ގާނޫނީ ރަދީފު
"ނިޔަމިކަމުގެ ސަނަދު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ހުއްދަ ދީފައިވާ އިންސްޓިޓިއުޓަކުން ހަދައިފައިވާ ކޯސްޓަލް ނެވިގޭށަން (ނިޔަމިކަމުގެ ކޯސް) ނުވަތަ އެ ފެންވަރުގެ އެހެން ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާ ކޮމްޕީޓެންޓް ފަރާތްތަކަށް އެ ސެޓުފިކެޓުގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ހަދާ، ފޮޓޯޖެހި ލިޔުމަށެވެ.
"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ހުއްދަ ދިނުމުގެ ގޮތުން ދޫކޮށްފައިވާ، ފޮޓޯޖެހި ލައިސަންސް ފޮތަށް ނުވަތަ ލައިސަންސް ކާޑަށެވެ.
"ރެކްރޫޓުކުރާ މީހެއް ނުވަތަ ރެކްރޫޓިންގ އެޖެންސީއެއް" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަ ޒީފާގައި އުޅޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރި އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ.
"ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ނަރސިންގ އެންޑް މިޑްވައިފަރީ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކަށެވެ.
"ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ނުރައްކައުތެރި އިމާރާތްތައް ކަނޑައެޅުމުގެ ބޭނުމަށް އެކުލަވައިލާ ކޮމިޓީއަށެވެ.
"ސަރޓިފިކެޓް އޮފް ކޮމްޕީޓަންސީ އަންލިމިޓެޑް" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ކަނޑުދަތުރު ފަތުރާ ބެހޭ ޖަމްއިއްޔާގެ މުއާހަދާއެއްކަމަށްވާ ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގގެ 1978 އަށް ގެނެވުނު އިސްލާހުގެ ދަށުން ދޫކުރާ ސެޓުފިކެޓުތަކަށެވެ.
"އެކްރެޑިޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ތަމްރީނުދޭ މަރުކަޒުގައި ކިޔަވައިދޭ މުގައްރަރު މިންގަނޑަށް ފެތޭކަމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ކަނޑައެޅުމަށެވެ.
"ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ،މިނިސްޓްރީން ނުވަތަ މިނިސްޓްރީން އައްޔަންކުރާ ފަރާތަކުން، އައި.އެލް.އޯ 185 މުއާހަދާގެ ދަށުން ދޫކޮށްފައިވާ ފޮޓޯ ޖަހައިފައިވާ ލިޔުމަށެވެ.
"ކޮންޓިނިއުސް ޑިސްޗަރޒް ސެޓުފިކެޓު" ނުވަތަ "ސީ.ޑީ.ސީ" ކަމަށް ބުނެފައިވަނީ އުޅަނދުފަހަރުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށް އެ ފަރާތަކީ ކާކުކަން އަންގައިދިނުމުގެ ގޮތުން ދޫކުރާ އައިޑެންޓިފިކޭށަން ސެޓުފިކެޓަށެވެ.
"އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ" ކަމަށް ބުނެފައި އެވަނީ،އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރެއިނިންގ، ސެޓިފިކޭށަން، އެންޑް ވޮޗްކީޕިންގ ފޮރސީފެއަރސްއަށެވެ.
"އުޅަނދު" ކަމަށް ބުނެފައި އެވަނީ، ފެންމަތިން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭގޮތަށް ހަދައިފައިވާ ހުރިހާ ބާވަތެއްގެ އުޅަނދަށެވެ.
"ކޮންސިއުލާ ޕޯސްޓް" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ބައިނަލް އަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
"ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރްާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.
"ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ އިމްތިޔާޒު" އަކީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކެވެ.
"ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" އަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދޭ މުވައްޒަފުންނެވެ.