މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަން
"މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަން" ކަމުގައި ބުނެފައި އެވަނީ، ދާއިމީ ނުވަތަ ވަގުތީގޮތުން ނަމަވެސް ދައުލަތުގެ ފަރާތުން މީހެއްގެ ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް މިނިވަންކަން މަހްރޫމްވާނޭހެން ބެހެއްޓޭ ކޮންމެ ތަނަކަށެވެ. އެގޮތުން، ށަރުއީ ނުވަތަ އިދާރީ ނުވަތަ އެނޫންވެސް އެއްވެސް އަމުރަކުން އެ މީހަކު ނުވަތަ އެ ކުއްޖަކު އަމިއްލަ އިހުތިޔާރުގައި މިނިވަންކަމާއެކު އުޅުމަށް ހުއްދަ ނުލިބޭ ގޮތަކަށް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމާއި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ތަނެއްގައި މިނިވަންކަން ގައިދުކުރެވޭ ގޮތަށް ބަންދުކުރެވޭ ނުވަތަ ބަލަހައްޓާ ކޮންމެ ތަނެއް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.