ގާނޫނީ ރަދީފު
"ޓްރާންސްށިޕްމަންޓް ސްޓިކަރ" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ އެއް ބަނދަރުން އަނެއް ބަނދަރަށް ޓްރާންސްށިޕްމަންޓް މުދާ އުފުލުމަށް ނުވަތަ ގެންދިޔުމަށް ހުއްދަދެވޭ މުދަލުގައި ސިލް ޖެހެން ނެތް ހާލަތުގައި ޖެހުމަށް މި އުސޫލުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ކަސްޓަމްސްއިން ޖަހާ ސްޓިކަރއަށެވެ.
"ނޭށަނަލް ސިވިލް އޭވިއޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅައިފައިވާ ޕްރޮގްރާމަށެވެ.
"ކާގޯ މެނިފެސްޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދަކަށް ބަރުކޮށްފައިވާ އެންމެހައި މުދަލާ ގުޅޭގޮތުން، ތެދު އަދި ފުރިހަމަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ނުވަތަ ޕައިލެޓް ހުށަހަޅާ ބަޔާނަށެވެ.
"ޕޯޓް އޮޕަރޭޓަރ" ކަމަށް ބުނެފައި އެވަނީ، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވ،ާ ކަނޑުގެ ރަސްމީ ބަނދަރުތަކަށާއި ވައިގެ ރަސްމީ ބަނދަރުތަކަށެވެ.
"ލޫސް ކާގޯ" ކަމަށް ބުނެފައި އެވަނީ، ކޮންޓެނަރައިޒުކޮށްފައިވާ ކާގޯ ފިޔަވައި އެހެން މުދަލަށެވެ.
"ކޮންޓެއިނަރ" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދާ އުފުލުމަށް ބޭނުންކުރާ ކާގޯ ކޮންޓެއިނަރަށެވެ.
"ޓްރާންސްށިޕްމަންޓް ޑިކްލަރޭށަން" ކަމަށް ބުނެފައި އެވަނީ،ޓްރާންސްށިޕްކުރަން ބޭނުންވާ މުދަލުގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމަށް ނުވަތަ ފޯމެޓަށެވެ.
"ރީޑިވެލޮޕްމަންޓް ޕީރިއަޑް" ގެ ގޮތުގައި ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި މަރާމާތުކުރުމުގެ މުއްދަތަށެވެ.
"ގަރާޖު" ކަމަށް ބުނެފައި އެވަނީ، އުޅަނދު ޕާކްކުރުމަށް ހަދާ ޕާކިންގ ގަރާޖުތައް ނުހިމެނޭގޮތުން ލަކުޑިއާއި މައުދަނުން ތަކެތި އުފެއްދުމާއި، މަރާމާތުކުރުމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހާއްސަކުރެވިގެންވާ ތަންތަނަށެވެ.
"ރަށް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށެއް ކަމުގައި ސަރުކާރުން އިއުލާނުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ކޮންމެ ރަށަކަށެވެ.
"ސިޓީ" ކަމަށް ބުނެފައި އެވަނީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަހައްދެއް ކަމަށް ސަރުކާރުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.
"އަރބަން ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނުގެ ދަށުން އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކަށެވެ.
"ޕްލޭނަރުން" ކަމަށް ބުނެފައި އެވަނީ، ޕްލޭންކުރުމާއި ޑިޒައިންކުރުން ހިމެނޭގޮތުން ސިޓީ ނުވަތަ ރަށްރަށުގައި ނުވަތަ އެނޫންވެސް ސަރަހައްދުތަކުގައި އެކިއެކި ބޭނުންތަކަށް ބިން ނުވަތަ ސަރަހައްދުތައް ޕްލޭންކުރުމާއި ފަރުމާކުރުމުގެ ފަންނީ މަސައްކަތްކުރުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
"ބިން އެކަށައެޅުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް ނުވަތަ އިގްތިސާދީ ބޭނުންތަކަށް ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށް ނުވަތަ ދައުލަތުގެ ބޭނުމަށް ވަކި ސަރަހައްދެއްގައިވާ ބިމެއް ހާއްސަކުރުމަށެވެ.
"ބިން ތަރައްގީކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުން، އިންޖިނިއަރިންގ މަސައްކަތްކުރުން، ބިން ކޮނުން ނުވަތަ ވެލި ނެގުން ނުވަތަ ބިމުގެ އަޑީގައި ނުވަތަ ބިމުން މަތީގައި ކުރެވޭ އެނޫންވެސް ކަންކަމާއި ހިންގޭ އެހެނިހެން ކަންކަމަށް އެ ބިން ނުވަތަ އިމާރާތް ބޭނުންކުރެވޭ ގޮތަށް ގެންނަ ބަދަލުތަކާއި ފަޅު ތެރޭގައާއި މޫދުގައި ކުރެވޭ އެކި ބާވަތުގެ މަސައްކަތްތައް ހިމެނޭގޮތުންނެވެ.