-

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ، 8ވަނަ، 9ވަނަ، 10، 11ވަނަ، 12ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރާނެ ސަރަހައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށް ދޫކުރުމާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ބިން ދޫކުރުމާއި، އެފަދަ ތަންތަން ހިންގުމާއި، ޔޮޓް ބަނދަރާއި، ޔޮޓްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ފީނުމުގެ ހިދުމަތްދޭ ތަންތަނާއި، ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކާއި، އެނޫންވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިއާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓާއި ހޮޓާ ހެދުމަށް ބިންދޫކުރުމާއި އެފަދަ ތަންތަން ހިންގުމާއި ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ފަދަ ތަންތަން ހިންގުން (ސުރުހީ އާއި މާޢްދާ ސްލާހު1 ކުރެވިފައި)

ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ ހެދުމަށް ރަށްރަށާއި ބިންބިމާއި ފަޅު ދޫކުރަންވާނީ، އަދި ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ފަދަ ތަންތަނާއި ޔޮޓް ބަނދަރު ހިންގަންވާނީ، އަދި ޔޮޓްތަކާއި ޓޫރިސްޓް އުޅަނދުތައް ދުއްވަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އިސްލާހު2 ކުރެވިފައި)

 

3 ވަނަ މާއްދާ - ފީނުމުގެ ހިދުމަތާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުން

ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ ތަންތަން ހިންގައި، އެފަދަ ތަންތަނުން ހިދުމަތް ދީ، ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދީ ހަދަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

3-1 ވަނަ މާޢްދާ - އިންޓަގްރޭޓަޑް ޓޫރިޒަމް ނުވަތަ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ޕްރައިވެޓް  އައިލެންޑް ތަރައްގީކުރުމަށް ބިން ދޫކުރުމާއި އެފަދަ ތަންތަން ހިންގުން (އިތުރު ކުރެވިފައި)

ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކޮށް، އެފަދަ ޕްރޮޖެކްޓްތަކުގެ ދަށުން ތަންތަން ތަރައްގީކޮށް، އެފަދަ ތަންތަން ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

 

4 ވަނަ މާއްދާ - ޓޫރިޒަމްގެ ސަރަހައްދުތަކާއި ރިޒޯޓު ހަދާނެ ރަށްރަށާއި ޓޫރިސްޓު ހޮޓަލާއި ގެސްޓްހައުސް އަދި ޔޮޓް  ބަނދަރު ހަދާނެ ތަންތަން ކަނޑައެޅުން (ސުރުހީ އާއި މާއްދާ އިސްލާހު1 ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅު، އަދި ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު2 ކުރެވިފައި)

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ބިން ކަނޑައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. (އިސްލާހު2 ކުރެވިފައި)

 

ޓޫރިސްޓް ރިޒޯޓާބެހޭ

 

5 ވަނަ މާއްދާ - ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ،ތިރީގައި ބަޔާންކޮށްފައިވާ ތިން ގޮތުންކުރެ ގޮތަކަށެވެ. (އިސްލާހު ކުރެވިފައި)

  1. ޓޫރިޒަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުން؛ ނުވަތަ
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް ރަށުގައި، ނުވަތަ ބިމުގައި، ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާއެކު، އެ ރަށަކަށް، ނުވަތަ ބިމަކަށް، ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދިނުން.
  3. ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ 5 އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް، ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވުމުންނެވެ.

  1. އެ ރަށް، ނުވަތަ ބިން، ނުވަތަ ފަޅަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާ މަޝްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުން؛ އަދި
  2. ރަށަށް، ނުވަތަ ބިމަށް، ނުވަތަ ފަޅަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އެކުއިޒިށަން ފީ، އެކީ އެއްފަހަރާ ދައްކާފައިވުން؛ އަދި
  3. ރަށަށް، ނުވަތަ ބިމަށް، ނުވަތަ ފަޅަށް އެދޭ ފަރާތަކީ، އެތަނެއްގައި ހިންގަން ހުށަހަޅާފައިވާ މަޝްރޫއު ހިންގުމަށް މާލީ ގޮތުންނާއި، ފަންނީ ގޮތުން ގާބިލު ފަރާތަކަށްވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ޓޫރިޒަމާބެހޭ މިނިސްޓްރީން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި އިތުރު ށަރުތު ކަނޑައެޅުމަކަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދިނުމުގައި ޓޫރިޒަމާބެހޭ މިނިސްޓްރީނަ އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. އެއިން ރަށަކަށް، ނުވަތަ ބިމަކަށް، ނުވަތަ ފަޅަކަށް އެދި ހުށަހަޅާ ހުށަހެޅުންތައް، ހަމަހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވަޒަންކުރާނެ ގޮތުގެ މިންގަނޑެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައި، ހުށަހެޅޭ ކޮންމެ ހުށަހެޅުމެއް އެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ވަޒަންކުރުން؛
  2. ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދުން؛
  3. ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ދޫކުރުމަށްފަހު، އެ ކަމާބެހޭ ތަފްސީލީ މައުލޫމާތު ލިޔުމުން އެންޓި-ކޮރަޕްށަން ކޮމިށަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރަށް ނުވަތަ ފަޅު ނުވަތަ ބިން ދޫކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ ދާސުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި އެ ލިސްޓަށް އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް މި މާއްދާގައިވާ ގޮތުގެމަތިން ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

  1. ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި އާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
  2. މި އަކުރުގައި ބަޔާންކޮށްފައިވާ ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކުމުގައި، ސަރުކާރުގެ ހިއްސާގެ އެންމެ ދަށް އަގު ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އައްޔަނުކުރާ މުސްތަގިއްލު ވެލުއަރއެއް މެދުވެރިކޮށް ހަދާ ވެލިއުއޭށަނަކުންނެވެ. އަދި އެ ވެލިއުއޭށަން ހެދުމުގައި، ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްތަކަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެކުއިޒިށަން ފީ އަދި ބިމު ކުއްޔަށް ރިއާޔަތް ކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(އ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް،  ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

  1. ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި އަމަލުކުރަންވާނީ މި ގާނޫނަށެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ފަތުރުވެރިކަމުގެ ބޭނުމަށް  ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށެއްގެ ބިނާވެށީގެ ޕްލޭންގައި ކަނޑައަޅާފައިވާ ބިންތައް ކުއްޔަށް ދޫކުރާނީ، އެ ބިމެއް ނިސްބަތްވާ ކައުންސިލުން އާންމުކޮށް އިއުލާންކޮށްގެން، ކަމާގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. 

(ވ) މި މާއްދާގެ (އ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

(މ) (އިތުރު ކުރެވިފައި)

  1. ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ  ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ މަށްރޫއަކަށް ހަރަދު ކުރާ ފަރާތަކަށް މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޭންވާނީ، މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
  2. މި މާއްދާގެ ބޭނުމަށްޓަކައި "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، ނުވަތަ އެފަދައިން ހިންގާ މަށްރޫއަކަށް ހަރަދު ކުރާ ފަރާތަކުން، ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ ހަރަދު ކުރާކަމަށްޓަކައި، އެ މަސައްކަތުގެ ނުވަތަ އެ ހަރަދުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ. (އިސްލާހު ކުރެވިފައި)
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުތަކާއި، އެ މަށްރޫއު ހަވާލުކުރެވޭ ފަރާތުން ނުވަތަ މަށްރޫއަށް ބޭނުންވާ ފައިސާ ހަރަދުކުރުމަށް އެއްބަސްވާ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
  4. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނީ، ގިނަވެގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
  5. މި އަކުރުގެ (4) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ރަށް ހަވާލުކުރެވޭ ފަރާތާ މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހަވާލުކޮށްފައިވާ މަށްރޫއު ފުރިހަމަކޮށް ނިމިފައިވާ ހާލަތުގައި، ނުވަތަ އެފަރާތުން މަށްރޫއަށް ހަރަދުކުރަންޖެހޭ ޖުމްލަ ފައިސާ ދައުލަތަށް ދައްކައި ނިމިފައިވާ ހާލަތުގައި، އެފަރާތުން މި ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
  6. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ވަކި ފަރާތަކަށް ދޫކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރަން ނިންމަނީ، ސަރުކާރުގެ އެހެން އިދާރާއަކުން ކަމުގައިވީނަމަވެސް، އެފަދައިން ކްރޮސް ސަބްސިޑީގެ ގޮތުގައި މި ގާނޫނުގެ ދަށުން ވަކި ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ކަމާބެހޭ އިދާރާއިން ނިންމުމާއެކު، މި ގާނޫނުގެ ބޭނުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ޓޫރިޒަމާބެހޭ މިނިސްޓްރީގެ ދަށަށް ނަގުލުވެގެންދާނެއެވެ. އަދި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭގޮތުން އަމަލުކުރެވޭނީ  މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  7. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް 5 ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ފަރާތާއި ދިވެހިސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމުގައި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއެއްގެ ދަށުން އެފަރާތާ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަނުކޮށްފިނަމަ ނުވަތަ އެފަރާތުން އެ މަށްރޫއަކަށް ކުރަން ކަނޑައަޅާފައިވާ ހަރަދު ނުކޮށްފިނަމަ ރަށް ނުވަތަ ބިން ނުވަތަ ފަޅު ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
  8. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވެނީ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުގެ ދަށުން ކުރާ މަސައްކަތް ނުވަތަ މަސައްކަތަށް ކުރާ ހަރަދު، އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން ކުރާކަމަށްޓަކައި، އެ ފައިސާގެ މުގާބިލުގައި އެފަރާތަށް ދޭ އިނާޔަތެއް ނުވަތަ ލުޔެއް ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރެވޭ ރަށެއްގެ ގޮތުގައި ކަމަށްވާތީ، އެ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް ދައްކަންޖެހޭ ކުލި އަދި އެކުއިޒިށަން ކޮސްޓް، އެފަރާތުން ކުރާ އިންވެސްޓްމަންޓާ އަޅައިކަނޑައިދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
  9. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްރަށް ދޫކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
  10. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށް ނުވަތަ ބިން 5 ނުވަތަ ފަޅު ދޫކުރުމަށް އެފަދަ ތަންތަނުގެ އެންމެ ކުޑައެކުއިޒިށަން ކޮސްޓް ހިސާބުކުރާނެ މިންގަނޑެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

5-1 ވަނަ މާއްދާ – އެއް ފަޅެއްގައި ހިމެނޭ ދެ ރަށް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުން  (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި  އުފެދިފައިވާ ނުވަތަ ހިއްކާފައިވާ އެއް ރަށަށްވުރެ ގިނަ ރަށް، އެއް ފަޅެއްގައި ހިމެނޭނަމަ، އެ ރަށްތަކަކީ ވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށްތައް، ވަކިވަކި ފަރާތްތަކަށް ކުއްޔަށްދެވިދާނެއެވެ.

(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ 

އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ކުއްޔަށްދީފައިވާ ނުވަތަ ޓޫރިސްޓް ރިޒޯޓެއް ހިންގާ އެއްވެސް ރަށަކީ ނުވަތަ ފަޅަކީ ނުވަތަ ބިމަކީ، އެއް ރަށަށްވުރެ ގިނަ ރަށް އެއް ފަޅެއްގައި ހިމެނޭގޮތުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ރަށްތަކަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، ކުއްޔަށް ހިފާފައިވާ ފަރާތުން އެއިން ރަށެއް ނުވަތަ ރަށްތަކެއްގެ މައްޗަށް ލިބިފައިވާ ހައްގުތައް، ތިންވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށްދީ ހެދިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަދައިން އެއް ފަޅެއްގައި ހިމެނޭ  ދެ ރަށެއް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ރަށްތަކުގެ ބައުންޑަރީ ކަނޑައަޅާނެ ގޮތާއި، އެފަދަ ރަށްތަކަށް ނެގޭނެ ފީއާއި، އެފަދަ ރަށްތަކާ ގުޅޭގޮތުން އަމަލުކުރާނެ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. 

(ރ). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، ކުލީގެ އެއް އެއްބަސްވުމުގެ ދަށުން އެއް ފަޅަށްވުރެ ގިނަ ފަޅު ކުއްޔަށް ދޫކޮށްފައިވާނަމަ މި މާއްދާގެ ދަށުން އެ ވަކިވަކި ފަޅުތަކަށްވެސް ވަކި ކުލީގެ އެއްބަސްވުން އެކުލަވާލެވިދާނެއެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - އެގްރީމެންޓް ކުރުމާއި އެގްރީމެންޓުގައި ހިމަންޖެހޭ ކަންތައްތައް

މިގާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރާ އެގްރީމެންޓެއްގެ ދަށުންނެވެ. މި އެގްރީމެންޓުގައި ތިރީގައިވާ ކަންތައްތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން.

(ށ) ކުއްޔަށް ދޫކުރާ މުއްދަތު.

(ނ) ކުއްޔަށް ދޫކުރާ މުއްދަތުގެ ތެރޭގައި އިމާރާތްކުރުމަށް މުއްދަތު ދޭނަމަ، އެމުއްދަތަކާއި، ރިޒޯޓް ހިންގަން ފަށާނޭ ތާރީހު.

(ރ) ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާތިލުކުރެވޭނޭ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނޭގޮތް.

(ބ) ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތް. (އިސްލާހު ކުރެވިފައި)

(ޅ) ތިންވަނަ ފަރާތަކަށް ރިޒޯޓް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެނަމަ، ނުވަތަ ރިޒޯޓް ހިންގުން އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވެއްޖެނަމަ، އަމަލު ކުރާނެގޮތް.

(ކ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ބަދަލުކުރާނަމަ، އަމަލުކުރާނެ ގޮތް. (އިތުރު ކުރެވިފައި)

(އ) ކުއްޔަށް ހިފާ ފަރާތުން އެގްރީމެންޓާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް.

 

7 ވަނަ މާއްދާ - ކުލި (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއޓޫރިސްޓް ގެސްޓްހައުސް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

  1. ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާ އަދި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްތަކާއި ފަޅު ރަށްތަކުގެ ބިމުގެ ކުލި ދައްކާނީ މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިންނެވެ
  2. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ކުލި ދައްކާނީ މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
  3. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލި، އެ ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލެވޭ ބީލަމެއްގެ ތެރެއިން، މި ގާނޫނުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން އެ ބިމަކަށް ހިސާބުކުރެވޭ ކުލީގެ މިންވަރަށްވުރެ ކުޑަ ނުވާގޮތަށް ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޔޮޓް މެރީނާ އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމަށްވެސް ކުލި ދައްކާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުލި ދައްކަން ފަށާނީ، 1 ޖަނަވަރީ 2021 އިން ފެށިގެންނެވެ. 

 

8 ވަނަ މާއްދާ - އެގްރީމެންޓް ބާތިލްވުމުން ނުވަތަ މުއްދަތު ހަމަވުމުން ސަރުކާރާ ރިޒޯޓް ހަވާލުކުރުން

(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނީ، އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ދޫކުރުމަށްކުރާ އެގްރީމެންޓުގެ މުއްދަތު ހަމަވުމުން، ނުވަތަ އެމުއްދަތު ހަމަވުމުގެ ކުރިންއެގްރީމެންޓް ބާތިލްވުމުން، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ސަރުކާރުން އަމަލުކުރުމަށްޓަކައި އެރިޒޯޓެއް ހިންގަމުންއައި ފެންވަރުގައި، އެރަށެއް ނުވަތަ އެބިމެއް ސަރުކާރާ ހަވާލުކުރަން ށަރުތުކޮށެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން ނުވަތަ އެމުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފި ފަރާތުން އަމިއްލަޔަށް އެދިގެން ނޫންގޮތަކަށް، ނުވަތަ ކުއްޔަށްހިފި ފަރާތުން އެގްރީމެންޓާ ހިލާފުވުމުގެ ސަބަބުން ނޫންގޮތަކަށް އެގްރީމެންޓް ބާތިލްވުމުން، އެ ރަށެއް ނުވަތަ އެ ބިމެއް އަނބުރާ ސަރުކާރާ ހަވާލުކުރުމުން، އެ ރަށެއް ނުވަތަ އެ ބިމެއްގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން، އެ ރަށެއް ނުވަތަ އެ ބިމެއް ސަރުކާރާ ހަވާލުކުރާ ތާރީހާ ހަމަޔަށް، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ބަލަން ކެނޑުމުން ޖެހޭ އަގު، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފައިގެން އުޅުުނު ފަރާތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް އަނބުރާ ސަރުކާރާ ހަވާލުކުރާ ތާރީހަކުން ފެށިގެން 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ދޭންވާނެއެވެ.

(ނ) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެގެން، ނުވަތަ އެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓް ބާތިލްވެގެން، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ސަރުކާރާ ހަވާލުކުރެވޭ ރަށެއް ނުވަތަ ބިމެއް، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރާއިރު، ދޫކުރެވެނީ ކުރިން އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށްކަމުގައި ވަނީނަމަ، އެ ރަށެއް ނުވަތަ އެ ބިމެއްގައިވާ އިމާރާތްތަކާއި ތަކެއްޗަށް މި މާއްދާގެ (ށ) ގައި ބުނެފައިވާ އަގު ދިނުމެއް ނޯންނާނެއެވެ.

 

9 ވަނަ މާއްދާ - ކުއްޔަށް ދޫކުރާ މުއްދަތު (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގައާއި މި މާއްދާގެ (ކ) ގައި ބުނެފައިވާ ހާލަތްތައް ފިޔަވައި، މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ. (އިސްލާހު ކުރެވި / އިސްލާހު ކުރެވިފައި)

(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް ގެނެވޭ 2 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި ތާރީހުން ފެށިގެން 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ނ) ގާާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ (އިސްލާހު ކުރެވިފައި)

  1. ޤާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،00 (އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެއެވެ.
  2. ޤާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ ފުރަތަމަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެ އެވެ.

(ރ)  (އިސްލާހު1 / އިސްލާހު2 / އުނިކުރެވިފައި)

(ބ)  (އިތުރު ކުރެވި / އިސްލާހު ކުރެވި / އުނިކުރެވިފައި)

(ޅ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުންތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ކަމަށްވާނަމަ، އެ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭންވާނެއެވެ. (އިސްލާހު1، / އިސްލާހު2 ކުރެވިފައި)

(ކ) (އުނި ކުރެވިފައި)

(އ) (އުނި ކުރެވިފައި)

(ކ) ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް 9 ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

1. ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުން. މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނެއެވެ. (އިސްލާހު ކުރެވިފައި)

2. (އުނިކުރެވިފައި)

2. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް  10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފުރަތަމަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް ލާޒިމުވާނެއެވެ. އަދި އެ މުއްދަތަށްފަހު 99 (ނުވަދިހަ ނުވައެއް) އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާ ފަރާތްތަކަށް މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10،000،000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެކީއެއްފަހަރާ ދެއްކުމަށް ލާޒިމުވާނެއެވެ. (އިސްލާހު ކުރެވިފައި)

 

10 ވަނަ މާއްދާ – 50 އަހަރަށްވުރެ ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭ ހާލަތް (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

ޓޫރިސްޓް ރިޒޯޓް ހެދުމަށް މިހާރު ދޫކޮށްފައިވާ ރަށްރަށާއި ނުވަތަ ބިންބިން ދޫކޮށްފައިވާ ފަރާތްތަކާއި ނުވަތަ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށަކަށް ނުވަތަ ބިމަކަށް އެދޭ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ޕަބްލިކް ކުންފުންޏެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް 99 (ނުވަދިހަނުވައެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭންވާނެއެވެ.

(ހ) އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވުން.

(ށ) އެ ކުންފުނީގެ އަސާސީ ގަވާއިދުގައިވާ އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ޓޫރިސްޓް ރިޒޯޓް ބިނާކުރުމާއި ހިންގުން ހިމެނިފައިވުން.

(ނ) ކުންފުނީގެ ހިއްސާގެ މަދުވެގެން %55 (ފަންސާސްފަހެއް އިންސައްތަ) އާންމުންނަށް ވިއްކާފައިވުން.

 

10 ވަނަ މާއްދާ – މުއްދަތު އިތުރުކުރުން (އުނި ކުރެވިފައި)

 

11 ވަނަ މާއްދާ – އެގްރީމެންޓް ބާތިލްވުމުން ނުވަތަ މުއްދަތު ހަމަވުމުން އަމަލުކުރާނެ ގޮތް

(ހ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރުމަށް ކުރާ އެގްރީމަންޓުގެ މުއްދަތު ހަމަވުމުން، ނުވަތަ މިގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އިތުރުކުރާ މުއްދަތުހަމަވުމުން، ނުވަތަ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމަންޓް ބާތިލުވުމުގެ ސަބަބުން، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ވަކިވުމުން، އެރަށެއް ނުވަތަ އެބިމެއް އަލުން ކުއްޔަށް ދޫކުރެވޭނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގެމަތިން، އަދި މި ގާނޫނުގައި ބުނެފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އަލުން ކުއްޔަށް ދޫކުރުމަށް އިއުލާންކުރާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާއިރު، އެރަށެއް ނުވަތަ އެބިމެއް އެފަރާތަކަށް ލިބިއްޖެނަމަ، އެތަނުގައިވާ އިމާރާތްތަކާއި ތަކެތީގެ އަގުން ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން ބަލަން ކެނޑީމާޖެހޭ އަގު އެރަށެއް ނުވަތަ އެބިމެއް އެފަރާތަކާ ހަވާލުކުރެވޭ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ދެއްކުމަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެރަށެއް ނުވަތަ އެބިމެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން އެރަށެއް ނުވަތަ އެބިމެއް އަލުން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނަމަ، މިގޮތުން އެރަށެއްގައިވާ ތަކެތީގެ އަގު ދެއްކުމަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ – ކުއްޔަށް ހިފާ ފަރާތުގެ ހައްގުތަށް އެހެންފަރާތަކަށް ބަދަލުކުރުން

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލެވޭނީ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ، ނުވަތަ ބަދަލުކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ށަރުތުތަކެއްގެ މަތިން އަދި ކުއްޔަށް ހިފާ ފަރާތާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ށަރުތުތަކެއްގެ މަތިންނެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ – ރަށެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވުން (އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން 99 (ނުވަދިހަނުވައެއް) އަހަރުދުވަހުގެ މުއްދަތަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ޕަބްލިކް ކުންފުންޏެއް، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވެއްޖެނަމަ، ނުވަތަ މި ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ށަރުތެއް އެ ކުންފުންޏެއްގެ ކިބައިން އުނިވެއްޖެނަމަ، އެ ރަށް ނުވަތަ އެ ބިން އެފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރެއިން، ޕަބްލިކް ކުންފުންޏަކަށްވުމުގެ ސަބަބުން އިތުރުކުރި މުއްދަތު އުނިކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖޭގެ ދިފާއަށްޓަކައި ވަކިކުރުން

(ހ) މި ގާނޫނުގެ ދަށުން ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި، ކުއްޔަށް ހިފާފައިވާ ފަރާތަށް އެއްވެސް ނޯޓިސެއް ނުދީ ވަކިކުރެވިދާނެއެވެ. މިނޫން ގޮތަކަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިކުރެވޭނީ، އެރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި ކޮށްފައިވާ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި ވަކިކުރާނަމަ، އެރަށެއްގައި ނުވަތަ އެބިމެއްގައި  ކޮށްފައިވާ އިންވެސްޓްމަންޓަށް އަދްލުވެރި ބަދަލު ދޭންވާނެއެވެ.

 

15 ވަނަ މާއްދާ – ރަށް ނުވަތަ ބިމަށް ދާއިމީ ބަދަލެއް އަންނަފަދަ ކަންކަން ކުރުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރަންވާނީ، ތިމާވެށްޓާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ ލިޔުން ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި، އެ ބިމަކީ މީހުން ދިރިއުޅޭ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ބިމެއްނަމަ އެ ބިމެއްގެ މައްޗަށް އިހްތިސާސް ހިނގާ ކައުންސިލަށް އެ ލިޔުން ހުށަހަޅައި، އެ ކައުންސިލްގެ ހުއްދަ ހޯދިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ ކަމެއް ކުރުމުގެ ހުއްދަ ދޫކުރަންވާނީ، ތިމާވެށްޓާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާއިން އެކުލަވާލާފައިވާ ތިމާވެށްޓަށް އަސަރުފޯރާ މިންވަރަށް ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

16 ވަނަ މާއްދާ – ޓޫރިސްޓް ރިޒޯޓް ހިންގުމުގެ ހުއްދަ

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ލިބޭ ރަށެއްގައި ނުވަތަ ބިމެއްގައި ހަދާ އެއްވެސް ރިޒޯޓެއްް ހިންގަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް، ޓޫރިސްޓް ރިޒޯޓް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދަ ދޭނީ، ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ތަންތަނަށެވެ.

  1. ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކޮށްފައިވުން.
  2. އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުން.

(ނ) މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއްގައި ހަދާ ރިޒޯޓެއްގައި ހުންނަންޖެހޭ މިންގަނޑުތަކާއި ހިދުމަތްތަކާއި ފަސޭހަތައް ކަނޑައެޅުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީއަށެވެ. (އިތުރު ކުރެވިފައި)

 

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުން (އިތުރު ކުރެވިފައި)

 

16-1 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގަންވާނީ، މި ގާނޫނުގެ 16-2 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 5-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި:

  1. "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓް،ރިޒޯޓް ހޮޓާ، ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ. (އިސްލާހު ކުރެވިފައި)
  2. "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ހުއްދަ ދޭ ފަރާތަށެވެ.
  3. "ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، އެ ރިޒޯޓުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް ގާއިމުކޮށް ހިންގާ ވަކި އިންވެސްޓަރަށެވެ.

(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް؛
  2. ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ތަނެއް އިންޓަގްރޭޓަޑް ރިޒޯޓަކަށް ބަދަލުކުރުމުގައި ބަލާނެ ށަރުތުތަކާއި އަމަލުކުރާނެ ގޮތުގެ އުސޫލުތައް؛
  3. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ވަކި ބައިތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެކަމާއި، ތިންވަނަ ފަރާތަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް؛
  4. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ވަކި ބައިތަކާ ގުޅިގެން މެނޭޖްމަންޓް އެއްބަސްވުމެއް ހަދަންވާނެކަމާއި، އެ އެއްބަސްވުން ހެދުމުގައި އަމަލުކުރާނެ އުސޫލުތައް؛
  5. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް؛
  6. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ އުސޫލުތައް.

 

16-2 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށްދިނުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް މި ގާނޫނުގެ ދަށުން ކަނޑައެޅޭ ސަރަހައްދެއްގައި، އަންނަނިވި ދެގޮތުންކުރެ ގޮތަކަށެވެ.

  1. ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށްނަމަ، މި ގާނޫނުގެ 5-16 ވަނަ މާއްދާގައިވާ ގޮތުގެމަތިން؛ ނުވަތަ
  2. އެނޫން ފަރާތަކަށްނަމަ، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން. 

(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ ބޭނުމަށްޓަކައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ސަރަހައްދެއްގައި، ތިންވަނަ ފަރާތެއް މެދުވެރިކޮށް ވަކިވަކި ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ،ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސް ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށްޓަކައި، އެ ރަށެއް ނުވަތަ ސަރަހައްދެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއެކު އެއްބަސްވުން ވެފައިވާ ފަރާތުން،އެ ރަށުގެ ނުވަތަ ސަރަހައްދުގެ ވަކިވަކި ބައިބައި ތިންވަނަ ފަރާތަކަށް ކުއްޔަށްދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

 

16-3 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަ ދިނުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު  ހިންގޭނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދެވޭނީ، އެތަން ތަރައްގީކުރާ ޑިވެލޮޕަރަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދަ ދެވޭނީ، ޑިވެލޮޕަރާއި ޓޫރިޒަމާބެހޭ މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށެވެ. އެ އެއްބަސްވުމުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އިންޓަގްރޭޓަޑް  ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ވަކިވަކި ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސްފަތުރުވެރިކަމުގެ ވިޔަފާރިއެއް ހިންގަންވާނީ، އެތަންތަން ހިންގުމަށް މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެންނެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.

  1. އެތަނަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ރަށެއް ނުވަތަ ސަރަހައްދެއް ކަމުގައިވުން؛
  2. ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކުރެވޭ ތަނަކަށްވުން؛
  3. ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ވަކިވަކި ހިދުމަތްތަކެއް، ވަކި ފެންވަރެއްގައި، އެތަނުން ލިބެން ހުރުން؛
  4. މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން ށަރުތުތައް.

(ޅ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޓޫރިސްޓް ރިޒޯޓުތަކުގެ މައްޗަށް މި ގާނޫނުން ލާޒިމުކުރާ އެންމެހައި ކަންކަން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި މި ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ގްރީން ޓެކްސް ދެއްކުމުގެ އިލްތިޒާމުވެސް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.

 

16-4 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ރަށްރަށުގެ ގޮތުގައި ބަދަލުކުރުން. (އިތުރު ކުރެވިފައި)

(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޓޫރިސްޓް ރިޒޯޓު ހިންގުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް، ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ހިންގަމުންދާ ރަށެއް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ހިންގަމުންދާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ރަށެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ތަނެއްގެ ގޮތުގައި ބަދަލުކުރެވޭނީ، 1،000،000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ހިންގަން ފަށާފައިނުވާނަމަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ތަނެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން 1،000،000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށް އެތަން ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުމުންނެވެ. (އިތުރު ކުރެވިފައި)

 

16-5 ވަނަ މާއްދާ - ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއްގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވައި، އެ ސަރަހައްދެއްގައި އިގްތިސާދީ ހަރަކާތް އިތުރުކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށްޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް، އަންނަނިވި ގޮތުގެމަތިން ކުއްޔަށްދެވިދާނެއެވެ.

  1. އެ ރަށަކީ ނުވަތަ ފަޅަކީ ނުވަތަ ބިމަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށް ކަނޑައަޅާފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަބިމެއް ކަމަށްވުން؛ އަދި
  2. އެ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށްވުން؛ އަދި
  3. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވުން؛ އަދި
  4. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާގެ ގޮތުގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތަށް، ދެމިއޮތުން.

(ށ) މި މާއްދާގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ދޭންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށްދެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އަކީ، މި ގާނޫނުގެ 6-16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކޮޓަރި ނުވަތަ ވިލާ ކުއްޔަށް ދިނުމަށް ތަރައްގީކުރާ ތަންތަން ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުން، މި ގާނޫނުގެ 2-16 ވަނަ މާއްދާގެ (ށ) އާއި މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.

(ބ) (އިސްލާހު ކުރެވިފައި)

މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދައާއެކު، އެ ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުމަށް ސަރުކާރާއެކު ކޮށްފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރެވިދާނެއެވެ.

  1. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ އެހެން ކުންފުންޏަކަށް އެއްބަސްވުން ބަދަލުކުރުން؛
  2. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގަން ފަށާތާ 10 (ދިހައެއް) އަހަރުދުވަސް ފާއިތުވުމަށްފަހު، ސަރުކާރު ފިޔަވައި އިތުރު ފަރާތެއްގެ ހިއްސާ އެކުލެވޭ ކުންފުންޏަކަށް ނުވަތަ ވިޔަފާރިއަކަށް ބަދަލުކުރުން.

 

16-6 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 7-16 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 14-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާ ނުވަތަ ކޮޓަރި، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭންގައި ހިމެނޭ، އެ ރިޒޯޓުގައި ހިމެނޭ އެހެނިހެން ތަންތަނާ ވަކިން، ވަކި ބައުންޑަރީއެއް ކަނޑައެޅިފައިވާގޮތަށް އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާއާއި، އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗަށެވެ. އަދި އެތަންތަނަކީ، ރިޒޯޓުގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތަކާއި، ރިޒޯޓަށް އަރާ ފޭބުމާއި، ކޮޓަރި ނުވަތަ ވިލާއަށް ވަދެ ނުކުތުމުގެ ހައްގު ލިބިދެވޭ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އެ ކޮޓަރި ނުވަތަ ވިލާ އަދި އެ ކޮޓަރި ނުވަތަ ވިލާއާ ގުޅިފައިވާ ބިމާއި އިމާރާތާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ނުހިމެނޭގޮތަށް، އެ ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގެ ހައްގު ދިގު މުއްދަތަކަށް ވިއްކުމަށެވެ.

 

16-7 ވަނަ މާއްދާ - ރިޒޯޓެއްގެ ވިލާ ނުވަތަ ކޮޓަރި ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުން  (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ހިންގާ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ވިލާއެއް ނުވަތަ ކޮޓަރިއެއް، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ..

(ށ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ..

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ

  1. ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ވިލާތަކުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި؛
  2. ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރާ ވިލާތަކުގެ ދަފްތަރު ބަލަހައްޓާނެ ގޮތް؛
  3. ސްޓްރާޓާ އުސޫލުން ވިލާ ކުއްޔަށް ދޫކުރުމަށްޓަކައި ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންތައްތައް؛
  4. ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރާ ވިލާގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ އުސޫލުތައް.

 

16-8 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށްދޭ ތަންތަން މިނިސްޓްރީގައި ރަޖިސްޓަރީކުރުން (އިތުރު ކުރެވިފައި)

(ހ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ކުރިން، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ކުއްޔަށް ދިނުމަށް ގަސްދުކުރާ ތަން ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި ރަޖިސްޓަރީކުރަން ހުށަހަޅާ ތަންތަނުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ނުވަތަ އެއިން ތަނެއްގެ ބައެއް، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދިނުމަށް އެތަން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްދެވޭނީ، 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް ދެއްކުމަށްފަހުގައެވެ.

 

16-9 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށްދިނުމުގެ އެއްބަސްވުން (އިތުރު ކުރެވިފައި)

(ހ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއްބަސްވުމެއްގައި، ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ސޮއިކޮށް، އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ވިއްކާ ފަރާތް" ކަމަށް ބަޔާންކޮށްފައިވަނީ، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތް، ނުވަތަ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް ކުލީގެ އެއްބަސްވުން ކުއްޔަށްދީފައިވާނަމަ (ސަބްލީސްކޮށްފައިވާނަމަ) އެފަރާތަކުން (ސަބްލީސްގެ ވެރިފަރާތް)، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި، ސަރުކާރުން އެފަރާތަކަށް ރަށެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށެވެ.

(ނ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި މި ގާނޫނުގެ 1 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއް، ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށްވުން.

 

16-10 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ މުއާމަލާތުގެ ށަރުތުތައް (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއްގެ ދަށުން ކުއްޔަށްދެވޭ ރަށް ކުއްޔަށްދެވޭ މުއްދަތު ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެން ނުވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއްގައި، ވިލާ ގަންނަ ފަރާތުން، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށް ދިނުމުގެ ހައްގު ލިބިގެނެއްނުވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން އެ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ކޮށްފައިވާ އެއްބަސްވުމާ އެއްވެސް ހިލާފެއް އޮވެގެންނުވާނެއެވެ. އަދި ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެއްބަސްވުމާ ހިލާފު އެއްވެސް މާއްދާއެއް ހިމެނޭނަމަ، އެ މާއްދާއަކީ ބާތިލު މާއްދާއެއް ކަމުގައި ބެލޭނެއެވެ.

(ރ) ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ވިލާ ގަންނަ ފަރާތަށް ލިބިގެންވާ އެންމެހައި ހައްގުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކުއްޔަށްދިނުމުގެ އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްގު ލިބިގެންވެއެވެ.

(ބ) ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ވިލާ ގަންނަ ފަރާތަށް ލިބިގެންވާ އެންމެހައި ހައްގުތަކާއި މަސްލަހަތުތަކަކީ، އެފަރާތަށް އެ ހައްގާއި މަސްލަހަތުގެ ގާނޫނީ މިލްކުވެރިކަން، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތަށް ލިބިދޭ ހައްގާއި މަސްލަހަތެވެ. އަދި އެ ހައްގާއި މަސްލަހަތު، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، ރަހުނުކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ. އަދި މިގޮތުން ކުއްޔަށްހިފާ ފަރާތަށް ލިބިގެންވާ ހައްގުތައް ރަހުނުކުރާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެކަން ރަޖިސްޓަރީކުރަންވާނެއެވެ.

 

16-11 ވަނަ މާއްދާ - ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން (އިތުރު ކުރެވިފައި)

މި މާއްދާގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ދިގު މުއްދަތަށް އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ މުއްދަތު؛

(ށ) ކޮންޓްރެކްޓުގެ މުއްދަތުގައި ހިމެނޭ ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގެ ހައްގު ލިބިދޭ ދުވަސްތަކުގެ ޖުމްލަ؛ އަދި އެ ދުވަސްތަކުގެ ޖުމްލަ އެ މީލާދީ އަހަރެއްގެ ތެރޭގައި ބަހާލެވޭ ގޮތް ނުވަތަ އެ ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމަށް މީލާދީ ކޮންމެ އަހަރެއްގައިވެސް ވަކި ދުވަސްތަކެއް ދުރާލާ ކަނޑައަޅާފައިވާނަމަ، އެ ދުވަސްތައް؛

(ނ) ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ އަގާއި، އަގު އަދާކުރާނެ ގޮތް؛

(ރ) އެއްބަސްވުން ނިސްބަތްވާ ކޮޓަރި ނުވަތަ ވިލާ ހުރި ރަށާއި އެ ކޮޓަރި ނުވަތަ ވިލާގެ ބޮޑުމިން އަދި އެތަނުގައި ލިބެންހުރި ހިދުމަތްތައް؛

(ބ) ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތަށް ލިބިގެންވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ކުއްޔަށްދޭނަމަ، ނުވަތަ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކުރާނަމަ، އަމަލުކުރާނެ ގޮތް؛

(ޅ) ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު، ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތައް؛

(ކ) ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް ދޫކޮށްލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ނަގުލުކުރާނަމަ ނުވަތަ އެ ހައްގުތައް އެހެން ފަރާތަކާ އެކްސްޗޭންޖްކުރާނަމަ، އަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކުރާ މާއްދާތައް؛

(އ) ކޮންޓްރެކްޓެއް ބާތިލުކުރާނަމަ އަމަލުކުރަންޖެހޭނެ އުސޫލާއި، ބާތިލުކުރުމަށް ނޯޓިސް ދޭންޖެހޭނަމަ އެ ނޯޓިސް ދޭންޖެހޭ އެންމެ ކުރު މުއްދަތާގުޅޭ އުސޫލާއި، އެ ކޮންޓްރެކްޓް ބާތިލުކުރުމާ ހަމައަށް ދައްކަންޖެހިފައިއޮތް ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭ އުސޫލާގުޅޭ މާއްދާތައް؛

(ވ) ރިޒޯޓު އަލުން ތަރައްގީކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް.

 

16-12 ވަނަ މާއްދާ - މެނޭޖްމަންޓް އެގްރީމަންޓް (އިތުރު ކުރެވިފައި)

ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ހާލަތުގައި، މި ގާނޫނުގެ 11-16 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގެ އިތުރުން، ކުއްޔަށްދޭ ފަރާތާއި ވިއްކާ ފަރާތާ ދެމެދު ސޮއިކުރެވޭ މެނޭޖްމަންޓް އެގްރީމަންޓެއް އޮންނަންވާނެއެވެ. އެ އެގްރީމަންޓްގައި ހިމެނެންޖެހޭނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16-13 ވަނަ މާއްދާ - މަސްލަހަތު ރަޖިސްޓްރީ ކުރުން (އިތުރު ކުރެވިފައި)

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ފުރިހަމަވުމާއެކު، އެ މުއާމަލާތުގެ ދަށުން ވިލާ ގަންނަ ފަރާތަށް ލިބިދީފައިވާ މަސްލަހަތު، އެފަރާތުގެ ނަމުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ، މިނިސްޓްރީން އެފަރާތުގެ ނަމުގައި އެފަދަ ރަޖިސްޓަރީއެއް ހައްދައިދޭންވާނެއެވެ.

 

16-14 ވަނަ މާއްދާ - ޓެކްސް ދައްކަން ލާޒިމުވާ ހާލަތްތައް (އިތުރު ކުރެވިފައި)

ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅޭގޮތުން ނެގޭނީ، އަންނަނިވި ޓެކުހެވެ.

(ހ) ވިއްކުމުގެ މުއާމަލާތަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނުގެދަށުން ނެގޭ ޖީ.އެސް.ޓީ؛

(ށ) އެތަނުގައި ޓޫރިސްޓަކު ހުންނަ ހާލަތުގައި، އަންނަނިވި ގާނޫނުތަކުގެ ދަށުން އެ ޓޫރިސްޓެއްގެ އަތުން ނެގޭ ޓެކްސް:

  1. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނުގެ ދަށުން ނެގޭ ޖީ.އެސް.ޓީ؛
  2. ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ނެގޭ ގްރީން ޓެކްސް؛
  3. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ގާނޫނެއްގެ ދަށުން ޓޫރިސްޓެއްގެ އަތުން ނެގޭ ޓެކުހެއް

 

16-15 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށްދޭ ތަންތަނުގެ ދަފްތަރު (އިތުރު ކުރެވިފައި)

މި ގާނޫނުގެ 13-16 ވަނަ މާއްދާގެ ދަށުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި ރަޖިސްޓަރީކުރާ ތަންތަނާއި، އެތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި، އެތަންތަނާ ގުޅޭގޮތުން ރަޖިސްޓަރީކޮށްފައިވާ މަސްލަހަތުގެ ދަފްތަރެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.

 

16-16 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދީ ހިންގުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޕްރައިވެޓް އައިލެންޑް ކުއްޔަށްދީ، ތަރައްގީކޮށް، ހިންގަންވާނީ، މި ގާނޫނުގެ 17-16 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 19-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.  

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި:

  1. "ޕްރައިވެޓް އައިލެންޑް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް، އެ ރަށެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްގީކުރާ ޓޫރިޒަމްގެ ރަށަކަށެވެ.
  2. "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.
  3. "އިންވެސްޓަރ" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއް، އެ ޕްރައިވެޓް އައިލެންޑްގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ފަރާތަށެވެ.

(ނ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެންއޮތްނަމަވެސް، ޕްރައިވެޓް އައިލެންޑް ކުއްޔަށްދީ، ތަރައްގީކޮށް، ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް، އަންނަނިވި ގޮތުގެމަތިން، ފަޅެއް ކުއްޔަށްދެވިދާނެއެވެ.

  1.  އެ ފަޅަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށް ކަނޑައަޅާފައިވާ ފަޅެއް ކަމަށްވުން؛ އަދި
  2. އެ ފަޅަކީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވާ ތަނަކަށްވުން؛ އަދި
  3. ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ފަޅު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވުން؛ އަދި
  4. ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާގެ ގޮތުގައި، އެ ފަޅު ކުއްޔަށްދެވޭ މުއްދަތަށް، ދެމިއޮތުން.

(ރ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ފަޅެއް ކުއްޔަށްދެވޭނީ، 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސް ނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ

(ޅ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ފަޅެއް ދޭންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ކ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުން، މި ގާނޫނުގެ 17-16 ވަނަ  މާއްދާގައި ބަޔާންކުރާ ހާލަތުގައި މެނުވީ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެހެން ކުންފުންޏެއް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

 

16-17 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑް ދިގު މުއްދަތަށް ކުއްޔަށް ދިނުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 16-16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެމަތިން، އިންވެސްޓަރަކަށް، އަންނަނިވި ފަދައިން ބޭނުންކުރުމަށް، ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

  1. އިންވެސްޓަރ އަމިއްލައަށް ޗުއްޓީ ހޭދަކުރުމަށް؛ 
  2. ވިޔަފާރި އުސޫލުން ނޫން ގޮތަކަށް އިންވެސްޓަރ ހުއްދަކުރާ އެހެން ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް؛
  3. މި ގާނޫނުގެ 20-16 ވަނަ މާއްދާގައިވާ ގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމަށް. 

(ށ) (އިސްލާހު ކުރެވިފައި)

ކުއްޔަށްދޭއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއްބަސްވުމެއްގައި، ޑިވެލޮޕަރާއި ކުއްޔަށް ހިފާ އިންވެސްޓަރާ ދެމެދު ސޮއިކޮށް، އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި، އެ އެއްބަސްވުން ފުރިހަމަކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއެކު، މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ އެއްބަސްވުމުގައިވާ ޑިވެލޮޕަރުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް، އަންނަނިވި ގޮތުގެމަތިން ޕްރައިވެޓް އައިލެންޑް ކުއްޔަށް ހިފާ އިންވެސްޓަރަށް ބަދަލުވެގެންދާނެއެވެ. 

  1. އިންވެސްޓަރ ކުއްޔަށް ހިފާ ޕްރައިވެޓް އައިލެންޑާ ގުޅިގެން އިންވެސްޓަރާ ޓޫރިޒަމާބެހޭ މިނިސްޓްރީއާ ދެމެދު މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަކި ކުލީގެ އެއްބަސްވުމެއް އެކުލަވާލުން؛
  2. ޕްރައިވެޓް އައިލެންޑާ ގުޅޭގޮތުން މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ މުއްދަތަށް އިންވެސްޓަރަށް ވަކި ޕްރައިވެޓް 
    އައިލެންޑް ކުއްޔަށް ދިނުން؛
  3. ޕްރައިވެޓް އައިލެންޑާ ގުޅޭގޮތުން މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމުގައި ސޮއިކުރުމުން މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާއެއްބަސްވުމުން އެ ޕްރައިވެޓް އައިލެންޑްގެ ސަރަހައްދުއުނިކުރުން؛
  4. މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުން.

(ނ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށްވުން. 

(ރ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މުއާމަލާތެއްގެ ދަށުން ކުއްޔަށްދެވޭ ރަށް ކުއްޔަށްދެވޭ މުއްދަތު މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ މުއްދަތަށްވުރެ  ދިގުވެގެންނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މުއާމަލާތެއްގައި، ކުއްޔަށް ހިފާ އިންވެސްޓަރ، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށްދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

(ޅ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށް ހިފާ އިންވެސްޓަރަށް ލިބިގެންވާ އެންމެހައި ހައްގުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކުއްޔަށްދިނުމުގެ އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްގު ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޕްރައިވެޓް އައިލެންޑް ބަލަހައްޓައި ހިންގުމަށް ތިންވަނަ ފަރާތަކާ އެކުގައި އިންވެސްޓަރ ނުވަތަ ޑިވެލޮޕަރ މެނޭޖްމަންޓް އެގްރީމަންޓެއް ހެދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. (އިތުރު ކުރެވިފައި)

 

16-18 ވަނަ މާއްދާ - މަސްލަހަތު ރަޖިސްޓަރީކުރުން (އިތުރު ކުރެވިފައި)

މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ފުރިހަމަވުމާއެކު، އެ މުއާމަލާތުގެ ދަށުން އެ ޕްރައިވެޓް އައިލެންޑް ކުއްޔަށް ހިފާ އިންވެސްޓަރަށް ލިބިދީފައިވާ މަސްލަހަތު، އެފަރާތުގެ ނަމުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ، މިނިސްޓްރީން އެފަރާތުގެ ނަމުގައި އެފަދަ ރަޖިސްޓަރީއެއް ހައްދައިދޭންވާނެއެވެ.

 

16-19 ވަނަ މާއްދާ - ޕްރައިވެޓް އައިލެންޑްގެ އަހަރީ ކުލި (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ދިގު މުއްދަތަށް ކުއްޔަށްދެވޭ ރަށްރަށަށް ޑިވެލޮޕަރ، ނުވަތަ ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްފަހު މި ގާނޫނުގެ 17-16 ވަނަ މާއްދާގެ ދަށުން ދިގު މުއްދަތަށް އިންވެސްޓަރަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ އިންވެސްޓަރ، ސަރުކާރަށް ކުލި ދައްކާނީ އަންނަނިވި ގޮތަށެވެ.

(ހ) ހިއްކުމަށްފަހު ދިގު މުއްދަތަކަށް އިންވެސްޓަރަކަށް ކުއްޔަށް ދޫނުކުރެވި ޑިވެލޮޕަރުގެ އިލްތިޒާމު ހިނގާ ރަށްތަކުގެ ތެރެއިން އެއްވެސް ބޭނުމަކަށް ބޭނުންނުކުރާ ރަށްތަކުން އަހަރަކަށް އަކަމީޓަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރު.

(ށ) މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތަށް ބޭނުންކުރެވޭ ޕްރައިވެޓް އައިލެންޑްތަކުން އަހަރަކަށް އަކަމީޓަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރު.

(ނ) މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ބޭނުންކުރެވޭ ޕްރައިވެޓް އައިލެންޑްތަކުން މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ގޮތަށް.

 

16-20 ވަނަ މާއްދާ - ވިޔަފާރި އުސޫލުން ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރުން (ސުރުހީއާއި މާއްދާ ކުރެވިފައި)

(ހ) ޑިވެލޮޕަރ ނުވަތަ ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރެއް، ޕްރައިވެޓް އައިލެންޑެއް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރަން ބޭނުންވާނަމަ އެކަމަށް، އެތަނެއް ވިޔަފާރި އުސޫލުން ހިންގުމުގެ ހުއްދަ މިނިސްޓްރީން ހޯދަންވާނެއެވެ.

(ށ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކަށެވެ.

(ނ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ އެ ރަށް ތަރައްގީކުރާ ޑިވެލޮޕަރަށް، ނުވަތަ އެ ރަށެއް ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރަށް، ނުވަތަ މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އެ ރަށެއް ހިންގުމަށް ނުވަތަ ބެލެހެއްޓުމަށް މެނޭޖްމަންޓް އެގްރީމަންޓް ހަދާފައިވާ ތިންވަނަ ފަރާތަށެވެ.

(ރ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ދޫކުރާ ހިންގުމުގެ ހުއްދައިގެ މުއްދަތާއި އެ ހުއްދަ ދޫކުރުމަށް ނަގާނެ ފީ، އަދި ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ރިޒޯޓް ހޮޓަލާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާބެހޭ (ސުރުހީ ކުރެވިފައި)

 

17 ވަނަ މާއްދާ – ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ރިޒޯޓް ހޮޓަލެއް ނުވަތަ އެއްވެސް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެތަނެއް ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ. (އިސްލާހު ކުރެވިފައި)

 

18 ވަނަ މާއްދާ – ހުއްދަދޫކުރެވޭ ތަންތަން

ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ. (އިސްލާހު ކުރެވިފައި)

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިމާރާތާއި ފަސޭހަތައް ހުރުން.

(ށ) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެން ހުރުން.

(ނ) (އުނި ކުރެވިފައި)

(ނ) އެތަނަކީ، ޓޫރިޒަމް ތައްރަގީ ކުރުމަށް، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ރަށެއްގައިވާ ތަނެއް ކަމުގައިވުން.

 

19 ވަނަ މާއްދާ – ރިޒޯޓް ހޮޓަލާއި ހޮޓާ ހެދުމަށް ބިން ދޫކުރުން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)

ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ހެދުމަށް ސަރުކާރުން ބިމެއް ދޫކުރާނަމަ ދޫކުރަންވާނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. އަދި، ބިން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލުކުރުމަށް މި ގާނޫނުގައި ހިމަނާފައިވާ މާއްދާތައް ރިޒޯޓް ހޮޓަލާއި ހޮޓަލުގެ މައްޗަށްވެސް ހިނގާނެއެވެ.

 

20 ވަނަ މާއްދާ – ޓޫރިސްޓުންނަށް ތިބެވޭނެ ތަންތަން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ނުވަތަ މިގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫން ތަނެއްގައި އެއްވެސް ޓޫރިސްޓަކު އަގަށް ބަހައްޓައިގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ – ރަޖިސްޓަރީ ފީ

ކޮންމެ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ޓޫރިސްޓް ހޮޓަލެއް ނުވަތަ އެ ޓޫރިސްޓް ގެސްޓްހައުސެއް ރަޖިސްޓަރީ ކުރުމަށްޓަކައި، ހޮޓަލެއްނަމަ 10،000 ރުފިޔާ، ގެސްޓްހައުސެއްނަމަ 5،000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. (އިސްލާހު ކުރެވިފައި)

 

ޓޫރިސްޓް އުޅަނދުތަކާބެހޭ

 

22 ވަނަ މާއްދާ – ޓޫރިސްޓް އުޅަނދު ދުއްވުމުގެ ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް އުޅަނދެއް ދުއްވަންވާނީ، އެދަފަ އުޅަނދު ދުއްވުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހުގައެވެ.

 

23 ވަނަ މާއްދާ – ހުއްދަ ދޫކުރެވޭ އުޅަނދު

ޓޫރިސްޓް އުޅަނދެއް ދުއްވުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރުތުތައް  ފުރިހަމަވާ އުޅަނދުތަކަށެވެ.

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އެ އުޅަނދަކާއި އެ އުޅަދެއްގައި ހުންނަންޖެހޭ ފަސޭހަތައް ހުރުން.

(ށ) އެފަދަ އުޅަނދަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދްމަތްތައް، އެ އުޅަނދަކުން ލިބެންހުރުން.

(ނ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭށަންގައި ގަވާއިދުން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްކަމުގައިވުން.

 

24 ވަނަ މާއްދާ – ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގައި ދުއްވުން

(ހ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އެއްވެސް ޓޫރިސްޓް އުޅަނދެއް، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދުއްވައި، ބަނދަރުކޮށް ހަދަންވާނީ، އެފަދަ އުޅަނދު ރާއްޖެއަށް އައުމާއި ބަނދަރުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި ކަނޑައަޅާފައިވާ ގަވާއިދުގެމަތިން، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުޅަނދުތަކުގެ ތެރެއިން، ދިގުމިނުގައި 15 (ފަނަރަ) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރަށް އެ މާއްދާގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދޫކުރާނީ، 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ. މި ފީއަކީ، އެ އުޅަނދު ދިވެހިރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ދޫކުރުމަށް ނެގޭ ފީއެކެވެ. މި ފީ ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ދިވެހިރާއްޖޭގައި ހުންނަ އޭޖެންޓެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

25 ވަނަ މާއްދާ – ޔޮޓް ބަނދަރު ހަދައި ހިންގޭނެ ތަންތަން (އުނި ކުރެވިފައި)

 

26 ވަނަ މާއްދާ – ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުން (އުނި ކުރެވިފައި)

 

27- ވަނަ މާއްދާ – ޔޮޓް ބަނދަރު ހަދައި ހިންގުން

ޔޮޓް ބަނދަރު ހަދައި ހިންގަންވާނީ އެފަދަ ތަންތަން ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށްފަހު، ޔޮޓް ބަނދަރު ހަދައި ހިންގުމާ ބެހޭގޮތުން އެމިނިސްޓްރީން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

28 ވަނަ މާއްދާ – ހުއްދަ ދެވޭ ށަރުތުތައް

މި ގާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރާނީ ތިރީގައި ބުނެފައިވާ ށަރްތުތައް ފުރިހަމަވާ ތަންތަނަށެވެ.

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ލިބިފައިވުން.

(ށ) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދްމަތްތައް އެތަނަކުން ލިބެންހުރުން.

  

ފީނުމުގެ ހިދުމަތްދޭ ތަންތަނާބެހޭ

 

29 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ހުއްދަ ހޯދުން

ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ އެއްވެސް ތަނެއް ހިންގަވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

30 ވަނަ މާއްދާ – ފީނުމުގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ ދޫކުރެވޭ ފަރާތްތައް (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދުމަތްދޭ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމާއެކު އެ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދާ މަރުކަޒެއް ހުރުމާއި، އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުމުންނެވެ.

 

31 ވަނަ މާއްދާ – ރަޖިސްޓަރީ ފީ

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދުމަތްދޭ ތަނެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެތަނެއް ރަޖިސްޓަރީ ކުރުމަށްޓަކައި 5،000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. (އިސްލާހު ކުރެވިފައި)

 

ދަތުރު ރާވައި ހިންގާފަރާތްތަކާބެހޭ

 

32 ވަނަ މާއްދާ - ދަތުރު ރާވައި ހިންގާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި ހުއްދަ ހޯދުން

ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ދަތުރު ރާވައި ހިންގުމުގެ ހިދްމަތް ދޭންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

33 ވަނަ މާއްދާ – ހުއްދަ ދޫކުރެވޭ ފަރާތްތައް

 ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. (އިސްލާހު ކުރެވިފައި)

 

34 ވަނަ މާއްދާ – ޓުއަރ ގައިޑުކަން ކުރުން

(ހ) އެއްވެސް މީހަކު ދިވެހިރާއްޖޭގައި ޓުއަރ ގައިޑުކަން ކުރަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

(ށ) ޓުއަރ ގައިޑުކަން ކުރާ ކޮންމެ މީހަކު، ޓުއަރ ގައިޑެއްގެ މަސައްކަތުގައި އުޅޭއިރު، އެމީހަކަށް ދޫކޮށްފައިވާ ހުއްދަ މީހުންނަށް ފެންނާނެހެން އެމީހެއްގެ ހެދުމުގައި ހަރުކޮށްފައި ބަހައްޓަން ވާނެއެވެ.

 

ޓެކްސް

35 ވަނަ މާއްދާ – ޓެކްސް

(ހ) ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި، ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 8 އެމެރިކާ ޑޮލަރު، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރު ފައިސާއަކުން 8 އެމެރިކާ ޑޮލަރަށްޖެހޭ އަދަދު، ދިވެހި ސަރުކާރަށް ޓެކްސެއްގެ ގޮތުގައި ނެގޭނެއެވެ. ޓޫރިސްޓުންގެ އަތުން މި ޓެކްސް ނަގައި، ސަރުކާރަށް ހަމަޔަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ. ވޭތުވެދިޔަ މަހުގެ ޓެކްސް، ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައްކައި ނިންމަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކުރާ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބުނެފައިވާ އުޅަނދުތައް ފިޔަވައި އެހެން ކޮންމެ އުޅަނދެއްގައި ދަތުރުކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން، އެމީހަކު ރާއްޖޭގައި، ހޭދަކުރާ ކޮންމެދުވަހަކަށް، މި މާއްދާގެ (ހ) ގައި ބުނާ ޓެކްސް ނެގޭނެއެވެ. އުޅަނދު ރާއްޖޭން ފުރައިގެންދިޔުމުގެ ކުރިން، މި ޓޭކްސް ސަރުކާރަށް ދައްކަންވާނެއެވެ. މި ޓެކްސް ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެވެ.

(ނ) ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން، އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ ވަގުތު 24 ގަޑިއިރަށްވުރެ އިތުރުނުވާ އުޅަނދުތަކުން މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ޓެކްސް ދައްކާކަށެއް ނުޖެހޭނެއެވެ.

(ރ) ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތާއި ވިއްކާ ތަކެތީގެ އަގުން ޓެކްސް ނަގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ހަމަވުމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން ނިމުމަކަށް އަންނާނެއެވެ.  (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ތާރީހު މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ނެގުން މި ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އަލުން ރުޖޫއަވީއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ރުޖޫއަކުރެވުނު ޓެކްސް ނެގުން 30 ނޮވެމްބަރު 2014 ގެ ނިޔަލަށް ނިމުމަކަށް އަންނާނެއެވެ. (އިތުރު ކުރެވިފައި)

(ކ) ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް 35 ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި، 1 ޖަނަވަރީ 2023 އިން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެއެވެ. (އިތުރު ކުރެވި / އިސްލާހު1، އިސްލާހު2 ކުރެވިފައި)

(އ) މި މާއްދާގެ (ކ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މީހުން 35 ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި، 1 ޖަނަވަރީ 2023 އިން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި / އިސްލާހު1، އިސްލާހު2 ކުރެވިފައި)

(ވ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންކުރާ ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

(މ) މި މާއްދާގެ (ކ) ގެ ދަށުން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް، 1 ޖަނަވަރީ 2023 ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ. (އިތުރު ކުރެވިފައި)

(ފ) މި މާއްދާގެ (އ) ގެ ދަށުން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް، 1 ޖަނަވަރީ 2023 ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު، އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ. (އިތުރު ކުރެވިފައި)

(ދ) މި މާއްދާގެ (މ) އަދި (ފ) ގެ ދަށުން ނަގާ ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

(ތ) 3 ޖުލައި 2022 އިން ފެށިގެން ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެއެވެ. (އިތުރު ކުރެވިފައި)

 

36 ވަނަ މާއްދާ – ޓެކްސް ނެގުމާބެހޭ އިންތިޒާމުތައް (އިސްލާހު1 / އިސްލާހު2 (ސުރުހީ އާއި މާއްދާ) ކުރެވިފައި)

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނަގާ ޓެކްސް ނަގާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނަގާ ޓެކްސް، މި މާއްދާގެ (ހ) ގެ ދަށުން ނެގުމަށްޓަކައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގްރީން ޓެކްސް، މި ގާނޫނުގައި 36 ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެއެވެ. (އިތުރު ކުރެވިފައި)

 

37 ވަނަ މާއްދާ – ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާކުރުމާއި ހުއްދަ ބާތިލްކުރުން (އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޓެކްސް ދައްކަންޖެހޭ ފަރާތަކުން، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ޓެކްސް ނުދައްކައިފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން އެފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ޓެކުހާއި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ އެ އެއްޗެހި ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، އެތަނެއް ހިންގުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދައެއް ބާތިލުކޮށްފިނަމަ، އަލުން އެ ހުއްދައެއް ދޫކުރެވޭނީ، މި ގާނޫނުގެ ދަށުން އެފަރާތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާވާ ޓެކުހާއި ޖޫރިމަނާ ދައްކާ ނިންމުމުންނެވެ.

 

38 ވަނަ މާއްދާ – ޓޫރިޒަމް ޓެކްސް ނެގުމުން އިސްތިސްނާ ކުރެވޭ މެހްމާނުން

ސަރުކާރުން ހާއްސަ އިމްތިޔާޒުދޭ މެހްމާނުން، މިގާނޫނުގައި ބުނެފައިވާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ.

 

 

އެހެނިހެން ކަންތައްތައް

 

39 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޔޮޓް މެރީނާތަކާއި  އަދި ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން (އިތުުރު ކުރެވި / އިސްލާހު ކުރެވިފައި)

ޓޫރިސްޓް ރިޒޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޔޮޓް މެރީނާތަކާއި  އަދި ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޔޮޓް މެރީނާތައް އަދި ޓޫރިސްޓް ގެސްޓްހައުސް ތަކުގައި ކަމާގުޅުންހުރި މުއައްސަސާތައް ގަބޫލުކުރާ މިންގަނޑުތަކެއްގެ މައްޗަށް އެކަށައެޅޭ ސެކިއުރިޓީ ނިޒާމެއް، މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުކުރަންވާނެއެވެ. އެގޮތުން އެކުލަވާލާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ނިޒާމު ކޮންމެ 2 (ދޭއް) އަހަރުން 1 (އެކެއް) ފަހަރު ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީން ބަލައި ފާސްކުރަންވާނެއެވެ.

 

40 ވަނަ މާއްދާ – ބިދޭސީ ޓޫރިޒަމުގެ މަސައްކަތެއް ކުރުން

މި ގާނޫނުގައި ބުނެފައިވާ ޓޫރިޒަމުގެ މަސައްކަތެއް ބޭރުގެ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ކުރަންވާނީ ގާނޫނު ނަންބަރު 1970-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގައި ބުނެފައިވާ އެގްރިމަންޓްކޮށް، އެ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެ އިންވެސްޓްމަންޓެއް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

 

41 ވަނަ މާއްދާ - އިމާރާތްކުރުމަށް ގެންނަ ތަކެތީގެ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުން

މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހެދުމަށް ދޫކުރާ ބިމެއްގައި ރިޒޯޓް ނުވަތަ ހޮޓާ އިމާރާތްކުރުމަށާއި، ޔޮޓް ބަނދަރުހެދުމަށާއި، އެފަދަ ތަންތަނުގެ ފެންވަރު މަތިކުރުމަށް އިމްޕޯޓު ކުރާ ތަކެތީގެ އިމްޕޯޓު ޑިއުޓީ މާފުކޮށްދޭ އުސޫލުތަކެއް ކަނޑައެޅުމާއި، އެ އުސޫލުތަކުގެ މަތިން ޑިއުޓީ މާފު ކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ - ޓޫރިޒަމާބެހޭ މިނިސްޓްރީއަށް މައުލޫމާތު ދިނުން

ދިވެހިރާއްޖޭގޭ ޓޫރިޒަމާބެހޭ ތަފާސް ހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައްލޫމާތު، ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މިނިސްޓްރީއަށް ޓޫރިޒަމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކުން ދޭންވާނެއެވެ.

 

43 ވަނަ މާއްދާ - ހުއްދަ ދޫކުރާ މުއްދަތާއި، ހުއްދަ އާކުރުން

މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރު ހިންގުމަށާއި ޓޫރިސްޓް އުޅަނދު ދުއްވުމަށާއި ފީނުމުގެ ހިދުމަތް ދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދައާއި އެނޫންވެސް ހުއްދަ ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބުނެފައިވާ މުއްދަތަށެވެ. ކޮންމެ ހުއްދައެއްވެސް، އެ ހުއްދައެއް ދޫކުރި މުއްދަތު ހަމަވުމުން، އާކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

44 ވަނަ މާއްދާ - ހުއްދަ އާއްމުކޮށް ފެންނާނެހެން ބެހެއްޓުން

މި ގާނޫނުގެ ދަށުން ދޫކުރާ ކޮންމެ ހުއްދައެއް، މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައިނުވާނަމަ، އެ ހުއްދައެއް ދެވުނު ތަނެއްގައި އާއްމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

45 ވަނަ މާއްދާ - ހިދްމަތުގެ ފެންވަރު ކަނޑައެޅުން

ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަށް ތަފާތު ދަރަޖަތަކަށް ބަހައި، އެކިދަރަޖައިގެ ތަންތަނުންނާއި އުޅަދުތަކުން ލިބެން ހުންނަންވާނެ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ ފެންވަރު  ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ – ހިދުމަތުގެ ފެންވަރު ބެލުމުގެ އިހްތިޔާރު

ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުފަހަރާއި، ޔޮޓް ބަނދަރުތަކާއި، ފީނުމުގެ ހިދުމަތްދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަންތަން ބަލައި، އެފަދަތަންތަނުން ހިދުމަތް ދެނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާއި މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ހިދްމަތުގެ ފެންވަރު ދަށްވެއްޖެނަމަ ޖޫރިމަނާކުރުމާއި ހުއްދަ ހިފެހެއްޓުން

ޓޫރިސްޓް ރިޒޯޓަކުން ނުވަތަ ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްސަކުން ނުވަތަ ޓޫރިސްޓް އުޅަނދަކުން ނުވަތަ ޔޮޓް ބަނދަރަކުން ނުވަތަ ފީނެގުމުގެ ހިދުމަތްދޭ ތަނަކުން ނުވަތަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ތަނަކުން ދޭ ހިދުމަތުގެ ފެންވަރު ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެތަނެއް 1،000،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، ކަމުގެ ކުޑަބޮޑުމިނަށް، އެތަނަކަށް ދޫކޮށްފައިވާ ހުއްދަ އެކަމެއް އިސްލާހުކުރަންދެން ހިފެހެއްޓުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ – އަދަބު

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތަކާމެދު ވަކިގޮތަކަށް އަމަލުކުރުމަށް މި ގާނޫނުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައި ނުވާނަމަ، އެފަރާތެއް 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

49 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 15 ވަނަ މާއްދާއާއި އެ މާއްދާގައި ބުނެފައިވާ ގަވާއިދާ ހިލާފުވާ ފަރާތްތައް، އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން 5،000،000.00 (ފަސްމިލިއަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

 

50 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން ފަށާއިރު ރަޖިސްޓަރީ ނުކޮށް އަދި ހުއްދަ ނުހޯދައި ހުންނަ ތަންތަން ރަޖިސްޓަރީކޮށް ހުއްދަ ހޯދުން

މި ގާނޫނުގައި ރަޖިސްޓަރި ކުރަންޖެހޭ ކަނެކަމަށް ބުނެފައިވާ ތަންތަނާއި، ހުއްދަ ހޯދަން ޖެހޭނެކަމަށް ބުނެފައިވާ ތަންތަނުގެ ތެރެއިން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރީ ކޮށްފައިނުވާ ތަންތަނާއި، ހުއްދަ ހޯދާފައިނުވާ ތަންތަން، މި ގާނޫނަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް، ހުއްދަ ހޯދައި ނިންމަން ވާނެއެވެ.

 

51 ވަނަ މާޢްދާ - ހިދުމަތްތަކަށް ފީ ނެގުން (އިތުރު ކުރެވިފައި)

ފަތުރުވެރިކަމާބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމާބެހޭ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިދމަތުގެ ފީއެއް ނެގިދާނެއެވެ. އެގޮތުން ދެވޭ ހިދުމަތްތަކަށް ފީ ނެގޭނެ އުސޫލާއި މިންވަރު ކަނޑައަޅާއި، ކަމާބެހޭ ގަވާއިދު، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ – ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ވަކި ފަރާތަކުން ހަދަންޖެހޭކަމަށް ބުނެފައިވާ ގަވާއިދުތައްނޫން އެހެން ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުންނެވެ.

 

53 ވަނަ މާއްދާ – މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

(ހ) ""ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ) "ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކެއް ހިމެނޭގޮތަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ. (އިސްލާހު ކުރެވިފައި)

(ނ) "ރިޒޯޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކަކާއި ހިދުމަތްތަކެއް ހިމެނޭގޮތަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ. (އިތުރު ކުރެވިފައި)

(ރ) "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، ނިދުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ކޮޓަރިތައް ހިމެނޭގޮތަށް މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ތަރައްގީކުރެވޭ ތަންތަނަށެވެ. (އިސްލާހު ކުރެވިފައި)

(ބ) "ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ހަމަޖެހޭގޮތަށް، އަދި އެ އުޅަދެއްގައި ހޭދަކުރާ ކޮންމެދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ އުޅަދަށެވެ.

(ޅ) "ޔޮޓް ބަނދަރު" ކަމަށް ބުނެފައިއެވަނީ، ޔޮޓާއި އެފަދައެހެން އުޅަނދު ބަނދަރު ކުރުމަށާއި، އެފަދަ އުޅަނދުތަކަށް އެކިއެކި ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ބަނދަރުތަކަށެވެ.

(ކ) "ފީނުމުގެ ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، ޑައިވިންގ ސްކޫލާއި، ޑައިވިންގ ބޭހާއި، ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށްޓާކައި ދިވެހިރާއްޖޭގައި ފީނުމުގެ ހިދުމަތްދޭ މިނޫންވެސް ފަރާތްތަކަށެވެ.

(އ) "ދަތުރު ރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ދަތުރު ފިޔަވައި، ޓްރެވަލް އޭޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖޭން ބޭރަށްދާ މީހުންގެ ދަތުރު، ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ހިދުމަތަށެވެ.

(ވ) "އިންވެސްޓްމަންޓް ކުންފުނި" ކަމަށް ބުނެފައި އެވަނީ، ބޭންކު އަކަށާއި، އިންށުއަރެންސް ކުންފުނިތަކަށާއި، އަފަދަ މާލީ އެހެން ކުންފުނިތަކަށާއި، އެކިފަރާތްފަރާތުގެ ފައިސާ ބަލަހައްޓައި އިންވެސްޓް ކޮށްދިނުމަށް އުފަންދާފިއިވާ ކުންފުނިތަކަށެވެ.

(މ) "ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ޓޫރިސްޓް ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ (އިސްލާހު ކުރެވިފައި)

(ފ) "ފަތުރުވެރިކަމާބެހޭ ކަންކަން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރުފަދަ ތަންތަން ހަދައި ތަރައްގީކޮށް ހިންގުމަށާއި، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ދެވޭ ފީނުމާއި، ވޯޓަރ ސްޕޯޓްސް އަދި ފަތުރުވެރިން ދަތުރު ދިއުމުގެ ހިދުމަތް ދިނުން ފަދަ ކަންކަމަށެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ދ) "އެކުއިޒިށަން ފީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ހިންގުމަށް ހުށަހަޅާ މަޝްރޫއަށް ބިނާކޮށް، އެއިރެއްގެ މާކެޓް އަގަށް ބަލައި، ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑް ހައްގުތައް ލިބިގަތުމަށްޓަކައި ދައުލަތަށް ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފީ އަށެވެ. (އިތުރު ކުރެވިފައި)

(ތ) "ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ހާއްސަކުރެވިގެން، އެ ދާއިރާގައި ރިއަލް އެސްޓޭޓް އުސޫލުން، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ހިންގުމަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ތަރައްގީގެ މަށްރޫއަކަށެވެ. (އިތުރު ކުރެވިފައި)

(ލ) ""ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ ވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ،ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުނި ހިމެނޭ ގޮތުންނެވެ. (އިތުރު ކުރެވިފައި / އިސްލާހު ކުރެވިފައި)

 

54 ވަނަ މާއްދާ – އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1979-15 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 1994-03 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

 

ޖަދުވަލު 1 (އިތުުރު ކުރެވިފައި)

 ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއި އިންޓަގްރޭ ޓަ ޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށް  ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި

 

އަތޮޅު

200،000 (ދެލައްކަ) އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް

200،000 (ދެލައްކަ) އަކަމީޓަރާއި 400،000 (ހަތަރުލައްކަ) އަކަމީޓަރާ ދެމެދުގެ ބިންތަކަށް

400،000 (ހަތަރުލައްކަ) އަކަމީޓަރަށް ބޮޑެތި ބިންތަކަށް

ޏ، ސ އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) އެމެރިކާ ޑޮލަރު (250،000 (ދެލައްކަ ފަންސާސްހާސް) ޑޮލަރާ ހަމައަށް 400،000 (ހަތަރުލައްކަ) އެމެރިކާ ޑޮލަރު އަހަރަކަށް 800،000 (އަށްލައްކަ) އެމެރިކާ ޑޮލަރު
ހއ، ހދ، ށ އަކަމީޓަރަކަށް އަހަރަކަށް 4 އެމެރިކާ ޑޮލަރު (500،000 (ފަސްލައްކަ) ޑޮލަރާ ހަމައަށް) އަހަރަކަށް 750000 (ހަތްލައްކަ 
ފަންސާސްހާސް) އެމެރިކާ ޑޮލަރު
އަހަރަކަށް 1،000،000(އެއްމިލިއަން) އެމެރިކާ ޑޮލަރު
ނ، ރ، ބ، ޅ، 
ކ، އއ، އދ، 
ވ، މ، ފ، ދ
އަކަމީޓަރަކަށް އަހަރަކަށް 
8 (އަށެއް) އެމެރިކާ ޑޮލަރު 
(1،000،000 (އެއްމިލިއަން 
ޑޮލަރާ ހަމައަށް)
އަހަރަކަށް 1،500،000
(އެއްމިލިއަން ފަސްލައްކަ)
އެމެރިކާ ޑޮލަރު
އަހަރަކަށް 2،000،000(ދެމިލިއަން) އެމެރިކާ ޑޮލަރު
ތ، ލ، ގއ، 
ގދ
އަކަމީޓަރަކަށް އަހަރަކަށް 
6 (ހައެއް) އެމެރިކާ ޑޮލަރު 
750،000 (ހަތްލައްކަ 
ފަންސާސްހާސް (އެމެރިކާ ޑޮލަރާ 
ހަމައަށް)
އަހަރަކަށް 1،125،000
(އެއްމިލިއަން އެއްލައްކަ 
ފަންސަވީސްހާސް) އެމެރިކާ 
ޑޮލަރު
އަހަރަކަށް 1،125،000 (އެއްމިލިއަން އެއްލައްކަ ފަންސަވީސްހާސް) އެމެރިކާ ޑޮލަރު

 

 

 

ޖަދުވަލު 2

މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންބިމުގެ ކުލި 

 

އަތޮޅު

200،000 (ދެލައްކަ) އަކަމީޓަރަށް 

ވުރެ ކުޑަ ބިންތަކަށ

200،001 (ދެލައްކަ އެކެއް) އަކަމީޓަރާއި 400،000 (ހަތަރުލައްކަ) އަކަމީޓަރާ ދެމެދުގެ ބިންތަކަށް

 400،001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑެތި މިންތައް

ޏ، ސ ޏ، ސ އަކަމީޓަރަކަށް އަހަރަކަށް  1 (އެކެއް) އެމެރިކާ ޑޮލަރު (125،000 (އެއްލައްކަ ފަންސަވީސްހާސް (ޑޮލަރާ 
ހަމައަށް)
އަހަރަކަށް 200،000 (ދެލައްކަ)
އެމެރިކާ ޑޮލަރު
އަހަރަކަށް 400،000 (ހަތަރުލައްކަ) އެމެރިކާ ޑޮލަރ
ހއ، ހދ އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) އެމެރިކާ ޑޮލަރު (250،000 (ދެލައްކަ ފަންސާސްހާސް) ޑޮލަރާ ހަމައަށް) އަހަރަކަށް 375،000 (ތިންލައްކަ ހަތްދިހަފަސްހާސް) އެމެރިކާ ޑޮލަރު އަހަރަކަށް 500،000 (ފަސްލައްކަ) އެމެރިކާ ޑޮލަރު
ނ، ރ، ބ، 
ޅ، ކ، އއ، 
އދ، ވ، މ، 
ފ، ދ
އަކަމީޓަރަކަށް އަހަރަކަށް 4 (ހަތަރެއް) އެމެރިކާ 
ޑޮލަރު (500،000 (ފަސްލައްކަ (ޑޮލަރާ ހަމައަށް)
އަހަރަކަށް 750،000 (ހަތްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރ އަހަރަކަށް 100،0000 (އެއްމިލިއަން) އެމެރިކާ ޑޮލަރު
ށ، ތ، ލ، 
ގއ، ގދ
އަކަމީޓަރަކަށް އަހަރަކަށް 3 (ތިނެއް)
އެމެރިކާ ޑޮލަރު (375،000
(ތިންލައްކަ ހަތްދިހަ ފަސްހާސް)
ޑޮލަރާ ހަމައަށް)
އަހަރަކަށް 562،500
(ފަސްލައްކަ ފަސްދޮޅަސް 
ދެހާސް ފަސްސަތޭކަ) އެމެރިކާ 
ޑޮލަރު
އަހަރަކަށް 750،000 (ހަތްލައްކަ 
ފަންސާސްހާސް) އެމެރިކާ 
ޑޮލަރު
މާލެ ސިޓީ އަކަމީޓަރަކަށް އަހަރަކަށް 95 (ނުވަދިހަ ފަހެއް) އެމެރިކާ ޑޮލަރު  އަކަމީޓަރަކަށް އަހަރަކަށް 95 (ނުވަދިހަ ފަހެއް) އެމެރިކާ ޑޮލަރު  އަކަމީޓަރަކަށް އަހަރަކަށް 95 (ނުވަދިހަ ފަހެއް) އެމެރިކާ ޑޮލަރު

 

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 01999-02)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހް

3 ވަނަ އިސްލާހް

4 ވަނަ އިސްލާހް 

5 ވަނަ އިސްލާހް

6 ވަނަ އިސްލާހް

7 ވަނަ އިސްލާހް

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

11 ވަނަ އިސްލާހު

12 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-171)
  2. ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 114/2021)
  3. އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 64/2021)
  4. ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ދިވެހިސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހިސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދު (ގަވާޢިދު ނަންބަރު 44/2021)
  5. ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 29/2021)
  6. ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައިލޫމާތު ހޯދުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2020)
  7. ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 36/2020)
  8. ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 27/2020)
  9. ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1041/2019 )
  10. ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 69/2016)
  11. ގްރީން ޓެކްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 181/2015)
  12. ޓޫރިސްޓް ރިސޯޓް، ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 157/2015) 
  13. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިސޯޓްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 43/2015)
  14. ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 1652/2013)
  15. ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާ ރަށްރަށާއި ބިން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލު (28 ޖެނުއަރީ 2013)
  16. ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު - 2009
  17. ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2010)
  18. ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)
  19. ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 11/2010)
  20. ޓޫރިސްޓް ރިސޯޓުތަކާގުޅޭ ހައްގުތައް ބަދަލު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 14/2010)
  21. ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 20/2011)
  22. ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 19/2011)
  23.  ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2012)
  24. ދިވެހިރާއްޖޭގައި ޓުއަރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު 2006
  25.  ޓުއަރ ގައިޑުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 44/2012)
  26. ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)
  27. ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު (ގަވާއިދަށް އަމަލުކުރަން ފެށި ތާރީހް: 20 ޖުލައި 2006)
  28. ފީނުމާއި ފީނުމުގެ ހިދްމަތް ދިނުމާބެހޭ ގަވާއިދު - 2003

 

ގުޅުންހުރި އުސޫލު

  1. ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ތެރެއިން ތަރައްގީ ނުކުރެވިހުރި ތަންތަން ތަރައްގީކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގައި އަމަލުކުރާ - 2011

ކިޔުންތެރިންގެ ހިޔާލު