ތެލަސީމިއާ
"ތެލަސީމިއާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ދީފައިވާ މާނަޔާ އެއްގޮތަށް، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުއްޖާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނޫފެއްދުމުގެ ސަބަބުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.