-

ޓޫރިސްޓް ރިސޯޓް، ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2015-157)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 އޮގަސްޓް 2015 ގައި)

 

1 ވަނަ ބައި - ތައާރަފު

 

1 ވަނަ މާއްދާ - ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާއާއި، 19 ވަނަ މާއްދާ، އަދި 26 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދުގެނަމަކީ "ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމުގައި ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ޓޫރިސްޓް ވިޔަފާރިތައް ތަރައްގީކުރުމުގައި ތިމާވެށީގެ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކަމާގުޅޭ ކޮންސަލްޓެންޓުންނާއި އެ ވިޔަފާރި ތަރައްގީކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަމާއި އެކަމާގުޅޭ މަރުހަލާތައް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އޮޅުންފިލުވައި ދިނުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ.

 

2 ވަނަ ބައި - މަށްރޫއު ރޭވުން

 

6 ވަނަ މާއްދާ - މަސައްކަތެއް ފެށުމުގެ ކުރިން ހުއްދަ ހޯދުން

(ހ) ޓޫރިސްޓް ވިޔަފާރި ތަރައްގީކުރުމަށް އަލަށް ފަށާ މަށްރޫއުތަކާއި، ތަރައްގީކޮށްފައިވާ ވިޔަފާރިއަކަށް ގެނެވޭ ބޮޑެތި ތަރައްގީތަކާއި އިތުރު ފުރިހަމަކަން ގެނައުމަށް ހިންގާ މަށްރޫއުތަކާއި މިނޫނަސް ރީޑިވެލޮޕްކުރުމާއި، ރިނޮވޭޓުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ.

(ށ) ޓޫރިސްޓް ވިޔަފާރިއެއްގެ ތަރައްގީގެ ހުށަހެޅުމަކާ ގުޅޭގޮތުން ހަދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގައި ތިރީގައި މިވާ ބައިތައް ހުންނަންވާނެއެވެ.

  1. އެ މަށްރޫއު ރޭވިފައިވާ ވެށީގައި އެކުލެވޭ ދިރުންތަކާ (ސޫފާސޫތްޕާއި ގަސްގަހާގެއްސާއި) ބެހޭ މައުލޫމާތު.
  2. ބިންގަ ނޑާއި، ފެނާއި، ވަޔާއި، މޫސުމާއި، ތަބީއީ ސިފަތަކާއި، ވެށީގެ ދިރުންނެތް ބައިތައް.
  3. މި މާއްދާގެ (ށ) ގެ (1) އާއި (2) ގައިވާ ކަންކަމުގެ ތެރެއިން އެއްބައި އަނެއްބަޔާ ހުރި ގުޅުން. 
  4. ހަރުމުދަލާއި ސަގާފީ ތަރިކަ.
  5. ތިމާވެށިން މަށްރޫއަށް ކުރާ އަސަރު. އަދި،
  6. އެ ތަނެއްގެ އިޖުތިމާއީ މައުލޫމާތާއި ދިރިއުޅޭ އިންސާނުންނާއި މަށްރޫއާ ހުރި ގުޅުމާއި މި މާއްދާގެ (ށ) ގެ (1) އިން (5) ގައިވާ ކަންތައްތަކާއި އެތަނުގައި ދިރިއުޅޭ އިންސާނުންނާ ދެމެދުގައިވާ ގުޅުން.

 

3 ވަނަ ބައި - ތަރައްގީގެ ހުށަހެޅުން ކުރިއަށްގެންދިއުމަށް އެދި ހުށަހެޅުން

 

7 ވަނަ މާއްދާ - ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ވިޔަފާރިއާ ގުޅޭ ތަރައްގީގެ މަސައްކަތެއް ފެށްޓުމުގެ ކުރިން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދިޔާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރ ކަނޑައަޅާ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި ހަރަދުގެ ޒިންމާ އުފުލަންޖެހޭނީ އެދިޔާރެވެ.

(ނ) އެދިޔާރުގެ ފަރާތުން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާއިރު އެއާއެކީގައި އަނބުރައި ނުލިބޭ އިދާރީ ފީއެއް ދައްކަންޖެހޭނެއެވެ.

(ރ) މިނިސްޓްރީން އާންމުންނަށް ބެލޭނެގޮތަށް ތިރީގައިވާ ލިޔެކިޔުންތައް ގަވާއިދުން ބަހައްޓަންވާނެއެވެ.

  1. އެ ވަގުތަކު ބަލަމުންދާ ހުށަހެޅުންތަކުގެ ލިސްޓާއި ހުށަހެޅުނު ތާރީހު.
  2. އެދިޔާރަށް އަދި މިނިސްޓްރީއަށް، ޒާތީ އަދި ވިޔަފާރިއާ ބެހޭ ސިއްރު މައުލޫމާތު ކަމަށް ފާހަގަކުރެވޭ މައުލޫމާތު ނުހިމެނޭގޮތަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތައް.
  3. އެދިޔާރަށާއި މިނިސްޓްރީއަށް ޒާތީ އަދި ވިޔަފާރިއާ ބެހޭ ސިއްރު މައުލޫމާތު ކަމަށް ކަނޑައަޅާ މައުލޫމާތު ނުހިމެނޭގޮތަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތައް. އަދި،
  4. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުން އެ ލިޔުން.

 

8 ވަނަ މާއްދާ - ސްކްރީންކުރުމުގެ މަރުހަލާ

(ހ) ޓޫރިސްޓް ވިޔަފާރިތަކާގުޅޭ ތަރައްގީގެ ހުށަހެޅުން މި ގަވާއިދުގެ ޖަދުވަލު 5 ގެ ދަށުން ލިސްޓުކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މައުލޫމާތު ހިމެނޭ "ސްކްރީން ކުރުމަށް އެދޭ ފޯމު" އެދިޔާރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ، ސްކްރީން ކުރުމަށް އެދޭ ފޯމު މިނިސްޓްރީއަށް ލިބޭތާ، ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޖަދުވަލު 4 ގައި ބުނެވުނު ސްކްރީން ކުރުމަށްފަހު ނިންމިގޮތާ ބެހޭގޮތުން ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއް އެދިޔާރަށް އަންގަންވާނެއެވެ.

  1. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހަދަން އެންގުން، ނުވަތަ
  2. ތިމާވެށީގެ ފުރަތަމަ ދިރާސާ ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާކަން.

(ނ) މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ލިސްޓުގައި ހިމެނިފައިވާ ޓޫރިޒަމާ ގުޅޭ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓަކަށް ސްކްރީން ކުރުމުގެ މަރުހަލާ ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ކުރިން މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ހޯދަންޖެހޭ ހުއްދަ ހޯދުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މައުލޫމާތު ހިމެނޭ "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު" ހުށަހަޅަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު ހުށަހެޅުމުން، އެފޯމު ބަލާ ވަޒަން ކުރުމަށްފަހު އެ މަށްރޫއުގެ ސަބަބުން ގަބޫލުނުކުރެވޭ ފަދަ އަދި އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ކޮށްފާނެ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެ ނަމަ އެ މަށްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ނުވަތަ މަށްރޫއުގެ ބައިތަކަށް ބަދަލުގެނެސް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެންގިދާނެއެވެ.

 

9 ވަނަ މާއްދާ - ތިމާވެށީގެ ފުރަތަމަ ދިރާސާ

(ހ) ތިމާވެށީގެ ފުރަތަމަ ދިރާސާ އޮންނަގޮތާއި އޭގައިވާ މައުލޫމާތު ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތަށެވެ. އެދިޔާރުގެ ފަރާތުން، ތިމާވެށީގެ ފުރަތަމަ ދިރާސާ ހުށަހަޅާއިރު އެއާއެކީގައި އަނބުރައި ނުލިބޭ އިދާރީ ފީއެއް ދައްކަންޖެހޭނެއެވެ.

(ށ) ތިމާވެށީގެ ފުރަތަމަ ދިރާސާއަށްފަހު ނިންމިގޮތް އޮންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 12 ގައި ވާގޮތަށެވެ. މިގޮތުން ތިމާވެށީގެ ފުރަތަމަ ދިރާސާއާ މެދު ތިރީގައިވާ ގޮތުން ކުރެ ގޮތެއް ނިންމިދާނެއެވެ.

  1. މަށްރޫއަކީ ތިމާވެށްޓަށް ބޮޑު ބަދަލެއް އަތުވެދާނެކަމަށް ލަފާކުރެވޭ މަށްރޫއެއްކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހެދުމަށް އެންގުން.
  2. މަށްރޫއުގެ ސަބަބުން ތިމާވެށްޓަށް ބޮޑު ބަދަލެއް އަތުވެދާނެކަމަށް މިނިސްޓްރީއަށް ނުފެންނަނަމަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހެދުމަށް އެންގުން.

 

10 ވަނަ މާއްދާ - ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން

(ހ) މި ގަވާއިދުގެ ދަށުން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހިއްޖެނަމަ އެ ޕްލޭން އޮންނަންވާނީ އަދި އޭގައިވާ މައުލޫމާތު ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތަށެވެ. މީގެ އިތުރަށް ވެސް އެ މަށްރޫއަކާ ގުޅުން ހުރި މުހިންމު މައުލޫމާތު ހިމެނިދާނެއެވެ. އެދިޔާރުގެ ފަރާތުން، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާއިރު އެއާއެކީގައި އަނބުރައި ނުލިބޭ އިދާރީ ފީއެއް ދައްކަންޖެހޭނެއެވެ.

(ށ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހެޅުމުން މިނިސްޓްރީން އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުންކުރެ ގޮތަކަށެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތާ އެއްވެސް ތައާރުޒެއްނުވާކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ މަށްރޫއު ކުރިއަށް ގެންދިއުމަށް ފެންނަކަން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އެންގުން.
  2. މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތާ އެއްވެސް ތައާރުޒެއްވާކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު، އަލުން ހުށަހެޅުމަށް ބަންދު ދުވަސްތައް ނުހިމަނައި 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި އިތުރަށް ހިމެނުމަށް ބޭނުންވާ މައުލޫމާތު ބަޔާންކޮށް އެންގުން.

(ނ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ ގަވާއިދުން އެދިޔާރު ކުރިޔަށް ގެންދަންވާނެއެވެ. އަދި އެކަންތައްތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަންވާނީ އެދިޔާރެވެ.

 

11 ވަނަ މާއްދާ - މީޒާންކުރުމުގެ މަރުހަލާ

(ހ) މި ގަވާއިދުގެ ޖަދުވަލު 5 ގައި ހިމެނޭ މަށްރޫއުތަކާއި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ތިމާވެށީގެ ފުރަތަމަ ދިރާސާ ހެދުމަށްފަހު ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް އަންގައިފިނަމަ، އެދިޔާރުގެ ފަރާތުން ޖަދުވަލު 3ގައިވާ މައުލޫމާތު ހިމެނޭ "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު" ހުށަހަޅަން ވާނެއެވެ. މިގޮތުން ފޯމު ހުށަހަޅާއިރު ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ ޓާރމްސް އޮފް ރިފަރެންސް ފޯމާއެކު ހިމަނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނެވުނު ފޯމު މިނިސްޓްރީއަށް ލިބޭތާ ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ތެރޭގައި މީޒާންކުރުމަށް ބާއްވާ ބައްދަލުވުން ބާއްވާނެ ތާރީހެއް މިނިސްޓްރީއިން ކަނޑައަޅަންވާނެއެވެ. އަދި އެފޯމު މިނިސްޓްރީއަށް ލިބޭތާ ގިނަވެގެން ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީޒާންކުރަން ބާއްވާ ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށް އެދިޔާރަށް އަންގަންވާނެއެވެ.

(ނ) މީޒާންކުރަން ބާއްވާ ބައްދަލުވުމުގައި މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެދިޔާރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކާ ދެމެދު އެ ތަރައްގީގެ ހުށަހެޅުމަކާ ގުޅޭގޮތުން ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމާބެހޭ ޓާރމްސް އޮފް ރިފަރެންސާމެދު މަށްވަރާކޮށް، ދެފަރާތުން ޓާރމްސް އޮފް ރިފަރެންސަށް އެއްބަސްވާންވާނެއެވެ. މީޒާންކުރަން ބާއްވާ ބައްދަލުވުމަށް ކަމާބެހޭ އެހެން ފަރާތްތަކަށް މިނިސްޓްރީން ދައުވަތު ދެވިދާނެއެވެ. ނަމަވެސް، މީޒާންކުރަން ބާއްވާ ބައްދަލުވުން އެޖެންޑާ ކުރާ ގަޑިއަށް ދައުވަތު ދެވިފައިވާ އެހެން ފަރާތްތަކުން ހާޒިރު ނުވިނަމަވެސް، މިނިސްޓްރީ އަދި އެދިޔާރު ތަމްސީލުކުރާ ފަރާތްތައް ހާޒިރުވެފައިވާނަމަ މީޒާންކުރަން ބާއްވާ ބައްދަލުވުން ކުރިޔަށް ގެންދަންވާނެއެވެ.

(ރ) މީޒާންކުރާ ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެ ފާސްކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، މީޒާންކުރާ ބައްދަލުވުމުގައި ނުވަތަ އެ ބައްދަލުވުމަށްފަހު ގިނަވެގެން ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ތެރޭގައި އެދިޔާރަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ޓާރމްސް އޮފް ރިފަރެންސްގައި އެދިޔާރުގެ ފަރާތުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާނެ މުއްދަތު ކަނޑައަޅާފައި އޮންނަން ވާނެއެވެ.

 

12 ވަނަ މާއްދާ - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު

(ހ) މި ގަވާއިދުގެ ދަށުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަން ޖެހިއްޖެނަމަ އެ ރިޕޯޓު ތައްޔާރުކުރަން ވާނީ މިނިސްޓްރީއާއި އެދިޔާރާ ދެމެދު އެއްބަސްވެވުނު ޓާރމްސް އޮފް ރިފަރެންސްއާ އެއްގޮތަށެވެ.

(ށ) ތަރައްގީގެ ހުށަހެޅުން އެކުލަވައިލުމުގައި ތިމާވެށްޓާބެހޭ ހުރިހާ ކަންކަމަކަށް ބަލައި، އެކަންކަމާ ގުޅިގެން ދިމާވެދާނޭ ކަންތައްތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނޭ ގޮތްތައް ކަނޑައެޅިފައިވާކަން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުން ޔަގީންކޮށްދޭން ވާނެއެވެ. ތިމާވެށްޓަށް އަސަރު ފޯރާނެމިންވަރު ބަޔާންކުރާ ރިޕޯޓަކީ އާންމު ހިޔާލުތަކެއްގެ މައްޗަށް ލިޔެފައިވާ ބަޔާނަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ކުރަން ހުށަހަޅާ ކަމަކުން ނިކުމެދާނެ ކަމަށް ލަފާކުރާ ކަންތަކުގެ މައުލޫމާތާއި، އަމަލީގޮތެއްގައި ބަދަލުގައި ކުރެވިދާނޭ އެހެން ކަންކަމާއި، ނުކުމެދާނެ ނޭދެވޭ އަސަރާއި، އަސަރުތައް ކުޑަކުރާނެގޮތާއި، އަދި ތިމާވެށީގެ ގޮތުންނާއި، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުވިދާނެ ކަމަށް ފެންނަ ފުރުސަތުތައް ބަޔާންކުރެވިފައި ވާންވާނީ އެކަންކަން ސާބިތުކުރެވޭ ފަދަ ގޮތަކަށެވެ.

(ނ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އޮންނަން ވާނީ އަދި އޭގައިވާ މައުލޫމާތު ހުންނަން ވާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށެވެ. މީގެ އިތުރަށް ވެސް އެ މަށްރޫއަކާ ގުޅުން ހުރި މުހިންމު މައުލޫމާތު ހިމެނިދާނެއެވެ.

(ރ) އެދިޔާރު މި ދިރާސާގެ އިލެކްޓްރޯނިކް ކޮޕީ ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ ތަރުތީބާ އެއްގޮތަށެވެ.

(ބ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ ގަވާއިދުން އެދިޔާރު ކުރިޔަށް ގެންދަންވާނެއެވެ. އަދި އެކަންތައްތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަން ވާނީ އެދިޔާރެވެ.

 

13 ވަނަ މާއްދާ - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކޮށް ގޮތެއް ނިންމުން

(ހ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ބަލައިގަނެވޭނީ މި ގަވާއިދުގެ ޖަދުވަލު 10 ގައިވާ އިދާރީ އަޅައިބެލުމުގައިވާ ކަންތައްތައް ހަމަތޯ ބެލުމަށްފަހުއެވެ. އަދި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މިނިސްޓްރީއިން ބަލައިގަތުމަށްފަހުވެސް ޖަދުވަލު 10 ގައިވާ އިދާރީ އަޅައިބެލުމުގައިވާ ކަމެއް ހަމަނޫންކަން ފާހަގަ ކުރެވިއްޖެނަމަ، އެދިޔާރަށް، ރިޕޯޓު ހުށަހެޅި ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ތެރޭގައި އެދިޔާރަށް އަންގަންވާނެއެވެ.

(ށ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރުމަށް ނިންމުމަށްފަހު މިނިސްޓްރީން ރިޕޯޓު ބަލައި ގޮތެއް ނިންމުމަށް، ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ މުރާޖިރުންގެ ތެރެއިން 2 (ދޭއް) މުރާޖިރުން އައްޔަނުކުރަންވާނެއެވެ. އެއްވެސް ރިޕޯޓެއް ވަޒަންކުރި މުރާޖިރުގެ ނަން ހާމަކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ރިޕޯޓު ފުރިހަމަކަމަށް ނިންމިތާ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން ނުވަތަ ރިޕޯޓަށް އިތުރު ބަދަލު ގެނައުމަށް އަންގަންވާނެއެވެ.

4 ވަނަ ބައި - ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން

 

14 ވަނަ މާއްދާ - ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުން

(ހ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ބަލައި ނިމުމަށްފަހު މިނިސްޓްރީން ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރަންވާނެއެވެ.

(ށ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން އޮންނަންވާނީ ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށެވެ.

  1. އެދިޔާރު ކުރަންޖެހޭނޭ ކަމަށް މިނިސްޓްރީއަށް ފެންނަ ކަންތައްތަކެއް ކުރުމަށް ށަރުތުކޮށް، ހުށަހެޅި ފޯމުގައިވާ މަށްރޫއު ކުރިއަށްގެންދަން މިނިސްޓްރީން ހުއްދަދިނުން. ނުވަތަ،
  2. ރިޕޯޓުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރިޕޯޓު ގަބޫލުނުކުރާކަން އެންގުން. ނުވަތަ،
  3. މިނިސްޓްރީގެ ނަޒަރުގައި މަށްރޫއުގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ލިބިދާނެކަމަށް ފެނިއްޖެ ހާލަތެއްގައި އެހުށަހެޅުމެއް ގަބޫލުނުކުރާކަން އެންގުން.

(ނ) ތިމާވެށީގެގޮތުން ނިންމިގޮތުން ލިޔުން ދޫކުރި ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި މަށްރޫއުގެ އަމަލީ މަސައްކަތް ނުފެށިއްޖެ ނަމަ، ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ބާތިލުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް މަށްރޫއުގެ އަމަލީ މަސައްކަތް ނުފެށި 1 (އެކެއް) އަހަރަށްވުރެ ލަސްވީ ކުރިއަށް ލަފާކުރަން ނޭނގޭ ކަހަލަ ކަމެއް ދިމާވެގެން ކަމަށްވާނަމަ، މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ނުވަތަ ހުއްޓުވާލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސްކުރިން ސަބަބު ސާފުކޮށް ބަޔާންކޮށް އެދިޔާރުގެ ފަރާތުން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަން ވާނެއެވެ.

 

15 ވަނަ މާއްދާ - އިސްތިއުނާފަށް ހުށަހެޅުން

(ހ) ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމާ މެދު އެދިޔާރު ހިތްހަމަ ނުޖެހޭނަމަ، އެކަމާމެދު އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅަން ވާނީ ތިމާވެށީގެ ގޮތުން ނިންނިގޮތުގެ ލިޔުން ލިބޭތާ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.

(ށ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމާ މެދު އެދިޔާރު ހިތްހަމަ ނުޖެހެނީ ކީއްވެގެންކަން ސާފުކޮށް ބަޔާންކޮށް އިސްތިއުނާފަށް ހުށަހަޅަންވާނީ ލިޔުމަކުން މިނިސްޓަރަށެވެ.

(ނ) އިސްތިއުނާފަށް ހުށަހަޅާތާ ބަންދު ދުވަސްތައް ނުހިމަނައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްތިއުނާފާމެދު ނިންމި ގޮތެއް މިނިސްޓްރީން ލިޔުމަކުން އަންގާނެއެވެ. އިސްތިއުނާފުގެ ހުށަހެޅުން ބެލުމަށްފަހު ތައްޔާރުކުރާ ރިޕޯޓު ލިބުމުން މިނިސްޓަރ ތިރީގައިވާ ގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.

  1. އިސްތިއުނާފު ކުރާނޭ ޖާގައެއް ނެތްކަން ލިޔުމަކުން އެންގުން. ނުވަތަ،
  2. އިސްތިއުނާފުގެ ހުށަހެޅުމުގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބަލައި ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތޯ ކަނޑައެޅުން.

(ރ) އިސްތިއުނާފާމެދު މިނިސްޓަރ ގޮތެއް ނިންމުމުގެ ކުރިން، ލިޔުމަކުން އެދި އިސްތިއުނާފަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމުގެ އިހުތިޔާރު އެދިޔާރަށް ލިބިގެން ވެއެވެ.

(ބ) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އަލުން ބެލުމަށް މިނިސްޓަރ ނިންމައިފިނަމަ، 2 (ދޭއް) ވަނަ ފަހަރު ބެލުމަށްފަހު މިނިސްޓަރ ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

 

5 ވަނަ ބައި – ކޮންސަލްޓެންޓް އައްޔަނުކުރުން

 

16 ވަނަ މާއްދާ - ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެއާ ގުޅޭ ކަންކަން ކުރުމަށް ކޮންސަލްޓެންޓުން އައްޔަނުކުރުން

(ހ) މި ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް، ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ ކޮންސްލްޓެންޓުންގެ ތެރެއިން ކޮންސަލްޓެންޓެއް އެދިޔާރު އައްޔަންކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންސަލްޓެންޓެވެ.

 

6 ވަނަ ބައި – ފިޔަވަޅުއެޅުން

 

17 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ހާލަތްތަކުގައި އެފަދަ ރިޕޯޓު ހަދާފައިނުވާނަމަ 5000000 (ފަސް މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) ގަސްދުގައި ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ނުވަތަ މިކަމާގުޅުންހުރި އެހެން އެއްވެސް ލިޔުމެއްގައި އޮޅުވާލުމުގެ ބޭނުމުގައި ސައްހަ ނޫން މައުލޫމާތެއް ހިމަނާފައިވާނަމަ 3000000 (ތިން މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބުނެފައިވާ ގޮތަށް ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނަމުން ނުގެންދާނަމަ 2000000 (ދެ މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ހުށަނޭޅުން ނުވަތަ ގަސްދުގައި އޮޅުވާލައިފިނަމަ 3000000 (ތިން މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) ނިންމިގޮތުގެ ލިޔުން ނުހޯދައި ތަރައްގީގެ ހުށަހެޅުމުގައިވާ މަށްރޫއު ހިންގާނަމަ 5000000 (ފަސް މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) މިނިސްޓްރީން ނުވަތަ ތަންފީޒީ އޮފިސަރު މަސައްކަތް ހުއްޓާލުމަށް ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ 1000000 (އެއް މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމަށް މިނިސްޓަރ ނުވަތަ އޭނާ އައްޔަނުކުރި މީހަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ 2000000 (ދެ މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(އ) ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުމާއި ދޮގު މައުލޫމާތު ހުށަހަޅައިފިނަމަ 50000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(ވ) މި ގަވާއިދުގެ އަދަބު ކަނޑައެޅިފައިނުވާ އެއްވެސް މާއްދާއަކާ ހިލާފުވެއްނެމަ 1000000 (އެއް މިލިއަން) އެމެރިކާ ޑޮލަރުން އެދިޔާރު ޖޫރިމަނާ ކުރެވޭނެއެވެ.

(މ) މި ގަވާއިދުގެއެއްވެސް މާއްދާއަކާ ކޮންސަލްޓެންޓްހިލާފުވެއްޖެނަމަ އަދި އެފަދަ ކަމެއް ކޮންސަލްޓެންޓްކުރިކަން މިނިސްޓްރީއަށް ފެނިއްޖެނަމަ އޭނާ 200000 (ދެލައްކަ) އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. 

(ނޯޓް: ގެޒެޓުކުރެވުނު ގަވާއިދުގައި 18 ވަނަ މާއްދާ ތަކުރާރު ވެފައިވޭ)

 

7 ވަނަ ބައި – ތަންފީޒުކުރުން

 

18 ވަނަ މާއްދާ - ތަންފީޒީކުރާ ފަރާތެއް އަންޔަނުކުރުން

(ހ) ޓޫރިސްޓް ވިޔަފާރިތަކުގެ ތަރައްގީގެ މަށްރޫއުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރުތައް ދެނެގަތުމަށް މި ގަވާއިދުގެ ދަށުން ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރު ކުރުމަށް އެދިޔާރު ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް، އަންގަންޖެހޭ އެންގުންތަކާއި ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމަށް އޮފިސަރެއް ނުވަތަ އެޖެންޓެއް އަންޔަނު ކުރުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ތަންފީޒީ އޮފިސަރަކު ނުވަތަ އެޖެންޓަކު މި ގަވާއިދުގެދަށުން ލިބިފައިވާ ބާރުގެ ބޭނުން ކުރާއިރު، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި މިކަމާ ގުޅުންހުރި މީހުންނާއި އަދި / ނުވަތަ މުއައްސަސާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.

 

19 ވަނަ މާއްދާ - ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު

(ހ) ތިރީގައިވާ ކަންކަމުންކުރެ ކަމެއް ހިނގާކަމަށް ގަބޫލުކުރެވޭނަމަ، މިނިސްޓްރީގެ މުވައްޒަފުން އަދި އެޖެންޓުން އެތަނަކަށް ވަދެ ބަލައި ފާސްކުރެވިދާނެއެވެ.

  1. މި ގަވާއިދުގައި ބަޔާންކުރެވިފައިވާ ކުށެއް އެތަނެއްގައި ހިނގާފައިވުން ނުވަތަ ހިނގަމުން ދިއުން.
  2. އެތަނެއްގައި މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ ކުރަމުންދާ ކަމުގެ ހެއްކެއް ނުވަތަ ގަރީނާއެއްއޮތުން.
  3. މި ގަވާއިދުގައިވާ ކުށެއް ކުރިކަން ސާބިތު ކުރުމަށް ބޭނުންވާ ގަރީނާއެއް ވާކަމަށް ރަނގަޅަށް ލަފާ ކުރެވިއްޖެނަމަ، އެކަންތައްތައް ބަލާ ފާސްކޮށް، މިނެ ކިރައި، ވިޔަކޮށް، ޓެސްޓުކުރުމަށް ސާމްޕަލް ނެގުން.
  4. މި ގަވާއިދުގެދަށުން ދޭންޖެހޭ ނޯޓިހެއް ދިނުން.

(ށ) ބަލައި ފާސްކުރުމަށް މިނިސްޓްރީއިން ބާރު ދިންކަމުގެ ލިޔުން، އެ ލިޔުމެއް ދޫކުރި މަގުސަދު ހާސިލުވަންދެން ދެމިއޮންނާނެއެވެ.

 

20 ވަނަ މާއްދާ - ހުއްޓުވުމުގެ އަމުރު

(ހ) ތިރީގައި މިވާ ހާލަތްތަކުގައި މިނިސްޓަރަށް ނުވަތަ އޭނާ އައްޔަނު ކުރާ ފަރާތެއް ތަރައްގީގެ ހުށަހެޅުމެއް ހިންގަމުންގެންދާ ބަޔަކަށް އިތުރު އެންގުމެއް އަންގަންދެން، މަސައްކަތް ހުއްޓައިލުމުގެ އަމުރު ނެރެވިދާނެއެވެ.

  1. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކޮށްފައި ނެތުން.
  2. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ބާތިލުކުރުން.
  3. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުމުގައިވާ ށަރުތުތަކާ ހިލާފުވެފައިވުން.

(ށ) ތަރައްގީގެ ހުށަހެޅުމަކާ ގުޅިގެން ތިމާވެށްޓަށް ލިބިފައިވާ ގެއްލުމެއްކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަންތައްތައް އެދިޔާރު ރަނގަޅުކުރުމަށް މިނިސްޓަރަށް ނުވަތަ އޭނާ އައްޔަނުކުރާ ފަރާތަކަށް އަމުރެއް ނެރެވިދާނެއެވެ.

