-

މިނިވަންކަން ގެއްލޭ ގޮތަށް ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތައް

"މިނިވަންކަން ގެއްލޭ ގޮތަށް ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތައް" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.

  1. އިމިގްރޭށަން ޑިޓެންށަން ސެންޓަރުތައް؛
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް؛
  3. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
  4. ށަރީއަތް ނިމުމުގެ ކުރިން މީހުން ބަންދުކުރާ މަރުކަޒުތަކާއި، ރިމާންޑް ޖަލުތައް؛
  5. ޕޮލިސް ސްޓޭށަންތަކާއި ކަސްޓޯޑިއަލް ޖަލުތައް؛
  6. ހުކުމް ތަންފީޒުކުރަމުންދާ މީހުން ބަންދުކުރާ ޖަލުތައް؛
  7. އިދާރީގޮތުން މީހުން ބަންދުކުރާ މަރުކަޒުތައް؛
  8. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
  9. ޑްރަގް ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކާއި، ޑިޓޮކްސިފިކޭށަން ފަރުވާދޭ މަރުކަޒުތައް؛
  10. އަސްކަރިއްޔާގައި ސުލޫކީ އަދަބެއްގެ ގޮތުން ބަންދުގައި ބަހައްޓާ ތަންތަން؛
  11. ކަރަންޓީން އައިސޮލޭށަން ފެސިލިޓީތައް؛
  12. ޑައިވަރށަން ސެންޓަރުތަކާއި ރިހެބިލިޓޭށަން ސެންޓަރުތައް؛
  13. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ އެހެނިހެން ތަންތަން.