ގާނޫނީ ރަދީފު
"ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެށިނަރީއާއި އާލާތްތައް" ކަމަށް ބުނެފައި އެވަނީ، "ދުންފަތުގެ އުފެއްދުން" ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެއްޗެއް އުފެއްދުމަށްޓަކައި، ދުންފަތުގެބާވަތްތައް ޕްރޮސެސްކޮށް ތައްޔާރުކުރުމުގެ މަރުހަލާތަކުގައި ބޭނުންކުރުމަށްފަރުމާކޮށް، ވިއްކުމަށް ބާޒާރަށް ނެރެފައިވާ، އަދި ހަމައެކަނި އެ ބޭނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ، މެކޭނިކަލް ނުވަތަ އޮޓޮމެޓިކް މެށިނަރީއާއި އާލާތްތަކަށެވެ. އޭގެ ތެރޭގައި، ދުންފަތް އޮމާންކުރުމަށް ނުވަތަ ދުންފަތުގެ ފަތަށް އެޑިޓިވްސް އެޅުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ފަތްތަކުގެ ކަނޑޫތައް ނައްތާލުމަށް ބޭނުންކުރާ މެށިނަރީއާއި، އިތުރަށް ޕްރޮސެސްކުރުމަށްޓަކައި ފަތްތައް ކުދިކުދިކޮށް ކޮށުމަށް ބޭނުންކުރާ އާލާތްތަކާއި، ދުންފަތުގެ ތެތްކަމުގެ މިންވަރު ދަށްކުރުމަށް ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ވަސް ނުވަތަ ރަހަ އިތުރުކުރުމަށް ފްލޭވަރ ނުވަތަ އެޑިޓިވްސް އެޅުމަށްޓަކައި ބޭނުންކުރާ މެށިނަރީއާއި، ދުންފަތުގެ ބާވަތްތައް ޕެކްކުރުމަށް ބޭނުންކުރާ މެށިނާއި އިކުއިޕްމަންޓާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓެއް ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް، ޕެކްކުރާ މެށިނަރީވެސް ހިމެނެއެވެ. މި މާނައިގެ ތެރޭގައި، ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ގެންނ،ަ އަމިއްލަ ބޭނުމަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ އާލާތްތަކެއް ނުހިމެނެއެވެ.
"ދުންފަތުގެ ބާވަތެއް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަށް ނުވަތަ އެނޫންވެސް ގޮތަކުން ވިޔަފާރި އުސޫލުން ފޯރުކޮށްދިނުމަށްޓަކައި ދުންފަތުގެ ބާވަތެއް އުފެއްދުމަށެވެ. މި މާނަކުރުމުގައި "އުފެއްދުން" މި ލަފްޒު ބޭނުންކޮށްފައި އެވަނީ، "ޕްރޮޑަކްށަން" ގެ މާނައިގައެވެ. އަދި މި މާނަކުރުމުގައި، އަމިއްލަ ފަރުދަކު ދުންފަތުގެ ބާވަތެއް އިސްތިއުމާލުކުރުމަށްޓަކައި އެ ތައްޔާރުކުރުމަށް އޭނާ އަމިއްލައަށް ކުރާ ކަންކަމެއް ނުހިމެނެއެވެ.
"ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަން" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބޭ ތިއްބުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކަށެވެ.
"އިންވެންޓްރީ ލިސްޓު" ކަމަށް ބުނެފައި އެވަނީ، ލީސް އެއްބަސްވުމާ އެއްގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ޗެކުކޮށް ސޮއިކޮށްފައިވާ، އަދި ކުއްޔަށް ހިފައިގެން އުޅުނު ފަރާތުން އަދާހަމަކުރަމުން ގެންގޮސްފައިވާ، ތަނުގައި ހިންގަމުންދިޔަ ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި، އުފުލޭ މުދަލަށާއި ނޫފުލޭ މުދަލުގެ ލިސްޓަށެވެ.
"އިންވެންޓްރީގައި ނުހިމެނޭ މުދާ" ކަމަށް ބުނެފައި ވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުމެއް ނެތް، އަދި ލީސް އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ އިންވެންޓްރީ ލިސްޓުގައި ނުހިމެނޭ މުދަލަށެވެ.
"ނޫފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ މުދަލާއި ތަކެއްޗަށެވެ.
"އުފުލޭ މުދާ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅިފައިވާ ނުވަތަ ބިމަށް ހަރުކޮށްފައިވާ ތަކެތި ފިޔަވައި، އެ ނޫން ހުރިހާ ބާވަތެއްގެ މުދަލަށެވެ.
"ބުކް ވެލިއު" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނުގެ ލީސް މުއްދަތު ހަމަވި ތާރީހުގެ ނިޔަލަށް، އެ މުދަލަކުން ބަލަށް ކަނޑަމުން ގޮސް، މުދަލުގެ އަގުން ބާކީހުރި، ފޮތު އަގަށެވެ.
"ކެޕިޓަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ބޭނުންކުރެވޭ މުއްދަތު އިތުރުކުރުމަށް ކުރާ ހަރަދުތައް، އާންމު ހަރަދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެ ހަރަދު އެ މުދަލެއްގެ އަގުގެ ތެރޭގައި ހިމެނުމަށެވެ.
"ކެޕިޓަލް އެލަވަންސް ރޭޓް" ކަމަށް ބުނެފައި އެވަނީ، ޓެކުހުގެ ބޭނުމަށް ޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އެކި ބާވަތުގެ މުދަލަށް ކަނޑައަޅައިފައިވާ ކެޕިޓަލް އެލަވަންސަށް ނުވަތަ ޑެޕްރިސިއޭށަން ރޭޓަށެވެ.
"ސެލްވޭޖް ވެލިއު" ކަމަށް ބުނެފައި އެވަނީ، މުދަލެއް ބޭނުންކުރެވޭނެ މުއްދަތު ހަމަވުމުން، އެ މުދަލެއް ނުވަތަ އެ މުދަލުގެ ބައިތައް އިތުރަށް ބޭނުންކުރުމަށް ވިއްކައިލައިގެން ލިބޭނެކަމަށް އަންދާޒާކުރެވޭ އަގަށެވެ.
"ސްކްރެޕް ވެލިއު" ކަމަށް ބުނެފައި އެވަނީ، އެ މުދަލެއް އުފެއްދުމަށް ބޭނުންކޮށްފައިވާ ވަކިވަކި މެޓީރިއަލްތައް ވިއްކައިލައިގެން ލިބޭނެކަމަށް އަންދާޒާކުރެވޭ އަގަށެވެ.
"އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ ތެރޭގައި އިންސާނަކު ނެތި، އިންޖީނުގެ ބާރުގައި ވައިގެ ތެރޭގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކަށެވެ. މިއީ އަމިއްލަ ޒާތުގައި (އޮޓޮމެޓިކުން) ނުވަތަ ދުރުގައި ހުރެގެން ރިމޯޓު ކޮންޓްރޯލްކޮށްގެން ދުއްވޭ އުޅަނދުތަކެވެ.
"މަސްލަހަތުވެރިން" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކޮށްފައިވާ ނުވަތަ ގުދުރަތީގޮތުގައި ނުވަތަ ތަބީއީގޮތުގައި ރައްކައުތެރިކުރުމަށް ކަނޑައަޅާ ތަނެއް އިޖުތިމާއީގޮތުންނާއި އިގުތިޞާދީގޮތުން ބޭނުންކުރާ އަދި ތާރީހީގޮތުން ބޭނުންކޮށްފައިވާ ފަރާތްތަކާއި، އެ ސަރަހައްދު ބޭނުންކުރާނެ ގޮތާ ގުޅިގެން ނިންމާ ނިންމުތަކުގެ ސަބަބުން އެ ބައެއްގެ މަސްލަހަތަށް އެއްވެސް އަސަރެއް ފޯރާފާނެ ފަރާތްތަކާއި، އެކަމާ ގުޅިގެން ނިންމާ ނިންމުތަކުގައި އެ ބައެއްގެ ލަފަޔާއި މަށްވަރާ ހޯދަންޖެހޭ ފަރާތްތައް.
"ދިރުމެއް ތައާރުފު ކުރުން" ކަމަށް ބުނެފައި އެވަނީ، އެ މާހައުލުގައި އުޅޭ ގުދުރަތީ ދިރުމެއް ފިޔަވައި އެހެން ދިރުމެއް ތައާރުފުކުރުމަށެވެ.