(ނ) މަސައްކަތް ހުއްޓުމުގެ އަމުރު ނެރުމަށްފަހު، ތިމާވެށްޓަށް ލިބިފައިވާ ގެއްލުން ސަރުކާރުގެ ފަރާތުން ރަނގަޅު ކުރުމަށްފަހު، އެކަމަށް ދިޔަ ހަރަދު އެ މަށްރޫއެއްގެ އެދިޔާރުގެ ފަރާތުން ހޯދުމުގެ އިހުތިޔާރު މިނިސްޓަރަށް ނުވަތަ އޭނާ އައްޔަނުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

 

8 ވަނަ ބައި - މާނަކުރުން

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތް އޮތްގޮތުން އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހައި ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ބަޔާންކުރެވިފައިވާ މާނައެވެ. މިގޮތުން:

 

ގާނޫނު:

ގާނޫނު ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގާނޫނާއި އެ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަމުންދާ އެންމެހައި ގާނޫނަށެވެ.

 

ޓޫރިސްޓް ވިޔަފާރި:

ޓޫރިސްޓް ވިޔަފާރި ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރިނާ އަށެވެ.

 

މަށްރޫއު:

މަށްރޫއު ކަމަށް ބުނެފައި އެވަނީ، ކުރިޔަށް ރާވައިގެން ހިންގާ ޓޫރިޒަމް ސިނާއަތުގެ ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، ނުވަތަ ޔޮޓް މެރިނާ ތަރައްގީ ކުރުމުގެ މަސައްކަތްތަކަށެވެ.

 

ކޮންސަލްޓަންޓް:

ކޮންސަލްޓެންޓް ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އެންމެހައި ރިޕޯޓުތައް ހެދުމަށް ތިމާވެށްޓާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނަށެވެ.

 

ތަރައްގީގެ ހުށަހެޅުން: 

ތަރައްގީގެ ހުށަހެޅުން ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރީނާ ތަރައްގީ ކުރުމުގައި، މިނިސްޓްރީއަށް ފެންނަގޮތުގައި ތިމާވެށްޓަށް ފާހަގަކުރެވޭ ވަރުގެ އަސަރެއް ކޮށްފާނެ ކޮންމެ ހަރަކާތެއް، އިމާރާތެއް، މަސައްކަތެއް، މަށްރޫއެއް، ސިޔާސަތެއް، ހުށަހެޅުމެއް، ރޭވުމެއް ނުވަތަ ޕްރޮގްރާމް އަކަށެވެ. މީގެތެރޭގައި ކުރިން ހިނގަމުން އައި ކަމެއް ބަދަލުކުރުމާއި، ބޮޑުކުރުމާއި، ދޫކޮށްލުމާއި، އުވައިލުމާއި އަދި އާލާކުރުން ހިމެނެއެވެ.

 

އިކޯ ސިސްޓަމް:

އިކޯ ސިސްޓަމް ކަމަށް ބުނެފައި އެވަނީ، އެންމެހައި ދިރުންތަކާއި އެއްޗެތީގެ ވަށައިގެންވާ މާހައުލާއި، އެތަކެއްޗާއި މާހައުލާ ލާމެހިގެން އޭގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ނިޒާމަކަށެވެ.

 

އަސަރު:

އަސަރު ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލަށެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެބަސް ބޭނުން ކުރުމުން ނުކުންނަ މާނަ ހިމެނެއެވެ. އަސަރުގެ ތެރޭގައި ހިމެނެނީ، އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ، އަދި އަމަލަކުން ނުވަތަ އަމަލުތަކަކުން ނުކުންނަ ނުސީދާ ނަތީޖާ. އެ އަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނޭ ބަދަލުތަކާއި އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.

 

ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން:

ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއެއް ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން ނުވަތަ ވަކި ށަރުތުތަކަކާއެކު ކުރިއަށް ގެންދެވިދާނެކަމަށް ނިންމާފައި މިނިސްޓަރ ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ދޫކުރާ ލިޔުމަކަށެވެ.

 

މިނިސްޓަރ:

މިނިސްޓަރ ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރަށެވެ.

 

މިނިސްޓްރީ:

މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމަށެވެ. ނުވަތަ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މިނިސްޓްރީއަށެވެ.

 

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު:

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ކަމަށް ބުނެފައި އެވަނީ ތަރައްގީގެ މަށްރޫއުއެއްގެ ސަބަބުން ނިކުމެދާނެ ބަޔޯފިޒިކަލް ނުވަތަ އިޖުތިމާއީ ނުވަތަ އިޖުމާލީ ނުވަތަ އިގުތިސާދީ ނުވަތަ އެހެންވެސް އަސަރުތައް ފާހަގަކޮށް ދިމާވެދާނޭ ކަންތައްތައް ލަފާކޮށް އެކަމުގެ ކުޑަބޮޑުމިން އަންދާޒާކޮށް އެ އަސަރުތައް ކުޑަކުރުމަށް (މިޓިގޭށަން) ހެދޭ ދިރާސާއަށެވެ.

 

ސޫފާސޫފި:

ސޫފާސޫފި ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ޖަނަވާރަށެވެ.

 

ގަސްގަހާގެހި:

ގަސްގަހާގެހި ކަމަށް ބުނެފައި އެވަނީ، ހުރިހާ ވައްތަރެއްގެ ގަސްގަހާގެއްސަށެވެ.

 

ގުދުރަތީ މާހައުލު:

ގުދުރަތީ މާހައުލު ކަމަށް ބުނެފައި އެވަނީ، ދިރޭ ނަސްލަކަށް ބޭނުންވާ ވަސީލަތްތައް ލިއްބައިދޭ އެ އެއްޗެތި އޭގެ ތިމާވެށްޓާއެކު އުޅުމަށް ބޭނުންވާ ބޭނުންތައް ފުދެން ހުންނަ ތަންތަނަށެވެ.

 

އިންސާނުންގެ ވެށި:

އިންސާނުންގެ ވެށި ކަމަށް ބުނެފައި އެވަނީ، އިންސާނުންނާއި އިންސާނުންގެ ވަށައިގެންވާ މާހައުލާއި، އިންސާނުންނާއި މާހައުލާއި ލާމެހިފައިވާ ގުޅުމެވެ.

 

ތިމާވެށީގެ ފުރަތަމަ ދިރާސާ:

ތިމާވެށީގެ ފުރަތަމަ ދިރާސާ ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއަކުން ކޮށްފާނެ ބަޔޯފިޒިކަލް، އިޖުތިމާއީ، އިގުތިސާދީ އަދި އެހެނިހެން އަސަރުތައް ދެނެގަނެ އެ އަސަރު، އަސަރުތައް ކުޑަކުރުމަށް ކުރެވިދާނޭ ކަންތައްތައް އަންދާޒާކޮށް ހަދާ ފުރަތަމަ ދިރާސާއަށެވެ.

 

އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން:

އަސަރުތައް ކުޑަކުރުން ނުވަތަ އަސަރު ނުކުރާނެ ގޮތް ހެދުން ކަމަށް ބުނެފައި އެވަނީ؛ 

  1. ކަމެއް ނުވަތަ ކަމެއްގެ ބައެއް ނުކޮށް ދޫކޮށްލައިގެން، އެކަމުންކުރަން އޮތް އަސަރު އެއްގޮތަކަށްވެސް ނުކުރާނޭ ގޮތް ހެދުމަށް؛ 
  2. މަށްރޫއެއްގައި އެކުލެވޭ ވަކި ހަރަކާތެއް ހިންގުމުގައި އެކަމެއް ކޮންޓްރޯލްކޮށްގެން ނުވަތަ ވަކި މިންގަ ނޑެއްގައި ހިފަހައްޓައިގެން އެކަމަކުން ނުކުމެދާނޭ ނޭދެވޭ އަސަރު ވީހާ ކުޑަކުރުމަށް؛ 
  3. ތަރައްގީކުރުމުން ނުކުންނާނޭ ރަނގަޅު އަސަރުތަކުން އެންމެ އެކަށީގެންވާ ފައިދާ ލިބޭނޭގޮތް ހެދުމަށް؛ 
  4. ގެއްލުން ލިބިފައިވާ ވެށި ރަނގަޅުކުރުމަށްޓަކައި މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމާއި އާލާކުރުމާއި، ކުރިން ހުރި ގޮތަށް އިއާދަކުރުމަށް؛ 
  5. އަމަލީ މަސައްކަތްތައް ހިނގަމުންދާ މުއްދަތުގައި ތިމާވެށި ދެމެހެއްޓޭގޮތަށް މަސައްކަތްކޮށްގެން ތިމާވެށްޓަށް ދިގުމުއްދަތުގައި ކުރާނެ އަސަރު ކުޑަކުރުމަށް ނުވަތަ އެއްގޮތަކަށްވެސް އަސަރު ނުކުރާނޭ ގޮތް ހެދުމަށް؛
  6. ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ލިބުނު ގެއްލުމަށް އަޅާކިޔޭނެ ހިދުމަތެއް/ކަމެއް ތިމާވެށްޓަށް ކޮށްދިނުން.

 

ގުދުރަތީ ވެށި:

ގުދުރަތީ ވެށި ކަމަށް ބުނެފައި އެވަނީ؛

  1. ދިރުންހުރި އަދި ދިރުން ނެތް ގުދުރަތީ މާހައުލު
  2. ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބާވަތްތައް ދިރިއުޅެމުންދާ މާހައުލުތަކާއި އެ މާހައުލުގެ ނިޒާމުތަކާއި (ޖިއޮލޮޖިކަލް، ފިޒިއޮގްރަފިކަލް، ޖިއޮމޯފޮލޮޖިކަލް، ލިތޯސްޓްރެޓިގްރެފިކަލް، ޕެލިއޮންޓޯލޮޖިކަލް އަދި ހައިޑްރޯލޮޖިކަލް) ހަރަކާތްތައް.
  3. ސައިންސްގެ ގޮތުން، ނުވަތަ މާހައުލުގެ ރީތިކަމުގެ ސަބަބުން، ނުވަތަ ހިމާޔަތް ކުރުމުގެ ގޮތުން ބަލާއިރު މުހިންމުކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތައް.

 

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން:

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން ކަމަށް ބުނެފައި އެވަނީ، މަށްރޫއާ ގުޅިގެން ގުދުރަތީ ވެށްޓަށް އަންނަމުންދާ ބަދަލުތައް ސައިންޓިފިކް އުސޫލުތަކުގެ މަތިން ބަލައި، ވަޒަންކޮށް ދެނެގަނެ ރިކޯޑުތައް ބެލެހެއްޓުމަށެވެ.

 

ތައައްޔަރުވުން:

ތައައްޔަރުވުން ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އިންސާނުންގެ ފަރާތުން ތިމާވެށްޓަށް ތައާރަފު ކުރެވޭ އެއްޗަކުން ނުވަތަ ހަކަތައަކުން އިންސާނުންގެ ސިއްހަތަށް ނުވަތަ ދިރޭ ވަސީލަތްތަކަށް ނުވަތަ ވެށީގެ ނިޒާމުތަކަށް ނުވަތަ ހަރުމުދަލަކަށް ގެއްލުން ލިބުން ނުވަތަ ލިބެން ހުންނަ ވަސީލަތްތައް ބޭނުންކުރުމަށް ހުރަސް އެޅުމާއި ނުވަތަ ތިމާވެށީގެ ބޭނުންހިފުމަށް ހުރަސް އެޅުމަށެވެ.

 

މަށްރޫއުގެ ހުލާސާ:

މަށްރޫއުގެ ހުލާސާ ކަމަށް ބުނެފައި އެވަނީ، އެދިޔާރަކު ނުވަތަ އެފަރާތުގެ ކޮންސަލްޓަންޓަކު، މަށްރޫއުގައި ހިމެނޭ މުހިންމު ސިފަތައް ހިމަނައިގެން އެ މަށްރޫއު މީޒާންކުރުމަށް ބާއްވާ ބައްދަލުވުމަށް، ތައްޔާރުކުރާ ލިޔުމަށެވެ. މި ލިޔުމުގައި ތަރައްގީގެ ހުށަހެޅުން އޮންނާނެ ގޮތުގެ ތައާރަފަކާއި ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މަށްރޫއާބެހޭ މުހިންމު ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެކަމަށް ލަފާކުރެވޭ އަސަރުތަކާއި އެ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ކަމަށް ފެންނަ ފިޔަވަޅުތައް ހިމެނޭނެއެވެ.

 

އެދިޔާރު:

މަށްރޫއުގެ ވެރިފަރާތް ނުވަތަ ހިންގުމުގެ ބާރުވެރި ފަރާތް.

 

މީޒާންކުރުން:

މީޒާންކުރުން ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނަންޖެހޭ މުހިންމު މައްސަލަތަކާއި ފާހަގަކުރެވޭވަރުގެ އަސަރުތަކާއި ބަދަލުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށް ކަންތައްކުރާނޭ ގޮތަށެވެ.

 

ސްކްރީނިންގ:

ސްކްރީނިންގކުރުން ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ ހުށަހެޅުމަކީ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭ ނުވަތަ ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާ ހުށަހެޅުމެއްކަން ކަނޑައެޅުމަށެވެ.

 

ހާލަތު:

ތިމާވެށްޓަށް ކުރި އަސަރަކީ ފާހަގަކުރެވޭވަރުގެ އަސަރެއްކަމަށް ދެނެގަތުމުގައި އަދި ރިއާޔަތްކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން އެ އަސަރެއްގެ ސަބަބުން މުޖުތަމައަށާއި މަށްރޫއުގެ ވަށައިގެންވާ ސަރަހައްދަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށާއި ގުދުރަތީ މާހައުލުގައިވާ ކަންތައްތަކަށް.

 

ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން:

ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތަކަކީ؛

  1. ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން. 
  2. އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރައިފާނެ މިންވަރު.
  3. މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް. 
  4. މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ މިންވަރު.
  5. އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތް ނޭނގޭ ގެއްލުންތަކެއް އެކުލެވުން.
  6. މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމަ އެގޮތަށް ނުރަނގަޅު ގޮތެއްގައި އެހެން ކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެ މަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު.
  7. ކުރެވޭ ކަމަކީ، ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖުމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެ ކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން.
  8. އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި، ނުވަތަ އުސޫލަކާއި ނުވަތަ މިންގަ ނޑަކާއި ނުވަތަ ސިޔާސަތަކާއި ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން.
  9. އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ.

 

މުރާޖިރު:

މުރާޖިރު ނުވަތަ މުރާޖިއު ކަމަށް ބުނެފައި ވަނީ ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރަން ހަވާލުކުރެވޭ މީހުންނަނެވެ.

 

ޓާރމްސް އޮފް ރިފަރެންސް:

ޓާރމްސް އޮފް ރިފަރެންސް ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ކޮންމެހެން ހުންނަންޖެހޭ ބައިތަކަށެވެ.

