gaanoon_logo
-
އިންސްޕެކްޓްކުރުން (ސިއްހީ ކަންކަމާއި ގުޅޭ)

"އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން، ސިިއްހީީ ހިދުމަތް ދޭ ތަނެއް ބަލައި ފާސްކުރުމަށެވެ.

އިންވޭސިވް ޕްރޮސީޖަރ (ސިއްހީ ކަންކަމާއި ގުޅޭ)

"އިންވޭސިވް ޕްރޮސީޖަރ" ކަމަށް ބުނެފައި އެ ވަނީ، ހަށިގަނޑުގެ ތަނެއް ކަފައިލައިގެން، ހަށިގަނޑަށް ހޮޅިއެއް، ނުވަތަ ކަށްޓެއް، ނުވަތަ ހަށިގަނޑުގެ ތެރެއަށް އެއްޗެއް ލައްވައިގެން ކުރާ ކަންކަމަށެވެ. 

މެޑިކަލް ރިކޯޑު

"މެޑިކަލް ރިކޯޑު" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތާއި، ކުރެވޭ ތަހުލީލުތަކުގެ ނަތީޖާތަކާއި، ހޯދުންތަކާއި، ދެވޭ ފަރުވާ ހިމެނޭގޮތުން ހިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރައްކައުކުރެވޭ އެންމެހައި މައުލޫމާތަށެވެ.

ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން

"ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2015-13 (ސިިއްހީީ ހިދުމަތުގެ ފަންނީ މަސައްކަތެރިންގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކައުންސިލްތަކުގައި ރަޖިސްޓަރީ ކޮށްފައިވާ ސިިއްހީީ ހިދުމަތްތެރީންނަށެވެ.

އެނދުމަތިކުރުން

"އެނދުމަތިކުރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކޮށްގެން ފަރުވާދިނުމުގެ ހިދުމަތަށެވެ.

އިންސްޕެކްޓަރުން

"އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެ ވަނީ، ސިިއްހީީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކޮށް އިންސްޕެކްޓް ކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-28) ގެ 51 ވަނަ މާއްދާގެ ދަށުން ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

ސިިއްހީީ ހިދުމަތް ދޭ ތަން (ސިއްހީ ކަންކަމާއި ގުޅޭ)

"ސިިއްހީީ ހިދުމަތް ދޭ ތަން" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-28) ގެ 35 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ތަންތަނަށެވެ.

ސިިއްހީީ ހިދުމަތް ދޭ ތަން (ސިއްހީ ކަންކަމާއި ގުޅޭ)

"ސިިއްހީީ ހިދުމަތް ދޭ ތަން" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-28) ގެ 35 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ތަންތަނަށެވެ.

ކޮސްޕާސް - ސާސެޓް

"ކޮސްޕާސް - ސާސެޓް" ކަމުގައި ބުނެފައި އެވަނީ، ސަރޗް އެންޑް ރެސްކިއުގެ ކަންކަން ވިލަރެސް ކުރުމަށް ޓަކައި އުފައްދައިފައިވާ ބައިނަލްއަގުްވާމީ ޖަމްއާިއްޔާއަށެވެ.

ބީކަންސް

"ބީކަންސް" ކަމުގައި ބުނެފައި އެވަނީ، ކުއްލި ހާލަތުގައި އުޅަނދެއް، ނުވަތަ މީހަކު ހުރިތަން އަންގައިދިނުމުގައި ބޭނުންކުރާ އެކިއެކި އާލާތްތަކަށެވެ.

ސެޓެލައިޓް ޓަރމިނަލް

"ސެޓެލައިޓް ޓަރމިނަލް" ކަމުގައި ބުނެފައި އެވަނީ، ސެޓެލައިޓް މެދުވެރިކޮށް ދެކޮޅަށް މުއާސަަލާތު ކުރެވޭ އިކުއިޕްމަންޓަށެވެ. މީގެ ތެރޭގައި ސެޓެލައިޓް ފޯނު ވެސް ހިމެނެއެވެ.

ސާމްޕަލް

"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް ހިމެނޭގޮތަށެވެ.

ކަނޑުގެ ދިރުންތައް

"ކަނޑުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް، ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި، މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.

ދިވެހިން

"ދިވެހިން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހި ރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06  (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ކަނޑަށެވެ.