ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-154)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ޑިސެމްބަރު 2023 ގައި)
ބާބު 1
އާންމު ބައި
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހުއްދަ ހޯދައިގެން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ސައިޓް ޕްލޭނުގައި ހިމެނޭ ކޮޓަރި ނުވަތަ ވިލާ، ސްޓްރާޓާ އުސޫލުން އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 7-16 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އެވެ.
2 ވަަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުން
(ހ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުގައި ހިމެނޭ، އެ ރިޒޯޓުގައި އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާއާއި، އެޕާޓްމަންޓާއި އެ ފަދަ ތަންތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ހިމެނޭ ގޮތަށް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމުގެ ހައްގު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ލިބިދެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ލިބިގެންވަނީ، އަންނަނިވި ފަރާތްތަކަށެވެ.
- ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތް؛
- ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޓޫރިސްޓް ރިޒޯޓެއްގެ ކުލީގެ އެއްބަސްވުން އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ (ސަބްލީސް ކޮށްފައިވާނަމަ)، އެ ފަރާތް (ސަބްލީސްގެ ވެރިފަރާތް)؛
- އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއް ކުއްޔަށް ހިފައިފައިވާ ޑިވެލޮޕަރ؛
- އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރަށެއް ކުއްޔަށް ހިފައިފައިވާ ޑިވެލޮޕަރއަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ (ސަބްލީސް ކޮށްފައިވާނަމަ)، އެ ފަރާތް (ސަބްލީސްގެ ވެރިފަރާތް)؛
- އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ގާއިމުކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓެއްގެ ބިން ކުއްޔަށް ހިފައިފައިވާ ފަރާތް.
3 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި ރަޖިސްޓަރީ ކުރުން
(ހ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ގަސްތުކުރާ ވިލާ ނުވަތަ ކޮޓަރި، އެ ވިލާއެއް ނުވަތަ އެ ކޮޓަރިއެއް ކުއްޔަށް ދޫކުރާ ފަރާތުން އެ ތަނެއް ކުއްޔަށް ދިނުމުގެ ކުރިން، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓަރީކޮށްދެވޭނީ، މި ގަވާއިދުގައި އެ ފަދަ ތަނެއްގައި ހުންނަންޖެހޭކަމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަވާ ތަންތަނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދިނުމަށް ތަނެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރާ "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދިނުމަށް އެދޭ ފޯމު" އާއެކު، އަންނަނިވި ލިޔެކިޔުންތަކެވެ.
- ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅާ ތަން ނުވަތަ ތަނުގެ ބައުންޑަރީ ފާހަގަކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭން؛
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ރަހުނުކޮށްފައިވާނަމަ، ރަހުނުކޮށްފައިވާ މާލީ އިދާރާއަކުން އެ ރިޒޯޓުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާމެދު އިއުތިރާޒު ނުކުރާކަން ބަޔާންކޮށްދޭ ލިޔުމެއް؛
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ، ކުއްޔަށްދިން ފަރާތުން ނުވަތަ ފަރާތްތަކުން އެ ރިޒޯޓުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާމެދު އިއުތިރާޒުނުކުރާކަން ބަޔާންކޮށްދޭ ލިޔުމެއް؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އެކުލަވައިލުމަށް މި ގަވާއިދާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކުލީގެ އެއްބަސްވުމުގެ ދެލިކޮޕީ؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އެކުލަވައިލުމަށް މި ގަވާއިދާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް އެއްބަސްވުމުގެ ދެލިކޮޕީ.
(ރ) އެ ރިޒޯޓެއް ކުއްޔަށް ހިފައިފައިވާ ފަރާތުން އެ ރިޒޯޓު އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް (ސަބްލީސް ކުރުމަށް) ހަދައިފައިވާ އެއްބަސްވުމުގައި އެ ރިޒޯޓުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިދީފައިވާނަމަ، މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައިވާ ލިޔުމުގެ ބަދަލުގައި ސަބްލީސް އެއްބަސްވުން ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ތަނެއް ރަޖިސްޓަރީކުރުމުގެ ފީއެއްގެގޮތުގައި އެ ތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ތަނެއް ކުއްޔަށް ދިނުމަށް ރަޖިސްޓަރީ ކުރެވުނު ކަމުގައި ބެލެވޭނީ، މިނިސްޓްރީން އެކަން ބަޔާންކޮށް ރަޖިސްޓްރޭށަން ސެޓިފިކެޓެއް ދޫކުރުމުންނެވެ. މި ސެޓުފިކެޓުގައި، މި ގަވާއިދު 4 ވަނަ މާއްދާގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
4 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ރަޖިސްޓަރީކުރާ ތަންތަނުގެ ދަފުތަރު ބެލެހެއްޓުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކުރާ ތަންތަނުގެ ދަފުތަރެއް މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދޭ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާ ގުޅޭ އަންނަނިވި މައުލޫމާތު؛
1.1 ރަށެއް ނަމަ، ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއް ނަމަ ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން އަދި ފަޅެއް ނަމަ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް.
1.2 ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދީފައިވާ ތާރީހު.
1.3 ކުލީގެ އެއްބަސްވުމުގެ މުއްދަތު. - ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ވިލާ ނުވަތަ ކޮޓަރި ހިމެނޭ ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމުގެ ބޭނުމަށް، އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފައިފައިވާ ފަރާތާ ގުޅޭ އަންނަނިވި މައުލޫމާތު؛
2.1 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ނަން.
2.2 ކުއްޔަށް ހިފައިފައިވާ ފަރާތަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއްނަމަ، އެ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު.
2.3 ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް.
2.4 ގުޅޭނެ ފޯނު ނަންބަރު.
2.5 އީމެއިލް އެޑްރެސް. - ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ވިލާ ނުވަތަ ކޮޓަރި ހިމެނޭ ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމުގެ ބޭނުމަށް، އެ ރަށް ނުވަތަ އެ ބިން ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ ފަރާތަށް އެ ރިޒޯޓާ ގުޅޭގޮތުން ލިބިގެންވާ ހައްގުތައް އެހެން ފަރާތަކަށް ކުއްޔަށްދީފައިވާނަމަ (ސަބްލީސްކޮށްފައިވާނަމަ)، އެ ފަރާތާ (ސަބްލީސްގެ ވެރިފަރާތާ) ގުޅޭ އަންނަނިވި މައުލޫމާތު؛
3.1 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ނަން.
3.2 ކުއްޔަށް ހިފައިފައިވާ ފަރާތަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއްނަމަ، އެ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު.
3.3 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ އެޑްރެސް.
3.4 ކުއްޔަށް ހިފައިފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު.
3.5 ކުއްޔަށް ހިފައިފައިވާ ފަރާތުގެ އީމެއިލް އެޑްރެސް.
3.6 ކުއްޔަށް ދޫކޮށްފައިވާ ތާރީހު.
3.7 ކުއްޔަށް ދޫކޮށްފައިވާ މުއްދަތު. - ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ވިލާ ނުވަތަ ކޮޓަރި ހިމެނޭ ޓޫރިސްޓް ރިޒޯޓަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހިންގާ ވަކި ވިޔަފާރިއެއްނަމަ، އެ ޓޫރިސްޓް ރިޒޯޓާ ގުޅޭ އަންނަނިވި މައުލޫމާތު؛
4.1 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ނަން.
4.2 ކުއްޔަށް ހިފައިފައިވާ ފަރާތަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއްނަމަ، އެ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު.
4.3 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ އެޑްރެސް.
4.4 ކުއްޔަށް ހިފައިފައިވާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު.
4.5 ކުއްޔަށް ހިފައިފައިވާ ފަރާތުގެ އީމެއިލް އެޑްރެސް.
4.6 ކުއްޔަށް ދޫކޮށްފައިވާ ތާރީހު.
4.7 ކުއްޔަށް ދޫކޮށްފައިވާ މުއްދަތު. - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ވިލާ ނުވަތަ ކޮޓަރި ފާހަގަކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭން؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ވިލާއަށް ނުވަތަ ކޮޓަރިއަށް މިނިސްޓްރީން ކަނޑައަޅާ ރަޖިސްޓަރީ ނަންބަރު.
(ނ) މި މާއްދާގެ (ށ) ގައިވާ މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެ ބަދަލު ގެނެވޭތ،ާ ސަރުކާރު ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެކަން އެންގުމަކީ އެ ބަދަލެއް ގެންނަ ފަރާތުގެ ޒިންމާއެކެވެ.
(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މައުލޫމާތު ދަފުތަރު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ބާބު: 2
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާ ގައި ނުވަތަ ކޮޓަރީގައި ހުންނަންޖެހޭ މިންގަނޑުތަކާއި ށަރުތުތައް
5 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވޭނެ ތަންތަން
(ހ) މި ގަވާއިދުގެ ދަށުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭނީ، އަންނަނިވި ގިންތިތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިމެނޭ ވަކި ވިލާ؛
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިމެނޭ ވަކި ކޮޓަރި؛
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކޮށްފައިވާ އިމާރާތެއްގައި ހިމެނޭ ވަކި ކޮޓަރި؛
- ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކޮށްފައިވާ އިމާރާތެއްގައި ހިމެނޭ ވަކި އެޕާޓްމަންޓް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތެރެއިން މޫދުގައި އަޅައިފައިވާ އިމާރާތްތައް ވެސ،ް ސްޓްރާޓާ އުސޫލުން ކުއްޔަށް ދެވިދާނެއެވެ.
(ނ) ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުގެ ހިންގުމަށާއި އެ ތަނަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދޭ ހިދުމަތްތަކަށް ދަތިނުވާނޭހެން، ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއަކަށް، ނުވަތަ ކޮޓަރިއަކަށް، ނުވަތަ އެޕާޓްމަންޓަކަށް ހާއްސަކޮށްގެން އެ ތަނެއް ކުއްޔަށް ހިފައިފައިވާފަރާތަކަށް އެކަނި ބޭނުންކުރެވޭނެ ބިމުގެ ސަރަހައްދެއް ނުވަތަ ފަޅުގެ ސަރަހައްދެއް ކަނޑައަޅައި، ވިލާއާއެކު ނުވަތަ ކޮޓަރިއާއެކު ނުވަތަ އެޕާޓްމަންޓާއެކު ކުއްޔަށް ދެވިދާނެއެވެ.
(ރ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިއޮތްނަމަވެސ،ް ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި އިމާރާތްކުރަން ފެށުމުގެ ކުރިން ނުވަތަ އިމާރާތް ކުރަމުންދާއިރު،މި ގަވާއިދުގެ ދަށުން ދިގު މުއްދަތަށް ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ވިއްކުމަށް ކަނޑައަޅައިފައިވާ ށަރުތުތަކާ އިޖުރާއަތްތައް ފުރިހަމަކުރުމާއެކު، އެ ރިޒޯޓެއްގައި ގާއިމުކުރުމަށް ކަނޑައަޅައިފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް ނުވަތަ އެޕާޓްމަންޓެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް އެކުލަވައިލައި، އެ ތަނެއް ކުއްޔަށް ދިނުމަށް އަގެއް ނެގުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
6 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވޭ ވަކިވަކި ވިލާ
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދެވޭ ވަކިވަކި ވިލާގެ ގޮތުގައި ބެލެވޭނީ، ރިޒޯޓުގެ އެހެން އިމާރާތްތަކާ ވަކިން އިމާރާތްކޮށް ވަކިން ވަދެ ނުކުމެވޭގޮތަށް ހަދައިފައިވާ، ނިދުމަށް 1 (އެކެއް) ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ގޮތަށް 1 (އެކެއް) އާއިލާއަކަށް ނުވަތަ ގްރޫޕަކަށް ބޭނުންކުރެވޭ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަން ތަން ސްޓްރާޓާ އުސޫލުން ކުއްޔަށް ދެވޭނީ،އަންނަނިވި މިންގަނޑުތަކާއި ށަރުތުތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
- ވިލާގެ ބިން ނުވަތަ ފަޅުގެ ސަރަހައްދު ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުން ފާހަގަކޮށްފައިވުން؛
- ވިލާގެ ކޮންމެ ނިދާ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭގޮތަށް ފާހާނާއެއް ހުރުން؛
- ވިލާތަކުގައި ނިދާ ކޮޓަރިތަކުގެ އިތުރުން، އެ ވިލާގައި ތިބޭ ފަރާތްތަކުން ބޭނުންކުރާނެ އާންމު ކޮޓަރިއެއް ހުރުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން، ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަދި މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއް ކަމުގައިވުން.
(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ވަކިވަކި ވިލާ ކުއްޔަށް ދޫކުރަންވާނީ، 1 (އެކެއް) ފަރާތަށެވެ.
7 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރެވޭ ވަކިވަކި ކޮޓަރި
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދެވޭ ވަކިވަކި ކޮޓަރީގެ ގޮތުގައި ބެލެވޭނީ، ރިޒޯޓުގެ އެހެން އިމާރާތްތަކާ ވަކިން އިމާރާތްކޮށް، ވަކިން ވަދެ ނުކުމެވޭ ގޮތަށް ހަދައިފައިވާ ގެސްޓް ކޮޓަރިއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަންތަން ސްޓްރާޓާ އުސޫލުން ކުއްޔަށް ދެވޭނީ، އަންނަނިވި މިންގަނޑުތަކާއި ށަރުތުތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
- ވަކި ކޮޓަރީގެ ބިމުގެ ސަރަހައްދު ނުވަތަ ފަޅުގެ ސަރަހައްދު،ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުން ފާހަގަކޮށްފައިވުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން، ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަދި މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއްކަމުގައި ވުން.
(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ވަކިވަކި ކޮޓަރި ކުއްޔަށް ދޫކުރަންވާނީ، 1 (އެކެއް) ފަރާތަށެވެ.
8 ވަނަ މާއްދާ - އެއް އިމާރާތުގައި ހިމެނޭ ވަކި ކޮޓަރި
(ހ) އެއް އިމާރާތުގައި ހިމެނޭ ވަކި ކޮޓަރީގެ ގޮތުގައި ބަލާނީ، އެއްބުރި ނުވަތަ އެއަށްވުރެ އުސްކޮށް، މަދުވެގެން 2 (ދޭއް) ޔުނިޓު ހިމެނޭގޮތަށް އިމާރާތްކޮށްފައި ހުންނަ ތަންތަނުގައި ހަދައިފައިވާ ވަކި ގެސްޓް ކޮޓަރިއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަންތަން ސްޓްރާޓާ އުސޫލުން ކުއްޔަށް ދެވޭނީ،އަންނަނިވި މިންގަނޑުތަކާއި ށަރުތުތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
- ކޮޓަރި ހިމެނޭ އިމާރާތާއި އިމާރާތުގެ ބިން ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުން ފާހަގަކޮށްފައިވުމާއެކު، ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަން ވަކިކޮށް އިމާރާތުގެ ސައިޓް ޕްލޭން ތައްޔާރުކޮށްފައިވުން؛
- ބިމުން ފެށިގެން އެއްބުރިއަށް ނުވަތަ އެއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވިގެން، އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަނާއި ވަސީލަތްތައް ވަކިވަކި ބައިތަކެއްގެ ގޮތުގައި ފަރުމާކޮށްފައިވާ އިމާރާތެއް ކަމުގައި ވުން؛
- އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގައްޔާއި އާންމު ތަންތަނުގައި އަސާސީ ހިދުމަތްތައް ވަކިން ގާއިމުކޮށްފައި ހުރުން؛
- އިމާރާތަށާއި އެ ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކަށް، އެއް ޔުނިޓުން އަނެއް ޔުނިޓަށް އަސަރު ނުކުރާނޭހެން ވަދެ ނުކުމެވޭގޮތަށް ހުރުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން، ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަދި މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއް ކަމުގައިވުން.
(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ވަކިވަކި ކޮޓަރި ކުއްޔަށް ދޫކުރަންވާނީ، 1 (އެކެއް) ފަރާތަށެވެ.