 

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން:

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ކަމަށް ބުނެފައި އެވަނީ، މަށްރޫއުގެ ހަރަކާތެއްގެ ސަބަބުން ވަށައިގެންވާ ވެށްޓަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމުގެ ނުވަތަ އެފަދަ އަސަރެއް ކުރިމަތިވެ ނުދިނުމުގެ ގޮތުން އަޅަން ހުށަހަޅާ ފިޔަވަޅުތައް ދެނެގަތުމުގެ ގޮތުން ހަދާ ރިޕޯޓަށެވެ.

 

ޗާޓު:

ޗާޓު ކަމަށް ބުނެފައި އެވަނީ، ޖިއޯރިފަރެންސްޑް ސްކޭލް ޗާޓަށެވެ.

 

ތިމާވެށްޓާ ބެހޭ މިނިސްޓްރީ:

ތިމާވެށްޓާ ބެހޭ މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04) ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މިނިސްޓްރީއަށެވެ.

 

ޖަދުވަލު 1

ޖަދުވަލު 2

ތަރައްގީގެ ހުށަހެޅުން ސްކްރީން ކުރުމަށް އެދޭ ފޯމުގައި ހިމެނޭ ބައިތައް

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރާ ފޯމު ދޫކުރާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ. އަދި އެ ފޯމުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ފޯމު ނަންބަރު.
  2. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރެވޭނީ ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. ފޯމުގައި ދީފައިވާ މައުލޫމާތު ބޭނުން ކުރާނީ ތިރީގައި މިވާ ދެގޮތުން ކުރެ ގޮތަކަށް ނިންމުމަށެވެ.
    1. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭކަމަށް ނިންމުން.
    2. ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާ ކަމަށް ނިންމުން.
  3. ފޯމުގައި އެދިޔާރާބެހޭ އަންނަނިވި މައުލޫމާތު ހިމެނުމަށް ބައެއް ހާއްސަ ކުރެވިފައި އޮންނަންވާނެއެވެ.
    1. ފޯމު ހުށަހަޅާ މީހާގެ ނަން:
    2. ކުންފުންޏެއް ނުވަތަ ވަކިމީހެއް ނުވަތަ ވަކި މުއައްސަސާއެއްގެ ފަރާތުން ހުށަހަޅާނަމަ އެ ހުށަހަޅާ ފަރާތެއްގެ ނަން:
    3. އެޑްރެސް:
    4. ފޯނު ނަންބަރު:
    5. ފެކްސް ނަންބަރު:
    6. އީ މެއިލް:
    7. ދ.ރ.އ. ކާޑު ނަންބަރު:
    8. ސޮއި:
    9. ތާރީހު:
  4. ފޯމުގައި މަށްރޫއުގެ އަންނަނިވި މައުލޫމާތު ހިމެނުމަށް ބައެއް ހާއްސަ ކުރެވިފައި އޮންނަންވާނެއެވެ.
    1. މަށްރޫއުގެ ނަން: 
    2. ތަރައްގީގެ ބާވަތް:
    3. މަށްރޫއު ހިނގާތަން (ތަނުގެ ފޮޓޯއާއި ޗާޓާއި ކަމާބެހޭ ކުރެހުންތައް އޮންނަންވާނެއެވެ):
    4. މަށްރޫއުގެ މުއްދަތު:
    5. މައްސަރުގެ އަދަދު:
    6. މަށްރޫއު ހިނގާ ތަނުގެ ގުދުރަތީ މާހައުލު އަދި މަށްރޫގެ ސަބަބުން މާހައުލަށް ނުވަތަ ތަނުގެ ގުދުރަތީ ވެށްޓަށް ގެނެވޭ ބަދަލުގެ ތަފުސީލު (އޭ-4 ސައިޒްގެ 5 ކަރުދާހަށްވުރެ ކުރު ނުވާގޮތަށް):
    7. އެކިކަންކަން ހިންގަން ރޭވި ތާރީހުތަކުގެ ތަރުތީބުން މަށްރޫއުގެ ހުލާސާ (ބޭނުންކުރާނެ އާލާތްތަކާއި، މެށިނަރީގެ މައުލޫމާތު ހިމަނައިގެން)

 

ޖަދުވަލު 3

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމުގައި ހިމެނޭ ބައިތައް

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް އެދޭ ފޯމު ދޫކުރާނީ މިންސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ. އަދި އެ ފޯމުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ފޯމު ނަންބަރު.
  2. ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރެވޭނީ، ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. ފޯމުގައި ދީފައިވާ މައުލޫމާތު ބޭނުން ކުރާނީ ތިރީގައި މިވާ ދެގޮތުން ކުރެ ގޮތަކަށް ނިންމުމަށެވެ.
    1. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭކަމަށް ނިންމުން.
    2. ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާކަމަށް ނިންމުން.
  3. ފޯމުގައި އެދިޔާރާބެހޭ އަންނަ ނިވި މައުލޫމާތު ހިމެނުމަށް ބައެއް ހާއްސަ ކުރެވިފައި އޮންނަންވާނެއެވެ.
    1. ފޯމު ހުށަހަޅާ މީހާގެ ނަން:
    2. ކުންފުންޏެއް ނުވަތަ ވަކިމީހެއް ނުވަތަ ވަކި މުއައްސަސާއެއްގެ ފަރާތުން ހުށަހަޅާނަމަ އެ ހުށަހަޅާ ފަރާތެއްގެ ނަން:
    3. އެޑްރެސް:
    4. ފޯނު ނަންބަރު:
    5. ފެކްސް ނަންބަރު:
    6. އީ މެއިލް:
    7. ދ.ރ.އ. ކާޑު ނަންބަރު:
    8. ސޮއި:
    9. ތާރީހު:
  4. ފޯމުގައި މަށްރޫއު އަންނަނިވި މައުލޫމާތު ހިމެނުމަށް ބައެއް ހާއްސަ ކުރެވިފައި އޮންނަންވާނެއެވެ.
    1. މަށްރޫއުގެ ނަން: 
    2. ތަރައްގީގެ ބާވަތް:
    3. މަށްރޫއު ހިނގާ ތަން (ތަނުގެ ފޮޓޯއާއި ޗާޓާއި ކަމާބެހޭ ކުރެހުންތައް އޮންނަންވާނެއެވެ):
    4. މަށްރޫއުގެ މުއްދަތު:
    5. މައްސަރުގެ އަދަދު:
    6. މަށްރޫއު ހިނގާ ތަނުގެ ގުދުރަތީ މާހައުލު އަދި މަށްރޫގެ ސަބަބުން މާހައުލަށް ނުވަތަ ތަނުގެ ގުދުރަތީ ވެށްޓަށް ގެނެވޭ ބަދަލުގެ ތަފުސީލު (އޭ-4 ސައިޒްގެ 5 ކަރުދާހަށްވުރެ ކުރު ނުވާގޮތަށް):
    7. އެކިކަންކަން ހިންގަން ރޭވި ތާރީހުތަކުގެ ތަރުތީބުން މަށްރޫއުގެ ހުލާސާ (ބޭނުންކުރާނެ އާލާތްތަކާއި، މެށިނަރީގެ މައުލޫމާތު ހިމަނައިގެން)
  5. ފޯމުގައި ކޮންސަލްޓެންޓުންނާ ބެހޭ އަންނަނިވި މައުލޫމާތު ހިމެނުމަށް ބައެއް ހާއްސަ ކުރެވިފައި އޮންނަންވާނެއެވެ.
    1. ނަން:
    2. އެޑްރެސް:
    3. ފޯނު ނަންބަރު:
    4. ފެކްސް ނަންބަރު:
    5. އީ މެއިލް:
    6. ދ.ރ.އ. ކާޑު ނަންބަރު:
    7. ކޮންސަލްޓެންޓުންގެ ރަޖިސްޓަރީ ނަންބަރު:
    8. ސޮއި:
    9. ތާރީހު:
  6. ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް އެދިޔާރު ހުށަހަޅަންވާނެއެވެ.
    1. ޑްރާފްޓް ޓަރމްސް އޮފް ރެފަރަންސް
    2. މިނިސްޓްރީން ފާސްކޮށްފައިވާ މަށްރޫއުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް އަދި ކުރެހުންތައ

 

ޖަދުވަލު 4

ސްކްރީންކުރުމަށްފަހު ނިންމިގޮތް އަންގައިދޭ ލިޔުމުގައި ހުންނަންޖެހޭ މައުލޫމާތު

  1. ސްކްރީންކުރުމަށްފަހު ނިންމިގޮތް އޮންނަންވާނީ ތިރީގައި ބުނެވުނު ފަދައިންނެވެ.
    1. މި މަށްރޫއުގެ ސަބަބުން ފާހަގަކުރެވޭ ވަރުގެ ނޭދެވޭ ބޮޑު އަސަރެއް ތިމާވެށްޓަށް ކޮށްފާނެކަމަށް ނުފެނެއެވެ. ވީމާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހުށަހަޅާށެވެ. ނުވަތަ،
    2. ސްކްރީންކުރުމަށްފަހު ތިމާވެށީގެގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުގެ ކުރިން ތިމާވެށީގެ ފުރަތަމަ ދިރާސާ ހަދައިގެން އިތުރު މައުލޫމާތު ބޭނުންވެއެވެ. ވީމާ، އެދިޔާރުގެ ފަރާތުން މީޒާންކުރަން ބައްދަލުވުމެއް މިނިސްޓްރީއާއެކު، ބޭއްވުމަށް އެދި ހުށަހަޅާށެވެ.
  2. ސްކްރީންކުރި އިދާރާގެ މައުލޫމާތު.
  3. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ފަރާތުގެ ނަމާއި އެޑްރެސް.

 

ޖަދުވަލު 5

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން ޖެހޭ ޓޫރިޒަމް ސިނާއަތާ ގުޅުންހުރި މަށްރޫއުތަކުގެ ލިސްޓް

  1. އާ ރިޒޯޓެއް ތަރައްގީ ކުރުން
  2. ޔޮޓް ބަނދަރު ހެދުމާއި، ޔޮޓްފަހަރު ބަނދަރުކުރާ ތަންތަން ހެދުން 
  3. ހޮޓާ ތަރައްގީ ކުރުން
  4. ރިޒޯޓް، ހޮޓާ، ނުވަތަ ޔޮޓް ބަނދަރަކަށް ގެނެވޭ ބޮޑެތި ތަރައްގީތަކާއި އިތުރު ފުރިހަމަކަން ގެނައުމަށް ހިންގާ މަށްރޫއުތައް. އޭގެ ތެރޭގައި ތިރީގައި މިވާކަންކަން ހިމެނެއެވެ.
    (ހ) ފަޅު ކޮނުމާއި ބަނދަރު ހެދުން
    (ށ) ނެރުތައް ކޮނުމާއި ކެނޑުމާއި ބެލެހެއްޓުން
    (ނ) ފާލަން އެޅުން
    (ރ) ބިން ހިއްކުން
    (ބ) ތޮށިލުން
    (ޅ) ގޮނޑުދޮށް ހެދުން
    (ކ) މެށިނަރީ ބޭނުންކޮށްގެން ވެލި ނެގުން
    (އ) ހެލިޕޭޑު، ކަ ނޑަށްޖައްސާބޯޓު ބަނދަރުކުރާ ތަން ހެދުން
    (ވ) ލޭންޑްފިލް ހެދުން
    (މ) ފެނާއި ނަރުދަމާ އަދި އިންޖީނުގެ ގާއިމުކޮށް އަޕްގްރޭޑް ކުރުން

 

ޖަދުވަލު 6

ތިމާވެ ށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް

ކަރުދާހު ކޮޕީ އޮންނަންވީގޮތުގެ ނަމޫނާ

ރިޕޯޓުގެ ފުރިހަމަ 3 (ތިނެއް) ކޮޕީ ހުށަހަޅާނީ އޭ-4 ސައިޒުގެ ކަރުދާހުގައެވެ. އަދި ޗާޓުތައް ކުރަހާފައި ހުންނަންޖެހޭނީ ކުޑަވެގެން އޭ-3 ސައިޒުގެ ކަރުދާހެއްގައެވެ. ހުށަހަޅާ ރިޕޯޓުގައި ޕްރޮޖެކްޓުގެ އެދިޔާރާއި ކޮސްސަލްޓަންޓް ސޮއިކުރަންވާނެއެވެ. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

ފަށާ ސަފުހާ 
މި ސަފުހާ ގައި އޮންނަންވާނީ:

  • ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ނަމާއި؛
  • މަށްރޫއު ހިންގާތަނާއި؛
  • ރިޕޯޓު ތައްޔާރުކުރި ޓީމުގައި ހިމެނޭ މީހުން (އެކިއެކި ކޮންސަލްޓެންޓުން) ގެ ނަން ވަކިވަކީން ނާއި؛
  • އެދިޔާރު ގެ ނަމާއި ސޮއާއި؛
  • ރިޕޯޓު ފުރިހަމަކުރި ތާރީހެވެ.

 

ސާދާ ހުލާސާ

ސާދާ ހުލާސާ ހުށަހަޅަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އަދި މިބައި އެކުލެވިގެން ވާންވާނީ:

  • ސާދާ ބަހުރުވައިން ފަންނީ ބަސްތައް ބޭނުންނުކޮށް ލިޔެފައިވާ ކުރު ބަޔާނަކަށެވެ. އަދި
  • އެ ބަޔާނުގައި މަށްރޫއުގެ ތަރަހައާއި ހިންގާނޭ ތަން ބަޔާންކުރަންވާނެއެވެ. އަދި
  • އެބައި އަމާޒުކުރަން ވާނީ، ބަދަލުގައި ކުރެވިދާނޭ އެހެން ކަންތައްތަކާއި އެކަންތައްތަކުން ކުރާނޭ މުހިންމު އަސަރުތަކާއި އެކަންތައްތަކުގެ އަސަރު ކުޑަކުރެވިދާނޭ ކަންތައްތަކެވެ.

 

ތައާރަފު

މިބައިގައި މަށްރޫއުގެ މައުލޫމާތާއި ހަރަދުވާނޭ މިންވަރާއި، އެދިޔާރުންނާއި އެބައިމީހުން މިކަހަލަ މަށްރޫއު ހިންގުމުގައި ލިބިފައިވާ ތަޖުރިބާ ބަޔާންކުރެވިފައި ވާންވާނެއެވެ.

 

މަށްރޫއުގެ ތަރުތީބު 
މިބައިގައި، އަމަލުކުރަމުންގެންދާ، ޕްލޭންތަކާއި، ސިޔާސަތުތަކާއި، ގައިޑްލައިންތަކާއި، ގަވާއިދުތަކާއި ގާނޫނުތަކާއި އަދި ބައިނަލްއަގުވާމީ ކޮންވެންށަންތަކަށް މި މަށްރޫއު ލާމެހި ފެތިފައިވާކަން ހާމަކުރަންވާނެއެވެ.

 

މަށްރޫއުގެ ތައާރަފު
މިބައިގައި މަށްރޫއު ސިފަކޮށްދިނުމާއެކު، މަށްރޫއު ހިންގަންބޭނުންވާ ސަބަބުތަކާއި ބުއްދިއަށް ފެންނަ ހަމަތައް ހިމެނިފައި ވާންވާނެއެވެ. އަދި ތިރިގައި މިވާ ކަންތައް ހިމެނިފައިވާންވާނެއެވެ.

  • މަށްރޫއު ހިންގަން ގަސްދުކޮށްފައިވާ މުއްދަތު.
  • މަށްރޫއުގެ ބޭނުމާއި ސަބަބު.
  • ބިމުގެ މިލްކުވެރިކަމާއި އެކަމުގެ ގަރީނާ ނުވަތަ ކުއްޔަށް ހިފިކަމުގެ އެއްބަސްވުން. މި އެއްބަސްވުމުގައި މަށްރޫއު ހިންގުމަށް ބިމުގެ ވެރިފަރާތުން ހުއްދަ ދީފައިވާކަން ސާފުކޮށް ބަޔާން ކޮށްފައިވާންވާނެއެވެ. 
  • މަށްރޫއުގެ ބައިތަކާއި މަށްރޫއުގެ ބޮޑުމިނާއި މަށްރޫއުގައި ހިމެނޭ އެކިއެކި ބައިތަކުގެ ތަފުސީލު. 
  • މަށްރޫއު ހިންގާ ތަން ފާހަގަ ކޮށްފައިވާ ޗާޓު.
  • ކުޑަވެގެން އޭ-3 ސައިޒަށް ފެތޭވަރަށް ސްކޭލްއަށް ކުރަހާފައިވާ ޗާޓެއް. މިޗާޓުގައި ގަސްދުކޮށްފައިވާ ހުރިހާ އުމުރާނީ އޮނިގަ ނޑު ބިނާކުރާނޭ ތަން ފާހަގަކުރެވިފައި އޮންނަންވާނެއެވެ. އޭގެ ތެރޭގައި ހުރިހާ ތަޣައްޔަރު ފެން އެއްކުރާނޭ ގޮތާއި، ސާފުކުރާނޭ ގޮތާއި ބޭރުކޮށްލާ ނިޒާމު އޮންނަންވާނެއެވެ. އަދި ބޮޑުދިޔައިގައި އިމާރާތްތައް އެއްގަމަށް ޖައްސާފައިހުރިވަރު އެނގޭނޭ ގޮތާއި ނުވަތަ ބިން ޗާލު ކުރާނޭ ގޮތް ފަދަ ކަންތައްތައް. 
  • ލިބެން އޮތްނަމަ، ތަނުގެ މާހައުލަށް މަށްރޫއުން މި ލިބޭ ތަރައްގީ އެނގޭނޭ ފަދަ އާރކިޓެކްޗަރަލް ޕްލޭނެއް ނުވަތަ ކުރެހުމެއް ނުވަތަ އާރކިޓެކްގެ ހިޔާލީ ކުރެހުމެއް.
  • މި ހިސާބުގަ ނޑުގައި މިފަދަ މަށްރޫއުތައް ހިނގާކަން އެންގުމާއި މިފަދަ މަށްރޫއުތަކަށް ކުރިން ހަދާފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ހުލާސާ ރިޕޯޓު ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކަށް ރިއާޔަތް ކުރުން. 
  • މަށްރޫއު ފަށަން ގަސްދުކުރާ ދުވަސްވަރު ތިމާވެށީގެ ހާލަތު އޮންނާނޭ ގޮތާއި ދިމާވެދާނޭ އުނދަގޫތައް؛ މިސާލަކަށް އެދުވަސްވަރުގައި މޫސުން އޮންނާނޭ ގޮތާއި އުދައެރުން ފަދަ ކަންތައްތައް.
  • ތަޣައްޔަރުފެން ބޭރުކުރުމަށް ރޭވިފައިވާ ގޮތްތަށް، ބޭރުވަމުންދާގޮތުގެ މަރުހަލާތައް އަންގައިދޭ ކުރެހުންތައް.
  • މަށްރޫއު ހިންގަމުންގެންދާ ދުވަސް ވަރާއި އަދި މަށްރޫއުގެ އެކި ފިޔަވަހީގެ މުއްދަތުގައި ދެމިހެއްޓެނިވި ތަރައްގީ ކުރިއަށް ގެންދިއުމަށް އަޅާނޭ ފިޔަވަޅުތައް (ސާފުކޮށް ހަކަތަ އުފެއްދުމާއި އިއާދަކުރެވޭ ހަކަތައިގެ ނިޒާމުތައް). 
  • މަށްރޫއުގައި އެކުލެވޭ އެކިއެކި ހަރަކާތްތަކުގެ ވާރކްޕްލޭން (އޭގެތެރޭގައި ސައިޓް ތައްޔާރުކުރުމާއި އުމުރާނީ ތަރައްގީގެ މަސައްކަތްތަކާއި ޑީކޮމިށަނިންގ ހިމަނަންވާނެ).
  • މަށްރޫއުއާ ގުޅޭގޮތުން އެންވަޔަރަންމަނޓަލް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވައިލެވިފައިވާނަމަ އޭގެ ތަފުސީލު. 
  • ފެނާއި ކަރަންޓް ފަދަ ޔުޓިލިޓީގެ ހިދުމަތްތައް ލިބެންހުރިނަމަ އޭގެ ތަފުސީލު.
  • ކެޕިޓަލް އިންވެސްޓްމަންޓާއި ވަޒީފާގެ ފުރުސަތުތައް.
  • މަށްރޫއުގެ ބޭރުން އެސަރަހައްދަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުން ކަމެއް ރޭވިފައިވާނަމަ އެކަންކަމުގެ ކުރު ހުލާސާއެއް. މި ހުލާސާއަކީ ހުށަހެޅުމުގެ ބައެއްކަމަށް ހިމެނޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއްނޫނެވެ. މިސާލަކަށް، މިހާރު ތަނަށް ދާން އޮތް މަގު، އާންމުންގެ ފަސޭހައަކަށްޓަކައި ރަނގަޅު ކުރުން ފަދަ، ނުވަތަ މަށްރޫއުގެ ސަބަބުން އަސަރު ކުރި މީހުންނަށް ބަދަލުދިނުން ފަދަ ކަންކަމެވެ. 

 

ގުދުރަތީ، އިގުތިސާދީ އަދި އިންސާނީ ތިމާވެށި ސިފަކޮށްދިނުން

މިބައިގައި ހިމަނާނީ:

  • ހުއްދަ އޮތް މައްސާހަކު، ރަށުގެ މޭގަތަކަށް ރިއާޔަތްކޮށް އަޅައިކިޔޭގޮތަށް ކުރަހާފައިވާ ޗާޓެއް އޮންނަންވާނެއެވެ. މި ޗާޓުގައި މުހިންމު އިކޯސިސްޓަމްތަކުގެ ބައިތަކާއި ފެންގަ ނޑުތަކާއި ފާތަކާއި، ދިޔަވަރު ބޮޑުވާއިރު ފެންގަ ނޑު ހުންނަވަރާއި ދިޔަވަރު ހިކޭއިރު ފެންގަނޑު ހުންނަވަރާއި، ގޮނޑުދޮށް ކުރިމަތިން ފެންނަގޮތް. 
  • މަތިން ނަގާފައިވާ ތަނުގެ ފޮޓޯއެއް.
  • ތަނުގެ ހާއްސަ ސިފަތައް ބަޔާންކުރުން. އޭގެ ތެރޭގައި ވެލީގެ ބާވަތާއި، ފަސްގަ ނޑު އުފެދިފައިވާ ގޮތާއި މިހާރު ބޭނުން ކުރާގޮތާއި ފެން ހިންދާ ނިޒާމާ ބެހޭ މައުލޫމާތު
  • ގަސްގަހާގެއްސާއި ސޫފާސޫފީގެ ވައްތަރުތަކާއި، ނާދަލު ނުވަތަ މަދުން ނޫނީ ނުފެންނާނެ ތަކެއްޗާއި ނެތިދާނެކަމުގެ ބިރު އޮތް ތަކެތީގެ ވައްތަރުތަކާއި ނާޒުކު ގުދުރަތީ މާހައުލުތަކާއި ފާތަކާއި ކުޅިތައް.
  • މޫދު އަޑީގެ ވެއްޔާއި ގަލާއި، މުރަކަ ފަރުތަކާއި މޫދު ވިނަ އެކުލެވޭނޭހެން މޫދުގެ ވެށީގެ މައުލޫމާތު.
  • ގޮނޑުދޮށުގެ ނިޒާމު އެކުލެވިފައިވާ ގޮތާއި އޮޔާއި ދިޔަވަރާއި އަދި ރާޅުތައް ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު
  • އެ ސަރަހައްދުގައިވާ ޔުޓިލިޓީއާއި އިންފްރާސްޓްރަކްޗަރުގެ މައުލޫމާތު.
  • އިޖުތިމާއީ - އިގުތިސާދީ ވެށި. މީގެ ތެރޭގައި އާބާދީ (އަދަދާއި އުމުރާއި ތަކާވަރާއި ފެތުރިފައިވާ ގޮތް) އިގުތިސާދީ މަސައްކަތްތަކާއި، ގެދޮރާއި، ދިރިއުޅުމުގެ ފަސޭހަތަކާއި، ވަޒީފާއާބެހޭ ތަފާސްހިސާބާއި، ލިބެންހުރި ހުނަރުވެރިންނާއި މަސައްކަތްތެރީންނާއި ސަގާފީ ހާއްސަ ސިފަތައް. 
  • ތަނާ ބެހޭ އިތުރު މައުލޫމާތު. މިސާލަކަށް، މީހުންގެ ފަސޭހައަށް ގާއިމުވެފައި ހުރި ކަންތައްތަކާއި މުނިފޫހިފިލުވުމަށް އާންމުންނަށް އެތަނުގެ މުހިންމުކަން.

 

މެތޮޑޮލޮޖީ

މައުލޫމާތު އެއްކުރާގޮތް: ބޭސްލައިންގައި ފުރިހަމަ ނުވެ ހުރި މައުލޫމާތު، (ބޭސްލައިންގެ ހުރިހާ މައުލޫމާތެއް ރިޕޯޓުގައި ހިމެނުން މުހިންމެއް ނޫނެވެ. ނަމަވެސް އެފަދަ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ލިބޭގޮތަށް ބަހައްޓަންވާނެއެވެ.)

  • މައުލޫމާތު އެއްކުރުމުގައި ހުރި ޔަގީންކަންކުޑަ ކަންކަމާއި އަދި ލަފާކޮށްފައިވާ ކަންތައްތަކުގެ މައުލޫމާތު
  • ދިރާސާކުރަން ބޭނުންކުރި ގޮތްތަކާއި، ފެންނަންހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށް ވެދާނޭ ކަމަށް ބުނަން ބޭނުންކުރި ގޮތްތައް.

 

އާންމުންގެ މަށްވަރާ

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ފުރިހަމަކުރުމުގައި މިނިސްޓްރީއިން އެދިއްޖެ ހާލަތެއްގައި އާންމުންގެ މަށްވަރާ ހޯދަންވާނެއެވެ. އަދި މިބައިގައި:

  • މަށްވަރާކުރި މީހުންގެ ލިސްޓު. މި ލިސްޓުގައި، މިނިސްޓްރީއިން އެދިއްޖެ ހިނދެއްގައި، ސަރުކާރުގެ އިދާރާތަކުގެ މީހުންނާއި، ކައުންސިލްތަކުގެ މީހުންނާއި ކޮމިއުނިޓީ ގްރޫޕްތަކާއި ހިލޭސާބަހަށް މަސައްކަތްކޮށްދޭ ޖަމާއަތްތަކާއި ވަޒަންވެރީންނާއި މަސްވެރީން، ފަތުރުވެރިކަން ކުރާ މީހުންނާއި އަދިވެސް ތަރައްގީކުރުމުން އަސަރު ކޮށްފާނޭ އެހެން މީހުން ހިމަނަންވާނެއެވެ.
  • މަށްވަރާ ހޯދި ގޮތާއި ތަނާއި ކޮންއިރަކު ކަމާއި މައުލޫމާތު ހޯދިގޮތް، މަށްރޫއާ ގުޅުންހުރި މީހުންގެ ބައްދަލުވުމަކުން ނުވަތަ ވަކިވަކިން މީހުންނާ ބައްދަލުކޮށްގެން ނުވަތަ ސުވާލު ކަރުދާހެއް ހުށަހަޅައިގެންކަން އެނގެން އޮންނަންވާނެއެވެ. 
  • މަށްވަރާއިން ލިބުނު ނަތީޖާގެ ހުލާސާއެއް އޮންނަންވާނެއެވެ. އޭގައި މަށްވަރާތަކުން ފާހަގަވި މުހިންމު ކަންތައްތައް ފާހަގަކުރެވިފައި އޮންނަންވާނެއެވެ.

 

ސީދާކޮށް ނުވަތަ ނުސީދާކޮށް ވެށްޓަށް ވެދާނޭގޮތް ނުވަތަ ކޮށްފާނޭ އަސަރު ވަޒަން ކުރުން
ބައޯފިޒިކަލް، އިގުތިސާދީ އަދި އިންސާނީ ވެށްޓަށް ކޮށްފާނޭ އަސަރުތައް. މީގެ ތެރޭގައި އިންސާނުންގެ ދުޅަހެޔޮކަމަށް ކޮށްފާނޭ އަސަރު ވަރަށް ތަފުސީލުކޮށް ބަޔާން ކުރަންވާނެއެވެ. މީގެ ތެރޭގައި މީޒާންކުރުމަށް ބޭއްވި ބައްދަލުވުމުގައި ފާހަގަކުރި މުހިންމު މައްސަލަތަކަށް ހާއްސަގޮތެއްގައި ބަލާލެވިފައި ވާންވާނެއެވެ. މިއަށްވުރެ މުހިންމުކަން ކުޑަ ކަންތައްތަކަށްވެސް ބަލާލެވިފައި ވާންވާނެއެވެ. ނަމަވެސް އެފަދަ ކަންތައްތައް ހިމަނާނީ އެކަމެއްގެ މުހިންމުކަމުގެ ނިސްބަތުންނެވެ.

މަށްރޫއުކުރިއަށް ނުގެންދިއުމަކީވެސް އޮޕްށަނެއްގެ ގޮތުގައި ހިމަނައިގެން ބަދަލުގައި ކުރެވިދާނޭ އެހެން ކަންތައްތައް 
އަޅައިކިއުން

މަށްރޫއުގެ ބައިތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ބަދަލުގައި ކުރެވިދާނޭ މަދުވެގެން ތިންގޮތެއް ފާހަގަކޮށް، އެކަންތައް ސިފަކޮށް ތަފުސީލުކޮށްދޭށެވެ. އޭގެ ތެރޭގައި މަށްރޫއު ކުރިއަށް ނުގެންދިއުމުން ވާނެގޮތް އޮޕްށަނެއްގެ ގޮތުގައި ހިމަނަންވާނެއެވެ. އަދި މި އޮޕްށަންތައް އަޅައިކިއުމަށް ރަނގަޅު މިންގަ ނޑުތަކެއް އޮންނަންވާނެއެވެ. އަދި އަޅައިކިއުމަށްފަހު އެންމެ އެކަށީގެންވާ އެންމެ ރަނގަޅު އޮޕްށަން ފާހަގަކުރަންޖެހޭނެއެވެ. 

މި މަށްރޫއުގެ ސަބަބުން ވެށްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން، މަށްރޫއަށް ކަ ނޑައެޅިފައިވާ ތަން ނޫން އެހެން ސަރަހައްދެއް ބަޔާންކުރާށެވެ.

ފާހަގަކުރެވުނު އޮޕްށަންތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތާއި އަސަރުތައް ކުޑަކުރުމުގެ ގޮތުން އެޅިދާނޭ ފިޔަވަޅުތައް
އިހުތިޔާރުކުރެވުނު އޮޕްށަން ހިޔާރުކުރި ސަބަބު ބަޔާންކުރާށެވެ. އަދި މި އިހުތިޔާރުކުރި އޮޕްށަންގައި އެކުލެވޭ ތިމާވެށްޓަށް އަސަރު ފޯރާ ކަންކަން ފާހަގަކޮށް، އެ އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކުރާށެވެ.

 

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުން
މަށްރޫއުގެ އެކިއެކި މަރުހަލާތަކުގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ގޮތުން ރޭވިފައިވާ ޕްލޭނެއް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ހުލާސާ ރިޕޯޓު ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި އޮންނަން ވާނެއެވެ. އޭގައި (1) ތަން ތައްޔާރުކުރުމުގެ މަރުހަލާއާއި (2) ތަންފީޒީ މަރުހަލާއާއި (3) ޑީކޮމިށަނިންގ މަރުހަލާގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއި އަދި ދިގު މުއްދަތުގައި މަށްރޫއު ބެލެހެއްޓުމަށް ރޭވިފައިވާ ކަންތައްތައް ފާހަގަކުރެވިފައި އޮންނަން ވާނެއެވެ. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ހިނގާނެ ހަރަދު ކަނޑައަޅައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ގޮތުން ރޭވިފައިވާ ޕްލޭނުގައި ތިރީގައި ބަޔާން ކޮށްފައިވާ ބައިތައް، މަށްރޫއުގެ ތަފާތު ފިޔަވަހިތަކުގައި (ތަން ތައްޔާރުކުރުމުގެ މަރުހަލާގައާއި ތަންފީޒީ މަރުހަލާގައާއި ޑީކޮމިށަނިންގ މަރުހަލާގައި) ބަލާނޭގޮތް އޮންނަން ވާނެއެވެ.

  • މަށްރޫއު ހިންގާ ތަނުގެ ސިފަތައް (ތަނުގެ ކުރެހުންތަކާއި ފޮޓޯއާއި ގޮނޑުދޮށާއި، ފެނާއި ވަޔާއި، މޫދާއި އަދި އެތަނުގައި ހުރި ތިމާވެށީގެ ނާޒުކު ތަންތަން ފާހަގަކުރެވިފައި ހުންނަންވާނެއެވެ.)
  • ހުށަހަޅާ މަށްރޫއުގެ ސަބަބުން ގުދުރަތީ ވެށްޓަށާއި އިންސާނުންގެ މާހައުލަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް.
  • މި މަށްރޫއު ކުރިއަށް ގެންދިއުމަށް ކުރެވޭ ކޮންޓްރެކްޓްތަކުގައި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ލާޒިމުކުރާ މާއްދާތައް ހިމެނިފައި އޮންނަންވާނެއެވެ. 
  • ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ގޮތުން ބަލާނެ ކަންތައްތައް.
  • ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތް.
  • ބަދަލުތައް ދެނެގަންނާނެ ތަންތަނާއި ކޮންޓްރޯލްގެ ގޮތުގައި ކަ ނޑައަޅާފައިވާ ތަންތަން.
  • ބަދަލުތައް ބަލަމުން ގެންދާނޭ އަވަސްމިނާއި މުއްދަތު.
  • ބަދަލުތައް ބަލަމުންގެންދާނޭ މީހުންނާއި އެއްކުރާ މައުލޫމާތު ދިރާސާކޮށް ރިޕޯޓު ހުށަހަޅާނޭ ފަރާތް. މައުލޫމާތު އެއްކުރާނޭ ގޮތާއި އެ މައުލޫމާތު ދިރާސާކޮށް ތަރުޖަމާކުރާނޭ ގޮތާއި ނޭދެވޭ އަސަރު ކުރިއަނުދޭން، ނުވަތަ ކުޑަކުރުމަށް ހަމަޖެހިފައިވާ އިދާރީ އުސޫލުތައް.
  • އިމަޖެންސީ ހާލަތެއްގައި އަމަލުކުރަން ހަމަޖެހިފައިވާގޮތުގެ ޕްލޭން (މިސާލަކަށް ކޮންޓްރޯލެއްނެތި މާހައުލު ތަޣައްޔަރުކުރާނެ އެއްޗެއް ބޭރުވުމާއި، ރޯވުން، ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުން ފަދަ ކަމެއް.)
  • ތަރައްގީ ކުރާ ފަރާތުން ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ހޭދަކުރަން ކަ ނޑައަޅާފައިވާ ފައިސާ.
  • މަރާމާތުކޮށް ބެލެހެއްޓުން (މިބައިގައި، އިމާރާތްތައް މަރާމާތުކޮށް ބަލަހައްޓާނޭ ގޮތާއި، މަށްރޫއު ހިންގާ ސަރަހައްދު ކޮންމެ ދުވަހަކު، ނުވަތަ ކަ ނޑައަޅާ މުއްދަތެއްގައި ބަލާނޭ ގޮތާއި، ތަޣައްޔަރު ފެން ސާފުކުރާ މެށިންތަކާއި ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ހިންގަން ބަހައްޓާފައި ހުންނަ ޖެނެރޭޓަރުތައް ބަލަހައްޓާނޭ ގޮތް އޮންނަންވާނެއެވެ.)

 

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ރިޕޯޓު ހުށަހަޅާނީ އަހަރަކު އެއްފަހަރުއެވެ. އަދި ތަންފީޒީ މަރުހަލާގައި ދެމަހުން އެއްމަހު ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ހުލާސާ ރިޕޯޓެއް ހުށަހަޅަމުން ގެންދަން ވާނެއެވެ. ޖަދުވަލު (ލ) ގައި މިރިޕޯޓު އޮންނަންވީ ގޮތުގެ ފޯމެޓް އޮންނާނެއެވެ.

 

ނިންމުން

މި ބައިގައި އިހުތިޔާރުކުރި އޮޕްށަންގައި އެކުލެވޭ ތިމާވެށްޓަށް އަސަރުފޯރާ ކަންކަން ފާހަގަކޮށް އެ އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުގެ ސަބަބުން ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ކުރާނެ ކަންތައްތައް ބަޔާންކުރަންވާނެއެވެ.

 

ކޮންސަލްޓެންޓްގެ އިގްރާރު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައިވާ ބަޔާންތަކަކީ، ތެދު، ފުރިހަމަ އަދި ސައްހަ އެއްޗެއް ކަމަށް އިގްރާރުވެ ކޮންސަލްޓަންޓް ސޮއިކުރަންވާނެއެވެ.

 

ޖަދުވަލުތައް:

މި ބައިގައި ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  • ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޓާރމްސް އޮފް ރިފަރެންސް.
  • އިތުރު ފަންނީ މައުލޫމާތާއި މަށްރޫއު ކުރިއަށްގެންދިއުމުގެ ކުރިން ތަނުގެ މާހައުލު އޮތްގޮތުގެ މައުލޫމާތު.
  • ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދި ކޮންސަލްޓެންޓުންގެ ނަމާއި ރަޖިސްޓަރީ ނަންބަރު.
  • ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގައި ރަޖިސްޓަރީ ނުކޮށް ބައިވެރިވި މީހުންގެ ވަނަވަރު.
  • އާންމުންނާ މަށްވަރާ ކުރެވިފައިވާނަމަ، އެ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓު
  • މިނިސްޓްރީން ފާސްކޮށްފައިވާ މަށްރޫއުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓް އަދި ކުރެހުންތައް.
  • ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ފާހަގަކުރާ ކަންކަމާ ގުޅިގެން ތިމާވެށްޓައް ލިބޭ ގެންލުން ކުޑަކުރުމަށް ނުވަތަ ހުއްޓުވުމަށާއި އެކަންކަން މޮނިޓަރ ކުރުމަށް އެދިޔާރު ދޭ ޔަގީން ކަށަވަރުގެ ލިޔުން.

 

ޖަދުވަލު 7

ތިމާވެށީގެ ފުރަތަމަ ދިރާސާގައި ހިމަނަންޖެހޭ ބައިތައް

ކަރުދާހު ކޮޕީ އޮންނަންވީގޮތުގެ ނަމޫނާ

ރިޕޯޓުގެ ފުރިހަމަ 3 (ތިނެއް) ކޮޕީ ހުށަހަޅާނީ އޭ-4 ސައިޒުގެ ކަރުދާހުގައެވެ. އަދި ޗާޓުތައް ކުރަހާފައި ހުންނަންޖެހޭނީ ކުޑަވެގެން އޭ-3 ސައިޒުގެ ކަރުދާހެއްގައެވެ. މި ރިޕޯޓުގެ ދިގުމިން އޭ-4 ސައިޒް 10 (ދިހައެއް) ކަރުދާހަށްވުރެ ދިގުވެގެން ނުވާނެއެވެ. ހުށަހަޅާ ރިޕޯޓުގައި ޕްރޮޖެކްޓްގެ އެދިޔާރާއި ކޮންސަލްޓެންޓްސޮއި ކުރަންވާނެއެވެ. ތިމާވެށީގެ ފުރަތަމަ ދިރާސާ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

 

ފަށާ ސަފުހާ

މި ސަފުހާ ގައި އޮންނަންވާނީ:

  • ތިމާވެށީގެ ފުރަތަމަ ދިރާސާގެ ނަމާއި؛
  • މަށްރޫއު ހިންގާ ތަނާއި؛
  • ރިޕޯޓު ތައްޔާރުކުރި ޓީމުގައި ހިމެނޭ މީހުން (އެކިއެކި ކޮންސަލްޓެންޓުން) ގެ ނަން ވަކިވަކީންނާއި؛
  • އެދިޔާރުގެ ނަމާއި ސޮއާއި؛
  • ރިޕޯޓު ފުރިހަމަކުރި ތާރީހެވެ.

 

މަށްރޫއުގެ ތައާރަފު

މި ބައިގައި މަށްރޫއު ސިފަކޮށްދިނުމާއެކު، މަށްރޫއު ހިންގަންބޭނުންވާ ސަބަބުތަކާއި ބުއްދިއަށް ފެންނަ ހަމަތައް ހިމެނިފައި ވާންވާނެއެވެ. އަދި ތިރީގައި މިވާ ކަންތައް ހިމެނިފައިވާންވާނެއެވެ.

  • މަށްރޫއު ހިންގަން ގަސްދުކޮށްފައިވާ މުއްދަތު.
  • މަށްރޫއުގެ ބޭނުމާއި ސަބަބު.
  • މަށްރޫއުގެ ބައިތަކާއި މަށްރޫއުގެ ބޮޑުމިނާއި މަށްރޫއުގައި ހިމެނޭ އެކިއެކި ބައިތަކުގެ ތަފުސީލު. 
  • މަށްރޫއު ހިންގާތަން ފާހަގަ ކޮށްފައިވާ ޗާޓު.
  • ކުޑަވެގެން އޭ-3 ސައިޒަށް ފެތޭވަރަށް ސްކޭލަށް ކުރަހާފައިވާ ޗާޓެއް. މި ޗާޓުގައި ގަސްދުކޮށްފައިވާ ހުރިހާ އުމުރާނީ އޮނިގަ ނޑު ބިނާކުރާނޭ ތަން ފާހަގަކުރެވިފައި އޮންނަންވާނެއެވެ. އޭގެ ތެރޭގައި ހުރިހާ ތަޣައްޔަރު ފެން އެއްކުރާނޭ ގޮތާއި، ސާފުކުރާނޭ ގޮތާއި ބޭރުކޮށްލާ ނިޒާމު އޮންނަންވާނެއެވެ. އަދި ބޮޑުދިޔައިގައި އިމާރާތްތައް އެއްގަމަށް ޖައްސާފައިހުރިވަރު އެނގޭނޭ ގޮތާއި ނުވަތަ ބިން ޗާލު ކުރާނޭ ގޮތް ފަދަ ކަންތައްތައް. 
  • މަށްރޫއުގައި އެކުލެވޭ އެކިއެކި ހަރަކާތްތަކުގެ ވާރކްޕްލޭން (އޭގެތެރޭގައި ސައިޓް ތައްޔާރުކުރުމާއި އުމުރާނީ ތަރައްގީގެ މަސައްކަތްތަކާއި ޑީކޮމިށަނިންގ ހިމަނަންވާނެ).
  • ފެނާއި ކަރަންޓް ފަދަ ޔުޓިލިޓީގެ ހިދުމަތްތައް ލިބެންހުރިނަމަ އޭގެ ތަފުސީލު.

 

ގުދުރަތީ، އިގުތިސާދީ އަދި އިންސާނީ ތިމާވެށި ސިފަކޮށްދިނުން

މިބައިގައި ހިމަނާނީ:

  • ހުއްދައޮތް މައްސާހަކު، ރަށުގެ މޭގަތަކަށް ރިއާޔަތްކޮށް އަޅައިކިޔައިލެވޭގޮތަށް ކުރަހާފައިވާ ޗާޓެއް އޮންނަންވާނެއެވެ. މި ޗާޓުގައި މުހިންމު އިކޯސިސްޓަމްތަކުގެ ބައިތަކާއި ފެންގަ ނޑުތަކާއި ފާތަކާއި، ދިޔަވަރު ބޮޑުވާއިރު ފެންގަ ނޑު ހުންނަވަރާއި ދިޔަވަރު ހިކޭއިރު ފެންގަ ނޑު ހުންނަވަރާއި، ގޮނޑުދޮށް ކުރިމަތިން ފެންނަގޮތް. 
  • މަށްރޫއުކުރިއަށް ގެންދާ ސަރަހައްދުގެ އޭރިއަލް ފޮޓޯއެއް.
  • ތަނުގެ ހާއްސަ ސިފަތައް ބަޔާންކުރުން. މިސާލަކަށް ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ނަމަ އެކަން ފާހަގަކުރުން ނުވަތަ ހިމާޔަތްކޮށްފައިވާ ދިރުމެއް އެ ސަރަހައްދުގައި އުޅޭނަމަ އެކަންފާހަގަކުރުން.
  • ގަސްގަހާގެއްސާއި ސޫފާސޫފީގެ ވައްތަރުތަކާއި، ނާދަލު ނުވަތަ މަދުންނޫނީ ނުފެންނާނެ ތަކެއްޗާއި ނެތިދާނެކަމުގެ ބިރު އޮތް ތަކެތީގެ ވައްތަރުތަކާއި ނާޒުކު ގުދުރަތީ މާހައުލުތަކާއި ފާތަކާއި ކުޅިތައް.
  • މޫދު އަޑީގެ ވެއްޔާއި ގަލާއި، މުރަކަ ފަރުތަކާއި މޫދު ވިނަ އެކުލެވޭނޭހެން މޫދުގެ ވެށީގެ މައުލޫމާތު.
  • ގޮނޑުދޮށުގެ ނިޒާމު އެކުލެވިފައިވާ ގޮތާއި އޮޔާއި ދިޔަވަރާއި އަދި ރާޅުތައް ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު
  • އިޖުތިމާއީ-އިގުތިސާދީ ވެށީގެ ހުލާސާ.

 

މެތޮޑޮލޮޖީ

މައުލޫމާތު އެއްކުރާގޮތް: ބޭސްލައިންގައި ފުރިހަމަނުވެ ހުރި މައުލޫމާތު، (ބޭސްލައިންގެ ހުރިހާ މައުލޫމާތެއް ރިޕޯޓުގައި ހިމެނުން މުހިންމެއް ނޫނެވެ. ނަމަވެސް އެފަދަ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ލިބޭގޮތަށް ބަހައްޓަންވާނެއެވެ.)

  • މައުލޫމާތު އެއްކުރުމުގައި ހުރި ޔަގީންކަން ކުޑަ ކަންކަމާއި އަދި ލަފާކޮށްފައިވާ ކަންތައްތަކުގެ މައުލޫމާތު
  • ދިރާސާކުރަން ބޭނުންކުރި ގޮތްތަކާއި، ފެންނަންހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށް ވެދާނޭ ކަމަށް ބުނަން ބޭނުންކުރި ގޮތްތައް.

 

ވެށްޓަށް ކޮށްފާނެ އަސަރު ވަޒަން ކުރުން

މަށްރޫއުގެ ސަބަބުން ގުދަރަތީ އަދި އިންސާނީ ތިމާވެށްޓަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފާނެކަމަށް ފާހަގަ ކުރެއްވިއްޖެނަމަ އެކަން މިބައިގައި ބަޔާންކުރަންވާނެއެވެ. އަދި އަސަރުތައް ދެނެގަތުމަށް ބޭނުންކުރެވުނު އުސޫލުތައް މިބައިގައި ބަޔާންކުރަންވާނެއެވެ.

 

ނިންމުން
މިބައިގައި މަށްރޫއުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އެދެވޭ އަދި ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަންޖެހޭކަން ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭކަން ބަޔާންކުރަންވާނެއެވެ.

 

ކޮންސަލްޓެންޓްގެ އިގްރާރު

މި ތިމާވެށީގެ ފުރަތަމަ ދިރާސާގައިވާ ބަޔާންތަކަކީ، ތެދު، ފުރިހަމަ އަދި ސައްހަ އެއްޗެއް ކަމަށް އިގްރާރުވެކޮންސަލްޓަންޓް ސޮއިކުރަންވާނެއެވެ.

 

ޖަދުވަލުތައް:

މިބައިގައި ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  • އިތުރު ފަންނީ މައުލޫމާތާއި މަށްރޫއު ކުރިއަށްގެންދިއުމުގެ ކުރިން ތަނުގެ މާހައުލު އޮތްގޮތުގެ މައުލޫމާތު.
  • ތިމާވެށީގެ ފުރަތަމަ ދިރާސާ ހެދި ކޮންސަލްޓެންޓުންގެ ނަމާއި ރަޖިސްޓަރީ ނަންބަރު.
  • ތިމާވެށީގެ ފުރަތަމަ ދިރާސާ ހެދުމުގައި ރަޖިސްޓަރީ ނުކޮށް ބައިވެރިވި މީހުންގެ ވަނަވަރު.

 

ޖަދުވަލު 8

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ހިމަނަންޖެހޭ ބައިތައް

މެނޭޖްމަންޓް ޕްލޭންގެ ކޮޕީ ހުށަހަޅާނީ އޭ-4 ސައިޒުގެ ކަރުދާހުގައެވެ. އަދި ޗާޓުތައް ކުރަހާފައި ހުންނަންޖެހޭނީ ކުޑަވެގެން އޭ-3 ސައިޒުގެ ކަރުދާހެއްގައެވެ. ހުށަހަޅާ ޕްރޮޖެކްޓްގެ އެދިޔާރާއި ކޮސްސަލްޓަންޓް ސޮއި ކުރަންވާނެއެވެ. މެނޭޖްމަންޓް ޕްލޭން ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

 

ފަށާ ސަފުހާ

މި ސަފުހާގައި އޮންނަންވާނީ:

  • މަށްރޫއުގެ ނަން
  • މަށްރޫއު ހިންގާ ތަނާއި؛
  • މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރި ޓީމުގައި ހިމެނޭ މީހުން (އެކިއެކި ކޮންސަލްޓެންޓުން) ގެ ނަން ވަކިވަކީންނާއި؛
  • އެދިޔާރު ގެ ނަމާއި ސޮއާއި؛
  • މެނޭޖްމަންޓް ޕްލޭން ފުރިހަމަކުރި ތާރީހެވެ.

 

ތައާރަފު

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތަކުގައި މަށްރޫއުގެ ތައާރަފެއް އޮންނަންވާނެއެވެ. މި ބައިގައި މަށްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތައާރަފު، މަށްރޫއުގެ މަގުސަދު ނުވަތަ މަށްރޫއުއިން ހާސިލުކުރެވޭނެ ނަތީޖާތައް އަދި މަށްރޫއު ކުރިއަށް ގެންދިއުމަށް ރާވައިލެވިފައިވާ ތަރުތީބު އެނގެން އޮންނަންވާނެއެވެ.

 

މަށްރޫއުގެ ތަފުސީލު
މިބައިގައި މަށްރޫއުގެ ބާވަތް އަދި މަށްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތަފުސީލު ބަޔާންކުރަންވާނެއެވެ. މިބައިގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

 

މަށްރޫއު ކުރިއަށްގެންދެވޭ ސަރަހައްދު

މަށްރޫއު ކުރިއަށް ގެންދެވޭ ސަރަހައްދު )މަށްރޫއުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ސަރަހައްދުތައް އެންގެން އޮންނަގޮތަށް( ބަޔާންކުރަންވާނެއެވެ. އޭ-3 ސައިޒަށް ވުރެ ކުޑަނޫން ސްކޭލްޑް މެޕެއްގައި މަށްރޫގެ ބައިތައް ފާހަގަކުރެވިފައި އޮންނަންވާނެއެވެ. މަށްރޫއު ކުރިއަށް ގެންދެވޭ ސަރަހައްދުގެ ވެށި އަދި ވަށައިގެންވާ މާހައުލުގެ ތައާރަފެއް މި ބައިގައި ހިމެނުން މުހިންމެވެ.

 

މަށްރޫއުގެ ކޮންސްޓްރަކްށަން އަދި ތަންފީޒީ މަރުހަލާގެ ހަރަކާތްތައް

މަށްރޫއުގެ ކޮންސްޓްރަކްށަން އަދި ތަންފީޒީ މަރުހަލާގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތަކުގެ ތަފުސީލު ބަޔާންކުރަން 
ވާނެއެވެ. މީގެ ތެރޭގައި:-

  • މަށްރޫއުގެ ކޮންސްޓްރަކްށަން އަދި ތަންފީޒީ މަރުހަލާ ރާވާލެވިފައިވާ ގޮތުގެ ތަރުތީބު.
  • މަށްރޫއު ކުރިއަށް ގެންދިއުމަށް ކަ ނޑައެޅިފައިވާ ވަގުތު. މި ވަގުތުން ބޭރުގައި މަސައްކަތެއް ކުރަންޖެހޭނަމަ އެ މަސައްކަތެއްގެ ތަފުސީލު. 
  •  މުއައްޒަފުންގެ އަދަދު އަދި ބާވަތް.
  • ބޭނުންކުރެވޭ މެށިނަރީ އަދި އިކުއިޕްމަންޓްތައް.
  • މަސައްކަތް ކުރާނެ ތަން އަދި ފެސިލިޓީތައް ގާއިމު ކުރެވިފައިވާ ސަރަހައްދު.

 

މަށްރޫއުގެ ށެޑިއުލް

މަށްރޫއު ފެށުމަށް ކަ ނޑައެޅިފައިވާ ތާރީހު އަދި މަށްރޫއު ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީހު ބަޔާންކުރަންވާނެއެވެ. 
މަށްރޫއަކީ އެކި ފިޔަވައްސަށް ކުރިއަށް ގެންދެވޭ މަށްރޫއެއް ކަމަށް ވާނަނަމަ ކޮންމެ ފިޔަވައްސެއް ފެށޭ ތާރީހު އަދި 
މުއްދަތު ވަކިވަކިން ބަޔާންކުރަންވާނެއެވެ.

 

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނާއި މަށްރޫއާ ހުރި ގުޅުން

މިބައިގައި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނާއި މަށްރޫއާ ހުރި ގުޅުން ބަޔާންކުރަންވާނެއެވެ. މިގޮތުން ކުރިއަށް ގެންދެވުނު ތިމާވެށީގެ ދިރާސާތައް އަދި ނިންމި ނިންމުންތައް އެނގެން އޮންނަންވާނެއެވެ. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދުމަށް ލަފާ ހޯދުނު ސަރުކާރު މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކާއި ކުރެވުނު މުއާމަލާތުގެ ހުލާސާއެއް އޮންނަންވާނެއެވެ. އަދި މި މަށްވަރާތަކުން ނުކުތް ނަތީޖާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި އެކުލަވައިލެވިފައިވާ ގޮތް ބަޔާކުރަންވާނެއެވެ.

 

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންގެ މަގުސަދުތައް

މި ބައިގައި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ޕޮއިންޓް ފޯމުގައި ހުށަހެޅިދާނެއެވެ. މިގޮތުން މަށްރޫއު ކުރިއަށް ގެންދާ ސަރަހައްދު ބެލެހެއްޓުމާއި، އެ ސަރަހައްދުގައި އެކުލެވޭ ހާއްސަ ސިފަތަކާއި ތިމާވެށި މެނޭޖުކުރާނެ ރަނގަޅު އާދަތައް ހިމެނިދާނެއެވެ.

 

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންގެ ސްކޯޕް

(ހ) އަސަރުތައް ދެނެގަނެ އަސަރުތައް ކުޑަކުރާނެ ގޮތްތައް ކަ ނޑައެޅުން:

މަށްރޫއުގެ ސަބަބުން ނިކުމެދާނެ އަސަރުތަކަކީ ކޮބައިކަން ދެނެގަނެ އެ އަސަރުތައް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި 
ހިމަނަންވާނެއެވެ. އަދި އެ އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ. މީގެ އިތުރުން އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް އެޅުމަށް އެންމެ އެކަށޭނަ ހާލަތްތަކަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ހުށަހެޅުނު ސްޓްރަކްޗަރަލް އަދި ނޮން ސްޓްރަކްޗަރަލް ފިޔަވަޅުތައް ވަކިން އެނގެން 
އޮންނަންވާނެއެވެ. އަދި އެ މަށްރޫއެއް އަމަލީ ފިޔަވައްސަށް ގެނެވޭނެ މަރުހަލާއަކީ ކޮބައިކަން ބަޔާންކުރެވިފައި އޮންނަވާނެއެވެ.

 

(ށ) ތަރައްގީކުރުމުގެ ރޭވުންތައް:

ޗެކް ލިސްޓު ތައްޔާރުކުރަމުންދާއިރު އަދި ތިމާވެށީގެ ހާލަތު ދެނެގަތުމުގެ މަރުހަލާގައި މަށްރޫއުގެ އެދެވޭ ފައިދާ ނުވަތަ 
މަށްރޫއުގެ ސަބަބުން ހުޅުވިގެންދާ ފުރުސަތުތައް ދެނެގަނެ ބަޔާންކުރަންވާނެއެވެ. އަދި އެ ސަރަހައްދެއްގެ ތިމާވެށްޓާއި  އާންމު ދިރިއުޅުމުގެ ހާލަތަށް ފައިދާކުރާނެ ގޮތަކަށް މީގެ ތެރެއިން ބައެއް ފުރުސަތުތައް އިތުރަށް ތަރައްގީކުރެވިދާނެއެވެ. އަދި މިފަދަ ފުރުސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގެ ރޭވުންތައް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ހިމަނަންވާނެއެވެ.

 

(ނ) ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޕްރޮގްރާމުތައް:

އަސަރުތައް ކުޑަކުރުމަށް ހުށަހެޅުނު ފިޔަވަޅުތަކަކީ، މަގުސަދު ހާސިލުވާ އަދި ގައުމީ މިންގަ ނޑުތަކާ އެއްގޮތަށް ކުރިއަށްގެންދެވޭ ފިޔަވަޅުތަކެއްކަން ޔަގީންކުރުމުގެ ގޮތުން ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޕްރޮގްރާމުތައް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައި ހިމަނަންވާނެއެވެ. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ޕްރޮގްރާމުތަކުގައި އަންނަނިވި ކަންތައްތަކުގެ ތަފުސީލު ހިމަނަންވާނެއެވެ.

  1. އަސަރުތައް ކުޑަކުރުމަށް އެޅޭ ކޮންމެ ފިޔަވަޅެއްގެ ކާމިޔާބުކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ގޮތުން ބަލަންޖެހޭ ވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ މިންގަ ނޑުތައް.
  2. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ގޮތްތައް.
  3. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ އަވަސް ލަސްމިން. 
  4. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ މިންގަ ނޑުތައް.
  5. ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ސާރވޭކުރާނެ ސަރަހައްދުތައް.

 

(ރ) މަސްއޫލުވާ ފަރާތްތައް: 
އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވާ ފަރާތްތައް ފާހަގަކުރެވިފައި އޮންނަންވާނެއެވެ. މަސްއޫލުވާ ގިނަ ފަރާތްތަކެއް ށާމިލުވާނަމަ އެ ހުރިހާ ފަރާތެއް އެކުގައި، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދީގެން، އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވެ މަސައްކަތްކުރާނެ ނިޒާމު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

(ބ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ކުރިއަށް ގެންދާނެ ގޮތުގެ ށެޑިއުލް:

މިގޮތުން މެނޭޖްމަންޓް ޕްލޭނުގައި ހިމެނޭ ތަފާތު ބައިތައް ކުރިއަށް ގެންދާނެ މުއްދަތު އަދި އަވަސް ލަސްމިން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

(ޅ) ރިޕޯޓުކުރުން: 
އަސަރުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްފަހު އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގައި އަމަލުކުރާނެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މަސައްކަތުގެ  ކޮންޓްރެކްޓަރުންނާއި ސަބްކޮންޓްރެކްޓަރުން، އެދިޔާރަށް ރިޕޯޓުކުރާނެ އުސޫލުތަކާއި، އެދިޔާރު މިނިސްޓްރީއަށް ރިޕޯޓުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ. އަދި ރިޕޯޓު ކުރުމުގެ އެކިއެކި މަރުހަލާތަކުގައި ޒިންމާވާނެ ފަރާތްތައް ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

(ކ) ހަރަދު: 
އަސަރުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ހިންގާނެ ހަރަދު ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

ކޮންސަލްޓެންޓްގެ އިގްރާރު

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނުގައިވާ ބަޔާންތަކަކީ، ތެދު، ފުރިހަމަ އަދި ސައްހަ އެއްޗެއް ކަމަށް އިގްރާރުވެ ކޮންސަލްޓަންޓް ސޮއިކުރަންވާނެއެވެ.

 

ޖަދުވަލުތައް:

  • މިބައިގައި ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.
  • އިތުރު ފަންނީ މައުލޫމާތާއި މަށްރޫއު ކުރިއަށްގެންދިއުމުގެ ކުރިން ތަނުގެ މާހައުލު އޮތްގޮތުގެ މައުލޫމާތު.
  • ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދި ކޮންސަލްޓެންޓުންގެ ނަމާއި ރަޖިސްޓަރީ ނަންބަރު.
  • ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދުމުގައި ރަޖިސްޓަރީ ނުކޮށް ބައިވެރިވި މީހުންގެ ވަނަވަރު.

 

ޖަދުވަލު 9

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އިލެކްޓްރޯނިކް ފޯމެޓުގައި ހުށަހަޅާނޭ ގޮތް

 

ތައާރަފު

މައުލޫމާތު ހާމަކޮށް ބެހެއްޓުމަށް މިނިސްޓްރީގެ ވެބްސައިޓްގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ށާއިއު ކުރަންވާނެއެވެ. މިފަދަ ރިޕޯޓުތައް ހުށަހަޅާމީހާ، ކަރުދާހުގައި ލިޔެފާ ހުށަހަޅާއިރު، އިލެކްޓްރޯނިކް ފޯމެޓުގައި ވެސް ހުށަހަޅަން ވާނެއެވެ.

 

އިލެކްޓްރޯނިކް ފޯމެޓް ކޮޕީ އޮންނަންވީ ގޮތް

  • ކަރުދާހުގައި ލިޔެފައިވާ ކޮޕީއާއި އިލެކްޓްރޯނިކް ފޯމެޓުކޮޕީ މުޅިން އެއްގޮތް ވާންވާނެއެވެ. އިލެކްޓްރޯނިކް ފޯމެޓް ކޮޕީ ހުށަހަޅާނީ ސީޑީއެއް ގައެވެ. 
  • ރިޕޯޓު އޮންނަންވާނީ ބާބުތަކަކަށް ބަހާލައި ކޮންމެ ބާބެއް ވަކި ފައިލެއްގައެވެ. އެއްވެސް ބާބެއް 50 އެމްބީ އަށްވުރެ ބޮޑުވާނަމަ، އެ ބާބުވެސް 50 އެމްބީ އަށްވުރެ ކުޑަ ބައިތަކަކަށް ބަހާލާނީއެވެ. 
  • ބަ ނޑޭރި ގަނޑާއި ފިހުރިސްތު އެކުލެވޭ ސަފުހާތައް އޮންނަންވާނީ ވަކި ފައިލެއްގައެވެ. 
  • ރިޕޯޓުގެ ހުލާސާ ހުށަހަޅާނީ ވަކި ފައިލެއްގައެވެ. 
  • ރިޕޯޓު އެކުލެވިގެންވާ ބައިތަކުން، ރިޕޯޓުގެ ހުލާސާއަށާއި އަދި އިތުރު މައުލޫމާތު ހުށަހަޅާފައިވާ ސަފުހާތަކަށް ލިންކު ދޭންވާނެއެވެ. އަދި ބަލާ މީހާއަށް މިބެލެނީ ކޮން ބާބެއްކަން ސާފުކޮށް އެނގޭގޮތަށް ރިޕޯޓު އެކުލެވިގެންވާ ބައިތަކުގެ ނަމާއި މައި ސުރުހީއާއި އަރިމަތީ ސުރުހީތަކާއި އަދި އިތުރު މައުލޫމާތުގެ ސުރުހީތައް އެނގެން އޮންނަންވާނެއެވެ. 
  • ފައިލުގެ ނަން 8 ކެރެކްޓަރަށްވުރެ ގިނަވެގެން ނުވާނެއެވެ. ހުންނަންވާނީ ލެޓިންއަކުރުގެ ކުދި އަކުރުންނެވެ. ފަށާ އަކުރު ވާންވާނީ އޭބީސީޑީގެ އަކުރަކަށެވެ. ވިޔަ އަދަދަކަށް ވެގެންނުވާނެއެވެ. 
  • ސަފުހާތައް ހުންނަންވާނީ ތަރުތީބު ނަންބަރު ޖަހާފައެވެ. 
  • ރިޕޯޓު ހުށަހަޅަންވާނީ pdf ފޯމެޓުގައެވެ. ހުރިހާ ތަސްވީރުތައް ހުންނަންވާނީ، jpg/gif އެކްސްޓެންށަން ފައިލް ފޯމެޓު ގައެވެ. 
  • ރިޕޯޓު ހުށަހަޅާ ފަރާތުގެ ހާޒިރުގައި އިލެކްޓްރޯނިކް ފޯމެޓު ކޮޕީ ހުޅުވާ، އެކޮޕީ ކަރުދާހުގައި ލިޔެފައި ހުށަހެޅި ކޮޕީއާ އެއްގޮތްތޯ ތަންފީޒީ އިދާރާއިން ބަލަންވާނެއެވެ. 

 

ޖަދުވަލު 10

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ފުރިހަމަވޭތޯ އިދާރީގޮތުން ބަލަންޖެހޭ ކަންތަކުގެ ލިސްޓު

 

 

ޖަދުވަލު 11

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ބަލާ މުރާޖިރުގެ ކިބައިގައި ހުންނަންވީ ށަރުތުތައް

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާ ކުރާ މީހާގެ ކިބައިގައި ތިރީގައި މިވާ ށަރުތުތައް ހުންނަން ވާނެއެވެ.

  • ރިޕޯޓު ވަޒަންކުރާ ފަރާތަކީ އެއްވެސް ސިފައެއްގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމުގައި 
    ނުވަތަ މައުލޫމާތު އެއްކުރުމުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. (މީގެތެރޭގައި މީޒާންކުރަން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވުމެއް ނުހިމެނެއެވެ.) 
  • ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޔުނިވަރސިޓީއަކުން ތިމާވެށީގެ ދާއިރާއަކުން ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވުން.
  • ތިމާވެށި ބެލެހެއްޓުމާ ގުޅޭ ދާއިރާއެއްގައި ސީދާކޮށް ނުވަތަ ނުސީދާކޮށް 5 (ފަހެއް) އަހަރު ވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

ޖަދުވަލު 12

ފުރަތަމަ ދިރާސާ ހެދުމަށްފަހު ނިންމިގޮތް

  1. ފުރަތަމަ ދިރާސާ ހެދުމަށްފަހު ނިންމިގޮތް އޮންނަން ވާނީ ތިރީގައި ބުނެވުނު ފަދައިންނެވެ.
    1. މި މަށްރޫއުގެ ސަބަބުން ފާހަގަކުރެވޭ ވަރުގެ ނޭދެވޭ ބޮޑު އަސަރެއް ތިމާވެށްޓަށް ކޮށްފާނެކަމަށް ފެނެއެވެ. ވީމާ، ތިމާވެށްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހުށަހަޅާށެވެ. ނުވަތަ،
    2. މި މަށްރޫއުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ ބޮޑު އަސަރެއް ކޮށްފާނެ ކަމަށް ނުފެނެއެވެ. ވީމާ، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހުށަހަޅާށެވެ.
  2. ފުރަތަމަ ދިރާސާ ބަލައި ފާސްކުރި އިދާރާގެ މައުލޫމާތު.
  3. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ފަރާތުގެ ނަމާއި އެޑްރެސް.

 

ޖަދުވަލު 13

ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާއިބެހޭ ރިޕޯޓު އޮންނަންވީ ގޮތް

ތަން ތައްޔާރު ކުރާއިރާއި އިމާރާތްކުރާއިރު ނުވަތަ މަށްރޫއު ހިނގަމުންދާއިރާއި މަށްރޫއުގެ ޑީކޮމިށަނިންގ ސްޓޭޖްގައި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމާބެހޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވަމުން ގެންދަން ވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  • ހުލާސާ ރިޕޯޓު ފޮނުވަމުންގެންދާނީ ކޮންމެ ދެމަހުން އެއްމަހުއެވެ. 
  • މަށްރޫއު ނިމުމުން ފޮނުވާ ރިޕޯޓު ފޮނުވާނީ މަށްރޫއު ގާއިމުކޮށް ނިމި ޑީކޮމިށަންކުރުމަށްފަހު ނުވަތަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ކަ ނޑައަޅާފައިވާ ގޮތަށެވެ.

 

ހުލާސާ ރިޕޯޓުގައި ތިރީގައި މިވާ ބައިތައް ހުންނަންވާނެއެވެ.

  • މަށްރޫއުގެ ނަމާއި، ތާރީހާއި ކޮންސަލްޓެންޓްގެ ނަން.
  • މިނެ ވަޒަންކުރި ބައިތަކާއި، ބޭނުންކުރި މެތަޑާއި، އާލާތާއި ތަނާއި ބަލަމުންގެންދިޔަ އަވަސް ލަސްމިން އަދި ހުލާސާ ނަތީޖާތައް.
  • ލިބުނު ނަތީޖާތަކުގެ ތެރޭގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް މުހިންމުވެދާނޭ ކަމެއް ފާހަގަ ކުރެވުނު ނަމަ، އެކަމަށް އަލިއަޅުވާލައި އިތުރު ތަފުސީލު ދޭންވާނެއެވެ.

 

މަށްރޫއު ނިމުމުން ހުށަހަޅާ ރިޕޯޓުގައި ތިރީގައި މިވާ ބައިތައް ހުންނަންވާނެއެވެ.

  • މަށްރޫއުގެ ނަމާއި، ތާރީހާއި ކޮންސަލްޓަންޓްގެ ނަން.
  • ރިޕޯޓުގެ ހުލާސާ.
  • މަށްރޫއާ ބެހޭ މައިގަ ނޑު މައުލޫމާތު.
  • ރިޕޯޓާ ގުޅުން ހުރި، މަށްރޫއު ހިންގާ ސަރަހައްދުގެ ކުރެހުންތަކާއި، ފޮޓޯތަކާއި އެ ތަނުގައި ހުރި ތިމާވެށީގެ ނާޒުކު ތަންތަނާއި ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ގޮތުން ބަލާނެ ސަރަހައްދުތަކާއި ކޮންޓްރޯލްތައް.
  • އަސަރުތައް ކުޑަކުރަން އަޅާނޭ ފިޔަވަޅުތަކާއި ތަޣައްޔަރުވުން ކޮންޓްރޯލް ކުރަން އަޅާނޭ ފިޔަވަޅުތައް ބަޔާން ކުރުން.
  • މިނެ ވަޒަންކުރި ބައިތަކާއި، ބޭނުންކުރި މެތަޑާއި، ތިމާވެށީގައި ހުންނަން ޖެހޭނޭ މިންގަ ނޑުތަކާ އަޅައިބަލާއިރު ތިމާވެށީގެ ފެންވަރަށް އަންނަމުން ދިޔަ ބަދަލުތައް. 
  • ވެށްޓަށް އަންނަމުންދާ ބަދަލުތައް ބެލުމުން ފެންނަމުންދިޔަ ނަތީޖާތަކާއި އެކަންތައް ބަލަމުންގެންދިޔަ އަވަސް ލަސްމިން އަދި މުއްދަތު.
  • މިނެ ވަޒަންކުރި ބައިތަކަށް ލިބުނު ނަތިޖާތައް ގްރާފްތަކެއްގެ ގޮތުގައި ސިފަކޮށްދިނުން.
  • ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގައި ދިމާވި ދަތިތަކާއި، އެކަމުގެ ސަބަބުން ނަތީޖާއަށް ކޮށްފާނޭ އަސަރު.
  • ތިމާވެށީގައި ހުންނަންޖެހޭނޭ މިންގަ ނޑުތަކަށް ނުފެތޭ ކަންތައްތައް، އެހެންވުމުގައި ދިމާވި ސަބަބާއި އެކަމުން ނުކުމެދާނޭ އަސަރުގެ ހުލާސާ.
  • މިންގަ ނޑުތަކަށް ނުފެތުމުން ދެން އެޅިފިޔަވަޅުތައް ބަޔާންކުރުން.
  • ލިޔުމަކުން ނުވަތަ އަނގަބަހުން ނަމަވެސް، ބަޔަކުކުރި ށަކުވާގެ ހުލާސާއާއި އެކަމާ ގުޅިގެން ކުރި މަށްވަރާއާއި އެކަންތަކާ ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކަން ރަނގަޅުކުރަން ކުރި މަސައްކަތް.
  • މަށްރޫއުގައި ކުރިއަށް ކުރަން ހުރިކަންތައްތަކާއި އެކަންތައްތައް ކުރަން ރޭވިފައިވާ ގޮތުގެ ތާވަލު.
  • ވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަންނާނެ ދުވަސްވަރާއި، ކަންތައްތައް ކުރަންފެންނަ ގޮތުގެ ލަފައާއި ހިޔާލުތަކާއި، އަދި ރިޕޯޓުގެ ނިންމުމުގެ ހުލާސާ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު