-

ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-36)

(މި ގަވާއިދުގެ 11 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2010-11 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 44 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓުންނަށް ހިިދުމަތް ދޭ ތަންތަނުން ދޭ ހިިދުމަތްތަކުގެ ފެންވަރު ކަނޑައެޅުމަށް، އެ މާއްދާއިން ލިބިދޭ އިހިްތިޔާރުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ތަންތަނުގައި ރަމްޒީ ކައިވެނީގެ ހަފުލާތައް ބޭއްވުމާބެހޭ އުސޫލު ކަނޑައެޅުމަށްޓަކައި ހަދައިފައިވާ ގަވާއިދެކެވެ.

(ށ) ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވޭނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް މެރީނާ، އަދި ޓޫރިސްޓް އުޅަނދުފަހަރުގައެވެ.

 

2 ވަނަ މާއްދާ - މަގްްސަަދު

މި ގަވާއިދުގެ މަގްްސަަދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ އުސޫލު ކަނޑައެޅުމެވެ. ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވޭނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވާ ތަންތަން ރަޖިސްޓަރީ ކުރުން

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ، މި ގަވާއިދުގެ 1 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ތަންތަނުގައި ބާއްވާނަމަ، ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވާ ތަނެއް ރަޖިސްޓަރީ ކުރުމަށްޓަކައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށްފައި ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅައި، އެ ތަނެއް ރަޖިސްޓަރީ ކުރަން ވާނެއެވެ. މިގޮތުން ދޫކުރެވޭ ރަޖިސްޓަރީގެ މުއްދަތަކީ، އެ ޓޫރިސްޓް ފެސިލިޓީއެއްގެ އޮޕަރޭޓިންގ ލައިސަންސްގެ މުއްދަތެވެ.

 

4 ވަނަ މާއްދާ - ރަމްޒީ ކައިވެނީގެ ހަފުލާގެ ހިިދުމަތުގެ ފެންވަރު

(ހ) ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ އިންތިޒާމުކޮށް، އެ ކަމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަންވާނީ ހަފުލާ ބޭއްވުމަށް ހުއްދަ ދީފައިވާ ތަނެއް ހިންގުމުގައި ހުންނަ އެންމެ އިސް މުވައްޒަފަކު ނުވަތަ އޭނާ ކަނޑައަޅާ ސީނިއަރ މެނޭޖްމަންޓުގައި ހިމެނޭ މުވައްޒަފެއްގެ ބެލުމުގެ ދަށުންނެވެ.  

(ށ) މި ގަވާއިދުގެ ދަށުން ބާއްވާ ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމަށް އެދޭ ފަތުރުވެރިންނަށް، ހަފުލާ ބޭއްވުމުގެ ކުރިން، ހަފުލާ ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ މައާުލޫމާތު އެ ފަތުރުވެރިންނާ ބައްދަލުކޮށްފައި ދޭންޖެހޭނެއެވެ. އަދި ބައެއް ހާލަތުގައި ފަތުރުވެރިޔާއަށް ދުރާލައި ބައްދަލުކޮށްގެން ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށް ދަތި އުނދަގޫ ކަންކަން ހުރިނަމަ، އީ-މެއިލުގެ ޒަރީއާާއިން މައާުލޫމާތު ހިއްސާކުރެވިދާނެއެވެ.

(ނ) ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމުގައި، ރަމްޒީ ކައިވެނި ކުރުމަށް އެދޭ ފަތުރުވެރިންނަށް، ދޮގު އެއްވެސް މައާުލޫމާތެއް، ނުވަތަ އޮޅުންއަރާ ފަދަ އެއްވެސް މައާުލޫމާތެއް ދީގެން ނުވާނެއެވެ.

(ރ) ރަމްޒީ ކައިވެނީގެ ހަފުލާއާ ގުޅޭގޮތުން ކުރެވޭ އިންތިޒާމުތައް ކުރެވިފައި ހުންނަންޖެހޭނީ، ދެއްކޭ އަމަލަކުން، ނުވަތަ ބޭނުންކުރެވޭ ބަހަކުން، ނުވަތަ ބޭނުންކުރާ ތަކެތީގެ ގޮތުން ވިޔަސް، އިސްލާމްދީނަށް ފުރައްސާރަ ރައްދުނުވާ ފަދަ ގޮތަކަށެވެ. މީގެ އިތުރުން، މި އިންތިޒާމުތައް ތަންފީޒު ކުރުމުގައި، ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދައާއި އިޖުތިމާއާީ މިންގަނޑަށް އިހްްތިރާމް ކުރަންވާނެއެވެ. އަދި މިކަންކަމަށް ހުތުރުވާގޮތަށް، ނުވަތަ ފުރައްސާރަ ރައްދުވާގޮތަށް، އެއްވެސް ކަމެއް، އަމަލުން ނުވަތަ ބަހުންވެސް، ރަމްޒީ މައުޒޫނާއި ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ރަމްޒީ ކައިވެނި ހަފުލާގައި ކިޔާ ނަސޭހަތުގެ ބަސްކޮޅު

(ހ) ރަމްޒީ ކައިވެނީގެ ހަފުލާގައި ރަމްޒީ މައުޒޫނު ކިޔާ ނަސޭހަތުގެ ބަސްކޮޅު، ހަފުލާ ބޭއްވުމަށް އެދޭ ފަރާތް އިހިްތިޔާރުކުރާ ބަހަކުން ކިއިދާނެއެވެ.

(ށ) ރަމްޒީ ކައިވެނީގެ ހަފުލާގައި ރަމްޒީ މައުޒޫން ކިޔައިދޭ ނަސޭހަތުގެ ބަސްކޮޅު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާާޔަތް ކުރުމަށްފަހު، އެ ރިޒޯޓެއްގެ މެނޭޖްމެންޓަށް ހުށަހަޅައިގެން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ރަމްޒީ ކައިވެނީގެ ހަފުލާގައި ބޭނުންކުރުމަށް ފަތުރުވެރިން އިހިްތިޔާރުކުރާ ބަހަކީ، އެ މީހުންނަށް ނޭނގޭ ބަހަކަށްވާނަމަ، އެންމެ ލަސްވެގެން ހަފުލާ ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން، ހަފުލާގެ ރަމްޒީ މައުޒޫނު ދައްކަންޖެހޭ އެންމެހައި ވާހަކަތައް    (މީގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބުނެފައިވާ ރަމްޒީ ހަފުލާ ބާއްވަން އެދޭ ފަތުރުވެރިންނަށް، ހަފުލާގައި ދެވޭ ނަސޭހަތް( ހިމަނައިގެން ފަތުރުވެރިންނަށް އެނގޭ ބަހަކަށް ތަރުޖަމާކޮށްފައި އެ ފަތުރުވެރިންނާ ހަވާލުކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ނަސޭހަތާ މެދު އިއާުތިރާޒެއް ނުކުރާކަމުގެ ލިޔުމެއްގައި، ހަފުލާ ބާއްވަން އެދޭ ފަތުރުވެރިންނާއެކު ހަފުލާ ބޭއްވުމަށް ހުއްދަ ދީފައިވާ ތަނެއް ހިންގުމުގައި ހުންނަ އެންމެ އިސް މުވައްޒަފަކު ނުވަތަ އޭނާ ކަނޑައަޅާ ސީނިއަރ މެނޭޖްމަންޓުގައި ހިމެނޭ މުވައްޒަފަކާއި ރަމްޒީ މައުޒޫނު ސޮއިކުރަންވާނެއެވެ.

(ބ) ރަމްޒީ ކައިވެނީގެ ހަފުލާ ކުރިޔަށްދާއިރު އެއްވެސް ފަރާތަކުން، އިހްްތިރާމް ކުޑަވާފަދަ ނުވަތަ ބޭއަދަބީ ކަމެއް، އަމަލުން ނުވަތަ ބަހުންވެސް ހިންގައިގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ހަފުލާ ރެކޯޑްކުރުމާއި ރެކޯޑް ބެލެހެއްޓުން

(ހ) ރަމްޒީ ކައިވެނީގެ ހަފުލާގައި ހިނގާ އެންމެހައި ކަންތައްތައް، އަޑާއެކު ވީޑިއޯކޮށް ރެކޯޑް ކުރަންވާނެއެވެ. އެފަދައިން ރެކޯޑުކުރުމަށް އިއާުތިރާޒެއް ނުކުރާކަމަށް ފަތުރުވެރިޔާ ސޮއިކޮށްފައި އޮންނަ ލިޔުމެއް ރިޒޯޓުގެ މެނޭޖްމެންޓުން ހޯދަންވާނެއެވެ. މީގެ އިތުރުން، މި މާއްދާގެ ދަށުން ޓޫރިސްޓް ފެސިލިޓީގެ ފަރާތުން ރެކޯޑުކުރާ ވީޑިއޯ، ޓޫރިޒަމާބެހޭ މިނިސްޓްރީ ނޫން އެއްވެސް ފަރާތަކާ ހިއްސާ ކޮށްގެން ނުވާނެއެވެ. އަދި އެ ވީޑިއޯގައި ހިމެނޭ ފަތުރުވެރިންގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ އެއްވެސް ޕްލެޓްފޯމެއްގައި އެ ވީޑިއޯ ބޭނުންކޮށްގެން ނުވަތަ އާންމުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރެކޯޑިންގ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް ބަނދަރު އަދި ޓޫރިސްޓް އުޅަނދުފަހަރުގެ މެނޭޖްމަންޓުން މަދުވެގެން 2 (ދޭއް) އަހަރުދުވަހަށް ރައްކައުކޮށްފައި ބާއްވަންވާނެއެވެ. އަދި ޓޫރިޒަމާބެހޭ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، އެ ވީޑިއޯގެ ކޮޕީއެއް، ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) ކުރެވޭ ހުރިހާ ރަމްޒީ ކައިވެނިތަކެއްގެ ދަފުތަރެއް ހަފުލާ ބޭއްވުމަށް ހުއްދަ ދީފައިވާ ތަނެއްގައި 2 (ދޭއް) އަހަރުދުވަސް ވަންދެން ބަލަހައްޓަންވާނެއެވެ. އެ ދަފުތަރުގައި އަންނަނިވި މައާުލޫމާތު ހިމެނިފައި އޮންނަންވާނެއެވެ.

  1. ފަތުރުވެރިންގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ގައުމު.
  2. މައުޒޫނުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، ގައުމު.
  3. ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވި ތަނާއި، ތާރީހިާއި، ގަޑި.
  4. ރަމްޒީ ކައިވެނީގެ ހަފުލާ އިންތިޒާމްކުރާ ތަންތަނުގައި އެ އިރެއްގައި ހުންނަ އެންމެ އިސް މުވައްޒަފެއްގެ ނަމާއި، އެޑްރެހާއި، ގައުމު.
  5. ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާ ހަވާލުވެގެން ހުރި މުވައްޒަފުގެ (ގަވާއިދުގެ 4 ގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއް) ނަމާއި، އެޑްރެހާއި،  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓުގެ ނަންބަރާއި ގައުމު.

 

7 ވަނަ މާއްދާ - ހަފުލާގެ ރަމްޒީ މައުޒޫނު އައްޔަނު ކުރުން

(ހ) ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއްގައިވެސް، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވައިދޭނެ ރަމްޒީ މައުޒޫނެއް ނުވަތަ މައުޒޫނުން ރަޖިސްޓަރީވެފައި ތިބެންވާނެއެވެ.

(ށ) ރަމްޒީ މައުޒޫނަކީ، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދާ ހިިލާފުވުން

މި ގަވާއިދާ ހިިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ ކުރި ކަމަކާމެދު ގާނޫނީގޮތުން އެ ފަރާތަކާމެދު އެޅިދާނެ ފިޔަވަޅެއްގެ އިތުރަށް، މި ގަވާއިދާ ހިިލާފުވާ ކޮންމެފަހަރަކު  100,000 (އެއްލައްކަ) ދިވެހި ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، މި ގަވާއިދުގެ ދަށުން ދީފައިވާ ހުއްދަ ބާތިިލު ކުރުމުގެ އިހިްތިޔާރު، ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

"ރަމްޒީ ކައިވެނި" ކަމަށް ބުނެފައި އެ ވަނީ، ފަތުރުވެރިންގެ ކައިވެނީގެ އަހުދު އައުކުރުމަށް ބާއްވާ ރަމްޒީ ހަފުލާތަކާއި، ފަތުރުވެރިންގެ ކައިވެނީގެ ރަމްޒީ ހަފުލާ ބޭއްވުމަށެވެ.

"ރަމްޒީ މައުޒޫނު" ކަމަށް ބުނެފައި އެ ވަނީ، ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ކޮށްދޭ އިސްފަރާތަށެވެ.

"ސީނިއަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެ ވަނީ، ޑިޕާޓްމަންޓް ހެޑް ފެންވަރުން ފެށިގެން މަތީ މުވައްޒަފުންނެވެ.

"ޓޫރިޒަމާ ބެހޭ މިނިސްޓްރީ" ކަމަށް ބުނެފައި އެ ވަނީ، ފަތުރުވެރިކަމާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާ ބެހޭ ސަރުކާރުގެ ވުޒާރާއަށެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއާުކޮށް އާންމުކުރާ ތާރީހިުން ފެށިގެންނެވެ. ނަމަވެސް މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ދީފައިވާ ހުއްދަތައް މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް ކައިވެނި ހަފްލާ ބާއްވަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، 2010 ނޮވެންބަރު 4 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގަވާއިދު ނަންބަރު 2010-11 "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާ ބެހޭ ގަވާއިދު" އުވުނީއެވެ.

 

އުވުނު ގަވާއިދު

ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-11)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު