ގާނޫނީ ރަދީފު
"ޑީ.އެޗް.އައި.އެސް 2 އެން.ސީ.އާރ ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ޑީ.އެޗް.އައި.އެސް 2 ޕްލެޓްފޯމުގައި ތައްޔާރުކުރެވިފައިވާ ކެންސަރު ބަލިމީހުންގެ މައުލޫމާތު ރަޖިސްޓަރީކޮށް ބަލަހައްޓާ އޮންލައިން ޑޭޓާ ޕޯޓަލަށެވެ.
"ޑީ.އެޗް.އައި.އެސް 2 ޕީ.އެޗް.ސީ ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ޑީ.އެޗް.އައި.އެސް 2 ޕްލެޓްފޯމުގައި ތައްޔާރުކުރެވިފައިވާ، ގައިންގަޔަށް ނާރާބަލިތަކާބެހޭ މައުލޫމާތު އެއްކޮށް ބަލަހައްޓާ އޮންލައިން ޑޭޓާ ޕޯޓަލަށެވެ.
"ޑީ.އެޗް.އައި.އެސް 2" (ޑިސްޓްރިކްޓް ހެލްތު އިންފޮރމޭށަން ސިސްޓަމް) ކަމަށް ބުނެފައި އެވަނީ، ސިއްހީގޮތުން އެއްކުރެވޭ މައުލޫމާތު ބެލެހެއްޓުމުގައި ބޭނުންކުރާ އޮންލައިން ޑޭޓާ މެނޭޖްމަންޓް ސިސްޓަމަށެވެ.
"ޕްރައިވަސީ" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދިނުމާއި މުއާމަލާތުކުރުމުގައި ސިއްރުހިފެހެއްޓޭކަން ކަށަވަރުކުރުމަށެވެ.
"ހެލްތު ޕްރޮމޯށަން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމަށް، ކަމާބެހޭ މައުލޫމާތު ދިނުމާއި، ސިއްހީ އާދަތަކަށް އަހުލުވެރިކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ.
"ސެޒޭށަން ކްލިނިކް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ނުވަތަ ހުއްޓައިލަން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކޮށް، އެ މީހުން އެ އާދައިން ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޮޅުންފިލުވައިދިނުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާނެ ގޮތްތައް ކިޔައިދީ އެޑްވައިޒްދިނުމާއި، އެކަމަށް ދެވޭ ފަރުވާ ލިޔެދީ އޮޅުންފިލުވައިދިނުމާއި، ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު ޗެކްކޮށް ބެލުމަށް ސިއްހީ ހިދުމަތްދޭ ތަނުގައި އިންތިޒާމުކޮށް ހިންގާ ކްލިނިކަށެވެ.
"ޓޮބޭކޯ ސެޒޭށަން ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނަކުން، ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުހެލިކުރުމަށާއި، ދުންފަތުގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހުން އެކަމުގެ ނުރައްކަލުން ދުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ކުރާ މަސައްކަތަށެވެ.
"އިންޖަރީ ސަރވައިލަންސް" ކަމަށް ބުނެފައި އެވަނީ، އެކިއެކި ހާދިސާތަކުން ލިބޭ ޖިސްމާނީ ހާނީއްކަތައް ދެނެގަތުމަށް މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށެވެ.
"އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކައުތެރިވުމަށާއި، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމުގެ މަސައްކަތަށެވެ.
"ގްރީން ސްމާޓް ހެލްތުކެއަރ" ކަމަށް ބުނެފައި އެވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކާރިސާތަކާއި ގޮންޖެހުންތަކުން ލިބިދާނެ ގެއްލުންތަކަށް ސިއްހީ ހިދުމަތްދޭ ތަންތަން ތައްޔާރުވެފައި އޮތުމާއި، ވިލުންތެރިކަން ގެނައުމަށް ކުރެވޭ ކަންތަކަށެވެ.
"ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް)" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނުގައި ރައްކައުތެރި ފެން ލިބެންހުރުމާއި، ސާފުތާހިރުކުރުމުގެ އާލާތްތައް އެކަށީގެންވާ ގޮތުގައި ލިބެން ހުރުމާއި، އެ ތަނެއްގައި އުޅޭ މީހުންނާއި، ޒިޔާރަތްކުރާ މީހުން ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ އާދަތަކަށެވެ.
"ޕަބްލިކް ހެލްތު އިންސްޕެކްށަން" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްހަތާ ގުޅުންހުރި މައްސަލަތައް ޗެކްކުރުމަށާއި، ބަލައި ފާސްކުރުމަށް ކުރެވޭ މަސައްކަތަށެވެ.
"ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާދިސާއާއި ހާލަތްތަކަށް އިޖާބަދީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި، މަސައްކަތްތައް ވިލަރެސްކުރުމަށް އިންތިޒާމުކުރެވިފައިވާ ތަނަށެވެ.
"ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިމާވާ ސިއްހީ ކުއްލި ނުރައްކަލެއް ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ހާލަތުން، ކުރިމަތިވާނެ ނުރައްކާތެރިކަމާއި ލޮޅުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވޭ ދިރާސާއަށެވެ.
"ރެޕިޑް އެސެސްމެންޓް" ކަމަށް ބުނެފައި އެވަނީ، ކުރިމަތިވާ ސިއްހީ ކުއްލި ހާލަތެއްގެ ބޮޑުކުޑަމިން ދެނެގަނެ، އެ ކަމަށް ހައްލު ގެނައުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް، އިސްކަންދޭ ތަރުތީބުން ދެނެގަތުމަށް ކުރެވޭ އަވަސް ދިރާސާއަށެވެ.