-

އިންށުއަރެންސް ވިޔަފާރި

"އިންށުއަރެންސް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ދެފަރާތުން އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން، އެ ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުން ހިމެނޭގޮތުން، ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އިންށުއަރެންސް ކޮންޓްރެކްޓްގެ ދަށުން، ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރިއަށެވެ. މި މާނައިގައި ރީއިންށުއަރެންސް ވިޔަފާރިއާއި ތަކާފުލް ވިޔަފާރިއާއި ރީތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.