-

ޓޫރިޒަމާބެހޭ ގާނޫނު (ނަންބަރު 1999-02) އަށް 16 ވަނަ ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-26)

(މި ގާނޫނަށް އަމަލުކުރަން ފެށީ 6 ޑިސެމްބަރު 2025 ގައި)

 

ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޓޫރިސްޓް ހިދުމަތްދޭ ތަންތަން 2.

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ހިދުމަތެއް ދޭންވާނީ އަދި އެފަދަ ހިދުމަތްދޭ ތަންތަން ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ދިވެހިރާއްޖޭގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަން ހަދައި ތަރައްގީކުރުމަށްޓަކައި ރަށްރަށާއި ބިންބިމާއި ފަޅު ދޫކުރަންވާނީ، އަދި އެތަންތަން ތަރައްގީކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި "ޓޫރިސްޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޓޫރިސްޓް ހިދުމަތްތަކަށެވެ.

  1. ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޓްރޭނިންގ ރިޒޯޓް، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި ޕްރައިވެޓް އައިލެންޑް؛
  2. ޓޫރިސްޓުންނަށް ހާއްސަކުރެވިގެން ދެވޭ، ބަނދަރުފަދަ ތަންތަނާއި ފީނުމާއި، ވޯޓަރ ސްޕޯޓްސްގެ ހިދުމަތްތައް؛
  3. ޓޫރިސްޓުންނަށް ފޯރުކޮށްދޭ، ހިދުމަތެއްގެ ގޮތުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ހިދުމަތްތައް.

 

2 ވަނަ މާއްދާ - ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި، ޕްރައިވެޓް އައިލެންޑް ހެދުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި، ޓޫރިޒަމް ޓްރެއިނިންގ ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅު، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ތަންތަނާއި ސަރަހައްދުތަކުގައި ތަރައްގީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓަލެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި ކުއްޔަށް ދޫކުރާ ތަންތަނާއި، ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ހިފާ ފަރާތްތަކުން ސަރުކާރަށް ދައްކާ ފައިސާ، އެތަނެއް ނުވަތަ ސަރަހައްދެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ، އެ ކައުންސިލްތަކަށް ދޫކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

4. ދައުލަތުގެ ކުންފުންޏަކަށް، މި މާއްދާގެ (ފ) ގައިވާ ގޮތުގެމަތިން، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

  1. ދައުލަތުގެ ކުންފުންޏަކަށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޫކުރަންވާނީ މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
  2. ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް، ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި އެތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނި، ވަޒީރުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ؛
  3. ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެތަނުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަމުގައި ވާންވާނެއެވެ.
  4. ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ދައުލަތުގެ ކުންފުންޏާއި ދިވެހިސަރުކާރާ ދެމެދު މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ވެވޭ އެގްރީމެންޓެއްގެ ދަށުންނެވެ.
  5. ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓް ނުވަތަ އެގްރީމެންޓުގެ ދަށުން ލިބިދޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ. އަދި، އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި މި މާއްދާގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ދަށްވެގެންދާ ގޮތަށް، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ދައުލަތުގެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
  6. ދައުލަތުގެ ކުންފުންޏަށް ދޫކުރާ ރަށަށް ނުވަތަ ފަޅަށް ނުވަތަ ބިމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ އެކުއިޒިށަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެއެވެ.
  7. ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި، މި އަކުރުގެ (6) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ އެކުއިޒިށަން ފީގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީން ކަނޑައަޅާ އަދަދެއްގެ ފައިސާ، ކޯޕަރޭޓް ސޯށަލް ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި، ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަށްރޫއަކަށް ހަރަދުކުރުމަށް، މިނިސްޓްރީއަށް ށަރުތުކުރެވިދާނެއެވެ.
  8. މި މާއްދާގެ ދަށުން، ދައުލަތުގެ ކުންފުންޏަކަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާބެހޭ އުސޫލުތަކާއި، އެތަންތަން ވަކިކުރުމާއި، އެނޫންވެސް، ކަމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
  9. މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް "ދައުލަތުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން 45% (ސާޅީސްފަހެއް އިންސައްތަ) ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
  10. މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްފަހުގައި، އެކަމާބެހޭ ތަފްސީލީ މައުލޫމާތު ލިޔުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، މިނިސްޓްރީން ހިއްސާކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ބ) ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކުރުމަށް މި މާއްދާގެ (ނ) ގެ ދަށުން ކުއްޔަށް ދޫކުރާ މުއްދަތު، މި ގާނޫނުގެ 1-6 ވަނަ މާއްދާގެ ދަށުން، އިތުރުކޮށްދިނުމާއި، އެ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތް.

(މ) މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކުއްޔަށް ދޫކުރާ ތަނުގެ ފަޅުގެ ސަރަހައްދާއި، އެ ސަރަހައްދު އިތުރުކުރުމުގައި އަމަލުކުރާނެ ގޮތް.

(ފ) ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްގީކޮށް ހިންގަމުންދާ ތަންތަން، މި ގާނޫނުގެ 1-45 ވަނަ މާއްދާގެ ދަށުން ރީ ޑިވެލޮޕްކުރުމަށް ބަންދުކުރުމާއި، އެފަދައިން ބަންދުކުރެވޭނެ މުއްދަތާއި، އެ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތް.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުން 1-6.

(ހ) މި ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެގްރީމެންޓުގައި، އެތަނެއް ތަރައްގީކޮށް ނިންމައި، ތަން ހުޅުވައި، ހިދުމަތްދޭން ފަށާނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ތަން ތަރައްގީކޮށް ނިންމައި އެތަނެއް ހުޅުވާފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު މި މާއްދާގެ (ހ) ގެ ދަށުން އިތުރުކޮށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށެވެ. އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރެވޭނީ، ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ކުލީގެ އެގްރީމެންޓް އިސްލާހުކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަން ތަރައްގީކުރުމުގެ މުއްދަތު އިތުރުކޮށްދެވޭނީ ސަރުކާރާއި އެތަނެއް ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެގްރީމެންޓުގައި، އެތަނެއް ތަރައްގީކޮށް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާ ތަންތަން ކަންޏެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ތަން ތަރައްގީކުރުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނަގަންވާނެއެވެ. އަދި އެފަދައިން މުއްދަތު އިތުރުކޮށްދިނުމުގެ ފީ ނެގުމާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، މިނިސްޓްރީން ކަނޑައަޅާ އަދަދެއްގެ ފައިސާ ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގޮތުގައި ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަށްރޫއަކަށް ހަރަދުކުރުމަށް ށަރުތުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ތަން ތަރައްގީކުރުމުގެ މުއްދަތު އިތުރުކޮށްދިނުމާއެކު، އެފަދައިން އިތުރުކޮށްދެވޭ މުއްދަތަށް މި ގާނޫނުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ ކުއްޔާއި، މުއްދަތު އިތުރުކޮށްދިނުމާ ހަމައަށް މި ގާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކުލީގެ އެގްރީމެންޓަށް ގެނެވޭ އިސްލާހުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަން ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ހިދުމަތްދޭން ފަށާފައިނުވާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީގެ އެގްރީމެންޓް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ދިވެހިސަރުކާރުގެ ގެޒެޓް ލިބިގެންވެއެވެ. އަދި ކުލީގެ އެގްރީމެންޓް ބާތިލުކުރާ ހާލަތެއްގައި، ތަން ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.

(ކ) މި މާއްދާގެ ބޭނުމަށް، "ތަން ތަރައްގީކޮށް ނިންމުން" ކަމަށް ބުނެފައި އެވަނީ، އެތަނެއް ކުއްޔަށް ދިނުމަށްޓަކައި، ސަރުކާރާއި ތަން ކުއްޔަށް ހިފާ ފަރާތާއެކު، ވެފައިވާ އެގްރީމެންޓުގައި، އެތަނެއް އިމާރާތްކޮށް، ތަރައްގީކުރުމުގެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ މަސައްކަތްތައް ނިންމައި، ތަން އޮޕަރޭޓިންގ ހާލަތަކަށް ގެނައުމަށެވެ.

 

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުން 2-6.

(ހ) މި ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަހައްދު، އެތަނެއް ކުއްޔަށް ދިނުމަށްޓަކައި، ކުއްޔަށް ހިފާ ފަރާތާއެކު މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ސަރުކާރުން އެކުލަވާލާ ކުލީގެ އެގްރީމެންޓުގައި ހިމަނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީންނެވެ.

(ނ) މި ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި އެތަންތަނުގެ ކުލީގެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ސަރަހައްދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ފަޅުގެ ސަރަހައްދު އިތުރުކޮށްދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފީއެއް ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

  1. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.
  2. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 (ދެލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅު ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ފަރާތެއްނަމަ އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދީފައިވާ މުއްދަތު، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް އަދި ގިނަވެގެން 49 (ސާޅީސް ނުވައެއް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

  1. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުން، މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ނުހިމެނެއެވެ؛ އަދި،
  2. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 20 (ވިހި) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ގާނޫނު ނަންބަރު 1999-02  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 2,500,000 (ދެމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
  3. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 25 (ފަންސަވީސް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 3,000,000 (ތިންމިލިއަން) އެމެރިކާ ޑޮލަރު އެކީ، އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
  4. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
  5. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ގާނޫނު ނަންބަރު 2ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އަންނަނިވި ގޮތުގެމަތިން މުއްދަތު އިތުރުކުރުމުގެ ފީ ދައްކާފައިވުން؛ ނުވަތަ
    1. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއްމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން 4,000,000 (ހަތަރުމިލިއަން) އެމެރިކާ ޑޮލަރު ދައްކާފައިވުން ނުވަތަ
    2. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއްމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން 4,500,000 (ހަތަރުމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު ދައްކާފައިވުން.
  6. ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައި، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16-20 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ސުރުހީ އަދި ފަސް މާއްދާ އިތުރުކުރުން.

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް 21-16.

(ހ) "ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް، ހިންގުމަށް، ރަށްރަށާއި ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރަންވާނީ، އަދި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގަންވާނީ، މި ގާނޫނުގެ 22-16 ވަނަ މާއްދާއިން ފެށިގެން 24-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒެއްގެ ހިދުމަތް ފޯރުކޮށްދިނުމާއެކު، އެ މަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް އަމަލީ ތަޖުރިބާ ހޯދޭނެ ގޮތުގެމަތިން އެތަނަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަކުރެވިފައިވާ ރިޒޯޓަކަށެވެ.

 

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގިކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން 22-16.

(ހ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އެހެންނަމަވެސް އެފަދައިން ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމުގައި، މި މާއްދާގައި ކަނޑައަޅާފައިވާ ށަރުތުތަކާއި ލުއިތައް މި މާއްދާގައި ބަޔާންކޮށްފައިވާ ނިސްބަތަށް އެކަންކަމުގެ މައްޗަށް ހިނގާނެއެވެ.

(ށ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަނޑައަޅާ ސަރަހައްދަކުން އެ އަކުރުގެ ދަށުން ކަނޑައަޅާ އަދަދަކަށެވެ.

(ނ) ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި އެ ދާއިރާގައި ހިދުމަތްކުރާ މީހުން ބިނާކުރުމަށް ގައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރަނީ މި ގާނޫނުގެ 24-16 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަމްރީނުދޭ މަރުކަޒެއް ހިންގުމަށް ށަރުތުކޮށް ކަމަށްވާތީ، އެތަނަށް ދައްކަންޖެހޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެފަދަ ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް ކަނޑައެޅޭ އެކުއިޒިށަން ފީއެވެ.

(ބ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭ ފަރާތާއި ދިވެހިސަރުކާރާ ދެމެދު ވެވޭ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ އެގްރީމެންޓެއްގެ ދަށުންނެވެ. އަދި އެ އެގްރީމެންޓުގައި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ހަވާލުކުރެވޭ ފަރާތުން މި ގާނޫނުގެ 24-16 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަމްރީނުތައް އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިންގަން ފަށާފައިނުވާނަމަ ނުވަތަ ހިންގަމުންނުދާނަމަ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އެފަރާތުގެ ކިބައިން ވަކިކުރެވޭނެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށްޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓް ނުވަތަ އެގްރީމެންޓުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ސަބްލީސްކޮށްގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށްޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވިފައިވާ ފަރާތަކުން އެހެން ފަރާތަކާ އެކުގައި، ޕާޓްނަރށިޕް އުސޫލަކުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުމަކަށް ނުވަތަ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުން އެހެން ފަރާތަކާ ހަވާލުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(އ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށްޓަކައި ދޫކުރެވޭ ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމާއި، ވަކިކުރުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަށް ހުއްދަ ދިނުމުގެ ށަރުތުތައް 23-16.

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓެއް ހިންގުމުގެ ހުއްދަ ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާއި ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒެއް އިމާރާތްކޮށްފައިވުމާއެކު މި ގާނޫނުގެ 16-24 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އެ މަރުކަޒާ ގުޅޭގޮތުން ފުރިހަމަވެފައިވުން؛

(ށ) އެތަނުގައި ތަރައްގީކުރުމަށް ކަނޑައެޅިފައިވާ ރިޒޯޓް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީކޮށްފައިވުން؛

(ނ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަކުން ލިބެންޖެހޭނެކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަސީލަތްތަކާއި ހިދުމަތްތައް އެތަނަކުން ލިބެންހުރުން.

 

ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒު 24-16. 

(ހ) މި ގާނޫނުގެ 21-16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒަކީ، ތަމްރީނުކުރާ މަރުކަޒު އަންނަނިވި ކަންކަން ފުރިހަމަވާ ގޮތުގެމަތިން ގާއިމުކޮށް، ހިންގޭ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

  1. މަރުކަޒު ހިންގަނީ، ރަޖިސްޓަރީކޮށްފައިވާ ތަމްރީނުދޭ މަރުކަޒަކުން ކަމުގައިވުން.
  2. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ވަސީލަތްތައް މަރުކަޒުގައި ގާއިމުވެފައިހުރުން.
  3. މަރުކަޒުގައި ހިންގާ ތަމްރީނު ޕްރޮގްރާމުތަކަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ މަންހަޖަކަށް ބިނާކޮށް، ތިއޮރެޓިކަލް ބައިތަކާއި، އަމަލީ ތަމްރީނާއި ތަޖުރިބާ ހިމެނޭގޮތުން ފަރުމާކޮށް ހިންގޭ ޕްރޮގްރާމުތަކެއް ކަމުގައިވުން.
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން މަރުކަޒާއި މަރުކަޒުން ހިންގާ ޕްރޮގްރާމުތަކުގައި ފުރިހަމަވުން.

(ށ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓެއްގައި ދޭންޖެހޭ ތަމްރީނު ދިނުމާއެކު، އެތަނުގައި ތަމްރީނުވާ ފަރާތްތަކުން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި އަމަލުކުރަންޖެހޭ އަސާސީ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:

  1. މަރުކަޒުގައި މަދުވެގެން ހިންގުން ލާޒިމު ޕްރޮގްރާމުތައް.
  2. މަރުކަޒުގައި ހިންގާ ޕްރޮގްރާމުތަކަށް ބިނާކޮށް އެތަނުގައި މަދުވެގެން ގާއިމުކޮށްފައި ހުންނަންޖެހޭ ވަސީލަތްތައް؛
  3. މަރުކަޒުގައި ތަމްރީނުވަމުންދާ ފަރާތްތައް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ސުޕަވައިޒުކުރާނެ ފަރާތްތަކުގެ ށަރުތުތަކާއި ސުޕަވައިޒަރުން ތިބެންޖެހޭ ނިސްބަތް؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ކަންކަން.

 

ޓޫރިސްޓް ރިޒޯޓާގުޅޭ އުސޫލުތައް ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަށް ހިނގުން 25-16.

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން މި ގާނޫނުގެ 21-16 ވަނަ މާއްދާއިން ފެށިގެން 24-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެނޫން ކަންކަމާ ގުޅޭގޮތުން ހިނގާނީ މި ގާނޫނުގައި ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރުން 28.

(ހ) މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ ތިރީގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.

  1. ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ލިބިފައިވުން؛
  2. އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް އެތަނަކުން ލިބެންހުރުން.

(ށ) ޔޮޓް ބަނދަރު ހެދުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އަދި އެފަދަ ތަންތަން، ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލުކުރުމަށް މި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ޔޮޓް ބަނދަރުތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓުއަރ އޮޕަރޭޓަރ ލައިސަންސް 32.

(ހ) ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ، މި ގާނޫނުގެ ދަށުން ދޫކުރާ ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

(ށ) ދަތުރު ރާވައި ހިންގުމުގެ ހިދުމަތުގެ ބާވަތްތަކަށް ބިނާކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ޓުއަރ އޮޕަރޭޓަރ ލައިސަންސްގެ ބާވަތްތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ޓުއަރ އޮޕަރޭޓަރ ލައިސަންސް ދޫކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ ވިޔަފާރި ތަންތަނަށެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލައިސަންސް ދޫކުރުމުގެ އާންމު ށަރުތުތަކުގެ އިތުރުން، ލައިސަންސްގެ ވަކި ގިންތިތަކަށް ހާއްސަކޮށް އިތުރު ށަރުތު ކަނޑައެޅިދާނެއެވެ.

(ރ) ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ ވިޔަފާރި ތަންތަނުން، އެ ހިދުމަތް ދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން އޮފީހެއް ގާއިމުކުރަންވާނެއެވެ. މި އޮފީސް، ފިޒިކަލް އޮފީހެއްގެ ގޮތުގައި ނުވަތަ އޮންލައިން ޕްލެޓްފޯމެއްގައި ޑިޖިޓަލް އޮފީހެއްގެ ގޮތުގައި ގާއިމުކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ބ) ޓޫރިސްޓް ހިދުމަތްދޭ ފަރާތެއްގެ ހިދުމަތެއް، ޓުއަރ އޮޕަރޭޓަރުން ވިއްކަންވާނީ ނުވަތަ ވިއްކުމަށް ހުށަހަޅަންވާނީ، އެފަރާތެއްގެ ހުއްދަ ހޯދައި، ޓުއަރ އޮޕަރޭޓަރާއި ޓޫރިސްޓް ހިދުމަތްދޭ ފަރާތުގެ މެދުގައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، އެއްބަސްވުމަކަށް ވާސިލުވުމަށްފަހުގައެވެ.

(ޅ) ޓުއަރ އޮޕަރޭޓަރުންގެ ހިދުމަތްތައް އެއަރޕޯޓުން ފޯރުކޮށްދިނުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއަރޕޯޓް ރެޕްރެޒެންޓެޓިވުން ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން އައްޔަންކުރެވިދާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން ދޫކުރާ ޓުއަރ އޮޕަރޭޓަރ ލައިސަންސްއަށް އެދި ހުށަހެޅުމުގައާއި، ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައާއި، ލައިސަންސް ދޫކުރުމާއި، އާކުރުމަށް ފީ ނެގުމުގައާއި ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގައާއި، ލައިސަންސްގެ ދަށުން ހިދުމަތްދޭ ފަރާތްތަކާގުޅޭ ށަކުވާ ހުށަހެޅުމާއި، އެފަދަ ފަރާތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސް 33.

(ހ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސެއްގެ ދަށުން، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ޓުއަރ އޮޕަރޭޓަރަކާ ގުޅިގެން އެފަދަ ފަރާތެއް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ފޮރިން ޓުއަރ އޮޕަރޭޓަރާއި އެފަރާތަކާ ގުޅިގެން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޓުއަރ އޮޕަރޭޓަރާ ދެމެދު އެފިލިއޭށަން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އެ އެއްބަސްވުމުގައި އެންމެ މަދުވެގެން ހިމެނެންވާނެ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދޫކުރާ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއަށް އެދި ހުށަހެޅުމުގައާއި، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައާއި، ލައިސަންސް ދޫކުރުމުގައާއި، ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގައާއި، ލައިސަންސް ދޫކުރުމާއި އާކުރުމުގެ ފީއާއި، އަދި ހިދުމަތްދޭ ފަރާތްތަކާގުޅޭ ށަކުވާ ހުށަހެޅުމާއި އެފަރާތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ނ) ޓުއަރ ގައިޑުކަން ކުރާ ފަރާތްތަކުން ހިދުމަތް ދިނުމުގައި ފަތުރުވެރިންނަށް ދޭންވާނީ ތެދު މައުލޫމާތެވެ. އަދި ހިދުމަތް ދިނުމުގައި އަމަލުކުރަންވާނީ ކަނޑައެޅިފައިވާ ސުލޫކީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) ޓުއަރ ގައިޑުކަން ކުރުމުގެ ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-45 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް، ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމަށް، މި މާއްދާގެ (ހ)ގެ ދަށުން ހުއްދަ ދިނުމާއެކު، އެފަދައިން ބަންދުކުރެވޭ މުއްދަތަށް މި ގާނޫނުގެ ދަށުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް މި ގާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފިޔަވަޅު އެޅުން 48.

(ހ) މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެފަރާތެއް ފޯރުކޮށްދިން ހިދުމަތުގެ ބާވަތަށާއި ގާނޫނާ ހިލާފަށް ހިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް މި ގާނޫނާ ހިލާފަށް ހުއްދަ ހޯދުމަކާ ނުލައި ހިންގަމުންދާނަމަ އަދި ހިދުމަތް ދިނުން ހުއްޓާލުމަށް އެންގުމަށްފަހު ހުއްދަނެތި ހިދުމަތް ފޯރުކޮށްދެމުންދާނަމަ، އެފަދައިން ހިދުމަތް ދެމުންދާ ކޮންމެ ދުވަހަކަށް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުމުން ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި ހިލާފުވި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ދަތުރު ރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނާއި ޓޫރިޒަމްގެ ބޭނުމަށް ދިވެހިރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރާއި، އެ ދަތުރުގެ އެހެނިހެން ކަންކަން ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުންދޭ އެންމެހައި ހިދުމަތްތަކަށެވެ.

 

19 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

މަގުސަދު

.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު