gaanoon_logo
-
ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން

"ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ:

  1. ސްޕެސިފައިޑް އިންށޯރެންސް ކުންފުންޏަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ހިންގާ ބާވަތުގެ މާލީ ނުވަތަ ގަނެވިއްކުމުގެ ހަރަކާތަކާ ގުޅުންހުރި ޒިންމާއެއްގެ ދަށުން ލިބޭ ފައިސާއަށް ރައްދުނުވާ ގޮތަށް، ދައުލަތުގެ އެންޓީޓީތަކަށް، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ނުވަތަ ޖަމާއަަތްތަކަށް، ނުވަތަ ސެންޓްރަލް ބޭންކަށް؛
  2. ބްރޯޑް ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑަކަށް، ނެރޯ-ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑްތަކަށް، ދައުލަތުގެ އެންޓިޓީއެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަަތެއްގެ ނުވަތަ ސެންޓްރަލް ބޭންކުގެ ޕެންށަން ފަންޑްތަކަށް، ކޮލިފައިޑް ކްރެޑިޓް ކާޑް ދޫކުރާ ފަރާތްތަކަށް؛
  3. ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެ އެންޓިޓީ ބޭނުންކޮށްފާނެކަމުގެ ރިސްކު ކުޑަކަމަށް ބެލެވޭ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންޓިޓީތަކާ އެއްގޮތް ސިފަތަކެއް އެކަށީގެންވާ މިންވަރަކަށް ހުރި، އަދި ދިވެހިރާއްޖޭގެ ގާނޫނެއްގައި ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް އެންޓިޓީއަކަށް، އެއީ އެ އެންޓިޓީ ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި އޮންނަ އޮތުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ މަގުސަދުތަކާ ފުށުނާރާނަމަ؛
  4. އެގްޒެމްޓް ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލަށް؛ ނުވަތަ
  5. އެ ޓްރަސްޓެއްގެ ޓްރަސްޓީއަކީ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއް ކަމުގައި ވާނަމަ އަދި މި ގަވާއިދުގެ ދަށުން އެ ޓްރަސްޓުގެ ރިޕޯޓަބަލް އެކައުންޓުތަކާ ގުޅިގެން ރިޕޯޓުކުރާންޖެހޭ އެންމެހައި މައުލޫމާތު އެ ޓްރަސްޓީ ރިޕޯޓުކުރާނަމަ، އެ ގޮތުން ރިޕޯޓުކުރާ ނިސްބަތުން، ޓްރަސްޓަކަށެވެ.
ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުނި

"ސްޕެސިފައިޑް އިންށުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، އިންށޯުއަރެންސް ކުންފުނިތަކުގެ ތެރެއިން (އިންށޯުއަރެންސް ކުންފުންޏެއްގެ ހޯލްޑިންގ ކުންފުނި ވެސް ހިމެނޭގޮތުން)، ކޭށް ވެލިއު އިންށޯއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް ދޫކުރާ ނުވަތަ އެ ފަދަ ކޮންޓްރެކްޓަކާ ގުޅިގެން އެއްވެސް އަދަދެއް ދައްކާންޖެހޭ ކޮންމެ އެންޓިޓީއަކަށެވެ.

ފައިނޭންށަލް އެސެޓް

"ފައިނޭންށަލް އެސެޓް" ގެ މާނައިގެ ތެރޭގައި، ސެކިއުރިޓީ (މިސާލަކަށް ކޯޕަރޭށަނެއްގެ ސްޓޮކް؛ ގިނަ ބައެއްގެ ހިއްސާ އޮންނަ ނުވަތަ ހިއްސާ ގަނެވިއްކުން އާންމުންނަށް ހުޅުވައިލެވިފައިވާ ޕާޓްނަރށޯިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ޕާޓްނަރށޯިޕް މަސްލަހަަތު ނުވަތަ ބެނެފިށަލް އޯނަރށޯިޕް މަސްލަހަަތު؛ ނޯޓު، ބޮންޑު، ޑިބެންޗަރ ނުވަތަ އެނޫންވެސް ދަރަނިވެރިކަން އަންގައިދޭ އެއްޗެއް)، ޕާޓްނަރށޯިޕް މަސްލަހަަތު، ކޮމޯޑިޓީ، ސްވޮޕް (މިސާލަކަށް، އިންޓްރެސްޓް ރޭޓު ސްވޮޕް، ކަރަންސީ ސްވޮޕް، ބޭސިސް ސްވޮޕް، އިންޓްރެސްޓް ރޭޓް ކެޕް، އިންޓްރެސްޓް ރޭޓް ފްލޯ، ކޮމޯޑިޓީ ސްވޮޕް، އިކުއިޓީ ސްވޮޕް، އިކުއިޓީ އިންޑެކްސް ސްވޮޕް އަދި އެނޫންވެސް އެފަދަ އެއްބަސްވުންތައް)، އިންށޯުއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް، ނުވަތަ، ފިއުޗަރޒް ނުވަތަ ފޯވަރޑް ކޮންޓްރެކްޓް ނުވަތަ އޮޕްށަން ވެސް ހިމެނޭގޮތުން ސެކިއުރިޓީއެއްގެ ނުވަތަ ޕާޓްނަރށޯިޕް މަސްލަހަަތެއްގެ ނުވަތަ ކޮމޯޑިޓީއެއްގެ ނުވަތަ ސްވޮޕެއްގެ ނުވަތަ އިންށޯުއަރެންސް ކޮންޓްރެކްޓެއްގެ ނުވަތަ އެނުއިޓީ ކޮންޓްރެއްގެ އެއްވެސް މަސްލަހަަތެއް ހިމެނެއެވެ. އެހެންނަމަވެސް، ފައިނޭންށަލް އެސެޓުގެ މާނައިގެ ތެރޭގައި ބިން ނުވަތަ އިމާރާތުގެ މާނައިގެ ތެރޭގައި ހިމެނޭ މުދަލެއްގައި ދަރަންޏަކަށް ނުވާގޮތަށް އަދި ސީދާގޮތުން އޮންނަ މަސްލަހަަތެއް ނުހިމެނޭނެއެވެ.

އިންވެސްޓްމަންޓް އެންޓިޓީ

"އިންވެސްޓްމަންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ:

  1. އެ އެންޓިޓީގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި، އަންނަނިވި ހަރަކާތްތަކާއި އޮޕަރޭށަންތަކުގެ ތެރެއިން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރަކަށް ކޮށްދޭ ނުވަތަ ކަސްޓަމަރެއްގެ ބަދަލުގައި ކުރާ އެންޓިޓީތައް:
    (i) މަނީ މާކެޓު އިންސްޓްރުމަންޓްތައް ގަނެވިއްކުން (ޗެކު، ބިލު، ޑިޕޮޒިޓް ސެޓުފިކެޓު، ޑިރިވެޓިވް، ނުވަތަ އެ ފަދަ އެހެން އިންސްޓްރުމަންޓްތައް)؛ ބޭރު ފައިސާ ގަނެވިއްކުން؛ އިންޓްރެސްޓް ރޭޓު އަދި އިންޑެކްސް އިންސްޓްރުމަންޓް އެކްސްޗޭންޖް ކުރުން؛ ޓްރާންސްފަރ ކުރެވޭ ސެކިއުރިޓީ ގަނެވިއްކުން؛ ނުވަތަ ކޮމޯޑިޓީ ފިއުޗަރޒް ގަނެވިއްކުން؛
    (ii) އިންޑިވިޖުއަލް ނުވަތަ ކަލެކްޓިވް ޕޯޓްފޯލިއޯ މެނޭޖުކުރުން؛
    (iii) އެހެން ފަރާތެއްގެ ބަދަލުގައި ފައިނޭންށަލް އެސެޓް ނުވަތަ ފައިސާ އިންވެސްޓުކުރުން، ނުވަތަ އެޑްމިނިސްޓަރކުރުން، ނުވަތަ މެނޭޖުކުރުން؛
  2. ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުންޏަކުން ނުވަތަ މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިންވެސްޓްމަންޓް އެންޓިޓީއަކުން މެނޭޖްކުރާ، އަދި އެ އެންޓިޓީއެއްގެ ޖުމުލަ އާމްދަނީ ލިބެނީ މައިގަނޑުގޮތެއްގައި ފައިނޭންށަލް އެސެޓްތަކުގައި އިންވެސްޓުކުރުމުން ނުވަތަ ރީއިންވެސްޓުކުރުމުން ނުވަތަ ފައިނޭންށަލް އެސެޓް ގަނެވިއްކުމުން ކަމުގައިވާ އެންޓިޓީތަކަށެވެ.
ޑިޕޮޒިޓަރީ އިންސްޓިޓިއުށަން

"ޑިޕޮޒިޓަރީ އިންސްޓިޓިއުށަން" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ނުވަތަ އެ ފަދަ އެހެން ވިޔަފާރިއެއް ހިންގާ، އެ ވިޔަފާރީގެ އާންމު މަސައްކަތުގެ ތެރޭގައި ޑިޕޮޒިޓް ބަލައިގަތުން ހިމެނޭ އެންޓިޓީތަކަށެވެ

ކަސްޓޯޑިއަލް އިންސްޓިޓިއުށަން

"ކަސްޓޯޑިއަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް އެއީ އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުން ކަމުގައިވާ އެންޓިޓީތަކަށެވެ. އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންށަލް އެސެޓްތައް ބަލަހައްޓައިދިނުމަކީ އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް ކަމުގައި ބެލެވޭނީ، ފައިނޭށަލް އެސެޓް ބަލަހައްޓައިދީގެންނާއި އެއާ ގުޅުންހުރި މާލީ ހިިދުމަތްތައް ފޯރުކޮށްދީގެން ލިބޭ ޖުމުލަ އާމްދަނީ، އަންނަނިވި މުއްދަތުތަކުގެ ތެރެއިން ކުރު މުއްދަތުގައި އެ އެންޓިޓީގެ ޖުމުލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އާ އެއްވަރުނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ.

ފައިނޭންށަލް އިންސްޓިޓިއުށަން

"ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، ކަސްޓޯޑިއަލް އިންސްޓިޓިއުށަންތަކަށާއި، ޑިޕޮޒިޓަރީ އިންސްޓިޓިއުށަންތަކަށާއި، އިންވެސްޓްމަންޓް އެންޓިޓީތަކަށާއި، ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުނިތަކަށެވެ.

ދިވެހިރާއްޖޭގެ ފައިނޭންށަލް އިންސްޓިޓިއުށަން

"ދިވެހިރާއްޖޭގެ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ (1) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެއްވެސް ބްރާންޗެއް ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް އާއި (2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ދިވެހިރާއްޖޭގައި ހުރި ކޮންމެ ބްރާންޗަކަށެވެ.

ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން

"ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް ނުވާ، ދިވެހިރާއްޖޭގެ ކޮންމެ ފައިނޭންށަލް އިންސްޓިޓިއުށަނަކަށެވެ.

ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް

"ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ބޭނުންތަކަށް، ދެކޮޅަށް މުއާސްަލާތު ކުރެވޭ ރޭޑިއޯ އިކްއިޕްމަންޓް ބޭނުން ކުރުމަށް ދޭ ހުއްދައަށެވެ.

ފްރިކްއެންސީ

"ފްރިކްއެންސީ" ކަމުގައި ބުނެފައި އެވަނީ، ސްޕެކްޓްރަމްގެ ތެރެއިން އެކި ބޭނުންތަކަށް ރޭޑިއޯ މުއާސްަލާތުތަކުގައި ބޭނުންކުރުމަށް ދޫކުރެވޭ ވަކިވަކި މިންވަރަށެވެ.

ޓެލެކޮމިއުނިކޭށަން

"ޓެލެކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯ މެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް އެއްވެސް ބާވަތެއްގެ އިށާރާތެއް، ނުވަތަ ސިގްނަލެއް، ނުވަތަ ލިޔުމެއް، ނުވަތަ ފޮޓޯއެއް، ނުވަތަ އަޑެއް، ނުވަތަ އެއްވެސް ބާވަތެއްގެ އިންޓެލިޖަންސެއް ބޭނުންކޮށްގެން ބަދަލުކުރުމާއި، ފޮނުވުމާއި، ލިބިގަތުމަށެވެ.

އިންމާރސެޓް ޓާރމިނަލް އޮޕަރޭޓިންގ ލައިސަންސް

"އިންމާރސެޓް ޓާރމިނަލް އޮޕަރޭޓިންގ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އިންމާރސެޓް ސެޓްލައިޓް ހިިދުމަތް ބޭނުންކުރުމަށް ދެވޭ ހުއްދައަށެވެ.

ށިިޕް ސްޓޭށަން ލައިސަންސް

"ށިިޕް ސްޓޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މުވާސަލާތީ އިކުއިޕްމަންޓް ބޭނުންކުރުމަށް ދޭ ހުއްދައަށެވެ.

އެމެޗަރ ރޭޑިއޯ ލައިސަންސް

"އެމެޗަރ ރޭޑިއޯ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އަމިއްލަ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ފްރީކްއެންސީ ބޭންޑެއްގައި، ދެކޮޅަށް މުވާސަލާތު ކުރެވޭ އިކުއިޕްމަންޓް ބޭނުން ކުރުމަށް ދެވޭ ހުއްދައަށެވެ.