-

ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު

(ގާނޫނު ނަންބަރު 2024-11)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 3 ޑިސެމްބަރު 2024 ގައި)

(މި ގާނޫނުގެ 43 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1979-25 އުވާލެވިފައި)

 

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދިވެހިރާއްޖެއަށް ފޮރިން ކެޕިޓަލާއި، ޓެކްނޯލޮޖީއާއި، އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި، ދިވެހިރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމަށްޓަކައި އަންނަނިވި ކަންކަމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

  1. ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ށައުގުވެރިކަން އުފައްދައި ދެމެހެއްޓުމަށްޓަކައި، ބައިނަލްއަގްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛
  2. ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވޭނެ ށަރުތުތައް ކަނޑައެޅުން؛
  3. ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ށަރުތުތައް ކަނޑައެޅުން؛
  4. ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންގެ ޒިންމާއާއި އެފަރާތްތަކަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ދާއިރާ ކަނޑައެޅުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖެއިން ބައިވެރިވާ އިންވެސްޓްމަންޓާއި ވިޔަފާރިއާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް އަމަލުކުރެވޭނެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) މި ގާނޫނުގެ ދެވަނަ ބައިގައި "ދެވަނަ ބާބުން ފެށިގެން ފަސްވަނަ ބާބުގެ ނިޔަލަށް ހުރި ބާބުތަކުގައި" ބަޔާންކުރާ އުސޫލުތައް ހިނގާނީ، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ކުރާ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓާގުޅޭ އެންމެހައި ކަންކަމުގެ މައްޗަށެވެ.

(ށ) މި ގާނޫނުގެ ތިންވަނަ ބައިގައި "ހަވަނަ ބާބު" ބަޔާންކުރާ އުސޫލުތައް ހިނގާނީ، ދިވެހިރާއްޖެއިން ބައިވެރިވާ އިންވެސްޓްމަންޓާއި ވިޔަފާރިއާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަށް ދިވެހިރާއްޖޭގައި އަމަލުކުރުމާގުޅޭ ކަންކަމުގެ މައްޗަށެވެ.

 

ދެވަނަ ބައި

ފޮރިން އިންވެސްޓްމަންޓާގުޅޭ

 

ދެވަނަ ބާބު

އިންވެސްޓްމަންޓް ޕްރޮމޯޓްކުރުން އަދި އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުން

 

4 ވަނަ މާއްދާ - އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގެ މަސްއޫލިއްޔަތު

ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ށައުގުވެރިކަން އުފައްދައި އިތުރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ.

 

5 ވަނަ މާއްދާ - އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން

އިންވެސްޓްމަންޓް ޕްރޮމޯޓްކުރުމުގައި، އަންނަނިވި ކަންކަން މިނިސްޓްރީން ރާވައި ހިންގަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ ޕްލޭންތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ގުޅިގެން އެކި ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް ދެނެގަތުމާއި، ކަމާގުޅޭ ދިރާސާތައް ކުރުމާއި، ފީޒިބިލިޓީ ރިޕޯޓުތައް ތައްޔާރުކުރުން؛

(ށ) ބޭރުގެ ފަރާތްތަކާ ގުޅިގެން އިންވެސްޓްކުރުމަށް ށައުގުވެރިވާ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމާއި، ކަމާގުޅޭ އިޖުރާއަތުތައް ސާފުކޮށްދިނުން؛

(ނ) ބޭރުގެ އިންވެސްޓްމަންޓާގުޅޭ ތަފާސްހިސާބުތައް ދިރާސާކުރުން. 

 

6 ވަނަ މާއްދާ - ކަނޑައެޅ ދާއިރާއެއްގައި އަދި ހުއްދަ ހޯދައިގެން މެނުވީ އިންވެސްޓްނުކުރެވުން

ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ފަރާތަކަށް އިންވެސްޓްމަންޓެއް ގާއިމުކުރެވޭނީ، ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ ދާއިރާތަކުގައި، އަދި އެއިން ދާއިރާއެއްގައި އިންވެސްޓްކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓްގެ ދާއިރާތައް

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، އަންނަނިވި އިންވެސްޓްމަންޓްގެ ދާއިރާތަކުގައެވެ.

(ހ) ހުޅުވާލާފައިވާ ދާއިރާތައް؛

(ށ) ށަރުތުތަކަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތައް.

 

8 ވަނަ މާއްދާ - ހުޅުވާލާފައިވާ ދާއިރާތައް 

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި، ވަކި ށަރުތުތަކެއް ފުރިހަމަވެގެން މެނުވީ އިންވެސްޓްނުކުރެވޭނެ ދާއިރާތައް ކަމަށް މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ދާއިރާތައް ފިޔަވައި އެނޫން ކޮންމެ ދާއިރާއަކީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އެއްވެސް ހުރަހެއްނުވާ، ހުޅުވާލާފައި ވާ ދާއިރާތަކެވެ.

 

9 ވަނަ މާއްދާ - ށަރުތުތަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތައް

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ށަރުތުތަކަކާއެކު އިންވެސްޓްކުރެވޭނެ ދާއިރާތަކަކީ، ވަކި ށަރުތުތަކެއް ފުރިހަމަވުމުން މެނުވީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްނުކުރެވޭނެ ދާއިރާތައް ކަމުގައި، މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ދާއިރާތަކެވެ.

 

10 ވަނަ މާއްދާ - އިންވެސްޓްނުކުރެވޭނެ ދާއިރާތައް

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްނުކުރެވޭނެ ދާއިރާތައް ކަމަށް މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ދާއިރާއަކީ އެ ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތަކެވެ.

 

11 ވަނަ މާއްްދާ - އިންވެސްޓްނުކުރެވޭނެ ދާއިރާތައް ކަނޑައެޅުން

(ހ) އަންނަނިވި ގިންތިތައް ހިމެނޭހެން، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްނުކުރެވޭނެ ދާއިރާތައް މިނިސްޓަރު ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތައް؛
  2. ވަކި ށަރުތުތަކެއް ފުރިހަމަވެގެން މެނުވީ ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްނުކުރެވޭނެ ދާއިރާތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ދާއިރާތައް ކަނޑައަޅަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ވަޒީރުންގެ މަޖިލީހުގެ މަށްވަރާއާ އެކުގައެވެ.

  1. ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުޅުވާލުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު؛
  2. ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުޅުވާލުމުގެ ސަބަބުން އެ ސިނާއަތެއްގެ ނުވަތަ ދާއިރާއެއްގެ ވާދަވެރިކަމަށް ކުރާނެ އަސަރު؛
  3. އިންވެސްޓްކުރުމަށް ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު؛
  4. އިންވެސްޓްކުރުމަށް ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއެއް ތަރައްގީކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންވާ މިންވަރު؛ 
  5. އިންވެސްޓްކުރުމަށް ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއަކުން ދުރު ރާސްތާގައި އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު؛
  6. އިންވެސްޓްކުރުމަށް ހުޅުވާލާ ސިނާއަތެއް ނުވަތަ ދާއިރާއެއްގައި އިންސާނީ ވަސީލަތް ތަރައްގީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުސަތުތައް އުފެދޭނެ މިންވަރު.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ ކަނޑައަޅާ ދާއިރާތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ދާއިރާތައް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއް ފަހަރު މުރާޖައާކުރަންވާނެއެވެ. އަދި އެފަދަ މުރާޖައާއަކަށްފަހު އެއިން އެއްވެސް ދާއިރާއަކަށް ބަދަލުގެންނަންޖެހޭ ނަމަ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާއާއެކު އެ ދާއިރާއަކަށް ގެންނަ ބަދަލު ކަނޑައަޅައި، އެ ބަދަލަކަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) ވަކި ށަރުތުތަކެއް ފުރިހަމަވެގެން މެނުވީ ބޭރުގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އިންވެސްޓްނުކުރެވޭނެ ދާއިރާތައް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މިނިސްޓަރު ކަނޑައަޅާއިރު، އެ ދާއިރާތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުން ފުރިހަމަކުރަންޖެހޭ މައިގަނޑު ށަރުތުތައްވެސް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތުމަކުން، ވަކި ދާއިރާއަކާ ގުޅޭ ގޮތުން ބޭރުގެ އިންވެސްޓަރުން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މައިގަނޑު ށަރުތުތައް ފުރިހަމަކުރުމަށް ބޭނުންވާ އިތުރު ކަންކަމާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ކ) ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތައް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިނިސްޓަރު ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، އެއިން ދާއިރާއެއްގައި އިންވެސްޓްކުރުމުގެ ހުއްދައެއް، ބޭރުގެ އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ. އެހެންނަމަވެސް، އެފަދައިން އެ ދާއިރާތައް ކަނޑައެޅުމާ ހަމައަށް، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުއްދަ ލިބިގެން އެއިން ދާއިރާއެއްގައި ބޭރުގެ ފަރާތަކުން ހިންގަމުންދިޔަ ފޮރިން އިންވެސްޓްމަންޓެއް ކުރިއަށްގެންދިޔުމަށް އެފަރާތަކަށް ދީފައިވާ ހުއްދައިގައި ކަނޑައަޅާފައިވާ މުއްދަތުގެ ނިޔަލަށް އެ އިންވެސްޓްމަންޓެއް އެފަރާތަކަށް ކުރިއަށްގެންދެވިދާނެއެވެ.

(އ) ވަކި ށަރުތުތަކެއް ފުރިހަމަވެގެން މެނުވީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްނުކުރެވޭނެ ދާއިރާތައް މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން، އެ ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހަމައެކަނި އެ ދާއިރާއަކަށް ކަނޑައެޅިފައިވާ ށަރުތުތައް ފުރިހަމަވާ ބޭރުގެ ފަރާތްތަކަށާއި އިންވެސްޓްމަންޓްތަކަށެވެ. އެހެންނަމަވެސް، އެފަދައިން އެ ދާއިރާތައް ކަނޑައެޅުމާ ހަމައަށް، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުއްދަ ލިބިގެން އެއިން ދާއިރާއެއްގައި ބޭރުގެ ފަރާތަކުން ހިންގަމުންދިޔަ ފޮރިން އިންވެސްޓްމަންޓެއް ކުރިއަށްގެންދިޔުމަށް އެފަރާތަކަށް ދީފައިވާ ހުއްދައިގައި ކަނޑައަޅާފައިވާ މުއްދަތުގެ ނިޔަލަށް އެ އިންވެސްޓްމަންޓެއް އެފަރާތަކަށް ކުރިއަށްގެންދެވިދާނެއެވެ.

 

 

ތިންވަނަ ބާބު

އިންވެސްޓްކުރުމުގެ ހުއްދަ ދިނުން

 

12 ވަނަ މާއްދާ - އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާތައް

ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރުމަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމުގައި އެކުލެވޭނީ އަންނަނިވި މަރުހަލާތަކެވެ.

(ހ) ށަރުތު ފުރިހަމަވާ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދިނުން؛

(ށ) އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދެވޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުން؛

(ނ) އިލްތިޒާމުތަކާއި އިޖުރާއަތުތައް ފުރިހަމަކުރާ ފަރާތްތަކަށް ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދިނުން؛

(ރ) ލައިސަންސް ދެވޭ ފަރާތްތަކާއެކު އިންވެސްޓްމަންޓް އެގްރީމަންޓްގައި ސޮއިކުރުން.

 

13 ވަނަ މާއްދާ - އިންވެސްޓްކުރަން އެދި ހުށަހެޅޭނެ ފަރާތްތައް

މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) ބޭރު ގައުމެއްގެ ރައްޔިތުން؛

(ށ) އަންނަނިވި ބާވަތުގެ ބިދޭސީ ކުންފުނި؛

  1. ހަމައެކަނި ބިދޭސީން ހިއްސާވާ ކުންފުނި؛ 
  2. ދިވެހިންނާއި ބިދޭސީން އެކުގައި ހިއްސާވާ ކުންފުނި؛ 
  3. ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސައްތައިންސައްތަ ދިވެހިން ހިއްސާވެގެން ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުނ.ި

(ނ) ދިވެހިރާއްޖޭގައި ގާއިމުވެފައިވާ އަންނަނިވި ބާވަތުގެ ވިޔަފާރިތައް؛

  1. ބިދޭސީން ހިއްސާވާ ޕާޓްނަރށިޕް؛ 
  2. ބިދޭސީން ހިއްސާވާ ކުންފުނި؛
  3. ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުނިތައް.

(ރ) ދިވެހިންނާއި ބިދޭސީން ގުޅިގެން އުފައްދާ ޖޮއިންޓް-ވެންޗަރ އެރ ންޖްމަންޓްތައް؛

(ބ) ބޭރުގެ ޖަމާއަތްތައް؛

(ޅ) އެހެން ގައުމެއްގައި އެ ގައުމެއްގެ ގާނޫނެއްގެ ދަށުން އުފައްދާފައިވާ ވަކި ގާނޫނީ ށަހްސުތައް.

 

14 ވަނަ މާއްދާ - ދިވެހި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރާނަމަ އިންވެސްޓްކުރުމުގެ ހުއްދަ ހޯދަން ލާޒިމުވުން

(ހ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރަން އެދޭ ނަމަ، އެފަދައިން ހިއްސާ ބަދަލުކުރުމުގެ ކުރިން މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްގެ ހިއްސާ ބޭރުގެ ފަރާތަކަށް ބަދަލުކުރެވޭނީ، އެ ކުންފުންޏަކުން ނުވަތަ ޕާޓްނަރށިޕަކުން ކުރަން އެދޭ ވިޔަފާރީގެ ދާއިރާއަކީ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައިވާނަމައެވެ.

 

15 ވަނަ މާއްދާ - އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމާއި ހުއްދަ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

(ހ) ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރުމަށް އެދޭ ފަރާތްތަކުން، އިންވެސްޓްކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅުމެއް ހުށަހަޅާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުންތަކާއި މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެއްވެސް ފަރާތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދޭންވާނީ، އެ ހުށަހެޅުމެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އަދި އެ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތާ ތައާރުޒުނުވާ ހުށަހެޅުމެއް ކަމުގައި ވާނަމައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ފަރާތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދޭން ނިންމުމުގައި، މިނިސްޓްރީން އަންނަނިވި ކަންކަން ބަލަންވާނެއެވެ.

