-

ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-29)

(މި ގަވާއިދު ގެ 25 ވަނަ މާއްދާގެ (ށ) އިން ވަނީ 30 ނޮވެންބަރު 2006 ގައި އަމަލުކުރަން ފެށުނު، "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމާބެހޭ ގަވާއިދު" އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 32 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި  ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމާބެހޭ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އެ އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާންވާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް" ކަމަށް ބުނެފައި އެވަނީ، ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ދަތުރު ފިޔަވައި، ޓްރެވަލް އެޖެންސީތަކުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރު، ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ހިިދުމަތަށެވެ.

(ށ) "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

 

4 ވަނަ މާއްދާ - ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމުގެ ހުއްދަ

(ހ) ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭންވާނީ މިނިސްޓްރީން ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ. އަދި ހުއްދައަށް އެދި ހުށަހަޅާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ހުށަހެޅި ފަރާތަށް، މިނިސްޓްރީން ލިޔުމުން ޖަވާބު ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދިނުމުގެ ށަަރުތު

މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމަށް ހުއްދަ ދޫކުރެވޭނީ،  އަންނަނިވި  ށަަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ކުންފުންޏެއް، ނުވަތަ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން، އެ ކުންފުނީގެ ނުވަތަ ވިޔަފާރީގެ އަސާސީ ގަވާއިދުގައިވާ މަގުސަދުތަކުގެ ތެރޭގައި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުން ހިމެނިފައިވުން.

(ށ)  މި ގަވާއިދުގެ 10 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުންގެންދާ ރަޖިސްޓަރީ ކޮށްފައިވާ އެޑްރެހެއް އޮތުން.

(ނ) ފަތުރުވެރިކަމުގެ ދާއިރާގެ ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްތައް އެ ތަނަކުން ލިބެން ހުރުން.

(ރ) ދަތުރު ރާވައި ހިންގުމުގެ ހުއްދައަށް އެދޭ ފަރާތް، ނުވަތަ އެ ފަރާތަކީ ކުންފުންޏެއްނަމަ، ނުވަތަ ވިޔަފާރިއެއްނަމަ، އެ ފަރާތުގެ ޑިރެކްޓަރުންނަކީ، ޓްރެވަލް އޭޖެންސީ ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ދުވަހާ ހަމަޔަށް ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން، ނުވަތަ ހިިޔާނާތް ނުވަތަ މަކަރާއި ހީލަތް، މިއިން ކުށެއްގެ ރިކޯޑު ނެތް ފަރާތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި ރާއްޖޭގެ ކޯޓުތަކުން ދީފައިވާ ލިޔުމެއް އޮތް ފަރާތަކަށް ވުން. މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ދޫކުރާ ހުއްދަ އައުކުރުމަށް ހުށަހަޅާއިރު ވެސް، ހުއްދަ އައުކުރުމަށް ހުށަހަޅާ ދުވަހާ ހަމަޔަށް ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މި މާއްދާގައި ބުނެފައިވާ ކުށުގެ ރިކޯޑެއް ނެތްކަން އަންގައިދޭ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ރާއްޖޭގެ ކޯޓުތަކުން ދީފައިވާ ލިޔުމެއް އޮންނާންވާނެއެވެ.

 

6 ވަނަ މާއްދާ - ރާއްޖެއިން ބޭރު ފަރާތްތަކަށް ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމުގެ ހުއްދަ ދިނުން

(ހ) މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް، ނުވަތަ ރާއްޖެއިން ބޭރު ގައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއަކަށް، ނުވަތަ އޮންލައިން ޓްރެވަލް އޭޖެންސީއަކަށް، ނުވަތަ ޓުއަރ އޮޕަރޭޓަރުންނަށް، އެފަދަ ތަންތަނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ކަންތައްތައް ބެލެހެއްޓުމަށް ޓަކައި އެފަދަ ތަންތަނުގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޓްރެވަލް އޭޖެންސީއަކާ ގުޅިގެން (އެފިލިއޭޓް) ރާއްޖޭގައި ހުޅުވިދާނެއެވެ. އަދި މިގޮތަށް އޮފީހެއް ހުޅުވާއިރު އެކަމަށްޓަކައި ހިާއްސަ ހުއްދައެއް މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ރެޕްރެޒެންޓޭޓިވް އޮފީހެއް ހުޅުވުމުގެ ހުއްދަ ދޭއިރު، އެފަދަ އޮފީހެއްގައި، އަންނަނިވި މިންގަނޑުތައް ހުންނާން ޖެހޭނެއެވެ.

  1. މި މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ރެޕްރެޒެންޓޭޓިވް އޮފީހަކުން ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭންވާނީ، އެކަމަށް ކަނޑައެޅިފައިވާ ވަކި އޮފީހަކުންނެވެ. އަދި އެ އޮފީސް ހުންނަ އިމާރާތުގައްޔާއި އޮފީހުގެ ބޭރުގައި އާންމުކޮށް ފެންނަގޮތަށް އެ ފަރާތުގެ ނަންބޯޑު ހުންނާންވާނެއެވެ.
  2. އޮފީސް ހުޅުވިފައި ހުންނަ ކޮންމެ ގަޑިއެއްގައި ވެސް، އޮފީހުގައި މުވައްޒަފަކު ހުރުމާއި، އެ މުވައްޒަފަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭ މީހަކަށް ވުމާއި، އެ މުވައްޒަފަކީ އެ ތަނުން ދޭ ހިިދުމަތާ ބެހޭ މައުލޫމާތު ކިޔައިއިދެވޭ ފަދަ މީހަކަށް ވުމާއި، އޮފީސް ހުޅުވައިފައި ހުންނަ ގަޑީގެ ތެރެއިން 2 (ދޭއް) ގަޑިއިރަކީ ސަރުކާރުގެ ރަސްމީ ގަޑީގެ ތެރޭގައި ހިމެނޭ ގަޑިކަމަށް ވާންވާނެއެވެ.
  3. މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ހުއްދަ، ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަނުގައި އާންމުކޮށް ފެންނާނޭހެން ބަހައްޓާންވާނެއެވެ.

 

7 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމަށް ދޫކުރެވޭ ހުއްދައިގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.

 

8 ވަނަ މާއްދާ - ހުއްދަ އައުކުރުން

މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ހުއްދަ އައުކުރުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމާއި، އެ ފޯމާއެކު ހުށަހަޅާންޖެހޭ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅާންވާނެއެވެ.  ހުއްދަ އައުކޮށްދެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

9 ވަނަ މާއްދާ - އަހަރީ ރިޕޯޓް މިނިސްޓްރީއަށް ހުށަހެޅުން

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަނުން، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް، ނިމިދިޔަ އަހަރުގެ ރިޕޯޓެއް ހުށަހަޅާން ޖެހޭނެއެވެ. މި އަހަރީ ރިޕޯޓު، މި މުއްދަތުގައި ހުށަނާޅައިފިނަމަ، އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިިލުކުރުމުގެ އިހިްތިޔާރު، މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ތަންތާނގައި ހުންނާންޖެހޭ މިންގަނޑު

ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަންތަނުގައި، އަންނަނިވި މިންގަނޑުތައް ހުންނާންވާނެވެ.  

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތާ ގުޅޭނެ ފޯނު ނަންބަރަކާއި އީމެއިލް އެޑްރެހެއް އޮތުން. އަދި ކުންފުންޏެއް ނުވަތަ އެނޫންވެސް ވިޔަފާރި ޖަމާއަތެއްނަމަ،    އެ ކުންފުނީގެ ނުވަތަ އެ ވިޔަފާރި ޖަމާއަތުން ކުއްލި ހާލަތުގައި ޖަވާބުދާރީވާނެ ފަރާތެއް އައްޔަނުކޮށް، އެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހެއް އޮތުން.

(ށ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތެއްގެ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެނަމަ (މިސާލަކަށް، ނަން، ގުޅޭނެ ފޯނު ނަންބަރު، އެޑްރެސް، އޮފީސް ހުޅުވައިފައި ހުންނަ ގަޑިތައް)، އެ މައުލޫމާތެއް ބަދަލުވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގާންވާނެއެވެ. އަދި މައުލޫމާތު ބަދަލުވެފައިވާކަން އާންމުކޮށް ފެންނާނޭހެން ހުންނާންވާނެއެވެ.

(ނ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ފަރާތްތަކާއި ހިިދުމަތް ލިބިގަންނަ ފަރާތްތަކާ ދެމެދު ކުރެވޭ އެންމެހައި މުއާާމަލާތްތަކުގެ ލިޔެކިޔުން ހުރުމާއި، އޭގެ ތެރޭގައި ފައިސާގެ މުއާާމަލާތްތަކުގެ ރެކޯޑުތައް ބެހެއްޓިފައި ހުރުން.

(ރ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތުގެ ވިޔަފާރީގެ ހުރިހާ މުއާާމަލާތްތައް ހުންނާންވާނީ ކަމާބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ބަދަލުވުން

ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމަށް ހުއްދަ ދެވޭ ތަނުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެޑްރެސް ބަދަލުވާތާ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން އަންގާންވާނެއެވެ.

 

12 ވަނަ މާއްދާ - ނަން ބަދަލުކުރުން

ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ތަނެއްގެ ނަން ބަދަލުކުރާނަމަ، ބަދަލުކުރަން އެދޭ ނަމެއް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށް ފަހު، ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން މިނިސްޓްރީއަށް އަންގާންވާނެއެވެ.

 

13 ވަނަ މާއްދާ - ހިއްސާ ބަދަލުކުރުން

ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ، ނުވަތަ ހިއްސާދާރެއް ބަދަލުވާނަމަ، ނުވަތަ ކުންފުނީގެ ޑިރެކްޓަރެއް ބަދަލުވާނަމަ، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގާންވާނެއެވެ.

 

14 ވަނަ މާއްދާ - އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތައް

ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަނެއްގެ މަސައްކަތާ ގުޅޭގޮތުން، އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތައް ފޮނުވާންވާނީ، އެ ތަނެއްގެ ލެޓަރހެޑްގައެވެ. އަދި އެ ފަރާތަކުން ބޭރުކުރާ ހުރިހާ ލިޔުމެއްގައި މިނިސްޓްރީން އެ ތަނަކަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު ޖަހާންވާނެއެވެ. 

 

15 ވަނަ މާއްދާ - އެޑްވާންސް ބުކިންގއެއް ނެތި އަންނަ ފަތުރުވެރިން

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ފަރާތަކުން، އެޑްވާންސް ބުކިންގއެއް ނެތި ދިވެހިރާއްޖެއަށް އަންނަ ފްރީ އިންޑިވިޖުއަލް ޓްރެވެލަރ (އެފް.އައި.ޓީ) ފަތުރުވެރިން، ޓޫރިސްޓް ހިިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ތަންތަނަށް ފޮނުވާންވާނީ ތިރީގައިވާ މައުލޫމާތު ހިމެނޭ އެފް.އައި.ޓީ ވައުޗަރެއް އެ ފަރާތްތަކަށް ދޫކުރުމަށްފަހުގައެވެ.

  1. ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ފަރާތުގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު؛
  2. ރިފަރެންސް ނަންބަރު؛
  3. ފޮނުވާ ރިޒޯޓް / ހޮޓެލް / މެރީނާ / ގެސްޓް ހައުސް / ޓޫރިސްޓް އުޅަނދު ނުވަތަ އެނޫންވެސް ތަނެއްގެ ނަން؛
  4. ވައުޗަރުން ފަތުރުވެރިޔާއަށް ލިބިދެވޭނެ ހިިދުމަތް؛
  5. ފަތުރުވެރިޔާގެ ނަމާއި، ގައުމު؛
  6. ޕާސްޕޯޓް ނަންބަރު؛
  7. ޗެކްއިންކުރާ ތާރީހު؛
  8. ޗެކްއައުޓްކުރާ ތާރީހު؛
  9. ދިވެހިރާއްޖެ އަންނަ ފަރާތްތަކަށް އިންޓަރނޭށަަނަލް ފްލައިޓް ހަމަޖައްސައިދޭނަމަ، އެ ފްލައިޓުގެ މައުލޫމާތު.

(ށ) އެފް.އައި.ޓީ.ންގެ ގޮތުގައި ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއެއްގެ އަތުން، އެފަދަ ފަތުރުވެރިން ބޭނުންވާ ހިިދުމަތެއް ދިނުމުގެ އިންތިޒާމް ހަމަނުޖައްސައި އެޑްވާންސަށް ފައިސާ ނަގައިގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ރިޒަވޭށަަން ވައުޗަރ

ފަތުރުވެރިއަކަށް ރިޒަވޭށަަނެއް ހަދައިފިނަމަ، ރިޒަވޭށަަން ހަދާ ތަނަކަށް އޭނާ ދިއުމުގެ ކުރިން، އޭނާއަށް ދިނުމަށް ހަމަޖެހިފައިވާ ހިިދުމަތްތައް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ރިޒަވޭށަަން ވައުޗަރެއް އެ ފަތުރުވެރިއަކަށް ދޭންވާނެއެވެ. މި ވައުޗަރުގައި، ތިރީގައިވާ މައުލޫމާތު ހިމަނާންވާނެއެވެ.

  1. ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ފަރާތުގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު؛
  2. ރިފަރެންސް ނަންބަރު؛
  3. ފޮނުވާ ރިޒޯޓް / ހޮޓެލް / މެރީނާ / ގެސްޓް ހައުސް / ޓޫރިސްޓް އުޅަނދު ނުވަތަ އެނޫންވެސް ތަނެއްގެ ނަން؛
  4. ވައުޗަރުން ފަތުރުވެރިޔާއަށް ލިބިދެވޭނެ ހިިދުމަތް؛
  5. ފަތުރުވެރިޔާގެ ނަމާއި، ގައުމު؛
  6. ޗެކްއިންކުރާ ތާރީހު؛
  7. ޗެކްއައުޓްކުރާ ތާރީހިާއި، ޗެކްއައުޓް ކުރުމަށްފަހު ދާ ތަން؛
  8. ދިވެހިރާއްޖެ އަންނަ ފަރާތްތަކަށް އިންޓަރނޭށަަނަލް ފްލައިޓް ހަމަޖައްސައިދޭނަމަ، އެ ފްލައިޓުގެ މައުލޫމާތު.

 

17 ވަނަ މާއްދާ - ހިިދުމަތްތަކުގެ އަގު ލިސްޓު

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތަކުން ވިއްކާ، ރިޒޯޓް، ހޮޓެލް، ޔޮޓްމެރީނާ، ގެސްޓްހައުސް އަދި ފަތުރުވެރިން ބައިތިއްބާ އުޅަނދުފަހަރުގެ ހިިދުމަތްތަކުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ އަގުގެ އިތުރުން، އެހެން އަގެއް ނަގާނަމަ، އެ ހިިދުމަތެއް ދިނުމުގެ ކުރިން، އެ ކަމެއްގެ ތަފުސީލު، ދަތުރު ރާވައި ހިިދުމަތް ދޭ ފަރާތުން ފަތުރުވެރިޔާއަށް ދޭންވާނެއެވެ.

(ށ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތަކުން ވިއްކާ، ރިޒޯޓް، ހޮޓެލް، ޔޮޓް މެރީނާ، ގެސްޓްހައުސް އަދި ފަތުރުވެރިން ބައިތިއްބާ އުޅަނދުފަހަރުގެ ހިިދުމަތްތަކުގެ އަގުތައް ހަމަޖެހިފައިވާ ގޮތް އެނގޭނެ ލިސްޓެއް، ހިިދުމަތް ލިބިގަންނަ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފެންނާނެ ގޮތަކަށް ށަާއިއު ކުރެވިފައި ހުންނާންވާނެއެވެ.

 

18 ވަނަ މާއްދާ - ހިިދުމަތްތަކާ ބެހޭ މައުލޫމާތު

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތްތަކުން އެއްވެސް ހިިދުމަތެއް ދޭންވާނީ، އެ ހިިދުމަތް ލިބިގަންނަ ފަރާތުގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތްތަކާއި، ޓޫރިސްޓް ހިިދުމަތް ދޭ ފަރާތްތަކުން ދޭ ހިިދުމަތްތަކުގެ މައުލޫމާތު އާންމުކޮށް ށަާއިއުކުރުމަށްފަހު އެ ހިިދުމަތެއް ހުއްޓައިލައިފިނަމަ، ނުވަތަ ބަދަލެއް ގެނެސްފިނަމަ، ނުވަތަ މެދުކަނޑައިލައިފިނަމަ، އެ ހިިދުމަތެއް ށަާއިއުކުރި ޕްލެޓްފޯމަކުން އެކަން އެނގެން އޮންނާންވާނެއެވެ.

 

19 ވަނަ މާއްދާ - ރިޒަވޭށަަން އެއްބަސްވުން

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތަކުން ރިޒޯޓް، ހޮޓާ، ޔޮޓްމެރީނާ، ގެސްޓްހައުސް، ނުވަތަ ޓޫރިސްޓް އުޅަނދަކުން ދޭ ހިިދުމަތްތައް ވިއްކުމުގެ ކުރިން އެ ހިިދުމަތް ފޯރުކޮށްދޭ ފަރާތާއެކު، ތިރީގައިވާ ކަންތައްތައް ހިމެނޭ ގޮތަށް އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

  1. ރިޒަވޭށަަން ކޮންފާމް ކުރާނެ ގޮތް؛
  2. ފައިސާ ދައްކާނެ ގޮތާއި މުއްދަތު؛
  3. ކެންސަލްކުރާނެ ގޮތާއި މުއްދަތު؛
  4. ރިޒަވޭށަަން ބަދަލުކޮށްފިނަމަ، ނުވަތަ ބާތިިލު ކޮށްފިނަމަ ހަދާނެ ގޮތް؛
  5. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ހިިލާފަށް ހިިދުމަތް ދޭ ފަރާތުން ރިޒަވޭށަަން ކެންސަލްކޮށްފިނަމަ، ޓޫރިސްޓަކަށް އެކަމުން ދިމާވާ ދަތި ކަންތައްތަކުގެ ޒިންމާ އެ ހިިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވި ފަރާތުން އުފުލާންވާނެކަމާއި، އެކަމުގައި އަމަލުކުރާނެ ގޮތް؛
  6. ރިޒަވޭށަަން ހަދާ ފަރާތެއްގެ ސަބަބުން، ނުވަތަ ފަތުރުވެރިކަމުގެ ހިިދުމަތް ދޭ ތަނަކުން އެއްބަސްވުމާ (ކެންސަލޭށަަން ޕޮލިސީ) ހިިލާފަށް ރިޒަވޭށަަން ކެންސަލްކޮށްފިނަމަ، ދަތުރު ރާވައި ހިިދުމަތް ދޭ ފަރާތް މެދުވެރިކޮށް އަންނަ ފަތުރުވެރިންނަށް ބަދަލު ދޭނެ ގޮތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ރިޒަވޭށަަން ކޮންފާމް ކުރުމަށްފަހު، އެއްބަސްވެފައިވާ ގޮތް ނޫން ގޮތަކަށް ރިޒަވޭށަަނެއް ކެންސަލްވެގެން ޓޫރިސްޓަކަށް ދިމާވާ ދަތި ކަންތައްތަކަކީ ނުވަތަ ލިބޭ ގެއްލުމަކީ، ރިޒަވޭށަަން ކޮންފާމްކޮށްދޭ ފަރާތުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމުގައި ވާނަމަ، އެކަމުގެ ޒިންމާ އުފުލައި، އެކަމުގެ ސަބަބުން ޓޫރިސްޓަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، އެކަމުގެ ހެކި ހުށަހެޅުމުން، އެ ގެއްލުމުގެ ބަދަލު، ރިޒަވޭށަަން ކޮންފާމް ކޮށްދޭ ފަރާތުން ޓޫރިސްޓަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ދަތުރު ރާވައި، ހިންގުމުގެ ހިިދުމަތް ދޭ ފަރާތުން ރިޒޯޓް، ހޮޓެލް، ޔޮޓްމެރީނާ، ގެސްޓްހައުސް އަދި ފަތުރުވެރިން ބައިތިއްބާ އުޅަނދުފަހަރަށް ހަދައިފައިވާ ރިޒަވޭށަަނެއް އެއްބަސްވެފައިވާ ގޮތާ ހިިލާފަށް ކެންސަލްކޮށްފައިވަނީ ރިޒޯޓް، ހޮޓެލް، ޔޮޓްމެރީނާ، ގެސްޓްހައުސް ނުވަތަ ފަތުރުވެރިން ބައިތިއްބާ އުޅަނދަން ކަމަށް ވާނަމަ، އެކަމުގެ ސަބަބުން ޓޫރިސްޓަކަށް ދިމާވާ ދަތި ކަންތައްތަކަށް ނުވަތަ ލިބޭ ގެއްލުމަކަށް އެ ފަރާތަކުން ޒިންމާ އުފުލައި، އެކަމުގެ ސަބަބުން ޓޫރިސްޓަށް މާލީ ގެއްލުމެއް ލިބިފައިވާނަމަ، އެކަމުގެ ހެކި ހުށަހެޅުމުން، އެ ގެއްލުމުގެ ބަދަލު އެ ފަރާތަކުން ޓޫރިސްޓަށް ދޭންވާނެއެވެ.

 

20 ވަނަ މާއްދާ - އެއަރޕޯޓުގައި ބައިތިއްބާ މުވައްޒަފުން

(ހ) ދަތުރު ރާވައި، ހިންގުމުގެ ހިިދުމަތް ދޭ ފަރާތަކުން އެއާޕޯޓަށް ފޮނުވާ މީހުންނަކީ އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އެނގޭ ދިވެހީން ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީގެ ހިާއްސަ ހުއްދަޔަކާއެކު އެހެން ގައުމުތަކުގެ ފަރާތްތަކަށް ވެސް ދަތުރު ރާވައި، ހިންގުމުގެ ހިިދުމަތް ދޭ ފަރާތެއްގެ މަންދޫބެއްގެ ގޮތުގައި އެއާޕޯޓުގައި މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ހުއްދައަށް އެދޭނީ، މިނިސްޓްރީން ކަނޑައަޅާ ނަމޫނާ ފޯމަކުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަންތަނުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަކީ (އެއާޕޯޓުގައި މަސައްކަތްކުރާ މަންދޫބުން ވެސް ހިމެނޭގޮތަށް) ބިދޭސީ މުވައްޒަފުންނާ ގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ވާރކް ވީސާ ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

(ރ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަންތަނުގެ ފަރާތުން އެއަރޕޯޓުގައި  މަސައްކަތްކުރާ މުވައްޒަފުން ތިބެންވާނީ، އެ ފަރާތެއް ނިސްބަތްވާ، ނުވަތަ އެ ފަރާތުގެ ވަޒީފާ އަދާކުރާ ތަން ރަމްޒުކޮށްދޭ ޔުނިފޯމުގައެވެ. މިފަދަ މީހުންގެ އަތުގައި އެ މީހަކު މަސައްކަތްކުރާ، ދަތުރު ރާވައި ހިންގާ ފަރާތުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ، ފޮޓޯ ޖެހި ކާޑެއް އޮންނާންޖެހޭނެއެވެ. މި ކާޑުގައި، އެ މީހެއްގެ ނަމާއި، ދަތުރު ރާވައި ހިންގުމުގެ ހިިދުމަތްދޭ ފަރާތުގެ ނަމާއި، އެފަރާތުގެ ތަފުސީލު ހިމަނާން ވާނެއެވެ. މި ކާޑު ދީފައިވާ މީހަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެ މީހެއްގެ ކާޑު ބާތިިލު ކުރާންވާނެއެވެ. އަދި، މުވައްޒަފުގެ މަސައްކަތު ގަޑީގައި އެ ފަރާތެއްގެ ކާޑު އެހެން މީހުންނަށް ފެންނާން ހުންނާންވާނެއެވެ.

 

21 ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން

ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަންތަނުން ވަޒީފާ ދިނުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި، އެނޫންވެސް މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތަކުގައި އަމަލުކުރާންވާނީ، ގާނޫނު ނަންބަރު 2008/2  (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

22 ވަނަ މާއްދާ - ހިިދުމަތުގެ ފެންވަރު ބެލުމުގެ އިހިްތިޔާރު

(ހ) މި ގަވާއިދުގެ ދަށުން ދަތުރު ރާވައި ހިންގުމުގެ ހުއްދަ ދީފައިވާ ތަންތަނުން ހިިދުމަތް ދެމުންގެންދަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމުގެ އިހިްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ދަތުރު ރާވައި ހިންގުމުގެ ހުއްދަ ދީފައިވާ ތަނުން ދޭ ހިިދުމަތްތައް ބެލުން؛
  2. ދަތުރު ރާވައި ހިންގުމުގެ ހުއްދަ ދީފައިވާ ތަނުން ކުރާ މަސައްކަތްތަކާއި، އެ ތަނާ ގުޅޭ އެހެނިހެން މައުލޫމާތު ހޯދުން؛
  3. އެ ތަނެއްގައި ހުރި ލިޔެކިޔުންތައް ހޯދުމަށް އެދުމާއި، ރެކޯޑުތައް ބެލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ރެކޯޑު ހޯދުމަށް މިނިސްޓްރީން އަންގާ އެންގުންތަކާ އެއްގޮތަށް، ދަތުރު ރާވައި ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން އަމަލުކުރާންވާނެއެވެ.

 

23 ވަނަ މާއްދާ - ގަވާއިދާ ހިިލާފުވުން

ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ، މި ގަވާއިދުގެ ދަށުން މަނާ ކަންކަމެވެ.

(ހ) ރަޖިސްޓަރީ ނުކުރާ ތަނެއް، ރަޖިސްޓަރީ ކުރި ތަނެއްގެ ގޮތުގައި އިސްތިހާރު ކުރުން.

(ށ) ވެބްސައިޓުގައި ނުވަތަ ށަާއިއުކުރާ ލިޔުންތަކުގައި ތެދު ނޫން މައުލޫމާތު ހިމެނުމާއި، ހިިދުމަތްތަކާ ގުޅޭގޮތުން ތެދު ނޫން މައުލޫމާތު އާންމުކުރުން.

(ނ) މިނިސްޓްރީގައި ރަޖިސްޓަރީ ނުކުރާ އެއްވެސް ތަނެއްގައި ޓޫރިސްޓުން ބޭތިއްބުން.

 

24 ވަނަ މާއްދާ - ޖޫރިމަނާ ކުރުމާއި ހުއްދަ ހިފެހެއްޓުން

(ހ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ތަނަކުން ދޭ ހިިދުމަތުގެ ފެންވަރު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ ދަށްވެއްޖެނަމަ، އެ ތަނެއް 1,000,000 (އެއްމިލިޔަން) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމާއި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ، އެ ކަމެއް އިސްލާހު ކުރަންދެން ހިފެހެއްޓުމުގެ އިހިްތިޔާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވެއެވެ.

(ށ) ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދޭ ފަރާތަކުން، ނުވަތަ މި ގަވާއިދުގެ ދަށުން ރެޕްރެޒެންޓޭޓިވްސް އޮފީސް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން މި ގަވާއިދާ ހިިލާފު ކަމެއް ކޮށްފިނަމަ، އަންނަނިވި ގޮތަށް ޖޫރިމަނާ ކުރުމުގެ އިހިްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިިލާފުވާ ފުރަތަމަ ފަހަރަށް 1,000 (އެއްހާސް( ރުފިޔާއާއި 30,000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  2. ގަވާއިދާ ހިިލާފުވާ ދެވަނަ ފަހަރަށް 10,000 (ދިހަހާސް) ރުފިޔާއާއި 60,000 (ފަސްދޮޅަސް ހާސް (ރުފިޔާއާ ދެމެދުގެ އަދަދަކުނ ޖޫރިމަނާ ކުރުން؛
  3. ގަވާއިދާ ހިިލާފުވާ ތިންވަނަ ފަހަރަށް 30,000 (ތިރީސް ހާސް( ރުފިޔާއާއި 100,000 (އެއްލައްކަ (ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  4. ތިން ފަހަރަށްވުރެ ގިނައިން އެއްކަމެއްގައި ގަވާއިދާ ހިިލާފުވެއްޖެނަމަ،    ގަވާއިދާ ހިިލާފުވާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ނ) މި ގަވާއިދާ ހިިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ފަރާތަކުން ކޮށްފައިވާ ކަމަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއް ނަމަ، އެ ކަމެއް ތަހުގީީގު ކުރުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާންވާނެއެވެ. އަދި އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިނަމަ، ދައުވާ ކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގޮތެއް ކަނޑައެޅުމާ ހަމައަށް އެ ތަނެއް ހިންގުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓޭނެއެވެ. އަދި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިނަމަ، ށަަރީއަތް ނިމެންދެން އެ ތަން ހިންގުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން ދައުވާ އުފުލައިފައިވާ މައްސަލައެއް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމް ކޮށްފިނަމަ، ހިިދުމަތް ދޭ ފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާތިިލު ކުރެވޭނެއެވެ.

(ބ) މި ގަވާއިދުގެ 20 ވަނަ މާއްދާއާ ހިިލާފުވާ ފަރާތްތައް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށަާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 30 ނޮވެންބަރު 2006 ގައި އަމަލުކުރަން ފެށުނު، "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމާބެހޭ ގަވާއިދު" އުވުނީއެވެ.

 

 

 

 

އުވުނު ގަވާއިދު

30 ނޮވެންބަރު 2006 ގައި އަމަލުކުރަން ފެށުނު، "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިިދުމަތް ދިނުމާބެހޭ ގަވާއިދު" (އަދި ނުހިމެނި)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު