gaanoon_logo
-
ސާވޭ

"ސާވޭ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އެކުލެވޭ "ދިރާސާ" ކުރުމުގެ ތަރަހައިގައި ހިމެނޭ އެއްވެސް ކަމެއްގެ މައުލޫމާތު، މީހުންނާ އިންޓަވިއުކޮށްގެން، ނުވަތަ އީމެއިލެއް ނުވަތަ އިލެކްޓްރޯނިކް ފޯމެއް މެދުވެރިކޮށްގެން ހޯދުމަށެވެ.

ދިރާސާ

"ދިރާސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ އެންމެހައި ދިރުންތަކާއި، ގުދުރަތީ ވަސީލަތްތަކާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި، ކަނޑުގެ މާހައުލާއި ވެށްޓާއި މާހައުލީ ނިޒާމާ ގުޅޭގޮތުން ކަންކަން ހޯދައި ބަލައި މައުލޫމާތު އެއްކުރުމަށެވެ.

މިނިސްޓްރީއާ ގުޅިގެން ހިންގާ ދިރާސާތައް

"މިނިސްޓްރީއާ ގުޅިގެން ހިންގާ ދިރާސާތައް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއަކާއެކު ރަސްމީ އެއްބަސްވުމެއް ނުވަތަ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގެ ދަށުން ކުރެވޭ ދިރާސާތަކަށެވެ.

ކަނޑު

"ކަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ކަނޑާއި، އެ ސަރަހައްދުތަކުގައިވާ ކަނޑުގެ ބިންގަނޑަށް ނުވަތަ ސީ ފްލޯރއަށެވެ.

އުޅަނދު

"އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރު ކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަމުގެ ހަރަކާތެއް ހިންގުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް

"މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމުގައި ބުނެފައި އެވަނީ:

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިޔުމަށް ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިޔުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިޔުމަށް ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ހިންގުމަށް ނުވަތަ ހިދުމަތެއް ދިނުމަށް؛
  6. މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.
މަސްވެރިކަން

"މަސްވެރިކަން" ކަމުގައި ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ނުވަތަ މަސް ހިފުމަށް، ނުވަތަ މަސް ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛
  3. އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ނުވަތަ މަސް ހިފުން، ނުވަތަ މަސް ނެގުން، ނުވަތަ މަސް މެރުން ނުވަތަ މަސް ބޭނުން ކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
މަސް

"މަސް" ކަމުގައި ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ އެފަދަ ސިފައެއް ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. މި މާނައިގެ ތެރޭގައި މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭ ތަކެތީގެ ޅަ އެއްޗެއްސާއި، އެ ތަކެތީގެ ފަންޏާއި ބިސް ހިމެނެއެވެ.

މާސްޓަރ

"މާސްޓަރ" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.

ސައިކޯސޯށަލް ސަޕޯޓް

"ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.

އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް

"އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ،ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.

އިންޓަރވެންށަން

"އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.

އާއިލާ

"އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.

ތަހުގީގީ އިދާރާ

"ތަހުގީގީ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި، އެންޓި- ކޮރަޕްށަން ކޮމިށަނާއި، ގާނޫނެއްގެ ދަށުން ތަހުގީގީ ބާރު ލިބިފައިވާ އެންމެހައި ފަރާތްތަކަށެވެ.

އޮޑިޓަރުން

"އޮޑިޓަރުން" ކަމަށް ބުނެފައި އެވަނީ، އޮޑިޓަރ ޖެނަރަލާއި، އޮޑިޓަރ ޖެނަރަލް އޮފީހުގެ މުވައްޒަފުންނާއި، އޮޑިޓް މަސައްކަތެއް ކުރުމަށް އޮޑިޓަރ ޖެނެރަލް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.