ގާނޫނީ ރަދީފު
"ޖުމުލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް އުނިކުރުމުގެ ކުރިން އެޕްލިކަންޓުގެ ޖުމުލަ އާމްދަނީއަށެވެ. މީގެ ތެރޭގައި ހިމެނެނީ:
- މުސާރައާއި އުޖޫރަ؛
- ވިޔަފާރިން ލިބޭ އާމްދަނީ؛
- ކުލިން ލިބޭ އާމްދަނީ؛
- އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ؛
- ސަރުކާރުން ލިބޭ އެހީއާއި އެލަވަންސްތައް؛
- އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނ.ީ
"ބެލުމުގެ ދަށުގައި ތިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ މައްޗަށް މާލީގޮތުން ބަރޯސާވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކަށެވެ.
- 18 (އަށާރަ) އަހަރުން ދަށުގެ ދަރިން؛
- ކައިވެނިކޮށްގެން ނޫޅޭ 18 (އަށާރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ ދަރިން؛
- ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިން؛
- ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
- މައިންބަފައިން.
"ކްރޮސް-ވެރިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އެހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކުރުމާއި، އިލެކްޓްރޯނިކް ވެރިފިކޭށަން ނިޒާމުތައް މެދުވެރިކޮށްގެންނާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށްގެން އެޕްލިކަންޓުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ.
"ބޯހިޔާވަހިކަން ލިބުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30) އުސޫލުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށެވެ.
"އެޕްލިކޭށަން އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓެއްގެ ށަރުތު ހަމަވާކަން ކަނޑައެޅުމަށާއި، އިސްކަންދޭ ތަރުތީބު ކަނޑައެޅުމަށް މިނިސްޓްރީން ކުރިޔަށްގެންދާ އިވެލުއޭށަން ޕްރޮސެސްއަށެވެ.
"އާއިލާގެ މެންބަރުން" ކަމުގައި ބަލާނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދީ/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭގޮތުންނެވެ.
"ސެލެރީ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މަހެއްގެ މުސާރަ ދިނުމުގެ ބޭނުމަށް އެ މަހެއްގެ ހާޒިރީ ބެލޭ މުއްދަތަށެވެ.
"ހިންގާ ވިޔަފާރިއެއް ނުވަތަ ކުރާ އެނޫންވެސް މަސައްކަތެއްގެ ގޮތުން ގުޅުންހުރި ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ހިއްސާވާ ކުންފުނީގެ ނުވަތަ ޕާޓްނަރށިޕް ނުވަތަ އެނޫންވެސް ވިޔަފާރީގެ ބޭނުމަށް އުފައްދާ ގާނޫނީ ށަހްސެއްގެ ހިއްސާދާރުންނާއި، މުވައްޒަފު ކުރާ ވިޔަފާރީގެ މުވައްޒަފުންނާއި ވެރިން ހިމެނޭގޮތުންނެވެ.
"މުވައްޒަފަކާ އާއިލީގޮތުން ގުޅުންހުރި ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ފިރިމީހާ، އަނބިމީހާ، ދަރިން، މަންމަ، ބައްޕ،ަ އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، އެއްބަފާ މީހުން އަދި ށަރުއީ އަދީ/ނުވަތަ ގާނޫނީގޮތުން އެ މީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް ހިމެނޭގޮތުންނެވެ.
"ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލާއި، ލީގަލް ސަރވިސްއާއި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަށެވެ.
"ނޭށަނަލް ޕޭ ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ނޭށަނަލް ޕޭ ކޮމިށަން" އަށެވެ.
"ބަންޑާރަނައިބު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަންޑާރަނައިބަށެވެ.
"ކުޅިވަރާބެހޭ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
"އެތްލީޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އަރުތަ ޕްރޮގްރާމަށް ހޮވޭ ފަރާތްތައްކަމަށްވާ ކުޅުންތެރީންނާއި، ކޯޗުންނާއި، މެޑިކަލް އޮފިށަލުންނާއި، ފިޒިއޯއިންނާއި، ޓެކްނިކަލް އޮފިށަލުން ހިމެނޭ ގޮތަށެވެ.
"ގައުމީ ކުޅިވަރު އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ގައުމީ ހައިސިއްޔަތު ދީފައިވާ އެސޯސިއޭށަންތަކަށެވެ.