-

އެން.ޕީ.އެމް.

"އެން.ޕީ.އެމް." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި، ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ (ކެޓް ކޮންވެންށަން) އާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިނގިޔަ ނުދިނުމަށް ޓަކައި ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާގެ (ނ) އިން ގާނޫނީގޮތުން ބާރުވެރިކުރުވައި ދިވެހިރާއްޖޭގައި ކަނޑައަޅައިފައިވާ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމަށެވެ.