ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ދިވެހިސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ----ސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދު (ގަވާޢިދު ނަންބަރު 44/2021)

0 occurrences found.

ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ދިވެހިސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހިސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދު

(ގަވާއިިދު ނަންބަރު 44/2021)

 

1 ވަނަ މާއްދާ - ތައިާރުފު

މިއީ، ދިވެހި ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތައް. ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީީކުރުމަށްޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ސަރުކާރު ހިއްސާވާ ގޮތަށް އުފެއްދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި

މި ގަވާއިދުގެ ބޭނުމަށްޓަކައި، ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތައް، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީީކުރުމަށްޓަކައި، ސަރުކާރުގެ ހިއްސާ ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތައް ކަމުގައި ބަލާނީ، ތިރީގައި ބަޔާންކުރެވިފައިވާ ށަރުޠުތައް ފުރިހަމަވާ ކުންފުނިތައް އެކަންޏެވެ.

(ހ)  އެ ކުންފުންޏަކީ، ގާނޫނު ނަންބަރު 35/2020 (ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްްލާހްު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަންފެށުމުގެ ކުރިން އުފެއްދިފައިވާ ކުންފުންޏެއް ކަމުގައިވުން؛

(ށ)  އެ ކުންފުންޏަކީ، އެ ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސްމާލުގެ ތެރެއިން އަގު އަދާކޮށްފައިވާ ހިއްސާގެ އެއްވެސް މިންވަރެއް ދިވެހިސަރުކާރުގެ އިތުރުން، ތިންވަނަ އަމިއްލަ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ކަމުގައިވުން؛ އަދި

(ނ)  އެ ކުންފުންޏަކީ، އެ ކުންފުނީގެ އަސާސީ ގަވާއިދާއި އަދި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި އެ ކުންފުނި އުފެއްދުމުގެ މަގީްސްަދުގެ ގޮތުގައި ހަމައެކަނި ޓޫރިސްޓް ރިޒޯޓު ތަރައްގީީކޮށް ހިންގުން ކަމަށް ބަޔާންކޮށްފައިވާ ކުންފުންޏެއް ކަމުގައިވުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ލާޒިމުވާ ހާލަތް

(ހ) ސަރުކާރުގެ ފަރާތުން މި ގަވާއިދަށް އަމަލުކުރުން ލާޒިމުވާނީ ހަމައެކަނި ކުންފުނީގައި އެކުލެވިގެންވާ ސަރުކާރުގެ ހިއްސާ، ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ދެން ތިބި އަމިއްލަ ހިއްސާދާރުންނަށް ވިއްކާލެވޭ ހާލަތުގައި އެކަންޏެވެ.

(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ސަރުކާރުގެ ހިއްސާ އެކުލެވޭ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ އަމިއްލަ ހިއްސާދާރުން ފިޔަވައި އެނޫން އެއްވެސް ތިންވަނަ ފަރާތަކަށް ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ހާލަތުގައި މި ގަވާއިދަށް އަމަލުކުރަން ސަރުކާރުގެ މައްޗަށް ލާޒިމުވެގެން ނުވެއެވެ.

 

4 ވަނަ މާއްދާ - ހިއްސާ ވިއްކާލުމަށް ނިންމުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ އެ ކުންފުންޏެއްގައި ހިމެނޭ އަމިއްލަ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމަށް ނިންމާނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފިނޭންސެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސުގެ ނިންމެވުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑާ ހިއްސާކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ހިއްސާ ވިއްކާލުމުގެ މުއިާމަލާތް ކުރިއަށްގެންދާ ފަރާތް

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ހިއްސާ، އެ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދަރަކަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމަށް ނިންމާ ނިންމުމަށްފަހު، އެ މުއިާމަލާތާ ގުޅޭ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގައި ބަޔާންކުރެވިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.

 

6 ވަނަ މާއްދާ - ހިއްސާގެ އަގު ކަނޑައެޅުން

މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ އަގު ކަނޑައަޅާނީ، ރިޒޯޓު ތަރައްގީީކުރުމުގެ ގޮތުން އެ ކުންފުންޏަކަށް ކުއްޔަށް ދޫކުރެވިފައިވާ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގު ކުރުމަށްފަހު ޖެހޭ އަދަދަށްވާ މިންވަރަށެވެ.

މިސާލު: ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ބޮޑުމިނަކީ 1000 އަކަމީޓަރުކަމަށް ވެފައި، ސަރުކާރުގެ ހިއްސާއަކީ %10 ކަމުގައިވާނަމަ، އަގު ކަނޑައަޅާނީ މިގޮތަށެވެ.

USD50,000.00=USD5.00X10X1000

 

7 ވަނަ މާއްދާ - ހިއްސާ ވިއްކާލުމުގެ އެއްބަސްވުން އޮންނަންވީ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ މުއިާމަލާތް ކުރިއަށް ގެންދަންވާނީ، ސަރުކާރާއި، ހިއްސާ ގަންނަ ހިއްސާދާރު ނުވަތަ ހިއްސާދާރުންގެ ދެމެދުގައި ލިޔުމުން ވެވޭ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި އަންނަނިވި ށަރުޠުތައް ހިމަނަން ވާނެއެވެ.

  1. ވިއްކާލެވޭ ހިއްސާގެ މިންވަރު؛
  2. ވިއްކާލެވޭ ހިއްސާގެ އަގު އަދާކުރާނޭ ގޮތުގެ ތަފުސީލު؛
  3. ވިއްކާލެވޭ ހިއްސާގެ އަގު އަދާކޮށް ނިންމުމަށް ކަނޑައެޅޭ މުއްދަތު؛

(ނ) ސަރުކާރުގެ ފަރާތުން ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ މިނިސްޓަރެވެ.

 

8 ވަނަ މާއްދާ - އަގު އަދާކުރުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ފަރާތުން ވިއްކާލާ ހިއްސާއަށް ކަނޑައެޅޭ އަގު، ހިއްސާ ގަންނަ ފަރާތުން އެއްފަހަރާ ދައްކައި އަގު އަދާކުރާ ގޮތަށް ނުވަތަ ހިއްސާ ވިއްކާލުމުގެ އެއްބަސްވުމުގައި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ދައްކައި ހަަލާސްްކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަގު އަދާކުރުމަށް ދެވޭނޭ އެންމެ ދިގު މުއްދަތަކީ  18 (އަށާރަ) މަސްދުވަހެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ ފަރާތުން ވިއްކާލާ ހިއްސާއަށް ކަނޑައެޅޭ އަގު، ހިއްސާ ގަންނަ ފަރާތުން އަދާކޮށް ހަަލާސްްކުރާ ތާރީހަުން ފެށިގެން ގިނަވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި، ހިއްސާ ބަދަލުކުރުމާ ގުޅޭގޮތުން ކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - ގީަވާއިދަށް އަމަލުކުރަންފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާާއިއިުކުރެވޭ ތާރީހަުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކުރެވިފައި ނުވާހައި ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިިބާރާތްތަކަށް ދެވިފައިވާނީ ތިރީގައި ބަޔާންކުރެވިފައިވާ މާނަކުރުންތަކެވެ.

(ހ) 'މިނިސްޓަރު' ކަމަށް ބަޔާންކުރެވިފައި އެވަނީ، މިނިސްޓަރ އޮފް ފިނޭންސަށެވެ.

(ށ) 'ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު' ކަމަށް ބަޔާންކުރެވިފައި އެވަނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގެ ދަށުން އުފެއްދިފައިވާ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށެވެ.

(ނ) 'އަމިއްލަ ހިއްސާދާރު' ކަމަށް ބަޔާންކުރެވިފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގައި ސަރުކާރުގެ އިތުރުން ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ، ސަރުކާރާ ގުޅުމެއްނެތް، ޠަބީއިީ އަދި ގާނޫނީ ށަހްސްުތައް ހިމެނޭ ގޮތުން، އެންމެހައި ހިއްސާދާރުންނަށެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com