-

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2004-03)

(ގާނޫނު ނަންބަރު 2004-03)

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަށް ތިރީގައިވާ އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ތިރީގައިވާގޮތަށް އިސްލާހުކުރުން.

ޓެކްސް 35.

(ހ) ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓެއްގައި، ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި، ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއްގައި، ނުވަތަ ޓޫރިސްޓް އުޅަނދެއްގައި، ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 8 އެމެރިކާ ޑޮލަރު، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރު ފައިސާއަކުން 8 އެމެރިކާ ޑޮލަރަށްޖެހޭ އަދަދު، ދިވެހި ސަރުކާރަށް ޓެކްސެއްގެ ގޮތުގައި ނެގޭނެއެވެ. ޓޫރިސްޓުންގެ އަތުން މި ޓެކްސް ނަގައި، ސަރުކާރަށް ހަމަޔަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ. ވޭތުވެދިޔަ މަހުގެ ޓެކްސް، ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައްކައި ނިންމަންވާނެއެވެ. 

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު