ގާނޫނީ ރަދީފު
"ކޮންސިއުލާ ޕޯސްޓް" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ބައިނަލް އަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
"ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނ،ީ މި ގާނޫނާއި ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރްާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.
"ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ އިމްތިޔާޒު" އަކީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކެވެ.
"ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން" އަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާ ދޭ މުވައްޒަފުންނެވެ.
"ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.
"ކަނޑުމަސް" ނުވަތަ "ކަނޑުމަހުގެ ބާވަތްތައް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.
"ކަނޑުމަހުގެ ބާވަތްތައް" ނުވަތަ "ކަނޑުމަސް" ކަމުގައި ބުނެފައި އެވަނީ، ކަޅުބިލަމަހާއި،ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ލައްޓިއާއި، ރާގޮނޑިއަށެވެ.
"ބަންޑާރަ މަގު" ކަމަށް ބުނެފައިއެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ.
"ޓޯވކުރުން" ކަމަށް ބުނެފައިއެވަނީ މިގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދު ހުރިތަނުން ނަގައިގެން ގެންދާ ގެންދިއުމަށެވެ.
"ފުރޮޅުތައް" ކަމަށް ބުނެފައިއެވަނީ އެއުޅަނދެއްގެ ފުރޮޅުގައި އަޅުވާ ތަޅަށެވެ.
"ޕާކުކުރުން" ކަމަށް ބުނެފައިއެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި، އިންޖީނު ނިއްވާފައި ޑްރައިވަރެއްނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.
"ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން، ތަސްވީރެއް ނު ވަތަ ލިޔުމެއް ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ އުޅޭ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ނުވަތަ އެހެން ބޭނުންތަކުގައި ވެސް އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.
"މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށެވެ.
"ރެގިއުލޭޓަރީ ބޮޑީ" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަ ދާއިރާތަކެއްގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ލައިސަންސް ދިނުމަށް އުފައްދައިފައިވާ ގާނޫނީ ށަހްސުތަކަށެވެ.