
ކުންފުނީގެ ރައުސްމާލ،ު ހިއްސާ އަދި ޑިބެންޗަރ
ހިއްސާގެ ރައުސްމާލު
147 ވަނަ މާއްދާ - ހިއްސާ
ކުންފުނީގެ ކޮންމެ ހިއްސާއަކީ، އެ ހިއްސާގެ މިލްކުވެރި މެންބަރުގެ އުފުލޭ މުދަލެކެވެ. އަދި ކުންފުނީގެ ދުސްތޫރުގައި ހުއްދަކޮށްފައިވާ ގޮތެއްގެމަތިން، އަދި މި ގާނޫނުގެ 163 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، އެ ހިއްސާއެއް ވިއްކައި، އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކޮށް، ނަގުލު ކުރެވިދާނެއެވެ.
148 ވަނަ މާއްދާ - ޖޮއިންޓް ށެއަރހޯލްޑިންގ
ކުންފުނީގެ ހިންގާ ގަވާއިދުގައި މަނާކޮށްފައިނުވާނަމަ، ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ބައިވެރިވެގެން ހިއްސާއެއް މިލްކުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައި، ކުންފުނީގެ ހުރިހާ ބޭނުމަކަށްވެސް އެ ހިއްސާއެއް ތަމްސީލުކުރާނީ އެ ބައެއްގެ ތެރެއިން ކޮންމެވެސް އެކަކެވެ.
149 ވަނަ މާއްދާ - ހިއްސާގެ އަގު
(ހ) ހިއްސާގެ އަސްލު އަގަކީ، ހިއްސާގެ މޫނުމަތީ އަގުކަމަށް ހިއްސާގެ ސެޓްފިކެޓުގައި ބަޔާންކޮށްފައިވާ އަގެވެ.
(ށ) ކުންފުންޏެއްގެ ހިއްސާއެއް، އެ ހިއްސާގެ މޫނުމަތީ އަގަށްވުރެ ދަށް އަގެއްގައި އެ ކުންފުންޏަކުން ވިއްކައިގެން ނުވާނެއެވެ.
150 ވަނަ މާއްދާ - ޑިވިޑެންޑް
(ހ) ޑިވިޑެންޑަކީ، ކުންފުނީގެ ދުސްތޫރުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، ކުންފުންޏެއްގެ ފައިދާއިން ކުންފުނީގެ މެންބަރުންނަށް ބަހަން ނިންމާ އަދަދެކެވެ.
(ށ) ހިއްސާގެ ފައިދާ ބަހަންވާނީ ކުންފުނިން ހަމައެކަނި ވިޔަފާރިކޮށްގެން ލިބިފައިވާ ފައިދާގެ ތެރެއިންނެވެ.
(ނ) ހިންގާ ގަވާއިދުގައި، މެންބަރުންނަށް ޑިވިޑެންޑް ބެހުމާގުޅޭ، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ފައިދާ ދޫކުރާނެ މުއްދަތު ނުވަތަ ވަގުތާބެހޭ ކަންކަން؛
- ފައިދާ ދޫކުރާނީ، ފައިސާގެ ގޮތުގައި، ނުވަތަ ހިއްސާއެއްގެ ގޮތުގައި، ނުވަތަ އޮޕްށަންތަކެއްގެ ގޮތުގައި، ނުވަތަ މުދަލެއް ބަދަލުކުރެވޭ ގޮތަށްކަން؛
- އިންޓެރިމް ޑިވިޑެންޑް ބެހުމާގުޅޭ ކަންކަން؛ އަދި
- ޑިވިޑެންޑް ބެހުމުގައި އަމަލުކުރާނެ ގޮތ،ް އަދި ޑިވިޑެންޑް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެމަތިން ޑިވިޑެންޑް ބަލައިގަނެފައިނުވާނަމަ ކުންފުނިން އަމަލުކުރާނެ ގޮތް.
(ރ) ޑިވިޑެންޑްގެ މައްޗަށް އިންޓްރެސްޓެއް އިތުރެއް ނުކުރެވޭނެއެވެ.
ހިއްސާގެ ގިންތިތަކާއި، ތަފާތު ގިންތިތަކުގެ ހައްގުތައް
151 ވަނަ މާއްދާ - ހިއްސާގެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރުމާއި ބާތިލުކުރުން
(ހ) ކުންފުނީގެ ހިންގާ ގަވާއިދުގައި، ހިއްސާގެ ގިންތިތަކާއި، އެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރާނެ ނުވަތަ ބާތިލުކުރާނެ އިޖުރާއަތު ބަޔާންކުރަންވާނެއެވެ.
(ށ) ވަކި ގިންތިއެއްގެ ހިއްސާއަކާގުޅޭ ހައްގުތައް ބަދަލުކުރަން ނުވަތަ ބާތިލުކުރަން ކުންފުނިން ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އެ ހިއްސާގެ ގިންތީގެ މެންބަރުންނަށް އަންގަންވާނެއެވެ.
(ނ) ކުންފުނީގެ ހިންގާ ގަވާއިދުގައި، ހިއްސާގެ ގިންތިތަކުގެ ހައްގުތައް ބަދަލުކުރާނެ ނުވަތަ ބާތިލުކުރާނެ އިޖުރާއަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، ހިއްސާގެ ގިންތިތަކުގެ ހައްގުތަކަށް ބަދަލު ގެނެވޭނީ ނުވަތަ ބާތިލުކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ފާސްކުރެވިފައިވާ، ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުންނެވެ.
- އެ ހިއްސާގެ ގިންތީގެ، މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ރުހުން ލިޔުމުން ދިނުމުން؛ ނުވަތަ
- އެ ހިއްސާގެ ގިންތީގ،ެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހިއްސާ ތަމްސީލުކުރާ މެންބަރުންގެ ރުހުން ދިނުމުން.
(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިއްސާގެ ގިންތިތަކުގެ ހައްގުތަކަށް ގެނެވިފައިވާ ބަދަލަށް އެއްބަސްނުވާ ނުވަތަ ވޯޓު ނުދޭ އެ ގިންތިއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން މަދުވެގެން %15 (ފަނަރަ އިންސައްތަ) މެންބަރުންނަށް،ހިއްސާގެ ގިންތިތަކުގެ ހައްގަށް ގެނައި ބަދަލު ބާތިލުކުރުމަށް ކޯޓަށް ހުށަހެޅިދާނެއެވެ.
ހިއްސާގެ ރައުސްމާލު ބަދަލުކުރުން
152 ވަނަ މާއްދާ - ރައުސްމާލު އިތުރުކުރުން
ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި، ކުންފުނީގެ ހިއްސާގެ ރައުސްމާލު އިތުރުކުރެވިދާނެއެވެ.
153 ވަނަ މާއްދާ - ރައުސްމާލު މަދުކުރުން
(ހ) ކުންފުންޏަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ރައުސްމާލު ހުރެއްޖެނަމަ، އެހެން ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭ ގޮތަށް،ކުންފުނީގެ މެންބަރުންގެ ހާއްސަ ގަރާރަކުން ނިންމައި، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ރައުސްމާލު މަދުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ މެންބަރުންގެ ނިންމުމަކުން ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމައި ރަޖިސްޓްރާރަށް ހުށަހެޅުމުން، ރަޖިސްޓްރާރ އާންމުކޮށް ކުރާ އިއުލާނަކުން، ކުންފުނީގެ އެ ބަދަލަށް އެއްވެސް ކްރެޑިޓަރެއް، ނުވަތަ ކުންފުނީގެ އެއްވެސް މެންބަރެއް ނުވަތަ ކުންފުންޏާ ގުޅުންހުރި އެނޫންވެސް ފަރާތެއްގެ އިއުތިރާޒެއް އޮތްތޯ ކަށަވަރުކުރަންވާނެއެވެ. އަދި އެފަދައިން ކުރާ އިއުލާންގައި، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، އެ އަކުރުގައި ބަޔާންކުރާ މުއްދަތުގައި އެއްވެސް ފަރާތަކުން ރަޖިސްޓްރާރަށް އިއުތިރާޒެއް ހުށަހަޅާފައިނުވާނަމަ، ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމި ނިންމުން، މި ގާނޫނުގެ 154 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރަންވާނެއެވެ.
154 ވަނަ މާއްދާ - ރައުސްމާލު ބަދަލުކުރާ ކުރުން ރަޖިސްޓްޓްރާރަށް އެންގުން
(ހ) މި ގާނޫނުގެ 152 ވަނަ މާއްދާއާއި 153 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ރައުސްމާލަށް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް ގެންނަތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅުމެއް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ ރައުސްމާލު އިތުރުކުރުމަށް ނުވަތަ މަދުކުރުމަށް ކުންފުނީގެ މެންބަރުން ނިންމި ނިންމުން އެކުލެވޭ ހާއްސަ ގަރާރު؛
- ރައުސްމާލަށް ގެނައި ބަދަލުގެ ތަފްސީލު؛
- ރައުސްމާލު މަދުކުރިކުރުން ރަޖިސްޓަރީކުރަން ހުށަހަޅާނަމަ، މި ގާނޫނުގެ 228 ވަނަ މާއްދާގައި ބަޔާންކުރާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓް؛
- މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރާ ފީ؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއްގެ ރައުސްމާލަށް ގެނެވުނު ބަދަލ،ު މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ކުންފުންޏަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ ރައުސްމާލު ބަދަލުކުރިކުރުން ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެ ބަދަލަކީ، މި ގާނޫނުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށްވާނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ
ހިއްސާ އެކަށައެޅުމާއި ބަދަލުކުރުން
155 ވަނަ މާއްދާ - ހިއްސާ އެކަށައެޅުން
(ހ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް ރަޖިސްޓަރީވުމާއެކު، އެ ކުންފުނީގެ އަސާސީ ގަވާއިދުގައި، އެ ކުންފުނީގެ ހިއްސާ ނެގުމަށް އެއްބަސްވެފައިވާ ފަރާތްތަކަށް، އެ ނިސްބަތަށް، ހިއްސާ އެކަށައަޅަންވާނެއެވެ.
(ށ) ޕަބްލިކް ކުންފުނި ފިޔަވައި އެހެން ކޮންމެ ކުންފުންޏެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަ ތު ފިޔަވައި އެހެން ހާލަތްތަކުގައި، މި ގާނޫނާއި ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެމަތިން، ކުންފުނީގެ މެންބަރުންގެ ގަރާރަކުން ހުއްދަ ހޯދައިގެން، ކުންފުނީގެ ހިއްސާ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އެކަށައެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ މާއްދާތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، ކުންފުނީގެ ހިއްސާ އެކަށައެޅުމުގައި ވަކި ތަފާތު އުސޫލުތަކެއް ނުވަތަ ކުންފުނީގެ މެންބަރުންގެ ހުއްދަ ހޯދުމަށް ށަރުތުކޮށް، ކުންފުނީގެ ދުސްތޫރުގައި ކަނޑައަޅައި ބަޔާންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
156 ވަނަ މާއްދާ - ހިއްސާ ނެގުމަށް ރުހުން އޮތުން
މި ގާނޫނުގެ 155 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، އެއްވެސް ފަރާތަކަށް ހިއްސާއެއް އެކަށައެޅުމުގައި ކުންފުންޏަށް، އެ ފަރާތަކަށް އޮތް އިލްތިޒާމެއް އިތުރުވާނަމަ، ނުވަތަ ކުންފުންޏަށް، އެ ފަރާތަކަށް އިތުރު އިލްތިޒާމެއް އުފަންވާނަމަ، ހިއްސާ އެކަށައަޅާ ފަރާތުގެ ރުހުން ލިޔުމުން އޮންނަންވާނެއެވެ. އަދި އެނޫން ގޮތަކަށް ހިއްސާއެއް އެކަށައަޅައިފިނަމަ، އެއީ ބާތިލު ނިންމުމެކެވެ.
157 ވަނަ މާއްދާ - މެންބަރުންގެ ދަފް ތަރުގައި ރިކޯޑުކުރުން
މި ގާނޫނުގެ 155 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައަޅައިފިނަމަ، ނުވަތަ މި ގާނޫނުގެ 163 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ބަދަލުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 167 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފިނަމަ، އެކަން މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީކުރަންވާނެއެވެ.
158 ވަނަ މާއްދާ - ހިއްސާ އެކަށައެޅުމުގެ މުގާބިލު
ކުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ކުންފުނީގެ ހިއްސާ އެކަށައެޅުމުގެ މުގާބިލު ކަނޑައަޅާނީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އަދި ހިއްސާ އެކަށައެޅުމުގެ މުގާބިލަކީ، ފައިސާ، ނުވަތަ ޕްރޮމިސަރީ ނޯޓް، ނުވަތަ ހިދުމަތުގެ އެއްބަސްވުމެއް، ނުވަތަ މުދާ،ނުވަތަ ކުންފުނީގެ އެނޫންވެސް މާލީ ޕްރޮޑަކްޓެއްކަމަށް ކަނޑައެޅިދާނެއެވެ.
259 ވަނަ މާއްދާ - މާލީ އެހީ ދިނުން މަނާކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މެންބަރުންނަށް، އެ ކުންފުނީގެ ހިއްސާ ނުވަތަ އެހެނިހެން ސެކިއުރިޓީޒް ގަތުމަށް އެއްވެސް މާލީ އެހީއެއް ދީގެން ނުވާނެއެވެ.
160 ވަނަ މާއްދާ - ހިއްސާގެ އަގު ދެއްކުމަށް އެންގުން
(ހ) ކުންފުނީގެ ހިއްސާ ނަގާފައިވާ އެއްވެސް މެންބަރަކު، އެ ހިއްސާއާ ގުޅޭގޮތުން ކުންފުންޏަށް ދައްކަންޖެހޭ އަގު ދައްކާފައިނުވާނަމަ، އެ ފައިސާ ދެއްކުމަށް، ޑިރެކްޓަރުންގެ ބޯޑުން އެންގިދާނެއެވެ.
(ށ) ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައެޅުމުގައި ވަކި ށަރުތުތަކެއްކޮށް، ވަކި ތާރީހެއްގެ ކުރިން އަގު ދެއްކުމަށް ށަރުތުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އިތުރު އެންގުމެއް އެންގުމަކާ ނުލައި، އެ ތާރީހެއްގައި ހިއްސާގެ އަގު ދެއްކުމަށް އެންގުނުކަމަށް ބެލެވިދާނެއެވެ.
(ނ) ކުންފުނީގެ ދުސްތޫރުން ހުއްދަކުރާ ގޮތެއްގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން ހިއްސާގެ އަގު ކުންފުންޏަށް ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުގެ އެންގުމެއް މެންބަރަކަށް ލިބިއްޖެނަމަ، އެ މެންބަރަކު ނަގާފައިވާ ހިއްސާގެ އަގު، އެ އެންގުމާ އެއްގޮތަށް ކުންފުންޏަށް ދައްކަންވާނެއެވެ. އަދި، ހިއްސާއެއް ނަގާފައިވަނީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކަމަށްވާނަމަ، އެ ހުރިހާ ފަރާތަކުން، ހިއްސާގެ އަގު، އެ އެންގުމާ އެއްގޮތަށް ކުންފުންޏަށް ދެއްކުމުގެ ޒިންމާ އޮންނާނެއެވެ.
161 ވަނަ މާއްދާ - ހިއްސާ އަނބުރާ އަތުލުން
(ހ) މި ގާނޫނުގެ 160 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ހިއްސާ ނަގާފައިވާ މެންބަރަކަށް، އެ ހިއްސާގެ އަގު ކުންފުންޏަށް ދެއްކުމަށް އެންގުމުން، އެ އެންގުމުގައި ބަޔާންކުރާ މުއްދަތުގައި އެ ފައިސާއެއް ކުންފުންޏަށް ދައްކާފައިނުވާނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ މެންބަރަކަށް ނޯޓިސް ދިނުމަށްފަހު، އެ ހިއްސާއެއް އަނބުރާ ކުންފުންޏަށް އަތުލެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދީ، ހިއްސާގެ އަގަށް ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބަޔާންކޮށް، އެ ފައިސާ ދެއްކުމަށް އެންގުން؛
- އެ ނޯޓިހުގެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލެވޭނެކަމަށް ބަޔާންކުރުން.
(ނ) މި މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލައިފިނަމަ، އެ އަތުލި ހިއްސާއަކީ، ކުންފުނީގެ ރައުސްމާލުން އެކަށައެޅިފައިވާ ހިއްސާގެ ތެރެއިން ވަކި ފަރާތަކަށް އެކަށައަޅާފައިނުވާ ހިއްސާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި އެ މެންބަރެއްގެ އިތުރު އެއްވެސް ހިއްސާއެއް ނެތްނަމަ، ކުންފުނީގެ މެންބަރުންގެ ދަފްތަރުން އެ ފަރާތެއް އުނިކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކުންފުނީގެ މެންބަރުކަމުން އެ ފަރާތެއް ވަކިވިކަމުގައިވީ ނަމަވެސް، އެ ފަރާތަކުން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިލްތިޒާމުން ބަރީއަވެގެނެއް ނުވާނެއެވެ. އަދި އެ ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމަށްޓަކައި އެ ފަރާތެއްގެ މައްޗަށް ދައުވާކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ ދަށުން ކުންފުނީގެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލައިފިނަމަ، މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި އެކަން ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި ގާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން، ކުންފުނިތަކުގެ ދަފްތަރުގައި އެފަދައިން ރަޖިސްޓަރީކުރުމަކީ، އެ މެންބަރެއްގެ ހިއްސާ ކުންފުންޏަށް އަނބުރާ އަތުލިކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ.
162 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމުގައި ކުންފުނީގެ މެންބަރުންނަށް ފުރަތަމަ އިހްތިޔާރު ލިބުން
ޕްރައިވެޓް ކުންފުންޏެއްގެ ދުސްތޫރުގައި އެހެން ގޮތަކަށް ކަނޑައަޅައި ބަޔާންކޮށްފައިނުވާނަމަ، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށަހަޅާ ހާލަތްތަކުގައި، ކުންފުނީގެ އެ ވަގުތަކު ތިބި މެންބަރުންގެ ތެރެއިން މެންބަރެއް ނުވަތަ މެންބަރުންތަކެއް އެ ހިއްސާ ގަތުމަށް ހުށަހަޅައި،އެ މެންބަރުން އެ ހިއްސާ ގަތުމަށް އެއްބަސްނުވާ ހާލަތެއްގައި މެނުވީ، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
163 ވަނަ މާއްދާ - އެކެއްގެ ކިބައިން އަނެކަކަށް ހިއްސާ ބަދަލުކުރުން
(ހ) ކުންފުނީގެ ދުސްތޫރު ހުއްދަކުރާ ގޮތެއްގެމަތިން، ކުންފުނީގެ މެންބަރެއްގެ ހިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭނީ،މި މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ހިއްސާ ބަދަލުކުރިކުރުން ރަޖިސްޓަރީކުރުމުންނެވެ.
(ށ) ކުންފުނީގެ މެންބަރެއްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރުމަށްޓަކައި ހިއްސާ ބަދަލުކުރިކަމުގެ ލިޔުމެއް ކުންފުނީގެ ސަރވިސް އެޑްރެހަށް ލިބުމާއެކު، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހިއްސާ ބަދަލުކުރިކުރުން ކުންފުނީގައި ރަޖިސްޓަރީކޮށް، ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުމުގައި،އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހިއްސާ އޮތް މެންބަރުގެ މައުލޫމާތު؛
- ހިއްސާ ބަދަލުކުރާ ފަރާތުގެ މައުލޫމާތު؛
- ބަދަލުކުރާ ހިއްސާތަކުގެ މައުލޫމާތާއި، ހިއްސާ ބަދަލުކުރުމުގެ މުއާމަލާތުގެ މުގާބިލުގެ މައުލޫމާތު؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން މައުލޫމާތު.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ހިއްސާ ބަދަލުކުރިކަމުގެ ލިޔުމެއް ކުންފުންޏަށް ލިބުމުން، އެކަން ކުންފުނީގައި ރަޖިސްޓަރީނުކުރުމަށް، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުގެ ގަރާރަކުން ނިންމިދާނެއެވެ. އެފަދައިން ނިންމާ ނިންމުމުގައި، ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީނުކުރުމަށް ނިންމި ސަބަބުތައް ބަޔާންކުރަންވާނެއެވެ.
- ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީކުރުން ކުންފުނީގެ ދުސްތޫރު މަނާކުރުން؛ ނުވަތަ
- ހިއްސާ ނަގާފައިވާ މެންބަރު ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ނުވަތަ ފައިސާއެއް، އެއީ ހިއްސާ ގަތުމަށް އެއްބަސްވި އެއްބަސްވުމުގެ ތެރެއިން ދައްކަންޖެހޭ ފައިސާއެއް ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް، ނުދައްކާ އޮތުން؛ ނުވަތަ
- މި ގާނޫނުގެ 162 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކޮށްފައި ނުވުން.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުންފުނިން ނިންމުމެއް ނިންމައިފިނަމަ، ކުންފުނީގެ ހިއްސާ އޮތް މެންބަރަށާއި ހިއްސާ ބަދަލުކުރި ފަރާތަށް، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކުންފުނިން އެކަން އަންގަންވާނެއެވެ. އަދި މި މާއްދާގެ (ރ) ގެ ދަށުން ނިންމި ނިންމުމުގެ ކޮޕީއެއް އެ ފަރާތްތަކަށް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ނުވަތަ (ރ) ނުވަތަ (ބ) އާ އެއްގޮތަށް ކުންފުނިން އަމަލުކޮށްފައިނުވާނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ކ) މި މާއްދާގައި ބަޔާންކުރާ ހިއްސާ ބަދަލުކުރިކަމުގެ ލިޔުން އޮންނަންވީ ގޮތުގެ އުސޫލުތަކާއި ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
164 ވަނަ މާއްދާ - ހިއްސާ ބަދަލުކުރި ވަގުތު
ކުންފުނީގެ ހިއްސާ، އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރި ވަގުތުކަމަށްވާނީ،ކުންފުނީގެ ދުސްތޫރު އެހެން ގޮތަކަށް ހުއްދަ ނުކުރާހާ ހިނދަކު، މި ގާނޫނުގެ 163 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިއްސާ ބަދަލުކުރިކަން ކުންފުނީގައި ރަޖިސްޓަރީކޮށް، ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީކުރި ވަގުތަށެވެ.
165 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމުން ސެޓްފިކެޓު ދޫކުރުން
މި ގާނޫނުގެ 155 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ހިއްސާއެއް އެއްވެސް ފަރާތަކަށް އެކަށައަޅައިފިނަމަ، ނުވަތަ މި ގާނޫނުގެ 163 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ބަދަލުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 167 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފިނަމަ، ނުވަތަ މި ބާބުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުންފުނީގެ ހިއްސާއެއް އެއްވެސް މެންބަރަކަށް އެކަށައަޅައި، މި ގާނޫނުގެ 81 ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފިނަމަ، މި ގާނޫނުގެ 86 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކަށް ކުންފުނިން ހިއްސާގެ ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.
166 ވަނަ މާއްދާ - ގާނޫނެއްގައި ބަޔާންކުރާ ގޮތުގެމަތިން ހިއްސާ ބަދަލުވުން
ކުންފުނީގެ ދުސްތޫރުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނެއްގައި ބަޔާންކުރާ ގޮތެއްގެމަތިން ކުންފުނީގެ ހިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުވެގެން ދާނެއެވެ.
167 ވަނަ މާއްދާ - ހިއްސާ ނަގުލުކުރުން
ކުންފުނީގެ މެންބަރަކު މަރުވެއްޖެނަމަ ނުވަތަ އިފްލާސްކޮށްފި ހާލަތެއްގައި، އެ މެންބަރެއްގެ ހިއްސާއާއި އެ ހިއްސާއާ ގުޅިފައިވާ ހައްގުތައް، އެ މެންބަރަކު ތަމްސީލުކުރާ ފަރާތަކަށް ނުވަތަ އެ ހިއްސާ ލިބިގަތުމުގެ ހައްގު ލިބިފައިވާ ފަރާތެއްކަމަށް ކޯޓަކުން ކަނޑައަޅާ ފަރާތަކަށް އެ ހިއްސާ ބަދަލުވިކަން، މި ގާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ.
168 ވަނަ މާއްދާ - ހިއްސާ ބަދަލުކުރާ ކުރުން ރަޖިސްޓްރާރަށް އެންގުން
(ހ) މި ގާނޫނުގެ 155 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ހިއްސާ އެއްވެސް ފަރާތަކަށް އެކަށައަޅައިފިނަމަ، ނުވަތަ މި ގާނޫނުގެ 163 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ބަދަލުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 167 ވަނަ މާއްދާގެ ދަށުން ކުންފުނީގެ އެއްވެސް މެންބަރެއްގެ ހިއްސާ ނަގުލުކޮށްފިނަމަ، ނުވަތަ މި ބާބުގެ އެހެންވެސް މާއްދާއެއްގެ ދަށުން ކުންފުނީގެ މެންބަރުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ، އެ ބަދަލެއް ގެންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ. އަދި ބަދަލު ގެނެވުނު ފަރާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހެޅުމެއް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ކުންފުނީގެ މެންބަރެއްގެ ގޮތުގައި އަލަށް ރަޖިސްޓަރީކުރެވުނު ފަރާތުގެ މައުލޫމާތާއި، އެ ފަރާތުގެ ރުހުން؛
- ކުންފުނީގެ މެންބަރުންގެ ދަފްތަރަށް ގެނެވުނު ބަދަލަކީ، މި ގާނޫނުގެ 163 ވަނަ މާއްދާގައި ބަޔާންކުރާ މުއާމަލާތެއްނަމަ، ހިއްސާ ވިއްކި ފަރާތުގެ މައުލޫމާތާއި، ހިއްސާ ބަދަލުކުރިކަމުގެ ލިޔުން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، ކުންފުނީގެ މެންބަރުންގެ ދަފްތަރަށް ގެނެވުނު ބަދަލ،ު މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ކުންފުންޏަށް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އެ މުއްދަތުގައި އަމަލުނުކުރުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުންފުނީގެ މެންބަރުންގެ ދަފްތަރަށް ގެނެވުނު ބަދަލު ބާތިލުވާނެ ކަމެއް ނޫނެވެ. އަދި އެއީ މި ގާނޫނުގެ މާއްދާތަކާއި، ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްފައިވާ ބަދަލަކަށްވާނަމަ، އޭގެ ސައްހަކަން ދެމިއޮންނާނެއެވެ.
161 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުމާ ގުޅޭ ނިންމުން ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 161 ވަނަ މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ ހިއްސާއެއް ކުންފުނިން އަނބުރާ އަތުލައިފިނަމަ، ނުވަތަ މިގާނޫނުގެ 163 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކެއްގެ ކިބައިން އަނެކަކަށް ހިއްސާ ބަދަލުކުރިކަން ކުންފުނިތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ދެކޮޅު ހަދައިފިނަމަ،ކުންފުނީގެ އެ ނިންމުމެއް ބަދަލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ލިބިއްޖެނަމަ، އެ ހިއްސާ އަނބުރާ ކުންފުންޏަށް އަތުލުމުގައި ނުވަތަ ހިއްސާ ބަދަލުކުރިކަން ރަޖިސްޓަރީކުރަން ދެކޮޅު ހެދުމުގައި ކުންފުނިން އަމަލުކޮށްފައިވަނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު،އަދި ކުންފުނީގެ ދުސްތޫރާ ހިލާފަށްކަމަށް ކޯޓަށް ފެނިއްޖެނަމަ،ކުންފުނީގެ އެ ނިންމުމެއް ބާތިލުކޮށް، ކުންފުނީގެ މެންބަރުންގެ ދަފްތަރަށް ބަދަލު ގެނައުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
170 ވަނަ މާއްދާ - ހޯލްޑިންގ ކުންފުނީގެ ހިއްސާ،ސަބްސިޑިއަރީ ކުންފުންޏަކުން ނެގުން މަނާކުރުން
(ހ) ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏަކުން، އެ ކުންފުންޏެއްގެ ހޯލްޑިންގ ކުންފުނީގެ ހިއްސާ ނެގުމަކީ މަނާކަމެކެވެ.
(ށ) ހޯލްޑިންގ ކުންފުންޏެއްގެ ހިއްސާއެއް، އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކަށް އެކަށައަޅައިފިނަމަ، އެ މުއާމަލާތަކީ ސައްހަނޫން ބާތިލު މުއާމަލާތެއްކަމުގައި ބެލޭނެއެވެ.
އާންމު ންނަށް ހިއްސާ ވިއްކުން
171 ވަނަ މާއްދާ - ޕަބްލިކް ކުންފުންޏެއްނޫން ކުންފުންޏަކުން އާންމުންނަށް ހިއްސާ ވިއްކުން މަނާވުން
(ހ) ޕަބްލިކް ކުންފުންޏެއް ނޫން ކުންފުންޏަކުން، އާންމުންނަށް ހިއްސާ ވިއްކުމަކީ، ނުވަތަ ވިއްކުމަށް އިށްތިހާރުކުރުމަކީ މަނާކަމެކެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ ފަރާތެއް އެ ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 613 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށެކެވެ.
172 ވަނަ މާއްދާ - ޕްރޮސްޕެކްޓަސް
(ހ) ޕްރޮސްޕެކްޓަސްއަކީ، ކުންފުންޏާބެހޭ ތަފްސީލީ މައުލޫމާތު ހިމެނޭ ކުންފުނީގެ ހިއްސާގެ ރައުސްމާލާއި ޑިބެންޗަރ ނުވަތަ އެހެނިހެން ސެކިއުރިޓީޒް އާންމުންނަށް ވިއްކުމަށް ދައުވަތުދޭ ލިޔުމެވެ.
(ށ) ޕަބްލިކް ކުންފުންޏަކުން ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ފަރާތުން ނުވަތ،ަ އަދި އުފެދިފައިނުވާ ޕަބްލިކް ކުންފުންޏަކުން ޕްރޮސްޕެކްޓަސް އާންމުކޮށް ނެރޭ ތާރީހް ނުވަތަ އޭގެ ކުރީ ދުވަސް ފިޔަވައި އެހެން ތާރީހެއްގައި ޕްރޮސްޕެކްޓަސް ނެރެގެންނުވާނެއެވެ. އަދި އެ ޕްރޮސްޕެކްޓަސް ނެރެންވާނީ، އެ ޕްރޮސްޕެކްޓަސްއަކީ ކުންފުނީގެ ހުރިހާ ޑިރެކްޓަރުން ސޮއިކޮށްފައިވާ އަދި ކަނޑައެޅިފައިވާ ތާރީހުގައި ނެރެފައިވާ ޕްރޮސްޕެކްޓަސްއެއްކަމުގައި ވާނަމައެވެ.
(ނ) ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައި މެނުވީ އެއްވެސް ޕްރޮސްޕެކްޓަސްއެއް ނެރެގެން ނުވާނެއެވެ.
173 ވަނަ މާއްދާ - ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނުގެ ށަރުތުތައް ފުރިހަމަކުރުން
ޕްރޮސްޕެކްޓަސްއަށް ހުއްދަ ދިނުމާބެހޭ އެންމެހައި އުސޫލުތަކާއި، ޕްރޮސްޕެކްޓަސްގައި ހުންނަންޖެހޭނެކަމަށް ބަޔާންކުރާ މައުލޫމާތު، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
ހިއްސާ ރަހުނުކުރުން (ށެއަރ ޗާޖު)
174 ވަނަ މާއްދާ - ޗާޖު ރަޖިސްޓަރީކުރުން
(ހ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުންފުންޏެއްގެ އެއްވެސް ހިއްސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ރަހުނުކޮށްފިނަމަ، އެކަން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުންފުނީގެ އަންނަނިވި މުދަލުގެ މައްޗަށް ކުރެވޭ ކޮންމެ ޗާޖެއް އެ މާއްދާގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
- ޑިބެންޗަރ އެކަށައެޅުމަށް ކުރެވޭ ޗާޖު؛
- ހިއްސާގެ އަގު އަދާކޮށްފައިނުވާ ނުވަތަ ހިއްސާގެ އަގު އަދާކުރުމަށް އަންގާފައިނުވާ، ރައުސްމާލުގެ މައްޗަށް ކުރެވޭ ޗާޖު؛
- ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްގައި އޮތ،ް އެ ކުންފުނީގެ ހިއްސާގެ މައްޗަށް ކުރެވޭ ޗާޖު؛
- ކުންފުނީގެ މުދާ ނުވަތަ އަންޑަރޓޭކިންގގެ މައްޗަށް ކުރެވޭ ފްލޯޓިންގ ޗާޖު؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ޗާޖ.ު
(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޗާޖެއްގެ އަގު އަދާކޮށް ނިންމައި ޗާޖު ދޫކޮށްލާފައިވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން، ނުވަތަ ޗާޖާގުޅޭ މަސްލަހަތު އޮތް ފަރާތަކުން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެކަން މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ރަޖިސްޓްރާރ ކުންފުންޏަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން،އެކަށީގެންވާ މުއްދަތެއް، ކުންފުންޏަށް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، އެ އަކުރުތަކުގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް، އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
175 ވަނަ މާއްދާ - ޗާޖުތަކުގެ ދަފްތަރު ބެލެހެއްޓުން
(ހ) މި ގާނޫނުގެ 174 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ހިއްސާ ނުވަތަ މުދަލުގެ ޗާޖުތަކުގެ ދަފްތަރެއް، ކުންފުނީގެ އޮފީހުގައި ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ދަފްތަރުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތު ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ޗާޖުތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވެއްޖެނަމަ، ކުންފުނިން އަދި އެ ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
އެގާރަ ވަނަ ބާބު
ސިގްނިފިކަންޓް ކޮންޓްރޯލް އޮތް ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުން
176 ވަނަ މާއްދާ - ބައެއް މަފްހޫމްތަކުގެ ރަދީފް
މި ބާބުގެ ބޭނުމަށްޓަކައ:ި
(ހ) "ސިގްނިފިކަންޓް ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ހައްގުތައް ނުވަތަ އިނާޔަތްތައް
ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް، ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސްމެއެވެ.
- މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، ސީދާކޮށް ނުވަތަ ނުސީދާކޮށް މިލްކުކުރާ ހިއްސާއާއެކު، އޮތުން؛
- ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުން؛
- އެއްވެސް މާލީ އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑް ގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ނުސީދާކޮށް،ނުވަތަ ސީދާކޮށް ލިބިގެންވާ ހައްގާއެކު، ލިބިގަތުމުގެ ހައްގު ލިބިގެންވުން؛
- ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހައިސިއްޔަތުން އެކަނި ނޫން ގޮތަކަށް،ކުންފުނީގައި ސިގްނިފިކަންޓް އިންފްލުއެންސް ނުވަތަ ކޮންޓްރޯލް ބޭނުންކުރުމުގެ ހައްގު ލިބިގެންވުން، ނުވަތަ ބޭނުންކުރުން.
(ށ) "ސިގްނިފިކަންޓް އިންފްލުއެންސް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ މާލީ ނުވަތަ ހިންގުމުގެ ސިޔާސަތުތައް ނިންމުމުގައި ބައިވެރިވުމުގެ ހައްގު، ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުމަށެވެ.
(ނ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަގުލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަންކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
- ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް، ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް، ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓްގެ ހައްގުތަކަކާ ގުޅިގެން، ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
177 ވަނަ މާއްދާ - ބެނެފިށަލް އޯނަރުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި މެންބަރުންގެ ދަފްތަރުގައި ބަޔާންކުރާ އެއްވެސް މެންބަރަކީ ފަރުދަކު ނޫންނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު، އެ ހިއްސާއެއްގެ ބެނެފިށަލް އޯނަރުގެ މައުލޫމާތު ކުންފުންޏަށް އަންގައި، ކުންފުނީގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) އެއްވެސް ފަރުދަކީ، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއްގެ ހިއްސާއެއްގެ ބެނެފިށަލް އޯނަރެއްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު، އެ މީހަކު ކުންފުންޏަށް އަންގައި، ކުންފުނީގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުންޏެއްގެ ހިއްސާއެއްގެ ބެނެފިށަލް އޯނަރަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރާއި، އެ ހިއްސާއެއްގެ ބެނެފިށަލް އޯނަރު، އެ މައުލޫމާތު ކުންފުންޏަށް
އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކުރާ މައުލޫމާތު ކުންފުންޏަށް ހުށަހަޅަންވީ ފޯމެޓާއި، ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފްސީލާއި، ހުށަހަޅަންޖެހޭ މުއްދަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކުރާ އެއްވެސް ފަރާތަކުން އެ އަކުރުތަކުގައި ބަޔާންކުރާ ކަންކަމާ ހިލާފުވެއްޖެނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
178 ވަނަ މާއްދާ - ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު ރަޖިސްޓްޓްރާރަށް ހުށަހެޅުން
(ހ) މި ގާނޫނުގެ 177 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގެ ދަށުން، ކުންފުނީގެ ހިއްސާއެއްގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުގެ މައުލޫމާތު ކުންފުންޏަށް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެކަން މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެކަން ކުންފުންޏަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ އެއްވެސް ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުވާ އެއްވެސް ކަމެއް ހިމެނޭކަމަށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެކަން އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދައިން އިސްލާހުކޮށް އަލުން ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެކަށީގެންވާ މުއްދަތެއް ކުންފުންޏަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އަދި ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
179 ވަނަ މާއްދާ - މައުލޫމާތު ހޯދައި ސައްހަކަން ކަށަވަރުކުރުމުގެ ޒިންމާ
(ހ) މި ބާބުގައި ބަޔާންކުރާ ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުގެ މައުލޫމާތު، މި ގާނޫނުގެ 177 ވަނަ މާއްދާގެ ދަށުން ކުންފުންޏަށް ލިބުމާއެކު، އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުގެ ދަފްތަރެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރު ބެލެހެއްޓުމުގެ ބޭނުމަށްޓަކައި، ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި މެންބަރުންގެ ދަފްތަރުގައި ބަޔާންކުރާ އެއްވެސް މެންބަރަކީ ފަރުދަކު ނޫންނަމަ، ނުވަތަ އަންނަނިވި ހާލަތްތަކުގައި، ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުގެ މައުލޫމާތު ހޯދައި ދެނެގަތުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުންފުނިން އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.
- ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމަށް ލިބިދޭ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ލިބިގެންވާ އެއްވެސް ފަރާތަކީ، ފަރުދަކަށް ނުވުން؛ ނުވަތަ
- އެއްވެސް މާލީ އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑް ގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ލިބިގަތުމުގެ ހައްގު ލިބިފައިވާ އެއްވެސް ފަރާތަކީ، ފަރުދަކަށް ނުވުން.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށްފައިނުވާނަމަ، ކުންފުނިން އަދި ކުންފުނީގެ ކޮންމެ ޑިރެކްޓަރަކު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
ބާރަ ވަނަ ބާބު
މާލީ ހިސާބުތަކާއި ރިޕޯޓުތައް
180 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
ކުންފުނި ރަޖިސްޓަރީކޮށްފައިވާ އެޑްރެހުގައި ނުވަތަ ކުންފުނީގެ އޮފީހުގައި ރައްކާތެރި ގޮތެއްގައި، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކް ޒަރީއާއިން،ކުންފުނީގެ ރިކޯޑުތަކުގެ ދެލިކޮޕީ ރައްކާކޮށްފައި ބަހައްޓަންވާނެއެވެ. އެގޮތުން އެ ރިކޯޑު ރައްކާކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) އެކައުންޓިންގ ރިކޯޑުތައް ކުންފުނީގެ ޑިރެކްޓަރުންނާއި މެންބަރުން ބަލަން އެދިއްޖެ ކޮންމެ ހިނދެއްގައި ލިބޭނެ ގޮތަށް ހުރުން؛
(ށ) ކުންފުނީގެ އޮފީހުގެ އެޑްރެސް ބަދަލުވެއްޖެނަމަ ކުންފުނީގެ އާ އޮފީހުގައި އެކައުންޓިންގ ރިކޯޑުތައް ލިބެން ހުރުން؛ އަދި
(ނ) ކޮންމެ ކުންފުންޏަކުން އެ ކުންފުންޏެއްގެ އެކައުންޓިންގ ރިކޯޑުތައް ތައްޔާރުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެހެން ގާނޫނެއްގައި އެހެން މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ މުއްދަތަކަށް އެ ރިކޯޑުތައް ބެލެހެއްޓުން.
181 ވަނަ މާއްދާ - މާލީ ހިސާބު ބެލެހެއްޓުމުގެ ޒިންމާ
(ހ) ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏަކުން ކުރާ މުއާމަލާތްތަކާއި މާލީ ހާލަތު ރިކޯޑުކޮށް، ތަފްސީލުކޮށް ބަޔާންކުރެވޭފަދަ ގޮތަކަށް، އަދި ހަގީގަތާ އެއްގޮތް އިންސާފުވެރި މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓްކުރެވޭނެފަދަ ގޮތަކަށް، އެ ކުންފުންޏެއްގެ މާލީ ހިސާބުތައް ބަލަހައްޓަންވާނެއެވެ. އެގޮތުން ކޮންމެ ކުންފުންޏަކުންވެސް އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އެ ކުންފުންޏެއްގެ ހަގީގީ މާލީ ހާލަތު އެކަށީގެންވާ ސައްހަކަމާއެކު ކޮންމެ ވަގުތެއްގައިވެސް ދެނެގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުން؛ އަދި
- މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޑިރެކްޓަރުންނަށް މާލީ ބަޔާންތައް ތައްޔާރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މާލީ ހިސާބުތަކުގެ މާނައިގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.
- ކުންފުންޏަށް ކޮންމެ ދުވަހަކު ވަންނަ އަދި ބޭރުވާ ފައިސާއާއި އެ ފައިސާ ހަރަދުކުރެވޭ އުސޫ ލު؛ އަދި
- ކުންފުނީގެ މުދަލާއި ދަރަންޏާބެހޭ ތަފްސީލުތައް.
182 ވަނަ މާއްދާ - މާލީ ހިސާބުތައް ތައްޔާރު ކުރުމުގެ މަސްއޫލިއްޔަތު
(ހ) ކޮންމެ ކުންފުންޏަކުންވެސް، އެ ކުންފުންޏެއްގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކުރާކަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަށަވަރުކުރަންވާނެއެވެ. އަދި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.
- އަހަރީ މާލީ ހިސާބުތައް ކުންފުނީގެ މެންބަރުންނަށް ލިބެން ހުރުން؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ސްޓޭންޑަޑަކަށް ކުންފުނީގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކުރެވިފައި ހުރުން.
(ށ) އަހަރީ މާލީ ހިސާބުތަކުގެ މުއްދަތަކަށްވާންވާނީ އެ އަހަރެއްގެ 1 ޖަނަވަރީ އިން 31 ޑިސެންބަރުގެ ނިޔަލަށެވެ. ކުންފުނި އުފައްދާ އަހަރުގައި މާލީ އަހަރަކީ ކުންފުނި އުފެދުނު ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށެވެ.
183 ވަނަ މާއްދާ - މާލީ ހިސާބުތަކުގައި ހިމަނަންޖެހޭ މައުލޫމާތު
ކުންފުނީގެ މާލީ ހިސާބުތަކުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ފުރިހަމަ އާމްދަނީގެ ބަޔާން؛
(ށ) މާލީ ހާލަތު އަންގައިދޭ ބަޔާން؛
(ނ) ހިއްސާގެ ރައުސްމާލަށް އައި ބަދަލުގެ ބަޔާން؛
(ރ) ފައިސާ ދައުރުވި ގޮތުގެ ބަޔާން؛
(ބ) މާލީ ބަޔާންތަކާގުޅޭ ނޯޓްތައް؛ އަދި
(ޅ) ހިއްސާވާ ކުންފުނިތަކާއެކު ހިންގާފައިވާ މުއާމަލާތްތައް.
184 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓު ޑިރެކްޓަރުންގެ ރިޕޯޓު ތައްޔާރުކުރުމުގެ ޒިންމާ
ކޮންމެ ކުންފުންޏެއްގެވެސް ޑިރެކްޓަރުންގެ ރިޕޯޓ،ު އެ ކުންފުނިން ތައްޔާރުކުރާކަން ޑިރެކްޓަރުންގެ ބޯޑުން ކަށަވަރުކުރަންވާނެއެވެ. އަދި ޑިރެކްޓަރުންގެ ރިޕޯޓު ކުންފުނީގެ ހުރިހާ މެންބަރުންނަށް ލިބެން ހުންނަންވާނެއެވެ.
185 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) ކޮންމެ ކުންފުންޏަކުންވެސް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ޑިރެކްޓަރުންގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.
- ކުންފުނި ހިންގުމުގެ މައުލޫމާތު؛
- ވޭތުވެދިޔަ އަހަރު ކުންފުނިން ހިންގި މައިގަނޑު ވިޔަފާރީގެ ހަރަކާތްތައް؛
- ފައިދާ ބެހި ނުވަތަ ހުށަހެޅި އަދަދު؛
- ރިޒަރވްގައި ބަހައްޓަން ކަނޑައެޅި އަދަދު؛ އަދި
- ފައިދާ ބަހަން ހުށަހަޅާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން ޑިރެކްޓަރުންގެ ބޯޑުން ހަދާފައިވާ، އެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކަށް ތަބާވާ ސޮލްވެންސީ ޓެސްޓް.
- މި އަކުރުގެ (1) ވަނަ ނަންބަރުން (5) ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ޑިރެކްޓަރުންގެ ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވޭތުވެދިޔަ އަހަރު ކުންފުނިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ވިޔަފާރީގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާނަމަ، އެކަން ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުންފުނީގެ މައުލޫމާތުގެ ތެރެއިން ރަޖިސްޓްރާރގެ ދަފްތަރުގައި ހިމެނޭ އެ ކުންފުންޏެއްގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އެކަން ބަޔާންކުރާ އިގުރާރެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓުގެ ބައެއްގެ ގޮތުގައި ހިމަނަންވާނެއެވެ.
186 ވަނަ މާއްދާ - ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްޓްރާރަށް ފޮނުވުން
(ހ) ކޮންމެ މާލީ އަހަރަކު، އެ އަހަރެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއަކަށް ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓ،ު ކުންފުނިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރަށް ހުށަނާޅައިފިނަމަ ނުވަތަ އެ ރިޕޯޓުގައި މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ އޭގައި ކުށެއްވާނަމަ، ނުވަތަ އެ ރިޕޯޓު ސާފުނުވުމުގެ ސަބަބުން ކިޔަން ނޭނގޭނަމަ، އެ ބަލައިގަތުމަށްފަހުގައިވެސް އެ ރިޕޯޓު އަނބުރާ ފޮނުވާލުމާއި އެ ރިޕޯޓު ރަޖިސްޓްރާރ ކަނޑައަޅާ ގޮތެއްގެމަތިން އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި މިގޮތުން ރަޖިސްޓްރާރ އެންގުމެއް އަންގާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ކުންފުންޏަކަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
187 ވަނަ މާއްދާ - އަހަރީ މާލީ ހިސާބުތައް ރަޖިސްޓްޓްރާރަށް ހުށަހެޅުން
(ހ) ކޮންމެ މާލީ އަހަރަކު އެ އަހަރެއްގެ އަހަރީ އާންމު ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ސުންގަޑިއެއްގެ ކުރިން އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަހަރީ މާލީ ހިސާބުތައް ރަޖިސްޓްރާރަށް ހުށަނާޅައިފިނަމަ، ނުވަތަ އެ ހިސާބުތަކުގައި މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ އެ ހިސާބުތަކުގައި ސައްހަނޫން ދޮގު މައުލޫމާތު ހިމެނޭނަމަ، ނުވަތަ އެ ހިސާބުތަކުގައި ކުށެއްވާނަމަ، ނުވަތަ އެ ހިސާބުތައް ސާފުނުވުމުގެ ސަބަބުން ކިޔަން ނޭނގޭނަމަ، އެ ހިސާބުތައް ބަލައިގަތުމަށްފަހުވެސް އެ އަނބުރާ ފޮނުވާލުމާއި އެ ހިސާބުތައް ރަޖިސްޓްރާރ ކަނޑައަޅާ ގޮތެއްގެމަތިން އިސްލާހުކުރުމަށް ނުވަތަ އަލުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެ މާއްދާގައި ބަޔާންކުރާ މުއްދަތުގައި ކުންފުނިން އަމަލުކޮށް ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން އަމަލުކޮށް އެ މުއްދަތުގައި ރަޖިސްޓްރާރަށް ހުށަހަޅާފައިނުވާނަމަ، ކުންފުނިން އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތްތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
188 ވަނަ މާއްދާ - އޮޑިޓްކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އައްޔަންކުރަންޖެހޭ ކުންފުނިތަކުން، އެ ކުންފުންޏެއް އޮޑިޓްކުރުމަށް އޮޑިޓަރަކު އައްޔަންކުރަންވާނެއެވެ.
189 ވަނަ މާއްދާ - އޮޑިޓަރު އައްޔަން ކުރުން
(ހ) އޮޑިޓަރަކު އައްޔަންކުރަންޖެހޭ ކުންފުނިތަކުން، އަންނަނިވި ކަންކަން ކުރުމަށްޓަކައި ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްގައި އޮޑިޓަރަކު އައްޔަންކުރަންވާނެއެވެ.
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުތަކާ ހިލާފުނުވާނެ ގޮތަކަށް، އޮޑިޓަރު އައްޔަންކުރެވޭ އާންމު ޖަލްސާއިން ފެށިގެން އަލުން އޮޑިޓަރަކު އައްޔަންކުރަންޖެހޭ އާންމު ޖަލްސާއަކާ ހަމައަށް، ކުންފުނީގެ އޮޑިޓަރުގެ މަގާމުގައި ދެމި ހުރުމަށް؛ އަދި
- ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް.
(ށ) އޮޑިޓަރަކު އައްޔަންކުރުމުގައި، މި ގާނޫނުގެ މަގްސަދަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އައްޔަންކުރެވިދާނެއެވެ.
190 ވަނަ މާއްދާ - އޮޑިޓަރުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް
ކުންފުންޏަށް އައްޔަންކުރެވޭ އޮޑިޓަރުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
191 ވަނަ މާއްދާ - އޮޑިޓަރުންގެ ހައްގުތައް
(ހ) ކުންފުނީގެ އޮޑިޓަރަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
- ކުންފުނީގެ އާންމު ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވާ އުސޫލުން، އެ ނޯޓިސް ލިބުމުގެ ހައްގު؛
- އާންމު ޖަލްސާއާ ގުޅޭގޮތުން ކުންފުނީގެ މެންބަރުންނާ ހިއްސާކުރެވޭ އެންމެހައި ލިޔެކިޔުން ލިބުމުގެ ހައްގު؛
- ކުންފުނީގެ ކޮންމެ އާންމު ޖަލްސާއެއްގައި ބައިވެރިވުމުގެ ހައްގު.
(ށ) ކުންފުނީގެ އޮޑިޓަރަށް، އާންމު ޖަލްސާތަކުގައި އޮޑިޓަރު ތަމްސީލުކުރުމަށް މީހަކު އައްޔަންކުރެވިދާނެއެވެ.
192 ވަނަ މާއްދާ - އޮޑިޓަރުގެ ރިޕޯޓު
(ހ) ކޮންމެ އަހަރީ އާންމު ޖަލްސާއަކަށް ހުށަހެޅުމަށްޓަކައި ކުންފުނިން
ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އޮޑިޓަރަށް ފޮނުވުމުން، އޮޑިޓްކުރުމަށްފަހު އޮޑިޓް ރިޕޯޓު ތައްޔާރުކުރަންވާނެއެވެ.
(ށ) އޮޑިޓް ރިޕޯޓު ތައްޔާރުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) އޮޑިޓަރުގެ ރިޕޯޓުގައި އޮޑިޓަރުގެ ބަޔާނާއެކު އަންނަނިވި ތަފްސީލުތައް ހިމަނަންވާނެއެވެ.
- އޮޑިޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އޮޑިޓަރަށް ބޭނުންވާ އެންމެހައި މައުލޫމާތާއި ތަފްސީލު ފުރިހަމައަށް ލިބުނުކަން ނުވަތަ ނޫންކަން؛
- ކުންފުނީގެ ހިސާބުތައް އެކުލަވާލެވިފައިވަނީ ހަގީގަތާ އެއްގޮތަށް، ކުންފުނީގެ ހަގީގީ ހާލަތު ސައްހަކަމާއެކު ދައްކުވައިދޭ ގޮތުގެ މައްޗަށްކަން ނުވަތަ ނޫންކަން؛
- ކުންފުނީގެ ހިސާބުތަކުން، ކުންފުނީގެ ރިކޯޑުތަކާ އެއްގޮތަށް ކުންފުނީގެ މާލީ ހާލަތު ދައްކުވައިދޭކަން ނުވަތަ ނޫންކަން.
193 ވަނަ މާއްދާ - އޮޑިޓަރު ވަކިކުރުމާއި ވަކިވުން
(ހ) ކުންފުނީގެ އޮޑިޓަރަކަށް ދޫކޮށްފައިވާ އޮޑި ޓްކުރުމުގެ ހުއްދަ ބާތިލުކުރުމާއެކު، ކުންފުނީގެ އޮޑިޓަރުކަމުން އެ ފަރާތެއް ވަކިވީކަމަށް ބެލެވޭނެއެވެ.
(ށ) މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެމަތިން، އާންމު ޖަލްސާއަކަށް ހުށަހަޅައި، އޮޑިޓަރު ވަކިކުރެވިދާނެއެވެ.
(ނ) ކުންފުނީގެ އޮޑިޓަރުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގެ ހިސާބުތައް އޮޑިޓް ކުރަންޖެހޭ ސުންގަޑިއަށް ނުނިމިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް އެ ފަރާތާމެދު އަޅަންވާނެއެވެ.
(ރ) ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮޑިޓަރުކަމުން ވަކިވެވިދާނެއެވެ.
194 ވަނަ މާއްދާ - ރަޖިސްޓްޓްރާރ، އޮޑިޓަރަކު އައްޔަން ކުރުން
އަންނަނިވި ހާލަތްތަކުގައި ރަޖިސްޓްރާރަށް އޮޑިޓަރަކު އައްޔަންކުރެވިދާނެއެވެ.
(ހ) ކުންފުނިން އޮޑިޓަރަކު އައްޔަންކޮށްފައިނުވުން، ނުވަތަ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އޮޑިޓަރަކު އަލުން އައްޔަންކޮށްފައިނުވުން؛ނުވަތަ
(ށ) އެއްވެސް ސަބަބަކާހުރެ އޮޑިޓަރުގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެހެން ފަރާތެއް އެ މަގާމަށް އައްޔަންކޮށްފައިނުވުން.
ތޭރަ ވަނަ ބާބު
ކުންފުނި އުވާލުން
195 ވަނަ މާއްދާ - ކުންފުނި އުވާލެވޭނެ ގޮތްތައް
މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް އުވާލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ތިން ގޮތުންކުރެ ގޮތަކަށެވެ.
(ހ) ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން؛ ނުވަތަ
(ށ) ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުން؛ ނުވަތަ
(ނ) ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައެޅުން.
ކުންފުނިން އަމިއްލައަށް ކުންފުނި އުވާލުން
196 ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުން
(ހ) ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކަށް ކަނޑައެޅޭނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުންޏެއް އުވާލުމަށް ފާސްކޮށް، ބޯޑުން އެ ފާސްކުރި ފާސްކުރުމަށް ތާއީދުކޮށް، އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.
(ށ) ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއަކުން ފާސްކުރުމާއެކު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރާނެ ލިކުއިޑޭޓަރަކު އެ ޖަލްސާގައި އައްޔަންކޮށް، އެ ފަރާތަށް އެ ކުންފުންޏަކުން ދޭނެ އުޖޫރައެއް ކަނޑައަޅަންވާނެއެވެ. އަދި އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި، އެ ކުންފުންޏެއްގެ މުދަލާއި، ދަރަންޏާއި އެނޫންވެސް ޒިންމާތަކާބެހޭ މައުލޫމާތާއި،ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ކުންފުންޏަކުން އެ ދަރަންޏަކާ ގުޅޭގޮތުން އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ މުދަލެއް ރަހުނުކޮށްފައިވާނަމަ އެކަމަކާބެހޭ މައުލޫމާތު، އެ ކުންފުންޏަކުން ލިކުއިޑޭޓަރަށް ދޭންވާނެއެވެ.
(ނ) ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް ހަވާލުވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތާ ހަވާލުވެއްޖެކަން، އެ މަސައްކަތާ އޭނާ ހަވާލުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް އަންގައި، އަދި އެ ފަރާތުން އެކަން އާންމުކޮށް އިއުލާންކުރުމަށްފަހު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން އާންމުކޮށް ކުރާ އިއުލާން، ލިކުއިޑޭޓަރު ކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، މި ގާނޫނުގެ 234 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރގެ ގެޒެޓުގައެވެ.
(ބ) ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލުވާ ލިކުއިޑޭޓަރު މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކޮށްފައިނުވާނަމަ،އެ ފަރާތުން އެ ކުރަނީ ކުށެކެވެ. އަދި އެ ފަރާތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
(ޅ) ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު އެކަމަށް ދާއިމީގޮތެއްގައި ނުކުޅެދިއްޖެނަމަ، ނުވަތަ މަރުވެއްޖެނަމަ، ނުވަތަ އިސްތިއުފާދީފިނަމަ، އެ ކުންފުންޏެއްގެ މެންބަރުންގެ އާންމު ޖަލްސާއެއް ބާއްވައި، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރާނެ ލިކުއިޑޭޓަރަކު އަލުން އައްޔަންކުރަންވާނެއެވެ.
197 ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް ކަނޑައެޅުމަށްފަހު އެ ކުންފުންޏަކުން ވިޔަފާރީގެ މުއާމަލާތެއް ނުކުރުން
މި ގާނޫނުގެ 196 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމަށް ފާސްކުރުމަށްފަހު، އެ ކުންފުނި އުވާލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުން ފިޔަވައި، އެ ކުންފުންޏަކުން އެއްވެސް ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ.
198 ވަނަ މާއްދާ - ކުންފުނި އުވާލުމަށް ބާއްވާ އާންމު ޖަލްސާ
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނި އުވާލުމުގެ ގޮތުން ކުރަންޖެހޭ ކަންކަން މުޅިން ފުރިހަމަކުރުމަށްފަހު، މި ގާނޫނުގެ 196 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އެ ކުންފުންޏަކުން އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ގޮތުގެ ތަފްސީލާއި، ކުންފުނީގެ މުދަލާއި ދަރަންޏާއި އެހެނިހެން ޒިންމާތަކާމެދު އަމަލުކުރެވުނު ގޮތުގެ ތަފްސީލު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާއަށް ހުށަހަޅައި، އާންމު ޖަލްސާއިން ކުންފުނި އުވާލުމަށް ފާސްކުރަންވާނެއެވެ.
199 ވަނަ މާއްދާ - ލިކުއިޑޭޓަރު ވަކިކުރުން
ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލުކޮށްފައިވާ ލިކުއިޑޭޓަރުގެ އަމަލުތަކާމެދު، އެ ކުންފުންޏަށް ދަރަންޏެއްގެ ގޮތުގައި މުދަލެއް ނުވަތަ ފައިސާއެއް ދޫކޮށްފައިވާ ފަރާތަކުން ނުވަތަ ކުންފުނީގެ ބޯޑު މެންބަރަކު ރަޖިސްޓްރާރަށް ށަކުވާއެއް ހުށަހަޅައިފިނަމަ، އެ ށަކުވާއެއް ރަޖިސްޓްރާރ ބަލަންވާނެއެވެ. އަދި، ކުންފުނި އުވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު އަމަލުކޮށްފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫންކަމަށް ރަޖިސްޓްރާރަށް ފެނިއްޖެނަމަ އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް އެ ކުންފުނިން އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު އެ މަސައްކަތުން ވަކިކޮށް،އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކޯޓަށް ހުށަހެޅުމަށް އެ ކުންފުންޏަކަށް އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
200 ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށްފަހު ހިއްސާ ބަދަލުކުރުން
މި ގާނޫނުގެ 196 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ފެށުމަށްފަހު، ލިކުއިޑޭޓަރުގެ ހުއްދަ ނުހޯދައި، އެ ކުންފުންޏެއްގެ ހިއްސާ، އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކޮށްފިނަމަ،އެ މުއާމަލާތަކީ ބާތިލު މުއާމަލާތެކެވެ.
201 ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށްފަހު ކުންފުނީގެ ހުރިހާ ފައިސާއެއް ބެލެހެއްޓުން
ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށްފަހު، އެ ކުންފުންޏަށް ލިބޭ ހުރިހާ ފައިސާއެއް ލިކުއިޑޭޓަރު މެދުވެރިވެގެން ބަލަހައްޓަންވާނެއެވެ.
202 ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން
ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމަށްފަހު، ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު އެ ކުންފުންޏަކަށް ލިބޭ ހުރިހާ ފައިސާއަކާއި ހަރަދުކުރެވޭ ހުރިހާ ފައިސާއެއްގެ ހިސާބުތައް ރިކޯޑުކޮށް، އެކަށީގެންވާ ގޮތަކަށް ބަލަހައްޓަންވާނެއެވެ.
203 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށްޓަކައި ކޯޓަށް ހުށަހެޅުން
ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރަށް ކުންފުންޏާ ގުޅޭގޮތުން ހައްލުނުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، އެ މައްސަލައެއް ހައްލުކުރާނީ ކޯޓަށް ހުށަހަޅައި، ކޯޓުން ނިންމާ ގޮތެއްގެމަތިންނެވެ.
204 ވަނަ މާއްދާ - ކުންފުނީގެ ދަރަނިތައް އަދާކުރަންޖެހޭ ތަރުތީބު
މި ގާނޫނުގެ 196 ވަނަ މާއްދާއާއި 209 ވަނަ މާއްދާގެ ދަށުން ކުންފުންޏެއް އުވާލުމުގައި، އެ ކުންފުންޏެއްގެ ދަރަނި އަދާކުރާނީ، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތަށް ކުރަންޖެހޭ ހަރަދާއި، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ފަރާތުގެ މުސާރަ ކެނޑުމަށްފަހު އަންނަނިވި ތަރުތީބުންނެވެ.
(ހ) ދައުލަތަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް؛
(ށ) ކުންފުނި އުވާލުމަށް ކޯޓުން އަމުރުކުރާތާ ނުވަތަ ކުންފުނި އުވާލުމަށް ހާއްސަ ގަރާރެއް ފާސްކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ތާރީހުގެ ކުރިއަށް ހިނގާފައިވާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކުންފުނީގެ ޑިރެކްޓަރުން ފިޔަވައި ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންގެ 3 (ތިނެއް) މަހުގެ މުސާރަ؛
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ދެއްކުމަށްފަހު، އެއްވެސް ފައިސާއެއް ބާކީ ހުރިނަމަ، ކުންފުނީގެ އެހެނިހެން ދަރަނިތައް އަދާކުރުން. އެފަދައިން ދަރަނި އަދާކުރުމުގައި ކުންފުނީގެ ހުރިހާ ދަރަންޏަކާމެދުވެސް އަމަލުކުރެވޭނީ އެއް ހަމައަކުންނެވެ.
205 ވަނަ މާއްދާ - އެންމެ ފަހުގެ ހިސާބު
(ހ) މި ގާނޫނުގެ 196 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއް އުވާލުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށްފަހު، މި ގާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުންފުނީގެ އާންމު ޖަލްސާއަށް ހުށަހަޅާނެ ހިސާބުތައް ތައްޔާރުކޮށް، އެ ހިސާބުތައް އެ އާންމު ޖަލްސާއަށް ހުށަހަޅައި، އެ ކުންފުންޏެއް އުވާލުމާ ބެހޭގޮތުން ކުރި މަސައްކަތުގެ ތަފްސީލު އެ ކުންފުންޏެއްގެ މެންބަރުންނަށް ދޭންވާނެއެވެ.
(ށ) މި ގާނޫނުގެ 209 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކޮށް ނިންމުމަށްފަހު، ކޯޓަށް ހުށަހަޅާ ހިސާބުތައް ތައްޔާރުކޮށް، އެ ހިސާބުތައް ކޯޓަށް ހުށަހަޅައި، އެ ކުންފުންޏެއް އުވާލުމާ ބެހޭގޮތުން ކުރި މަސައްކަތުގެ ތަފްސީލ،ުކޯޓަށް ދޭންވާނެއެވެ.
206 ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތް ނިންމުން
(ހ) މި ގާނޫނުގެ 196 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް އައްޔަންކޮށްފައިވާ ލިކުއިޑޭޓަރު، މި ގާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުނީގެ ހިސާބުތައް ކުންފުނީގެ އާންމު ޖަލްސާއަށް ހުށަހަޅައި، އާންމު ޖަލްސާއިން ކުންފުނި އުވާލުމަށް ފާސްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓްރާރަށް ހުށަހެޅުމެއް ލިބުމާއެކު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމުގައި ފުރިހަމަވެފައިވާނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ބާތިލުކޮށް، އެ ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރަންވާނެއެވެ.
(ނ) ކުންފުންޏެއް އުވާލުމާ ގުޅޭގޮތުން މި ގާނޫނުގެ 203 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތު މެދުވެރިވެއްޖެނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެ ކުންފުންޏެއް އުވާލައި، އެ ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރަންވާނެއެވެ.
ކުންފުނި އުވާލުމަށް ރަޖިސްޓްޓްރާރ ކަނޑައެޅުން
207 ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައެޅުން
(ހ) އެއްވެސް ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްކަމުގައި މި ގާނޫނުގެ 208 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ، އަދި މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި އެކަން ރަޖިސްޓަރީކޮށް، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި އެ ދަފްތަރުގައި އެ ކުންފުންޏެއްގެ ނަން ހިމަނާތާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ފާއިތުވެއްޖެނަމަ، އެ ކުންފުނި އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފިނަމަ، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ރަޖިސްޓްރާރ އިއުލާންކުރަންވާނެއެވެ. އަދި އެ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްކަމަށް، އެ އިއުލާންގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީ ބާތިލުކޮށް،ރަޖިސްޓްރާރ އެ ކުންފުނި އުވާލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން، ރަޖިސްޓްރާރ ކުރާ އިއުލާނާ ގުޅިގެން، ކުންފުންޏާ ދެކޮޅަށް ދައުވާއެއް އޮތްކަމަށް ބަޔާންކޮށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއް އުވާލުމުގެ މައްސަލަ ރަޖިސްޓްރާރ ކޯޓަށް ހުށަހަޅަންވާނެއެވެ.
208 ވަނަ މާއްދާ - ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ އެއްވެސް ކުންފުންޏަކީ ނުވަތަ ރީރަޖިސްޓަރީކުރާ ބޭރުގެ އެއްވެސް ކުންފުންޏަކީ،ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅައި، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި އެކަން ބަޔާންކުރަންވާނެއެވެ.
- މި ގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުނީގެ ޑިރެކްޓަރަކު ނެތި 3 (ތިނެއް) މަސްދުވަސް ފާއިތުވުން؛
- މި ގާނޫނުގެ 185 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، ރަޖިސްޓްރާރގެ ދަފްތަރުގައި ހިމެނޭ އެ ކުންފުންޏެއްގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އެކަން ބަޔާންކުރާ އިގުރާރު ރަޖިސްޓްރާރަށް ހުށަހަޅާފައި ނުވާތާ 1 (އެކެއް) އަހަރުދުވަސް ފާއިތުވުން؛
- މި ގާނޫނުގެ ބާރަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ އަހަރީ މާލީ ހިސާބުތަކާއި ރިޕޯޓުތައް ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅައި 2 (ދޭއް) އަހަރުދުވަހުގެމުއްދަތެއް ފާއިތުވުން؛ ނުވަތަ
- މި ގާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން އެ ކުންފުންޏަކަށް އަޅާ އެއްވެސް ފިޔަވަޅެއްގެ ދަށުން ކުރާ ޖޫރިމަނާ ދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ނުދައްކާތާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާ އެއްވެސް ކުންފުންޏެއް، އެގޮތަށް ކަނޑައަޅާފައިވަނީ އެ އަކުރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކަށް ބިނާކޮށްކަން ރަޖިސްޓްރާރ އެ ކުންފުންޏަކަށް އަންގަންވާނެއެވެ. އަދި އެފަދައިން ކުންފުންޏަށް އެންގުމުގައި ރަޖިސްޓްރާރގެ ދަފްތަރުގައި ހިމެނޭ ކުންފުނީގެ ސަރވިސް އެޑްރެހަށްނޯޓިސް ފޮނުވެން ނެތްނަމަ، އެކަން ރަޖިސްޓްރާރގެ ގެޒެޓުގައި ކުރާ އާންމު އިއުލާނަކުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ކުންފުންޏަކުން، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކޮށް ރަޖިސްޓްރާރަށް ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްއޮތުން ބާތިލުކޮށް، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި އެ ކުންފުންޏަކީ ހަރަކާތްތެރިނުވާ ކުންފުންޏެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތްއޮތުން އުނިކުރަންވާނެއެވެ.
ކޯޓުން ކުންފުނި އުވާލުން
209 ވަނަ މާއްދާ - ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ކުންފުންޏެއް އުވާލުމަށް
ކޯޓުން އަމުރުކުރެވިދާނެއެވެ.
- ކޯޓަށް ހުށަހަޅައިގެން ކުންފުނި އުވާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކުންފުނީގެ ހާއްސަ ގަރާރަކުން ނިންމުން؛
- ކުންފުނީގެ ދަރަނި އަދާނުކުރެވުމުގެ ސަބަބުން، ނުވަތަ ކުންފުނިން ކުރުމަށް ގާނޫނަކުން ލާޒިމުކޮށްފައިވާ ކަމެއް ކުރުމަށް ތަކުރާރުކޮށް ކުންފުނިން ނުކުޅެދުމުން، ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި އެ ކުންފުންޏެއް އުވާލުމަށް ކުންފުނީގެ މެންބަރަކު، ނުވަތަ ޑިރެކްޓަރަކު، ނުވަތަ ކްރެޑިޓަރަކު، ނުވަތަ މަސްލަހަތު އޮތް އެނޫންވެސް ފަރާތަކުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އެކަމުގައި އެންމެ މަސްލަހަތު އޮތް ގޮތަކީ އެ ކުންފުންޏެއް އުވާލުންކަމަށް ކޯޓުން ކަނޑައަޅާ ހާލަތެއްގައި؛
- ކުންފުނިން ކުރަމުންދާ ވިޔަފާރިއަކީ ގާނޫނާ ހިލާފު ވިޔަފާރިއެއްކަމަށް ކޯޓުގައި ސާބިތުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބަލައި، އެ ކުންފުންޏެއް އުވާލުމަށް ކޯޓަށް ފެނިއްޖެނަމަ، އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރާނެ މީހަކު ނުވަތަ ބަޔަކު ކޯޓުން އައްޔަންކުރަންވާނެއެވެ. އަދި އެ ކުންފުންޏެއްގެ ބެލެންސް ށީޓާއި، ކުންފުނީގެ މުދަލާއި، ދަރަނިތަކާއި އެނޫންވެސް ޒިންމާތަކާބެހޭ މައުލޫމާތާއި، ކުންފުނިން ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، އެ ދަރަންޏަކާ ގުޅޭގޮތުން ކުންފުނީގެ އެއްވެސް މުދަލެއް ރަހުނުކޮށްފައިވާނަމަ، އެކަމަކާބެހޭ މައުލޫމާތު އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމާ ހަވާލުކޮށްފައިވާ މީހަކަށް އެ ކުންފުންޏަކުން ދިނުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
210 ވަނަ މާއްދާ -ކޯޓުން އައްޔަންކުރާ ފަރާތާބެހޭ މައުލޫމާތު ރަ ޖިސްޓްރާރަށް އެންގުން
ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަންކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މީހަކާ ނުވަތަ އެ ބަޔަކާބެހޭ މައުލޫމާތާއެކު، އެކަން ކޯޓުން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.
211 ވަނަ މާއްދާ - ކުންފުނި އުވާލުމުގެ ނޯޓިސް
މި ގާނޫނުގެ 209 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުނި އުވާލުމާބެހޭ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަންކޮށް، ކުންފުނި އުވާލުމުގެ މަސައްކަތް އެ ފަރާތަކުން ފެށުމާއެކު، އެކަން އެ ފަރާތުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.
212 ވަނަ މާއްދާ - ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމުގެ ނަތީޖާ
މި ގާނޫނުގެ 209 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކުންފުނި އުވާލުމާބެހޭ މަސައްކަތްކުރުމަށް ކޯޓުން މީހަކު ނުވަތަ ބަޔަކު އައްޔަންކުރުމަށްފަހު، ކުންފުނި އުވާލުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުން ފިޔަވައި އެހެން ވިޔަފާރިއެއް، އެ ކުންފުންޏަކުން ކޮށްގެން ނުވާނެއެވެ.
ލިކުއިޑޭޓަރު
213 ވަނަ މާއްދާ - ލިކުއިޑޭޓަރުގެ މަސްއޫލިއްޔަތު
ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް މި ގާނޫނުގެ 196 ވަނަ މާއްދާގެ (ށ) އާއި 209 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނެއެވެ.
(ހ) ކުންފުނީގެ މުދަލާއި ދަރަނީގެ ތަފްސީލު ބަޔާނެއް ތައްޔާރުކޮށް، އެ ކުންފުންޏެއްގެ މުދަލުގެ މިލްކުވެރިކަން ހޯދައި، މުދާ ރައްކާތެރިކުރުމާއި، އެކި ފަރާތްފަރާތުން ކުންފުންޏަށް ލިބެންހުރި ދަރަނި އަނބުރާ ހޯދުން؛
(ށ) ކުންފުނީގެ މައްޗަށް އެކި ފަރާތްފަރާތުން ކުރާ ދައުވާއާއި ކުންފުނީގެ ފަރާތުން އެކި ފަރާތްތަކުގެ މައްޗަށް ކުރާ ދައުވާގައި، ކުންފުނި ތަމްސީލުކުރުން ނުވަތަ ކުންފުނި ތަމްސީލުކުރުމަށްޓަކައި ގާނޫނީ ވަކީލަކު އައްޔަންކުރުން؛
(ނ) ކުންފުނީގައި ހުރި ފައިސާއާއި، ކުންފުންޏަށް ލިބޭ ފައިސާއާއި ކުންފުނީގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ދަރަނިތައް އަދާކުރުން؛
(ރ) ކުންފުނީގެ ދަރަނިތައް އަދާކުރުމަށްފަހު، ކުންފުނީގައި ހުރި މުދަލަކާއި ފައިސާއެއް، މެންބަރުންގެ މެދުގައި އެ މެންބަރެއްގެ ހިއްސާގެ ނިސްބަތުން ބެހުން؛ އަދި
(ބ) ކުންފުނި އުވާލުމަށް އައްޔަންކުރެވޭ ފަރާތުން ކުރަންވާނެކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުން.
214 ވަނަ މާއްދާ - ލިކުއިޑޭޓަރުގެ ށަރުތުތައް
ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް މި ގާނޫނުގެ 196 ވަނަ މާއްދާގެ (ށ) އާއި 209 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އައްޔަންކުރެވޭ މީހެއްގެ ނުވަތަ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ކުންފުނި އުވާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ހުރުން؛
(ށ) އެ ކުންފުންޏަށް ދަރާފައިވާ ނުވަތަ ކުންފުންޏަކުން އެއްވެސް ފައިސާއެއް ލިބެންޖެހޭ މީހަކު ނުވަތަ ބަޔަކުކަމުގައި ނުވުން؛
(ނ) އެ ކުންފުންޏެއްގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ އޮފިސަރަކު ނުވަތަ މުވައްޒަފަކުކަމުގައި ނުވުން؛
(ރ) އެ ކުންފުންޏެއްގެ މެންބަރެއްގެ މުވައްޒަފަކު ނުވަތަ ވިޔަފާރީގެ ބައިވެރިއަކުކަމުގައި ނުވުން؛
(ބ) މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު ށަރުތުތައް.
ކުންފުނީގެ ނަން ދަފްތަރުން އުނިކުރުން
215 ވަނަ މާއްދާ - ނަން ދަފްތަރުން އުނިކުރުން
(ހ) މި ބާބުގެ މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުވާލުމާއެކު، ނުވަތަ މި ގާނޫނުގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއްގެ ރީރަޖިސްޓްރޭށަން ބާތިލުކުރުމާއެކު، އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކޮށް، އެކަން އާންމުކޮށް އިއުލާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި، އެ މާއްދާގެ (ތ) ގެ ދަށުން ހިމަނާފައިވާ އުވާލެވިފައިވާ ކުންފުނިތަކުގެ މައުލޫމާތުގެ ތެރޭގައި، އެ ކުންފުންޏެއް އުވާލެވުނު ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް، އެ ކުންފުންޏެއްގެ ނަން ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏެއް އުވާލައި އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރާ ތާރީހުން ފެށިގެން 12 )ބާރަ( މަސްދުވަހުގެ މުއްދަތަށް، އެ ކުންފުންޏެއްގެ ނަން، އެހެން އެއްވެސް ކުންފުންޏެއްގެ ނަމުގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަން
216 ވަނަ މާއްދާ - އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަން
(ހ) މި ގާނޫނުގެ 207 ވަނަ މާއްދާގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައި އުވާލާފައިވާ ކުންފުންޏަކާ ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ނުވަތަ ކޯޓަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ބޭނުމަށްޓަކައި، ނުވަތަ ވަކި ކުންފުންޏަކީ ކުންފުނި އުވާލުމުގެ މަރުހަލާގައި އެ ކުންފުންޏަކާގުޅޭ އިލްތިޒާމުތައް ކޯޓެއްގެ ހުކުމަކާ ގުޅިގެން ފުރިހަމަކޮށްފައިނުވާ ކުންފުންޏެއްނަމަ، "އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަން" އަކަށް، ސަރުކާރުން، ނުވަތަ އެ މައްސަލައެއް ކޯޓަށް ހުށަހެޅި ފަރާތަކުން، ނުވަތަ އެ ކުންފުނި އުވާލި ތާރީހުގައި މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން، 75% )ހަތްދިހަފަހެއް އިންސައްތަ( ހިއްސާ ތަމްސީލުކުރާ ފަރާތްތަކުން ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދޭ ފަރާތަކީ ކުންފުނީގެ މެންބަރުންކަމަށްވާނަމަ، އަދި އެ ކުންފުންޏެއް އުވާލިތާ 12 )ބާރަ( މަސްދުވަސް ފާއިތުވެފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުން، އެ ކުންފުންޏަކީ މުއާމަލާތްކުރާ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
(ނ) އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަކަށް ދިޔުމުގެ ހުއްދަ ދޭ ކޮންމެ ކުންފުންޏަކީ "ރެސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި، ކުންފުނިތަކުގެ ދަފްތަރުގައި ރިކޯޑުކޮށް، އެފަދަ ކުންފުނިތަކުގެ މައުލޫމާތު ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.
(ރ) އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަކަށް ދިޔުމުގެ ހުއްދަ ދެވޭ ކުންފުނިތަކަކީ، ހަމައެކަނި ށަރުއީ މަރުހަލާގައި ނިންމަންޖެހޭ ނިންމުންތަކާބެހޭ މުއާމަލާތްތައް ހިންގުމުގެ ހުއްދަ އޮންނަ ކުންފުނިތަކެކެވެ. އެއީ، ވިޔަފާރީގެ މުއާމަލާތް ހިންގޭނެ ކުންފުނިތަކެއް
ނޫނެވެ.
(ބ) މި މާއްދާގެ ދަށުން އެޑްމިނިސްޓްރޭޓިވް ރެސްޓޮރޭށަންއަށް އެދެވޭނެ ގޮތާއި، އެފަދަ ހުށަހެޅުމަކާ ގުޅޭގޮތުން އަމަލުކުރާނެ އިޖުރާއަތުތަކާއި، އުސޫލުތަކާއި، ކުންފުނީގެ މެންބަރުން ފުރިހަމަކުރަންޖެހޭ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
217 ވަނަ މާއްދާ - ކުންފުނި އުވާލުމަށްފަހު ވުޖޫދުވާ މުދަލުގެ މިލްކުވެރިކަން
(ހ) ކުންފުންޏެއް އުވާލުމަށްފަހު، އެ ކުންފުންޏަކަށް ލިބެންޖެހޭ މުދަލެއް ވުޖޫދަށް އައިސްފައިވާނަމަ، އެ މުދަލެއްގެ މިލްކުވެރިކަން ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، ކުންފުނި އުވާލެވުނުއިރު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުދަލަކީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުދަލެއްކަމުގައިވާނަމަ، ނުވަތަ ވަކި ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއަކާ ގުޅިގެން ކުންފުންޏަށް ލިބެންޖެހިފައިވާ މުދަލެއްކަމުގައިވާނަމަ، ކުންފުނި އުވާލެވުނުއިރު ކުންފުނީގެ މެންބަރުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކުގެ ނަމުގެ މައްޗަށް އެ މުދަލެއް ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ މުދަލެއް ބަލަހައްޓާ ފަރާތަކަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ބޭނުމަށްޓަކައި "މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދާ އަދި ނުއުފުލޭ މުދަލާއި، އެ މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކާއި ފައިސާ ހިމެނޭ ގޮތުގެމަތިންނެވެ.
ސާދަ ވަނަ ބާބު
ރަޖިސްޓްޓްރާރ އޮފް ކޮމްޕެނީޒް
218 ވަނަ މާއްދާ - ރަޖިސްޓްޓްރާރ އޮފް ކޮމްޕެނީޒް
(ހ) ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަކީ، ކުންފުނިތަކާ ގުޅޭގޮތުން މި ގާނޫނުގައި ރަޖިސްޓްރާރ ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމަށާއި ކުންފުނިތަކުން މި ގާނޫނާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަށް އައްޔަންކުރެވޭ، މި ގާނޫނު ހިންގުމުގެ އެންމެ އިސް އޮފިށަލެވެ.
(ށ) މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓްރާރ އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
219 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ މަސްއޫލިއްޔަތުތައް
ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ވިޔަފާރި ށަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން؛
(ށ) ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގައި އާންމު، ފަސޭހަ އަދި ފަހި ށަރުތުތަކާއި އިލްތިޒާމުތައް ކަނޑައަޅައި ދެފުށްފެންނަ ނިޒާމެއް ގާއިމުކޮށް ހިންގުން؛
(ނ) މި ގާނޫނު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން؛
(ރ) މި ގާނޫނުގައިވާ ކަންކަން އިންތިޒާމުކުރުމުގައި މިނިސްޓަރުގެ ލަފަޔާއި އިރުށާދުގެ ދަށުން، އިލެކްޓްރޯނިކް ޒަރީއާއިން ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތައް ތައާރުފުކޮށް އިންތިޒާމުކުރުން؛ އަދި
(ބ) މި ގާނޫނާއި، އެހެންވެސް ގާނޫނެއްގެ ދަށުން ރަޖިސްޓްރާރ ކުރުމަށް ލާޒިމުކުރާ ކަންކަން ކުރުން.
220 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ ށަރުތުތައް
މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި
އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) އިގްތިސާދީ ދާއިރ،ާ ނުވަތަ މާލީ ދާއިރ،ާ ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ގުޅުންހުރި އެނޫންވެސް ފަންނީ ދާއިރާއަކުން، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛
(ށ) ޕަބްލިކް ސެކްޓަރ ނުވަތަ ޕްރައިވެޓް ސެކްޓަރގައި މަދުވެގެން 5 (ފަހެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށް އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން؛
(ނ) އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކުކަމުގައި ނުވުން؛
(ރ) އެއްވެސް ކުންފުންޏެއްގެ ލިކުއިޑޭޓަރު ނުވަތަ ސެކްރެޓަރީ ނުވަތަ އޮޑިޓަރުކަމުގައި ނުވުން؛
(ބ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން؛ އަދި
(ޅ) މަގާމަށް އައްޔަންކުރުމުގެ ކުރިއަށް ވޭތުވެދިޔަ 5 (ފަހެއް)
221 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ ރަސްމީ ސިއްކަ
(ހ) ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ރަޖިސްޓްރާރ ދޫކުރާ އެންމެހައި ލިޔެކިޔުމުގެ ސައްހަކަން ކަނޑައަޅާފައިވާކަން އަންގައިދިނުމަށްޓަކައި ރަޖިސްޓްރާރގެ ރަސްމީ ސިއްކައެއް އޮންނަންވާނެއެވެ.
(ށ) ރަޖިސްޓްރާރގެ ރަސްމީ ސިއްކަ އޮތް ކޮންމެ ލިޔުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ރަޖިސްޓްރާރ ދޫކޮށްފައިވާ ސައްހަ ލިޔުމެއްކަމުގައި ކޮންމެ ފަރާތަކުންވެސް ބަލަންވާނެއެވެ.
(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ރަޖިސްޓްރާރ ދޫކުރާ އެއްވެސް ސެޓްފިކެޓެއްގެ، ނުވަތަ ބަޔާނެއްގ،ެ ނުވަތަ ލިޔުމެއްގެ ކޮޕީއެއް، ރަޖިސްޓްރާރގެ ރަސްމީ ސިއްކައިގެ ދަށުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ދޫކުރުމުގެ އިހްތިޔާރު، ރަޖިސްޓްރާރަށާއި ރަޖިސްޓްރާރ ހުއްދަކުރާ ގޮތެއްގެމަތިން ރަޖިސްޓްރާރގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.
222 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ ނައިބު
(ހ) ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާއަށް އެހީތެރިވެދިނުމަށްޓަކައި ރަޖިސްޓްރާރގެ ނައިބެއް މިނިސްޓަރަށް އައްޔަންކުރެވިދާނެއެވެ.
(ށ) ރަޖިސްޓްރާރގެ އިހްތިޔާރާއި ކޮންޓްރޯލްގެ ދަށުން، ރަޖިސްޓްރާރގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ރަޖިސްޓްރާރގެ ނައިބަށް ތަންފީޒުކުރެވިދާނެއެވެ. އެގޮތުން ރަޖިސްޓްރާރގެ ނައިބު ނިންމާ ނިންމުންތަކަކީ ރަޖިސްޓްރާރގެ ނިންމުމާ އެއްފަދަ ނިންމުންތަކެކެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރގެ ނައިބުކަމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި، މި ގާނޫނުގެ 220 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
223 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ މުވައްޒަފުން
މި ގާނޫނުގެ ދަށުން ރަޖިސްޓްރާރަށް މަތިކޮށްފައިވާ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި އެކަށީގެންވާ މިންވަރަށް މިނިސްޓްރީން މުވައްޒަފުން ހަމަޖައްސައިދޭންވާނެއެވެ.
224 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ރަޖިސްޓްރާރާއި ރަޖިސްޓްރާރގެ ނައިބ،ު އަދި ރަޖިސްޓްރާރގެ ހުރިހާ މުވައްޒަފުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް ރަޖިސްޓްރާރ އެކުލަވާލައި ށާއިއުކުރަންވާނެއެވެ. އަދި އެ ސުލޫކީ މިންގަނޑު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެއަށް ބަދަލު ގެންނަންޖެހޭކަމަށް ރަޖިސްޓްރާރަށް ފެނިއްޖެ ހިނދެއްގައި، އާންމު އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެމަތިން ސުލޫކީ މިންގަނޑަށް ބަދަލު ގެނެސް، ށާއިއުކުރަންވާނެއެވެ.
(ށ) ރަޖިސްޓްރާރާއި ރަޖިސްޓްރާރގެ ނައިބ،ު އަދި ރަޖިސްޓްރާރގެ އެންމެހައި މުވައްޒަފުން ސުލޫކީ މިންގަނޑަށް ތަބާވާންވާނެއެވެ.
225 ވަނަ މާއްދާ - ހިމާޔަތް
މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ރަޖިސްޓްރާރަށް މި ގާނޫނުން ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރގެ ދަށުން ނުވަތަ ރަޖިސްޓްރާރގެ އިރުށާދު ލިބިގެން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
226 ވަނަ މާއްދާ - ރަޖިސްޓްޓްރާރަށް ހުށަހަޅާ ލިޔެކިޔުމާ ގުޅޭ
މި ގާނޫނުގައި، ކުންފުނީގެ ގަރާރެއް، ނުވަތަ ހާއްސަ ގަރާރެއް ނުވަތަ އެނޫންވެސް ކުންފުނީގެ ނިންމުމެއް ހިމެނޭ ލިޔެކިޔުމެއް، ނުވަތަ އެނޫންވެސް ލިޔުމެއް ނުވަތަ ބަޔާނެއް ރަޖިސްޓްރާރަށް ހުށަހެޅުމަށް އޮންނަ ކޮންމެ ހާލަތެއްގައި، އެ ލިޔުމެއްގެ އަސްލު ހުށަހެޅުމުގެ ބަދަލުގައި، އެ ލިޔުމެއްގެ ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް ނުވަތަ އެޓެސްޓްކޮށްފައިވާ ކޮޕީއެއް ހުށަހެޅުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރެވިދާނެއެވެ.
227 ވަނަ މާއްދާ - ސައްހަކަން ބެލުމަށް ރަޖިސްޓްރާރގެ އިލްތިޒާމެއް ނެތުން
މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކުންފުންޏަކުން ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއްގެ ނުވަތަ އެފަދަ ލިޔެކިޔުމެއްގައި ހިމެނޭ އެއްވެސް މައުލޫމާތެއްގެ ސައްހަކަން ބެލުމަކާ ނުލައި، އެ ލިޔެކިޔުމާ އެއްގޮތަށް އަމަލުކުރުމުގެ ފުރިހަމަ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދަ އެއްވެސް ލިޔުމަކީ ސައްހަނޫން ލިޔުމެއްކަމަށްވާ ހާލަތުގައި، ނުވަތަ އެފަދަ ލިޔުމެއްގައި ހިމެނޭ އެއްވެސް މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަމުގައިވާ ހާލަތުގައި، އެކަމެއްގެ ޒިންމާ ނުވަތަ އެކަމެއްގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ރަޖިސްޓްރާރ އުފުލާކަށް ނުޖެހޭނެއެވެ.
228 ވަނަ މާއްދާ - ކޮމްޕްލަޔަންސް ސްޓޭޓްމަންޓް
(ހ) މި ގާނޫނުގައި، ރަޖިސްޓްރާރަށް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކޮމްޕްލަޔަންސް ސްޓޭޓްމަންޓަކީ، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރަން ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަން ބަޔާންކޮށް، ގާނޫނީ ވަކީލަކު ނުވަތަ ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏެއްގެ ސެކްރެޓަރީއަކު ސޮއިކޮށް ދޫކުރާ ބަޔާނެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބަޔާނަކީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ކަންކަން، އެ ބަޔާނާއެކީ ހުށަހަޅާ ހުށަހެޅުމެއްގައި ފުރިހަމަވާކަމުގެ އެކަށީގެންވާ ހެއްކެއްގެ ގޮތުގައި ރަޖިސްޓްރާރަށް ބަލައިގަނެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބަޔާން އޮންނަންވީ ގޮތުގެ ނަމޫނ،ާ ނުވަތަ އެ ބަޔާނުގައި ފުރިހަމަވާންޖެހޭ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
229 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ލިޔެކިޔުން ހުށަހެޅުމާއި ފައިލްކުރުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ ލިޔެކިޔުމާއި މައުލޫމާތު، ހުށަހަޅާ ފައިލްކުރާނެ އިލެކްޓްރޯނިކް ވަސީލަތެއް ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ ލިޔެކިޔުމާއި މައުލޫމާތު، އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ބެލެހެއްޓޭނެ އިންތިޒާމު ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ.
230 ވަނަ މާއްދާ - އިންސްޕެކްޓްކުރުމުގެ ބާރު
(ހ) މި ގާނޫނުގެ އެއްވެސް މާއްދާއަކާ އެއްވެސް ފަރާތަކުން ހިލާފުވާކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވޭނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީކުރެވިފައިވާ އެޑްރެސް ނުވަތަ ސަރވިސް އެޑްރެސް ނުވަތަ ކުންފުނީގެ އެއްވެސް އޮފީހެއް ނުވަތަ ވިޔަފާރިއެއް ހިންގާ ތަނެއް ބަލައި ފާސްކޮށް، މައުލޫމާތު ހޯދުމުގެ ބާރު ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުންފުންޏަކާގުޅޭ ތަނެއް ބަލައި ފާސްކުރުމުގައި، މި ގާނޫނާ ހިލާފުވެފައިވާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ގަބޫލުކުރެވިއްޖެނަމަ، ގާނޫނާ ހިލާފަށް ހިންގާ އަމަލެއް ހުއްޓުވުމާއި، ގާނޫނާ ހިލާފުވި ފަރާތަކާމެދު،މި ގާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ ދަށުން ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކުން ހިންގާ އިންސްޕެކްށަންގެ މަސައްކަތަކަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ ކުށެކެވެ. އަދި އެ ފަރާތަކާމެދު މި ގާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ކުންފުނިތަކުގެ ދަފްތަރު
231 ވަނަ މާއްދާ - ކުންފުނިތަކުގެ ދަފްތަރު
މި ގާނޫނުގެ މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކުންފުނިތަކުގެ އަންނަނިވި މައުލޫމާތު ވަކިން ހިމެނޭގޮތަށް،ކުންފުނިތަކުގެ ދަފްތަރު ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.
(ހ) މި ގާނޫނުގެ ހަވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ނަން (ނަން ބަދަލުކޮށްފައިވާނަމަ ކުރިން ކިޔުނު ނަންތައް)، ކުންފުނީގެ ބާވަތ،ް ރަޖިސްޓަރީކުރި ތާރީހް، ރަޖިސްޓަރީ ނަންބަރު،ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
(ށ) މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ކުންފުނީގެ ދުސްތޫރު، އަދި ދުސްތޫރަށް ގެނެވޭ އެންމެހައި ބަދަލުތައް ހިމެނޭގޮތަށް؛
(ނ) މި ގާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ މެންބަރުންގެ މައުލޫމާތު؛
(ރ) މި ގާނޫނުގެ އަށްވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުންގެ މައުލޫމާތު؛
(ބ) މި ގާނޫނުގެ 141 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ ސެކްރެޓަރީގެ މައުލޫމާތު؛
(ޅ) މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބަޔާންކުރާ ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު؛
(ކ) މި ގާނޫނުގެ 118 ވަނަ މާއްދާގެ ދަށުން ކުންފުނީގެ ޑިރެކްޓަރުކަމުގެ މަގާމުން ޑިސްކޮލިފައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު؛ވަނަ މާއްދާގައި ބަޔާންކުރާ ކުންފުނީގެ ސިއްކަ؛
(އ) މި ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރ،ާ ޗާޖުތަކުގެ މައުލޫމާތު؛
(ވ) މި ގާނޫނުގެ ވަނަ މާއްދާގައި ބަޔާންކުރ،ާ ޗާޖުތަކުގެ މައުލޫމާތު؛
(މ) މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުނިތަކުގެ އަންނަނިވި މައުލޫމާތު:
- ކުންފުނީގެ ނަން (ނަން ބަދަލުކޮށްފައިވާނަމަ ކުރިން ކިޔުނު ނަންތައް)، ރަޖިސްޓަރީ ނަންބަރު، ރީރަޖިސްޓަރީކުރި ތާރީހް،ރީރަޖިސްޓްރޭށަން ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، އަދި ދިވެހިރާއްޖޭގައި ހުންނަ ސަރވިސް އެޑްރެސް؛
- ފޮރިން އިންވެސްޓްމަންޓް ހުއްދަ ދެވުނު ހަރަކާތްތައް، އަދި ހުއްދަ ދެވުނު މުއްދަތު؛
- މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރ،ާ ކުންފުނީގެ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެޖެންޓުގެ މައުލޫމާތު؛
- މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުންފުނީގެ މައުލޫމާތު.
(ފ) މި ގާނޫނުގެ 208 ވަނަ މާއްދާގައި ބަޔާންކުރާ، ހަރަކާތްތެރިނުވާ ކުންފުނިތަކުގެ މައުލޫމާތު؛
(ދ) މި ގާނޫނުގެ ތޭރަވަނަ ބާބުގެ ދަށުން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކާއި، އުވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރުގެ މައުލޫމާތު؛
(ތ) އުވާލެވިފައިވާ ކުންފުނިތަކުގެ، މި މާއްދާގެ (ހ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މައުލޫމާތު، އުވާލެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް.
232 ވަނަ މާއްދާ - ދަފްތަރު އާންމުކޮށް ށާއިއުކުރުން
(ހ) މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ ތެރެއިން އަންނަނިވި މައުލޫމާތު، އެއްވެސް އަގެއް ނެގުމަކާ ނުލައި އާންމުންނަށް ބެލޭނެގޮތަށް ރަޖިސްޓްރާރ އާންމުކޮށް ށާއިއުކުރަންވާނެއެވެ.
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (ހ) އާއި (ފ) އާއި (ދ) ގައި ބަޔާންކުރާ މައުލޫމާތު؛
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކުންފުނީގެ މެންބަރުންގެ ނަން، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރުގެ ނަން، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކުންފުނީގެ ސެކްރެޓަރީގެ ނަން، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (މ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކުރާ ބޭރުގެ ކުންފުނިތަކުގެ ނަން، ރީރަޖިސްޓަރީކުރި ތާރީހް، ރީރަޖިސްޓްރޭށަން ނަންބަރު، ރަޖިސްޓަރީކޮށްފައިވާ އެޑްރެސް، އަދި ސަރވިސް އެޑްރެސް، އަދި ކުންފުނީގެ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެޖެންޓުގެ ނަން، ދާއިމީ އެޑްރެސް، އަދި ސަރވިސް އެޑްރެސް؛
- މި ގާނޫނުގެ 231 ވަނަ މާއްދާގެ (ތ) ގައި ބަޔާންކުރާ އުވާލެވިފައިވާ ކުންފުނިތަކުގެ ނަން، ރަޖިސްޓަރީ ނަންބަރު އަދި އުވާލެވުނު ތާރީހް.
(ށ) މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ ތެރެއިން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ފިޔަވައި އެހެނިހެން މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފީއެއް ދެއްކުމަށްފަހު، ބެލޭނެ އިންތިޒާމު ރަޖިސްޓްރާރ ހަމަޖައްސަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، ރަޖިސްޓްރާރގެ ދަފްތަރުގައި ހިމެނޭ މައުލޫމާތު ބެލުމަށްޓަކައި ދައްކަންޖެހޭ ފީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ލައިސަންސް ލިބިފައިވާ ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ މެންބަރުންގެ ތެރެއިން، އާންމު މެންބަރުންގެ މައުލޫމާތު، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން އިސްތިސްނާވާނެއެވެ.
233 ވަނަ މާއްދާ - ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން
މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ރަޖިސްޓްރާރަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން، ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރާރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ ސިއްރުކަން، ރަޖިސްޓްރާރ އަދި މިނިސްޓްރީން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ތަހްގީގީ އިދާރާއަކުން ހިންގާ ތަހްގީގަކަށް، ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ ނުވަތަ ކޯޓު އަމުރަކަށް މެނުވީ، ވިޔަފާރީގެ ސިއްރު މައުލޫމާތު، ތިންވަނަ ފަރާތަކާ ރަޖިސްޓްރާރ ނުވަތަ މިނިސްޓްރީން ހިއްސާކޮށްގެން ނުވާނެއެވެ.
ރަޖިސްޓްޓްރާރގެ ގެޒެޓު
234 ވަނަ މާއްދާ - ރަޖިސްޓްޓްރާރގެ ގެޒެޓު
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ރަޖިސްޓްރާރގެ ފަރާތުން އާންމުކޮށް ކުރަންޖެހޭ އިއުލާންތައް ކުރުމަށާއި، އާންމުކޮށް ށާއިއުކުރަންޖެހޭ ގާނޫނީ ނޯޓިސް ދިނުމަށާއި، މި ގާނޫނުގައި އެނޫންވެސް މައުލޫމާތު އާންމުކޮށް ފެންނާނެހެން ށާއިއުކުރުމަށާއި، އެ މައުލޫމާތު އެއް ތަނަކުން ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ރަޖިސްޓްރާރގެ ގެޒެޓުގެ ނަމުގައި ވަކި އޮންލައިން ވެބްސައިޓެއް ނުވަތަ ޕޯޓަލްއެއް ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓްރާރގެ ގެޒެޓުގައި، އަންނަނިވި އިއުލާންތަކާއި ނޯޓިސް ގަވާއިދުން ށާއިއުކުރަމުން ގެންދަންވާނެއެވެ.
- މި ގާނޫނުގެ 153 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުންފުނީގެ ރައުސްމާލު މަދުކުރުމަށް ނިންމި ނިންމުމަށް އެއްވެސް ކްރެޑިޓަރެއްގ،ެ ނުވަތަ ކުންފުނީގެ އެއްވެސް މެންބަރެއްގެ ނުވަތަ ކުންފުންޏާ ގުޅުންހުރި އެނޫންވެސް ފަރާތެއްގެ އިއުތިރާޒެއް އޮތްތޯ ކަށަވަރުކުރުމަށް ރަޖިސްޓްރާރ ކުރާ އިއުލާން؛
- މި ގާނޫނުގެ 196 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުންފުންޏެއް އުވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ލިކުއިޑޭޓަރު، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ކުރާ އާންމު އިއުލާން؛
- މި ގާނޫނުގެ 207 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުންޏެއް އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައި، އެ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށް ކުރާ އާންމު އިއުލާން؛
- މި ގާނޫނުގެ 208 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހަރަކާތްތެރިނުވާ ކުންފުންޏާ ގުޅޭގޮތުން ކުރާ އިއުލާން؛
- މި ގާނޫނުގެ 215 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުންޏެއް އުވާލުމާއެކު، ނުވަތަ މި ގާނޫނުގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏެއްގެ ރީރަޖިސްޓްރޭށަން ބާތިލުކުރުމާއެކު، އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރިކަން އާންމުކޮށް އިއުލާ ންކުރުން؛ އަދި
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް އިއުލާނާއި ނޯޓިސ.ް
(ނ) މި މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރގެ ގެޒެޓުގައި އިއުލާނާއި މައުލޫމާތު ށާއިއުކުރުމަށް ރަޖިސްޓްރާރަށް އޮންނަ އިލްތިޒާމަކީ، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި އެ އިއުލާނެއް ނުވަތަ މައުލޫމާތެއް ށާއިއުކުރުމަށް ލާޒިމުކުރާ އެއްވެސް ކަމަކަށް ހުރަސްއަޅާ ކަމެއް ނޫނެވެ.
ފަނަރަ ވަނަ ބާބު
ކުށާއި އަދަބު
235 ވަނަ މާއްދާ - ކުންފުނިން ކުރާ ކުށް
(ހ) އަންނަނިވި ކަންކަން ކުންފުންޏަކުން ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދަށް ގެންނަ ބަދަލު ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކުރުމަށް ހުށަނޭޅުން؛
- މި ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރ،ާ ކުންފުނީގެ ނަން ބަދަލުކުރަން އެންގުމުން، ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމަށް އިހުމާލުވުން؛
- މި ގާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރު ބެލެހެއްޓުމަށް އިހުމާލުވުން؛
- މި ގާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޑިރެކްޓަރުންނަށް އަންނަ ބަދަލުތައް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޑިރެކްޓަރުން ތިބެންޖެހޭ އަދަދަށް ޑިރެކްޓަރުން
ނެތުމުގެ ސަބަބުން، ރަޖިސްޓްރާރ އަންގާ މުއްދަތުގައި ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛ - މި ގާނޫނުގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ،ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނެތުމުގެ ސަބަބުން،ރަޖިސްޓްރާރ އަންގާ މުއްދަތުގައި މެނޭޖިންގ ޑިރެކްޓަރު އައްޔަންކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 145 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ސެކްރެޓަރީއަށް އަންނަ ބަދަލުތައް ރަޖިސްޓަރީކުރުމަށް، ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 146 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ސެކްރެޓަރީ ނެތުމުގެ ސަބަބުން، ރަޖިސްޓްރާރ އަންގާ މުއްދަތުގައި ސެކްރެޓަރީ އައްޔަންކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ރައުސްމާލު ބަދަލުކުރާކުރުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 163 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރ،ާ ހިއްސާ ބަދަލުކުރުމާގުޅޭ އިޖުރާއަތާ ހިލާފުވުން؛
- މި ގާނޫނުގެ 168 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ މެންބަރުންގެ ދަފްތަރަށް އަންނަ ބަދަލު ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 174 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޗާޖު ރަޖިސްޓަރީކުރުމަށް ނުވަތަ ޗާޖު ދޫކޮށްލިކަން ރަޖިސްޓަރީކުރުމަށް ހުށަނޭޅުން؛
- މި ގާނޫނުގެ 175 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޗާޖުތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
- މި ގާނޫނުގެ 178 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 179 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު ހޯދައި، ބަލަހައްޓައި، ސައްހަކަން ކަށަވަރުކުރުމުގެ ޒިންމާއާ ހިލާފުވުން؛
- މި ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ،ދިވެހިރާއްޖޭގައި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނީގެ މައުލޫމާތު ބަދަލުވުމުން، ނުވަތަ ކުންފުނީގެ އެޖެންޓަށް އަންނަ ބަދަލު ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 186 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 187 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ އަހަރީ މާލީ ހިސާބު ރަޖިސްޓްރާރަށް ހުށަނޭޅުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުންފުންޏަކުން ކޮށްފިނަމަ އަދަބަކީ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
236 ވަނަ މާއްދާ - ޑިރެކްޓަރުން ކުރާ ކުށް
(ހ) އަންނަނިވި ކަންކަން ކުންފުންޏެއްގެ ޑިރެކްޓަރަކު ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި، ކުންފުނީގެ ނަން ބަދަލުކުރަން އެންގުމުން، ނަން ބަދަލުކޮށް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
- މި ގާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ޑިރެކްޓަރުންގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
- މި ގާނޫނުގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ރައުސްމާލު ބަދަލުކުރާކުރުން ރަޖިސްޓަރީކުރުމަށް ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 163 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރ،ާ ކުންފުނީގެ ހިއްސާ ބަދަލުކުރުމާގުޅޭ އިޖުރާއަތާ ހިލާފުވުން؛
- މި ގާނޫނުގެ 168 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ މެންބަރުންގެ ދަފްތަރަށް އަންނަ ބަދަލު ރަޖިސްޓަރީކުރުމަށްޓަކައި ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 175 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ޗާޖުތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އިހުމާލުވުން؛
- މި ގާނޫނުގެ 178 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ހިއްސާއެއްގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 179 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރ،ާ ކުންފުނީގެ ސިގްނިފިކަންޓް ބެނެފިށަލް އޯނަރުންގެ މައުލޫމާތު ހޯދައި، ބަލަހައްޓައި، ސައްހަކަން ކަށަވަރުކުރުމުގެ ޒިންމާއާ ހިލާފުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުންފުނީގެ އެއްވެސް ޑިރެކްޓަރަކު ކޮށްފިނަމަ އެ މީހެއްގެ އަދަބަކީ:
- ފުރަތަމަ ފަހަރުނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރުނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
237 ވަނަ މާއްދާ - މެނޭޖިންގ ޑިރެކްޓަރު ކުރާ ކުށް
(ހ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 186 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ޑިރެކްޓަރުންގެ ރިޕޯޓު ރަޖިސްޓްރާރަށް ހުށަނޭޅުން؛
- މި ގާނޫނުގެ 187 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ އަހަރީ މާލީ ހިސާބު ރަޖިސްޓްރާރަށް ހުށަނޭޅުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކޮށްފިނަމަ، އޭނާގެ އަދަބަކީ:
- ފުރަތަމަ ފަހަރުނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރުނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
238 ވަނަ މާއްދާ - އެހެން ފަރާތްތަކުން ކުރާ ކުށް
(ހ) އަންނަނިވި ފަރާތްތަކުން އަންނަނިވި ކަންކަން ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 177 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނީގެ މެންބަރަކީ، ހިއްސާއެއްގެ ބެނެފިށަލް އޯނަރު ނޫންނަމަ، އެ ހިއްސާއެއްގެ ބެނެފިށަލް އޯނަރުގެ މައުލޫމާތު ކުންފުންޏަށް އެންގުމަށް އޮންނަ ޒިންމާއާ ކުންފުނީގެ މެންބަރު ހިލާފުވުން؛
- މި ގާނޫނުގެ 177 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން، އެއްވެސް ކުންފުންޏެއްގެ ހިއްސާއެއްގެ ބެނެފިށަލް އޯނަރެއް، އޭނާގެ މައުލޫމާތު ކުންފުންޏަށް އެންގުމަށް އޮންނަ ޒިންމާއާ ހިލާފުވުން؛
- މި ގާނޫނުގެ 177 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުންޏެއްގެ ހިއްސާއެއްގެ ބެނެފިށަލް އޯނަރަށް އަންނަ ބަދަލުގެ މައުލޫމާތު ކުންފުންޏަށް އެންގުމަށް އޮންނަ އިލްތިޒާމ،ާ އެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރު، ނުވަތަ އެ ހިއްސާއެއްގެ ބެނެފިށަލް އޯނަރު، ހިލާފުވުން؛
- މި ގާނޫނުގެ 196 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުންޏެއް އުވާލުމުގެ މަސައްކަތްކުރުމަށް ހަވާލުވާ ލިކުއިޑޭޓަރު، އެ މަސައްކަތާ ހަވާލުވާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް އަންގާފައިނުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ:
- ފުރަތަމަ ފަހަރުނަމަ، 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރުނަމަ، 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު، 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
239 ވަނަ މާއްދާ - ޖިނާއީ ކުށް
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމުގައި، އެއްވެސް ދޮގު މައުލޫމާތެއް ދިނުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމުގައި ސައްހަނޫން ލިޔެކިޔުމެއް ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
(ނ) މި ގާނޫނުގެ 230 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކުން ހިންގާ އިންސްޕެކްށަންގެ މަސައްކަތަކަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކުރާ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
240 ވަނަ މާއްދާ - އެހެނިހެން ކުށާއި އަދަބު
މި ބާބުގައި ބަޔާންކުރާ ކުށްތަކާއި އަދަބުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ވަކި ކަމެއް ކުރުމަށް ލާޒިމުކުރާ ހާލަތުގައި އެކަމެއް ނުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން އެކަމެއް ކުރި ފަރާތެއް ނުވަތަ ނުކޮށް ދޫކޮށްލި ފަރާތެއް، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
ސޯޅަ ވަނަ ބާބު
އާންމު މާއްދާތައް
އިންތިގާލީ ކަންކަން
241 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) އުވުނީއެވެ.
242 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް ދެމިއޮތުން
މި ގާނޫނުގެ 241 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް، އެއީ މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ރަޖިސްޓަރީކުރެވިފައިވާ، އަދި މި ގާނޫނު އެ މައްޗަށް ހިނގާ ކުންފުނިތަކެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.
243 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން އަލަށް އަންނަ އިލްތިޒާމުތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް، މި ގާނޫނުގެ ދަށުން އެއްވެސް އާ އިލްތިޒާމެއް ފުރިހަމަކުރަންޖެހޭނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެކަމެއް ފުރިހަމަކޮށް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކުންފުނީގެ ހިންގާ ގަވާއިދުގެ އެއްވެސް މާއްދާއެއް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވާނަމަ، ހިންގާ ގަވާއިދުގެ އެ މާއްދާއެއް އެ ނިސްބަތަކަށް ބާތިލުވީއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ ދެންހުރި މާއްދާތަކުގެ މައްޗަށް މި ގާނޫނުގެ މާއްދާތައް ހިނގާނެއެވެ.
244 ވަނަ މާއްދާ - ޑިރެކްޓަރުންގެ ށަރުތުތައް ހިނގަން ފެށުން
(ހ) މި ގާނޫނުގެ 115 ވަނަ މާއްދާގައި ބަޔާންކުރާ ޑިރެކްޓަރުންގެ ށަރުތުތައް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ޑިރެކްޓަރުންގެ މައްޗަށް ހިނގަން ފަށާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު ހިނގާނީ، އެ ނަންބަރުގައި ބަޔާންކުރާ ކުށެއްގެ ހުކުމް ކުރީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުންކަމުގައިވާނަމައެވެ.
245 ވަނަ މާއްދާ - ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތަކުން އަލަށް އަންނަ އިލްތިޒާމުތައް ފުރިހަމަކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތަކުން މި ގާނޫނުގެ ދަށުން އެއްވެސް އާ އިލްތިޒާމެއް ފުރިހަމަކުރަންޖެހޭނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ފުރިހަމަކޮށް ނިންމަންވާނެއެވެ.
246 ވަނަ މާއްދާ - ކުރީގެ ގާނޫނުގެ ދަށުން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކާގުޅޭ
(ހ) މި މާއްދާ ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުންފުނި އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ ކުންފުނިތަކުގެ މައްޗަށް އެކަންޏެވެ.
(ށ) މި މާއްދާ ހިނގާ ކުންފުނިތަކުން، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ދައްކަންޖެހި ނުދައްކާ އޮތް ކުންފުނީގެ އަހަރީ ފީ، ނުވަތަ ޖޫރިމަނ،ާ މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މައާފުވީއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ އަކުރުގައި ބަޔާންކުރާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ކުންފުންޏަކުން، ކުންފުނި އުވާލުމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލުކޮށް އަލުން ހަރަކާތްތެރިވެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެމަތިން އެކަމަށް އެދި، ކުންފުނި އުވާލުމަށް ރަޖިސްޓްރާރ ކަނޑައެޅި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފީ ނުވަތަ ޖޫރިމަނާ ދެއްކުމުންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުނިތަކުގެ ތެރެއިން މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ރަޖިސްޓްރާރ ކުންފުނި އުވާލައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނީގެ ނަން ދަފްތަރުން އުނިކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުންފުނިތައް، މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން އުވާލުމުގައި، މި ގާނޫނުގެ 207ވަނަ މާއްދާއިން އިސްތިސްނާވެގެންވެއެވެ.
247 ވަނަ މާއްދާ - އެހެނިހެން ކަންކަން ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލައި ހިންގާނީ ރަޖިސްޓްރާރެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަންވާނެއެވެ.
248 ވަނަ މާއްދާ - ނަމޫނާ ހިންގާ ގަވާއިދު
މި ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރައިވެޓް ކުންފުނީގެ ނަމޫނާ ހިންގާ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ އެކުލަވާލައި އާންމުކުރަންވާނެއެވެ.
249 ވަނަ މާއްދާ - ޖަދުވަލުތައް
މި ގާނޫނުގައި ހިމެނޭ ޖަދުވަލުތަކަކީ މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ ބުނެވިދިޔަ ޖަދުވަލުތަކާ އެކުގައެވެ.
250 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.
251 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "ހޯލްޑިންގ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެހެން ކުންފުންޏެއްގެ (އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ) ކޮންޓްރޯލިންގ އިންޓްރެސްޓެއް އޮންނަ މިންވަރަށް، އެ ކުންފުންޏެއްގެ އެންމެހައި ނުވަތަ އަގުލަބިއްޔަތުގެ ހިއްސާ އޮތް ކުންފުންޏަކަށެވެ.
(ށ) "ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނިން ނިންމާ ކޮންމެ ނިންމުމަކަށެވެ.
(ނ) "ނޯޓަރައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކުރުމަށެވެ.
(ރ) "ނޯޓަރައިޒްކޮށްފައިވާ ލިޔުމެއް" ކަމަށް ބުނެފައި އެވަނީ،ނޯޓަރައިޒްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކޮށްފައިވާ ލިޔުމަކަށެވެ.
(ބ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.
(ޅ) "ކުންފުނިތަކުގެ ދަފްތަރު" ނުވަތަ "ރަޖިސްޓްރާރގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރަށެވެ.
(ކ) "އާންމުންނަށް ހިއްސާ ވިއްކުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން، ރެގިއުލޭޓްކުރެވިގެން ހިންގާ މާރކެޓެއްގައި، އާންމުންނަށް ހުޅުވާލައިގެން ހިއްސާ، ބޮންޑ،ު ޑިބެންޗަރ ނުވަތަ އެނޫންވެސް އެހެން ބާވަތެއްގެ ސެކިއުރިޓީޒް ވިއްކުމަށެވެ.
(އ) "އާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ މީހަކަށެވެ.
(ވ) "ފަރމް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 41 ވަނަ މާއްދާގެ (ޒ) ގައި ބަޔާންކުރާ އެކައުންޓެންސީ ފަރމެއް ނުވަތަ އޮޑިޓް ފަރމެއް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކުރާ ލޯ ފަރމަކަށެވެ.
(މ) "އެޓެސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި އަސްލާ އެއްގޮތް ތައްގަނޑު ޖެހުމަށެވެ.
(ފ) "އެޓެސްޓްކޮށްފައިވާ ކޮޕީއެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ.
(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ތ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ލ) "މިނިސްޓްރީ އޮފް ފިނޭންސް" ކަމަށް ބުނެފައި އެވަނީ، މާލީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ގ) "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) އަށާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޏ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)، އަދި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި،އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ސ) "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު)، އަދި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި،އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޑ) "ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު)، އަދި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޒ) "ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު)، އަދި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޓ) "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވާލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޔ) "ލޯކަލް ކައުންސިލް" ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލްތަކަށެވެ.
(ޕ) "ލޯ ފަރމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ލޯ ފަރމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ޕާޓްނަރށިޕަކަށެވެ.
(ޖ) "ގާނޫނީ ވަކީލު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި ބަޔާންކުރާ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ކޮންމެ މީހަކަށެވެ.
(ޗ)
- "ސަބްސިޑިއަރީ ކުންފުނި" ނުވަތަ "އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:
- އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން ކޮންޓްރޯލްކުރެވޭ ފަރާތަކަށް؛ ނުވަތަ
- އެ ކުންފުނީގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން، މަދުވެގެން %50 (ފަންސާސް އިންސައްތަ) ވޯޓުދިނުމުގެ ކޮންޓްރޯލް އޮތް ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ހިއްސާގެ ރައުސްމާލުން އެކަށައަޅާފައިވާ ހިއްސާގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ހިއްސާ، އެ ފަރާތުގެ ނަމުގައި ނަގާފައިވާ ނުވަތަ މިލްކުކުރާ ފަރާތަކަށް؛ ނުވަތަ
- ކުންފުނީގެ ޑިވިޑެންޑްގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ލިބުމުގެ ހައްގު އޮތް ފަރާތަކަށެވެ.
- މި ގާނޫނުގެ ބޭނުމަށްޓަކައި (ކުންފުނި A)، އެހެން ކުންފުންޏެއްގެ (ކުންފުނި B) ގެ ސަބްސިޑިއަރީ ކުންފުންޏަކަށްވެފައ،ި ދެވަނައަށް ބުނެވުނު ކުންފުންޏަކީ (ކުންފުނި B) އެހެން ކުންފުންޏެއްގެ (ކުންފުނި C) ގެ ސަބްސިޑިއަރީ ކުންފުންޏެއްނަމަ، ފުރަތަމަ ބުނެވުނު ކުންފުންޏަކީ (ކުންފުނި A) އެންމެފަހުން ބުނެވުނު ކުންފުނީގެވެސް (ކުންފުނި C) ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މާނަކުރެވޭނެއެވެ.
(ހހ) "ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރ،ީ އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް، އަދި މި ގާނޫނުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
(ހށ) "ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރ،ާ މި ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ހނ) "ޑިރެކްޓަރުންގެ ބޯޑު" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ހުރިހާ ޑިރެކްޓަރުން؛ ނުވަތަ
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން، ގާނޫނީ އަދަދަށްވުރެ މަދުނުވާ އަދަދެއްގެ ޑިރެކްޓަރުން؛ ނުވަތަ
- ކުންފުނީގައި ހިމެނެނީ އެންމެ ޑިރެކްޓަރެއް ކަމަށްވާނަމަ، އެ ޑިރެކްޓަރު.
(ހރ) "ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް ކޮންމެ ފަރާތަކަށެވެ.
ޖަދުވަލު 1
ފީ ތާވަލު
ތަފްސީލު |
ދައްކަންޖެހޭ އަދަދު (ރުފިޔާއިން) |
ކުންފުނި ރަޖިސްޓަރީ ފީ: ޕްރައިވެޓް ކުންފުނި | 2،000 |
ކުންފުނި ރަޖިސްޓަރީ ފީ: ޕަބްލިކް ކުންފުނި | 2،000 |
ކުންފުނި ރަޖިސްޓަރީ ފީ: ލޯކަލް އޮތޯރިޓީ ކުންފުނި | 2،000 |
އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދު ބަދަލުކުރާކުރުން ރަޖިސްޓަރީކުރުން | 100 |
ރަޖިސްޓަރީ އެޑްރެސް ބަދަލުކުރާކުރުން ރަޖިސްޓަރީކުރުން | 100 |
ސަރވިސް އެޑްރެސް ބަދަލުކުރާކުރުން ރަޖިސްޓަރީކުރުން | 100 |
ކުންފުނީގެ އަސާސީ ގަވާއިދު ނުވަތަ ހިންގާ ގަވާއިދުގެ ކޮޕީއެއް، އެ ކުންފުނީގެ މެންބަރަކު އެދިގެން އެ ފަރާތަކަށް ދޫކުރުމުގެ ފީ |
100 |
ކުންފުނީގެ ރައުސްމާލު ބަދަލުކުރުން ރަޖިސްޓަރީކުރުން | 100 |
ކުންފުނީގެ މެންބަރުން / ހިއްސާ ބަދަލުކުރުން ރަޖިސްޓަރީކުރުން | 100 |
ކުންފުނީގެ ޑިރެކްޓަރުން / މެނޭޖިންގ ޑިރެކްޓަރު ބަދަލުވުން ރަޖިސްޓަރީކުރުން | 100 |
ކުންފުނީގެ ސެކްރެޓަރީ ބަދަލުކުރާކުރުން ރަޖިސްޓަރީކުރުން | 100 |
ކުންފުނީގެ ސިއްކަ ރަޖިސްޓަރީކުރުމުގެ ފީ | 100 |
ނަން ރިޒަރވްކުރުން / ނަން ރިޒަރވްކުރެވޭ މުއްދަތު އިތުރުކުރުން (7 ދުވަހުގެ މުއްދަތަށް) | 100 |
މި ގާނޫނަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-07)
އުވުނު ގާނޫނު
ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10)
ކިޔުންތެރިންގެ ހިޔާލު