ގާނޫނީ ރަދީފު
"ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމާބެހޭ ގޮތުން ވެވޭ ފަހުމުނާމާ" ކަމަށް ބުނެފައި އެވަނީ، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-40) ގެ 1 ވަނަ މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ފަހުމުނާމާއަށެވެ.
"ޒަކާތު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ގާނޫނު (ގާނޫނު ނަންބަރު 2025-27) ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އަންނަނިވި ފަރާތްތައް ހިމެނޭގޮތަށް އެކުލަވާލާ ޒަކާތު ކައުންސިލަށެވެ:
- އިސްލާމީ ކަންކަމާއި ބެހޭ މިނިސްޓަރު،
- ޑިރެކްޓަރ ޖެނެރަލް،
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މާލިއްޔަތާބެހޭ ވުޒާރާގެ އިސް މުވައްޒަފުންގެ ތެރެއިން އެ ވުޒާރާއިން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ 1 (އެކެއް) މެންބަރު،
- މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 (އެކެއް) މެންބަރު،
- ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 (ދޭއް) މެންބަރު،
"ޒަކާތު ފަންޑު" ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުމަށް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ފަންޑަށެވެ.
"ޒަކާތު ފަންޑު" (ނުވަތަ "ފަންޑު") ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ, އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ށަރީއާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި ޒަކާތު ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން "ޒަކާތު ފަންޑު" ގެ ނަމުގައި އުފައްދާ ފަންޑަށެވެ.
"ޒަކާތް" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި ފިތުރު ޒަކާތް ހިމެނޭގޮތުންނެވެ.
"ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ށަރުއީ އަސާސްތަކާއި މިންގަނޑުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ޒަކާތު ހައުސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ށަރުއީ އަސާސްތަކާއި މިންގަނޑުތައް" އަދި އެ މިންގަނޑުތަކަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތަށެވެ.
"ޒަކާތް ނެގުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ނުވަތަ މުދާ ބަލައިގަތުމަށެވެ.
"ޒަކާތް ބެހުން" ކަމަށް ބުނެފައި އެވަނީ، ޒަކާތުގެ ބެހެނިވެރިންނަށް އަދި/ނުވަތަ ބޭނުންތަކަށް ޒަކާތު ފަންޑުގެ ފައިސާ ދޫކުރުމަށް، ނުވަތަ ގޮވާމުގެ ބާވަތްތައް ބެހެނިވެރިންނަށް ދިނުމަށެވެ.
"ޒަކާތް ދެއްކުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ނުވަތަ ގޮވާމުގެ ބާވަތްތައް ދެއްކުމަށެވެ.
"ޒާތީ މައުލޫމާތު" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އުފަންތާރީހާއި، ފޯނު ނަންބަރާއި، ފޮޓޯއަށެވެ.