-

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2012-05)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކޮށް، ދެން ހުރި މާއްދާތައް ތަރުތީބުކުރުން.

39. އެހެނިހެން ކަންތައްތައް

ޓޫރިސްޓް ރިޒޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޔޮޓް މެރީނާތަކާއި  އަދި ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
(ހ) ޓޫރިސްޓް ރިޒޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޔޮޓް މެރީނާތަކާއި އަދި ޓޫރިސްޓް ގެސްޓް ހައުސްތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސް ގަބޫލުކުރާ މިންގަނޑުތަކެއްގެ މައްޗަށް އެކަށައެޅޭ ސެކިއުރިޓީ ނިޒާމެއް، މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުކުރަންވާނެއެވެ. މިގޮތުން އެކުލަވާލާ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ނިޒާމު ކޮންމެ 2 (ދޭއް) އަހަރުން 1 (އެކެއް) ފަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީން ބަލައި ފާސްކުރަންވާނެއެވެ.


2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު