އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-163)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 އޮކްޓޫބަރު 2023 ގައި)
(މި ގަވާއިދުގެ 38 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-64 އުވާލެވިފައި)
ބާބު 1
އާންމު ބައި
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 1-16 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށްހިންގުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުން
(ހ) ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތައް ހިންގަންވާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށް ފަހުގައެވެ.
(ށ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ވަކިވަކި ތަންތަން ހިންގަންވާނީ، އެ ތަންތަން ހިންގުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އާއި، އެ ގާނޫނުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހުގައެވެ.
3 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި އަންނަނިވި ގިންތިތަކުގެ ވިޔަފާރި ހިންގޭނެއެވެ.
- ޓޫރިސްޓް ރިޒޯޓު؛
- ރިޒޯޓް ހޮޓެލް؛
- ހޮޓެލް؛
- ޔޮޓް މެރީނާ؛
- ފީނުމުގެ ހިދުމަތްދޭ ތަންތަން؛
- ފަތުރުވެރީންނަށް ބޭނުންވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން؛
- ފަތުރުވެރީންނަށް އަމާޒުކޮށްގެން ހިންގާ ރީޓެއިލް ވިޔަފާރިތައް؛
- މި މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތަކުގެ އިތުރުން ވެސް، ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭ އެހެނިހެން ހިދުމަތްތައް.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ވިޔަފާރިތައް ހިންގަންވާނީ، އެ ވިޔަފާރިއެއް ހިންގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ހޯދުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ބިންތައް ގިންތިކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެކަން އެންގުމަކީ ޑިވެލޮޕަރގެ ޒިންމާއެކެވެ.
(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވިޔަފާރިއެއް ހިންގަންވާނީ، އެ ވިޔަފާރިއެއް ހިންގުމަށް ގިންތިކޮށްފައިވާ ބިމެއްގައެވެ.
4 ވަނަ މާއްދާ - އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކުގެ ދަފުތަރު ބެލެހެއްޓުން
(ހ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކުރާ ރަށްރަށާއި ފަޅުފަޅާއި ބިންބިމުގެ ދަފުތަރެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ރަށެއް ނަމަ، ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއް ނަމަ، ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން އަދި ފަޅެއް ނަމަ، ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް؛
- ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ އަންނަނިވި މައުލޫމާތު؛
2.1 ކުއްޔަށް ހިފައިފައިވާ ފަރާތުގެ ނަން އަދި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، ކުންފުނި ނުވަތަ ޕާޓްނަރށިޕާ ގުޅޭ މައުލޫމާތު.
2.2 ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް.
2.3 ގުޅޭނެ ފޯނު ނަންބަރު.
2.4 އީމެއިލް އެޑްރެސް. - ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށްދެވުނު ތާރީހު؛
- ކުލީގެ އެއްބަސްވުމުގެ މުއްދަތު؛
- ޑިވެލޮޕަރުގެ ފަރާތުން ރަށުގެ މުޅި ކުލީގެ އެއްބަސްވުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ، އެ ފަރާތެއްގެ އަންނަނިވި މައުލޫމާތު؛
5.1 ކުއްޔަށް ހިފައިފައިވާ ތިންވަނަ ފަރާތުގެ ނަން އަދި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، ކުންފުނި ނުވަތަ ޕާޓްނަރށިޕާ ގުޅޭ މައުލޫމާތު.
5.2 ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް.
5.3 ގުޅޭނެ ފޯނު ނަންބަރު.
5.4 އީމެއިލް އެޑްރެސް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގެ އިތުރުން، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަދެވޭ ތަންތަނުގެ ދަފުތަރެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމާއެކު، އިތުރު މައުލޫމާތުގެ ގޮތުގައި އަންނަނިވި މައުލޫމާތު ވެސް ހިމަނަންވާނެއެވެ.
- އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ރަޖިސްޓްރޭށަން ނަންބަރު؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާނެ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް، ފީނުމުގެ ހިދުމަތްދޭ ތަންތަން އަދި ފަތުރުވެރީންނަށް ހިދުމަތްދޭ އެހެނިހެން ތަންތަން ގާއިމުކުރުމަށް ކުއްޔަށް ދީފައިވާ ވަކިވަކި ބިންތައް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގިންތިކޮށް، ކޮންމެ ގިންތިއެއްގައި ހިމެނޭ ބިންތަކުގެ އަދަދު؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާނެ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް، ފީނުމުގެ ހިދުމަތްދޭ ތަންތަން އަދި ފަތުރުވެރީންނަށް ހިދުމަތްދޭ އެހެނިހެން ތަންތަން ގާއިމުކުރުމަށް ޑިވެލޮޕަރު ވަކިވަކި ބިންތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާނަމަ، އެ ބިންތައް ކުއްޔަށް ދީފައިވާ ފަރާތްތަކުގެ އަންނަނިވި މައުލޫމާތު؛
3.1 ކުއްޔަށް ހިފައިފައިވާ ތިންވަނަ ފަރާތުގެ ނަން.
3.2 ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެސް.
3.3 ގުޅޭނެ ފޯނު ނަންބަރު.
3.4 އީމެއިލް އެޑްރެސް. - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކި ވިޔަފާރިއެއް ކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދައެއް ދޫކޮށްފައިވާނަމަ، އެ ހުއްދައިގެ އަންނަނިވި ތަފުސީ ލުތައް؛
4.1 ހުއްދައިގެ ރަޖިސްޓަރީ ނަންބަރު.
4.2 ހުއްދައިގެ ބާވަތް.
4.3 ހުއްދަ ދެވިފައިވާ ވިޔަފާރީގެ ނަން.
4.4 ހުއްދަ ދެވިފައިވާ ފަރާތުގެ ނަން.
4.5 އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވިޔަފާރި ގާއިމުކުރެވިފައިވާ ވަކި ބިން.
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި، މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެ ބަދަލު ގެނެވޭތ،ާ ސަރުކާރު ބަންދުނޫން 5 )ފަހެއް( ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެކަން އެންގުމަކީ ޑިވެލޮޕަރގެ ޒިންމާއެކެވެ.
(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެހެނިހެން މައުލޫމާތު ދަފުތަރު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
5 ވަނަ މާއްދާ - އިންޓަގްރޭޓަޑް ރިޒޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިންޓަގްރޭޓެޑް ރިޒޯޓުތަކުގެ ކުލީގެ އެއްބަސްވުމާ ގުޅޭ އެއްވެސް ހައްގެއް ބަދަލުކުރުމުގައި ނުވަތަ އެހެން ފަރާތަކަށް އެ ހައްގުތައް ކުއްޔަށްދިނުމުގައި ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2020-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
ބާބު 2
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅ،ު ނުވަތަ ބިން ކުއްޔަށް ދިނުން
6 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ބިން ކަނޑައެޅުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ބިން ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދު ކަނޑައަޅައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
މި މާއްދާގެ (ށ) ގައިވާ ފަދައިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ބިން ކަނޑައަޅައިދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ. (ނޯޓް: މި ޕެރެގްރާފް ފެށޭ އިބާރާތަށް ބެލުމުން މިއީ މި މާއްދާގެ (ނ) ކަން އެނގޭ. ނަމަވެސް އޮޅުމަކުން ނަންބަރުނުދެވި ވާކަމަށް ބެލެވޭ)
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ މީހުން ދިރިއުޅޭ ރަށަކުން ބިމެއްނަމަ، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ފަތުރުވެރިކަމުގެ ބިން ކަނޑައެޅުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅުރަށަކުން ބިމުގެ ބައެއްނަމަ، އެ ބިން ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއެކީ އެ ބިން ފާހަގަކޮށްފައިވާ ޖިއޯރިފަރަންސްޑް ޗާޓެއް ތައްޔާރުކޮށް ހުށަހެޅުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅެއްނަމަ، އެ ފަޅުފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއެކީ ހުށަހެޅުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ފަޅަކުން ބައެއްނަމަ، އެ ފަޅު ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއެކީ ފަޅުގެ ސަރަހައްދު ފާހަގަކޮށްފައިވާ ޖިއޯރިފަރަންސްޑް ޗާޓެއް ތައްޔާރުކޮށް ހުށަހެޅުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ބޭނުންވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބަލަހައްޓާ ފަޅުރަށްތަކުގެ ދަފުތަރުގައި ހިމެނޭ ރަށެއްނަމަ، އެ ދަފުތަރުގައި އެ ރަށަށް ދީފައިވާ ނަމާއި، އެ ރަށް ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއެކީ ހުށަހެޅުން.
7 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދެވޭނެ ގޮތްތައް
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ރަށްރަށާއި، ފަޅުފަޅާއި، ބިންބިން ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ގޮތްތަކަށެވެ.
(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން،އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުން.
(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް، ރަށުގައި ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަށްރޫއެއްގެ ތަފުސީލާއެކު، އެ ރަށަކަށް ނުވަތަ އެ ބިމަކަށް ނުވަތަ އެ ފަޅަކަށް އެދި ޓޫރިޒަމާބެހޭމިނިސްޓްރީއަށް ހުށަހެޅުމުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދު ނަންބަރު 2016-69 (ފަތުރުވެރިކަމާބެހާ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ދިނުން.
(ނ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިށާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނު ކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން، ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތީން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.
(ރ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5-16 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއްގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވައި، އެ ސަރަހައްދެއްގައި އިގްތިށާދީ ހަރަކާތް އިތުރުކޮށް ކުރިއެރުވުމަށް ޓަކައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން، އިންޓަގްރޭޓަޑް ޓޫރިސްޓްރިޒޯޓު ތަރައްގީކޮށް ހިންގުމަށް ޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅ،ުސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުން.
8 ވަނަ މާއްދާ - ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތް
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށްގެން،ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ކުރެވޭ ބީލަން އިވެލުއޭޓްކުރުމަށް ގެންގުޅޭ މިންގަނޑުތަކުގެ ތެރޭގައި އެ ރަށަކަށް ނުވަތަ އެ ފަޅަކަށް ނުވަތަ އެ ބިމަކަށް ހުށަހަޅާ އެކުއިޒިށަން ކޮސްޓެއް ހިމެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކުއިޒިށަން ކޮސްޓުގެ މިންގަނޑަކީ، އެ ބީލަން އިވެލުއޭޓްކުރުމަށް ކަނޑައެޅޭ ޖުމުލަ މާކުހުގެ މަދުވެގެން %40 (ސާޅީސް އިންސައްތަ) ކަމުގައި ކަނޑައެޅުން.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރަން ހުށަހަޅާ ފަރާތަކީ އެފަދަ މަސައްކަތެއް ކުރުމުގެ މާލީ ގާބިލުކަން ހުރި ފަރާތެއްކަން ކަށަވަރުކުރުން. މިގޮތުން، އެ ޕްރޮޖެކްޓުގެ އިންވެސްޓްމަންޓުގެ އެންމެ ދަށް މިންވަރު ސަރުކާރުން ކަނޑައަޅައި، އެ އަދަދުގެ %20 (ވިހި އިންސައްތަ) އިންވެސްޓްކުރާނެ މާލީ ގާބިލުކަން ހުރިކަން ދައްކުވައިދޭ ލިޔެކިޔުން ހުށަހަޅަން ލާޒިމުކުރުން.
9 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ސަރުކާރާއި ޑިވެލޮޕަރާ ދެމެދު ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުމަށް އެއްބަސްވުން އެކުލަވައިލުން
(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކުރެވޭ ރަށްރަށާއި ފަޅުފަޅާއި ބިންބިން ކުއްޔަށް ދިނުމަށް ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުލީގެ އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް އެކުލަވައިލާ ކުލީގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ރަށެއް ނަމަ، ރަށުގެ ނަމާއި، އެ ރަށް ފާހަގަކުރެވޭ ޖިއޮގްރަފިކް ކޯޑިނޭޓްސ،ް ބިމެއް ނަމަ، އެ ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިންފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްގެ އިތުރުން، ނަމަކާއެކީނުވަތަ ނަންބަރަކާއެކީ ރަށުން ބިން ފާހަގަކޮށްފައިވާ ޗާޓު،ފަޅެއްނަމަ، ފަޅުގެ ޖިއޮގްރަފިކް ކޯޑިނޭޓްސް އަދި ފަޅުގެ ސަރަހައްދެއްނަމަ ފަޅުގެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއެކީ ފަޅުގެ ސަރަހައްދު ދައްކުވައިދޭ ޗާޓު.
- ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދޫކުރާ މުއްދަތު؛
- ކުއްޔަށް ދޫކުރާ މުއްދަތުގެ ތެރޭގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ލައިސަންސް ދިނުމަށް ކަނޑައަޅައިފައިވާ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށްއިމާރާތްކުރުމަށް މުއްދަތެއް ދޭނަމަ، އެ މުއްދަތަކާއި، އެ މުއްދަތުގައި ކުލި ނުހިނގާނެނަމަ އެކަމާއި، ރިޒޯޓް ހިންގަން ފަށާނޭ ތާރީހު؛
- ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާތިލުކުރެވޭނޭ ހާލަތްތަކާއި، އެ ހާލަތްތަކުގައި އަމަލުކުރާނޭ ގޮތް.
- ކުލި ހިސާބުކުރެވޭނެ ގޮތާއި، ކުލި ދައްކާނެ ގޮތާއި، ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުމުގެ ޒިންމާ އުފުލާނީ ޑިވެލޮޕަރކަން.
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް އަދި ފަތުރުވެރީންނަށް ހިދުމަތްދޭ ވަކިވަކި އެހެނިހެން ވިޔަފާރިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް (ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތާއި، މުއާށަލާތީ ހިދުމަތާއި، ސިއްހީ ހިދުމަތާއި، ކުނި ނައްތައިލުމުގެ ހިދުމަތް ހިމެނޭގޮތަށް) ފޯރުކޮށްދިނުމުގެ ޒިންމާ އުފުލާނީ ޑިވެލޮޕަރކަން؛
- ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ފަތުރުވެރިންނަށް ލިބިދޭންޖެހޭނެ ހިދުމަތްތައް؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ އިލްތިޒާމުތައް އުފުލަންޖެހޭނީ ޑިވެލޮޕަރކަން؛
- ޑިވެލޮޕަރ އެގްރީމެންޓާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް؛
- އަސާސީ ހިދުމަތްތައް (ޔޫޓިލިޓީޒް) ފޯރުކޮށްދިނުމަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ގާއިމުކުރެވޭ ވަސީލަތްތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ފަރާތެއް މެދުވެރިކޮށް އިންށުއަރ ކުރުން ޑިވެލޮޕަރަށް ލާޒިމުވާނެކަން.
- ޑިވެލޮޕަރގެ ފަރާތުން ކުލީގެ އެއްބަސްވުމުން ލިބޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރާނަމަ، މި ގަވާއިދަށާއި، ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2020-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
ބާބު 3
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ކުލީގެ އެއްބަސްވު މުގެ ދަށުން ލިބޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ބައެއް ވަކިވަކި ފަރާތްތަކަށް ކުއްޔަށްދިނުން
10 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ކުލީގެ އެއްބަސްވު މުގެ ދަށުން ލިބޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ މުޅި ކުލީގެ އެ އްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގައި ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ ގަވާއިދަށް އަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ކުލީގެ މުޅި އެއްބަސްވުމާ ގުޅޭ ހައްގުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން (ސަބްލީޒްކުރުމުން)، ކުލީގެ މުޅި އެއްބަސްވުމާ ގުޅޭ ހައްގުތައް (މުޅި ސަބްލީޒް) ކުއްޔަށް ހިފާ ފަރާތަށް (ސަބްލީޒްކޮށްފައިވާ ފަރާތަށް)، އިތުރު ފަރާތަކަށް ކުއްޔަކަށް ނުދެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް މި މާއްދާގެ (ހ) ގައިވާ ގޮތަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ މުޅި ކުލީގެ އެއްބަސްވުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުން، ކުލީގެ މުޅި އެއްބަސްވުމާ ގުޅޭ ހައްގުތައް ކުއްޔަށް ހިފާ ފަރާތަށް ވެސް ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތްތައް ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް އެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކުން ވަކިވަކި ބިން އިތުރު ފަރާތަކަށް ކުއްޔަށް ދިނުމުގެ ހައްގާއި، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ނަގުލުވެގެންދާނެއެވެ.
11 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުން
(ހ) ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތްތައް ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކުން ވަކިވަކި ބިން އިތުރު ފަރާތަކަށް ކުއްޔަށް ދިނުމުގައި މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2020-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރެއިން ވަކިވަކި ބިންތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލްހިންގުމަށް އިތުރު ފަރާތަކާއެކީ މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމުގެ ހައްގު ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުމުގެ ކުރިން، ވަކިވަކި ބިންތައް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޗާޓެއް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ވަކި ބިންތައް ވަކިވަކިން ކުއްޔަށް ދޫކުރުމަށް ޑިވެލޮޕަރ ނުވަތަ ސަބްލެސީއާއި، ވަކިވަކި ބިންތައް ކުއްޔަށް ހިފާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޔަށްދޭ މުއްދަތު؛
- ކުލީގެ މިންވަރު؛
- ސަރުކާރަށް ދައްކަންޖެހޭ ބިމު ކުލި ދެއްކުމުގެ އިލްތިޒާމު އުފުލާނީ ޑިވެލޮޕަރކަން؛
- ކުލީގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
- ޑިވެލޮޕަރާއި އިންވެސްޓަރާ ދެމެދުވާ ކުލީގެ އެއްބަސްވުމާއި، ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ ފުށުއަރާ ހާލަތުގައި އިސްކަންދޭނީ، ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމަށްކަން؛
- ވަކިވަކި ބިންތަކުގައި ގާއިމުކުރާ ވަކިވަކި ކޮޓަރިތައް ނުވަތަ ވިލާތައް ސްޓްރާޓާ އުސޫލުން ވިއްކުމުގައި އަމަލުކުރާނެގޮތް؛
- ކުއްޔަށް ދެވޭ ބިން ފާހަކޮށްފައިވ،ާ މި މާއްދާގެ (ނ) ގައިވާ ގޮތަށް ތައްޔާރުކޮށް ފާސްކޮށްފައިވާ ޗާޓު.
12 ވަނަ މާއްދާ - އިންޓަގްރޭޓަޑް ރިޒޯޓުގައި ނުވަތަ އިންޓަގްރޭޓަޑް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުން
އިންޓަގްރޭޓަޑް ރިޒޯޓުގައި ނުވަތަ އިންޓަގްރޭޓަޑް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގައި ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ސްޓްރާޓާ އުސޫލުން ކޮޓަރި ނުވަތަ ވިލާ ވިއްކުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2020-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
13 ވަނަ މާއްދާ - އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރޭގައި ހިމެނޭ ފަތުރުވެރީންނަށް ހިދުމަތްދޭ ވަކިވަކި ތަންތަނާ ގުޅިގެން މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން
(ހ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ތެރޭގައި ހިމެނޭ ފަތުރުވެރީންނަށް ހިދުމަތްދޭ ވަކިވަކި ތަންތަން ތަރައްގީކުރުމަށް ވަކިވަކި ބިންތައް ކުއްޔަށް ދޫކުރާއިރު އެ ތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޑިވެލޮޕަރާއި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު މެނޭޖްމަންޓް އެއްބަސްވުމެއް ހަދަންވާނެއެވެ.
(ށ) ޑިވެލޮޕަރއާއި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހަދާ މެނޭޖްމަންޓް ކޮންޓްރެކްޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޑިވެލޮޕަރގެ ފަރާތުން ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ވަކި ތަނަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި، އެ ހިދުމަތްތައް ފޯރުކޮށްދޭނެ އަގުތައް ނުވަތަ އަގުތައް ކަނޑައަޅާނެ އުސޫލުތައް؛
- ޑިވެލޮޕަރުގެ ފަރާތުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ފޯރުކޮށްދޭ އާންމު ހިދުމަތްތައް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ވަކި ތަނަކަށް ނުވަތަ އެ ތަނަކުން ހިދުމަތްތައް ހޯދާ ފަތުރުވެރީންނަށް ފޯރުކޮށްދޭނެ އުސޫލުތަކާއި އަގުތައް، ނުވަތަ އަގުތައް ކަނޑައަޅާނެ އުސޫލުތައް.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ޑިވެލޮޕަރއާއި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާ ދެމެދު އަސާސީ ހިދުމަތްތަކާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ހަދާ މެނޭޖްމަންޓް އެއްބަސްވުން ހެދުމަށްފަހ،ު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ އެއްބަސްވުން ހުށަހަޅައި، އެ އެއްބަސްވުން ރަޖިސްޓަރީ ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ މެނޭޖްމަންޓް އެއްބަސްވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި، އެ ފަރާތުން އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް ނުވަތަ ހޮޓެލް ހިންގުމަށް އިތުރު ފަރާތަކާއެކީ ވެވޭ މެނޭޖްމަންޓް އެއްބަސްވުމެއް ހެދުމުގެ ހައްގު، ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތާއި، އެ ފަރާތުން އިންޓަގްރޭޓެޑް ރިޒޯޓުގައި ތަރައްގީކޮށްފައިވާ ވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް ނުވަތަ ހޮޓެލް ހިންގުމަށް އިތުރު ފަރާތަކާއެކީ ވެވޭ މެނޭޖްމަންޓް އެއްބަސްވުމެއް ހެދުމުގައި ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2020-14 (ޓޫރިސްޓް ރިޒޯޓުތަކާގުޅޭ ހައްގުތައް ބަދަލުކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
ބާބު 4
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމާއި ހުއްދަ އައުކުރުން
14 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަދެވޭ މުއްދަތު
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ދެވޭ ލައިސަންސްގެ މުއްދަތަކީ 20 (ވިހި) އަހަރުދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ލައިސަންސަށް އެދޭއިރ،ު ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަކީ އެއަށްވުރެ ކުޑަ މުއްދަތެއްނަމަ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށެވެ.
(ނ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ތަރައްގީކުރެވޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަށް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، މި ގަވާއިދުގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަ ދޫކުރުމަށްފަހުގައެވެ.
(ރ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ތަރައްގީކުރެވޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަކީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ހިންގުމުގެ ހުއްދަ ދޫކުރަންޖެހޭ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއަކަށް ދޫކުރެވޭ ހިންގުމުގެ ހުއްދައިގެ މުއްދަތު ކަނޑައަޅާނީ، އެ ބާވަތެއްގެ ވިޔަފާރިއާ ގުޅޭގޮތުން ޓޫރިޒަމާބެހޭ މިނިސްޓްރީން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން އެކުލަވައިލައިފައިވާ ގަވާއިދާ އެއްގޮތަށެވެ.
15 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނީ، ޑިވެލޮޕަރ ނުވަތަ ޑިވެލޮޕަރާއި ސަރުކާރާ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމާ ގުޅިގެން ލިބިދެވޭ އެންމެހައި ހައްގުތައް އެއްކޮށް ކުއްޔަށް ނަގައިފައިވާ ފަރާތެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅާއިރ،ު އެކަމަށް އެދި ހުށަހެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފޯމާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- މީހުން ދިރިނޫޅޭ ރަށެއްގައި ނުވަތަ ފަޅެއްގައި ގާއިމުކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްނަމަ، އެ ތަނެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ޕަވަރހައުސ،ް ޑީސެލިނޭށަން ޕްލާންޓ،ް ސިވޭޖް ޓްރީޓްމަންޓް ޕްލާންޓް އަދި ސިއްހީ ހިދުމަތްދޭ މަރުކަޒ،ު ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުންތައް.
- ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ކުއްޔަށް ދޫކުރެވޭ ވަކިވަކި ބިންތައް ފާހަގަކޮށްފައިވާ ޗާޓުގެ ކޮޕީ.
16 ވަނަ މާއްދާ - ހުއްދަ ދޫކުރުމުގައި ބަލާނެ މިންގަނޑުތައް
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމުގެ ހުއްދަ ދޫކުރުމުގެ ކުރިން އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވޭތ،ޯ ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަންވާނެއެވެ.
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ކުއްޔަށް ދޫކުރެވޭ ވަކިވަކި ބިންތައް ފާހަގަކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ޗާޓެއް ތައްޔާރުކުރެވިފައިވޭތޯ ބެލުން.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް (ކަރަންޓު، ފެން، ނަރުދަމާ، ސިއްހީ ހިދުމަތް) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ބެލުން.
(ނ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ފަތުރުވެރީންނަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުން ލިބިދޭންޖެހޭނެކަމަށް ކަނޑައަޅައި ސަރުކާރާއި ޑިވެލޮޕަރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގައި ހިމަނައިފައިވާ ހިދުމަތްތައް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ބެލުން.
(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އިމާރާތްކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އެ ތަން އިމާރާތްކުރެވިފައިވޭތޯ ބެލުން.
17 ވަނަ މާއްދާ - ހުއްދަ ދޫކުރުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުން، އެ ހުއްދަ ދޫކުރުމުގެ ކުރިން، މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅައިފައިވޭތޯ ބެލުމާއެކު، މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލަންވާނެއެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އަސާސީ ހިދުމަތްތައް ތަރައްގީކުރެވިފައިވޭތޯ ބެލުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީ ން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން ފަރާތަކުން އެ ތަން ބަލައި ފާސްކުރަންވާނެއެވެ.
(ނ) ޓޫރިޒަމާބެހޭ މިނިސްޓްރީއިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމަށް އެ ތަން ބަލައި ފާސްކުރުމަށް ކުރަންޖެހޭ އެންމެހައި ހަރަދެއްގެ ޒިންމާ އުފުލާނީ، ހުއްދައަށް އެދޭ ފަރާތުންނެވެ.
(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން ބަލައި ފާސްކުރުމުން، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ތަން ތަރައްގީކުރެވިފައި ނުވާނަމަ، އެ ކަމެއް އިށްލާހުކުރުމަށް 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދޭންވާނެއެވެ. އަދި ހުއްދަ ދޫކުރުމުގެ ކުރިން އެ ކަމެއް އިށްލާހު ކޮށްފައިވާކަން ކަށަވަރުކުރުމަށް އެ ތަނެއް އަލުން ބަލައި ފާސްކުރަންވާނެއެވެ.
18 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން
(ހ) މި ގަވާއިދުގައިވާ ގޮތަށް އަސާސީ ހިދުމަތެއް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމެއް ނެތިއްޖެ ހާލަތެއްގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ދޫކުރެވޭ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރ،ު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރަންވާނީ، އެ ކަމެއް އިށްލާހުކުރަން ޓޫރިޒަމާބެހޭ މިނިސްޓްރީން ނޯޓިހެއް ފޮނުވައި، އެ ނޯޓިހާ އެއްގޮތަށް އެ ކަމެއް އިށްލާހުކޮށްފައި ނުވާނަމައެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ނޯޓިހު ގައި ބަޔާންކުރާ ކަމެއް އިށްލާހު ކުރަން 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނުވާ ގޮތަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ.
ބާބު 5
މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު
19 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން
(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް އަދި ފަތުރުވެރިންނަށް ހިދުމަތްދޭ އެ ނޫން ވަސީލަތްތައް ވެސް ގާއިމުކުރެވިދާނެއެވެ.
(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ހުޅުވައިލުމުގައި، އެ ފަދަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ލިބިދޭންޖެހޭނެ ހިދުމަތްތަކާއި ފަސޭހަތައް، ޓޫރިޒަމާބެހޭ މިނިސްޓްރީން، އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލެއްގެ މަށްވަރާގެ މަތީން ކަނޑައަޅަންވާނެއެވެ.
(ނ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އާންމު ވިޔަފާރިތައް (ރެސްޓޯރަންޓާއި ފީނުމުގެ ހިދުމަތްދޭ ތަންތަން ފަދަ) ތަރައްގީކޮށް ހިންގަންވާނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތިބޭ ފަތުރުވެރީންގެ އިތުރުން ވެސް އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އާންމުންނަށް ބޭނުންކުރެވޭ ގޮތަށެވެ.
(ރ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ ވަކިވަކި ވިޔަފާރިތަކަށް ދޫކުރެވޭ ވަކިވަކި ބިންތަކަށް ވަދެ ނުކުމެވޭގޮތަށް މަގުތައް ހަދައި، އެ މަގުތައް ބެލެހެއްޓުމަކީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.
(ބ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކޮށް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.
20 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން
(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.
(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް، އެ ރަށެއްގައި ގާއިމުކޮށްފައިވާ އާންމު ހިދުމަތްތަކުގެ ތެރެއިން ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ބާބު 6
ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު
21 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން
(ހ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވަކި ޓޫރިސްޓްރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް އަދި އެނޫންވެސް ފަތުރުވެރިންނަށް ހިދުމަތްދޭ މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަސީލަތްތައް ގާއިމުކުރެވިދާނެއެވެ.
(ށ) ފަޅުރަށްރަށާއި ފަޅުތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ހުޅުވައިލުމުގައި އެ ފަދަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ފަތުރުވެރީންނަށް ލިބެންޖެހޭ ހިދުމަތްތައް، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ނ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ އާންމު ސަރަހައްދުތަކަށް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ތިބޭ ފަތުރުވެރީންގެ އިތުރުން ވެސް އެހެނިހެން ފަތުރުވެރީންނާއި އާންމުންނަށް،ޑިވެލޮޕަރ ކަނޑައަޅާ އުސޫލެއްގެ ދަށުން އަރައި ފޭބުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މި ފަދަ އުސޫލެއްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އަރައި ފޭބޭނީ ވަކި ގަޑިތަކެއްގައި ކަމުގައި ވާނަމަ، އެ ގަޑިތައް؛
- އަރައި ފޭބުމުގައި ފީއެއް ނަގާނަމަ އެކަން؛
- އަރައި ފޭބުމުގައި ދުރާލައި ހުއްދަ ނަގަންޖެހޭނަމަ، އެކަމާއި އެކަމުގައި އަމަލުކުރަންވީ ގޮތް.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ފަޅުރަށްރަށާއިފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހިންގާ ވަކިވަކި ޓޫރިސްޓް ރިޒޯޓު ނުވަތަ ރިޒޯޓް ހޮޓެލް ނުވަތަ ހޮޓެލްތަކަށް ވަދެ ނުކުމެވޭނީ، އެ ތަންތަން ހިންގާ ފަރާތްތަކުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.
(ބ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އާންމު ވިޔަފާރިތައް (ކެއިންބުއިމާއި ފީނުމުގެ ހިދުމަތްދޭ ތަންތަން ފަދަ) ތަރައްގީކޮށް ހިންގަންވާނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތިބޭ ފަތުރުވެރީންގެ އިތުރުން ވެސް އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އާންމުންނަށް ބޭނުންކުރެވޭ ގޮތަށެވެ.
(ޅ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ ވަކިވަކި ވިޔަފާރިތަކަށް ދޫކުރާ ވަކިވަކި ބިންތަކަށް ވަދެ ނުކުމެވޭގޮތަށް މަގުތައް ހަދައި،އެ މަގުތައް ބެލެހެއްޓުމަކީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.
(ކ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކޮށް ހިންގުމުގެ ހުއްދައެއް ނުދެވޭނެއެވެ.
22 ވަނަ މާއްދާ - ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން
(ހ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަކީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރާ ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް އެ ރަށެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ވަކި ވަސީލަތްތަކެއް ގާއިމުކުރުމުގެބަދަލުގައި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މީހުން ދިރިއުޅޭ ރަށެއްގައި، ނުވަތަ ށިނާއީ މަސައްކަތްކުރާ ރަށެއްގައި، ނުވަތަފަތުރުވެރިކަމުގެ ވިޔަފާރިކުރާ އެހެން ރަށެއްގައި ގާއިމުކޮށްފައިވާވަސީލަތްތައް، އެކަމާ ގުޅިގެން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭނުންކުރުމަށް، މި މާއްދާ ހުރަހެއް ނާޅައެވެ.
ބާބު 7
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގައި ވަކިވަކި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް ހިންގުން
23 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ރިޒޯޓުތައް ތަރައްގީކޮށް ހިންގުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ޓޫރިސްޓް ރިޒޯޓުތައް ތަރައްގީކުރަންވާނީ އަންނަނިވި ގޮތަށެވެ.
(ށ) އިންޓަގްރޭޓަޑް ރިޒޯޓުގެ ތެރެއިން ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަނޑައެޅޭ ވަކި ބިމަކީ އެ ރަށެއްގެ އަތިރިމަތި (ބީޗް ފްރަންޓް) އަށްވާ ގޮތަށް އޮތް ބިމެއްކަމަށް ވާންވާނެއެވެ.
(ނ) ފަޅުރަށްރަށާއި ފަޅުތަކުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ކަނޑައެޅޭ ރަށްތަކުގައި އިމާރާތްކުރެވޭނީ، އެ ބިމުގެ ސަރަހައްދުގެ %50 (ފަންސާސް އިންސައްތަ) އަށެވެ.
(ރ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އަމަލުކޮށް، ގާ އިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރާ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވިފައިވާނަމަ، އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރާ ވަކި ޓޫރިސްޓް ރިޒޯޓުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޓޫރިސްޓް ރިޒޯޓެއްގައި ގާއިމުކުރަންޖެހޭކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކުގެ ތެރެއިން "ބީޗް ލެންތް" (LENGTH BEACH) އަށް ބަލައި، އެޅޭނެ ކޮޓަރިތަކުގެ އަދަދު ކަނޑައަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ މިންގަނޑުން އިސްތިސްނާވާނެއެވެ.
24 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ރިޒޯޓް ހޮޓެލްތައް ތަރައްގީކޮށް ހިންގުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ހޮޓެލްތައް ތަރައްގީކުރަންވާނީ
އަންނަނިވި ގޮތަށެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ގައި ވަކި ރިޒޯޓް ހޮޓަލެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ، އެ ބިމުގެ ސަރަހައްދުގެ %85 (އަށްޑިހަފަހެއް އިންސައްތަ) އަށެވެ.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ރިޒޯޓް ހޮޓަލެއް ތަރައްގީކުރުމުގައި ރިޒޯޓް ހޮޓެލް ތަރައްގީކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަ ޅައިފައިވާ މިންގަނޑުތަކަށް އަމަލުކޮށް، ގާ އިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވިފައިވާނަމަ، އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ރިޒޯޓް ހޮޓެލްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ރިޒޯޓް ހޮޓަލެއްގައި ގާއިމުކުރަންޖެހޭކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
25 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ހޮޓެލް ތަރައްގީކޮށް ހިންގުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ވަކިވަކި ހޮޓެ ލްތައް ތަރައްގީކުރަންވާނީ އަންނަނިވި ގޮތަށެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ހޮޓަލެއް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގައި އިމާރާތްކުރެވޭނީ، އެ ބިމުގެ ސަރަހައްދުގެ %85 (އަށްޑިހަފަހެއް އިންސައްތަ) އަށެވެ.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކި ހޮޓަލެއް ތަރައްގީކުރުމުގައި ހޮޓާ ހިންގުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަ ޅައިފައިވާ މިންގަނޑުތަކަށް އަމަލުކޮށް، ގާ އިމުކުރަން ލާޒިމުކޮށްފައިވާ ހިދުމަތްތައް ގާއިމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި އާންމު ހިދުމަތެއްގެ ގޮތުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ވަކިވަކި ވިޔަފާރިތަކަށް ބޭނުންކުރެވޭގޮތަށް އެ ހިދުމަތެއް ގާއިމުކޮށްފައިވާނަމަ، އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ތަރައްގީކުރެވޭ ވަކި ހޮޓެ ލުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ހޮޓަލެ އްގައި ގާއިމުކުރަންޖެހޭ ކަމަށް ކަނޑައަޅާ ހިދުމަތްތައް ގާއިމުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
26 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އާންމު ހިދުމަތްތައް ގާއިމުކުރުން
މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހުންނަންޖެހޭ އާންމު ހިދުމަތްތައް ގާއިމުކުރެވިފައި ހުރިކަމަށް ބެލެވޭނީ، ވަކިވަކި ޓޫރިސްޓް ރިޒޯޓ،ް ރިޒޯޓް ހޮޓެލް އަދި ހޮޓާތަކުގައި ތިބޭ ފަތުރުވެރީންނަށް އިތުރު އެއްވެސް އަގަކާ ނުލައި އެ ހިދުމަތްތައް ގާއިމުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމައެވެ.
27 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރި ހިންގާނީ،ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތެވެ.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާ ވަކި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ހުއްދަ ހޯދާނީ، އެ ވިޔަފާރި ހިންގުމަށް ޑިވެލޮޕަރ ނުވަތަ ސަބްލެސީގެ ފަރާތުން ބިން ކުއްޔަށް ހިފައިފައިވާ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތެވެ.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ހިންގާ ވަކި ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޓޫރިޒަމާބެހޭ މިނިސްޓްރީ ނުވަތަ ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުން ކަނޑައަޅާ މިންގަނޑުތައް ފޯރުކޮށްދިނުމަކީ ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތުގެ ޒިންމާއެކެވެ.
ބާބު 8
ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުން
28 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް އަދި ޔޮޓް މެރީނާ ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރެވޭނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިށްލާހު ގެނައުމުގެ ގާނޫނު( އަށް އަމަލުކުރަން ފަށާއިރު ޓޫރިސްޓް ރިޒޯޓެއް، ރިޒޯޓް ހޮޓަލެއް، ހޮޓަލެއް، ނުވަތަ ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއް ނުވަތަ ފަޅުރަށަކުން ބައެއް ނުވަތަ ފަޅެކެވެ.
(ށ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް، ރިޒޯޓް ހޮޓަލެއް، ހޮޓަލެއް ނުވަތަ ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއް، ނުވަތަ ފަޅުރަށަކުން ބައެއް، ނުވަތަ ފަޅެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރަން އެދި އެ ރަށް، ނުވަތަ އެ ބިން ނުވަތަ އެ ފަޅު ކުއްޔަށް ހިފައިފައިވާ ފަރާތުން، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފޯމު ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިސްޓް ރިޒޯޓުތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓްރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުން ޓޫރިޒަމާބެހޭ މިނިސްޓްރީން ބަލައިގަނ،ެ މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާނަމަ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އެ ރަށެއް، ނުވަތަ އެ ފަޅެއް، ނުވަތަ އެ ބިމެއް ކުއްޔަށް ދޫކުރުމަށް ސަރުކާރާއި އެ ރަށް ނުވަތަ އެ ފަޅު ނުވަތަ އެ ބިން ކުއްޔަށް ހި ފައިފައިވާ ފަރާތާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުން ބަދަލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބަދަލުކުރިނަމަވެސ،ް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ގުނަން ފަށާނީ،އެހައިތަނަށް ހިނގަމުންދިޔަ ކުލީގެ އެއްބަސްވުމުގައި އެ ތަނުގެ ކުލީގެ މުއްދަތު ގުނަން ފަށާ ތާރީހު ކަމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ. އަދި އަލަށް އެކުލަވައިލެވޭ ކުލީގެ އެއްބަސްވުމުގެ ބާކީ މުއްދަތަކަށްވާނީ،އެހައިތަނަށް ހިނގަމުންދިޔަ ކުލީގެ އެއްބަސްވުމުގެ ބާކީ މުއްދަތެވެ.
(ބ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ ތަރައްގީކޮށް ނިމިފައިނުވާ ތަނެއް ނަމަ، އެ ތަނެއް އިމާރާތް ކުރުމަށް ކުރިން ދީފައިވާ މުއްދަތު ދެމިގެންދާނެއެވެ. އަދި އިމާރާތްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމުގައި، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަމަލުކުރަންވާނެއެވެ.
(ޅ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ ތަރައްގީކޮށް ނިމި ހިންގަން ފަށައި ފައިވާ ތަނަކަށް ވެފައި، އެ ތަނެއް އަލުން އިމާރާތްކުރުމަށް އެދި ހުށަހަޅާނަމަ، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ ދަށުން އެކަމަށް ދޭ މުއްދަތުގައި ކުލި ފަސްކުރެވޭނެއެވެ.
29 ވަނަ މާއްދާ - ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓެލް، ޔޮޓް މެރީނާ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމުގެ ށަރުތުތައް
(ހ) ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިށްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓ،ާހޮޓާ ނުވަތަ ޔޮޓް މެރީނާ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރެވޭނީ،އަންނަނިވި ކަންތައްތައް ފުރިހަމަވުމުންނެވެ.
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރާ ތަނަކީ ތަރައްގީކޮށް ނިމި ހިންގަން ފަށައިފައިވާ ތަނެއްނަމަ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 16-4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 1 (އެކެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ފީ، އެކީ އެއްފަހަރާ ދެއްކުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރާ ތަނަކީ ތަރައްގީކޮށް ނިމި ހިންގަން ފަށައިފައިނުވާ ތަނެއްނަމަ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 16-4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 1 (އެކެއް) މިލިޔަން އެމެރިކާ ޑޮލަރުގެ ފީ، އަންނަނިވި ގޮތަށް ދެއްކުން ނުވަތަ ދައްކަން އެއްބަސްވުން؛
2.1 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރ،ު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން.
2.2 ބާކީ 900,000 (ނުވަލައްކަ) އެމެރިކާ ޑޮލަރ،ު ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާތާ 3 (ތިނެއް) އަހަރުދުވަސް ފަހުން ދައްކަން ފަށައި، ފައިސާ ދައްކަން ފަށާތާ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ހަމަހަމަކޮށް އަހަރަކު 4 (ހަތަރެއް) ކުއާޓަރަށް ބަހައިލައިގެން ދައްކަން އެއްބަސްވުން. - ރަށުގައި، ނުވަތަ ފަޅުގައި، ނުވަތަ ބިމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ވަކިވަކި ބިންތައް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގިންތިކޮށް، އެ ބިންތައް ފާހަގަކުރެވޭ ޗާޓު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުން.
- ރަށާ ނުވަތަ ބިމާ ނުވަތަ ފަޅާ ގުޅޭ ހައްގުތައް މޯގޭޖް ކޮށްފައިވާނަމަ،މޯގޭޖްކޮށްފައިވާ ފަރާތުން ކުލީގެ އެއްބަސްވުން ބަދަލުކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާއިރު އެ ތަނަކީ ހިންގަމުންދާ ތަނެއްނަމަ، އެ ތަނަކާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާއެއް ދައްކައި ހަލާށްކޮށްފައިވުން؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާއިރު އެ ތަނަކީ ހިންގަމުންދާ ތަނެއްނަމަ، މި ގަވާއިދުގެ ދަށުން އެ ތަނެއްގައި ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަނަކަށް ވުން؛
- އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓަކަށް ބަދަލުކުރުމަށް އެދި ހުށަހަޅާ ތަނަކީ މީހުން ދިރިނޫޅޭ ރަށެއްގައި ނުވަތަ ފަޅެއްގައި ގާއިމުކޮށްފައިވާ ތަނަކަށް ވުން.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ދެވޭ މުއްދަތުގައި އެ ތަން ތަރައްގީކޮށް ނިމި ހިންގަން ނުފެށޭ ހާލަތުގައި ވެސް މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފީ، ޑިވެލޮޕަރަށް އަނބުރާ ލިބިއެއް ނުދެވޭނެއެވެ.
ބާބު 9
ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުން
30 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުން
(ހ) ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ، ހަމައެކަނި ސަރުކާރުގެ %100 (ސައްތަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުންޏަކަށެވެ.
(ށ) ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ގަސްތުކުރާ ސަރަހައްދެއް އެ ބޭނުމަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް އެ ސަރަހައްދުގައި ތަރައްގީކުރުމަށް ހުށަހަޅާ އެޕާޓްމަންޓް ނުވަތަ ވިލާ ނުވަތަ ކޮޓަރީގެ އަދަދު؛
- ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ތަރައްގީކުރާ ވިލާ ނުވަތަ ކޮޓަރީގެ އިތުރުން، އެ ސަރަހައްދުގައި ތަރައްގީކުރެވޭނެ އިތުރު ހިދުމަތްތަކާއި ވަސީލަތްތައް؛
- ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ހަވާލުކުރުމަށް ގަސްތުކުރ،ާ ސަރުކާރުގެ %100 (ސައްތަ އިންސައްތަ) ހިއްސާ އެކުލެވޭ ކުންފުންޏާ ގުޅޭ މައުލޫމާތު.
(ރ) އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ޓަކައި އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސ،ާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާގެ ގޮތުގައި، އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދެމިއޮންނަންވާނެއެވެ.
31 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުން
(ހ) ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ކަނޑައެޅުމުން، އެ ފަރާތަކާއެކީ އެ ރަށެއް ނުވަތަ އެ ފަޅެއް ނުވަތަ އެ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުން އެކުލަވައިލުމުގައި މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން،އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ، ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިށްލާހު ގެނައުމުގެ ގާނޫނު) ގެ 5-16 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުން މިނިސްޓްރީގެ ހުއްދަޔާ އެކުގައިކަން؛
- ކުލީގެ މުޅި އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތަކަށް ކުއްޔަށް ދެވޭނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5-16 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުން މިނިސްޓްރީގެ ހުއްދަޔާއެކުގައިކަން؛
- ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދޫކުރެވޭ ރަށުގައި ނުވަތަ ފަޅުގައި ނުވަތަ ބިމުގައި ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ބިމުގެ ސަރަހައްދުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ތަރައްގީކުރަން ޖެހޭނެކަން؛
- މި އަކުރުގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމަންޓް ތަރައްގީކުރުމަށް ކަނޑައެޅޭ ބިމުގެ އިތުރުން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ބާކީއޮންނަ ސަރަހައްދުގައި ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓާ އަދި އެހެނިހެން ވިޔަފާރި ތަރައްގީކުރެވިދާނެކަން؛
- (5) ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދޫކުރެވޭ ރަށުން ނުވަތަ ފަޅުން ނުވަތަ ބިމުން ވަކިވަކި ޓޫރިސްޓް ރިޒޯޓު، ރިޒޯޓް ހޮޓެލް، ހޮޓާ އަދި އެހެނިހެން ވިޔަފާރި ތަރައްގީކުރުމަށް ދޫކުރެވޭ ވަކި އެއް ބިމުގެ ބޮޑުމިން މުޅި ސަރަހައްދުގެ ބިމުގެ ބޮޑުމިނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑުވެގެން ނުވާނެކަން.
32 ވަނަ މާއްދާ - ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކާ ނުވަތަ ފަޅަކާ ނުވަތަ ބިމަކާ ގުޅޭ ހައްގުތައް ބަދަލުކުރުން
ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ ހިމެނޭ އެހެން ކުންފުންޏަކަށް ނުވަތަ އެ ފަދަ ކުންފުންޏެއްގެ ނުވަތަ ކުންފުނިތަކެއް %100 (ސައްތައިން ސައްތަ) ހިއްސާ ހިމެނޭ ސަބްސިޑިއަރީ ކުންފުންޏެއް ފިޔަވައި އެހެން ފަރާތަކަށް ވިއްކައިލެވޭނީ ނުވަތަ ކުއްޔަށްދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވުމުންނެވެ.
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގަން ފަށާތާ 10 (ދިހައެއް) އަހަރުދުވަސް ވެފައިވުން.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅާ ހުށަހެޅުމުގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅައިފައިވާ ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމަންޓްތަކުގެ %75 (ހަތްދިހަފަހެއް އިންސައްތަ) އިމާރާތްކޮށް ނިމިފައިވުން.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅާ ހުށަހެޅުމުގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅައިފައިވާ ކޮޓަރިތަކުގެ ނުވަތަ ވިލާތަކުގެ ނުވަތަ އެޕާޓްމަންޓްތަކުގެ %50 (ފަންސާސް އިންސައްތަ) ވަކިވަކި ފަރާތްތަކަށް ކުއްޔަށް ދީފައިވުން.
ބާބު 10
އެހެނިހެން
33 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމުގައި ގާނޫނާއި ގަވާއިދަށް އަމަލުކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި އަމަލުކުރަންޖެހޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ އެންމެހައި މިންގަނޑުތަކަށް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގައި އަމަލުކުރަންވާނެއެވެ.
34 ވަނަ މާއްދާ - އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން
(ހ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން އެ ރިޒޯޓެއްގައި ހިންގާ ވަކިވަކި ވިޔަފާރިތަކަށާއި ފަތުރުވެރިންނަށް އަންނަނިވި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
- ކަރަންޓުގެ ހިދުމަތް؛
- ސާފު ފެނުގެ ހިދުމަތް؛
- ނަރުދަމާގެ ހިދުމަތް؛
- ކުނި ނައްތައިލުމުގެ ހިދުމަތް؛
- ސިއްހީ ހިދުމަތް؛
- މުއާށަލާތު ކުރުމުގެ ހިދުމަތް (މޮބައިލް ފޯނާއި އިންޓަރނެޓުގެ ހިދުމަތް ހިމެނޭގޮތަށް)
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، ކަރަންޓާއި، ސާފު ފެނާއި، ނަރުދަމާއާއި، ކުނި ނައްތައިލުމުގެ ހިދުމަތް ފޯރުކޮށްދޭންވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ސިއްހީ ހިދުމަތް ދޭންވާނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށެވެ.
35 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް 100,000 (އެއްލައްކަ) ދިވެހި ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު،ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) ފަތުރުވެރީންނަށް ހިދުމަތް ދިނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށްވުރެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓަކުން ދޭ ހިދުމަތެއްގެ ފެންވަރު ދަށްވެއްޖެނަމަ، އެ ހިދުމަތެއް ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް 1,000,000 (އެއްމިލިޔަން) ދިވެހި ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
36 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފު ޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ށިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑްޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅައިފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ އެ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓު އަދި/ނުވަތަ ރިޒޯޓް ހޮޓެލް އަދި/ނުވަތަ ހޮޓެލް އަދި/ނުވަތަ ޔޮޓް މެރީނާ އަދި/ ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއްބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.
(ނ) "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ހުއްދަދޭ ފަރާތަށެވެ.
(ރ) "ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، އެ ރިޒޯޓުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް ގާއިމުކޮށް ހިންގާ ވަކި އިންވެސްޓަރަށެވެ.
(ބ) "ސަބްލެސީ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުގެ ފަރާތުން ކުއްޔަށް ދޫކޮށްފައިވާ ރަށަކާ ގުޅޭ ނުވަތަ ބިމަކާ ގުޅޭ ނުވަތަ ފަޅަކާ ގުޅޭ އެންމެހައި ހައްގުތައް، އެ ތަނެއް ކުއްޔަށް ހިފައިފައިވާ ޑިވެލޮޕަރުގެ ފަރާތުން ކުއްޔަށް ހިފައިފައިވާ ތިންވަނަ ފަރާތަށެވެ.
37 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
38 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2021-64 (އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު) އުވުނީއެވެ.
އުވި ގަވާއިދު
އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-64)
ކިޔުންތެރިންގެ ހިޔާލު