gaanoon_logo
-
ކަށުކަމާކެމި

"ކަށުކަމާކެމި" ކަމަށް ބުނެފައި އެ ވަނީ، ހިނެވުން، ނުވަތަ ތަޔަންމަމްކުރުން ނުވަތަ އިސްލާމީ ކަންކަމާބެހޭ މުވައްސަސާއަކުން އެ ފަދަ ފަރާތްތައް ވަޅުލުމަށް ކަނޑައަޅާ ގޮތްތަކަށެވެ.

ކަނޑު
"ކަނޑު" ކަމަށް ބުނެފައިއެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތަށެވެ.

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރު، ފަޅު، ހާ، ގިރި، ފަދަ ހުރިހާތަނެއް ހިމެނޭގޮތަށެވެ.
ކަނޑު
"ކަނޑު" ކަމަށް ބުނެފައި އެވަނީ، ބޭރު ކަނޑާއި، އަތޮޅުތަކުގެ އެތެރެވެރިޔާއި، ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭގޮތަށެވެ.
ކަނޑު

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ފަރާއި، ފަޅާއި، ގިރިއާއި، ހަލާއި، ތިލަޔާއި، ކަނޑުއޮޅިއާއި، އަތޮޅު ބޭރުގައިވާ ލޮނުފެނުގެ މާހައުލަށެވެ.

ކަނޑު

"ކަނޑު" ކަމަށް ބުނެފައި އެވަނީ ބޭރު ކަނޑާއި އަތޮޅުތަކުގެ އެތެރެވަރިއާ ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭ ގޮތަށެވެ.

ކަނޑު

"ކަނޑު" ކަމަށް ބުނެފައިއެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި ހިމެނޭގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތަށެވެ. 

ކަނޑު

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ކަނޑާއި، އެ ސަރަހައްދުތަކުގައިވާ ކަނޑުގެ ބިންގަނޑަށް ނުވަތަ ސީ ފްލޯރއަށެވެ.

ކަނޑު ދަތުރުފަތުރުކުރާ އުޅަނދު
"ކަނޑު ދަތުރުފަތުރުކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ނުވަތަ ފެނުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ. އަދި މި މާނައިގައި ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު، ހައިޑްރޯފޮއިލް، ފުލައިޓް ށިޕް، ހޯވަރކްރާފްޓް އޯފްށޯރ ޕްލެޓްފޯމް އިންޖީނު ނާޅާ އުޅަނދުފަހަރު އަދި އަޑިންދާ ބޯޓު (ސަބްމެރީން) ވެސް ހިމެނޭނެއެވެ.
ކަނޑުން އެތެރެކުރުން

"ކަނޑުން އެތެރެކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގައުމެއްގެ ގާނޫނީ އިމުގެ ތެރޭގައި ނުހިމެނޭ ކަނޑުގެ ސަރަހައްދަކުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ، މުއާހަދާގެ އެޕެންޑިކްސްއެއްގައި ހިމެނޭ ކަނޑުގެ ދިރުމެއް، ނުވަތަ ދިރުމެއްގެ ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށެވެ.

ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި
"ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް ކުރާ ވިޔަފާރިއަކަށެވެ.

ކަނޑުމަހުގެ ބާވަތްތައް

"ކަނޑުމަހުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-139) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.