އެޓެސްޓްކޮށްފައިވާ ކޮޕީއެއް
"އެޓެސްޓްކޮށްފައިވާ ކޮޕީއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށާއި، އެ ލިޔުމެއްގެ އަސްލު ތައްޔާރުކޮށްފައިވަނީ ބޭރު ގައުމެއްގެ އިދާރާއަކުން ނަމަ، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށެވެ.