gaanoon_logo
-
މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން

"މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން ދޭ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ މައުލޫމާތާއި، މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކާއި، އެ ޕްރޮގުރާމްތަކަށް ވަނުމަށް ބޭނުންވާ ށަރުޠުތަކާއި، މަރުކަޒުތަކުން އެކިއެކި ކަންކަމަށް ނަގާ ފީއާއި، ކިޔެވުމަށް ދޭ ލޯނާއި، ސްކޮލަރށިޕް ސްކީމްތަކާއި، ކިޔެވުމަށް ދޭ އެހެނިހެން އެހީތަކާބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތަކަށެވެ.

މައުލޫމާތު ލިބިގަންނަ ފަރާތް

"މައުލޫމާތު ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ހުޅުވައިލައިގެން،މަތީ ތައުލީމާއި ތަމްރީނުގެ މައުލޫމާތު ދިނުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ސީދާ މައުލޫމާތު ލިބުނު ފަރާތަށެވެ.

އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް

"އިލެކްޓްރޯނިކް މަނީ އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް މަނީ އިށޫކޮށް، ޑިސްޓްރިބިއުޓްކޮށް އަދި ރިޑީމްކުރުމުގެ ހިދުމަތަށެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކާއި، އެ ހިދުމަތް ދިނުމުގެ ހިންގުމާ ގުޅޭ ހުރިހާ ކަންކަން ހިމެނޭނެއެވެ. 

އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް

"އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތްދޭ އެހެން ފަރާތެއްގައި ނުވަތަ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުގައި، ކަސްޓަމަރުގެ ނަމުގައިވާ އެއް ޕޭމަންޓް އެކައުންޓް ނުވަތަ އެއް އެކައުންޓަށްވުރެ ގިނަ ޕޭމަންޓް އެކައުންޓްގެ މައުލޫމާތު ކޮންސޮލިޑޭޓްކޮށް ފޯރުކޮށްދޭ އޮންލައިން ހިދުމަތަކަށެވެ. 

ޕޭމަންޓް އިނީށިއޭށަން ހިދުމަތް

"ޕޭމަންޓް އިނީށިއޭށަން ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކާ ގުޅޭގޮތުން، ކަސްޓަމަރެއް އެދިގެން ޕޭމަންޓް އިންސްޓްރަކްށަނެއް އިނީށިއޭޓްކުރުމަށް ފޯރުކޮށްދޭ އޮންލައިން ހިދުމަތަކަށެވެ.

އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތް

"އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރކޮށްދިނުމުގެ ހިދުމަތަށެވެ.

ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް

"ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އެ ހިދުމަތްދޭ ފަރާތާއި ޕޭއީއަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕޭއީއަށް ދޭ އެ ހިދުމަތުގެ ނަތީޖާއަކީ ޕޭމަންޓް މުއާމަލާތްތަކާ ގުޅިގެން ޕޭއީއަށް ފައިސާ ޓްރާންސްފަރވެގެންދިޔުން ކަމުގައިވާ، ޕޭމަންޓް މުއާމަލާތްތައް ބަލައިގަތުމާއި ޕްރޮސެސްކޮށްދިނުމުގެ ކޮންމެހިދުމަތަކަށެވެ. މީގެ ތެރޭގައި، ޕޮއިންޓް އޮފް ސޭލް ޓަރމިނަލްއާއި އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތް ވެސް ހިމެނެއެވެ.

ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް

"ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް ހެދުމަށް ޓަކައި އެއްވެސް ފަރާތަކަށް ޕޭމަންޓް އިންސްޓްރުމަންޓެއް އިށޫކުރުމުގެ ހިދުމަތަށެވެ.

ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް

"ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތުގައި ނުވަތަ އެހެން ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކުން ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށްދިނުމުގެ ހިދުމަތަށެވެ.

ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް

"ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް އޮތް ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތުގައި ނުވަތަ އެހެން ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގައި އޮތް ޕޭމަންޓް އެކައުންޓަކުން ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށްދިނުމުގެ ހިދުމަތަށެވެ.

ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް

"ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އެކައުންޓަކަށް ނޫޓާއި ފައިސާފޮތި ޖަމާކުރުމާއި، ޕޭމަންޓް އެކައުންޓަކުން ނޫޓާއި ފައިސާ ނެގުމުގެ ހިދުމަތަށެވެ.

ބޯޑިންގ ހައުސް

"ބޯޑިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި އަގަކަށް، އަދި ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، ގޭގެ އާންމު ތަންތަން ބޭނުންކުރެވޭ ގޮތަށް ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ހިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.

ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން

"ދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަކަށް ދިނުމަށެވެ.

ކުއްޔަށްދޭ ތަން

"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.

ކުއްޔަށްހިފާ ފަރާތް

"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.