gaanoon_logo
-
ޖަނަވާރު
"ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އިންސާނުން ފިޔަވައި، އެއްގަމުގައި އުޅޭ ނުވަތަ ކަނޑުގައި އުޅޭ ފުރާނަލެއްވި ކޮންމެ މަހްލޫގެއްމެ ހިމެނޭ ގޮތުންނެވެ.
ޖަނަވާރު
"ޖަނަވާރު" ދޭހަކޮށްދެނީ، ފުރާނައަޅުއްވާއިފައިވާ ތަކެތީގެ ތެރެއިން އާދަމުގެ ދަރިންނޫން އެއްޗެއްސެވެ.
ޖަނަވާރު

"ޖަނަވާރު" ކަމަށް ބުނެފައި އެވަނީ، އެއްގަމުގައި އުޅޭ އެންމެހައި ޖަނަވާރާއި، ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ މަސްމަހާމެއްސާއި ކްރަސްޓޭށިއަންގެ ބާވަތްތަކާއި އެނޫންވެސް ދިރޭ އެއްޗެހި ހިމެނޭގޮތުންނެވެ.

ޖަނަވާރުގެ ކާނާ

"ޖަނަވާރުގެ ކާނާ" ކަމަށް ބުނެފައި އެވަނީ، ޖަނަވާރު ކެއުމަށްޓަކައި، ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން އޭގެ ގުދްރަތީ ހާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި، ސިނާއީ ގޮތުން އުފެއްދުމުގެ ތެރެއިން ގުދްރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ގުދްރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.

ޖަމާއަތް
"ޖަމާއަތް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏާއި ނުވަތަ ޕާރޓްނަރށިޕް ފިޔަވައި، ކުންފުނީގެ ސިފައިގައި ނުވަތަ އެހެން ސިފައެއްގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ ޖަމާއަތަށެވެ.
ޖަމްއިއްޔާ
"ޖަމްއިއްޔާ" ކަމަށް ބުނެފައިވަނީ، ވިޔަފާރިކުރުމާއި ވިޔަފާރި ފައިދާ ނޫން މަގްސަދުތަކުގައި ގާނޫނުގައިވާ ގޮތުގެމަތިން ހަދާ ޖަމްއިއްޔާ، ކްލަބް ފަދަ ޖަމާއަތްތަކަށެވެ.
ޖަމްއިއްޔާގެ ރެޖިސްޓްރާރ

"ޖަމްއިއްޔާގެ ރެޖިސްޓްރާރ" ކަމަށް ބުނެފައިވަނީ، މި ގާނޫނުގައި، ޖަމްއިއްޔާގެ ރެޖިސްޓަރާރ ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.

ޖަދުވަލުގައި ބަޔާންކޮށްފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލް

"ޖަދުވަލުގައި ބަޔާންކޮށްފައިނުވާ ޑިސްކްރީޓް އޯރގަނިކް ކެމިކަލް" ކަމަށް ބުނެފައި އެވަނީ، އޮކްސައިޑް، ސަލްފައިޑް އަދި މެޓަލް ކާރބަނޭޓްސް ފިޔަވައި ކާރބަންގެ ހުރިހާ ކޮމްޕައުންޑެއް ހިމެނޭ ކެމިކަލް ކޮމްޕައުންޑްތައް ނިސްބަތްވާ ކްލާހުގެ ހުރިހާ ކެމިކަލަކަށެވެ.

ޖަލަށް ވެއްދުން މަނާ އެއްޗެހި
"ޖަލަށް ވެއްދުން މަނާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 3/2015 (ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
ޖަލަށް ގެނެވޭ މީހާ
"ޖަލަށް ގެނެވޭ މީހާ" ކަމަށް ބުނެފައި އެވަނީ، ޖަލު ހުކުމެއް ތަންފީޒު ކުރަން ގެންނަ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށެވެ.
ޖަލަށްލުން
"ޖަލަށްލުން" ދޭހަކޮށްދެނީ، ގާނޫނީ ނުވަތަ ށަރްއީގޮތުން ކުށަކަށްދޭ އަދަބެއްގައި ކަނޑައެޅޭ މުއްދަތަކަށް އަމިއްލަ މިނިވަންކަން ނެތްގޮތެއްގައި، ޖަލުގައި ބަންދު ކުރުމެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައި އެވަނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013) ގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ރިމާންޑް ޖަލުތަކާއި އާންމު ޖަލުތައް ހިމެނޭ ގޮތުންނެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2015) ގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަސްޓޯޑިއަލް ޖަލުތަކާއި ރިމާންޑް ޖަލުތަކާއި އާންމު ޖަލުތަކަށެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ތަންތަން ހިމެނޭގޮތުންނެވެ.
ޖަލު
"ޖަލު" ގެ މާނައަކީ، ގާނޫނީ ނުވަތަ ށަރްއީ ކުށްކުށަށް ދޭ އަދަބެއްގެ ގޮތުން ކުށްވެރިން ބަންދު ކުރުމަށްވާ ތަނެކެވެ.