  1. އިންވެސްޓްކުރަން އެދޭ ފަރާތަކީ މާލީ ފުދުންތެރިކަން ހުރި ފަރާތެއްކަން ނުވަތަ އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމުގެ ގާބިލުކަން ހުރި ފަރާތެއްކަން؛
  2. އިންވެސްޓްކުރަން އެދޭ ބޭރު ގައުމެއްގެ ރައްޔިތަކީ، ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްގެ ކޮންޓްރޯލް އޮންނަ ބޭރު ގައުމެއްގެ އެއްވެސް ރައްޔިތަކީ، ދިވެހިރާއްޖޭގެ އިމިގްރ ށަންގެ ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން ދިވެހިރާއްޖެއަށް އައުމުގެ ނުވަތަ ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެން ނެތް ފަރާތެއް ކަމުގައިނުވުން؛
  3. އިންވެސްޓްކުރަން އެދޭ ފަރާތުން އިންވެސްޓްކުރަން ހުށަހަޅާ ދާއިރާއަކީ މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ވަކި ށަރުތުތަކެއް ކަނޑައަޅާފައިވާ ދާއިރާއެއްނަމަ، އެ ށަރުތުތައް ފުރިހަމަކުރުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވާކަން؛
  4. އިންވެސްޓްކުރަން އެދޭ ފަރާތުން ހުށަހަޅާ އިންވެސްޓްމަންޓް ނިސްބަތްވަނީ މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއަށްނަމަ، އެ އެންމެހައި ދާއިރާއަކާ ގުޅޭ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން އެ އިންވެސްޓްމަންޓަކާ ގުޅޭ ގޮތުން ފުރިހަމަވާކަން.

(ބ) މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ފަރާތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދޭން ނިންމުމުގައި، އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓަކީ ގައުމީ މަސްލަހަތާ ތައާރުޒުނުވާ ނުވަތަ ގައުމީ މަސްލަހަތު ކުރިއަރުވާ އިންވެސްޓްމަންޓެއްތޯ ބެލުމުގައި މަދުވެގެން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު؛
  2. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ވަކި ދާއިރާއެއްގެ ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު އަދި އެ ދާއިރާއެއް ތަރައްގީކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންވާ މިންވަރު؛
  3. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާގެ ފުރުސަތު އުފެދޭނެ މިންވަރާއި އިންސާނީ ވަސީލަތް ތަރައްގީކުރެވޭނެ މިންވަރު؛
  4. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ އުފެއްދުންތަކާއި މުދަލާއި ހިދުމަތް އެކްސްޕޯޓްކުރުމަށް ލިބޭނެ ފުރުސަތު؛
  5. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކޮށްފާނެ ކަމަށް ބެލެވ އަސަރާއި އެކަންކަން ކުޑަކުރުމަށް ހުށަހަޅާ ފިޔަވަޅު؛
  6. އެފަރާތުން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިރާއްޖެއަށް ޓެކްނޯލޮޖީއާއި މައުލޫމާތު ތައާރުފުވުމަށް ނުވަތަ ބަދަލުވުމަށް އޮތް ފުރުސަތު.

(ޅ) މި މާއްދާގެ ދަށުން އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އެ ހުށަހެޅުން މިނިސްޓްރީއަށް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމަކާމެދު މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތުމަކުން، އެ އަކުރުގައި ބަޔާންކުރާ މުއްދަތަށްވުރެ ކުރު މުއްދަތެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

16 ވަނަ މާއްދާ - އިންވެސްޓްކުރުމަށް އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދިނުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތަކަށް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރުމުގެ ހުއްދަ ދިނުމަށް ށަރުތު ފުރިހަމަވާކަމަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު މިނިސްޓްރީން ނިންމައިފިނަމަ، އެފަދަ އިންވެސްޓްމަންޓެއް ގާއިމުކުރުމަށް އެފަރާތެއްގެ ށަރުތު ފުރިހަމަވާކަމަށާއި، އެފަރާތްތަކުން މި ގާނޫނުގައި ބަޔާންކުރާ އިތުރު ކަންކަމާއި އިޖުރާއަތުތައް ފުރިހަމަކުރާ ހާލަތުގައި އެފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ބަޔާންކޮށް، އެފަރާތަކަށް މިނިސްޓްރީން ލިޔުމެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ދޭ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމުގައި، އެ ލިޔުން ދެވޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި އިޖުރާއަތުތަކާއި އެކަންކަން ފުރިހަމަކުރަންޖެހޭ މުއްދަތެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އެފަދައިން ކަނޑައަޅާ ކަންކަމުގެ ތެރޭގައި، އެ ލިޔުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ނުވަތަ ރީ-ރަޖިސްޓަރީކުރުމަށް ނުވަތަ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - އިލްތިޒާމުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުން

(ހ) ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތަކަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ލިބުމާއެކު، އެ ލިޔުމުގައި އެފަރާތުން ފުރިހަމަކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އިލްތިޒާމުތަކާއި އިޖުރާއަތުތައް އެ ލިޔުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންވާނެ އެވެ.

(ށ) ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތަކަށް މިނިސްޓްރީން ދޭ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެފަރާތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވުމާއެކު އެފަރާތެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ބާތިލުވީ ކަމުގައި ބެލޭނެއެވެ. އަދި އެފަރާތަކަށް ދިވެހިރާއްޖޭގައި ދެން ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރެވޭނީ މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންވެސްޓްކުރުމުގެ ހުއްދައަށް އެދި އަލުން ހުށަހަޅައި، މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން އަލުން ހޯދުމަށްފަހުގައެވެ.

 

18 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދިނުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތަކަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ލިބުމަށްފަހ،ު އެފަރާތުން މި ގާނޫނުގެ 17 ވަނަ މާއްދާގައި ބާޔާންކުރާ ގޮތުގެމަތިން އެ ލިޔުމު ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުން މިނިސްޓްރީން އެފަރާތަކަށް ފޮރިން އިންވެސްޓްމަންޓް ލައިސަންސްއެއް ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ބަލަހައްޓައި ދަފްތަރުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓް ލައިސަންސްގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ދޫކުރާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްއެއްގައި އަންނަނިވި މައުލޫމާތާއި ކަންކަން ހިމަނަންވާނެއެވެ.

  1. ލައިސަންސް ނިސްބަތްވާ އިންވެސްޓަރު ނުވަތަ އިންވެސްޓަރުންގެ ނަމާއި، ގައުމާއި، ސަރވިސް އެޑްރެހާއި، ގާނޫނީ ހައިސިއްޔަތު؛
  2. ލައިސަންސް ނިސްބަތްވާ އިންވެސްޓަރަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، ރަޖިސްޓަރީކޮށްފައިވާ އޮފީހުގެ ފުރިހަމަ އެޑްރެހާއި، ރަޖިސްޓްރ ށަން ނަންބަރު؛
  3. އިންވެސްޓްމަންޓާ ގުޅިގެން ކުރަން ނިންމާފައިވާ އިގްތިސާދީ މަސައްކަތުގެ ހުލާސާއާއި، އެކަމަށް ހަރަދުވާނެ ފައިސާގެ މިންވަރުގެ އަންދާޒާ، ނުވަތަ އިންވެސްޓްމަންޓްގެ އަދަދު؛
  4. ލައިސަންސްގެ ދަށުން ކުރުމަށް ނުވަތަ ހިންގުމަށް ހުއްދަކުރެވޭ ކަންކަމާއި ހަރަކާތްތަކާއި ށަރުތުތައް؛
  5. ލައިސަންސް ދޫކުރި ތާރީހު އަދި ލައިސަންސްގެ މުއްދަތާއި، ލައިސަންސްގެ މުއްދަތު ހަމަވާ ތާރީހު؛
  6. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

(ށ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ދޫކުރާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްއެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން އެ ލައިސަންސްއަކީ އެ ލައިސަންސް ދޫކުރެވޭ ފަރާތަށް ނިސްބަތްވާ، ބަދަލުނުކުރެވޭނެ އެއްޗެއްކަމާއި، އަދި ހުއްދަ ދީފައިވާ އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ލިބިދޭ ހައްގުތައްވެސް ތިންވަނަ ފަރާތަކަށް ބަދަލުނުކުރެވޭނެކަމާއި، ލައިސަންސް ދޫކުރެވޭ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކުގެ ދަށުން މަތިކުރެވިފައިވާ އެންމެހައި އިލްތިޒާމުތަކާއި ކަންކަން ފުރިހަމަ ކުރަންޖެހޭ ނެކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދޫކުރުމުގައި ކަނޑައަޅާ ށަރުތުތައް ކަނޑައަޅަންވާނީ، މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ދޫކުރާ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރ ގައެވެ. އަދި އެފަދައިން ކަނޑައެޅ ނެ ށަރުތުތަކާއި އެ ށަރުތުތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަށް ނުވަތަ ލައިސަންސް ދޫކުރާ ފަރާތަށް ބަދަލުއައުން

(ހ) ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އިއުތިރާޒެއް ނެތް ކަމަށް މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ދީފައިވާ އެއްވެސް ފަރާތެއް، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމުގެ ކުރިން އެހެން ފަރާތަކަށް ބަދަލުކުރަން އެދޭ ނަމަ، އެ ބަދަލެއް ގެނެވޭނީ، މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންވެސްޓްކުރުމުގެ ހުއްދައަށް އެދި އަލުން ހުށަހަޅައި، މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން އަލުން ހޯދުމަށްފަހުގައެވެ.

(ށ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ވިޔަފާރީގެ ހިއްސާ، ދިވެހިރައްޔިތުން ނުވަތަ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނޫން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، އެ ވިޔަފާރި ދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ށަރުތުތައް ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކުރުމުންނެވެ.

 

21 ވަނަ މާއްދާ - ލައިސަންސްއަށް އުނިއިތުރު ގެނައުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ލައިސަންސްއެއް ދޫކޮށްފައިވާ އެއްވެސް ފަރާތަކުން، އެ ލައިސަންސްގެ ދަށުން ކުރުމަށް ހުއްދަކޮށްފައިވާ ވިޔަފާރީގެ ދާއިރާއަކަށް ނުވަތަ ވިޔަފާރި ހަރަކާތަކަށް ބަދަލުގެންނަން އެދޭ ނަމަ، އެ ބަދަލެއް ގެނައުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ލައިސަންސްއަށް އުނިއިތުރު ގެނައުމުގައި އަމަލުކުރާނީ، ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ ދަށުން އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސްއަށް ގެނެވޭ ބަދަލާ ގުޅިގެން އެހެން ގާނޫނެއްގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއްވާނަމަ އެ އިޖުރާއަތެއް ފުރިހަމަކުރުން އެ އިންވެސްޓަރަކަށް ލާޒިމުވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ލައިސަންސްއަށް އުނިއިތުރު ގެނެވޭނީ، ލައިސަންސްއަށް އުނިއިތުރު ގެނައުމާ ގުޅޭ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަން އެ ހުށަހެޅުމެއްގައި ފުރިހަމަވާނަމައެވެ.

 

22 ވަނަ މާއްދާ - ލައިސަންސް އާކުރުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް އާކުރުމަށް އެދޭ ނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން އެ ލައިސަންސްއެއް އާކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް އާކުރުމަށް އިންވެސްޓަރަކު ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާ ގުޅޭ ގޮތުން އަންނަނިވި ކަންކަން ފުރިހަމަވާ ހާލަތުގައި އެ ލައިސަންސް އާކޮށްދެވިދާނެއެވެ. 

  1. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެފަރާތުން ހިލާފުވެފައިނުވުން؛
  2. އިންވެސްޓްކުރުމުގެ ލައިސަންސް ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތަކާ އެފަރާތުން ހިލާފުވެފައިނުވުން؛
  3. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލައިސަންސް އާކޮށްދިނުމާ ގުޅޭ ގޮތުން ބަޔާންކުރާ އިތުރު ށަރުތުތައް، އެ ހުށަހެޅުމާގުޅޭ ގޮތުން ފުރިހަމަވެފައިވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ހުށަހެޅުމެއްގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާނަމަ، އެ ހުށަހެޅުމަކާ ގުޅޭ ގޮތުން އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ލައިސަންސް އާކޮށްނުދިނުން؛ 
  2. ވަކި މުއްދަތެއްގެ ތެރޭގައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށް ލާޒިމުކޮށް، އެކަންކަން ފުރިހަމަކުރުމުން މެނުވީ ލައިސަންސް އާކޮށްނުދިނުން؛
  3. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތަކަކާއެކު 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަގުތީ ލައިސަންސްއެއް ދިނުން؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު ފިޔަވަޅުތައް އެޅުން. 

 

23 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސްއެއް އަންނަނިވި ހާލަތްތަކުގައި ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ލައިސަންސް ހޯދުމުގައި ސައްހަނޫން މައުލޫމާތު ހުށަހަޅާފައިވުން؛
  2. ލައިސަންސް ދޫކޮށްފައިވާ އިންވެސްޓަރު ބަނގުރޫޓުވުން؛ 
  3. އިންވެސްޓްކުރުމުގެ ލައިސަންސް ނިސްބަތްވާ ވިޔަފާރި އެކުލެވިގެންވާ ގޮތް، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ހިލާފަށް ހަމައެކަނި ދިވެހިރައްޔިތުންނަށް ބަދަލުވުން؛
  4. ލައިސަންސް ދޫކޮށްފައިވާ ފަރާތުން، މަދުވެގެން 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް، ލައިސަންސް ދޫކުރެވިފައިވާ މަސައްކަތް ކޮށްފައިނުވުން ނުވަތަ ލައިސަންސް ދޫކޮށްފައިވާ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިވުން؛
  5. ލައިސަންސްގައި ހިމެނޭ ށަރުތެއް އުނިވުން؛ 
  6. ލައިސަންސް ލިބިފައިވާ ފަރާތަށް، ވިޔަފާރި ނުވަތަ ވިޔަފާރީގެ ހަރަކާތް ހިންގުމަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް އެ އިދާރާއިން ބާތިލުކުރުން؛
  7. ލައިސަންސް ދޫކޮށްފައިވަނީ، ރީ-ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުންޏަކަށް ކަމުގައިވާނަމަ، އެ ބޭރުގެ ކުންފުނި އުވުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތް މެދުވެރިވެއްޖެނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް މިނިސްޓްރީން ބާތިލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ އިތުރުން، ލައިސަންސް ހިފެހެއްޓޭނެ ހާލަތްތަކާއި ލައިސަންސް ބާތިލުކުރެވޭނެ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލައިސަންސް ބާތިލުކުރެވޭ ހާލަތުގައި އެކަން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމުގައި ނުވަތަ ބާތިލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތު

(ހ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހިފެހެއްޓުމުގެ ކުރިން ނުވަތަ ބާތިލުކުރުމުގެ ކުރިން، އެ ލައިސަންސް ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ގަސްދުކުރާކަން، ސަބަބާއެކު ބަޔާންކޮށް، އިންވެސްޓަރަށް ލިޔުމުން ނޯޓިހެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ނޯޓިހުގައި، އެފަރާތަކަށް ދީފައިވާ ލައިސަންސް ހިފަހައްޓަން ނުވަތަ ބާތިލުކުރަންނުޖެހޭ ކަމަށް އެފަރާތަށް ފެންނަ ސަބަބު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދެވޭ މުއްދަތު ހަމަވާއިރު، އިންވެސްޓަރު އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެ ހުށަހެޅުމަކާމެދު މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ. އަދި އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާނަމަ، އެފަރާތަކަށް ދީފައިވާ ލައިސަންސް ހިފެހެއްޓިކަން ނުވަތަ ބާތިލުކުރިކަން މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ލައިސަންސް ބާތިލުކުރެވެނީ މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކަމުގައިވާނަމަ ލައިސަންސް ބާތިލުކުރުމުގެ އިތުރުން އެފަރާތެއް މި ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާކުރެވޭނެއެވެ. 

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ލައިސަންސް ހިފަހައްޓައިފިނަމަ ނުވަތަ ބާތިލުކޮށްފިނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ކަމަށް މިނިސްޓްރީއަށް ފެންނަ އެހެން ފިޔަވަޅުތައް އަޅަންވާނެއެވެ.

(ޅ) މި ގާނޫނުގެ ދަށުން ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ނަތީޖާ

(ހ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓޭ ހާލަތުގައި، ލައިސަންސް އަނބުރާ ދޫކުރަންދެން، އެފަރާތުން މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފިޔަވައި، އެހެން ކަންކަން ކުރުމަކީ، ނުވަތަ ކުރާކަމަށް ދެއްކުމަކީ މަނާކަމެކެވެ.

(ށ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް މިނިސްޓްރީން ބާތިލުކޮށްފިނަމަ، އިންވެސްޓަރު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ދައުލަތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރުން؛
  2. އިންވެސްޓްމަންޓާ ގުޅިގެން ވަޒީފާއަދާކުރަމުންދިޔަ ފަރާތްތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ދިނުން؛
  3. އިންވެސްޓްމަންޓާ ގުޅިގެން އެއްވެސް ފަރާތަކަށް އަދާކުރަންޖެހޭ ދަރަންޏެއް އޮތްނަމަ، އެ ދަރަނި އަދާކުރުން؛
  4. ދިވެހިރާއްޖޭގައި ގާއިމުވެގެން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި، ލައިސަންސް ބާތިލުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އުވާލަން އެދުން.

(ނ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް މިނިސްޓްރީން ބާތިލުކޮށްފިނަމަ، އެކަން މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ. 

(ރ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް މިނިސްޓްރީން ބާތިލުކުރާ ހާލަތުގައި، އިންވެސްޓްމަންޓްގެ ފައިދާ ދިވެހިރާއްޖެއިން ބޭރަށް ގެންދެވޭނީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުގައެވެ.

(ބ) އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބާތިލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި އުވާލަންޖެހޭ ހާލަތުގައި، މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ވިޔަފާރި އުވާލާފައިނުވާނަމަ، ކަމާބެހޭ ގާނޫނުގެ ދަށުން އެފަދަ ވިޔަފާރި އުވާލުމަށް އޮންނަ އިޖުރާއަތުގެ ދަށުން އެ ވިޔަފާރިއެއް އުވާލުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދެވޭނެއެވެ.

 

26 ވަނަ މާއްދާ - އިންވެސްޓްމަންޓް އެގްރީމަންޓް

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިގެން ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފޮރިން އިންވެސްޓަރަކާއި މިނިސްޓްރީއާ ދެމެދު އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އިންވެސްޓް ކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ވިޔަފާރީގެ ތަފްސީލު؛
  2. އިންވެސްޓްމަންޓް ހުއްދައިގެ ދަށުން ކުރުމަށް ނުވަތަ ހިންގުމަށް ހުއްދަކުރެވޭ ކަންކަމާއި ހަރަކާތްތަކާއި އިންވެސްޓްމަންޓްގެ އަދަދު؛
  3. އެއްބަސްވުން ދެމިއޮންނާނެ މުއްދަތު؛
  4. މި ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ ހުއްދަ ދީފައިވާ އިންވެސްޓްމަންޓާ ގުޅޭ ގޮތުން އިންވެސްޓަރަށް ލިބިދޭ ހައްގުތައް ތިންވަނަ ފަރާތަކަށް ބަދަލުނުކުރެވޭނެކަން؛
  5. އިންވެސްޓަރު ހިންގާ މުއާމަލާތްތައް ހިންގުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން؛
  6. ބިމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ އުސޫލުތައް؛
  7. ވިޔަފާރިކުރުމުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން އޮންނަ އިންވެސްޓަރުގެ ޒިންމާ؛
  8. ދިވެހިރާއްޖޭގެ ގާނޫނުތަކަށް ތަބާވުމަށް އޮންނަ އިންވެސްޓަރުގެ ޒިންމާ؛
  9. އިންވެސްޓްމަންޓާ ގުޅޭ ގޮތުން ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާތަކުން ހުއްދަތައް ނެގުމުގައި އޮންނަ އިންވެސްޓަރުގެ ޒިންމާ؛
  10. ވަޒީފާގައި މީހުން ގެންގުޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛
  11. ޓެކްސް ދެއްކުމުން ގާނޫނީގޮތުން އިސްތިސްނާ ލިބިދޭ ހާލަތްތަކުގައި ފިޔަވައި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގެ ޒިންމާ؛
  12. އިންވެސްޓްމަންޓުން ލިބ ފައިދާ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެއިން ބޭރަށް ގެންދެވޭނެކަން؛
  13. ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފީތަކާއި ޗާޖުތައް ދެއްކުމުގެ ޒިންމާ؛
  14. އެއްބަސްވުން އާކުރެވޭނެ ގޮތް؛
  15. އެއްބަސްވުން ނިސްބަތްވާ އިންވެސްޓްމަންޓަކީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އިންވެސްޓްމަންޓެއްނަމަ، އެ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް؛
  16. އިންވެސްޓްމަންޓަކީ ށަރުތުތަކަކާއެކު އިންވެސްޓްކުރުމަށް ހުއްދަކޮށްފައިވާ ދާއިރާއެއްގައި ކުރާ އިންވެސްޓްމަންޓެއްނަމަ، އެ އިންވެސްޓްމަންޓާ ގުޅިގެން އިންވެސްޓަރު ފުރިހަމަކުރަންޖެހޭ ށަރުތުތައް؛
  17. ދެފަރާތުގެ ދެމެދުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް؛
  18. އެ އެއްބަސްވުމުގައި ސޮއިކުރުމަށް، ނުވަތަ އެއްބަސްވުން ހޯދުމަށް، ނުވަތަ އެއްބަސްވުން އެފަދައިން ކުރުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި، ނުވަތަ އެއްބަސްވުމުގައި ސޮއިކުރިކަމަށްޓަކައި ނުވަތަ އެއްބަސްވުން ހޯދައިދިންކަމަށްޓަކައި، ނުވަތަ އެއްބަސްވުން އެފަދައިން ކުރުމަށްޓަކައި، އޭގެ މުގާބިލުގައި، ކޮރަޕްށަންގެ އަމަލެއް އެއްބަސްވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހިންގާފައިނުވާނެ ކަމަށް ބަޔާންކުރާ ކޮރަޕްށަނާ ދެކޮޅު މާއްދާ؛
  19. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު ކަންކަން.

(ނ) މި މާއްދާގެ (ށ) ގެ (18) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮރަޕްށަނާ ދެކޮޅު މާއްދާ އިންވެސްޓްމަންޓް އެގްރީމަންޓްގައި ހިމެނުމަށްފަހ،ު އެ މާއްދާގެ ބާރު ކެނޑިގެންދާނެ ނުވަތަ އެ މާއްދާގެ ބާރު ނެތިގެންދާނެ އެހެން މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނައިގެން ނުވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އިންވެސްޓަރުންގެ ޒިންމާއާއި އިންވެސްޓަރުންނަށް ލިބިދެވޭ ހިމާޔަތާއި ރައްކާތެރިކަން

 

27 ވަނަ މާއްދާ - ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އޮތް ޒިންމާ

ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެއްބަސްވުންތަކާއި ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ށަރުތުތަކަށް އަމަލުކުރަން ލާޒިމުވުމުގެ އިތުރަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުމުގެ ޒިންމާ އެފަރާތްތަކުގެ މައްޗަށް އޮންނާނެއެވެ.

 

28 ވަނަ މާއްދާ - ފެއަރ އެންޑް އިކުއިޓަބަލް ޓްރީޓްމަންޓް

މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އިންވެސްޓްމަންޓްތަކާއި އެ އިންވެސްޓްމަންޓްގެ ފައިދާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވެއެވެ. އަދި އެފަދަ އިންވެސްޓްމަންޓްތަކާމެދު އަމަލުކުރަންވާނީ، ދެފުށް ފެންނަ ހާމަކަން ބޮޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

29 ވަނަ މާއްދާ - އިންވެސްޓްމަންޓްގެ ފައިދާ ދިވެހިރާއްޖެއިން ބޭރަށް ގެންދިޔުމުގެ ހައްގު

(ހ) ބޭރުގެ އިންވެސްޓަރަކު ދިވެހިރާއްޖޭގައި ކުރާ އިންވެސްޓްމަންޓެއްގެ ރައުސްމާލާއި، އެ ރައުސްމާލުން އުފެދ ފައިދާ އަނބުރާ އެ އިންވެސްޓަރުގެ ގައުމަށް ގެންދިޔުމުގެ ހައްގު އެފަދަ ކޮންމެ އިންވެސްޓަރަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ބެލަންސް އޮފް ޕޭމަންޓްގެ ދަތިކަމެއް ނުވަތަ ފޮރިން އެކްސްޗޭންޖްގެ ދަތިކަމެއް ފަދަ ބޮޑު އިގްތިސާދީ ހީނަރުކަމަކާ ދިވެހިރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައި އިންވެސްޓްމަ ންޓްގެ ރައުސްމާލު އަދި/ ނުވަތަ އޭގެ ފައިދާ އަނބުރާ ގައުމަށް ގެންދިޔުމުގައި ވަކި ށަރުތުތަކެއް ފުރިހަމަކުރުމަށް ކަނޑައެޅުމުގެ އިހްތިޔާރު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

30 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް

(ހ) މި ބާބުގައި ބަޔާންކުރާ ރައްކާތެރިކަމާއި ހިމާޔަތް، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އިންވެސްޓްމަންޓްތަކަށް އެފަދައިން ލިބިދެވުނުނަމަވެސް، އަންނަނިވި ކަންކަމާ ގުޅޭ ގޮތުން ހަދާ ގާނޫނަކުން އެފަދަ އިންވެސްޓްމަންޓަކަށް ނުވަތަ އެ އިންވެސްޓްމަންޓާގުޅޭ ހައްގަކަށް ހަނިކަމެއް ގެނައުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

  1. ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އެގޮތުގައި ދެމެހެއްޓުމަށްޓަކައި؛
  2. ދިވެހިރާއްޖޭގެ ސަރަހައްދުގެ ދިފާއާއި ސަލާމަތާއި ރައްކާތެރިކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި؛
  3. ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި؛
  4. އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި؛ 
  5. ގުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވާ ހާލަތުގައި.

(ށ) މި މާއްދާގެ ދަށުން އަޅާ ފިޔަވަޅުތައް ވާންވާނީ، ވަކި އިންވެސްޓަރަކަށް އަމާޒުކުރުމަކާ ނުލައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް އެޅ ފިޔަވަޅުތަކެއް ކަމުގައެވެ.

 

31 ވަނަ މާއްދާ - ހާއްސަ ހާލަތްތަކެއްގައި މެނުވީ ދައުލަތަށް އިންވެސްޓްމަންޓް ނުނެގުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އިންވެސްޓްމަންޓެއް ދައުލަތަށް ނެގުމުގެ ބޭނުމުގައި ނުވަތަ ދައުލަތުން އެ ވިޔަފާރިކުރުމުގެ ބޭނުމުގައި، މި ގާނޫނުގެ ފަހުން ހަދާ ގާނޫނެއް މެދުވެރިކޮށްވިޔަސް، ނުވަތަ ތަންފީޒީ އެއްވެސް އިޖުރާއަތެއް މެދުވެރިކޮށްވިޔަސް، ދައުލަތުން ނުވަތަ ދައުލަތުގެ ބާރުހިނގާ އިދާރާއެއް މެދުވެރިކޮށް، އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އިންވެސްޓްމަންޓެއް، އަންނަނިވި ހާލަތްތަކުގައި އަދި އަންނަނިވި ށަރުތުތައް ފުރިހަމަވާ ގޮތުގެމަތިން ދައުލަތަށް ނެގިދާނެއެވެ.

  1. ކަނޑައެޅި ބަޔާންވެގެންވާ ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި؛ އަދި 
  2. މި ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން؛ އަދި 
  3. އެ އިންވެސްޓްމަންޓަކަށް އެކަށޭނަ ބަދަލު ލިބިދިނުމަށްފަހ.ު

(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި، ހުއްދަކޮށްފައިވާ އިންވެސްޓްމަންޓެއް ދައުލަތަށް ނެގުން ކަމަށް ބުނެފައި އެވަނީ، ދައުލަތުން ބާރުލިބިގެންވާ ފަރާތަކުން އެ އިންވެސްޓްމަންޓް ދައުލަތަށް ސީދާ ނެގުން ނުވަތަ ދައުލަތުން ބާރުލިބިގެންވާ ފަރާތަކުން އަމަލުކުރާ ގޮތަކުން، އެ އިންވެސްޓްމަންޓްގެ މަންފާ ހޯދުމަށް އެ އިންވެސްޓަރަށް އޮތް ފުރުސަތު ނަފީވެގެންދިޔުމަށެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) އެހެން އޮތްނަމަވެސް، އަންނަނިވި ކަންކަމަކީ، ހުއްދަކޮށްފައިވާ އިންވެސްޓްމަންޓެއް ދައުލަތަށް ނެގުން ކަމުގައެއް ނުބެލެވ ނެއެވެ. އަދި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ފަރާތުން އެ އިންވެސްޓްމަންޓަށް އެކަށޭނަ ބަދަލު ދިނުމަކަށް ލާޒިމެއް ނުކުރެވޭނެއެވެ.

  1. ވަކި އިންވެސްޓަރެއް ނުވަތަ ވަކި އިންވެސްޓްމަންޓެއް ތަފާތުކުރުމެއް ނެތި ދައުލަތަށް ނަގާ ޓެކުހެއް ނެގުން؛
  2. ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއް ނެތި ގާނޫނެއް ނުވަތަ ގަވާއިދެއް ހެދުން؛
  3. ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއް ނެތި ހަދާ ގާނޫނެއް ނުވަތަ ގަވާއިދެއް ތަންފީޒުކުރުމުގެ ސަބަބުން އެ އިންވެސްޓަރުގެ އިންވެސްޓްމަންޓް ހިންގުމަށް ހަނިކަމެއް އައުން؛ 
  4. މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި، ނުވަތަ ޖިނާއީ އަމަލެއް ހުއްޓުވުމަށްޓަކައި، ނުވަތަ މުޅި ގައުމުގެ އިގްތިސާދަށް ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި އިންވެސްޓްމަންޓަކަށް އަމާޒުކުރުމެއްނެތި ގާނޫނުހުއްދަކުރާ ފިޔަވަޅެއް އެޅުން؛
  5. މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިންވެސްޓަރަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުން.

 

32 ވަނަ މާއްދާ - އިންވެސްޓްމަންޓަށް ބަދަލުދިނުން

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އިންވެސްޓްމަންޓެއް މި ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތަށް ނަގާ ހާލަތުގައި، އެ އިންވެސްޓަރަށް އެކަށޭނަ ބަދަލު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކަށޭނަ ބަދަލުގެ މިންވަރު ހިސާބުކުރުމުގައި ރިއާޔަތްކުރާނީ، އިންވެސްޓްމަންޓް ދައުލަތަށް ނަގާ ތާރީހާ ހަމައަށް، އެ އިންވެސްޓްމަންޓްގެ ފެއަރ މާކެޓް-ވެލިޔުއަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެކަށޭނަ ބަދަލު ކަނޑައެޅުމާއި ބަދަލުދިނުމުގައި އަމަލުކުރާނެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ފިޔަވަޅު އެޅުމާއި ށަކުވާ ހުށަހެޅުން

 

33 ވަނަ މާއްދާ - ގާނޫނާ ހިލާފު އަމަލުތައް

ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ) މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް ހިންގުން ނުވަތަ މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ދަށުން ހިންގާ ވިޔަފާރި މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ހިންގުން؛

(ށ) ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ށަރުތުތަކާ ހިލާފު އަމަލެއް ކުރުން؛

(ނ) ފޮރިން އިންވެސްޓްމަންޓް ލައިސަންސްއާ ހިލާފު އަމަލެއްކުރުމުން އެކަމެއް ރަނގަޅުކުރުމަށް މިނިސްޓްރީން އަންގާ މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި އެކަމެއް ރަނގަޅުނުކުރުން؛

(ރ) ފޮރިން އިންވެސްޓްމަންޓް ލައިސަންސް ހޯދުމުގައި ސައްހަނޫން މައުލޫމާތު ހުށަހެޅުން.

 

34 ވަނަ މާއްދާ - ގާނޫނާ ހިލާފުވާ އިންވެސްޓަރުންނާމެދު ފިޔަވަޅު އެޅުން

މި ގާނޫނުގައި ވަކި ކަމަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމުގައި ވަކި އިޖުރާއަތެއް ކަނޑައަޅާފައިވާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތަކާމެދު އަންނަނިވި ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) އިންވެސްޓްމަންޓް ކުރިއަށްގެންދަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިލާފަށްކަމަށް މިނިސްޓްރީއަށް ފާހަގަކުރެވޭ ސަބަބު ބަޔާންކޮށް އެކަމަށް ޖަވާބުދާރީވުމަށް އިންވެސްޓަރަށް ފުރުސަތުދީ ލިޔުމުން ނޯޓިހެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގައި ވަކި ކަމެއް ނުވަތަ ވަކި ކަންތައްތަކެއް ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ދިނުމުން، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަން އެކަށީގެންވާ ސަބަބަކާ ނުލައި ރަނގަޅުކޮށްފައިނުވާނަމަ، ނުވަތަ މިނިސްޓްރީން އަންގާފައިވާ ގޮތުގެމަތިން އެ ނޯޓިހަށް ޖަވާބުދާރީވެފައިނުވާނަމަ، މި ގާނޫނުގެ 
35 ވަނަ މާއްދާގެ ދަށުން އެފަރާތެއް ޖޫރިމަނާކޮށް، އެފަރާތަކާމެދު ފިޔަވަޅު އެޅ ނެއެވެ.

 

35 ވަނަ މާއްދާ - ޖޫރިމަނާ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނާ ހިލާފުވާ ފަރާތްތައް އަންނަނިވި ފަދައިން ޖޫރިމަނާކުރެވޭނެއެވެ.

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް އެއްވެސް ފަރާތެއް ހިންގައިފިނަމަ، ހުއްދަނެތި އެފަރާތެއް ހިންގި މުޅި ވިޔަފާރީގެ ނުވަތަ އިންވެސްޓްމަންޓްގެ އަގުގެ %30 (ތިރީސް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް 100,000 (އެއްލައްކަ ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

(ނ) އެފަރާތުން ކުރި އަމަލަކީ، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ އެހެން އަމަލެއްނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ނުވަތަ އެފަރާތުން ހިންގާ މުޅި ވިޔަފާރީގެ ނުވަތަ އިންވެސްޓްމަންޓްގެ އަގުގެ %10 (ދިހައެއް އިންސައްތަ) އިން ޖޫރިމަނާކުރެވޭނެއެވެ.

 

36 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގެ ހައްގު

(ހ) ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓަކާ ގުޅޭ ގޮތުން މި ގާނޫނުގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުމަކާ ގުޅިގެން، ނުވަތަ އެފަދަ އިންވެސްޓްމަންޓަކާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުމަކާ ގުޅިގެން އެ އިންވެސްޓަރަކަށް މިނިސްޓްރީއަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމަށްޓަކައި މިނިސްޓްރީގައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ. އެގޮތުން އެކުލަވާލާ މުރާޖައާ ކޮމިޓީގައި އެ ށަކުވާ ނިސްބަތްވާ ނިންމުން ނިންމުމުގައި ށާމިލުވި ފަރާތެއް ހިމެނިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ށަކުވާތައް ބަލައި ކަމާގުޅޭ ގޮތުން މިނިސްޓްރީން ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާއާ ގުޅިގެން މިނިސްޓްރީން ނިންމާ ނިންމުމަށް ހައްލެއް ހޯދިފައިނުވާނަމަ، އެ މައްސަލަ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު ނުވަތަ އިންވެސްޓްމަންޓް އެގްރީމަންޓްގައި މައްސަލަ ހައްލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު އިންވެސްޓަރަށް ލިބިގެންވެއެވެ.

 

 

ތިންވަނަ ބައި

ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން

ހަވަނަ ބާބު

އިންވެސްޓްމަންޓާއި ވިޔަފާރިއާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް

 

37 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން މުއާހަދާގައި ހިމެނޭ ކަންކަމަށް އިސްކަންދިނުން

(ހ) އިންވެސްޓްމަންޓާއި ވިޔަފާރިއާގުޅޭ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވާ ހާލަތުގައި، އެ މުއާހަދާގައި ބައިވެރިވާ ގައުމެއް ނުވަތަ ގައުމުތަކެއްގެ ފޮރިން އިންވެސްޓަރުން ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން ތަފާތު އުސޫލުތަކެއް އެ މުއާހަދާއެއްގައި ކަނޑައަޅާފައިވާ ހާލަތުގައި އަމަލުކުރާނީ، އެ މުއާހަދާއެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އިންވެސްޓްމަންޓާގުޅޭ ބައިނަލްއަގްވާމީ މުއާހަދާގެ މާނައިގައި، ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއާއި، މަލްޓިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއާއި، އިންވެސްޓްމަންޓާގުޅޭ އުސޫލުތައް އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހިމެނެއެވެ.

 

38 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބައިވެރިވާ މުއާހަދާތަކަށް ދިވެހިރައްޔިތުން އަމަލުކުރުން ލާޒިމުވުން

(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެނަމަ، އެ މުއާހަދާއެއް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައިނަލްއަގްވާމީ މުއާހަދާއަކީ، ދިވެހިރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ މުއާހަދާއެއް ކަމުގައިވާނަމަ، މި ގާނޫނާ ހަވާލާދީ، އެ މުއާހަދާއެއްގެ ކަމާބެހޭ ބައިތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިންވެސްޓްމަންޓާގުޅޭ ބައިނަލްއަގްވާމީ މުއާހަދާއެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު، އެ މުއާހަދާއަކީ މި ގާނޫނުގެ ބައެއް ކަމުގައި ބެލޭނެއެވެ. އަދި އެ މުއާހަދާއަކަށް އަމަލުކުރަން ފެށުމާއެކު، އެ މުއާހަދާގައިވާ އުސޫލުތައް ދިވެހިރައްޔިތުންގެ މައްޗަށް ކަމާގުޅޭ ނިސްބަތަށް ހިނގާނެއެވެ.

 

39 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތައް

(ހ) މި ބާބުގައި ބަޔާންކުރާ އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންވެސްޓްމަންޓާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައްޗަށް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންވެސްޓްމަންޓާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާ ގުޅޭ ގޮތުން، މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިޖުރާއަތު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބައި

އާންމު ބައި

ހަތްވަނަ ބާބު

އެހެނިހެން

 

40 ވަނަ މާއްދާ - އިންތިގާލީ ކަންކަން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު) ގެ ދަށުން މިނިސްޓްރީން ދޫކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ލައިސަންސްއެއްގެ ދަށުން ދިވެހިރާއްޖޭގައި ގާއިމުކޮށް ހިންގަމުންގެންދާ ފޮރިން އިންވެސްޓްމަންޓްތަކަކީ، މި ގާނޫނުގެ ދަށުން ހުއްދަލިބިގެން ހިންގާ އިންވެސްޓްމަންޓްތަކެއް ކަމުގައި ބެލޭނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު) ގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހުއްދަ ދީގެން ދިވެހިރާއްޖޭގައި ގާއިމުކޮށް ހިންގަމުންގެންދާ ފޮރިން އިންވެސްޓްމަންޓްތައް، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) ފޮރިން އިންވެސްޓްމަންޓް ހުއްދައެއްގެ ދަށުން ނޫންގޮތަކަށް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ވިޔަފާރިތަކުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ފޮރިން އިންވެސްޓްމަންޓް ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ހުށަހެޅުންތައް، އެ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބަލައި ނިންމައި، އެފަރާތަކަށް މި ގާނޫނުގެ ދަށުން ދޭ ހުއްދަ ދީ ނިންމަންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ހުށަހެޅުމަކާމެދު، އެ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ގޮތެއް ނިންމަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތެއް، އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހުއްދަ ހޯދުމަށް ހުށަނާޅައިފިނަމަ، އެފަރާތެއްގެ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެއެވެ.

 

41 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން 

ގާނޫނު ނަންބަރު 2014-24 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ފިޔަވައި ފޮރިން އިންވެސްޓްމަންޓާ ގުޅޭ ގޮތުން އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލެއް މި ގާނޫނާ ފުށުއަރާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިސްކަންދޭނީ މި ގާނޫނަށެވެ.

 

42 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައިހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. 

 

43 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު) އުވުނީއެވެ.

 

44 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

45 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ބިދޭސީ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ކުންފުނިތަކަށެވެ.

(ށ) "އިންވެސްޓަރު" ނުވަތަ "ފޮރިން އިންވެސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ގާއިމުކުރުމުގެ ލައިސަންސް ދެވޭ ކޮންމެ ފަރާތަކަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ފޮރިން އިންވެސްޓްމަންޓާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފޮރިން އިންވެސްޓްމަންޓާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ބ) "ފޮރިން އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި މަށްރޫއެއް ހިންގުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި މަސައްކަތެއް ކުރުމަށް ނުވާގޮތަށް، ދެމިގެންދާނ ގޮތެއްގެމަތިން، މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސްއާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ އިންވެސްޓަރަކު ދިވެހިރާއްޖެއަށް ކެޕިޓަލް ނުވަތަ މުވައްޒަފުން ނުވަތަ ޓެކްނޯލޮޖީ ގެނައުމަށެވެ.

(ޅ) "ޓޫރިޒަމާ ބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. 

 

އުވުނު ގާނޫނު

ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1979-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު