ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 69/2016)

0 occurrences found.

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 69/2016) 

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި މަގްސަދު

(ހ) މިއީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަށްރޫޢެއްގެ ތަފުސީލާއެކު، އެ ރަށަކަށް، ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ރަށެއް، ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރްޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ މަގުސަދަކީ ރަށް، ނުވަތަ ބިން، ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަށްރޫއުގެ ތަފުސީލާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅަކަށް އެދި ހުށަހެޅުމުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށްދިނުމުގައި ބެލޭނެ ށަރުޠުތަކާއި، ކުއްޔަށް ދެވޭނެ ހާލަތްތަކާއި، ކުއްޔަށްދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، އެހެނިހެން ކަމާބެހޭ ކަންކަން ކަނޑައެޅުމެވެ.

 

ދެވަނަ ބާބު

އާންމު މާއްދާތައް

2 ވަނަ މާއްދާ - ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނެ ށަރުޠުތައް

މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ށަރުޠުތައް ފުރިހަމަވާނަމައެވެ.

(ހ) އެ ރަށް، ނުވަތަ އެ ބިން ނުވަތަ އެ ފަޅަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާ މަށްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުން؛ އަދި

(ށ) ރަށަށް، ނުވަތަ ބިމަށް، ނުވަތަ ފަޅަށް މި ގަވާއިދުގައި ބަޔާންކުރާ އެކުއިޒިށަން ފީ، އެކީ އެއްފަހަރާ ދައްކާފައިވުން؛ އަދި

(ނ) ރަށަށް، ބިމަށް، ނުވަތަ ފަޅަށް އެދޭ ފަރާތަކީ، އެ ތަނެއްގައި ހިންގަން ހުށަހަޅާފައިވާ މަށްރޫއު ހިންގުމަށް މާލީގޮތުންނާއި، ފަންނީގޮތުން ގާބިލު ފަރާތަކަށްވުން؛ އަދި

(ރ) އެ ރަށް ނުވަތަ ބިން ނުވަތަ ފަޅަކީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ށާއިއުކޮށްފައިވާ ދަފުތަރުގައި ހިމެނިފައިވާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅަކަށްވުން؛ އަދި

(ބ) ޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ގޮތުގައި، $500,000   (ފަސް ލައްކަ އެމެރިކާ ޑޮލަރު) އާއި $1,000,000  (އެއް މިލިއަން އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަދަދެއް ހަރަދުކޮށްގެން ހިންގާނެ މަށްރޫއެއް، ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް އެދޭ ފަރާތުން ހުށަހަޅާފައިވުން.

 

3 ވަނަ މާއްދާ - ށާއިއުކުރަންޖެހޭ ލިޔުންތައް

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އެކުއިޒިށަން ފީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައި، ކޮންމެ އަހަރަކު އެއްފަހަރު މުޠާލިއާކޮށް، ކޮންމެ މީލާދީ އަހަރެއް ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެކުއިޒިށަން ފީ ކަނޑައެޅިފައިވާ ގޮތުގެ ލިސްޓެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަށްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައި ކޮންމެ މީލާދީ އަހަރެއް ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ ލިސްޓަށް އުނިއިތުރު ގެންނަން ބޭނުންވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ތިން ވަނަ ބާބު

ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދިނުމުގައި އަމަލުކުރަންވީ ގޮތް

4 ވަނަ މާއްދާ - ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކުރުމަށް ކުއްޔަށްދިނުމުގައި ޢަމަލުކުރާނެ ގޮތް

ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދިނުމުގަ އަމަލުކުރަންވާނީ އަންނަނިވި ގޮތަށެވެ.

(ހ) ށައުގުވެރިކަން ފާޅުކޮށް، ރަށަކަށް، ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ލިޔެކިޔުންތަކާއެކު ތަފުސީލު ލިޔުން ހުށަހެޅުން.

(ށ) ރަށަކަށް، ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ހުށަހަޅާ ހުށަހެޅުންތައް، މި ގަވާއިދުގެ 6،  7 އަދި 8 ވަނަ މާއްދާގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ވަޒަންކުރުން.

(ނ) ރަށެއް، ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދޫކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދުން

(ރ) ރަށެއް، ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަ ކުއްޔަށް ދޫކުރުމަށްފަހު، އެކަމާބެހޭ ތަފުސީލީ މައުލޫމާތު ލިޔުމުން އެންޓި-ކޮރަޕްށަން ކޮމިށަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރުން.

 

5 ވަނަ މާއްދާ - ށައުގުވެރިކަން ފާޅުކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާ ތަފުސީލު ލިޔުމުގައި ހިމަނަންޖެހޭ ލިޔެކިއުންތައް

(ހ) ށައުގުވެރިކަން ފާޅުކޮށް ، ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ތަފުސީލު ލިޔުން ހުށަހަޅާ ފަރާތުން، ތަފުސީލު ލިޔުން ހުށަހަޅާނީ، އެ ރަށެއްގައި ނުވަތަ އެ ބިމެއްގައި ނުވަތަ އެ ފަޅެއްގައި އަމިއްލަ ހަރަދުގައި ފަތުރުވެރިކަމާބެހޭ ކަމެއް ތަރައްގީކޮށް، ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ނުވަތަ އެފަދަ މަށްރޫޢެއް ހިންގުމަށް އެދިއެވެ.

(ށ) ށައުގުވެރިކަން ފާޅުކޮށް، ރަށަކަށް، ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ތަފުސީލު ލިޔުން ހުށަހަޅާއިރު އިދާރީ ފީއެއްގެ ގޮތުގައި 1000$   (އެއް ހާސް އެމެރިކާ ޑޮލަރު) ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ދައްކަންވާނެއެވެ. އަދި މި ފައިސާއަކީ އެފަރާތަށް އަނބުރާދެވޭނެ ފައިސާއެއް ނޫނެވެ. މީގެ އިތުރުން، މި މާއްދާގެ ދަށުން ށައުގުވެރިކަން ފާޅުކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާ ތަފްސީލު ލިޔުން ހުށަހަޅަންވާނީ، ހުށަހަޅާ ފަރާތުން އެކަމަށް ހިނގާނެ ހުރިހާ ހަރަދެއްގެ ޒިންމާ ނެގުމަށް އެއްބަސްވެގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ށައުގުވެރިކަން ފާޅުކޮށް ތަފުސީލު ލިޔުން ހުށަހެޅޭނީ ތިރީގައި ބަޔާންކުރެވިފައިވާ ށަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ތަފުސީލު ލިޔުން ހުށަހަޅާ ތާރީހުގައި، ހުށަހަޅާ ފަރާތަކީ، އޭނާގެ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތެއް ނުވަތަ ބިދޭސީ ރައްޔިތަކަށްވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާރޓްނަރށިޕެއް ނުވަތަ ކުންފުންޏަކަށްވުން. (ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރށިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް ހުށަހެޅިދާނެއެވެ.)
  3. މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ށަރުޠުތަކަށް އެއްބަސްވާ އަދި އެކަން ކަށަވަރުކުރެވޭ ފަރާތަކަށްވުން.

 

(ރ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ތަފުސީލު ލިޔުން ހުށަހަޅާއިރު އަންނަނިވި ލިޔުންތައް ހިމަނަންޖެހޭނެއެވެ.

  1. އާންމު މައުލޫމާތު؛
  2. މާލީ މައުލޫމާތު
  3. ސީ.އެސް.އާރު.ގެ ގޮތުގައި، 500،000 (ފަސްލައްކަ އެމެރިކާ ޑޮލަރު) އާއި 1،000،000 (އެއް މިލިއަން އެމެރިކާ ޑޮލަރު) އާ ދެމެދުގެ އަދަދެއް ހަރަދުކޮށްގެން ހިންގާނެ މަށްރޫއުގެ ތަފުސީލު؛
  4. ތަފުސީލު ލިޔުމުގައި ސޮއިކުރާ ފަރާތަކީ، ސީދާ އެ ފަރާތުގެ ނަމުގައި ހުށަހަޅާ ފަރާތްކަމުގައި ނުވާނަމަ، އެ ތަފުސީލު ލިޔުމުގައި ސޮއިކުރުމަށް އޭނާއަށް ބާރު ލިބިދީފައިވާކަން އަންގައިދޭ ލިޔުން؛ (ކުންފުންޏަކުން ނަމަ ހުށަހަޅާނީ، ބޯޑް ރިޒޮލިއުށަނަކުން ދެވޭ ޕަވަރ އޮފް އެޓަރނީއެވެ. ޕާޓްނަރށިޕަކުންނަމަ  ހުށަހަޅާނީ، ޕާޓްނަރުންގެ މެދުގައި ފާސްކުރެވޭ ރިޒޮލިއުށަނަކުން ދެވޭ ޕަވަރ އޮފް އެޓަރނީއެކެވެ.
  5. ތަފުސީލު ލިޔުން ހުށަހަޅަނީ ވަކި ފަރުދެއް ކަމުގައިވާނަމަ، އޭނާގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އޭނާ އެއްވެސް ވިޔަފާރިއެއް ކުރަމުންދާނަމަ އޭނާގެ އެ ވިޔަފާރިއެއްގެ ތަފުސީލާއި އަދި އޭނާއަކީ ވަކި އިލްމެއް ހުރި ނުވަތަ ފަންނެއް ހުރި މީހެއްކަމުގައިވާނަމަ އެ އިލްމެއް ނުވަތަ ފަންނެއްގެ މައުލޫމާތާއި ވަކި ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ މީހެއް ކަމުގައިވާނަމަ އެ ތަޖުރިބާތަކުގެ ހުލާސާ؛
  6. ތަފުސީލު ލިޔުން ހުށަހަޅަނީ، ކުންފުންޏަކުން ނުވަތަ ޕާރޓްނަރށިޕަކުން ކަމުގައިވާނަމަ އެ ޕާރޓްނަރށިޕެއްގެ ރަޖިސްޓްރޭށަން ސެޓުފިކެޓާއި، އެ ޕާރޓްނަރށިޕަކުން ނުވަތަ ކުންފުންޏަކުން ކުރަމުންގެންދާ މަސައްކަތާއި، އެ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ތިބި ބަޔަކާއި، އެ މީހުންގެ ތަފުސީލުތައް އަންގައިދޭ ލިޔުން؛
  7. ތަފުސީލު ލިޔުން ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ މަށްރޫއު ކުރިއަށް ގެންދިއުމުގައި ގެންގުޅޭނެ އެންމެ އިސް މެނޭޖްމަންޓް ޓީމުގައި ހިމެނޭނެ މަގާމުތަކާއި އެ މަގާމުތަކުގެ ޒިންމާތަކަކީ ކޮބައިކަން؛
  8. ތަފުސީލު ލިޔުން ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ މަށްރޫއު ކުރިއަށް ގެންދިއުމުގެ  ގޮތުން އެކުލަވައިލާފައިވާ ހިއުމަން ރިސޯސް ޕްލޭން އަދި މާކެޓިންގ ޕްލޭން؛
  9. މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ މާލީ ގޮތުން ގާބިލު ފަރާތެއްކަން އަންގައިދިނުމަށްޓަކައި، ތަފުސީލު ލިޔުން ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ މަށްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެކުލަވައިލާފައިވާ ފައިނޭންށަލް ޕްލޭން.

 

 6 ވަނަ މާއްދާ - ތަފްސީލު ލިޔުން ދިރާސާކުރުން

(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީގެ ފަރާތުން، ތަފުސީލު ލިޔުން ދިރާސާކުރުން ކުރިއަށް ގެންދާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއެއް މެދުވެރިކޮށެވެ.

(ށ) ކޮމިޓީގައި ހިމެނޭނީ، ޓޫރިޒަމާބެހޭ މިނިސްޓަރު ކަނޑައަޅައި، އައްޔަންކުރާ 3 (ތިނެއް) މެންބަރުންނެވެ.

(ނ) ކޮމިޓީގެ ޗެއަރމަން ކަނޑައަޅާނީ ޓޫރިޒަމާބެހޭ މިނިސްޓަރެވެ.

(ރ) ކޮމިޓީ އެކުލަވައިލުމުގައި، ތަފުސީލު ލިޔުން ހުށަހަޅާ ފަރާތާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން މަސްލަހަތެއް އޮތް ފަރާތެއް ކޮމިޓީގައި ހިމަނައިގެން ނުވާނެއެވެ

 

7 ވަނަ މާއްދާ - އިބްތިދާއީ ގޮތުން ބަލާ ބެލުން

ތަފުސީލު ލިޔުން، ތަފުސީލުކޮށް ދިރާސާކުރަން ފެށުމުގެ ކުރީގައި ތަފުސީލު ލިޔުން އިބްތިދާއީ ގޮތުން ބަލަންވާނެއެވެ. އިބްތިދާއީ ގޮތުން ބަލާ ބެލުން ބަލަން ވާނީ، ތަފުސީލު ލިޔުމުގައި ހުންނަންޖެހޭ ލިޔުންތައް ހަމައަށް ހުރިތޯ އާއި، ހިސާބުތައް ހެދުމުގައި އެއްވެސް ކަހަލަ ކުށެއް ޖެހިފައި ހުރިތޯޔާއި، ލިޔުމުގެ ކުށެއް ޖެހިފައި ހުރިތޯއާއި، ސޮއިކުރަންޖެހޭ ތަންތަނުގައި ސޮއިކޮށްފައި ހުރިތޯ އާއި އަދި އެނޫން ވެސް މިފަދަ ކަންކަން ބެލުމުގެ ބޭނުމުގައެވެ. އަދި ތަފްސީލު ލިޔުމަށް އެއްވެސް އުނިއިތުރެއް ގެނައުމަށް ކޮމިޓީއަށް ފެންނަނަމަ، އެ އުނިއިތުރެއް ގެނައުމަށް އެދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ތަފްސީލު ލިޔުން ވަޒަންކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ކޮމިޓީން ތަފުސީލު ލިޔުން ދިރާސާ ކުރުމުގައި، ތަފުސީލު ލިޔުން ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންކުރާއިރު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގެ 3 ،8 އަދި 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސީ.އެސް.އާރު ހުށަހެޅުން، ހިއުމަން ރިސޯސް ޕްލޭން، މާކެޓިންގ ޕްލޭން އަދި ފައިނޭންށަލް ޕްލޭން ދިރާސާކޮށް ވަޒަންކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ތާވަލުގައިވާ ޕޮއިންޓް ދިނުން ބަހާލެވިފައިވާ ގޮތަށް ބިނާކޮށް ޕޮއިންޓް ދޭ އުސޫލުންނެވެ. މިގޮތުން، ހުށަހަޅާފައިވާ މަށްރޫއު ހިންގުމަށް ގާބިލު ފަރާތެއްކަމުގައި ބަލަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގއި ހިމެނޭ ތާވަލަށް ބިނާކޮށް، އެންމެ މަދުވެގެން 60 (ފަސްދޮޅަސް) ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތެކެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ށައުގުވެރިކަން ފާޅުކޮށް ތަފުސީލު ލިޔުން ހުށަހެޅުމުން، އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް)  ދުވަހުގެ ތެރޭގައި، ހުށަހެޅުމުގައިވާ ތަފުސީލު ލިޔުމަށް ބިނާކޮށް، އެ ހުށަހެޅުން ހުށަހަޅާފައިވާ  ފަރާތުން މަށްރޫއު ކުރިއަށް ގެންދިއުމާމެދު ކޮމިޓީއަށް ފެންނަ ގޮތެއްގެ ލަފާ، ޓޫރިޒަމާބެހޭ މިނިސްޓަރަށް ދޭންވާނެއެވެ.

(ނ) ތަފުސީލު ލިޔުމާ ގުޅިގެން، އެ ހުށަހެޅުން ހުށަހަޅާފައިވާ ފަރާތުން މަށްރޫއު ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ކޮމިޓީން ޓޫރިޒަމާބެހޭ މިނިސްޓަރަށް ލަފާދިނުމުން އެ މަށްރޫއު ކުރިއަށް ގެންދިއުމަށް ޓޫރިޒަމާބެހޭ މިނިސްޓަރު ނިންމައިފިނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދަ ހޯދުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދަ ލިބޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޓޫރިޒަމާބެހޭ މިނިސްޓްރީން އަމަލުކުރަންވާނެއެވެ.

(ރ) ތަފުސީލު ލިޔުމާއި ގުޅިގެން، އެ ހުށަހެޅުން ހުށަހަޅާފައިވާ ފަރާތުން މަށްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ކޮމިޓީން ޓޫރިޒަމާބެހޭ މިނިސްޓަރަށް ލަފާދިނުމުން، އަދި އެ މަށްރޫއު ކުރިއަށް ނުގެންދިއުމަށް ޓޫރިޒަމާބެހޭ މިނިސްޓަރު ނިންމައިފިނަމަ، އެ ނިންމުން ނިންމި ދުވަހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަފުސީލު ލިޔުން ހުށަހެޅި ފަރާތަކަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ދައުވަތު ދިނުން

(ހ) ށައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ތަފުސީލު ލިޔުމާ ގުޅިގެން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ނުވަތަ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ނިންމައިފިނަމަ، އެ މާއްދާއެއްގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ހުށަހަޅާފައިވާ މަށްރޫއު ކުރިއަށް ގެންދިއުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ށަރުޠުތަކެއްގެ މަތިން އެ ފަރާތަށް ދައުވަތު ދިނުމުގެ އިހުތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ބުނެވުނު ދައުވަތުގެ ށަރުޠުތަކެއްގެ ގޮތުން ތިރީގައި ބަޔާންކުރާ ށަރުޠުތައް އެންމެ މަދުވެގެން ހިމަނަންވާނެއެވެ.

  1. އެކުއިޒިށަން ފީގެ އަދަދު؛
  2. އެކުއިޒިށަން ފީ ދައްކަންޖެހޭ މުއްދަތު؛
  3. އެކުއިޒިށަން ފީ ދައްކަންޖެހޭ ގޮތުގެ އިންތިޒާމް؛
  4. މަށްރޫއު ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށް އާންމުކޮށް ކިޔައި އުޅޭ ނަން ނުވަތަ އެ ތަނެއްގެ ޖިއޯގްރަފިކަލް ކޯޑިނޭޓްސް. 

(ށ) މި މާއްދާގައި ބަޔާންކުރެވިފައިވާ ދައުވަތު، ށައުގުވެރިކަން ހުށަހެޅި ފަރާތަށް ދޭންވާނީ ލިޔުމުންނެވެ. އަދި މިފަދައިން ދަޢުވަތު ދިނުމާއެކު ލަސްނުކޮށް، އެ ފަރާތުން ސޮއިކުރަންޖެހޭ ކުލީގެ އެއްބަސްވުމުގެ ދެލިކޮޕީއެއް އެ ފަރާތާ ހިއްސާކުރަންވާނެއެވެ. އަދި އެ އެއްބަސްވުމުގެ ދެލިކޮޕީގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ހުރިހާ މާއްދާއެއް ހިމަނަންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން

ށައުގުވެރިކަން ހުށަހެޅި ފަރާތުން، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުޠުތައް ފުރިހަމަ ކޮށްފިނަމަ، ހުށަހަޅާފައިވާ މަށްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން، ޓޫރިޒަމާބެހޭ މިނިސްޓްރީ މެދުވެރިވެ، ދިވެހި ސަރުކާރާއި ށައުގުވެރިކަން ހުށަހެޅި ފަރާތާ ދެމެދު، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

އެހެނިހެން މާއްދާތައް 

11 ވަނަ މާއްދާ - ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ނުވަތަ ހެދުމަށް މުއާމަލާތް ކުރެވިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކާމެދު އަމަލު ކުރާނެ އުސޫލު

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި ސަރުކާރު ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ދަށުން އެއްވެސް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން މުއާމަލާތް ފުރިހަމަނުވާ ފަރާތްތަކަށް، ގާނޫނު ނަންބަރު 2/1999) ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ ދަށުން އެ ފަރާތްތަކަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

12 ވަނަ މާއްދާ - ތަރައްގީކުރުމަށް ދޫކުރެވޭ ފަޅުތަކާގުޅޭ އެހެނިހެން ކަންކަން

(ހ) މި ގަވާއިދުގެ ދަށުން ތަރައްގީކުރުމަށް ދޫކުރެވޭ ފަޅު ނުހިއްކައި ބޭނުންކުރާކަމުގައިވާނަމަ، ބޭނުންކުރާ ސަރފޭސް އޭރިއާގެ ބޮޑުމިނަށް ބަލައި، ކަމާބެހޭ މިނިސްޓްރީއަކުން ކަނޑައަޅާ ކުލި ސަރުކާރަށް ދައްކަންވާނެއެވެ. މިގޮތުން ސަރފޭސް އޭރިއާގެ ބޮޑުމިން ކަނޑައެޅުމުގައި  ބެލެވޭނީ ޓޫރިސްޓް ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ޕްލެޓްފޯމް، ޑޮކް އަދި ފައްތިޔާ އެޅުމަށް ބޭނުންކުރެވޭ ސަރަހައްދަށެވެ.

(ށ) ތަރައްގީކުރުމަށް ދޫކުރެވޭ ފަޅުތަކުގައި، ހިއްކައިގެން އުފައްދާ ބިން، ކުއްޔަށްދީފައިވާ  އެއްބަސްވުމުގައި އެ ހިއްކާ ބިމުގެ އިންވަކިކޮށް އެ ބިން ވަކި އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދެވިދާނެކަމަށް ބަޔާންކުރެވިފައިވާނަމަ އެ ބަޔާންކުރެވިފައިވާ ށަރުޠުތަކެއްގެ މަތީން، އެ ބިން ވަކިން ކުއްޔަށް ދިނުމުގެ ގޮތުން ވަކި ހެޑްލީސް އެއްބަސްވުމެއްގައި ސޮއިކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

13 ވަނަ މާއްދާ - ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިންމުމުގެ ކުރިން، ޢަމަލުކުރާނެ އުސޫލް

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށް ދެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމުމުގެ ކުރިން، އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅާގުޅޭ ހައްގުތައް އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ވިއްކާލެވޭނީ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތަކީ ގާނޫނީ ށަހުސެއްނަމަ އެ ފަރާތެއްގެ ހިއްސާ ބަދަލުކުރެވޭނީ، ހިއްސާ ބަދަލުކުރުމާއި ހުއްދަ ދިނުމުގެ ހިދުމަތް ދިނުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން، ދައުލަތަށް) 100,000 (އެއް ލައްކަ އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ދެއްކުމަށްފަހުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމުގެ ގޮތުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުތަކުގެ ތެރެއިން އެހާ ހިސާބަށް ތަރައްގީކޮށް ނިމިފައި ނުވާ ހުރިހާ ރަށަކާ ނުވަތަ ބިމަކާ ނުވަތަ ފަޅަކާމެދު އަމަލުކުރާނީ، މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އުސޫލުންނެވެ.

 

14 ވަނަ މާއްދާ- ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

---------------

 

 

ޖަދުވަލު 1

އަދަދު

ތަފުސީލު

އެންމެ މަތިން ދެވޭ ޕޮއިންޓް

1

ހިއުމަން ރިސޯސް ޕްލޭން

30

2

މާކެޓިންގް ޕްލޭން

25

3

ފައިނޭންށިއަލް ޕްލޭން

25

4

ސީ.އެސް.އާރު ހުށަހެޅުން

20

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com