ގާނޫނީ ރަދީފު
"އާންމު މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުން، އާންމު މަސްލަހަތު ކުރިއެރުވުމުގެ މަގްސަދުގައި ކުރާ ކަންކަމަށެވެ.
- އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ މުޅި މުޖުތަމައަށް ނުވަތަ މުޖުތަމައުގެ ބޮޑު ބަޔަކަށް ފޯރުކޮށްދިނުން؛
- ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީ ކުރިއެރުވުން؛ އަދި
- މާކެޓް ފެއިލިއަރގެ ސަބަބުން ކްރެޑިޓް މާކެޓްތަކުން ކްރެޑިޓްވަރތީ ފަރާތްތަކަށް ލޯނު ނެގެން ނުހުންނަ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުން.
"ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ބޭނުންވާ އުމްރާނީ އަދި ބިނާރީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަށްރޫއުތަކުގެ ޕްލޭނަށެވެ.
"ޓްރެޒަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏަކާ ގުޅުމެއް ނެތި މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރުމަށެވެ.
"ޑެޓް ސެކިއުރިޓީސް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި ފަރާތަކަށް އެފަރާތެއްގެ ނަމުގައި ނުވަތަ ބެއަރަރ އިންސްޓްރުމަންޓްތަކެއްގެ ގޮތުގައި އިލެކްޓްރޯނިކް ނުވަތަ ކިތާބީ ލިޔެކިޔުމެއްގެ ގޮތުގައި ސަރުކާރުން ނުވަތަ ސަރުކާރުގެ ނަމުގައި އެހެން ފަރާތަކުން ދޫކުރާ ސެކިއުރިޓީތަކަށެވެ. ސަރުކާރުން ދޫކުރާ ސެކިއުރިޓީތަކުގެ ތެރޭގައި އިސްލާމިކް ސެކިއުރިޓީތަކާއި، ޕްރޮމިސަރީ ނޯޓުތަކާއި، އެފަދަ އެހެން މާލީ އިންސްޓްރުމަންޓްތައް ހިމެނެއެވެ.
"ސޮވްރިން ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ މާލީ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް) ދައުލަތުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީ ގޮތުން ދޭ ޔަގީންކަމަށެވެ.
"ސަބްސިޑިއަރީ ލޯނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ނަގާފައިވާ ދަރަންޏެއް ނުވަތަ އެއިން ބައެއް، ނުވަތަ ދައުލަތަށް ލިބިފައިވާ ހިލޭ އެހީއެއް ނުވަތަ އެއިން ބައެއް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދޫކުރުމަށެވެ.
"ދިގު މުއްދަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދަރަނި ނަގާތާ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ހަލާސްކުރަންޖެހޭ ދަރަންޏަށެވެ.
"ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ހަރަދުކުޑަކޮށް ހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް ރާވާފައިވާ ގޮތަށެވެ.
"ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީ ގޮތުން ދޭ ޔަގީންކަމަށެވެ. އޭގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.
"ދައުލަތުގެ ނެޓް ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޖުމްލަ ދަރަނިން ދައުލަތުގެ ދަރަންޏާގުޅޭ ފައިނޭންށަލް އެސެޓްސްގެ ޖުމްލަ އަދަދު އުނިކުރުމުން އަންނަ އަދަދަށެވެ.
"ދައުލަތުގެ ޖުމްލަ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހ،ު ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.
"ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓްތަކާއި، އެ ޗާޓަރުގައި ބަޔާންކުރާ ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން ނަގާ ދަރަންޏާއި، ދައުލަތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ފަރާތެއް ނަގާފައިވާ ދަރަންޏަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއެއް އެ ދަރަނި ނަގާފައިވާ ފަރާތުން ނުދެއްކިއްޖެ ހާލަތުގައި، ދައުލަތުން އަދާކުރަންޖެހޭ ދަރަންޏަށެވެ.
"ދަރަނި ދެއްކުން" ނުވަތަ "ޑެޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ށަރުތުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށެވެ.
"ޑެޓް ސަރވިސް" ނުވަތަ "ދަރަނި ދެއްކުން" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ށަރުތުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ހަރަދުތައް ދެއްކުމަށެވެ.
"ދަރަނި ނެގުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރެއިން ފައިސާ ހޯދުމަށެވެ.