ގާނޫނީ ރަދީފު
"ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތުގައި ނުވަތަ އެހެން ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކުން ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށްދިނުމުގެ ހިދުމަތަށެވެ.
"ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އެކައުންޓަކަށް ނޫޓާއި ފައިސާފޮތި ޖަމާކުރުމާއި، ޕޭމަންޓް އެކައުންޓަކުން ނޫޓާއި ފައިސާ ނެގުމުގެ ހިދުމަތަށެވެ.
"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށް ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
"ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަކަށް ދިނުމަށެވެ.
"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.
"ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތުން ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.
"ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނިއިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.
"ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް،ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގުލިބިދިނުމަށެވެ.
"ނައްތައިލެވޭނެ ފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ގެންނަ ލިޔެކިޔުމުގެ ނަކަލުގެ ތެރެއިން އެ އެއްޗެއް ނައްތައިލުމުގެ ސަބަބުން ތަހުގީގަށް ނުވަތަ މައްސަލައިގެ ތަހުގީގު ފައިލުގައި ހިމެނޭ ލިޔެކިޔުމަށް އަސަރު ނުކުރާނެ ތަކެއްޗަށެވެ.
"ވިސްލްބްލޯކުރުން" ކަމަށް ބުނެފައި އެވަނީ، ކާކުކަން ނޭނގޭގޮތަށް މައްސަލަ ހުށަހެޅުމަށެވެ.
"ތަހުގީގު މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިޔަށްގެންދާ ތަހުގީގެއްގައި ސުވާލުކުރެވޭ މީހުންނާ ސުވާލުކުރުން ކުރިޔަށްގެންދާ ތަނަށެވެ.
"ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ހެއްކާ ބެހޭ ކަންކަން ބަޔާންކުރާ ގާނޫނު ނުވަތަ ގާނޫނުތަކަށެވެ.
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެ ތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެ ސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެ ތަނެއްގައި ދިރިއުޅޭ ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތް ވެސް ހިމެނޭގޮތުންނެވެ.
"އަމަލު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމުގައިހަރަކާތްތެރިވާ މުވައްޒަފ،ު އޭނާގެ މަސައްކަތުގެ ދާއިރާގައި، ކުޑަކުދިންގެ ހައްގަކާ ގުޅުންހުރި، ކޮށްގެން ނުވާނެ ކަންކަމާއި ނުވަތ/ައަދި ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަށެވެ.