ގާނޫނީ ރަދީފު
"ރަހުނު ހިފާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ގަބޫލުކުރުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރާ ފަރާތަށެވެ.
"ރަހުނު ބަހައްޓާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރަހުނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ނުވަތަ ލޯނުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފުލެޓެއް ރަހުނެއްގެ ގޮތުގައި ދިނުމަށްފަހު، އެ ރަހުނުގެ މުގާބިލުގައި ރަހުނުގެ އެއްބަސްވުމުގެ ދަށުން ނުވަތަ ލޯނުގެ އެއްބަސްވުމުގެ ދަށުން ފައިސާ ލިބިގަންނަ ފަރާތަށެވެ.
"ރަށުގެ އާބާދީ" ނުވަތަ "އަތޮޅުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ދިރިއުޅޭ އާބާދީއަށެވެ.