ކޯޕަރޭޓް ގްރޫޕް
"ކޯޕަރޭޓް ގްރޫޕް" ކަމުގައި ބުނެފައި އެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ.
- އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
- އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ފަރާތެއް (އޯނަރުން)؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން%25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
- މި އަކުރުގެ (3) ވަނަ ނަބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް).