ގާނޫނީ ރަދީފު
"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
"އެޑްމިނިސްޓްރޭޓަރ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2025-13) ގެ 62 ވަނަ މާއްދާގެ ދަށުން، އިންށުއަރެންސް ކުންފުންޏެއްގެ ނުވަތަ ލައިސަންސް ލިބިފައިވާ ބްރޯކަރެއްގެ ވިޔަފާރި ހިންގުމުގެ ވަގުތީ ޒިންމާ އުފުލުމަށް އޮތޯރިޓީން އައްޔަންކުރާ ފަރާތަކަށެވެ.
"އިންށުއަރެންސް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ދެފަރާތުން އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން، އެ ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުން ހިމެނޭގޮތުން، ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގެ ދަށުން، ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރިއަށެވެ. މި މާނައިގައި ރީއިންށުއަރެންސް ވިޔަފާރިއާއި ތަކާފުލް ވިޔަފާރިއާއި ރީތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.
"އިންށުއަރެންސް ކުންފުނި" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިންށުއަރެންސް ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
"އިންށުއަރެންސް އިންޓަރމީޑިއަރީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް އޭޖެންޓުންނާއި އިންށުއަރެންސް ބްރޯކަރުންނަށެވެ.
"އިންށުއަރެންސް އޭޖެންޓު" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް ކުންފުންޏެއްގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ވިއްކުމާއި އިންށުއަރެންސް ކޮންޓްރެކްޓްތައް ހެދުމާއި އެ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމާއި އެ ކޮންޓްރެކްޓް އުވާލުމާއި އިންށުއަރެންސް މުއާމަލާތްތައް ހިންގުމުގެ ވިޔަފާރިކުރާ ނުވަތަ ސޮލިސިޓްކުރާ ފަރާތަކަށެވެ.
"އިންށުއަރެންސް ބްރޯކަރ" ކަމަށް ބުނެފައި އެވަނީ، ޕޮލިސީހޯލްޑަރ ނުވަތަ އިންށުއަރެންސް ޕޮލިސީ ނެގުމަށް އެދޭ ފަރާތުގެ ފަރާތުން، އިންށުއަރެންސް ޕޮލިސީ ނެގުމާއި އިންށުއަރެންސް ޕޮލިސީއާ ގުޅިގެން ދޭންޖެހޭ އެހެނިހެން ހިދުމަތްތައް ދިނުމުގެ ވިޔަފާރި ހިންގާ ފަރާތަކަށެވެ.
(ޒ) "ޓްރާންސްފަރ އޯޑަރު" ކަމަށް ބުނެފައި އެވަނީ:
- ބައިވެރިއެއްގެ އެކައުންޓްތައް މެދުވެރިކޮށް ބުކް އެންޓްރީއެއް ނުވަތަ އިލެކްޓްރޯނިކް ޓްރާންސްފަރއެއްގެ ޒަރީއާއިން، އެހެން ފަރާތަކަށް ފައިސާ ލިބިދިނުމަށްޓަކައި ބައިވެރިއެއް ނުވަތަ ސިސްޓަމުން ދޭ އިރުށާދު؛ ނުވަތަ
- ފައިނޭންށަލް އިންސްޓްރުމަންޓެއްގެ މިލްކުވެރިކަން ނުވަތަ މަސްލަހަތެއް ބުކް އެންޓްރީއެއްގެ ޒަރީއާއިން ނުވަތަ އެނޫން އެހެންވެސް ގޮތަކަށް ބަދަލުކުރުމަށް ބައިވެރިއަކު ދޭ އިރުށާދަށް.
"މެރިން ގައިޑުން" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް މެނޭޖްމަންޓް ޔުނިޓުން ހިންގާ ތަމްރީނު ޕްރޮގްރާމުން ފާސްވެގެން، މެރިން ގައިޑު ކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކެވެ.
"ވިޒިޓަރ ސެންޓަރ" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކާ ގުޅޭގޮތުން ރަސްމީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ގަވާއިދުގެ ދަށުން މި ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒަށެވެ. އަދި މި ގަވާއިދުގެ ބޭނުމަށްޓަކައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަދާފައިވާ ވިއުޕޮއިންޓްތަކާއި ބޯޑްވޯކްތަކާއި، ރޭންޖަރ ހަޓުތަކަކީ ވިޒިޓަރ ސެންޓަރުގެ ބައެކެވެ.
"އިމާރާތް" ކަމަށް ބުނެފައި އެވަނީ، އެންމެހައި އިމާރާތްތަކާއި، ފާލަންތަކާއި އެހެނިހެން އުމްރާނީ ބިނާތައް ހިމެނޭގޮތުގެ މަތިންނެވެ.
"މަތީ ފެންވަރުގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ޖަމްއިއްޔާއިން ކަނޑައަޅާ ގައުމީ ފެންވަރުގެ ހަރަކާތްތަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހަރަކާތްތަކާ ގުޅިގެން ބޭއްވޭ ފަރިތަކުރުން، މެޗް، ކޮންގްރެސް، ޖަލްސާ، ވާރކްށޮޕް، ތަމްރީން ކޯސް، ފެސްޓިވަލް ފަދަ ކަންކަމަށެވެ.
"ހަރަކާތް" ކަމަށް ބުނެފައި އެވަނީ، ފަރިތަކުރުން، މެޗް، ކޮންގްރެސް، ޖަލްސާ، ވާރކްށޮޕް، ފެސްޓިވަލް ފަދަ ކަންކަމަށެވެ.
"އޮފިށަލުން" ކަމަށް ބުނެފައި އެވަނީ، ކޯޗުންނާއި، މެނޭޖަރުންނާއި، އެސިސްޓެންޓް ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ރެފްރީންނާއި، އަމްޕަޔަރުންނާއި، ޓީމުގެ ކުޅުންތެރިން ފިޔަވައި އެހެން މީހުންނަށެވެ.
"ކުޅުންތެރިން" ކަމަށް ބުނެފައި އެވަނީ ގައުމީ ކުޅިވަރު ޖަމްއިއްޔާއިން އެކުލަވައިލާ ކުޅިވަރު ޓީމުތަކުގެ ކުޅުންތެރިންނަށެވެ.