ގާނޫނީ ރަދީފު
"ޕްރޮސެސިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ގަވާއިދުތަކުގެ ދަށުން މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުން ނަގަންޖެހޭ ލައިސަންސަށެވެ.
"ރީޕްރޮސެސް ކުރުން" ކަމަށް ބުނެފައި އެވަނީ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތަކުން އިތުރު ބާވަތެއް އުފެއްދުމަށެވެ.
"ރީކޯލް ކުރުން" ކަމަށް ބުނެފައި އެވަނީ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން އުފައްދައިފައިވާ މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރި ފަރާތަށް އެކްސްޕޯޓްކުރި ތަކެތި އަނބުރާ ގެނައުމަށެވެ.
"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2019-1047 (ކާބަންމޮނޮކްސައިޑާއި ފިލްޓަރޑް ސްމޯކް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެ ތަކެތި އެކްސްޕޯޓްކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު)ގެ 5 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ "ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް ތައްޔާ ރުކޮށް އެ ތަކެތި އެކްސްޕޯޓްކުރުމަށްޓަކައި ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތް އުފައްދާ ތަންތަނުގެ ލައިސަންސް" އަށެވެ.
"މޮޑިފައިޑް އެޓްމޮސްފިއަރ ޕެކޭޖިންގ" ކަމަށް ބުނެފައި އެވަނީ، ވައިގައި ގުދުރަތީގޮތުން އެކުލެވިގެންވާ ގޭހުގެ މިންވަރަށް ބަދަލުގެނައުމާއެކު، ކާބަންމޮނޮކްސައިޑް އަޅައިގެން ތާޒާ މަސް ބަންދުކުރާ ބަންދުކުރުމަށެވެ.
"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ތާޒާމަހާއި މަހުގެ ބާވަތްތަކުގައި ހުންނަ ކުލަ "ކާބަންމޮނޮކްސައިޑް" ނުވަތަ "ފިލްޓަރޑް ސްމޯކް" ބޭނުންކޮށްގެން ބަދަލުކޮށް އެ ކުލަ ދިގު މުއްދަތަކަށް ދެމެހެއްޓުމަށެވެ.
"އެމް.އެފް.ޑީ.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.
"އާންމުކޮށް ވިއްކާ ފަރާތް" ކަމުގައި ބުނެފައި އެވަނީ ސެކިއުރިޓީޒް ގަތުމަށް ށަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް ހުޅުވިފައިވާ ދައުވަތެއްގެ ދަށުން ސެކިއުރިޓީޒް ވިއްކާ ފަރާތެއް، ނުވަތަ ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ޕްލޭސްމަންޓް ސެގްމަންޓް ފިޔަވައި އެހެން ސެގްމަންޓެއްގައި ސެކިއުރިޓީޒް ލިސްޓުކޮށްފައިވާ ފަރާތަކަށެވެ.
"ޕްރައިވެޓްކޮށް ވިއްކާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި ބަޔަކަށް ސެކިއުރިޓީޒް ގަތުމުގެ ދައުވަތު ދީ އަދި އެގޮތުން ވިއްކާ ސެކިއުރިޓީޒް ސް ޓޮކް އެކްސްޗޭންޖުގެ ހަމައެކަނި ޕްރައިވެޓް ޕްލޭސްމަންޓް ސެގްމަން ޓުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ.
"ދިރިއުޅޭ ތަން" ކަމުގައި ބުނެފައި އެވަނީ، މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި، ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓުފަހަރާއި، އުޅަނދުފަހަރާއި، ބަސް ހިމެނޭ ގޮތަށެވެ.
"ކޯޕަރޭޓް ޕްރޮޕޯޒަލް" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރުމަށް ޓަކައި ނުވަތަ ވިއްކުމަށް ޓަކައި، ނުވަތަ ސެކިއުރިޓީޒް ގަތުމަށް ދައުވަތު ދިނުމަށް ޓަކައި އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށެވެ. މީގެ ތެރޭގައި ޕްރޮސްޕެކްޓަސްއާއި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހިމެނޭނެއެވެ.
"މަގު" ކަމަށް ބުނެފައި އެވަނީ، މީހުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާތަކެއްޗަށް ހާއްސަކޮށްފައިވާ ތަންތަނަށެވެ.
"ސަރަހައްދު" ކަމުގައި ބުނެފައި އެވަނީ، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ދާއިރާތަކަށެވެ.
"ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ތަނެއްކަމުގައި ބެލެވޭ ތަނެއްގައި އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެ ތަނެއް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.
"އިމާރާތް" ކަމުގައި ބުނެފައި އެވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި، ބިމަށް ހަރުކޮށްގެން ބިނާކޮށްފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމ ގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައި ވެސް އެ ތަނަކާ ގުޅިގެން ބިނާކުރާ ތަންތަން ހިމެނޭ ގޮތުންނެވެ. އަދި އަންނަނިވި ތަންތަން ވެސް އެ މާނައިގައި ހިމެނެއެވެ.
- މީހުން ދިރިއުޅޭ ތަންތަން؛
- މީހުން ދިރިނޫޅޭ ތަންތަން؛
- ފެންގަނޑުގަނޑު؛
- އެއްގަމު އުޅަނދުފަހަރު؛
- ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛
- ވައިގެ އުޅަނދުފަހަރު.