އެއްމެދު މިލްކުވެރިން
"އެއްމެދު މިލްކުވެރިން" ކަމަށް ބުނެފައި އެވަނީ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތަށް އެ ބިން ލިބުނުކަމަށް ކަނޑައަޅައިފައިވާ ގަޒިއްޔާގައި ބެހެނިވެރީން ކަމުގައި ނުވަތަ ބިމުން ލިބޭ ފަރާތްތައް ކަމުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށާއި، އެފަދަ ފަރާތަކުން ގަޒިއްޔާއިން ލިބުނު ބައި އިތުރު ފަރާތަކަށް ހިބަޔަކުން ނުވަތަ ވަސިއްޔަތަކުން ދީފައިވާ ނަމަ، ހިބަޔަކުން ނުވަތަ ވަސިއްޔަތަކުން ބިން ލިބުނު ފަރާތްތަކަށެވެ.