9 ވަނަ މާއްދާ - އެއް އިމާރާތުގައި ހިމެނޭ ވަކި އެޕާޓްމަންޓް
(ހ) އެއް އިމާރާތުގައި ހިމެނޭ ވަކި އެޕާޓްމަންޓުގެ ގޮތުގައި ބަލާނީ، އެއްބުރި ނުވަތަ އެއަށްވުރެ އުސްކޮށް، މަދުވެގެން 2 (ދޭއް) ޔުނިޓު ހިމެނޭގޮތަށް އިމާރާތްކޮށްފައި ހުންނަ ތަންތަނުގައި ހަދައި ފައިވާ 1 (އެކެއް) ނިދާ ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ އެޕާޓްމަންޓެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ތަންތަން ސްޓްރާޓާ އުސޫލުން ކުއްޔަށް ދެވޭނީ،އަންނަނިވި މިންގަނޑުތަކާއި ށަރުތުތައް އެ ތަނެއްގައި ފުރިހަމަވާނަމައެވެ.
- އެޕާޓްމަންޓް ހިމެނޭ އިމާރާތާއި އިމާރާތުގެ ބިން ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުން ފާހަގަކޮށްފައިވުމާއެކު، ބިމާއި އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަން ވަކިކޮށް އިމާރާތުގެ ސައިޓް ޕްލޭން ތައްޔާރުކޮށްފައިވުން؛
- ބިމުން ފެށިގެން އެއްބުރިއަށް ނުވަތަ އެއަށްވުރެ ގިނަ ބުރީގެ މައްޗަށް އެކުލެވިގެން، އިމާރާތުގައި ހިމެނޭ ޔުނިޓުތަކާއި އާންމު ތަންތަނާއި ވަސީލަތްތައް ވަކިވަކި ބައިތަކެއްގެ ގޮތުގައި ފަރުމާކޮށްފައިވާ އިމާރާތެއް ކަމުގައި ވުން؛
- އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކުގައްޔާއި އާންމު ތަންތަނުގައި އަސާސީ ހިދުމަތްތައް ވަކިން ގާއިމުކޮށްފައިހުރުން؛
- އިމާރާތަށާއި، އެ ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތަކަށް، އެއް ޔުނިޓުން އަނެއް ޔުނިޓަށް އަސަރު ނުކުރާނޭހެން ވަދެ ނުކުމެވޭގޮތަށް ހުރުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން، ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަދި މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއް ކަމުގައި ވުން.
ބާބު: 3
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފާ ފަރާތަށް ލިބޭ ހައްގުތައް
10 ވަނަ މާއްދާ - ރަށަށް އަރައި ފޭބުމުގެ ހައްގު
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފާ ފަރާތަށް، ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވިލާއެއް ނުވަތަ އެ ކޮޓަރިއެއް އިމާރާތްކޮށްފައިވާ ޓޫރިސްޓް ރިޒޯޓަށް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަށް އަރައި ފޭބުމުގެ ހައްގު ލިބިގެންވެއެވެ.
11 ވަނަ މާއްދާ - އެއްވެސް ހުރަހަކާ ނުލައި ވިލާ ނުވަތަ ކޮޓަރި ބޭނުންކުރުމުގެ ހައްގު
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްހިފާ ފަރާތަށް، ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވިލާއެއް ނުވަތަ ކޮޓަރިއެއް ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި މޯގޭޖްކުރުމުގެ ހައްގު
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފާ ފަރާތަށް، އެ ފަރާތަކުން ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރިއާ ގުޅޭ ހައްގުތައް މޯގޭޖްކޮށް ލޯނު ނެގުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ މޯގޭޖްކުރުމުގެ ހައްގު ބޭނުންކޮށްގެން ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް މޯގޭޖްކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުގައެވެ.
13 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި ސަބްލީޒްކުރުން
(ހ) ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ވަކި ވިލާ ނުވަތަ ވަކި ކޮޓަރި ދިގު މުއްދަތަކަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ (ސަބްލީސް ކުރުމުގެ) ހައްގ،ު އެ ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިބިގެނެއް ނުވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް ގާއިމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓާއެކު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއެކު ހެދިފައިވާ މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން އެ ރިޒޯޓަކަށްނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް އަންނަ ފަތުރުވެރިންގެ ބޭނުމަށް ވިޔަފާރި އުސޫލުން އެ ވިލާ ނުވަތަ އެ ކޮޓަރި، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ހައްގު ލިބިފައިވާ ފަރާތުން ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
14 ވަނަ މާއްދާ - އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފާ ފަރާތަށް، އެ ފަރާތަކުން ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި ގާއިމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ގައި ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކޮށްފައިވާ އަސާސީ ހިދުމަތްތައް (ކަރަންޓު، ފެން، ކުނި ނައްތައިލުން ،މުއާސަލާތީ ހިދުމަތް)، މި ގަވާއިދާއި އެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވެވިފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ.
ބާބު: 4
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުންތައް
15 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް އެކުލަ ވައިލުން
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމަށް ޓަކައި އެ ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ފަރާތާއި، އެ ވިލާ ނުވަތަ އެ ކޮޓަރި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތާ ދެމެދު، އެ ވިލާ ކުއްޔަށް ދިނުމަށް ޓަކައި އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ އެއްބަސްވުމުގެ މުއްދަތ،ު އެ ވިލާ ނުވަތަ އެ ކޮޓަރި ތަރައްގީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތަށް، ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށްވުރެ އިތުރުވެގެން ނުވާނެއެވެ.
16 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމަށް އެކުލަވައިލާ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންތައްތައް
(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ މުއްދަތު؛
- ކޮންޓްރެކްޓުގެ މުއްދަތުގައި ހިމެނޭ ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގެ ހައްގު ލިބިދޭ ދުވަސްތަކުގެ ޖުމުލަ؛ އަދި އެ ދުވަސްތަކުގެ ޖުމުލަ އެ މީލާދީ އަހަރެއްގެ ތެރޭގައި ބަހައިލެވޭ ގޮތް ނުވަތަ އެ ކޮޓަރި ނުވަތަ އެ ވިލާ ބޭނުންކުރުމަށް މީލާދީ ކޮންމެ އަހަރެއްގައި ވެސް ވަކި ދުވަސްތަކެއް ދުރާ ލައި ކަނޑައަޅައިފައިވާނަމަ، އެ ދުވަސްތައް؛
- ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ އަގާއި، އަގު އަދާކުރާނެ ގޮތް؛
- އެއްބަސްވުން ނިސްބަތްވާ ކޮޓަރި ނުވަތަ ވިލާ ހުރި ރަށާއި، އެ ކޮޓަރި ނުވަތަ އެ ވިލާގެ ބޮޑުމިނާއި، އެ ތަނުގައި ލިބެންހުރި ހިދުމަތްތައް؛
- ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތަށް ލިބިގެންވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލާނަމަ ނުވަތަ ކުއްޔަށްދޭނަމަ، ނުވަތަ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާ ލުކުރާނަމަ އަމަލުކުރާނެ ގޮތް؛
- ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު، ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތައް؛
- ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި ކުއްޔަށްހިފާ ފަރާތަށް ލިބިދޭ ހައްގުތައް ދޫކޮށްލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ނަގުލުކުރާނަމަ ނުވަތަ އެ ހައްގުތައް އެހެން ފަރާތަކާ އެކްސްޗޭންޖްކުރާނަމަ އަމަލު ކުރަން ޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާތައް؛
- ކޮންޓްރެކްޓެއް ބާތިލުކުރާނަމަ އަމަލުކުރަންޖެހޭނެ އުސޫލާއި،ބާތިލުކުރުމަށް ނޯޓިސް ދޭންޖެހޭނަމަ އެ ނޯޓިސް ދޭންޖެހޭ އެންމެ ކުރު މުއްދަތާ ގުޅޭ އުސޫލާއި، އެ ކޮންޓްރެކްޓް ބާތިލުކުރުމާ ހަމަޔަށް ދައްކަންޖެހިފައިއޮތް ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭ އުސޫލާ ގުޅޭ މާއްދާތައް؛
- ރިޒޯޓު އަލުން ތަރައްގީކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް؛
- ވިލާއަށް ނުވަތަ ކޮޓަރިއަށް އަސާސީ ހިދުމަތްތައް (ކަރަންޓު، ފެން، ނަރުދަމާގެ ހިދުމަތ،ް ކުނި ނައްތައިލުން، މުއާސަލާތީ ހިދުމަތް) ފޯރުކޮށްދޭނެ އުސޫލާއި އަގުތައް؛
- ވިލާ ނުވަތަ ކޮޓަރި އެހެން ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ނުދެވޭނެކަން؛
- ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ އިތުރުން، މި ގަވާއިދާ އެއްގޮތަށް މެނޭޖްމަންޓް އެއްބަސްވުމެއް އެކުލަވައިލުން ލާޒިމުކުރުން؛
- ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި އިމާރާތްކުރަން ފެށުމުގެ ކުރިން ނުވަތަ އިމާރާތް ކުރަމުންދާއިރު، އެ ރިޒޯޓެއްގައި ގާއިމުކުރުމަށް ކަނޑައަޅައިފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދޫކުރާނަމަ، އެ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު އިމާރާތްކޮށް ނިންމައިފައި ހިންގަން ފެށުމަށް ކަނޑައަޅައިފައިވާ ތާރީހަށް ހިންގަން ނުފެށޭ ހާލަތުގައި އަމަލުކުރާނެ ގޮތާއި، ވިލާ ނުވަތަ ކޮޓަރި ނުވަތަ އެޕާޓްމަންޓް ކުއްޔަށް ހިފައިފައިވާ ފަރާތަށް ބަދަލު ލިބިދެވޭނެ ގޮތް؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވާ ހައްގާއި މަސްލަހަތ،ު ޓޫރިޒަމާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެހެން ފަރާތަކަށް ރަހުނުކުރުމުގައި ފުރިހަމަކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތުތައް.
- އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތައް؛
- ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރާނެ އުސޫލު.
(ށ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދިނުމަށް އެއްބަސްވާ އެއްބަސްވުމުގައި އެ ވިލާ ނުވަތަ އެ ކޮޓަރި ތަރައްގީކޮށްފައިވާ ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް ސަރުކާރާއެކު އެއްބަސް ވާ ކުލީގެ އެއްބަސްވުމާ ފުށުއަރާ މައްދާއެއް އޮވެގެން ނުވާނެއެވެ. އަދ،ި ސްޓްރާޓާ ކުލީގެ އެއްބަސްވުމުގައި މިފަދައިން ފުށުއަރާ މާއްދާއެއް ހިމެނިފައިވާނަމަ އެ މާއްދާ ބާތިލުވާނެއެވެ.
17 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރީގެ މެނޭޖްމަންޓް އެއްބަސްވުން އެކުލަވައިލުން
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ ވިލާ ނުވަތަ ކޮޓަރި ބަލަހައްޓައި، އެ ފަދަ ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތުން އެ ވިލާ ނުވަތަ ކޮޓަރި ބޭނުން ނުކުރާ ދުވަސްތަކުގައި ވިޔަފާރި އުސޫލުން އެ ތަންތަން ބޭނުންކުރުމާ ގުޅޭގޮތުން އެ ވިލާ ނުވަތަ އެ ކޮޓަރި ގާއިމުކޮށްފައިވާ ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތާއި އެ ވިލާ ނުވަތަ އެ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު މެނޭޖްމަންޓް އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް އެއްބަސްވުމުގައި،އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެ ފަރާތުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި ކޮންމެ އަހަރެއްގެ ތެރޭގައި ބޭނުންކުރެވޭނެ ވަކި މުއްދަތެއް ކަނޑައަޅާނަމަ، އެ މުއްދަތު؛
- ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި އަމިއްލަ ބޭނުމަށް ބޭނުން ނުކުރާ ދުވަސްތަކުގައި އެ ވިލާ ނުވަތަ އެ ކޮޓަރި ގާއިމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތުން އެ ވިލާ ނުވަތަ އެ ކޮޓަރި ވިޔަފާރި އުސޫލުން ބޭނުންކުރެވޭނެ މުއްދަތު ނުވަތަ ދުވަސްތައް؛
- ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެ ފަރާތުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި އަމިއްލަ ބޭނުމަށް ބޭނުން ނުކުރާ ދުވަސްތަކުގައި އެ ވިލާ ނުވަތަ އެ ކޮޓަރި ގާއިމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތުން އެ ވިލާ ނުވަތަ އެ ކޮޓަރި ވިޔަފާރި އުސޫލުން ބޭނުންކުރެވޭ މުއްދަތުގައި ލިބޭ އާމްދަނީ ނުވަތަ ފައިދާ ބަހާނެ ގޮތް؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ވިލާ ނުވަތަ ކޮޓަރި މަރާމާތުކޮށް ބަލަހައްޓާނެ ގޮތާއި، އެ ކަމަށް ހަރަދު ކުރާނެ ފަރާތް ކަނޑައެޅުން؛
- ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ކުއްޔަށް ހިފައިފައިވާ ވިލާ ނުވަތަ ކޮޓަރި އަމިއްލަ ބޭނުމަށް ބޭނުންކުރާ ދުވަސްތަކުގައި އެ ފަރާތަށް، އެ ވިލާ ނުވަތަ އެ ކޮޓަރި ގާއިމުކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތުން ފޯރުކޮށްދޭނެ ހިދުމަތްތަކާއި، އެ ހިދުމަތްތަކަށް ކަނޑައަޅާ އަގުތައް ނުވަތަ އަގު ކަނޑައަޅާނެ އުސޫލުތައް؛
- ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދޫކުރާ ފަރާތުން، އެ ވިލާ ނުވަތަ އެ ކޮޓަރި ގާއިމުކޮށްފައިވާ ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް؛
- ވިލާ ނުވަތަ ކޮޓަރި ގާއިމުކޮށްފައިވާ ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް؛
- އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނެ އުސޫލު؛
- މެނޭޖްމަންޓް އެގްރީމަންޓާ ހިލާފުވުމުން އަމަލުކުރާނެ ގޮތް.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް އެގްރީމަންޓ،ް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދޫކުރުމަށް ހަދާ އެއްބަސްވުން ބާތިލުކޮށްފައި ނުވާހައި ހިނދަކު، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތަށް ދެމިއޮންނަންވާނެއެވެ.
ބާބު: 5
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުން
18 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފުމުގެ ށަރުތުތައް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ހ) އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން. ނުވަތަ
(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ވުން.
19 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ މުއާމަލާތު
(ހ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭއިރު، ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގައި،ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ސޮއިކޮށް، ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެ އެއްބަސްވުން ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށާއި އެ އެއްބަސްވުމުގެ ދަށުން ވިލާ ގަންނަ ފަރާތަށް ލިބިދީފައިވާ މަސްލަހަތު، އެ ފަރާތުގެ ނަމުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަން، މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރާ "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދިނުމަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ،މިނިސްޓްރީން އެ ފަރާތުގެ ނަމުގައި އެފަދަ ރަޖިސްޓަރީއެއް ހަދައިދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރެވޭ ވިލާއަކާ ގުޅޭގޮތުން ނުވަތަ ކޮޓަރިއަކާ ގުޅޭގޮތުން މިނިސްޓްރީގައި ރަޖިސްޓަރީކުރާ މަސްލަހަތުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ސްޓްރާޓާ އުސޫލުން ތަނެއް ކުއްޔަށް ހިފި ފަރާތަކީ ކުންފުންޏެއްނަމަ، ނުވަތަ ޕަރޓްނަރށިޕެއްނަމަ، އެ ފަރާތެއްގެ ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ؛
- ސްޓްރާޓާ އުސޫލުން ތަނެއް ކުއްޔަށް ހިފި ފަރާތަކީ ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގެ ރައްޔިތެއްނަމަ، އެ ފަރާތެއްގެ ޕާސްޕޯޓުގެ ކޮޕީ.
- ސްޓްރާޓާ އުސޫލުން ތަނެއް ކުއްޔަށްހިފި ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
- ސްޓްރާޓާ އުސޫލުން ވިލާ ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރީގެ މެނޭޖްމަންޓް އެއްބަސްވުމުގެ ކޮޕީ؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ލިޔެކިޔުންތައް.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔުމަކީ ނަކަލެއްނަމަ، އެ ނަކަލު ހުށަހަޅަންވާނީ، އެއީ އަސްލާ އެއްގޮތް ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖެހުމަށްފަހުގައެވެ.
20 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރެވޭ ވިލާއަކާ ނުވަތަ ކޮޓަރިއަކާ ގުޅޭ ރަޖިސްޓަރީކުރާ މަސްލަހަތުގެ ދަފުތަރު
މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ވިލާއަށް ނުވަތަ ކޮޓަރިއަށް މިނިސްޓްރީން ކަނޑައަޅައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީ ނަންބަރު.
(ށ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށްދޭ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ގާއިމުކޮށްފައިވަނީ ރަށެއްގައި ނަމަ، ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއްގައި ނަމަ ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން އަދި ފަޅެއްގައި ނަމަ ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް.
(ނ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ވިލާ ނުވަތަ ކޮޓަރި ފާހަގަކޮށްފައިވާ ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭން.
(ރ) ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތަކީ ދިވެހި ރައްޔިތެއްނަމަ، އަންނަނިވި މައުލޫމާތު.
- ފުރިހަމަ ނަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށް)؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- ދާއިމީ އެޑްރެސް؛
- އުފަން ތާރީހު؛
- ގުޅޭނެ ފޯނު ނަންބަރު؛
- އީމެއިލް އެޑްރެސް؛
- ޕޯސްޓަލް އެޑްރެސް.
(ބ) ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތެއްނަމަ، އަންނަނިވި މައުލޫމާތު.
- ފުރިހަމަ ނަން (ޕާސްޕޯޓުގައިވާ ގޮތަށް)؛
- ނިސްބަތްވާ ގައުމު؛
- ޕާސްޕޯޓު ނަންބަރު؛
- އުފަން ތާރީހު؛
- ގުޅޭނެ ފޯނު ނަންބަރު؛
- އީމެއިލް އެޑްރެސް؛
- ޕޯސްޓަލް އެޑްރެސް.
(ޅ) ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ހިފައިފައިވާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނަމަ ނުވަތަ ޕަރޓްނަރށިޕެއްނަމަ، އަންނަނިވި މައުލޫމާތު.
- ނަން؛
- ވިޔަފާރި ރަޖިސްޓަރީ ނަންބަރު؛
- ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛
- ގުޅޭނެ ފޯނު ނަންބަރު؛
- އީމެއިލް އެޑްރެސް.
(ކ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ވިލާ ނުވަތަ ކޮޓަރިއާ ގުޅޭ މަސްލަހަތުތައް ރަހުނުކޮށްފައިވާނަމަ، އެ ކަމުގެ ތަފުސީލު.
21 ވަނަ މާއްދާ - ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ތަނުގެ ރަޖިސްޓަރީ
މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީގައި، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
ބާބު: 6
އެހެނިހެން ކަންކަން
22 ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ ވިލާ ނުވަތަ ކޮޓަރީގެ ހައްގުތައް ބަދަލުކުރުން
ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއަކާ ގުޅޭ ހައްގުތައް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލުމުގައި، ނުވަތަ ބަދަލުކުރުމުގައި ނުވަތަ ނަގުލު ކުރުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއާ ގުޅޭ ހައްގުތައް ނުވަތަ ކޮޓަރިއާ ގުޅޭ ހައްގުތައް ރަހުނުކޮށްފައިވާނަމަ، އެ ހައްގުތައް ރަހުނުކޮށްފައިވާ މާލީ އިދާރާއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހޯދަންވާނެއެވެ.
(ށ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއާ ގުޅޭ ހައްގުތައް ނުވަތަ ކޮޓަރިއާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރާތާ، ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް، ބަދަލުވި މަސްލަހަތު މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
23 ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ ވިލާ ނުވަތަ ކޮޓަރިއާ ގުޅޭ ހައްގުތައް ރަހުނުކުރުން
(ހ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއަކާ ގުޅޭ ހައްގުތައް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ރަހުނު ކުރުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް އަމަލުކުރަންވާނެއެވެ.
(ށ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ ވިލާއާ ގުޅިގެން ނުވަތަ ކޮޓަރިއާ ގުޅިގެން އެ ފަރާތަކަށް ލިބިފައިވާ އެންމެހައި ހައްގުތައް މޯގޭޖްކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރާ ފޯމު ހުށަހަޅައިގެން ހުއްދަ ހޯދަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ވިލާގެ މަސްލަހަތުތައް ނުވަތަ ކޮޓަރީގެ މަސްލަހަތުތައް ރަޖިސްޓަރީކޮށްފައި މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީ؛
- ލޯނު އެއްބަސްވުމުގެ ދެލިކޮޕީ؛
- މޯގޭޖް އެއްބަސްވުމުގެ ދެލިކޮޕީ؛
- ރަހުނުކުރަނީ، ކުރިން ރަހުނުކޮށްފައިވާ މާލީ އިދާރާ ފިޔަވައި މާލީ އެހެން އިދާރާއެއްގައި ކަމަށް ވާނަމަ، ކުރިން ރަހުނުކޮށްފައިވާ ފަރާތުން އެކަމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް.
(ރ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް މޯގޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ، މިނިސްޓްރީން އެކަމަށް ހުއްދަ ދިނުމުންނެވެ.
(ބ) ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ވިލާއެއް ނުވަތަ ކޮޓަރިއެއް ރަހުނުކުރުމަށް މޯގޭޖް އެއްބަސްވުމުގައި ސޮއިކުރުމުގެ، ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީއެއް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގައި އެއްބަސްވުން ރަޖިސްޓަރީ ކުރަންވާނެއެވެ.
24 ޓެކްސް ދެއްކުން
(ހ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ޓޫރިސްޓް ރިޒޯޓު ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ފަރާތާއި އެ ވިލާ ނުވަތަ އެ ކޮޓަރި ކުއްޔަށް ހިފާ ފަރާތާ ދެމެދު ކުރެވޭ މުއާމަލާތުގެ މައްޗަށް ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނު) ގެ ދަށުން ޖ.ީއެސް.ޓީ ނަގަންވާނެއެވެ.
(ށ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދީފައިވާ ވިލާއެއްގައި ނުވަތަ ކޮޓަރިއެއްގައި ޓޫރިސްޓަކު ހުންނަ ހާލަތުގައި، އަންނަނިވި ޓެކްސްތައް، އެ ވިލާއެއްގެ ނުވަތަ ކޮޓަރިއެއްގެ މެނޭޖްމަންޓް އެއްބަސްވުމުގެ ދަށުން ވިޔަފާރި އުސޫލުން އެ ވިލާ ނުވަތަ ކޮޓަރި ބޭނުންކުރުމަށް ހުއްދަ ދެވޭ ފަރާތުން ޓޫރިސްޓުގެ އަތުން ނަގައި ދައުލަތަށް ދައްކަންވާނެއެވެ.
- ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނު) ގެ ދަށުން ނެގޭ ޖ.ީއެސް.ޓީ؛
- ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ނެގޭ ގްރީން ޓެކްސް؛
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ގާނޫނެއްގެ ދަށުން ޓޫރިސްޓެއްގެ އަތުން ނެގޭ ޓެކުހެއް.
(ނ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ވެސް ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެފައިވާނަމަ،މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގްރީން ޓެކުހާއި، މީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން ނެގޭ އެ ނޫން ޓެކުހެއް ދައްކަން ޖެހޭނަމަ އެ ޓެކުހެއް ދައްކަންވާނެއެވެ.
25 ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދުގައިވާ އިޖުރާއަތުތަކާ ހިލާފަށް ސްޓްރާޓާ އުސޫލުން ވިލާއެއް ނުވަތަ
ކޮޓަރިއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދޫކޮށްފިނަމަ، އެ ތަނެއް ކުއްޔަށް ދޫކުރާ ފަރާތެއް، އަންނަނިވި ފަދައިން ޖޫރިމަނާ ކުރުމުގެ ބާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރުނަމަ 25,000 (ފަންސަވީސްހާސް) ދިވެހި ރުފިޔާ؛
- ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރުނަމަ 50,000 (ފަންސާސްހާސް) ދިވެހި ރުފިޔާ؛
- ދެ ފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ 100,000 (އެއްލައްކަ) ދިވެހި ރުފިޔާ.
(ށ) ސްޓްރާޓާ އުސޫލުން ވިލާއެއް ނުވަތަ ކޮޓަރިއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމެއް ނުކޮށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ، އަންނަނިވި ފަދައިން އެ ފަރާތެއް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފުވެފައިވާ ފުރަތަމަ ފަހަރުނަމަ 10,000 (ދިހަހާސް) ދިވެހި ރުފިޔާ.
- ގަވާއިދާ ހިލާފުވެފައިވާ ދެވަނަ ފަހަރުނަމަ 30,000 (ތިރީސްހާސް) ދިވެހި ރުފިޔާ.
- ދެ ފަހަރަށްވުރެ ގިނައިން ގަވާއިދާ ހިލާފުވެފައިވާނަމަ 50,000 (ފަންސާސްހާސް) ދިވެހި ރުފިޔާ.
26 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒު ތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގާނޫނު" ނުވަތަ "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.
(ށ) "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭނުގައި ހިމެނޭ، އެ ރިޒޯޓުގައި ހިމެނޭ އެހެނިހެން ތަންތަނާ ވަކިން، ވަކި އިމެއް ކަނޑައެޅިފައިވާގޮތަށް އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާއާއި، އެ ތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެ ތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗަށެވެ. އަދި އެ ތަންތަނަކީ، ރިޒޯޓުގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތަކާއި، ރިޒޯޓަށް އަރައި ފޭބުމާއި،ކޮޓަރިއަށް ނުވަތަ ވިލާއަށް ވަދެ ނުކުތުމުގެ ހައްގު ލިބިދެވޭ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ.
(ނ) "ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އެ ކޮޓަރި ނުވަތަ އެ ވިލާއާއި، އެ ކޮޓަރި ނުވަތަ އެ ވިލާއާ ގުޅިފައިވާ ބިމާއި އިމާރާތާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ނުހިމެނޭގޮތަށް، އެ ކޮޓަރި ނުވަތަ އެ ވިލާ ބޭނުންކުރުމުގެ ހައްގ،ު ދިގު މުއްދަތަކަށް ވިއްކުމަށެވެ.
(ރ) "މިނިސްޓްރީ" ނުވަތަ "ޓޫރިޒަމާބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ބެލެހެއްޓުން އެ ވަގުތަކު މަތިކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ބ) "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ކަނޑައަޅައިފައިވާ ވަކި ރަށެއް، ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް، ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ އެ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓ،ް ރިޒޯޓް ހޮޓާ، ހޮޓާ، އަދ/ިނުވަތަ ޓޫރިސްޓް ގެސްޓްހައުސް އަދ/ިނުވަތަ ޔޮޓް މެރީނާ އަދ/ިނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.
(ޅ) "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ހުއްދަދޭ ފަރާތަށެވެ.
(ކ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި ރީރަޖިސްޓަރީކޮށްފައިވާ ބޭރުގެ ކުންފުނިތައް ހިމެނޭ ގޮތަށެވެ.
(އ) "ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަށާއި ޖެނެރަލް ޕާޓްނަރށިޕަށެވެ.
(ވ) "ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮތް ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސ،ާ ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުންޏަށެވެ.
27 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ނުވަތަ އެޕާޓްމަންޓް ކުއްޔަށް ދިނުމުގައި އަމަލުކުރާނީ މި ގަވާއިދަށެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ވިލާ ނުވަތަ ކޮޓަރި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަން ވާނެވެއެވެ.
ކިޔުންތެރިންގެ ހިޔާލު