ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް
"ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ގަވާއިދު ނަންބަރު 2025-28 (ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ތަފުސީލުކޮށްފައިވާ، ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓާއި ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަންތަން ހިންގާ ފަރާތްތައް ހިމެނޭނެއެވެ.